Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ… (9 ވަނަ ބައި )

writer Level 310 Stories100 Comments
October 23, 2014 4 Mins Read
4 Comments

ފާހާަނަ ކައިރިއަށް ވެއްޓިފައި އޮތް ލައުހާ ފެނިފައި ހައިކަލް ގައިން ހީބިހި ނަގައިގަތެވެ.. ދުވެފައި ގޮސް ލައުހާ ނަގައި ލައުހާއަށް ގޮވަން ފެށުނީ ބޭއިހްތިޔާރުގައެވެ. އެހެނަސް ހައިކަލްގެ ހިތުގަިއވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ހައިކަލް އަށް މިކުރެވެނީ ރަގަޅު ހީއެއްބާވައެވެ.އެކަން އެހެން ވެއްޖެއްޔާ ލައުހާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ހައިކަލްގެ ލޯ ކަރުނުން ފުރުނެވެ…

ހައިކަލް އަވަސްއަވަހަށް ލައުހާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ލައުހާ ކާރަށް އަރުވައި ކާރު ސްޓާޓްކޮށްލިއެވެ. ހައިކަލް ކާރުގެ ދުވެލި ބާރުކޮށް ދުއްވަމުންދިޔައިރު ދޭތެރެ ދޭތެރެެއިން އެއްވެސް ހަރަކާތެއް ނެތިފައި އޮތް ލައުހާއަށް ބަލަމުންދިޔައެވެ.ހައިކަލްގެ ކާރު އައިޖީއެމްއެޗް ގެ ކުރިމަށްޗަށް މަޑުކޮށްލިއެވެ. ލައުހާގޮވައިގެން ހައިކަލް ދިޔައިރު ހޮސްޕިޓަލްތެރޭގައި އެންމެންގެ ލޯތަށް އަމާޒުވެފައިވަނީ ހައިކަލްއަށެވެ. ހައިކަލް އަކީ އެންމެންގެ ތެރޭގައި ދެކެފަރިތަ މޫނެއްކަމަށްވުނުންނެވެ.

ހޮސްޕިޓަލްގެ އެދެއްގައި ލައުހާ އޮތް އިރު އަދިވެސް ލައުހާގެ އެއްވެސް ހަރަކާތެއްނެތެވެ. ލައުހާގެ ކަނާތަށް އައިވީއެއް ގުޅާފައިވާއިރު ލައުހާ ފެންނަނީ ވަރަށް ބަލިގޮތަކަށެވެ. ލައުހާގެ އެދާއި އިންވެގެން ހުރި ގޮނޑިއެއްގައި ހައިކަލްއިނެވެ.އެމޫނުމަތިން ފާޅުވަމުންދިޔައީ އިންތިހާ ދަަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ. ހައިކަލްގެ ހިތަށް އުދަގޫވަމުންދަނީ ލައުހާއަށް ވާނެ ގޮތެއް ނޭގޭތީއެވެ.ހައިކަލް ލައުހާ ފެނުނު ދުވަހުން ފެށިގެންވެސް އެހިތުގައި ލައުހާއަށް ދެވިފައިވަނީ ވަރަށް ހާއްސަ މަޤާމެކެވެ.އެއީ މިހާތަނަށް އެއްވެސް މީހަކަށް ހައިކަލްގެ ހަޔާތުން ދީފައިނުވާފަދަ ޖާގައެކެވެ.ލައުހާ އާއި މެދު ކަންތައްވީގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ސަބަބަކީވެސް އެއީއެވެ.ހައިކަލް ލައުހާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވެއެވެ.ހައިކަލްގެ ފަރާތުން އެއްވެސް އަގެއް  ހޯދުމެއްނެތި  އެހީވާ ސަބަބަކީވެސް އެއީއެވެ. ހައިކަލްއަށް ފެންނަ ހިސާބުގައި ލައުހާ ބެހެއްޓުމުގެ ބޭނުމުގައެވެ. ލައުހާއަށް ހައިކަލް ލޯބިވާކަމެއް ނާންގަން އުޅެނީވެސް ލައުހާ ނުރުހިދާނެތީ ބިރުންނެވެ. ލައުހާ މިހާރު ވޭތުކުރަމުންދާ ހާލަތު ވިސްނޭތީއެވެ.

