Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 21, 2019 2 Mins Read
28 Comments

ލޯތްބަކީ ކޮބައިހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ނޭނގުނެއްކަމަކު އަހަރެންނައްވެސް ލޯބިވެވިއްޖެއެވެ. އެ ލޯތްބަށް ހިތް އެދިގޮވަމުންދިޔައެވެ.

އަހަރެންނާ ޔުމާންއާ ދިމާވީ ކޮލެޖް ގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އޭނާއަށް ލިބިފައިވަނީ ރީތި ހަށިގަނޑަކާއި ކަޅުކަންގަދަ ތޫނު ދެލޮލެވެ. އަހަރެންގެ ހިތް އެންމެ ފުރަތަމަވެސް ތެޅިލީ ޔުމާން ބަލައިލާ އެ ތަފާތު ބެލުމުންނެވެ.
އެދެލޮލުގައިވާ އަސަރަކުން އަހަރެން މުޅި ދުނިޔެމަތިން ހަނދާންނެތޭފަދަ އިހުސާސެއްކުރުވައެވެ. އެ ފުން ކަނޑެއްފަދަ ދެލޮލުން އަހަރެންނަށް އެކައްޗެއްވެސް ދޭހައެއްނުވެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެން ދެމީހުން ވާހަކަ ދައްކަަންފެށީމެވެ. ޔުމާންއަކީ ވަރަށް މަޑުމައިތިރި ސީރިއަަސް މިޒާޖެއްގެ ވެރިއެކެވެެ. އަހަރެންނަށް ޔުމާންގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އަހަރެމެން ރައްޓެހިންގެ ގޮތުގައި ފަސްމަހު އުޅުނީމެވެ. ދެން ޔުމާން އެދުނީ އޭނާއާ ރައްޓެހިވާންށެވެ. ޔުމާން އެދުވަހު އަސަރާއެކު ބުނެލި ޖުމުލަ އަދިވެސް އަހަރެންގެ ހިތުގެ އެންމެ އަޑީގައި ހަރުލާފައި އެބަ ހުއްޓެވެ. “ރީ…އަހަރެންގެ ހިތާ ފުރާނައިން އަހަރެން ރީދެކެ ލޯބިވަން…” އެ ޖުމުލަ އަހަރެންގެ ކަންފަތަށް އަދިވެސް އަޑުއިވެނީ އިއްޔެ ވީކަމެއް ފަދައިންނެވެ.

ރައްޓެހިވުމަށްފަހު އަހަރެމެން އުޅެމުންއައީ އުފަލާއެކުގައެވެ. މި އުފާވެރިކަމުގައި އެންމެ ދެމަސްވޭތުވެގެން ދިޔައިރު އަހަރެންނަށް ޔުމާން ގެއްލުނީ ނޭނގިހުއްޓައެވެ. ޔުމާންގެ ހަބަރެއްނުވިތާ އެއްމަސްވީއިރު އަހަރެން ވަރަށް ކަރުނަ އޮއްސީމެވެ. އެގޮތުގައި އަަހަރެއްވޭތުވެދިޔައެވެ. އަހަރެންގެ އާއިލާމީހުންވެސް އަހަރެންގެ އުޅިމާމެދު ކަންބޮޑުވުން ފާޅުކުރެވެ. އަަހަރެންގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލިއަޑު އިވުމުން އަހަރެންގޮސް ދޮރުހުޅުވާލީމެވެ.

“ކޮއްކޮއަށް ކޮންމެސް މީހަކުދިން ސިޓީއެއް….” އަހަރެންގެ ދައްތަ ބުނެލިއެވެ. އެއީ ޔުމާންގެ ސިޓީއަކަށް ވާނެކަމުގެ އުންމީދާއެކު އަހަރެން އެސިޓީ އަތުލަމުން ކޮޓަރިއަށް ވަނީމެވެ. އެނދުގައި އިށީތްއިރު އަހަރެންގެ ހިތްދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ.

ސިޓީ ހުޅުވާލަމުން ސިޓީ ކިޔަންފެށިއިރު އަހަރެންގެ އަތްދިޔައީ ތުރުތުރު އަޅަމުންނެވެ.

