Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް..ތިޔަ ހަނދާނޭ ވަނީ – 3 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
October 10, 2019 2 Mins Read
26 Comments

ކުއްލިޔަކަށް ބޮލަށްއެރި ތޫނު ތަދަކާއެލު ކަނޑާ ވައްޓާލި ރުކެއްހެން އައިރާ ޕޭވްމެންޓް މައްޗަށް ވެއްޓުނުއިރު އެ މަންޒަރު ބަލަންހުރި ޒުވާނާއަށް އެދިމާލަށް ދެވުނުގޮތެއްވެސް ނޭނގުނެވެ.

_______________________________________________

އައިރާ ކައިރީގައި އިށީންނަމުން އައިރާގެ ބޯ އެ ޒުވާނާގެ ފައިމަތީގައި ބާއްވާލަމުން އެ ޒުވާނާ އައިރާގެ ކޯމަތީގައި މަޑުމަޑުން ޖަހާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އައިރާއަށް މަންޒަރުތަށް ފެނުނީ ފުސްކޮށެވެ. ދެފަހަރު އެސްފިޔަތަށް ތަޅުވާލުމާއެކު މަންޒަރުތަށް ރީތިކޮށް ފެންނަށް ފަށައިފިއެވެ. އެ ޒުވާނާ ފެނުމާއެކު އައިރާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ތެދުވުމާއެކު އަނެއްކާވެސް އައިރާގެ ބޮލަށް ތޫނު ތަދެއް އެރުމުން ލޯމަރާލެވުނެވެ. އެޒުވާނާ އަވަސް ހަރަކާތަކާއެކު އައިރާއާ ގާތްވެލަމުން، ކޮނޑުގައި ހިފަހައްޓާލީ އެވަނީ ކިހިނެއްކަން އެނގުމުންހެން ހީވިއެވެ. އައިރާ ދުރަށް ޖެހިލުމާއެކު އެ ޒުވާނާ ހިނިތުންވެލިއެވެ.

“އަމް ޒާން..” ކަޅުކުލައިގެ ހޫޑީ އެއްލައިގެންހުރި ޒުވާނާ ބުނެލީ ހިނިތުންވެލަމުންނެވެ.

“އަ…..އިރާ…” އިސްޖަހާލައިގެންހުރެ އައިރާ ބުނެލިއެވެ.

“އިރާތަ؟..ނޫނީ އައިރާ ތަ؟…” ޒާން ސުވާލުކޮއްލިއެވެ.

“އައިރާ..” ޒާންއަށް ބަލާލަމުން އައިރާ ބުނެލިއެވެ. އޭރުވެސް ވާރޭގެ ފެންތިކިތަށް އޭގެ އެންމެ ބާރުމިނުގައި އެދެމީހުންނަށް ހަމަލާދެމުން ތެންމަމުން ދިޔައީ ރަހުމެއްނެތިއެވެ.

“އައިރާ، ރަނގަޅަށް ކައިބަލަ، އޭރުން ތިހެނެއް ނުވާނެ…” ކުޑަ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން ޒާން ބުނެލިއެވެ.

“ކިހިނެއް އެނގުނީ އަހަރެން ނުކާ ކާން…” ދެބުމަގޮއްޖަހާލަމުން އައިރާ އަހާލީ ސުވާލު މާކެއްގެ ތެރޭގައި ހުރެއެވެ.

“އައްހާ….އެނގޭނެއްނު، ހިކިކަމުން ހީވަނީ އަތްލިޔަސް ބިންދައިދެން ދާނެހެން، އެހެންނޫން އަހަރެންނަށް އެނގެއޭ…..” ޒާން ހުރީ ހީލަ ހީލައެވެ. އައިރާ ފެނުމުން އޭނަ އެންމެ ލޯބިވި ކޮއްކޮމަތިން އޭނާ ހަންދާންވީއެވެ. ނަމަވެސް އޭނަގެ ހަޔާތް ބަނަ ވިލާތަކުން ބައްދާލި ދުވަސްމަތިން ހަނދާންވުމުން އެ ހިނިތުންވުން މޫނުމަތިން ފިލާ ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ތީ ޑޮކްޓަރެއްތަ، ހުރެފަ އެނގެން…” އައިރާ އަހާލީ ޖެއްސުން ފާޑަކަށް ހީލައިގެން ހުރެއެވެ. އޭނާގެ ހިތް މި ނުދަންނަ ޒުވާނާއާއި ވާހަކަ ދައްކާލަން ބޭނުން ވުމުން އައިރާވެސް އެ ހިތުގެ އެދުމަށް ފުރަގަސް ދޭކަށް ބޭނުމެއްނުވިއެވެ.

