Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އައިނާ 10 (ދިހަވަނަބައި)

Annna Level 510 Stories100 Comments100 Login
October 14, 2019 4 Mins Read
4 Comments

….14 އަހަރު ކުރި….

***

އިސްރާގެ ޢާއިލާ އަކީ ކުޑަހުވަދޫ ބައެކެވެ. އިސްރާގެ ހުންނަނީ ހަމައެކަނި މަންމަ އަކާއި ބައްޕަ އެކެވެ. ޢާއިލާގެ ނުވަތަ ތިމާގެ އެހެން އެއްވެސް މީހަކު ނޭނގެއެވެ. އިސްރާގެ މައިން ބަފައިން ކަމުގައިވާ އިބްރާހީމާއި ހާޖަރާގެ ހުރި ހަމައެކަނި ދަރިއަކީ އިސްރާ އެވެ. އިބްރާހީމް ކުރާ މަސައްކަތަކީ މަހަށް ދިޔުމެވެ. ހާޖަރާ ގޯތީގައި ހުންނަ ފަންގެ ގަނޑާއި ބަދިގެ ހުރެފައި ދެން ބާކީ އޮންނަ ބައިގައި ހުންނަނީ ގަސް އިންދައިފައި އެވެ. ފަތްޕިލާ ވެލީގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާ އެވެ. ފަލަމަޑިގެ ގޮތުގައި ހުންނަނީ ދަނޑި އަލުވިއެވެ. މިގޮތަށް މަސައްކަތް ކޮށްގެން އިސްރާގެ ސްކޫލު ޚަރަދާއި ގޭގެ ޚަރަދު ކޮށްފައި އެއްކުރަން ލާރި ހުރެއެވެ. އެގޮތަށް ލާރި އެއްކޮށްގެން ގެއެއް ރޭނުނެވެ. ހަމައެކަނި ދެކޮޓަރި އާއި ސިޓިންގްރޫމެއްގެ ގޮތުގައި ތަންކޮޅަކާއި ކާގެއާއި ބަދިގެއެކެވެ. ކާގެ އާއި ބަދިގެ އަކީ އެއް ތަނެކެވެ.

މިގޮތަށް ލާރި އެއްކޮށްގެން ގޭސް އުނދުނެއް ގަތުނެވެ. އަދި ކޮއްމެ ކޮޓަރިއަކަށް ފަންކާ އަކާއި ބޮތްކެ ކެވެ. ކޮއްމެ ކޮޓަރި އަކަށް ސިންގަލް އެނދަކާއި ދެދޮރުފަތްލީ އަލަމާރިއެކެވެ. ފާޚާނާ ހުންނަނީ ގެއާއި އިންވެގެން ތަންކޮޅެއް ރާނާފައި ހިޔާ ކޮށްލައިފައި އެވެ. ވަޅަކާއި ތިރި ފާޚާނާ ތައްޓެއްގެ އިތުރުން ފެންވަރާނެ މާގަނޑަކާއި އިސްކުރެކެވެ. އަދި ވަކިން ތަންކޮޅެއް އެއްޗެހި ދޮވެފައި އަޅުވާނެ ގޮތަކަށެވެ. ބަލާލި ކޮއްމެ ދިމާލަކުންވެސް ސާފު ތާހިރުކަން ފެންނާނެއެވެ. ލިބޭ ލާރިކޮޅުން އިސްރާގެ ސްކޫލު ޙަރަދާއި ގޭގެ ޚަރަދުތައް ކޮށްފައި ކޮއްމެވެސް ވަރެއް ރައްކާ ކުރެއެވެ. އެގޮތުން، ގެ އިތުރަށް ސިމެންތި ޖަހާ މުށިޖެހުމަށް ބައްޕަ ބޭނުންވިއެވެ. އެ ޢާއިލާ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގައި އުޅެމުން ދިޔައީ އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ.

