Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފެންހަފު

Asad Level 110 Stories
October 18, 2014 4 Mins Read
14 Comments

އަހަރެންގެ ހަންގަނޑަށް ވަނީ އަލިކަން ލިބިފައެވެ. އޮމާންވެފައެވެ. އެކަމަކު އަމިއްލަ ރަށް ނޭކުރަންދޫއަށް އާދެވޭ ކޮންމެ ފަހަރަކީ ރަޙުމަތްތެރިންނާއެކު އެ ހިތްގައިމު ކުޅިޔަށް އަރަންޖެހޭނެ ފަހަރެކެވެ. ޓީވީ.އެމް.ގައި މަސައްކަތްކުރުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް ޚަބަރުތައް ހޯދަން ދުއްވަންޖެހޭ ދުއްވުންތަކާ، އޮހަރަންޖެހޭ ދަލުގެ ޢަދަދަކީ، ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އަހަރެން އެމަސައްކަތްކުރަނީ ކުރާނެނުކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ. އެކަމަށް ހިތްޖެހިފަ ހުންނަލެއް ބޮޑުކަމުންނެވެ. މާ ކުރާހިތްވާ ކަމަކަށް ވާތީއެވެ.

“މާހިރު! ތި ކެމެރާ ބާއްވައިފައި އާދެބަ މި ފިނި ފެންގަނޑަށް އެރިލަން…” އެއީ އަހަރެންގެ އެންމެ ގާތް އެއް ރަޙްމަތްތެރިއެވެ. ހިޝާމެވެ. ހިޝާމްގެ އަންނާރު އޮށްތަކެއްފަދަ ދަތްތައް ހުރީ ހާމައަށް ފެންނާށެވެ. ހިޝާމް ލައްވެލައިގެން ހުރީ ސިމާހުގެ ގައިގައެވެ.

“މަ ނޫޅެން ހިޝާމްމެންހާ ކަޅުވާކަށް… އޭރުން އަންހެންކުދިން ވަރަށް ލައިކް ނުވާނެ…” އަހަރެންގެ އައު ކެމެރާ އަތަށް ހެޔޮވަރު ކޮށްލަމަށްފަހު ގައިގާ ހުރި ބާރެއްލައި ހިޝާމްމެނާ ސަމާސަކޮށްލީމެވެ.

“ހާދަ! ދޮނޭ ދޯ؟” ސިމާހު އަހަރެންނާ ދިމާކޮށްލީ ސިމާހުގެ ގައިގާ އޮތް ޓީޝާޓް ނަގައި ފާލަމަށް އެއްލާލަމުންނެވެ.

އަހަރެމެން ރަށުގައި މިވާ ކުޅިޔަކީ ސާފު ބިއްލޫރި ގަނޑެއްފަދަ ކުޅިޔެކެވެ. ކުޅި ވަށައިގެން ވަނީ ވަލެވެ. ގަސްތަކުން ފުރިހަމައަށް ކުޅި ބައްދާލައިފައެވެ. ގަސްތައް ބޮޑެތިވެ ބިޔަވެފައިވަނީ ކުޅީގެ ފެންގަނޑުގެ ތެރޭގައި މޫތައް ރަނގަޅަށް ހަރުލާފައިވާތީ ކަންނޭނގެއެވެ.

“މާހިރު! ކޮންމެ ފަހަރަކު އައިސް ހަމަ މި ކުޅިޔާމެދު ތިޔަ… ދެން… ކޮން ވިސްނުމެއް…” ސިމާހު އަހަރެންނާ ދިމާއަށް ބުނަން އުޅުނު ވާހަކަ މާ ފުރިހަމަކޮށް ބުނެވޭނެ ހިތްވަރެއް ނުލިބުނެވެ.

“ދެން… މަ ހަމަ ފަޚުރުވެރިވާ ހިތުން މި ފޮޓޯތަކެއް ނަގައިލަނީ… މަ އެބަ އެރެމޭ…” އަހަރެން ބޭނުން ވަނީ މި ކުޅިޔަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި ރިޕޯޓްތަކުގައްޔާއި މަޖައްލާތަކުގައި މި ކުޅީގެ ފޮޓޯތައް ޝާޢިއު ކުރުމެވެ. އަހަރެން ކެމެރާގެ ލެންސް ކުޅީގެ ވަށައިގެންވާ ގަސްތަކާ ދިމާއަށް ހޭރިޔާކޮށްލީމެވެ. ފޮޓޯއަކަށް ފަހު ފޮޓޯއެއް ނަގަމުން ދިޔައީމެވެ. އަހަރެންގެ ވިސްނުން ކުޅީގެ ރީތިކަމަށް އެނބުރެން ފެށިއެވެ.