“ޔެސް، އަމް ޑޮކްޓަރ ޒާން….” ހިތާމަވެރި ހިނިތުންވުމަކާއެކު ޒާން ބުނެލީ އެ ދުވަހެއްގެ ހަނދާންތައް ސިކުނޑި ވަށާލުމުންމެވެ.

“ހާދަ ދެރައެއްތިވީ އަހަރެންމީ ޑޮކްޓަރެކޭ ބުނެލިއިރު……” އައިރާ ބުނެލީ ޒާންގެ މޫނުމައްޗަށްވެރިވި ކުލަވަރު ފެނިފައެވެ. އެމޫނުމަތިން އޭނާއަށް ފެނުނީ ވޭނާއި ހިތްދަތިކަމެވެ.

“އަމް…އެކްޗުއަލީ، އަހަރެންގެ ކޮއްކޮ ކުރީދުވަހު އެކްސިޑެންޓްވީ، މީގެ ހަފްތާއެއްކުރިން…” ފާރުގައި އެއްފައި ވިއްދާލަމުން ޒާން ބުނެލީ އިސްޖަހާލަމުންނެވެ.

“އޮވްހް…” އައިރާއަށް ބުނެލެވުނެވެ.

“ޔާ، ދެން އަހަރެން އެވަގުތު އެމަޖެންސީއަށް ދިޔައީ ކޮއްކޮއަށް ފަރުވާދޭން، އިތުރު ދެ ޑޮކްޓަރުންވެސް ތިބި އަހަންނާއެކު، ކޮއްކޮގެ ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެ، ޒަހަމްވެފަހުރި، އަހަރެން ވަރަށް މަސައްކަތްކުރިން، އެކަމު އަހަރެން ކުރިމަތީގައި ކޮއްކޮ، އަަހަރެން ހާދަ މަސައްކަތެއް ކުރީމޭ، ޝީ ވިލް ނެވާރ ކަމް ބެކް، އަހަރެން ހާދަ ލޯބިވަމޭ ކޮއްކޮ ދެކެ، ކީއްކުރާނީ ދޯ، ކޮންމެ މީހެއްގެ ފުރާނަވެސް ގެންދަވާނެ، އަހަރެމެން ޖެހޭނީ ކެއްތެރިވެ ހެޔޮ ދުއާ ކުރަން….” ފުންނޭވާއެއްލަމުން ޒާން ބުނެލިއިރު އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތަށް ވާރޭގެ އެ އަޖައިބެއްކަހަލަ މުތީތަކާއި އެކުވެގެންދިޔައެވެ.

“ބައިދަވޭ، ދެން ގެއަށް ދޭ އިނގޭ އަވަހަށް، މާ ގިނައިރު ވާރޭއާ ތެމެންޏާ ބަލިވެދާނެ….” ޒާން އައިރާ ފަސްދީ ދާން ހިނގައިގަތީ ގެއަށް ދިއުމުގެ ބޭނުމުގައެވެ. އެރު އައިރާ ހުރީ ހުއްޓުންއަރާފައެވެ.
އޭނައަށް ޒާން ބުނި ޖުމްލައާ މެދު ވިސްނެނީއެވެ.

“ކޮންމެ މީހެއްގެ ފުރާނަވެސް ގެންދަވާނެ…އަހަރެމެން ޖެހޭނީ ކެއްތެރިވެ ހެޔޮ ދުއާ ކުރަން….” އައިރާގެ ކަންފަތްދޮށުގައި އެއްއަޑަކުން ހަރުލާފައި ހުރީ މި ޖުމުލައެވެ. އޭރު އެދެލޮލުން ހިފެހެއްޓުމެއްނެތި ފޭބި ކަރުނަތަށް ވާރޭއާއި އެކުވެގެންދިޔައެވެ. ކުއްލިއަކަށް އައިރާ ނުވިސްނައިހުއްޓާ ޒާން އޭނާގެ ކުރިމައްޗަށް އެރުމުން އައިރާ ދިޔައީ ސިއްސައިގެންނެވެ.

