Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 20

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 22, 2019 5 Mins Read
30 Comments

އެންމެ ފަހުން އީނާޝް އެކަމާ ނުވިސްނާ ކުޑަވަގުތުކޮޅަކަށް ނިދާލަން ވަނެވެ. އޭރު މެންދަމުން އަލިވެ ފަހެއް ޖަހަނީއެވެ. ޗެކިން ހަމަޖެހިފައި އިނީ ހެނދުނު ހަތެއް ޖަހާއިރުއެވެ.

******

މާލޭގެ އުސް އިމާރާތްތަކާއި ފެހިކަން ގަދަ ގަހެއް ނެތް އެ މާހައުލު ފެނިފައި އަނެއްކާވެސް ކައިޒީންގެ ގާތަށް އައީ އަމަށަކު ފޫއްސެއް ނޫނެވެ. އުފަން ބިން ދެކެވެސް ކައިޒީން އެއަންނަ ރުޅިއެއް ބުނެދޭންވެސް ނޭނގޭ ކަހަލައެވެ. ފެރީގައި އިން އިރުވެސް މޫނުމަތީގައި އަތް އަޅައިގެން އިން ގޮތުން ހީވަނީ މާލެ ލޮލު ކޮޅަށް ފެންނަން ވެސް ބޭނުން ނުވާ ހެންނެވެ.

ކައިޒީން އެގޮތަށް އިން އިރު އާރިފާ އިނީ މާލެއަށް ނޭރިގެން ކެތް މަދުވެފައިއެވެ. މިހާރުވެސް ދުޢާ ކުރަމުން އެދަނީ އެއްވެސް ކަހަލަ ދަތިކަމެއް ނައިސް ގެޔާއި ހަމައަށް ފޯރާތޯއެވެ. އެހާއިވެސް އޭނާ ހުރީ މާލެއަށް ނޭރިގެން ކެތް މަދު ވެފައިއެވެ. ސަބަބަކީ އެދުވަހަކީ އޭނާގެ ނަން މައްޗަށް ވިޔަފާރި ބަދަލު ކުރާ ދުވަސް ވީމައިއެވެ. ކުރިއަށް އޮތް ދުވަހަކީވެސް އެކަމުގައި އުޅެން ޖެހޭ ދުވަހަށް ވީމައާއިއެކުއެވެ.

މާހިލް އިނީ އީނާޝްގެ ޖަވާބެއް ނުލިބިގެން އެކަމާ ހިތް މޯޅިވެފައިއެވެ. އީނާޝް ދޭނީ ކޮންކަހަލަ ޖަވާބެއް ކަމެއް ވެސް ނޭނގޭތީ އާއިއެކު މާޙިލްގެ ހިތް އިތުރަށް ދަނީ ނުތަނަވަސްވަމުންނެވެ. އީނާޝް އޭނާގެ ލޯތްބަށް އިންކާރު ކޮށްފިއްޔާ މާހިލްގެ ހިތް ކުދި ކުދި ވާނެެވެ. އެހެން މީހަކު ދެކެ ނުވާވަރަށް މާހިލްއަށް ވަނީ އީނާޝްދެކެ ލޯބިވެވިފައިއެވެ. ދުވަހަކު އަންހެނެއް ފެނުނަސް ނުވާގޮތްތަކެއް މާހިލް އަށް އީނާޝް ފެނުމުން ދަނީ ވަމުންނެވެ. ކޮންމެ ފަދަ ޖަވާބެއް ލިބުނަސް ހެޔޮކަމުގައި ނިންމިޔަސް މާހިލްއަށް އީނާޝް ނުލިބިއްޖާ އެއީ އޭނާ ދިރިހުއްޓާ ވަޅުލުން ކަހަލަ ކަމެއްގެ ގޮތުގައި މާހިލް އަށް ގަބޫލުކުރެވުނެވެ. އެހައިވެސް ބޮޑަށް މާހިލް އީނާޝްދެކެ ލޯބިވެއެވެ. އެދެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދޭން ބޭނުންވެއެވެ. ދުވަހަކު ނުފިލާވަރަށެވެ.