އަހަރުތަށް އެގޮތަށް ފާއިތުވަމުންގޮސް އިސްރާ ރަށުގެ އެއްމެ މަތީ ގްރޭޑް ނިންމާ އައި. ޖީ. ސީ. އެސް. އީ (އޯލެވެލް) އިމްތިޙާން ނިންމާލިއެވެ. އިސްރާ ބޭނުންވަނީ ނަރުހަކަށް ވާށެވެ. ނަމަވެސް އޭނާގެ އެފަދަ ތަނަވަސްކަމެއް ނެތުމުން ހިތުގައި އެކަން ފޮރުވާލީއެވެ. ބައްޕައަށް އިނގިއްޖެއްޔާ ބުރަ މަސައްކަތް ކުރާނެއެވެ. ނަމަވެސް އިސްރާ ދެން ބޭނުންވީ މަންމަ އަށާއި ބައްޕަ އަށް އެހީތެރި ވެދޭށެވެ. މިހާރުވެސް މަންމަ ބަލިވެ އުޅޭތީވެ މަންމަ އާއި ބުރަ މަސައްކަތް ނުޖައްސާ އިސްރާ ކުރަންފެށިއެވެ. އެގޮތުން ގަސްތަކަށް ފެންދީ ސާފުކޮށް ހަދަނީ އިސްރާ އެވެ. ފިހާރައަށް މޭވާ އާއި ތަރުކާރީތަށްލައި ހަދަނީ އިސްރާ އެވެ. މިކަންތަށް ކުރަން އިސްރާ ފަތިހު ހޭލައި މަސައްކަތް ކުރެއެވެ.

***

ފަތިހެވެ. އިސްރާ ނަމާދު ކޮށްގެން މަންމަ ނުހޭލައިގެން ކައިރިއައް ގޮސް ގޮވާލިއެވެ. ނުތެދުވީމައި އަތުގައި ކުޑަކޮށް ކޮއްޓާލިއެވެ. އެގޮތަށް ވެސް ނުތެދުވީމައި ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ހާޖަރާ އޮތީ ދެލޯމެރިފައި ހިނިތުން ވެލައިގެންނެވެ. އިސާހިތަކު އިސްރާގެ ހިތް ނުބައި ވަސްވާސް ތަކުން ފުރެން ފެށިއެވެ. އަދި ބާރު ބާރަށް މަންމާ ކިޔާފައި ގޮވަން ފެށިއެވެ. އިސްރާ އަށް ނޭނގުނު ކަމަކީ ދެން އިސްރާގެ މަންމަ ނުތެދުވާނެ ކަމެވެ. އެއޮތީ އަބަދަށް ލޯމެރިފައި ކަމެވެ.

އިސްރާ ގޮވާއަޑަށް ދޮރާށިން ދޮށި ހިފައިގެން ނިކުންނަން ދިޔަ އިބްރާހީމް ދުމެއްޖަހާފައި ދޮށްޓަކާއި ދޮށްޓެށް އެއްލާލާފައި ދިޔައެވެ. އަދި ކޮޓަރި އަށް ވަތް އިރު އިސްރާ ރޮމުން މަންމާއޭ ކިޔާ ގޮވާ އަޑު އިވުނެވެ. “އޭތް މަންމާ!! ތެދުވެބަލަ!! މަންމާ ލޯ ހުޅުވަބަލަ… މަންމާ ދެން ސަމާސާ ނުކޮށްބަލަ… މަންމާ!! މަންމާ!! އޭތް… އާދެބަލަ އިސްރާ ބޮލު ފުނާ އަޅުވަދޭން… މަންމާ!!! މަންމާ!!!!” އިސްރާ، ހާޖަރާގެ ކޮލުގައި މަޑުމަޑުން ތަޅަމުން ބުނެލިއެވެ. “މަންމާ ނޫން… ނޫން… މަންމަ!!!!!” އިބްރާހީމް ހުރިތާ ގުޑިލާން ނޭނގިފައި ހުރެވުނެވެ. ނަމަވެސް ހިތްވަރު ކޮށްފައި ހާޖަރާ އާއި ކައިރި ވެލާފައި ނޭފަތް ކައިރީގައި ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. “ނޫން… ނޫން… ހާޖަރާ!! ނޫން..” ކުއްލިއަކަށް އިބްރާހީމް ތަޅުން މައްޗައް ވެއްޓުނެވެ. އަނގައިން ފޮނަގަނޑު ފައިބާގަތެވެ. “ބައްޕާ!!!!!!”

