ސޫރަތިޔޭ 3
ލީންޕުޓީ މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިންއަށް ގެންގޮސްދީބަ. ރިސެޕްޝަންއަށް އަރާ ހަމަވުުމުން ލީންއަށް ފައިލް ދިއްކޮއްލަމުން ޒާލިފް ބުނެލިއެވެ. ޒާލިފް އަކީ ލީންގެ ރައްޓެއްސެކެވެ. ޒާލިފްއަކީ ހުރިހާ އެންމެންނާ ގުޅޭ މަޖާ މިޒާޖެއްގެ އަނގަގަދަ މީހެކެވެ. ޒާލިފް އަބަދުވެސް ލީން ރުޅިއެރުވުމަށް ލީންއާ ދިމާލަށް ގޮވަނީ ލީންޕުޓީއޭ ކިޔާފައެވެ.
އެއީ މި މިއަދު މި ހޮސްޕިޓަލްއަށް އަލަށް ޖޮއިން ކުރި ޑޮކްޓާރ ދޯ؟ ލީން ތުން ދަމައިގެން ހުރެެ ފައިލްގައި ހިފަމުން ސުވާލު ކޮއްލިއެވެ.
އާން. ދެން އަވަހައް ތި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދީ ޒާލިފް ލީން އަށް ޖަވާބު ދެމުން ބުނެލިއެވެ. ހޫމް މިދަނީ މިހާރު މި ފައިލް ޑޮކްޓާރ އާކިލްގެ ކެބިން އަށް ގެންގޮސްދޭން. މިހެން ބުނުމައްފަހު އަތުގައި އޮތް ފައިލް ހިފައިގެން ޑޮކްޓާރ އާކިލްގެ ކެބިންއާ ދިމާލަށް ލީން މިސްރާބު ޖެހިއެވެ. ކެބިންއަށް ވަންނަން އިން ދޮރުގައި ޑރ.އާކިލްގެ ނޭމް ޕްލޭޓް ޖަހާފައި އިނުމުން އެއީ ޑޮކްޓަރ އާކިލްގެ ކެބިންކަން ލީންއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ލީން ގޮސް ކެބިން ދޮރުމަތީ ހުރެފައި ދޮރުގައި ޓަކި ދިނެވެ . އެވަގުތު އެތެރެއިން ވަނުމަށް ބުނުމުން ކެބިން ދޮރު ހުޅުވާލާފައި ވަނެވެ. ކެބިން ދޮރު ހުޅުވާލާފައި ވަތް ލީން ހުއްޓުންއެރީ ކުރިމަތިން ފެނުނު ސޫރަ އަކުންނެވެ. އެވަގުތު އޭނަ އަތުގައި އޮތް ފައިލްވެސް އަތުން ދޫވެގެން ވެއްޓުނެވެ.