އަހަރެމެންގެ ރަށަށް ޓުއަރިސްޓުން ދަތުރުކޮށް، މިކުޅިޔަށް އެރެން ބޭނުންވާތީވެ ފާލަމެއް މި ކުޅިމަތީގައި މިވަނީ ހަދާފައެވެ. ފާލަންވަނީ ކުޅިޔަށް އަންނަ މަގަށް މަހައިލާފައެވެ. ވަށައިގެންވާ ގަސްތަކުގެ ސަބަބުން އިތުރު މަގެއް ކުޅިޔަށް ފެންނާކަށެއް ނޯވެއެވެ. ކުޅީގެ ފުންމިން، ފުންކަމުން ގޮސް ކަނޑެއްގެ ފުންމިނާ އެއްވަރެއް ނުވާނެއެވެ. އެކަމަކުވެސް ވިހިވަރަކަށް ފޫޓް ނުހުންނާނެއެކޭވެސް ނުބުނާނަމެވެ. ކުޅީގެ އެންމެ ފުނުގައި ކުލަކުލައިގެ މުރަކަތަކާއި ގައުތަކާއި މޫދުވިނަތައް ހުރުމުގެ ސަބަބުން ކުޅިޔަށް ދިރުން ގެނެސްދީފައިވެއެވެ. އެކި ބާވަތްބާވަތުގެ މަސްތައް މިނިވަންކަމާއެކު ދުވެ، ކުޅެ ހަދާތަން ބަލައި ފޫހި ނުވެއެވެ.

“ކޮބާ؟ ރެޑީތަ… މަ ރެޑީ މިހާރު. އޯކޭ ގާއީސް ކަޅުބިލަމަސް ކިޔަބަލަ…” އަހަރެން ކޮންމެ ފަހަރަކުވެސް އަހަރެންގެ ހަނދާނަކަށް ދެތިން ވީޑިއޯ ރެކޯޑްކޮށްލަމެވެ. “އޭތް ހިޝާމް ތިހާ ދުރަށް ނުދޭބަލަ…” ހިޝާމް ފާލަމާ ދުރަށް ފަތައިގަތުމުން އަހަރެނަށް ހަޅޭލަވާގަތެވުނީ ބޭއިޚްތިޔާރުގައެވެ. ހިޝާމް އަބަދުވެސް ކެމެރާޔަށް ފިލަން ނުދުވެ ނުހުންނާނެއެވެ.

“ބަހައްޓާ…” ސިމާހު ފާލަމާ ދިމާއަށް ފަތަމުން އަންނަން ފެށިއެވެ. “އެނާ އެތެރެއަށް ފީނިޔަސް މައްޗަށް އަރަންޖެހޭނެތާ…” ސިމާހު ފާލަމުގައި ހިފަހައްޓާލިއެވެ. ސިމާހުގެ ކުރު އިސްތަށިގަނޑުގައި ވައަތުން ފުނާ އަޅަން ފެށިއެވެ.

“އޭތް މީހެކޭ… އަހަރެން… ގަރ.. ގަރ.. ގަ..” ކުއްލިއަކަށް ހިޝާމް ފުއްމައިގެން މައްޗަށް އެރިއެވެ. “އޭތް… މަ… ސަލާމަތްކުރޭ… އަޑިޔަށް.. މަ… ގަރ… ގަރ… ގަ…” ހިޝާމް ކުރީގައި ކުރާ ސަމާސާ ތަކުރާރުކުރަން ފެށިއެވެ.

އަހަރެންނާ ސިމާހު ނިކަން ނޭނގޭކަމަށް ހަދައިލައިގެން، ވާހަކައިގައި ރަނގަޅަށް ބަދެލެވުނީމެވެ. ހިޝާމް ދެތިންފަހަރަކު ހަޅޭލެވުމަށްފަހު ގެނބޭ މިސާލަށް ކުޅީގެ ތެރެއަށް މަޑުމަޑުން ދިޔައެވެ.

