“ލޫން….ދޮގު ނުހަދާ ބޭބެ ކައިރީ ބުނާތި…….ލޫންގެ މަންމައަށް ކިޔަނީ ކޮންނަމެއް؟….” ލޫން ކައިރީގައި ހުއްޓިލަމުން ޝަހިދު އަހާލީ އޭނާއަށް އިވޭނީ އެނަންކަން ނުދެނެހުރި ހާލުގައެވެ. އިވުނު ނަމަކުން ޝާހިދުގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައިފަދައެވެ.
* * * * * * * * * * * * * * * * *
” ލަ…ލައު..ލައުރީން..” އިއްބާންގެ އަތުގައި ހިފާ ބާރުކޮއްލައިގެން އޮވެ ލޫން ބުނެލީ ދެލޯ މަރައިގެން އޮވެއެވެ. ޝާހިދު ހުރީ ޝޮކެއްގައެވެ. ދެފަރާތަށް ބޯހަލުވާލަމުން ޝާހިދު ލޫންއާ ދިމާލަށް ބަލާލިއެވެ. އިއްބާން ހުރީ ޝާހިދުއަށް ވީގޮތް ބަލަން ހައިރާންވެފައެވެ. ލޫންއާ ދިމާލަށް ހިނދުކޮޅަކު ޝާހިދު ބަލަންހުރިއިރު މުޅި ތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވެފައިވެއެވެ. ކުއްލިއަކަށް ޝާހިދު އަވަސް ފިޔަވުތަކެއް ނަގަމުން އެތަނުން ނުކުމެއްޖެއެވެ.
“ޝާހިދު….” ޝާހިދުގެ ކަރުނުން ފުރިފައިވާ ދެލޯފެނިފައި ޝާހިދުގެ އަނބިމީހާ ސައިރާ ބުނެލީ ހައިރާންވެފައިހުރެއެވެ. ސައިރާއާ ހަތަރުކަޅި ހަމަކޮއްލުމެއްނެތި ޝާހިދު އެތަނުން ހިނގައްޖެއެވެ.
* * * * * * * * * * * * * * * * *
“އަތުން ދޫކޮއްބަލަ….ސަރ..” އައިޝަމް އައިލީންގެ އަތުގައި ހިފައިގެން ހިނގަމުން ދިޔައިރު އަނެއްއަތް ވަނީ ޖީބަށް ޖަހާލެވިފައެވެ. އައިލީން ” ސަރ ” އޭ ބުނުމުން އައިޝަމް މަޑުކޮއްލިއެވެ. އޭރު ދެމީހުންނަށް ތިބެވުނީ ލިފްޓު ކައިރީގައެވެ. އައިޝަމް ލިފްޓަށް ފިތާލިއިރުވެސް ހުރީ އައިލީންގެ އަތުގައ ހިފަހައްޓާލައިގެނެވެ. އައިލީން ދިޔައީ އެ އަތް ނެއްޓޭތޯ ބޭކާރު މަސަތްކަތެއް ކުރަމުންނެވެ. އޭރު އެދެމީހުންނަށް ގިނަ މީހުންގެ ނަޒަރުތައް ހުއްޓިފައި ވެއެވެ. ލިފްޓު ހުޅުވުމާއެކު އޭގައިތިބި މީހުންތައް ފެއިބުމުން އައިޝަމްއާ އައިލީން ލިފްޓަށް އެރިއިރުވެސް އައިޝަމްހުރީ އައިލިންހެ އަތުގައި ހިފައްޓާލައިގެނެވެ.
އައިޝަމް ގްރައުންޑް ފްލޯރއަށް ފިތާލިއިރު ހުރީ ދަތްތައް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑި ވިކާލައިގެނެވެ.
“ދޫކޮއްބަލަ….ތަދުވެޔޭ…….” އައިލީން ރޮވިފައިވާފަދަ އަޑަކުން ބުނެލުމާއެކު އައިޝަމްއަށް އައިލީންގެ އަތުން ދޫކޮއްލެވުނު ގޮތެއްވެސް ނޭންގުނެވެ. އައިޝަމް އައިލީންގެ އަތުގައި އޭނާ ހިފަހައްޓާފައިހުރި ހިސާބު ބަލާލިއިރު އެއަތް ރަތްވެފައިވެއެވެ.
ލިފްޓު ހުޅުވުމާއެކު އައިލީން އައިޝަމްއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލުމަށްފަހު އަވަސް ފިޔަވަޅުތަކެއް ނަގަމުން ނިކުމެގެން ހިނގައްޖެއެވެ.
