Skip to content
އެސްފިޔަ

އިމްތިޙާން

ގިނަ ދުވަސް ތަކަކަށް ފަހު ވާހަކަ ލިޔުމައިގެ އަޅުގަނޑު ( ވެނޮމް ) އަލުން ލިޔަން ފެށީމެވެ . މިޔޮށް ހާ ދުވަހު ވާހަކަ އެއް އަޕްލޯޑް ނުކުރެވުނީ ދިރިއުޅުމުގައި އެހެން ކަހަލަ ކަންތައްތަކެއް ވުމުންނެވެ . ނަމަވެސް އެކަންތައްތައް ހަމަޔަކަށް އެޅުމުން .. މިރޭ 2 ސެޕްޓެމްބަރ 2019  ( ހޯމަ)  07:13 ގައި ވާހަކަ އެއް ލިޔުމައިގެން ކުރިޔަށް ދާނަމެއެވެ .

އާދެ ! މި ވާހަކަ އަކީ އެކުވެރި އެއް ގެ ސަބަބުން ދިމާ ވެދާނެ ކަމަކާ ގުޅުވައިގެން ލިޔަމުން އަންނަ ވާހަކައެކެވެ . މިޔަދު ދުނިޔެ އަކީ ވަރަށް ވެސް އެހެން ކަހަލަ ތަނެކެވެ . ކެހެވެރިން އުޅޭ ތަނެކެވެ . ރަގަޅު އެކުވެރި އެއް އަދި ރަގަޅު ހަޔާތުގެ ބައިވެރި އެއް ވެސް ލިބިގެން ދާނީ ވަރަށް ވެސް މަދު ފަހަރެއްގައެވެ .  ހެޔޮލަފާ އަތްބަނކު ވެސް ހޯދުމަކީ ވަރަށް ވެސް އުދަގޫ ކަމަށް ވަނީ މިޔަދު ވެފައެވެ .

ނަމަވެސް މި ވާހަކަ އަޅުގަނޑު މިސް ރާބު ޖަހާނީ އެކުވެރިން ގެ ގޮތުގާ އުޅުނު ބަޔަކު އެ ފިރިހެން ކުއްޖާ ގޯސް މަގަ ނުވަތަ އެ ކުދިން ބުނި ބަހަށް ހެއްލިގެން ދާ ތަނެއެވެ . މިއީ ވަރަށް ވެސް ގިނައިން ވާ ކަމެކެވެ . އަދި އެ ރަގަޅު ވަޒީފާ ގައި ހުރި ކުއްޖާ އެ ވަޒީފާއިން ކަޑާލާ ނުވި ތާކަ އެ ކުއްޖާ އަށް ގޯސް ކަންތައްތައް ކުރުމުގައި އުޅެވެދެއެވެ . ފަހުން އެ ކުއްޖާ އަށް ވިސްނޭ އިރު އޮންނަނީ ވަގުތު ފާއިތު ވެފައި ކަން އިގެއެވެ . އެ ކުއްޖާ ގެ މައިންބަފައިން ނެތް ކަން އެގެއެވެ .

ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .

ދުވަހަކީ އުޑު މަތި ސާފް ދުވަހެކެވެ  . ވައި މަނޑު ދުވަހެކެވެ . ކަނޑު ވަނީ ތޭލާން ލާފައެވެ . ރަށު ތެރޭގައި ކާޅާއި ކޮވެލި ގޮވާ އަޑު އިވެމުން ދެއެވެ . ބައެއް ފަހަރު  ހާލު ގެ ގޮވާލުން އިވިގެން ދެއެވެ .  ދުވަސް ވަރަކީ ސްކޫލް ތައް ބަންދު ކުރާ ދުވަހެއެވެ . 2 ވަނަ ޓާރމް ނިމްމާލާ ދުވަހެއެވެ .

ޒައިކް އަކީ އުމުރުން 21 އަހަރު ޒުވާން ފިރިހެން ކުއްޖެކެވެ . އޭނަގެ އާއިލާ ގައި އޭނަ އާ ނުލާ 2 ކޮއްކޮ އަދި 1 ދައްތަ ހުރެއެވެ . ޒައިކް އަކީ މެދަން ހުރި ކުއްޖާ އެވެ . މި އާއިލާ އަކީ ރަށުގައި ވެސް ވަރަށް ރަގަޅު އާއިލާ އެކެވެ . މީހުންނާ އެހާމެ އެކުވެރި އާއިލާ އެކެވެ .

