Skip to content
އެސްފިޔަ

ޒުނާމް

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަންނާއި ޒުނާމަކީ ކުޑައިރުއް ސުރެ ވަރަށް ގާތް ދެރައްޓެހިންނެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ ދެމީހުންގެ ވެސް އާދައެކެވެ. ޒުނާމަކީ ހުރިހާ ކުޅިވަރަކަށް ވެސް ވަރަށް ލޯބި ކުރާ ކޮންމެ އުމުރުފުރައެއްގެ ބަޔަކާ ވެސް ވަރަށް ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. ރަށުގެ ގިނަ ބަޔަކު ވަރަށް ލޯބިވާ ފަދަ ސިފަތަކެއް ހުރި މީހެކެވެ. ގިނަ ފިރިހެން ކުދިން އޭނަގެ ހިތުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ރީތި ކަނބަލެކެވެ. ރީތިކަމާއި ރަނގަޅުކަމާ އެއްވަރަށް ފޮނި ވެސް މީހެކެވެ. އަހަރެންގެ ހިތް ދަމައި ގަންނާނެ ހުރިހާ ސިފައެއް އޭނަ އަށް ލިބިގެންވެއެވެ. އެކަމަކު އަހަރެންގެ ހިތުގައި ގާތް ރައްޓެއްސެއްގެ ޖާގަ ނޫން އިތުރު ޖާގައެއް ޒުނާމް އަށް ދޭކަށް އެއް އިރަކު ވެސް ހިތަކަށް ނާރައެވެ.

ރަށުގެ އެންމެންހެން އަހަރުމެން ދެމީހުންގެ ގުޅުމަށް އެތައް ނަމެއް ދީގެން އުޅުނެވެ. އެކަމަކުން ވެސް އެ އެކުވެރި ކަމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު އަޅުވާކިޔުމަކީ އިސްތިރިއެކޭ، މީހުން ބުނެއުޅޭ ވާހަކައަކީ ހަގީގަތެއްކަން އަހަންނަށް ގަބޫލުކުރެވެން ފެށިއެވެ. އާން އެކެވެ. އަހަންނަށް ޒުނާމް ދެކެ ހަމަ އަސްލު ވެސް ލޯބިވެވުނީއެވެ. އެއީ މި ލޯބި ފެށުނު ގޮތެވެ. އަހަރެން ޒުނާމް އަށް އެ ލޯބި ހުށައެޅީމެވެ. ހީކުރި ގޮތާ ހިލާފަށް އޭނާގެ ހިތުގައި އަހަންނަށް ހާއްސަ މަގާމެއް ދެވިފައިވާ ކަން އެ ދުލުން އެ ދުވަހު ހާމަވިއެވެ. އެހެންވެ، އަހަރެންގެ ޒަވާޖީ ހަޔާތް ފެށީ ކުޑައިރުންސުރެ އަހަރެންގެ ހިތުގައި އެމީހަކަށް ޚާއްސަ މަޤާމެއް ދެވިފައިވާ ޒުނާމް އާއެކީއެވެ. ޒުނާމަކީ މަޑުމައިތިރި ކަމާއި ހިތްހެޔޮކަމަށް ލާމަސީލު މިސާލެކެވެ. ކައިވެނީގެ ގޮށް ޖެހުމަށްފަހުވެސް އަހަރެމެން ދެމީހުންގެ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި އިތުރަށް ލޯބިވެވެނީއެވެ.