އެކި މީހުން އެކި ކަންކަމާމެދު ވިސްނަން އިންދާ ފެރީ ގޮސް މާލެ އާއި ކައިރިކުރިއެވެ. ކައިޒީން ތުން ދަމައިގެން ފެރީން ފޭބިއިރު އެހެން މީހުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ފެރީން ފޭބިއެވެ. ދަތުރުގެ ވަރުބަލިކަމުން އެންމެން ވެސް ތިބީ ގެޔަށް ނުދެވިފައިއެވެ. އެހެންކަމުން އަވަހަށް ގެނައި ހުރިހާ އެއްޗެއް މާހިލް އާއި ފަޒީލް ކާރަށް އަރުވައި ގެޔަށް ދިޔުމަށް އަވަސްވެގަނެވެ. އެންމެފަހުގެ ކަމަކަށް ޒިރާން ކާރަށް އަރުވާ އެންމެން ކާރުގައި ހަމަ ޖެހުވުމާއިއެކު ކައި ޓްރޭޑާރސްއަށް ދާން ކާރު މިސްރާބު ޖެހިއެވެ.

******

ކައިޒީންމެނަށް ނުފެންނާނެހެން ތަންކޮޅެއް ދުރުގައި ހުރި ނަބާހު ހުރީ ޖެހި ބުދެއްހެން އެތަނަށް ގަނޑުވެފައިއެވެ. އަދި ހުރީ ލޯ ކުރިމަތިން ދެންމެ ފެނުނު މަންޒަރުތައް ގަބޫލުވެސް ނުކުރެވިފައިއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. ކައިޒީންމެނާއިއެކު ދެންމެ ކާރަށް އެއެރީ އޭނާގެ ދޮން މަންމައާއި އީނާޝްއެވެ. އޭނާ ފެނުމުންވެސް ދަންނަ ކަމަށްވެސް ހަދާނުލައި ކާރަށް އެއެރީއެވެ. ކައިޒީން ކައިރީ މީގެ ދުވަސްތަކެއް ކުރިން އެހި ސުވާލަށް ޖަވާބު އެލިބުނީ އެތަށް ދުވަހެއް ފަހުންނެވެ. ނަބާހުއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އެހެން އިރުކޮޅަކު ހުރެފައި ނަބާހު ގެއަށް ދާން މިސްރާބު ޖެހިއެވެ. ހިނގަމުން ދިޔައިރުވެސް  އެހެން ކަމަކަށް ވިސްނޭ ވަރަށް ވުރެ ނަބާހުގެ ތަބީއަތު ވަނީ ގޯސްވެފައިއެވެ.

****

ކައިޒީންއަށް ގެޔަށް ވަނެވުމާއިއެކު ފުރަތަމަވެސް ޖެހިގަތީ ކައިރީގައި ހުރި ސޯފާއަށެވެ. އަދި ފޯނު ނަގައި ވައިފައި ޖައްސާލިއެވެ. އެވަގުތު ފުލުފުލުން މެސެޖް އެތި އަންނަން ފެށުމުން އިރުކޮޅަކު ފޯން ބާއްވާލީ ފޯނު ސްލޯ ވެފައި ހުރުމުންނެވެ. ނޮޓިފިކޭޝަންތަކުގެ ތެރޭގައި އީނާޝްގެ ނަން އިނުމުން ކައިޒީން ހިސާބަކަށް ހައިރާން ވެފައި އިނެ ވައިބާއަށް ވަނެލިއެވެ. އަދި އީނާޝް ފޮނުވާފައި އިން މެސެޖް ކިޔާލިއެވެ. އެވަގުތު ކައިޒީންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އެހިނިގަނޑާއިއެކު ވެސް ކައިޒީން ދިޔައީ އީނާޝްއަށް ރައްދެއް ފޮނުވަން މެސެޖް ލިޔަމުންނެވެ. ލޯތްބަކީ ކޮބައިކަމެވެ. އަދި އީނާޝް ރުޅިއެރުވުމަށްޓަކައި އެހެން މެސެޖެއްވެސް ފޮނުވާލިއެވެ.

