Skip to content
އެސްފިޔަ

މީ ޅެމެއް ނޫން 2

ވިހަ

އޮތަކަސް ބަލި އެނދުގާ

ބަލިވެފަ މަޑުމޮޅި ކަމުގާ

ހެލިފެލި ނުވެވުނަސް އަދުގާ

އުޅެފާ މިހިރީ ކުރިން ހަނދުގާ

 

މާޒީގެ ޙިޔާލަށް ގެނބިގެން

ތަންމައްޗެއްގައި މަޑު އޮވެގެން

ކުރުގޮތަކަށް ފޮނިކޮށް ބުނެދެން

ކުރުވި ހަޔާތް މަގެ ލިޔެގެން

 

ފައިސާގެ ދަޅައިގައި ޖެހިފާ

ނަފްސު މަށަށް މަގެ ފެނިފާ

އުޅެވުނު ދުވަސްތައް ހެވިފާ

ޖަހަމުން ދިޔަ ބެރަކަށް ނެށިފާ

 

ހުރިކަމުގާ ނުބަލާ މަންމާ

ހުރިތަނުގާ ދޫކޮށް ބައްޕާ

މުޅިތަނުގާ އާޓު މަ ދައްކާ

ވިހަ ކައިރިކުރިން މަގެ ހައްޓާ

 

މިތުރުން ވީތީ ދައްކަން

ހީކުރެވުނު ލިބުނޭ ރަސްކަން

ކުރެވުނު އެއީ ކަނޑުކޮސްކަން

މިއަދު ނެތޭ މީހެއް ފެންނަން

 

ޖެހުމުން ބަލި ގަދަ ކެންސަރު

އެނގުނީ އަދި ކިރިޔާ ފެންވަރު

ގައިބާރު ހަށީގާ ނެތްވަރު

ގާތްވެފަ އަބަދުގަ ވީކަން މަރު

 

Comments (4)

  1. Anonymous

    Lhen nun viyya Dhen Mi Koahcheh…

    1. Dhonaa
      Anonymous

      eh neynge hama

  2. Hanaa

    salhi

    1. Dhonaa
      Hanaa

      shukuru ❤️

Comments are closed.