” މަރުހަބާ ޑރ ހައިކަލް…މިއީ އަންހެނުން ދޯ.” ހައިކަލް ސިހުނީ ކައިރީ މަޑުކޮށްލައިގެން ހުރި ނަރުސްކުއްޖާގެ އަޑަށެވެ.އެކުގައި މަސައްކަތްކުރާތީ ހައިކަލް ވާނީ އެންމެނަށްވެސް ދެކެފަރިތަމީހަކަށެވެ.އެންމެނާވެސް ބާއްވާ ގާތްކަމުގެ ސަބަބުން ހައިކަލްއާއި މަސައްކަތުގެތެރޭގައި ސަމާސާކޮށްލާ މަޖާކޮށްލާ ހަދައެވެ. ޖަވާބުގައި ހައިކަލް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “ހައިކަލް އަށް ރަގަޅީ ބޮޑަށް ކޮންކަހަލަ ބޭބީ އެއް ލިބުނިއްޔާތަ…މި ބުނީ އަންހެން ކުއްޖެއްހޭ ނޫނީ ފިރިހެން ކުއްޖެއްހޭ..” ނަރުސްކުއްޖާ އައިވީފުޅި ނައްޓާލަމުން ވާހަކަދައްކަމުން ގެންދިޔައެވެ.

” އޯކޭ ކޮންމެކަހަލަ ކުއްޖަކަށްވިޔަސް..” އަނެއްކާވެސް ހިނިތުންވުމަކުން ޖަވާބުގައި ހުރި ރުންކުރުގޮތް ފިލުވުމަށް ހައިކަލް  މަސައްކަތްކުރަމުންދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ހައިކަލް ބޭރަށް ނިކުމެގެންދިޔައީ އިތުރު ސުވާލަކަށް ޖަވާބުދޭނެ ހިތްވަރެއް ނެތުމުންނެވެ.

ލައުހާ މަޑުމަޑުން  އެސްފިޔަތަށް ހުޅުވާލައި ވަށައިގެންވާ މާހައުލަށް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ.ލައުހާ ހައިރާންވެފައި ތަންތަން ހޯދަމުން ދިޔައިރު ކައިރީގައި ހައިކަލް ލައުހާގެ ހަރަކާތްތަކަށް ހެވިފައި ބަލަން އިނެވެ.ލައުހާ އުޅޭލެއް މައުސޫމް ކަމުންނެވެ. “މިއީ ހޮސްޕިޓަލް ލައުހާ… މާރސް އެއްނޫން..” ހައިކަލް ލައުހާއާ ސަމާސާކޮށްލިއެވެ. ލައުހާއަށް އެހަބަރު މިތާގައި ދޭކަށް  ހައިކަލް އެއް ބޭނުމެއްނުވެއެވެ. ގެއަށް ގޮސް ހަމަޖެހިލުމަށް ފަހު ލައުހާއާއި ވާހަކަ ދެއްކުމަށް ހައިކަލް ނިންމިއެވެ. އެހެންކަމުން ލައުހާއާއި އެކިއެކި ވާހަކަތަށް ދައްކައި ހިތްހަމަޖައްސައިދިނުމަށް ހައިކަލް މަސައްކަތްކުރަމުންގެންދިޔައެވެ. ލައުހާ ކޮންމެ ފަދަ ހާލެއްގައި އިނަސް ހައިކަލް ލައުހާ ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ. ލައުހާގެ ބަޑުގައިވަނީ ކޮންމެ ގޮތަކުން ލިބިފައިވާކުއްޖަކަށް ވިޔަސް ލައުހާއަށް އެއްވެސް ގޮތަކުން ދަތިވިޔަ ނުދިނުމަށް ހައިކަލް އަޒުމް ކަޑައެޅިއެވެ.