ޒައިކް މަސައްކަތް ކުރަމުން ދަނީ  ޕެރަޑައިސް ރިސޯޓް ގައެވެ . ޒައިކް ވެސް ޗުއްޓީ ހަދާލުމަށް އޭނަގެ ރަށް އައެވެ .  އާއިލާ އާ އެކު މަޖާ ކޮށްލުމަށް ޗުއްޓީ ނެގިއެވެ .  އެހެން ޒައިކް ނިދަން އޮއްވައި ޒައިކް ގެ ފިރިހެން ކޮއްކޮ އައިސް ގޮވަށް ފެށިއެވެ . އުދަގޫ ކޮށް ހެދަން ފެށިއެވެ . 3 ވަނަ އަށް ހުރި ކުއްޖާ ގެ އުމުރަކީ 10 އަހަރެއެވެ . އަދި 4 ވަނަ އަށް ހުރި ކުއްޖާ ގެ އުމުރަކީ  5 އަހަރެއެވެ . އެއީ އަންހެން ކުއްޖެކެވެ .

ނާއިލް ( ޒައިކް ގެ އެންމެ ކުޑައިން 2 ވަނަ ) : ދޮންބޭ ! ތެދުވޭ ….

ޒައިކް : އެއްކަލަ ނާއިލް  ނާއިލް އުދަގޫ ކުރާ ވަރުން ދޮންބެ އަށް ރަގަޅަކަށް ނިދާލެވެނީކީ ނޫން .

ނާއިލް : މަންމަ ބުނެގެން .. އެޔޮށް 12 ޖަހަނީ

ޒައިކް : ވަޓް ! ދޮގު ނުހަދާ ..

އެހެން ބުނުމަށް ފަހު ޒައިކް ފޯން އަށް ބަލާލިއެވެ . އޭރު ގަޑިން 7 ޖެހީ އެވެ .

ޒައިކް : ނާއިލް އެއް ރަގަޅެއް ނުވާނެއެވެ . ދެން ނޯވެވޭނެ …

ނާއިލް : ދޮންބޭ ! ދޮންބޭ ! ކޮން އަންހެން ކުއްޖެއް ( ވަރަށް ލާނެއް ގޮތަކަށް އަހާލީއެވެ )

ޒައިކް : އޭ މީހެއް ނޫން

އެހެން ބުނުމަށް ފަހު ޒައިކް ތެދުވެއްޖެއެވެ . ސަބަބަކަށް ވަނީ ނާއިލް އައުމުން ޒައިކް އަކަށް އެހާ ރަގަޅަ ނިދާލަން ވެސް ނޯވެވޭތީއެވެ . ނާއިލް ދިޔައީ ބަދިގެ ފަރާތަށެއެވެ . ސަބަބަކަށް ވަނީ މިޔަދު ސްކޫލް އަށް ދާން ޖެހޭނެއެވެ . ސަބަބަކަށް ވަނީ ރިޕޯޓް ފޮތް ބަލައެވެ . އެހެން ވެ އަވަހަށް ސައިބޮއިގެން ތައްޔާރު ވުމަށް ޓަކައެވެ .

ޒައިކް އަކީ ވަރަށް ވެސް މަޑުމައިތިރި ކުއްޖެވެ . ބަސް މަދު ހިތް ހެޔޮ ކުއްޖެއެވެ . ސްކޫލް ދުވަސް ވަރު ވެސް ޒައިކް ވެސް ހުންނަނީ ވަރަށް ވެސް މަޑުންނެވެ .  ސްކޫލް ނިމި ޒުވާނުން ގެ މުޖުތަމައު އަށް ނިކުން އިރު ވެސް ޒައިކް ހުންނަނީ ވަރަށް ވެސް މަޑުންނެވެ .

އައިސްތު ( މަންމަ ) : ދަރިފުޅާ ޒައިކް

ޒައިކް : އާ މަންމާ މި ދަނީ !

2 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ …

Comments (5)

  1. Meena

    Achi…. mi koacheh???

  2. Nihaa

    buni 1 kokko aa 2 dhahtha ey.Dhen Keehve 2 kokko ulheny.Thankolheh details rangalhu kohlaa. Eye in vaahaka reethi vaane

  3. drax

    Reethi
    Waiting for next part

  4. Girl

    Mistakes thah rangalhu kohllahchey eyrah ok vaane… by the way Story v reethi ♥️

  5. mimmi7

    salhi. kon iraku 2 part release vanii

Comments are closed.