އައިޝަމް އިސްތަށި ގަނޑުގައި އަތުންފުނާއަޅާލަމުން ނިކުތީ ލީފްޓަށް އެތިފަހަރެއް ވީއްލާލަމުންނެވެ. ދެބުމަ ގޮއްޖަހާލައިގެން ހުރި އިރު ދެއަތް މުއްވާލާފައި ކަތުރުކަށިގަނޑަށް ވާންވެފައި ވާއިރު އެރީތިކަން އިންތިހާއެވެ. ހަނިކޮއްލެވިފައިވާ ލޮލުތެރެއިން އެ ނޫކަޅި ފެންނައިރު ބޯ އެސްފިޔަތައް އެ ލޮލަށް ހިޔަނި އަޅާފައި ވީއިރު ހުވަފެނީ ގޮތެއްހުއްޓެވެ. އޭރު ގްރައުންޑް ފްލޯރގައި ތިބި ގިނަ މީހުންގެ ނަޒަރު ހުއްޓިފައިވަނީ އައިޝަމްއަށެވެ.
ކާރަށް އަރަމުން އައިޝަމް ބަންލާފައި ދޮރުޖަހާލީ ރުޅިގަނޑު ކޮންޓްރޯލްކުރަންހެން ހީވިއެވެ. އޭނާ ރަނގަޅަކަށް ކަމެއްކުރަން އުޅެއްޖެނެމަ އަބަދުވެސް އެކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. އައިއްސަ ހުރި ރުޅިން ކާރު ސްޓަރޓް ކޮއްލަމުން ދުއްވާލީ ފުލް ސްޕީޑުގައެވެ.
_______________________________________________
– އެއްދުވަސް ފަސް –
ދެލޯ މަރާލައިގެން ނިދީގެ ފުން ކަނޑެއްގައި ނިދަމުންދިޔަ ލޫންއަށް ކަރުނަވީ ދެލޮލުން ޝާހިދުއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު އިއްބާން ހުރީ ޝާހިދު އެހާ ދެރަވެފައި ހުރި ސަބަބު ނޭނގިފައެވެ. ޝާހިދު ލޫންގެ ބޮލުގައި ފިރުމާލިއެވެ.
“ބައްޕާ…..” މަޑުމަޑުން ލޯ ހުޅުވާލަމުން ލޫން ގޮވާލިއެވެ. ކަނު ުއަނދިރިކަން ލޫން ވަށާލާފައި ވިނަމަވެސް ލޫން ގެ އުފާވެރިކަން އަނބުރާ ލިބިއްޖެއެވެ. އެދެލޮލުގެ ފެނުން އޭނާ ދޫކޮއްލާފައި ދިޔައެއްކަމަކު އޭނާއަށް އިއްބާން އަންބުރާ ލިބުމުން އެހިތްވަނީ އުފަލުން ފޮޅިފައެވެ. ލޫން ދެރަވަނީ ދެން އިއްބާންގެ ސޫރަ ނުފެންނާނެތީވެއެވެ.
ލޫން ބައްޕާއޭ ކިޔާފައި ގޮވާލުމުން ޝާހިދުއަށް ދެލޯބޮޑުކޮއްލަމުން ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ.
އިއްބާންއައްވެސް ލޫންބުނި އެތި ވަރަށް ސާފުކޮއް އަޑުއިވުނެވެ.
“ލިނީ….ކިހިނެއްވީ..” އިއްބާން ޝާހިދުއަށް ބަލާލަމުން ލޫންއާ ސުވާލުކޮއްލީ ކަންބޮޑުވެފައިހުރެއެވެ.
“ބައްޕަ….ދެންމެ ހީވި ހަމަ ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލިހެން….އަހަރެންގެ މުޅި ހަޔާތުގައިވެސް މިކަހަލަ އިހުސާސެއް ނުކުރެވޭ….ހީވީ ހަމަ ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލިހެން….” ހިއްދަތިކަމުން ފުރިގެންވި ގޮތަކަށް ލޫން ބުނެލިއެވެ.
“ދަ…..ދަރިފުޅާ…..” ލޫންގެ ބޮލުގައި ފިރުމާލަމުން ޝާހިދު ބުނެލިއެވެ. އިއްބާންހުރީ ޝާހިދު އެހެން ބުނުމުން ޝޮކެއްގައެވެ.
“ބައްޕާ…ބައްޕަތަ؟..” ޝާހިދުގެ އަތުގައި ހިފަހައްޓާލަމުން ލޫން ބުނެލީ ހިތްދިރުވާލަމުންނެވެ.