ޒުނާމްގެ އޯޤާތެރިކަމާއި އަޅާލުމުން އަހަރެންގެ ހިތް ފުރާލަ ދެއެވެ. ހަމަ އެގޮތަށް، އަހަރެންވެސް އަނބިމީހާ އަށް ކޮއްދޭންޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އަދާކޮއްދެމުން ދިޔައީމެވެ. އަހަރެން ވަޒީފާއަށް ދާވަޤުތު ފިޔަވައި އެހެން ވަޤުތުތަކުގައި ގިނަ ވަޤުތު ހޭދަ ކުރަނީ ޒުނާމަ ގާތުގައި ގޭގައެވެ. މި ލޯބި ރަމްޒު ކޮއްދޭނެ ނިޝާނެއް ޒުނާގެ ރަޚިމުގައި ވާކަމަށް ޑޮކްޓަރ ބުނި ވަޤުތު އަހަރެންނަށް ވީ ގޮތެއް ވެސް ނޭނގުނެވެ. ބައްޕަ އަކަށް ވާން އުޅޭ ކަމުގެ ޚަބަރާއެކު އަހަންނަށް އުފަލުން ރޮވުނެވެ. އެހިނދު ޒުނާމްގެ ނިތަށް ބޮސް ދެވުނެވެ. އެދުވަހުން ފެށިގެން ޒުނާމް އަށް އަހަރެން ދެމުންދިޔަ އޯގާތެރިކަމާއި އަޅާލުން އެތަށް ގުނައަކަށް އިތުރު ކުރީމެވެ. އަހަރެން ޒުނާމް ދެކެ ހާދަ ލޯބިވަމެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކާ ކޮޓަރިއެއް ޒީނަތްތެރިކުރީ އަހަރެންގެ މި ދެއަތުންނެވެ. ޒުނާމް ކައިރީ އަބަދު ހުންނަން މަސްދުވަހުގެ ޗުއްޓީއެއް ނެގީމެވެ. ޒުނާމް އަރާމު ކުރަން ބާއްވާފައި ގޭގެ މަސައްކަތްތައް އެއްވެސް ލަދެއްނެތި އަހަރެން ކުރަމުންދިޔައީމެވެ. މިޒަމާނުގައި އަންހެނަކަށް ލިބޭނެ އެންމެ މުހިންމު ހަދިޔާއަކީ ޒިންމާދާރު ހެޔޮލަފާ ފިރިއެކެވެ. ނޫން ހެއްޔެވެ؟

ދުވަސްފުރައި ޒުނާމް ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ނަމަކަށް ކިއީ ‘ނުހާ ބިންތު މުޙައްމަދު’ އެވެ. މާނައަކީ ‘ވިސްނުންތޫނު’ އެވެ ކުޑަ ކުޑަ ނުހާ ދެކެ އާއިލާގެ އެންމެންވެސް ވަރަށް ލޯބިވެއެވެ. ނުހާ އަކީ އަހަރެމެން ދެމަފިރިންނަށް ލިބުނު ބޮޑު ނިތުމަތެކެވެ. އުމުރުން އެންމެ 8 އަހަރުގައި ވެސް ނުހާ އަކީ ވިސްނުންތޫނު، ބަސްއަހާ ކުއްޖެކެވެ. ބަރާބަރަށް ފިލާވަޅުތައް ދަސްކުރެއެވެ. ނުބުންޏަސް ގަޑިން ގަޑިއަށް ނަމާދު ކުރެއެވެ. ކޮންމެ ނަމާދެއްގެ ފަހުން ޤުރުޢާން ކިޔަވައެވެ. އެއްވެސްކަމަކު ބުނާކަށް ނުޖެހެއެވެ. ދީނީ ކަންކަން ހާއްސަ ސަމާލުކަމެއް ދެއެވެ. ދީނީ އިލްމު އުނގެނުމަށާއި ދީނީ ނަސޭހަތްތަކާއި ދަރުސްތައް އަޑުއަހަން އޭނާ ލޯބިކުރެއެވެ. އެ ކޮއެގެ އަޚްލާޤާއި އުޅުމުގެ ސަބަބުން އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. އަހަރެންގެ އަމިއްލަ ނަފްސާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ.

އަހަންނަކީ ނަމާދަށް މާ ބޮޑު ސަމާލުކަމެއްދޭ މީހެއް ނޫނެވެ. ހީވާކަހަލައެވެ. އެއީ ކުރާނެކަމެއް ނެތްނަމަ ނުވަތަ ހިތާމައިގެ ވަގުތު ކުރަން އޮންނަ އަޅުކަމެކެވެ. ޤުރުޢާން ކިޔެވުންވެސް އެފަދައެވެ. ހުސްވަގުތުތަކުގައާއި ވަގުތު ހުސްކޮށްގެންވެސް އަހަރެންކުރާ ކަމަކީ ނެޓްފްލިކްސް އިން ދައްކާ ސީރީސްތައް ބެލުމެވެ. ކޮންމެވެސް ހިންދީ ނުވަތަ އިނގިރޭސި ލަވައެއް އަޑުއެހުމެއެވެ. މޯލްޑިވިއަން އައިޑަލް އާއި އެފަދަ އެހެންވެސް ޝޯތައް ބެލުމެވެ. ތެދެކެވެ. ދުނިޔޭގެ ވަގުތީ އުފާތަކަށް ހާސިލުކުރުމުގައި އަހަރެން ވަނީ ‘ބިޒީ’ވެފައެވެ.