* އަހަރެންގެ ލޯބިވާ ރީމްއެވެ. އަހަރެން ރީދެކެ ވަރަށް ވަރަށް ލޯބިވަމެވެ. އަހަރެންނަށް މާފްކުރާށެވެ. ރީ ދޫކޮއްލާފައި އަހަރެންދިޔައީ ވަރަށް ވިސްނާފައެވެ. ރީމްއާ ރައްޓެހިވިތާ އެއްމަސް ފާއިތުވެގެން ދިޔަފަހުން އަހަރެންނަށް އެނގުނީ އަހަރެން މި އުޅެމުންދަނީ ވަރަށް ހާލުގައިކަމެވެ. އަހަރެން މިހާރު މިހުރީ ކެންސަރުގެ ޝިކާރަކަށް ވެފައެވެ. ޑޮކްޓަރު ބުނުއްވީ އަހަރެން ހުރީ އެންމެ ފަހު ސްޓޭޖްކައިކަމަށާއި އަހަރެން ރަނގަޅުވާނެކަމުގެ އެއްވެސް އުންމީދެއް ނެތްކަމެވެ. ނަމަވެސް އަހަރެން ރީ ދޫކޮއްލާފައި ރާއްޖޭން ބޭރަށް ދިޔައީ އެއްވެސް ކަހަލަ އަލިމަގެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. ރަނގަޅުވެގެން ރީ ކާރިއަށް އާދެވޭނަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކޮންމެ ޑޮކްޓަރަކުވެސް ބުނަނީ އެއްވެސް އުންމީދެއް ނެތްކަމަށެވެ. އަހަރެންވެސް އެކަން ގަބޫލުކުރީ ވަރަށްވެސް ގިނަ ޑޮކްޓަރުންނަށް ދެއްކުމަށްފަހުގައެވެ. ރީ އަހަރެންނަށް މާފްކުރާނެ ކަމަށަ އުންމީދުކުރަމެވެ. އަދިވެސް އެއްފަހަރު ބުނެލަމެވެ. އަހަރެން އަބަދުވެސް ރީ ދެކެ….ލޯބިވަން…*
*ރީމް ދެކެ ލޯބިވެވުނު ބަދުނަސީބު ޔުމާން*

ސިޓީ ކިޔާ ނިމުނުއިރު އަހަރެންނަށް ދިޔައީ ގިސްލެވެމުންނެވެ. ކޮންމެ ގިސްލުމަކާއެކުވެސް ދެތުންފަތް ފޫއަޅުވާލަމުން ނުކުންނަނީ ޔުމާންގެ ނަމެވެ. ތުރުތުރު އަޅާ އަތުން އެ ސިޓީ އަހަރެންގެ ހިތާ ވީފަޅީގައި ޖައްސާލީމެވެ. ކުއްލިއަކަށް ސިޓީ އުރަތެރެއިން އިތުރު ގަނޑެއް ފެނުމުން އަވަސް އަވަހަށް އެ ގަނޑު ހުޅުވާލިއިރު އަހަރެންގެ އަތް ތުރުތުރު އަޅަމުންދިޔައެވެ. ކިޔަން ފެށީމެވެ.

* އަހަރެންގެ ނަމަކީ އަޔާންއެވެ. އަހަރެންމީ ޔުމާންގެ ބޭބެއެވެ. ޔުމާން ބުނެގެން އަހަރެން ރީމްއަށް މި ސިޓީ ހިފައިގެން މިއައީ ރީންއަށް ދޭންށެވެ. ޔުމާން އޭނާގެ ފަހުނޭވާގައިވެސް ބުނީ މިހެންނެވެ. “ރީއެވެ. އަހަރެން ރީ ދެކެ ވަރަށް..ވަރަށް ލޯބިވަން….އަހަރެން މި ދުނިޔެ ދޫކޮއްދިޔަސް އަހަރެންގެ ހިތްވަނީ ރީންގެ ގާތުގައެވެ. ވަރަށް ލޯބިވަން..” ރީމްއެވެ. ދެން އަހަރެން ބުނަން މިއުޅޭ ވާހަކައަކުން ރީމްގެ މުޅި ދުނިޔެ ފުނޑުފުނޑު ވާނެކަން އަހަރެން ދަންނަމެވެ.
ރީމްއެވެ. ޔުމާން..ޔުމާން ވަނީ މިދުނި ދޫކޮށް ގޮސްފައެވެ. *
*ޔުމާންގެ ބަދުނަސީބު ބޭބެ އަޔާން*

އެސިޓީ ކިޔާ ނުމުނުއިރު އަހަރެންގެ ދުނިޔެ އަޔާން ބުނިފަދައިން ފުނޑުފުނޑު ވިކަމުގެ އިހުސާސްއެއް ކުރުވިއެވެ. އަޑުގެ ނެތްތަނަށް ޔުމާންއޭ ކިޔާ ހަޅޭއްލަވައިގަނެވުނީ އަހަރެން ކައިރިއަށް އޭނަ އަންނާނެ ކަމުގެ އުންމީދުގައެވެ. އެވަގުތު އަހަރެންގެ އަތުގައިއޮތް ސިޓީ ދޫވެގެން ބިންމައްޗަށް ވެއްޓުނުއިރު ދެލޯ ފުރިގެންއައި ކަރުނަތަކާއެކު ގައިގެ ވަރުދޫވެގެން ބިންމައްޗަށް ތިރިވެވުނުއިރު މުޅިތަން އަނދިރިވެގެން ދިޔައެވެ.