ވަރަށް ބާރަށް ކުއްޖަކު ހަޅޭތް ލަވައިގަތް އަޑަށް ފަތިހުގެ ފިންޏަށް ހިނގާލަން ނިކުމެ އުޅުނު ރަށުގެ ހަރު މީހަކަށް އިވުނެވެ. އަދި އެގޭ ތެރެއައް ވަދެގެން އައީ އަޑު އައި ދިމާލަށެވެ. ރަޙްމާންބެ އަށް ފެނުނީ އިސްރާ މޮޔައަކު ފަދައިން ގިސްލަ ގިސްލާފައި ބައްޕަ އަށް ގޮވާތަނެވެ. “ބައްޕާ.. ބައްޕަވެސް ތަ؟؟؟ އިސްރާ އެކަނިތަ..” އިސްރާ އެހެން ހުއްޓާ ރަޙްމާންބެ ފެނުނެވެ. އަދީ ހާޖަރާ އާއި އިބްރާހީމް ހޮސްޕިޓަލަށް ގެންގޮސް ދޭން އެދުނެވެ. “ބޭބޭ.. ހެޔޮނުވާނެ.. އަހަރެންގެ މަންމަ އާއި ބައްޕަ ހަސްފަތާލަށް ގެންގޮސްދީ…” އިސްރާ އެހެން ބުނުމުން، ރަޙްމާންބެ އެދެމީހުން ގެންގޮސް ދިނެވެ. ހޮސްޕިޓަލުން ދިން ޚަބަރަކުން އިސްރާ ހެޔައް ގޮތް ގޮތް ވެގެން ބިން މައްޗައް ވެއްޓުނެވެ. ޑޮކްޓަރު ބުނާ ގޮތުގައި ހާޖަރާގެ މަރަކީ ގުދުރަތީ މަރެއް ކަމުގައި އެވެ. އިބްރާހީމް އެ މަރުވީ އެލިބުނު ޝޮކުގައި ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

މާތް ﷲ ގެ ކުޅަދުން ވަންތަކަން ނިކަން ދެކިބަލާށެވެ. އެ މަޢުސޫމް ކުއްޖާގެ މައިން ބަފައިން މިދުނިޔެ އެދޫކުރީ ހަމަ އެއްމެ ގަޑިއިރެއްގެ ތެރޭގައި އެވެ. ހަމަ އެއްމެ ދުވަހަކުން އިސްރާގެ ދިރިއުޅުން އެފުއް މިފުށަށް ޖަހާލިއެވެ. އެއްފަހަރާ ދެހިތާމަ ލިބުމުން އިސްރާ އިންނަނީ ނެގި މަޑު ވެފައެވެ. އެގެއަށް ވަދެލަނީ މަދު ބަޔެކެވެ. އޭގެއިން އެކަކާއި ވެސް އިސްރާ އަނގަޔަކުން ނުބުނެއެވެ. އިންނަނީ ދިމާލަކަށް ގެއްލިފައެވެ.