އަހަރެންގެ ހާލާއި މެދު ފުރަތަމަ ފަހަރަށް ހިތާމަކުރެވުނެއެވެ. އުޅެވުނު ގޮތާ މެދު ދެރަވެ އުޅުން އިޞްލާޙްކުރީމެވެ. ނަމާދުތަކަށް ފަރުވާ ބަހައްޓައި އަޅުކަންކަމަށް އިސްކަން ދިނީމެވެ. ވަގުތުވާވަރަކުން ދީނީ ދަރުސްތަކާއި ޕްރޮގްރާމްތައްވެސް އަޑުއަހަން ފެށީމެވެ. ލޯބިވާ ޒުނާމެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ ތިއީއެވެ. ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ތިޔަ ދެއްކީ ނަމޫނާގެ ނަތީޖާ ކިހާ ފޮނި ހެއްޔެވެ؟ ޒުނާމެވެ. އަހަންނަށް މާފުކުރާށެވެ. ދަރިފުޅަށް ދީނީ ކަމެއް ދަސްކޮށްދޭން މި ބައްޕަ އަކަަށް ނޫޅެވުނެވެ. ޒުނާމެވެ. ބައްޕަ ކޮންމެ ގޮތަކަށް އުޅުނަަސް ތިޔަ މަންމަ އެ ދަރިފުޅަށް މަގު ދައްކައިދީފިއެވެ. އެއީ އަހަރެމެން ދެމަފިރިންނަށް ލިބިފައި ހުރި ޖަވާހިރެކެވެ.

Contact : 9877233

(Twitter: Zidhan (@liyaakujjaa

9

Comments (20)

  1. LoVelY gIrL

    Gud work zidhaan bro

    1. Z I D H A N (Liyaa Kujjaa)
      LoVelY gIrL

      ޝުކުރިއްޔާ

  2. Anonymous

    Nice story…..Hope to see more….All the best

    1. Z I D H A N (Liyaa Kujjaa)
      Anonymous

      ޝުކުރިއްޔާ

  3. Jannu

    Nice. Zidhaan thee vaadhoo kujjekey? Seariesly?

    1. Z I D H A N (Liyaa Kujjaa)
      Jannu

      ލައްބަ. އިތުރު އެއްޗެއް ސާފުކޮށްލަން ބޭނުމިއްޔާ މެސެޖު ކޮށްލާ!

  4. ....

    V reethi. When next part?

    1. Z I D H A N (Liyaa Kujjaa)
      ....

      ނިމިފައި. ޝުކުރިއްޔާ

  5. Kattey

    Not that much good… It looks like somewhat related to your life??? This story makes me remember of someone.. This story is not good for me but hope you will upload beautiful stories in the future…

    1. Z I D H A N (Liyaa Kujjaa)
      Kattey

      އޯކޭ

  6. Zidhan (Liyaa Kujjaa)

    ނޫން. ވާހަކައިގެ ނަން އެކަނި ކުޑަ ވެސް ގުޅުމެއް އޮންނާނީ.

    1. Kattey
      Zidhan (Liyaa Kujjaa)

      Can’t believe…. You have uploaded many true stories about your life right?? Stop telling lies… I am sure you are married and you have kids too.. ??? LOL

    2. Unknown gal
      Zidhan (Liyaa Kujjaa)

      Kattey how do u know that he is lying

  7. Aho0

    V reethi, it looks like a real life story of some one ?.. good work and keep it up ?

    1. Z I D H A N (Liyaa Kujjaa)
      Aho0

      hehe thanks

  8. villingili kuhjjaa

    varah reethi vaahaka eh.. ummeedhu kuran adhives kiyaalan reethi vaahaka libeyne kamah

    1. Z I D H A N (Liyaa Kujjaa)
      villingili kuhjjaa

      ޔަޕް

  9. xaahi

    zidhaan aisha vaahaka koba. evaahaka upload nukurantha

    1. Z I D H A N (Liyaa Kujjaa)
      xaahi

      ޔާ. ސޮރީ އިނގޭ

  10. !y@@d#

    Vrh furihama

Comments are closed.