ލައުހާ ހޮސްޕިޓަލުން ދޫކޮށްލިއިރު ހުރީ ވަރަށް ލަސްވެފައެވެ.އެހެންކަމުން ލައުހާ ކައިރީ އަރާމުކޮށްލުމަށް ބުނެ ހައިކަލްވެސް ކޮޓަރިއަށް ދިޔައެވެ. ހައިކަލް އެނދުގައި އޮށޯވެލައިގެން ނުނިދިފަ އޮތެވެ. ހައިކަލްގެ ނިދިވެސް މަހްރޫމްވެފައިވާ ފަދަ އެވެ. ލައުހާގެ ހިޔާލުތަކުން ހައިކަލްގެ ހިތް ނުތަނވަސްވަނީއެވެ.

ހައިކަލްގެ އުޅުމަށް އައިސްފައިވާ ބަދަލު ލައުހާއަށް ދެނެގަންނާކަށް އުދަގުލެއްނުވިއެވެ. ހައިކަލް އަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އައިސްފައިވާކަން ލައުހާއަށް ދެނެގަނެވުނެވެ.ލައުހާއަށް ވެސް ވިސްނެމުން ދިޔައީ ހައިކަލް އާއި މެދުގައެވެ. ހައިކަލް އަށް ކޮންމެވެސް އެއްޗެއް އެގުނުކަން ލައުހާގެ ހިތް ބުނެއެވެ.ލައުހާ  ކޮޓަރިން ބޭރަށް ނިކުތުމަށް ހިގައިގަތެވެ. ކޮޓަރީގައި އޮތުމުން ހިތަށް އުދާސްކަން ލިބޭތީއެވެ. ސިޓިން ރޫމް ގައި އިން ހައިކަލް ފެނިފައި ލައުހާ ސިހުނެވެ. ހައިކަލްވެސް ލައުހާއަށް ބަލާލަމުން ހިނިތުންވެލިއެވެ.ގަދަކަމުންނެވެ. ލައުހާ ގޮސް ހައިކަލްގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި ގޮނޑީގައި އިށީންދެލިއެވެ. ހައިކަލް ލައުހާއަށް ބަލަން އިން ގޮތުން ލައުހާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

“ލައު… ކީއްެވެ ނުނިދައި ތިއުޅެނީ… ބުނީމެއްނު އަރާމުކޮށްލާށޭ..” އެދެމެދަށްް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލީ ހައިކަލް ވާޙަކަދައްކަން ފެށުމުންނެވެ. ލައުހާ ހައިކަލް އާށް ބަލާލިއެވެ.

” ހޫމް.. ނިންޖެއް ނައީމަ ބޭރަށް މި ނިކުތީ..ކީއްވެ ހައިކަލް ނުނިދައި ތިއިނީ..”ލައުހާވެސް ހައިކަލް އާއި ކޮށްލީ ހަމަ ސުވާލެކެވެ. ލައުހާ ދައްކަން ބޭނުންވާ ވާހަކަ ފަށާނެ ގޮތެއް ލައުހާއަށް ނުވިސްނެއެވެ

” އަހަރެން ކުރި ސުވާލު އަހަންނަށް ދޯ..ހެހެ..ލައު ތިޔަށް ކިޔާނީ ކޮޕީ ކުރުމޭ..” ހައިކަލްވެސް ހަމަޖޭހޭކަން ދައްކަން މަސައްކަތް ކުރިއެވެ. ” ލައު.. އަހަރެން ލައު ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން…”  ހައިކަލް އާއި ދިމާލަށް ލައުހާ ބަލައިލިއެވެ.ހައިކަލް ބުނަން އުޅޭވާހަކަ ލައުހާއަށް އެނގޭކަހަލައެވެ. ލައުހާ ކުރިއަށްގެންދިޔުމަށް ބޮލުން އިޝާރާތް ކޮށްލިއެވެ.