އިރުތަކެއްވުމަށްފަހުވެސް ހިޝާމް އަލުން އެނބުރި ނާރައެވެ. ސިމާހުގެ ދެލޯ ބޮޑުވިއެވެ. ހީވަނީ ދެންމެ ދެންމެ ދެލޯ ފުންމާލަފާނެ ހެންނެވެ. ސިމާހު އެދިމާއަށް ބާރަށް ފަތާގަތެވެ. އަހަރެންނަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީ އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. ހިޝާމް އެތެރެއަށް ދިޔަތަނުން ލޭގެ ސާލެއް، ސާފު ކުޅީގެ ފެންގަނޑާ އެކުވަމުން ކިނލަބުވަމުން ދިޔައެވެ. އަހަރެންގެ ފޯނު ޖީބުން ދަމާގަނެ 119 އަށް ގުޅައިލީމެވެ. އެހީއަށް އެދި އާދޭސްތަކެއް، ހާސްކަމާއެކު ބޭރުކޮށްލުމަށްފަހު ފޯން ފާލަންމަތީގައި ބޭއްވީ ހިޝާމް ފާލަން މައްޗަށް ނެނގުމަށެވެ.

ހިޝާމްގެ ލޮލަށްވަނީ ލޭ އަރައި ރަތްވެފައެވެ. ނޭފަތާއި އަނގައިން ހޯސްލާފައި ލޭ ފައިބަންފެށިއެވެ. އަހަރެން ހިޝާމްގެ މޭގައި ދެއަތް އަޅައި ދެތިންފަހަރަކު އޮއްބައިލީމެވެ.

“ކަ… ކަ… ކަޅު… ވެ… ވެ… ނެއް…” ހިޝާމްގެ އަނގައިން ބޭރުވި ފެނާއެކު ހިޝާމަށް ބުނެވުނީ އެހެންނެވެ.

ރަށުގެ މީހުން ނޫޅޭ ސަރަޙައްދުގައި ކުޅި އޮތުމުން ހިތްހަމަޖެހުން ލިބުނު ނަމަވެސް މިފަހަރު މި ލިބުނީ ހިތްދަތިކަމެކެވެ. ސިމާހު ލޮލުން ކަރުނަ ނީރާލިއެވެ. ތެމި ފޯވެ އިނދެގެން ސިމާހު މަސައްކަތްކުރަމުން ދިޔައީ ހިޝާމްގެ ކުޑަކަޅުވާ މަސްގަނޑުން އަންނަމުންދާ ލޭތައް މަނާކުރެވޭތޯއެވެ.

“ހިޝާމް… ހިޝާމް… ހިޝާމް…” އަހަރެން ހިޝާމްގެ މޫނުމަތީގައި ދެއަތުން މަޑުމަޑުން ތަޅަން ފެށީ ހިޝާމް ހޭހަންކުރުމަށެވެ. “ހިޝާމް… ހިޝާމް… ސިމާހު ހިޝާމް ނޭވައެއް ނުލާ…” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އަހަރެންނަށް ފެނުނީ ސިމާހު ޚަބަރު ހުސްވެގެން ވެއްޓޭ ތަނެވެ. މުޅި ފާލަން މަތީގައިވަނީ ހިޝާމްގެ ލެޔެވެ. ފާލަންމަތީގައި ޖަހާފައިވާ ސާފު ވަކަރުތައްވަނީ ރަތް ލެއިން ކަޅިވެފައެވެ. މާޔޫސްވެގެން އަހަރެންނަށް އިސްޖަހައިލެވުނެވެ.

އިސް އުފުއްލައި ބަލައިލީ ފުލުހުންގެ ޖިޕްގެ އަޑު އިވުމުންނެވެ. ފުލުހުން ބާރުބާރަށް އައިސް އަހަރެމެން ތިންމީހުން ޖިޕަށް ލައިގެން މިސްރާބު ޖެހީ ހަސްފަތާލަށެވެ.  އަހަރެންނަށް އެއްފަހަރާ އެވަރު ބައިވަރު ލޭތައް ފެނުމުން ލޯ މައްޗަށް ނުސާފުވެފައި އިނީމެވެ. އަނގައިން ބަސް ހުއްޓިފައެވެ. އެއް ފުލުހަކު ފާލަން މަތީގައި މަޑުކުރިކަން ރޭކަލީ ދެނެވެ. އަހަރެންގެ ފޯނުމަތިން ހަނދާންވިއެވެ. އެކަމަކު އަހަރެންގެ ކަރަށް ބަރު ކުރަމުންދާ ކެމެރާ ނޫނީ އެހެން އެއްޗެއް އަހަރެންގެ އަތަކު ނެތެވެ.