ކެބިންއަށް ވަދެގެން އައި އާކިލްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އަތުގައި އޮތް ފޯނު މޭޒުމަތީ ބޭއްވުމައްފަހު ގޮނޑީގައި އިށީނދެ ދެލޯ މަރާލިއެވެ. އެ ވަަގުތު އޭނަގެ ހަނދާނަށް އައީ މިއަދު ހެނދުނު ހިނގި ކުޑަ ހާދިސާއެވެ. އެވަގުތު ބޭ އިޙްތިޔާރުގައި އޭނަ އަށް ހިނިތުން ވެވުނެވެ. ދެވަނަ ސިކުންތުގައި ދެލޯހުޅުވާލާައި ދެފަރާތައް ބޯހޫރާލުމައްފަހު މީހާ ހަމައަކަށް އަޅުވާލިއެވެ. އަދި ތެދުވެގެން ބޮޑު ބިއްލޫރި ކުޑަދޮރު ކަައިިރީ ގޮސް ހުއްޓި ތިރިން ފެންނަން އޮތް މާލޭގެ ހަލަބޮލި މަގައް ނަޒަރުހުއްޓާލި އެވެ. އެވަގުތު ކެބިން ދޮރުގައި މީހަކު ޓަކި ދިން އަޑަށް ވަނުމައް ހުއްދަ ދިނުމަށްފަހު ދޮރާދިމާލަށް ބަލާލިއެވެ. އެވަގުތު ދޮރުހުޅުވާލާފައި ވަތް މީހާގެ ސޫރަފެނިފައި އާކިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ މިއަދު ހެނދުނު ދިމާވި އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާ އާކިލްއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ދެލޯ ބޮޑުކޮއްލައިގެންނެވެ. ހީވަނީ ބިރުވެރި އެއްޗެއް ކުރިމަތިން ފެނިގެން ހުރިހެންނެވެ. އޭރު އެއަންްހެން ކުއްޖާ އަތުގައި އޮތް ފައިލްސް އޮތީ ވެއްޓިފައެވެ. އެހެން ތިބިތާ 6 މިނެޓުވީ އިރުވެސް އެދެމީހުންގެ މެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެހެން ހުރުމަށްފަހު އާކިލް ގޮއްސަ އޭނަ އަށް ހާއްސަ ކުރެވިައިވާ ގޮނޑީގައި އިށީންދެލައި ހަމަޖެހިލިއެވެ. އަދި އަނެއްކާ ވެސް ކެބިން ދޮރާ ދިމާލަށް ބަލާލިއެވެ. އޭރުވެސް އެ އަންހެން ކުއްޖާ ހަމަ ކުރިން ހުރި ގޮތަށް ހުރީ އެވެ. ހީވަނީ އެތާގައި ބައިންދާފައި ހުރި ބުދެއްހެންނެވެ. އެކުއްޖާއަށް ވެފައި ހުރި ގޮތް ފެނުމުން އާކިލް އަށް މަޖާވިނަމަވެސް އެކަމެއް އާކިލް މޫނުމަތިންނެއް ނުދައްކައެވެ. އަނެކާ ގޮނޑިން ތެދުވެގެން ގޮސް އެއަންހެން ކުއްޖާ ކުރިމަތީ ހުއްޓުނެވެ. ނަމަވެސް އެ އަންހެން ކުއްޖާ ހަމަ ހުރި ގޮތަށް ހުރީއެވެ. އާކިލް އެންމެފަހުން އެއަންހެން ކުއްޖާ މޫނު ކުރިމަތީގައި ފުއްޓަތްކެއް ޖެހިއެވެ. އެ ވަގުތު އެ އަންހެން ކުއްޖާ ސިއްސައިގެން ގޮސް ކުރިމަތީ ހުރި އާކިލްއާ ދިމާލަށް ބަލާލިއެވެ. އެވަގުތު އާކިލް އެއް ބުމަ އަރުވާލިއެވެ.
(ނުނިމޭ)
note: to all the readers of soorathiyey. because my mock exams are going on i may not be able to up the story next week. but as soon as my mock exams finishes i will up the next part of the story as soon as possible. 🙂
10 Comments!
Comments are closed.

Varah reethi mi part ves ? ? ? ? love you Rose ?
thankyou shahu. 🙂
salhi.exam ninmaafa genna part dhigu kohdhehchey
yes. exam nimuneema dhn inna part dhigukoh up kohdheynan 🙂
Kaley abadhuves ulheny thi haalehga ehnu…. Heyo vhk nunerunas
rosie__rosie__rose365 dear…story v rythi..
Mistakes v madhu..good improvement.. waiting for the next????
thank you jiji. 🙂
Wow. Love ur story. Sorry coment nukurevuneema. When is the next part dear. Waiting and a best of luck for mock exam. May god give you the blessing in ur effort. Good night.
thank you jairu. mock exam nimeyne next week ga so i am going to up the stry next week insha allah. 🙂
Komaakoalhi beynun kurumah hadhuma kohdhen