އީނާޝްްވެސް އޭނާގެ ހުރިހައި އެއްޗެއް ހިފައިގެން ކޮތަރިއަށް ވަނެފައި ފުރަތަމަވެސް އަތްލީ އޭނާގެ ފޯނުގައިއެވެ. ކައިޒީންވެސް ފޯނު ހިފައިގެން އިނުމުން މިޙާރު އޭނާއަށް ޖަވާބެއް ލިބޭނެކަން އިނގުމުންނެވެ. އީނާޝްވެސް ވައިފައި ޖައްސާލުމާއިއެކު މެސެޖްތައް ފުލުފުލަށް އަންނަން ފެށިއެވެ. އެވަގުރު ވައިބާއަށް ވަނުމާއިއެކު އެންމެ ފުރަތަމަވެސް އިނީ ކައިޒީންގެ މެސެެޖް ކަމުން ޖަވާބު ކިޔާލަން ކައިޒީން ޝައުގުވެރިވިއެވެ. އެހެންކަމުން ތަންކޮޅެއް ހަމަޖެހިލާ އީނާޝް އެމެސެޖް ކިޔާލިއެވެ. ”އެހެންޏާ އަހަރެންނަށްވެސް މިވެވުނީ ލޯބި ހެއްޔެވެ؟ ކައިޒީން އެބުނި ހުރިހާ ކަމެއް މާޙިލް ފެނުމުން އަހަރެންނަށް ވެއެވެ.  އެކަމަކު އަހަރެންނަށް ނޭނގި މީހަކު ދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ ކޮން ފަދަ އަޖައިބެއް ހެއްޔެވެ؟ އެއީ ލޯބި ކަމަށް ވަންޏާ އެހެންޏާ އަހަރެންނަށް މާހިލްދެކެ މިވެވުނީ ލޯތްބެވެ. ހަގީގީ ތެދުވެރި ލޯތްބެވެ. ކޮންމެއަކަސް އަހަރެން މިކަން ގަބޫލު ކުރާނަމެވެ. އެކަމު މާޙިލްއަށް ޖަވާބެއް ދޭން އިނގޭނީ މާހިލްއަކީ ކޮން ކަހަލަ މީހެއްތޯ ބެލުމަށް ފަހުއެވެ. ނަމަވެސް އެކަން ބަލާނީ ކިހިނެއް ހެއްޔެވެ؟” އީނާޝްގެ ސިކުނޑި ވަނީ އެކި ކަހަލަ ސުވާލުތަކުން ފުނިޖެހިފައިއެވެ. އެންމެ ފަހުން ކައިޒީންއަށް މެސެޖް ކުރަން ބަލައިލިއިރު އެހެން މެސެޖެއް ފޮނުވާފައި އިނުމުން އެ ކިޔާލިއެވެ.

* އަނެއްކާ މީހަކު ދެކެ ލޯބިވެވުނީތަ؟*

ފުަރަތަމަ ފަހަރަށް އީނާޝްއަށް ކައިޒީންގެ އެ މެސެޖުން ހޭން ފެށުނެވެ. އަދި ކައިޒީންއަށް ރައްދެއް ދޭންވެސް ދިނެވެ. އީނާޝް މިހާރު ބޭނުންވަނީ ކައިޒީންއާއި ގުޅިގެން އެކީގައި ކަންތައްތައް ކުރާށެވެ. ކުރީގައި އުޅުނިހެން އެކަކު އަނެކަކު ދެކެ ރުޅިއައިސްގެން އުޅޭކަށް އީނާޝް ބޭނުމެއް ނުވެއެވެ. މިހާރު ކައިޒީން އަކީ އޭނާގެ ތައްތައެކެވެ. އެކަން ޖެހޭނީ ގަބޫލުކުރާށެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އީނާޝް ކައިޒީން އާއި ވާހަކަ ދައްކައިގެން ހުރިހާ ކަމަކަށް މަޢާފަށް އެދެން ގަސްތުކުރިއެވެ.