ފުލުހުން މަޑުކުރީ ހަސްފަތާލަށެވެ. ވަގުތުން ފަރުވާ ދިނުމަށްޓަކައި ހިޝާމް ހަސްފަތާލުގެ ޚާއްޞަ ކޮޓަރިއަކަށް ގެންދިޔައެވެ. ސިމާހު ގެންދިޔައީ ވޯރޑަށެވެ. އެއީ ފުލުހުން ތެރޭގައި ހުރި ޑަކުޓަރު އެދިލެއްވުމުގެ މަތިންނެވެ. އަހަރެން ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން ރިސެޕްޝަނުގެ ކުރިމަތީގައި އަތުރައިފައިވާ ގޮނޑިތަކުން، ގޮނޑިއެއްގައި އިށީދެލައިގެން އިނީމެވެ. އަހަރެން އިސްއުފުލައި ބަލައިލީ އަހަރެމެން ތިންމީހުންގެ ޢާއިލާ އައިސް ދޮރުމައްޗަށް އެރުމުންނެވެ. އޭރު ސިމާހު ހޭއަރައިފިކަމަށް ނަރުހަކު ލަފާދިނެވެ. ހަސްފަތާލަށް ކޮންމެވެސް ވަރަކަށް މީހުން އެއްވަމުން ތޮށްޖެހެމުން ދިޔައެވެ.

“ދަރިފުޅާ! ދަރިފުޅަށް ކަމެއް ވިތަ؟ ހިޝާމާއި ސިމާހަށް ކިހިނެއްތަ ވީ؟” އަހަރެންގެ މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ. އޭރު އަހަރެންގެ އާއިލާ އަހަރެން ވަށައިލައިގެން ތިއްބެވެ.

“ހިޝާމް… ރަނގަޅުތަ… ޑަކުޓަރު… އަޅުގަނޑުގެ ދަރިފުޅު ކޮބައިތަ؟” ހިޝާމްގެ މައިމީހާ ނުވަމަސް ފުރާ ވިހޭ ދަރިފުޅުގެ ހާލު ބަލަން ބޭނުންވެފައިވާލެއް ބޮޑުކަމަން ޑަކުޓަރުގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިއެވެ. ހިޝާމްގެ މަންމަގެ ފަހަތުގައި ހިޝާމްގެ ބޭބެއާއި ދައްތަ ހުއްޓި ހުރީ ހިޝާމްގެ މަންމަ އަތުލަފިކޮށްގެންނެވެ.

“އަޅުގަނޑުމެނަށް މާޢާފްކުރޭ… ކޮންމެވެސް ކަހަލަ އިންފެކްޝަނެއް ނޫނީ ވިހަ މާއްދާއެއް، ހިޝާމްގެ ހަށިގަނޑުގައި ހުރިކަމަށް ލަފާކުރެވެނީ. ހިޝާމް… ހިޝާމް… މި ދުނިޔެއާ އަލްވަދާޢު ކިޔާފި…” ނުބުނަން ހުރެފައި ޑަކުޓަރު ބުނި ވާހަކައިން އެފަކީރުގެ ހިތް ފަޅައިގެން ދިޔައެވެ. ހުރިގޮތައް ހުރެފައި އެނބުރިގަނެ ހިޝާމްގެ ދައްތަގެ ގައިގާ ބާރަށް ބައްދައި ގަތެވެ. ބަޑި ފަޅައިގެން ގޮއްސިއެވެ. ލޮލުން ކަރުނަތައް ހޯސް ލާފައި އޮހޮރެން ފެށިއެވެ.