– 4 އަހަރު ފަސް –

މިޔަދު އަހަރެންނަކީ މީހެއްގެ އަތްބެކެވެ. ލޯބި ލޯބި ކުއްޖެއްގެ މަންމައެކެވެ. ނަމަވެސް އަދިވެސް އަހަރެންގެ ހިތުގައި ޔުމާންގެ ލޯބި ފަނޑުވުމެއްނެތި ވެއެވެ. އަހަރެންނަށް ލޯބިވާން ދަސްކޮއްދިނީ ޔުމާންއެވެ.

“މަންމީ..މަންމީ…” އަހަރެންގެ ލޯބި ލޯބި ދަރިފުޅު ޔުމާން ބުނެލިއެވެ. އަހަރެންނަށް އެ ޔުމާން ނުލިބުނެއް ކަމަކު އަހަރެންގެ ދަރިފުޅު އަހަރެންނާ އެކުގައި ވާނެނޫންހެއްޔެވެ. ހިނިތުންވެލަމުން އަހަރެން ޔުމާން އުރާލީމެވެ.

“ޔުމާންއެވެ…އަހަރެން އަބަދުވެސް ޔުމާންދެކެ……..ލޯބިވަން…” ހިތާހިތުން އެހެން ކިޔާލިއިރު ލޮލުންވެއްޓުނު ކަރުނަތިކި ފިހެލަމުން ހިނިތުންވެލީމެވެ.

– ނިމުނީ –

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ވާނަން އުމުރަށް – 27 –

Next

ވަޢުުދު (ތޭރަވަނަ ބައި)

Next
September 21, 2019

ވަޢުުދު (ތޭރަވަނަ ބައި)

Previews
September 20, 2019

ވާނަން އުމުރަށް – 27 –

28 Comments!

  1. malsamalkkomal says:
    September 21, 2019 at 1:26 pm

    Heii guys….
    Mi othee ves aa vaahaka eh….kamudhaane kamah ummeedhukuran…
    Lve u all my readers..❤♥❤

  2. Vernon says:
    September 21, 2019 at 1:48 pm

    Wow.hama rovijje mi story kiyaafa. Love your story.??????????????????????????????????

    1. Malsa Moosa says:
      September 21, 2019 at 4:02 pm

      Awwwwn…thanks vernon..??

  3. Emm says:
    September 21, 2019 at 1:55 pm

    masha allah… vrh vrh vrh touching story eh… thanks mal for the cute story… luv yuh all

    1. Malsa Moosa says:
      September 21, 2019 at 4:03 pm

      Awwn..thanks emmoo..lve ya..♥

  4. Beautym says:
    September 21, 2019 at 2:07 pm

    Hey mal… Varah reethi mi vaahaka??

    1. Malsa Moosa says:
      September 21, 2019 at 4:03 pm

      Thanks beautym..?

  5. LoVelY gIrL says:
    September 21, 2019 at 3:20 pm

    Eyshge story eh ge copytha? Noony ideas nagaafatha?

  6. malsamalkkomal says:
    September 21, 2019 at 4:08 pm

    Noony lovly girl..mal eysh ge story thakuge therin kee “fevifaa thinanvy mi hithugaa”..dhn mihaaru mi kiyanee “kafun vevifaa”..evii…nd mal ehves vaahaka akun ideas ehves nunagan…malge hiyaalah aiima liyelaafa up koalee…mal kuraahiva kameh nooon meehunge bura masaikai copy koagn kanthahkuraakah……..
    okyy…hope u understand girl…thanks..?

  7. Sweety says:
    September 21, 2019 at 4:54 pm

    Vrh nice… Heart touching…

    1. Malsa Moosa says:
      September 21, 2019 at 9:43 pm

      Thanks sweety..?

  8. Meekkomee says:
    September 21, 2019 at 5:07 pm

    Woww??? whn I start reading I was???? whn I finished it I was????? story varah varah reethi????? LYSM ❤️❤️❤️❤️❤️❤️❤️??????? luv it ???????

    1. Malsa Moosa says:
      September 21, 2019 at 9:44 pm

      Awwwwn….thanks meekko..lve u more..thanks..?❤♥..