ހައިކަލް އަށް ވާހަކަ ފަށަންވީގޮތެއް ނޭނގިފައި ހުރެވުނެވެ. ” ލައު… އަހަންނަށް ވަރަށް ބޮޑަށް ސޮރީ ލައު އަށް އެރޭ ދިމާވީ ކަންތަކުން ސަލާމަތް ކޮށްނުދެވުނީމަ… އަހަރެން ބޭނުން ލައު އަށް އެހީވާން.. ލައު ތިހާލުގައި އިނަސް.. ކޮންމެ ހާލެއްގައި އިނަސް… ” ހައިކަލް ވަރަށް  ހިތްވަރުކޮށްފައި ވާޙަކަދައްކަމުން ގެންދިޔައިރު ފެންކަޅިވެފައި ލައުހާ ހައިކަލްއަށް ބަަލަން އިނެވެ.” ލައު… ބަނޑުގައި ތިއޮތް ދަރިފުޅަށް އަަހަރެން އެހީވާން ބޭނުން.” ލައުހާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް މިނިވަންވިކަހަލައެވެ..ލައުހާ ހައިރާން ކަމާއިއެކު ހައިކަލް ބަލަމުން ގެންދިޔައެވެ.ހައިކަލް އަށް ހަޤީގަތް ހާމަވެފައި ވިޔަސް  ވިސްނިފައިވަނީ މުޅީން ގޯސްކޮންނެވެ.ލައުހާ ހައިކަލް އަށް ހަޤީޤާތް ހާމަކުރަން ބޭނުންވިއެވެ.

” ހައިކަލް…ހައިކަލް އަށް ތި ހީވަނީ އަދި މުޅީންހެން ރަގަޅަށް ނޫން..އަހަންނަށް އިނގޭ އަހަރެން ބަޑުބޮނޑުކަން..” ހައިކަލް އަށް ލިބުނީ ސިހުމެކެވެ.ލައުހާ މިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ. “އެރޭ އަހަންނާމެދު އެގޮތަށް ކަންތައްތައް ހިގާފައި ވިޔަސް އަހަރެން އޭރުވެސް ބަނޑުބޮޑު..” ލައުހާގެ އަޑު ބެދުނެވެ. ހައިކަލްއަށް ލިބުނު ސިހުންވީ އިތުރެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ. ” ތިބުނީ..؟  ޔޫ އަރ މެރިޑް އޭތަ.ދެން ކޮބާ ލައުހާގެ ފިރިމީހާ..” ހައިކަލްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ލޯބިވެވުނު އިރު ލޯބި މިވެވުނީވެސް މީހެއްގެ އަނތްބާކާއެވެ.

” އަހަރެން ހައިކަލް އަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން.. ހައިކަލް އަހަންނަށް މާފްކުރޭ.. ހައިކަލް ވެދިން  އޯގާތެރިކަމުގެ ބަދަލު މިގޮތަށް ދިނީމަ..” ލައުހާއަށް ވަނީ ހަމަ ރަގަޅަށް ވެސް ރޮވިފައެވެ. ހައިކަލް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ.