“އައިރާ….އައިރާ ގެއަށް ލާފަ ދާން މި އައީ….” ޒާންއަށް
އައިރާގެ ލޮލުން ފޭބި ކަރުނައިގެ މުތީތަށް ފާހަގަކުރަށް ނޭނގުނީ، ވާރޭގެ މިލިޔަން ތިކިތައް އެ ދޮން މޫނުގައި ބޮސްދެމުން ދާތީއެވެ.

“އަހަރެންނަށް އެކަނި ދެވޭނެ..” ހީލަމުން އައިރާ ބުނެލިއެވެ.

“ނޫން، އަހަރެން ދާނަން، ހިނގާ..” ގޮތްދޫނުކުރާކަހަލަ ގޮތަކަށް ޒާން ބުނެލުމުން އައިރާ ކުރިއަށް ހިނގައިގަތެވެ. އައިރާގެ ފަހަތުން ކަހަލަ ގޮތަކަށް ޒާންވެސް ހިނގައިގަތީ ހީލަމުންނެވެ.

_______________________________________________

މީރާ އައިރާގެ ކޮޓަރިއަށް ދިޔައީ މަންމަ ބުނެގެން އައިރާއަށް
ކާންގޮވުމަށެވެ. ނަމަވެސް އައިރާގެ ހިލަމެއް ކޮޓަރިތެރެއިން
ނުފެނުުމުން މީރާ ބެލްކަންނީ ބަލާލީ އައިރާ އެތަނުގައި ހުރެދާނެކަމަށްހީކުރެވުުމުންނެވެ. ނަމަވެސް އެތަނުގައި މީހެއްގެ ހުލަމެއްނެތެވެ.
ދެ ކޮނޑު އަރުވާލަމުން މީރާ ގޮސް ފަހަނާގައި ޓަކިޖަހާލީ
އައިރާ ފާހަނާގައި އުޅޭ ކަމަށް ޔަގީންކުރަމުންނެވެ. ނަމަވެސް
ފަހަނާގައި މިހަކު ނެތުމުން މީރާގެ ވިސްނުންތޫނު
ސިކުނޑި އިންޒާރުކުރަންފެށީ ނުބައެއް އެބަ އުޅޭކަމަށެވެ.

“މަންމާ….” ކާކޮޓަރިއަށް ވަންނަމުން މީރާ ހަޅޭއްލަވައިގަތް
އަޑުއިވިފައި އައިރާ ކާން އަންނާނެ އިރެއްގެ އިންތިޒާރުގައި
ތިބި ރީމާއާއި ކައިޝްވެސް ސިހިގެން ދިޔަވަރުން ތިބީ ކޮޅަށެވެ. އޭރު މީރާހުރީ ބަންޑުގައި އެއްއަތް ވިއްދާލިއިރު
މާނޭވާ ލެވިފައެވެ.

“މަންމާ، އައިރާ ދައްތައެއް ނެތް ކޮޓަރިއަކު….” ރީމާ މޭގައި
އަތް އަޅާލަމުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއެކު
މީރާ ބުނެލިއެވެ.

“ބެލްކަންޏާއި ފާހަނަވެސް ގޮސް ބަލާލަބަލަ….” ވިސްނާލަން
ހުރުމަށްފަހު ކައިޝް ބުނެލީ މަޑުމައިތިރިކަމާއެކުގައެވެ.

“ބަލާފީމޭ، ނެތް..” މީރާ ބުނެލިއެވެ. އޭރު ރީމާ ހުރީ
ދެލޯބޮޑުކޮއްލައިގެނެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން
ރީމާގެ ހަށިގަނޑުގައި ފިނި ރާޅެއް ބިންދާލިފަދައެވެ.

“އަނެއްކާ އައިރާ ދިޔައީތަ މި ގޭން…” ރީމާއަށް ބުނެލެވުނެވެ.