*ހޫމް.. ކައި.. ބުނެބަލަ މާހިލް އަކީ ކޮންކަހަލަ މީހެއް؟*

އީނާޝް ފޮނުވާލި މެސެޖް ކިޔާފައި ކައިޒީންއަށް އިނެވުނީ ގަނޑުވެފައިއެވެ. އަދި ދުވަހަކުވެސް އީނާޝް އޭނާއަށް ކައި އޭ ކިޔައިގެން ވާހަކައެއް ނުދައްކައެވެ. އަދި އެހައި ލޯބި ކޮށެއްވެސް ވާހަކަ ދައްކާފައިއެއް ނުވެއެވެ. އެހެންކަމުން މިއަދު ކައިޒީންއަށް ލިބުނު އުފާ ބަޔާން ކުރަންވެސް ދައްޗެވެ. ހިތުގައި އީނާޝްއާއި މެދު އޮތް ލޯބި އަދި ދެގުނައަށް އިތުރުވިއެވެ. އީނާޝްއަށް ލޯބިވެވިގެން އެއުޅެނީ މާހިލްއާއި ކަން އިނގުމުން ކައިޒީން އިތުރަށް އުފާވިއެވެ. ސަބަބަކި މާހިލްއަކީ ނުހަނު ރަނގަޅު މީހަކަށް ވެފައި އީނާޝްއަށް ހަޔާތުގެ ބައިވެރިއަކަށް އެވަރުގެ ރަނގަޅު މީހަކު ލިބުމުންނެވެ.

  • * މާހިލްބެ އަކީ ވަރަށް ރަނގަޅު ވަރަށް ކެއަރީން ބޯއީއެއް.. ވަރަށް އަންޑަސްޓޭންޑިން ވެސް ވާނެ.. ވަރަށް އަނގަ ގަދަ ވެސް ވާނެ ބައެއް ފަހަރު.. ވަރަށް މަޖާވެސް ވާނެ.. އެކަމު ވަރަށް  ދެރަ ހިތެއް އޮންނަނީ.. މިބުނީ ކިރިޔާ ކަމެއް ވާއިރަށްވެސް ވަރަށް އަވަހަށް ދެރަވޭ.. ކުޑަކުޑަކމެއް އަތުން ވިޔަސް… މިހާރު ބައްޕަގެ ފިހާރައިގައި އުޅޭތާ 2 އިޔާސް ކަންނެ އެވީ.. އެކަމު އަދި ނެތް އެއްވެސް ކަހަލަ އޮޅުވާލުމެއް އޮޅުވާލާފައިއެއް.. ވަރަށް މީހުންނާ ފްރެންޑްވެސް ވާނެ.. ކައި ދެކެ ވެސް މާހިލްބެ ވަރަށް ލޯބިވާނެ.. ބައްޕަ ނުބުންޏަސް މިގޭގައި ފިރިހެނުން ކުރަން ޖެހޭ ކަންތައް ކޮއްދޭނެ.. އެނެއްހެން ބުނަންޏާ އެއީވެސް މިގޭ މީހެއް މިހާރު.. ބައްޕަވެސް މާހިލްބެ ދެކެ ވަރަށް ލޯބިވޭ.. އަދި ބުނަން ހިޔެއްނުވޭ އެއްވެސް ކުއްޖަކާ ރައްޓެހިވި ހެންނެއްވެސް.. އެކަމު ޔަގީން ބައިވަރު ކުދިން މާހިލްބެ އާއި ހެދި އުޅޭނެކަން.. އެހައިވެސް ހޭންޑްސަމް ވިޔަ.. ހެހެ.. އަނެއްކާ މާހިލްބެ ދެކެތަ ލޯބިވެނުނީ؟ *

ކައިޒީންގެ ފަރާތުން މާހިލްއަކީ ކޮންކަހަލަ މިޒާޖެއްގެވެރި މީހެއްކަން އިނގުމުން އީނާޝްއަށް އިތުރަށް މާހިލްއާއި މެދު ގަޔާވެވުނެވެ. އަދި މާހިލްއަކި ނުހަނު ރަނގަޅު މީހެއްކަން އިނގުމުން އީނާޝްއަށް ހިނިތުންވެލެވުނެވެ.