“ދަރިފުޅާ…ބައްޕައަށް މާފުކުރޭ….ބައްޕަ މަންމަ ދޫކޮއްލާފައި ދާން ޖެހުނީ މަޖުބޫރުވެގެން……ތީ ބައްޕަގެ ދަރިފުޅަކީ…އާން…މީ ތި ދަރިފުޅުގެ ބަދުނަސީބު ބައްޕަ…….” ރޮވިފައި ވާފަދަ އަޑަކުން ޝާހިދު ބުނެލިއެވެ. އަދި އޭނަގެ އެ އުފާވެރި ކަމާއެކު ފެށުނު މާޒީގެ އެ ސޮފުހާތައް ކިޔައިދިނުމަށް ހުޅުވާލިއެވެ.
_______________________________________________
ރަށުގައި ކިޔެވުމައްފަހު ޝާހިދު މާލެ އައީ މަތީތައުލީމު ހާސިލުކުރުމަށެވެ. އެގޮތުގައި ކިޔެވުމުގައި އުޅުނު ދުވަސްވަރުގައި އޭނާއަށް އެތައްތަފާތު މީހުންނަކާ ދިމާވިއެވެ. ގިނަ އަންހެންކުދިން ތިބެނީ ޝާހިދުގެ އެ ތަފާތު ރީތިކަމާ އެ އަޅިފެހިކުލައިގެ ދެލޮލަށް ޓަކައި ކޮންމެފަދަ ކަމެއްކުރަންވެސް ތައްޔާރަށެވެ. ނަމަވެސް ޝާހިދުގެ ހިތް އޭގެން އެއްވެސް އަންހެން ކުއްޖަކަށް ޝައުގުވެރިކަމެއް ނުދިނެވެ. މިގޮތުގައި ދެއަހަރު ކިޔެވުމުގައި ހޭދަކުރަމުން ދިޔަ ޝާހިދުގެ ހިތް އަތުލީ އޭނާއާ ދިމާވި އަންހެންކުއްޖެއްގެ ސަބަބުންނެވެ. ލައުރީން ފެނުނު ފުރަތަމަ ނަޒަރުންވެސް ޝާހިދުގެ ހިތް ހިބައިން އޭނަވަނީ ލައުރީންއަށް ދީފައެވެ. އެ ކަޅުކަންގަދަ ދެލޮލާއި އެދެލޮލުގައި ހުންނަ ތަފާތު ވިދުން ޝާހިދުގެ ސަމާލުކަން ހޯދިއެވެ. ދެމީހުން ވާހަކަ ދައްކަން ފެށިއެވެ. ޝާހިދުއަށް ލައުރީންގެ ހިތުގައިވެސް އޭނާއާމެދު އިހުސާސެއް ވާކަން އެނގެނީ ލައުރީންގެ އެ ތަފާތު ބަލައިލުމުންނެވެ. ދެއަހަރު ރައްޓެހިންގެ ގޮތުގައި އުޅުމަށްފަހު ޝާހިދު އެދުނީ ލައުރީން ކައިރީގައި އޭނާއާ އިނުމަށެވެ. އަދި އޭނާ ލައުރީންދެކެ ވަރަށްވެސް ލޯބިވާކަމަށްބުނެ އެތަކެއް ވައުދުތަކެއް ކުރިއެވެ. ލައުރީންއާ އިނުމަށްފަހު ޝާހިދު ޕާރޓް ޓައިމް ޖޮބަކަށް ދާން ފެށީ ދެކޮޅުނުޖެހޭނެކަން އެނގޭތީއެވެ. ލައުރީންގެ މަންމައާ ބައްޕަ ނިޔާވިފަހުން ލައުރީން ބަލާބޮޑުކުރީ އޭނާގެ ހުރި ހަމައެކަނި ދައްތައެވެ.
އުފަލުގައި ދެމަސް ވޭތުވެދިޔަ ފަހުން ޝާހިދު ކުއްލިއަކަށް ރަށަށްދާންޖެހުނެވެ. ލައުރީން އޭނާގެ ދައްތަގެ ގެއަށްލަމުން ޝާހިދު ވައުދެއްކުރިއެވެ. އެއީ އޭނާ ރަށަށްގޮއްސަ ވަރަށް އަވަހަށް އަންނާނަން ކަމަށާއި ދެން އޭނާ އައިއްސަ ވަރަށް އަވަހަށް މަންމަމެންނަށް ލައުރީންއަކީ އޭނާގެ އަނބިމީހާކަމަށް ބުނެދޭނަން ކަމަށަވެސް ވައުދުވިއެވެ. އަދި އޭނާއަށް އިންތިޒާރު ކުރާނެކަމަށް ޝާހިދު ނައުރީން ލައްވާ ވައުދުކުރިއެވެ.