“ދެން މަންމަވެސް ދައްކާ ވާހަކަ ދޯ، އަހަރެން އެބަ އަންނަން
ބޭރުބަލާލާފަ، ކޮއްކޮއާ މަންމަ ގޮސް އެހެން ތަންތަން ބަލާލަބަލަ…” ރީމާއާ މީރާ ބޯޖަހާލާފައި ގޭގެ ތަންތަން ބަލަން ދިޔުމުން
ކައިޝްވެސް ނުކުތުމަން ހިނގައިގަތެވެ. ނަމަވެސް  ކުއްލިއަކަށް  ކަމެއް ހަނދާންވުމުން ފިޔަވަޅުތައް އޭނަގެ ކޮޓަރިއާ ދިމާލަށް
އަމާޒުކޮއްލިއެވެ.

_______________________________________________

“މިތާގަތަ އިރާ ގެ ގެ އިންނަނީ، މިގެއާ ޖެހިގެން ހުންނާނެ އަހަރެން އުޅޭ ގެ ވެސް….”  ކުޑަ ހިނިތުންވުމަކާއެކު ޒާން ބުނެލިއިރު ހުރީ ޖީބަށް އަތްޖަހާލައިގެނެވެ. އައިރާއާއި ވާހަކަ ދައްކާލެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އައިރަ ވަނީ އޭނަގެ މަންމައާއި ބައްޕަ ނިޔާވި ވާހަކަވެސް ޒާންއަށް ކިޔާދީފައެވެ.

“އޯވްހް ސަޅި، ދެން ދިމާވެވޭނެ ދޯ….އެހެ..” އައިރާވެސް  ހީލަމުން ބުނެލިއެވެ. އޭރު އެދެމީހުން ތިބި އައިރާ އުޅޭ ގޭގެ  ކުރިމަތީގައެވެ.

“ހެހެ…ދެން ދޭ އަވަހަށް ގެއަށް ވަންނަން،  ބަލި ވެދާނެ….”  ޒާން ބުނެލިއެވެ. އައިރާ ހީލަމުން ގެއަށް ވަންނަން
ހިނގައިގަތުމުން  ޒާންވެސް ހިނގައިގަތީ އޭނަގެ ގެއަށް ދިޔުމަށެވެ.

އައިރާއަށް މިއޮށް ހުރިހާ ދުވަހު އޭނާއަށް އުޅެވުނީ ރަނގަޅަކަށް
ނޫންކަން އިހުސާސްކުރެވުނެވެ. އަބަދާ އަބަދު ރޮއެ
ހިތާމަކުރުމުގެ ބަދަލު ދެން އޭނަ ނުރޮއެ މަސައްކަތް ކުރާނެއެވެ.
ރުއިމުގެ ބަދަލު ދެން އޭނަ  މަންމަމެންނަށް ހެއޮ ދުއާ ކުރާނިއެވެ. ހިނިތުންވެލަމުން ދެލޯ މަރާލިއިރު އައިރާއަށް
ހުރެވުނީ  ދޮރުމަތީގައެވެ.

ކުއްލިއަކަށް ކައިޝް ދޮރުހުޅުވާލަމުން ކުރިއަށް ހިނގައިގަތްވަގުތު
މީހަކު ކުރިމަތީގައި ހުރިކަން ނުދަނެހުއްޓެވެ. ކައިޝްގެ ގައިގައި
ޖެހިފައި އައިރާ ވިއްސައިގެން ނުދިޔައި ހަމަ ކިރިޔާއެވެ.
ކުއްލިއަކަށް ކައިޝް އައިރާގެ ހިމަ އުނަގަނޑުގައި ހިފާ ގަޔާކައިރިއަށް ދަމާލިގޮތަކުން އައިރާ ގޮސް މަތަވީ
ކައިޝްގެ ގައިގައި ޖެހުފައެވެ. އޭރު ދެމީހުންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އެވަގުތު ކައިޝްގެ ކަޅު  ދެލިކޮޅެއްފަދަ ފަން އިސްތަށިގަނޑު އައިރާގެ މޫނުގައި  ބީހިލައިގެންދިޔަ ގޮތަކުން އައިރާގެ ގައިން ހީބިހި ހިލުވާލިއެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 79

Next

ރާސްތާ2 ހަތަރުވަނަ ބައި

Next
October 11, 2019

ރާސްތާ2 ހަތަރުވަނަ ބައި

Previews
October 9, 2019

ބުނެދޭށޭ ރުހެމޭ 79

26 Comments!

  1. unknown says:
    October 10, 2019 at 10:09 pm

    Mi part varah reethi..Maa sha Allah…When is next part??Waiting for the next part…

    1. Malsa Moosa says:
      October 10, 2019 at 11:48 pm

      Thanks unknown…insha allah varah avahah.❤.

