ޔާރު މިވަނީ ލޯތްބޭ ހަޤީޤީ 1 ވަނަ ބައި
ކައިވެނީގެ ބޮޑު ހެދުމުގައި ކައިޒީން ފެންނަނީ ހޫރު ޕަރީއެއްގެ ސިފައިގައެވެ. އެއް ހެދުން ފަހާފައި ވަނީ އެއް ރޫޅާފަތި ހަށިގަނޑާ ގުޅޭ ގޮތަށެވެ. ކައިރީގައި ހުރި ކިޔާން ހުރީ ވަރަށް އުފާ ވެފައެވެ. ނަމަވެސް ކައިޒީން ގެ މޫނު މަތިން ފެންނަނީ ރުޅިވެރިކަމެވެ. އިރު އިރު ކޮޅާ ކައިޒީން ކިޔާން އާއި ދިމާލަށް ބަލާލައިފައި ލޯ އަޅުވައެވެ. އެއް މަންޒަރު ބަލަން ދުރުގައި ތިބި އީނާޝް އާއި ރިޔާޝާ ތިބީ ހީހީ ބިދިފައެވެ. އީނާޝް އާއި ރިޔާޝާ އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ކިޔާން އަކީ ގުރޭޑު 5 ކުން ފެށިގެން ކައިޒީން ލޯބީގައި ޖެހިފައިވާ ޒުވާނެކެވެ. ކައިޒީން ކިޔާން ދެކެ ކުޑަ އިރުން ސުރެއް ރުޅި އާދެވެ. އެހެން ނަމަވެސް ދެމީހުންގެ އެކުވެރިކަން ފެށުނީ ކައިޒީންގެ އުމުރުން 13 އަހަރުގައެވެ. އިންޓަނެޓުގެ ޒަރިއްޔާއިން އީނާޝް އަދި ރިޔާޝާ އިތުރުން ކައިޒީން އަދި ކިޔާން ވާހަކަ ދައްކައެވެ. ކައިޒީން މި ކައިވެންޏަށް އެއްބަސްވީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ.
އީނާޝް އަދި ރިޔާޝާ ލައިފައިވަނީ ރަތް ކުލައިގެ ދިގުހެދުމެކެވެ. އަޅާފައިވަނީ އަޅި ކުލައިގެ ސޯލްއެކެވެ. ދެމީހުންނަކީ ވެސް ސަކަ މިޒާޖެއްގެ ބައެކެވެ. ގަތަ ރަތް ކުލައިން ފަވާލެވިފައިވާ ތުންފަތުގައި ކޯކު ތަށި ޖައްސާލަމުން އީނާޝް ހީގައެވެ. ” އީނާ .. ވަރަށް ކިއުޓޫ ކަޕަލްސް އެއް ދޯ .. އައި މިރޭ ގަޑެއް ގަންނާނެހެން ” ރިޔާޝާ ކިޔާން އަދި ކައިޒީން އާއި ދިމާލަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ” ރިޔާޝާ ވެސް ބިޓޭއް ހޯދަންވީނުން.. މިތަނުން ވެސް އެބަ ފެނޭ ހޮޓު ބިޓުން ” އީނާޝް އިޝާރާތް ކުރީ އިއާން އާއި ދިމާލަށެވެ. އިޔާން އަކީ ވަރުގަދަ ހަށިގަނޑަކާ އަންހެން ކުދިން ހިތް ކަތިލާ ފަދަ ރީތި ހިނިތުންވެމެއް ލިބިފައިވާ ރީތި ޒުވާނެކެވެ.
” އައްޗީ.. މަށަކާ ނުގުޅޭނެ އައި ތިންކް އީނާ އާއި ގުޅޭނެހެން ..” ރިޔާޝާ ވަރުގަދަ ރައްދެއް އީނާޝް އަށް ދިނުމުން ކުންމެސް ވަރަކަށް ކަޑަ ވިއެވެ. ” އައި ވިލް ބީ ބެކު އިން އަ މިނިޓު ” އީނާޝް އެހެން ބުނެލުމަށްފަހު މަޑުކުރަން އެންގުމަށްފަހު ހިނގައިގަތީއޭނާއަށް ހަމަ ޖެހިފައިވާ ކޮޓަރިއަށެވެ.އީނާޝް އައް ނޭގުނީ އޭނާ ފަހަތުން މީހަކު އައި ކަމުވެ. އެއް ޒުވާނާ އައިސް އީނާޝްއަތުގައި ހިފާ އޭނާޔާ ދިމާލަށް އަބުރާލިއެވެ. އީނާޝް ހަޅޭތް ލަވައިގަންނަން މަސައްކަތް ކުރި ނަމަވެސް އެއް ޒުވާނާ މާހުށިޔާރެވެ.
ނުނިމޭ
މިއީ މިވާހަކައިގެ ކުޑަ ތައާރަފެކެވެ. ކިއުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރަމެވެ.
10 Comments!
Comments are closed.

Is this names copied from another story, but nice keep it up
Mee first dhw heevany reethi vaanehen? mi bai vess Varah reethi??? when the next part
shukurriya… yess shaako first .. thank you 🙂
Wow…? varah reethi mi part.. When next part????…. Ly riyaaa????❤❤❤?????????????????????????? waiting for next part…????
Reethi vaanehn hervanii… ekamu liumuga ebahuri v baaivaru mistake.. ekan rangalhu khlyma dhn v salhi vaane…
Kobaa 2vana bai?
Bahuge kuh madhukurumah samaalukan dhinun muhimmu
Kobaa 2vana bai..
Kobaa tha second part first story aa balaafa vara salhi ???❤️❤️???
mee introduction eh dhw salhi???