ރަށަށް ދެވުމާއެކު ޝާހިދުއަށް ލިބުނު ހަބަރަކުން ފައިދަށުން ބިންގަނޑު ކެހިގެން ދިޔައިރު އެކަންކުރަން މަޖުބޫރުވިއެވެ. އޭނާއަށް ރަށަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. އޭނަގެ ބައްޕަ ފަހުނޭވާ ލަމުންކުރި ވަސިއްޔަތް ފުރިހަމަ ކޮއްދެން ޝާހިދުއަށް މަޖުބޫރުވިއެވެ.
ބައްޕަގެ ވަޅުލުމުގެ ކަންތައް ނިންމުމަށްފަހު އެއްމަސް ފާއިތުވެގެން ދިޔައީ ލައުރީންއަށް ގުޅައިލުމެއްވެސް ނެތިއެވެ. ލައުރީން ގުޅާވަރުން އެންމެ ފަހުން ސިމްވެސް ބަދަލުކުރީއެވެ. އޭނަގެ ބައްޕަ ކުރެއްވި ވަސިއްޔަތް ފުރިހަމަ ކުރުމަށް އެހެން ކަންތައްކުރަން ޝާހިދުއަށް މަޖުބޫރުވީއެވެ. އޭނަގެ ބައްޕަ އެދުނީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު ސައިރާއާއި ޝާހިދު ކައިވެނިކުރުމަށެވެ.
ކައިވެނި ކުރެވުނުތާ އަހަރެން ފާއިތުވެދިޔައިރު ޝާހިދު މާލޭގެ ފަސްގަނޑުގައި ފައިވެސް ޖައްސާނުލައެވެ. ސައިރާ އާއެކު އުފަލުގައި އުޅެވޭތޯ ޝާހިދު ދިޔައީ މަސައްކަތްކުރަމުންނެވެ. އަޔާން ލިބުމަށްފަހުވެސް ޝާހިދުއަށް ލައުރީންމަތިން ހަނދާންނައްޓަލެވޭ ގޮތެއްނުވިއެވެ. ނަމަވެސް ހިނިތުންވުމުގެ ފަހަތުގައި ހިތާމަތައް ފޮރުވަމުންވެސް މިޔަދު ޝާހިދު ލައުރީން މަތިން ހަނދާންކުރެއެވެ. ލައުރީން ދުނިޔޭގައި ނެތަސް އެއީ ޝާހިދު އެންމެ ފުރަތަމަ ލޯބި އަންހެންކުއްޖާއެވެ. އަދި ޝަހިދުގެ ފުރަތަމަ އަނބިމީހާވެސްމެއެވެ.
_______________________________________________
ޝާހިދު މާޒީގެ އެދުވަސްތައް ހަނދާންކުރަމުން ލޫންއަށް ކިޔައިދެމުން ދިޔައިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަތަށް ފައިބަމުންދިޔައެވެ. ޝާހިދުގެ ދަރިޔަކަށް ލައުރީން ބަލިވެ އިންކަން އެނގުނު ނަމަ ޝާހިދު ލައުރީން އާ ދުރަކަށް ނުދިޔައީހެވެ.
ސައިރާއަކަށްވެސް އަދި ކީއްކުރަން އޭނަގެ އާއިލާ އެކަކަށްވެސް އޭނާގެ އިތުރު އަތްބެއް ހުންނަކަމެއް ނޭނގޭނެއެވެ. އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އަމިއްލަ ނަފްސައްވެސް ޝާހިދު ވަނީ ވައުދުވެފައެވެ.
ލޫންގެ މަޑު ގިސްލުމުގެއަޑު މުޅިތަނުގައި ހިފާލާފައި ވާއިރު އިއްބާން ހުރީ ޝޮކެއްގައެވެ.
ޝާހިދު ލޫންގެ އަތުތެރެއިން އޭނާގެ އަތް ނަގަމުން ނުކުތުމަށް އެނބުރިލީ ދެލޯ ފުރިބާރުވަމުންދިޔަ ކަރުނަތަށް ފުހެލަމުންނެވެ. ކުރިމަތި ބަލާލިވަގުތު ޝާހިދުގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު ސޫރައަކުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.








Wow… Alhey mal dhooni haadha molhey?…. Mi bai ves varah varah furihama.. Konirakun aneh bai genesdheny? Waiting ingey??????… Luv yuh mal
Me first dhw… Hehe❤?
Ahaha….congrats..??..