  • * ހެހެ.. އޯކޭ.. ތެންކްސް ވަރަށް ބޮޑަށް.. އެކަމު ކޮބާ މާހިލްގެ ފެމިލީ މީހުން؟ އެމީހުން ކައިރިއަކަށް ނުދޭތަ؟*

* މާހިލްބެ ނެތް އެކަކުވެސް މިދުނިޔެއަކު.. އެއީ ހުރި ހަމަ އެކަނި ދަރިއަކީވެސް.. އީނާޝް.. މާހިލްބެ އެހީތަ އަނެއްކާ ރައްޓެހިވާން.. އެހެންވެއްޖާ މާހިލްބެ އަށް ނޯ ނުބުނާތި އިނގޭ.. ޔެސް އޭ ބުނޭ.. މާޙިލްބެ ހިޔެއް ނުވޭ ދުވަހަކުވެސް އީނާޝްއަށް ދެރަގޮތެއް ހަދާނެ ހެންނެއް.. *

ކައިޒީންގެ އެންމެ ފަހުގެ މެސްޖް ކިޔާލައިފައި ފުރަތަމަ ފަހަރަށް އީނާޝްއަށް މަޙިލްއާއި މެދު ހަމްދަރުދީ އުފެދުނެވެ. އަދި އީނާޝްއަށް ހިނިތުންވެލެވުނެވެ.  އެންމެ ފަހުން އީނާޝް މާހިލްއަށް ޖަވާބެއް ދޭން ނިންމިއެވެ.

* ކައި ވަރަށް ބޮޑަށް މަޢާފަށް އެދެން.. އިނގޭ އަހަންނާ ހެދި ކައި ވަރަށް ގިނައިން ރުއި ކަން.. އެކަމު މިހާރު ބޭނުމެއް ނުވޭ ކައި އާއި ވާހަކަ ނުދައްކާ ރުޅިވެގެން އުޅޭކަށް.. ތީ މިހާރު އަހަރެންގެ ދައްތައެއް.. ކައި އަހަރެންނަށް މައާފު ކުރޭ.. *

އީނާޝްގެ އެންމެ ފަހުގެ މެސެޖް ކިޔާލައިފައި ކައިޒީންއަށް އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައިއެވެ. ނަމަވެސް ކައިޒީން އީނާޝްއާއި މެދު ރުޅިވެރިކަން ބާއްވަން ބޭނުން ނުވާތީ ކައިޒީން އީނާޝްއަށް މައާފުކުރިއެވެ. ހިތުން ރުހުމުންނެވެ. އެއްވެސް ނަފްރަތަކާއި ރުޅިވެރިކަމެއް ނުބާއްވައެވެ.

ކައިޒީން އީނާޝްއަށް މަޢާފު ކުރުމުން އީނާޝް ނުހަނު އުފާވިއެވެ. ދުވަހަކުވެސް ނުލިބޭވަރުގެ އުފަލެއް އީނާޝްއަށް ލިބިގެން ދިޔައެވެ. އަދި ހީވީ އީނާޝްގެ ބޮލުން އެއްބައި ލުއިވިހެންނެވެ. އަދި ހިތަށް ހިތް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އީނާޝް ފޯނު ބާއްވާލައިފައި އިރުކޮޅަކު ނިދާލަން އޮށޯވެލިއެވެ. އޭރު ގޭތެރެއިން އަޑެއް ބަޑެއް ނީވެއެވެ.

*****

ކައިޒީން އެއްވެސް ވަރަކަށް ފޯނު ބާއްވާ ކަހަލަ ހިޔާލެއް ނުކުރެއެވެ.  އެ ލިބުނު އުފަލުން ކައިޒީންގެ ވަރުބަލިކަން ވެސް މިހާރު ވަނީ ހަށިގަނޑާއި އެތައް ހާސް މޭލު ދުރަށް ގޮހެވެ. އަދި ދިޔައީ މާހިލްއަށް މިއަދު އީނާޝް ދެއްކި ވާހަކަތައް ކިޔާދެމުންނެވެ. އަދި އީނާޝްއަށް ދެރަ ގޮތެއް ނުހެދުމަށްވެސް ކައިޒީން ދިޔައީ ނަސޭހަތްތެރިވަމުންނެވެ. ކައިޒީން މާހިލްއަށް ވުރެ ކުޑަވިޔަސް އޭނާ ދިޔައީ ހެޔޮއެދޭ މީހެއްގެ އަދި ކޮއްކޮއެއްގެ ހައިސިއްޔަތުންވެސް މާހިލްއަށް ނަސޭހަތްތެރިވަމުންނެވެ. ކައިޒީން އެވަރަށް މެސެޖް ކުރަމުން ދިޔައިރުވެސް މާހިލް ރައްދެއް ނުދިނުމުން  އެންމެފަހުން މާހިލް ނިދީ ކަމަށް ނިންމައި މާހިލްއަށް މެސެޖް ކުރުން ހުއްޓާލިއެވެ. ފޯނު ބާއްވާގައި ކައިޒީން ގޮސް އޮށޯވެލީ އޭނާ އޭނާ އެންމެ ބަލާހިތްވާ ކޮރިއަން ސީރީޒް ބަލާށެވެ. އެނުބަލާތާވެސް ގިނަ ދުވަސް ވުމުންނާއިއެކުއެވެ.