  9. jiji says:
    September 21, 2019 at 6:24 pm

    alhey so touching story???..u made me cry darlinn..mallu ge idea hama v super..Ly so much ingey????❤❤❤❤

    1. Malsa Moosa says:
      September 21, 2019 at 9:45 pm

      Awwn jiji…sorry ingy..lve u more..?❤♥…

  10. Jasmine says:
    September 21, 2019 at 8:12 pm

    Wow the story was amazing. Hama rovije???? . Masha all keep it up luv you

  11. malsamalkkomal says:
    September 21, 2019 at 9:46 pm

    Thanks jasmine..lve u more..?..

  12. Taehyung ?? says:
    September 21, 2019 at 11:03 pm

    Wow !! Very heart touching story ehhh !! Hope u will write more story’s like this !! Keep moving forward !!
    ????????????????????????

    1. malsamalkkomal says:
      September 22, 2019 at 1:27 pm

      Thanks Teahyung..will try ingy adhives mikaha vaahaka thakeh livevytoa….thanks..??

  13. Cutie says:
    September 22, 2019 at 11:30 am

    Waaaaaaaau???? haadha reechey mi vaahaka ves❤️❤️❤️???mal you are very talented ❤️❤️ Masha Allah ??? I love it??? curious to read next part??❤️?love you

  14. malsamalkkomal says:
    September 22, 2019 at 1:29 pm

    Awwwn…thanks cutie……??.

    1. Cutie says:
      September 22, 2019 at 2:19 pm

      Welcome?????

  15. LoVelY gIrL says:
    September 22, 2019 at 5:48 pm

    Yess alhugandu mi buny fevifaa thinan vey mi hithugaa vaahaka ey..mal sissooo

    1. Malsa Moosa says:
      September 23, 2019 at 8:10 pm

      Lovely girl…ehgoii vaanama eii iithifaageh…mal copy eh nukuran…?……hope u understand….vaahaka viiyaa mi liyanee….ehgoii ves vedhaane….eyge maana akee hurihaa emmennakeeves ehchhi copy kuraa baeh nooneh nu dhw….aan..dhn baeh meehun copy koafaane…but mal…mal ehaa kuraa hiyy vaakameh noon eii…..ehn meehunge buramasaikai copy kuraakah mal bynumeh noon….malves bynumee ammilla ah masaikai koagen molhu meehaka vaan…..i hope u understand girl….okyy….

  16. Fortnite says:
    September 22, 2019 at 6:42 pm

    Ey mal ves dhw… 12 years kan gabool Kuran ves dhathi. Haadha furihama vaahaka ekey. Mal thee hama finifenmaleiy ingey.. Nulaahiku loabi loabi vaahaka viyya thi genesdhenee… Mal… Keep going like this. Kiyevumauves vaguthu huskuran vaane ingey mal.. Mee aharen ge furathama comment mal ge story akau kuraa.. Nukiyan dhuvahakuves mihaa asarugadha vaahaka eiy.. Haadha hunaruveri kujjekey.. Magey anga thanminau hulhuvaalaa varu koffiviyya….. Vaahaka hama habeys ingey Mal. Mihaaru neynge mihen bunevunu varevves… Hama ehaa reethi viyya… Esfiya mathin foohi vefa indha Nulaahiku reethi vaahaka eiy upload kolleema mihaaru mi site au vanna hiy vejje… Mal adhi mikahala reethi vaahaka thah upload kurachchey… Ehennoonee aharen mi site mathin foohivedhaane.. Mal thee hama finifenmaleiy ?????????????????????????????????????????????????

  17. malsamalkkomal says:
    September 23, 2019 at 8:14 pm

    Omg….thank u soooooo much….mal meenee hama antharees vefa…nd mal meehama 12 years ingy..yeah…kiyavanves jehyne…yeah….fortnite ge first comment mee…and varah sweet ehaame motivate comment eh thi koalee…awwn…yeah…mal varah masaikai kuraanan mikahala vaahaka eh adhi genes dhevytoa….thanksssssssss……lve ya…mal ge hayaathugaves emme sweet emme motivate amme habu comment….

    ?♥❤❤❤❤❤❤❤❤❤❤❤..

  18. Lamko says:
    October 11, 2019 at 11:38 am

    mi kiyaafa varah dhera vehjje… haadha dhera kohshey dhw ree ah e dhimaa v…aslu mi stroy varah furihama vees part thakah bahaalaigen genes dhin nama varah kiyaa hithun mi huree vx varah reethi hama habeys eyy buneveynee ….u shaa eysh is the best story writers in esfiya site me ah ingeyy …varah loab mi vaahaka unmeedhu kuranee mikahala vaahaka adhives fennaane kamah ….luv us mc…sisssy lysm so muuchhh

  19. malsamalkkomal says:
    March 17, 2020 at 9:39 am

    Thankx lam

Comments are closed.



All Right Reserved!