އިސްރާގެ ޙަޔާތުގެ ދުވަސްތައް އެކަނީ މާއެކަނި ހޭދަވަމުން ގޮސް އިސްރާގެ އުމުރުން ވިހި އަހަރު ފުރުނެވެ. އިސްރާ އާއި ގާތް ކޮށް ވެސް ވާހަކަ ދަށްކާ ހަދާލަނީ އާޝިޔާ އެވެ. މިހެން އުޅެނިކޮށް އިސްރާ އަނީލް އާއި ދިމާ ވިއެވެ. އެއީ އަނީލް މެންގެ ޢާއިލާ އަމިއްލަ ރަށަށް (ކުޑަހުވަދޫ) އަށް ދިޔަ ދަތުރެއްގައި އެވެ. އަނީލް އާއި އިސްރާ ދިމާވީ އިސްރާ ރަށުގެ ތުނޑީގައި ފިނި ވައި ޖައްސާލަން ހުއްޓައި އެވެ. ރަށްޓެހި ކަން މަޑު މަޑުން އެހެން ގުޅުމަކަށް ބަދަލު ކުރިއެވެ. އާޝިޔާ އަށް ވެސް އިސްރާ ސިއްރު ކުރީ އަނީލްގެ އެދުމަކަށެވެ. އަނީލްގެ ކޮއްކޮ އިޔާޒު އާޝިޔާ އާއި ރަށްޓެހިވެގެން އިންނަން ހުށައެޅުމުން އިސްމާޢީލް ނިކަން އަވަހަށް ‘އާން’ ބަސް ބުންޏެވެ. އެއީ އާޝިޔާއަކީ ރަށުގެ ޤަދަރުވެރި ޢާއިލާ އެއްގެ މުއްސަންޖަކަށް ވީމައި އެވެ. އަދި ދުވަސް ތަކެތްނުވެ އެދެމީހުން ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނެވެ. ދެމަހެއްހާ ދުވަސް ފަހުން އެމީހުން އަނެއްކާ ފުރީ މާލެއެވެ. ރަށުގައި އެމީހުން އޮފީހުގެ ބްރާންޗެއް ހުޅުވާފައިއެވެ. ނަމަވެސް އަނީލް އެއް ނުދެއެވެ. ލަސްނުކޮށް އަނީލް އިސްރާ އާއި ކައިވެނި ކުރިއެވެ. ކައިވެންޏަށް ހަމަސް ދުވަސް ނުވަނީސް އިސްމާޢީލް އަށް އެޚަބަރު ލިބުނެވެ. ވަގުތުން ރަށަށް އައެވެ. އަދި އަނީލްގެ ބޮލަށް ވަސްވާސް ލައި އިސްރާ އާދޭސް ކޮށްކޮށް އޮއްވައި ރަށުން ފުރައިގެން ދިޔައީއެވެ. އެއީ އިސްރާގެ ހިތުގައި އޮތް ގޮތެވެ. އިސްރާ ލިބުނު ހިތްދަތި ކަމުގައި އަމިއްލައަށް މަރުވާން ހިތަށްވެސް އެރިއެވެ. ނަމަވެސް އެއީ ކިހާ ބޮޑު ފާފަ އެއްކަން ހިތަށް އެރުމުން އެކަން ހިތުން ނެރެ އެއްލާލީ އެވެ. އޭގެ ދެމަހެއްހައި ދުވަސް ފަހުން އިސްރާ އަށް ކުއްޖަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އަދި އެދަރިފުޅަށް ޓަކައި އަމިއްލަ ފައި މައްޗައް ތެދުވަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. އެދަިފުޅު ލިބުމަށް ފަހު ‘އައިނާ’ މި ރީތި ނަން ދިނީ އެއީ އަނީލް އަށް އެއްމެ ކަމުދިޔަ ނަމަށް ވާތީ އެވެ.

***

…

“މަންމާ!!” އައިނާ ގެއަށް އައިސް ވަތް ގޮތަށް އިސްރާ އަށް ގޮވާލިއެވެ. “އައިނާ؟؟؟؟” އިސްރާ ސުވާލުގެ ނަޒަރަކުން އައިނާ އަށް ބަލާލީ އައިނާ އަވަހަށް ސްކޫލުން އައުމުން ނެވެ. އަނެއްކާ ސްކޫލުގައި ކޮންކަމެއް ވީހެއްޔެވެ؟ ފިލާވަޅެއް ނުނިންމުނީ ހެއްޔެވެ؟ ކުއްޖަކު ޖެއްސުން ކުރީ ހެއްޔެވެ؟ އިސްރާގެ ހިތަށް ދިޔައީ މިކަހަލަ ވާހަކަ ތަކުން ފުރެމުން ނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ވާނަން އުމުރަށް – 34 –

Next

ނުދާށޭ ދޫކޮށްފައި ޔާރާ…8

Next
October 14, 2019

ނުދާށޭ ދޫކޮށްފައި ޔާރާ…8

Previews
October 13, 2019

ވާނަން އުމުރަށް – 34 –

4 Comments!

  1. Aisher❤️❤️❤️ says:
    October 15, 2019 at 9:33 pm

    Me first dhw….. V rythi mi part ves ❤️❤️❤️ ekam haadha dhuvaheh kohlaafa thi up kohlee….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. A aaR says:
      October 17, 2019 at 9:27 am

      yh ur frst.. thnx Aisher.. nooney aisher.. submit kohfa innathaa three weeks vehje

  2. Lullu says:
    October 16, 2019 at 5:40 pm

    Mi part varah varah reethi….Maa sha Allah…When is next part….waiting for the next part…

    1. A aaR says:
      October 17, 2019 at 9:29 am

      thnx lullu… liyevunuhaa avahakah up kohdheynan… insha ﷲ

Comments are closed.

Next Episodeއައިނާ 11 (އެގާރަވަނަބައި)←


All Right Reserved!