******

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި އީނާޝް ހުރީ ބެލްކަންޏަށް ނުކުމެ ހިތްހަމަ ޖައްސާލުމަށެވެ. ކަޅުކުލައިގެ ފޮތިގަނޑަކަށް ހުދު ކުލައިގެ އެސްތަކެއް އުކާލެވިފައިވާ ފަދައިން ރޭގަނޑުގެ އެހިތްގައިމު އުޑުމަތި ދަނީ ސިފަވަމުންނެވެ. އަދި ތަރިތައް ކައިރީގައި އިން ސާދަވިލޭރޭގެ ހަނދުވެސް ހީވަނީ  ތަރިތަކާއިއެކު އުޑު މަތީގައި ފިޔަ ޖަހާހެންނެވެ. އެމަންޒަރު ބަލަން ހުރި އީނާޝް އަށް ދިޔައީ ކުޅަދުންވަންތަކަމާއި މެދު ވިިސްނެމުންނެވެ. އެހާއިވެސް އެމަންޒަރު ފުރިހަމަވެފައި ސާދާއެވެ.

އީނާޝް އެތާ ހުރެފައި އެންމެ ފަހުން އެނާގެ ފޯނު ނަގައި މާހިލްއަށް ޖަވާބެއް ދޭން ނިންމިއެވެ. ޔެސް އޭ ޖަހައި މާހިލްއަށް މެސެޖް ފޮނުވާލިއިރު އީނާޝްގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނޭނގޭ ބާރު މިނަކަށް ތެޅެމުންނެވެ. ނަމަވެސް ހިތުގައި ކޮންމެސް ވަރަކަށް އުފާވެރިކަމެއްވެސް ވިއެވެ.

އެހެން ހުއްޓާ ކައިޒީން އައިސް އީނާޝްގެ ކޮޓަރިއަށް ވަނުމުން އީނާޝް އެނާގެ ފޯނު ނިއްވާލައިފައި އެތާހުރި މޭޒުމަތީގައި ބާއްވާލިއެވެ. ”ކޮބާ މިހާރު މާހިލްއަށް ޖަވާބެއް ދިނީތަ؟” ކައިޒީން ކޮށްލި ސުވާލުންވެސް އީނާޝްގެ ގައިގައި ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު އިރު ދެކޮލަށް ވަނީ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ޖަމާވެފައިއެވެ. އީނާޝް ޖަވާބެއް ނުދީ ހުރުމުން އަނެއްކާވެސް ކައިޒީން ހަމަ އެސުވާލު ކުރިއެވެ. ”ހޫމް.. ދެންމެ ޖަވާބެއް ދީފިން.. ޔެސް..” އީނާޝް ދުރުބަލަމުން ޖަވާބު ދިނެވެ. އެވަގުތު ކައިޒީން ފުންމަ ފުންމާފައި އައިސް އީނާޝްގެ ގައިގައި ބައްދާލިއެވެ. ކައިޒީން އުޅުނު ގޮތުން އީނާޝް ހުރީ ހީހީ ހަލާކުވެފައިއެވެ. ”އެޔެއް ނޫނޭ.. ހިނގާބަ މޭރީ ބްރައުންއަށް ދާން.. ވަރަށް ބަނޑުހައި.. އެއްވެސް އެއްޗެއް ނުކައްކާ އަދި ގެޔަކު.. އެހެން މީހުންވެސް ތައްޔާރު ވޭ އެބަ ދާން..” ”އެތަނަށް ނުގޮސް ހިނގާ ދޯ ކައްކާލަން އެއްޗެއް.. ވަރަށް ދުވަސްވެއްޖެ މިހާރު ނުކައްކާލާތާ..” އީނާޝް އެތަނަށް ނުދަންވެގެން އުޒުރެއް ދައްކާލިއެވެ. ”އެކަމު އަހަރެންނަކަށް ނޭނގޭ ކައްކާކަށް.. އޯކޭ.. އީނާޝް ކައްކާނީ.. އަރެމެން އެންމެން ތިބޭނަން ކާން.. އޯކޭ ދޯ..” ކައިޒީން އަވަހަށް އެކަމުން ރެކިގަތީ ކެއްކުމަކީ އޭނާ މާ ގަޔާވާ ކަމަކަށް ނުވުމުންނެވެ.