” އަހަރެން ނަށް ހަޔާތުގައި އަބަދުވެސް ލިބުމުންމިދަނީ މިފަދަ ލަނޑުތަކެެއް.އަހަރެން އުޅެން ޖެހިފައިމިވަނީ މިފަދަ ދަތި ހާލެއްގައި..އަހަންނަށް އުފަލެއް ލިބުން ހައްޤެއް ވެސް ނޫން ކަންނޭނގެ… އަހަރެންގެ  ފިރިމީހާ އަހަރެން ގެއިން ނެރެ އެއްލާލީ..އެއްވެސް ކުށެއް ނެތީސް.. އަހަރެންގެ ބޮލުގައި އެތަށް ހަނޑި ބަދުނާމުތަަށް އެޅުވުމަށްފަހު.. އަހަރެން ވަރިކޮށްފަ ނެރެލިއިރު އަހަރެން ވަކީދާނެ އެހެންތަނެއް މި މާލޭގައި ނުހުންނާނެކަންވެސް އެނގޭނެ… އެރޭ އަހަންނާއި ހައިކަލް އާއި ދިމާވި…އަހަރެން ހުރިހާ ކަމަކަށް ކެތްކުރީން.. އަހަރެނާއި ލުހުޝާން އާއި ޖެހުނު މައްސަލަ ހައްލުކުރަން އަހަރެން ވަރަށް ހިތްވަރުކޮށްފައި އެގެއަށް ދިޔައީ…އެހެން ނަމަވެސް ލުހުޝާން އަހަންނަށް ރަހުމެއް ނުކުރި.. އަހަރެންގެ ބަނޑުގައި މިވަނީ ލުހުޝާންގެ ދަރިއެއްކަމާއި މެދުވެސް ގަބޫލެއްނުވި…އަހަންނަކީ އެވައްތަރަށް އުޅޭމީހެއްނޫން…” ލައުހާއަށް ގިސްލެވެމުން ދިޔައެވެ.” ލުހުޝާންގެ މަންމަ މަކަރުވެރިކަމުން އަހަންނަށް ދިން ލަނޑެއް މީ..” ލައުހާ ގިސްލަމުން ހުރިހާވާހަކައެއް ހައިކަލް އަށް ކިޔައިދެމުން ދިޔައިރު ހައިކަލް އަށް ވެސް ހަމަ ރަގަޅަށް ވަނީ ރޮވިފައެވެ. ލައުހާ އެފަދަ ގޮތަކަށް އުޅެފާނެކަމަށް ހައިކަލްއަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. ހައިކަލްގެ ހިތުގައި ލުހުޝާންއާއި މެދު ނަފްރަތުގެ ހުޅު ރޯވެގެން ދިޔައެވެ. ހައިކަލް މަޑުމަޑުުން ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލައުހާ ރޯތަން ބަލަން ހައިކަލް އަށް ކެތެއްނުވާނެތީއެވެ.އެހެނަސް ދެން އިތުރަށް އެތާ މަޑުކުރަށް ވެއްޖެޔާ ހައިކަަލް ގެ ހިތް ބޭޒާރުވެދާނެތީއެވެ. ހައިކަލް ދިޔަ މަންޒަރު ބަލަން ލައުހާއަށް އިދެމުވެނެވެ. އެއްވެސް އެއްޗެއް ނުބުނެ ދިޔުމުން ލައުހާގެ ހިތަށް ވަރަށް ތަދުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 8ވަނަ ބައި)

Next

ފެންހަފު (2 ވަނަބައި)

Next
October 24, 2014

ފެންހަފު (2 ވަނަބައި)

Previews
October 23, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 8ވަނަ ބައި)

4 Comments!

  1. manahu says:
    October 24, 2014 at 6:22 am

    ވަރަށް ރީތި . ވާހަކަ އަޕްވާނެ އިރެއްގެ އިންތިޒާރުގައި ހުރެހުރެ ވަރުބަލިވީފަހުން މިފަހަރު މިބައި ކިޔާލަން މި ލިބުނީ… އަނެއްބައިގެ އިންތިޒާރުގައި މިހައި ގިނަދުވަސް ހުންނަން ނުޖެހޭނެކަމަށް އުއްމީދުކުރަން!

  2. Xoya⭐️ says:
    October 24, 2014 at 12:01 pm

    Very Nic story

  3. reader says:
    October 25, 2014 at 10:46 am

    mi story mee ma araamagun vess kiyaa story eh……..ekamaku part eh up vaan mas dhuvas nagayey bunyakas dogakah nuvaane………komme dhuvahaku vess e site balaalevey hama ekani mi story kiyaa hithun………mi story liyaa kuhjaa bunedhyfaanan tha las vaa reason eh….. mihaaru myny mi site ga……..mi site ga vess hama ehaa las………BTW story hama v furihama………….dhen thankolheh avahah part thah up kohdhinun eyy v bodu edhumeh……….story rythikamun keh nuvany hama…

  4. Mishy says:
    November 7, 2014 at 7:13 pm

    Kobaa next part avas koh dhehcheyyyyy plssss! Ehaa lahun up veema gina faharu kuree part ga vee kanthatha forget vefa hunnanee….! Nice story…waiting for next part 😀 :* 🙂 😉

Comments are closed.

Next Episodeޔާރާއޭ… ( ދިހަ ވަނަ ބައި)←


All Right Reserved!