Awwwn. Thnks mai…insha allah varah avahah next part genes dhevytho mihaaru mi try kuranee..lve ya too..?❤
Salaam readers…mi othee up koaladheefa…nd sorry ingy mihaa lahun up koalevuneema…mi dhuvas kolhu varah busy vaane…ekm ves mi up koalee…insha allah next part avahah up koalevytoa try kuraanan….yageen kameh nudhevyne….ekm ves try kuraanan…nd kiyaalaafa comment eh koalahchy…
Love u all….
♥♥♥
alheyy????????….mallu haadha molhey..v v rythi ingey mi bai…So curious…Saira or Aileen kanney..m waiting for the next ingey…ly more mallu????????
Thanks jiji…negye dhw kaaku kameh…dhn balamaa eii kaakutho..?..?❤..
Haadha reehchey……… When next……waiting for next part…..???????
Thanks shuha…next part insha allah varah avahah genevytho mi try kuranee.?..?.
Wow 100 akun sathekA vvv loabi ven next
Thanks isha…next part insha allah varah avahah genevytho mi try kuranee.
Namaves thiyahandhaaney vanes get 2nd part kobaa
Up koalaafin.
Woww ????varah Varah reethi ???? whn is next part????????? waiting for it ????????????? LYSM Malkko ????????????❤️❤️❤️❤️❤️❤️❤️
Thanks meekko..next part insha allah varah avahah genevytho mi try kuranee..??..lve u more.
mallllllllllluuuuuuu…mi part hama habeys…ehaa dhuvas khfa comment kureethy sorry…ekm vess hurihaa part eh keen ingey and they are also reallly awesome…you are improving a lot…and wish all the best….ly
Awwwn maanee..thanks..e ok vaaney ehaa dhuvas koalaafa koaliyas…varah ufaa vehje ehaa dhuvas koalafaves comment eh koaleema..lve ya too..?❤
Vrh salhi
Thanks sadha..
Wow mal its amazing.story varah rythi. ??? when is next part??? Waiting…
Thanks makku…next part insha allah varah avahah genesdhevytho mi try kuranee..?.
Subhaanallah what an emotional episode.. A beautiful one.. Mioh fadha lha umurugaves pis pis dhen hama bunaane echcheiy neyngifa mi innanee.. Dhen buneveynee mal haadha molhey.. Haadha molhey.. Hama aslugaves v molhu ingey.. Thi finifenmaa mi gahun vakinuvaathi dhen. Adhives beynunvanee hama mal ge reethi reethi loabi loabi vaahakathah kiyaalan. Fortnite mi gahau arai v hoadhaifin finifenmaluge fiyaeiy feneythoa. Enme fahun fenunee. 31st fiya.. Hehe.. Good night dear.
Thanks fortnite…??…varah ufavy thihaa supportive veema..mal try kuraanan adhives mikahala vaahaka eh liyevytho.?.ahahaha….?
Malkko… Im so curious. Plx next paet than kolhrh avahah up kohdheeba… Nd than kolheh dhigu kollahchey ☺️❤️
Thanks thihu..yh..will try my best ingy.. ?
Obbiness to the max….. Varah Varah Reethi mi part vx……. Ly sissy.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks dear…?❤.lve ya too.?
Wow…… This is one of my favourite story…………?????????????????????????
Awwn..thanks shuhaa.. ?
Wowwwwwwww….varah reethi mi part vx……….whn nxt part…..waiting for next part……❤️❤️❤️❤️❤️❤️❤️❤️❤️luv u dear
Thanks kairaa..next part insha allah varah avahah genevytho mi try kuranee..lve ya too.??.
Varah salhi mi prt vx…….. Curiously waitin for nxt prt?????
Thanks ula..❤
Love u dear malsamalkkomal…. Kobaa next part….. Varah reethi mi part vx❤️❤️❤️this is my one of the favourite story…. Wating for the next part ???
Awwwn…thanks shaahaa…next part insha allah varah avahah genesdhevytho mi try kuranee..varah ufaaveje kamudhaakan enguneema..thanks?❤.
Vrh reethi eghey mi part vex??
E vaahaka dhw ?………. Yh v Reethi
???
Thanks brownish..?❤..
Wowwwwwww l am very curious to know who it is
When next part?
I really loveeeeee this story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks lamee…?.
Wowwwwwww l am very curious to know who it is
When next part?
I really loveeeeee this story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sorry double koh comment dhiyaee
?????
Its ok..
Thanx u a lot dear sis malsamalkkomal ❤️❤️
Anytime dear❤.
Ur welcome sis
Thanksaa…?