”އެންމެން އަޑު އަހާބަ.. އީނާޝް ބުނީ ކައްކާނަމޯ.. މިރެ ހިނގާ ދޯ މޭރީ ބްރައުންއަށް ދިޔުން ކެންސަލް ކޮށްލަން.. އީނާޝް ކައްކާ އެއްޗެއްގަ ރަހަ ބަލާލަން ވާނުން..” ކައިޒީން ގޮސް އެންމެން ކައިރީ އިނާޝް ކައްކާ ވާހަކަ ބުނެލިއެވެ. އަދި އެއާއިއެކު އެންމެންވެސް އެކަމަސް އެއްބަސް ވެލިއެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނުދާށޭ ދޫކޮށްފާ ޔާރާ…4

Next

އައިނާ 8 (އަށްވަނަބައި)

Next
September 22, 2019

އައިނާ 8 (އަށްވަނަބައި)

Previews
September 22, 2019

ނުދާށޭ ދޫކޮށްފާ ޔާރާ…4

30 Comments!

  1. Friend eh? says:
    September 22, 2019 at 5:16 am

    ?Masha Allah ?… Mi? part? vs ?varah reethi? ?can’t? wait? read? next? part?… When? is ?next ?part?…?

    1. ?Nafu? says:
      September 22, 2019 at 8:35 pm

      Awww??? thank u soo much dear.. it means a lot???? next part liyevunu haa avahakah up kohlaanan.. keep waiting dear???

  2. LoVelY gIrL says:
    September 22, 2019 at 5:47 am

    Wow maaaaasha allah

    1. ?Nafu? says:
      September 23, 2019 at 1:11 pm

      Thank u sooo much dear❤️??????

  3. ?Nafu? says:
    September 22, 2019 at 6:56 am

    Assalam alaikum.
    Miothy 20 vana Bai up vefai.. unmeedhu kuran mi part Vs kamudhaane kamah.. adhi mistakes huriyyaa buneladhinun Vs edhen.. ?????
    Alheyy.. mi part GA Vs neii dhw cover pic eh.. nafu ekam innaany pic eh laafa..???
    Next part liyevunu haa avahakah up kohlaanan.. Insha Allah.. keep waiting???
    Kiyaalaafa comment eh kohlahchey..??? have a nice day..???

  4. Lovely grl says:
    September 22, 2019 at 1:11 pm

    Hey. Mihaaru vr rythi stry dhaa goii.. eenaash and kaizeen rahtehi v dhw dhn.. and maahil and eenaash too.. vr vr vr rythi mi bqi vs.. dhn avahah aarifaa rangalhu kurey… ???????????????waiting for dhn oii bayah

    1. ?Nafu? says:
      September 22, 2019 at 8:37 pm

      Awww??? thank u sooo much dear..??? it means a lot??? let’s c dhw dhn vaagotheh..??? ya keep waiting dear?????❤️?

  5. Cutie pie says:
    September 22, 2019 at 1:13 pm

    Just wow???? k3ep goin nafu.. storynis fantastic.. gud luk?????????