  2. jiji says:
    October 10, 2019 at 10:53 pm

    alhey new cover dhw..n mi part vx v habeys dhen..ekm baeh jumla thah nufeney..anyway waiting for the next..Lysm malluukolhuuu❤❤❤?????..N good night✨✨✨..tc

    1. jiji says:
      October 10, 2019 at 10:54 pm

      Me second tha

    2. Malsa Moosa says:
      October 10, 2019 at 11:50 pm

      Thanks jiji…yh new cover eh….ohhh..eii laptop in liyefa up kureema kaneyge.yh..good night.sleep tight..❤❤❤❤

  3. malsamalkkomal says:
    October 10, 2019 at 11:51 pm

    Ahaha..yh..?..mifaharu dhw..??.

  4. malsamalkkomal says:
    October 10, 2019 at 11:52 pm

    Hey guys..mi othee up koalaafa..reethu vaane kamah ummeedhu kuran..nyts.sleeptight..sweet dreams.,?.???.

  5. Kairaa says:
    October 11, 2019 at 9:46 am

    Wowwwwwwwww…..mi part vx hama habeys…..waiting for the nxt part…..lysm mal……❤️❤️❤️❤️❤️❤️❤️❤️

    1. Malsa Moosa says:
      October 12, 2019 at 5:41 pm

      Awwn..thanks kai..♥️.

  6. Maisha says:
    October 11, 2019 at 11:04 am

    Wow amazing???…. Varah loabi mi part vx❤. Waiting for next part???. Next Part avahah up kohla dhehchey mallu. Varah kiyaalaa hithun mihiree?.♥????❤

    1. Malsa Moosa says:
      October 12, 2019 at 5:42 pm

      Thanks mai…yh..will try next part avahah up koaladhevytho.?.

  7. Lamko says:
    October 11, 2019 at 11:10 am

    Mi hama best ingey mal …mi part vx varah salhi …best of luck ??

    1. Malsa Moosa says:
      October 12, 2019 at 5:43 pm

      Thanks lam..?.

  8. Jasmine says:
    October 11, 2019 at 1:37 pm

    Wow speechless. Hama varah sali. Dhen oiy baa avahah up kurachey. Lysm malko.??????

    1. Malsa Moosa says:
      October 12, 2019 at 5:44 pm

      Awwn.thanksa jasmine.?.yh..will try..lve ya too..?.

  9. Amkko♥ says:
    October 11, 2019 at 7:43 pm

    Mi part ves varah reethi….❤❤❤keep in up mal…….when is next part…..lysm❤❤❤

    1. Malsa Moosa says:
      October 12, 2019 at 5:45 pm

      Awwn amkko..thanksaa..insha allah varah avahah..lve ya too.?

  10. CuTe gIrL says:
    October 12, 2019 at 10:25 am

    Wow vvvvv obi

    1. Malsa Moosa says:
      October 12, 2019 at 5:45 pm

      Thanks girl.?.

  11. KAISH says:
    October 12, 2019 at 10:54 am

    malsage vaahaka thakuga dhemyhunge moonu abadhuves nurahkaatheri hisaabah kairi vaany. e noon gothakah sifa kohdheyn nukereny dhw maa kuda kujjeh v ma.

  12. Anonymous says:
    October 12, 2019 at 12:01 pm

    OMG helly shah ❤️❤️❤️❤️cover hama habbu story vec

  13. malsamalkkomal says:
    October 12, 2019 at 5:46 pm

    Thanks??.

  14. Shamjaleeebalee says:
    October 13, 2019 at 7:20 pm

    Kn iraku thr nxt part…………plz thankolheh avhah up kohladheeba…….and mi part vx vvvvvvvvvvvvvvvvvvvvv reethi ingey……..waiting……waiting…….waiting……

  15. malsamalkkomal says:
    October 13, 2019 at 8:45 pm

    Thanks sham.will try avahah up koadhevytho.?.

    1. Shamjaleeebalee says:
      October 15, 2019 at 7:17 pm

      Yh i will wait……

  16. Kairaa says:
    October 16, 2019 at 6:31 pm

    Mal whn nxt….kn iraku up kohladheveynee

Comments are closed.



All Right Reserved!