ހިޝާމްގެ ޖަނާޒާގެ ކަންތައް ނިމި ހިޝާމަށް ޚާއްޞަ ކުރެވިފައިވާ ތަނުގައި ހިޝާމް ވަޅުލެވުނީވެސް އަހަރެންގެ ކުރިމަތީގައެވެ. އިޝާނަމާދު ކޮށްލައި އަވަދިވެގެން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނުބުނެ، ޗާބީ ދީފައިވާ ބުދެއްހެން އަހަރެން ދިޔައީ ގެއަށެވެ. އަހަރެން އެނދުމަތީގައި އޮށޯވެލީ ނިދޭތޯއެވެ. ވަރުބަލިކަން ލިބިފައިވާ ސިކުނޑިއަށް އަރާމެއް ދެވޭތޯއެވެ. އެހެންނަމަވެސް ނިދިވަނީ އަހަރެންނާ މާ ދުރަށް ގޮއްސައެވެ. އަހަރެންގެ ކޮޓަރީގައި އަހަރެން ހިނގަންފެށީމެވެ. ހިޝާމަށް އެވީގޮތަކައިމެދު ފިކުރު ކުރަންފެށީމެވެ.

“ހިނގަނީއޭ…” އަހަރެން ވާހަކަ ދެއްކީ ސިމާހާއެވެ. “މައްސަލައެއް ނެތް… ސިމާހުގެ އިސް ސަރޖެންޓާ ވާހަކަދައްކައިގެން މަށަށް ރިސާރޗް ކުރާ ސައިޓަށް ވަދެވޭނެ ގޮތް ހަމަޖައްސައިދީބަލަ…” އަހަރެން ފޯނު ބޭއްވީ ސިމާހު އާއެކޭ ބުނުމުންނެވެ.

ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ކެމެރާގެ ވީޑިއޯގެ ހަނދާނެވެ. ފުލުހުންނަށް ދިން ބަޔާނާއެކު އެވީޑިއޯ އަހަރެންނަށް ދެވިދާނެއެވެ. އަވަހަށް ކެމެރާ ނަގައި ބަލައިލީމެވެ. އެކަމަކު ކެމެރާގެ ބެޓެރިވަނީ މުޅިން ހުލިވެފައެވެ. އަވަހަށް ކެމެރާ ތާރޖަށްޖަހައި ކެމެރާގެ ކާރޑްގައި ހުރި އެއްޗެހިތައް އަހަރެން ލެޕްޓޮޕަށް އަޅައިލީމެވެ. އަހަރެން އެ ވީޑިއޯ ހުޅުވާލީމެވެ.

(ނުނިމޭ)

Share Article

Follow Me Written By

Asad

Level 110 Stories

Other Articles

Previous

ކަފުނަަށް މިހިތް އަދި ނުލާކަން ޔަގީން…11

Next

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 5ވަނަ ބައި)

Next
October 19, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 5ވަނަ ބައި)

Previews
October 18, 2014

ކަފުނަަށް މިހިތް އަދި ނުލާކަން ޔަގީން…11

14 Comments!

  1. ummi says:
    October 19, 2014 at 1:10 am

    Varah reethi waiting for the next part
    😀 😀

  2. look says:
    October 19, 2014 at 10:04 am

    Interesting

  3. lynn says:
    October 19, 2014 at 11:00 am

    V reethi varne hen heevany

  4. shiu says:
    October 19, 2014 at 2:07 pm

    warah nys..waiting for the next part..

  5. yoohaa says:
    October 19, 2014 at 3:34 pm

    OK nice dhn

  6. me says:
    October 19, 2014 at 4:33 pm

    kobaatha fenhafu ge maana aky???? Asad pls ans

  7. aishree says:
    October 19, 2014 at 7:30 pm

    Let me know the meaning of fenhafu???
    Nyc..waiting for the next..

  8. Ifa says:
    October 19, 2014 at 8:23 pm

    V reethi vanehen heevany…waiting 4 the nxt prt

  9. roxe says:
    October 20, 2014 at 10:53 am

    ”fenhafu” ge maana aky ”fen harufa”…aharumen kiyaa gothun nama ”(kalhu/hudhu) venn”

  10. Asad says:
    October 21, 2014 at 7:06 pm

    hehe…… 🙂
    let’s wait dw..

  11. elsa says:
    October 24, 2014 at 1:41 pm

    good story

    1. Asad says:
      September 9, 2015 at 11:50 pm

      tnx young sis.

  12. Mane says:
    September 9, 2015 at 11:48 pm

    mi vaahaka kurin ves post kuri dhw mi site ga?

    1. Asad says:
      September 9, 2015 at 11:50 pm

      hehe. i took a break. check this storyge published date. 😉

Comments are closed.



All Right Reserved!