    1. ?Nafu? says:
      September 22, 2019 at 8:33 pm

      Awww..??? tha nk u sooo much… It means a lot????

  6. Taehyung ?? says:
    September 22, 2019 at 1:15 pm

    OMG WOW varahh salhi !! finally inaash and kai friends ahhh v dhw !; can’t wait 4 next part !!
    ????????????????????????

    1. V ge biggest fan says:
      September 22, 2019 at 3:23 pm

      V and bts ge big fan eh dho. Im also a vvvvvvvvv big fan of v/taehyung and bts. I love them like a mad.

    2. ?Nafu? says:
      September 22, 2019 at 8:39 pm

      Awww??? thank u sooo much dear??? it means a lot??? yeah.. they two are now friends..❤️❤️❤️ keep waiting?????❤️?

  7. jiji says:
    September 22, 2019 at 1:49 pm

    V furihama…eenaash maahil ah yes bunefa n kaizeen aa frnd v ma v salhi inge..waiting for the next

    1. ?Nafu? says:
      September 22, 2019 at 8:40 pm

      Awww??? jiji dear.. thank u sooo much❤️❤️❤️ it means a lot??? ya keep waiting??❤️????

  8. V ge biggest fan says:
    September 22, 2019 at 3:21 pm

    Bts and v ge fan eh dho. Im also a v big fan of v and bts.

    1. ?Nafu? says:
      September 23, 2019 at 1:29 pm

      Oooh..? but I hate bts a lot?

    2. Taehyung ?? says:
      September 24, 2019 at 12:14 pm

      Hehehe yhh I’m a army !!! Let’s be friends if u don’t mind !!! I purple u !!!
      ????????????????????

  9. Kylie says:
    September 22, 2019 at 4:39 pm

    Wowwwwwwww…. V Reethi Mi part vs… Whn is nxt part dear n luv u sis

    1. ?Nafu? says:
      September 22, 2019 at 8:41 pm

      Awww??? thank u sooo much❤️❤️❤️ it means a lot??? next part liyevunu haa avahakah up kohlaanan❤️❤️ keep waiting??❤️????lysm

  10. Inshaa says:
    September 22, 2019 at 4:44 pm

    Mi part varah varah varah varah reethi maa sha Allah….Dhen maahil are inaash dhuru nukuruvah chey….Please….Waiting for the next part..

    1. ?Nafu? says:
      September 22, 2019 at 8:42 pm

      Aww?????? thanks a million dear… It means a lot??????? let’s c dhw vaane gotheh dhn❤️❤️❤️❤️ ya keep waiting??????❤️

  11. Someone says:
    September 23, 2019 at 12:35 am

    Mi part ves varah reethi maasha allah. Curiously waiting for the next part ?❤

    1. ?Nafu? says:
      September 23, 2019 at 1:28 pm

      Aww??? thank u soo much dear??? ya keep waiting??????❤️

  12. Karam says:
    September 25, 2019 at 9:55 pm

    Eheh. This is very interesting I just started reading this I can’t wait for the next part and masha allah your talented❤️☺️☺️☺️❤️❤️

    1. ?Nafu? says:
      September 28, 2019 at 10:57 am

      aww.. thank u sooo much dear.. 🙂 it means a lot.. 🙂 🙂 🙂

  13. Karam says:
    September 28, 2019 at 10:09 am

    Yo when is the next one ???????

    1. ?Nafu? says:
      September 28, 2019 at 10:58 am

      insha allah maadhan.. mihaaru liyamun midhany.. 🙂 🙂

  14. Karam says:
    September 29, 2019 at 11:08 pm

    Ahh I’m waiting for the next part eyh when upload kuraany I can’t wait for the next part ????

    1. ?Nafu? says:
      September 30, 2019 at 10:35 pm

      Nafu vaany Saturday GA submit kohfa.. ekam adhivs upload nuvegen miulheny.. kaap waiting ingey..?

  15. Karam says:
    September 30, 2019 at 10:38 pm

    Kithah dhuvahun upload vany anmukoh ? Pispis kehtherikan kolhun laigen dhaa varu vehjeh ?????? waiting waiting

Comments are closed.

Next Episodeހާސިލް ވުމަށް އެދި 21←


All Right Reserved!