ނޯޓް: މި ސީންއަށް ބައެއް ބަދަލުތައް ގެނެވިފައިވާ ވާހަކަ ދަންނަވާލަން
އެވަރޓަންގެ ބޮޑު ސްޓަޑީގެތެރެއަށް ވެރިވެފައިވަނީ ނުހަނު ރީތި ރީނދޫ އައްޔެކެވެ. މިޙުރާން އޭނަގެ ހަގު ދަރިފުޅު މަޔާންއާއި އެކީ ސްޓަޑީގެ ސޯފާގައި ކޮފީ ބޯން އިންނެވިއިރު ދެކެވެމުން ދިޔައީ އާއިލީ ވާހަކަތަކެވެ. ހުޅުވާލެވިފައިވާ ކުޑަ ދޮރުތަކުން ވަންނަ ތާޒާ ވައިން މުޅި ކޮޓަރިތެރެވަނީ އޭސީ ކޮށްލެވިފައެވެ. އަގުބޮޑެތި ފަރނީޗަރތަށް ވަނީ މަޑު ދަނބުކުލައަކުން ޖަރީކުރެވިފައެވެ.
މިޙުރާން ދަރިފުޅުގެ ވާހަކަތައް އަޑުއައްސަވަން އިންނެވިއިރު ދޭތެރެއަކުން މަޔާންގެ މޫނަށް ބަލާލެއްވެނީ ކެއްތެރިކަން ކޮޅުންލާފައިވާކަހަލަގޮތަކަށެވެ. އޭނަގެ ހިތާއި ވަކިކޮށްލަން އުނދަގޫ މާޒީ މަޔާންއާއި ހިއްސާކުރަން ހިތްއެދޭތާ ދުވަސްކޮޅެއްވެއްޖެއެވެ. މަޔާން މިހާރު ބަލަމުންއެދަނީ އެކުވެެރިޔާގެ މަރުގެ މައްސަލައެވެ. މަޔާން ބަލަމުންދާ މައްސަލައަށް އޭނަ އެހީގެ އަތެއް ފޯރުކޮށްދޭން ޖެހޭ ވަގުތު ޖެހުނީއެވެ.
މިޙުރާން ހަރުގަނޑުން ނެންގެވި ފައިލްތަށް ގެނެސް މޭޒުމަތީ ފަތުރާލިއެވެ. އެއީ މިޙުރާން މިވީހާތަނަށްވެސް ނުހަނު ރައްކާކޮށްގެން ގެންގުޅުނު ލިޔުންތަކެކެވެ. އަޒްހާންގެ މަރުގެ އެންމެ ފުނަށް ވާސިލްވެވެން އޮތް މަގެވެ.
“ދަރިފުޅު ކުޑަވީމަ މާރަނގަޅަށް ހަނދާން ހުންނާނޭކަމެއް ނޭނގެ… އެކަމަކު ކޮންމެވެސް ވަރަކަށް ހަނދާންހުންނާނޭކަން ނޭނގެ އަޒް އަންކަލްއާއި ހައި އާންޓީ… ދަރިފުޅަށްވުރެ ބޮޑަށް ހަނދާންހުންނާނީ ދާން…” މިޙުރާން ވާހަކަދައްކަވަމުންދިޔައިރު މަޔާންގެ ފުރިހަމަ ސަމާލުކަން ދެވިފައިވިއެވެ. އޭނަގެ ހަނދާނުގައި ކަންކަން ހުންނަން ފެށީއްސުރެ ގޭތެެރެއިން ފެންނަ ދެޒުވާނުންގެ ފޮޓޯލޯގަނޑާއި ބެހޭގޮތުން ސުވާލުކޮށް ހަދައެެވެ. އެއިންކޮންމެފަހަރަކު މިލީނާވެސް އެ ދެޒުވާނުންގެ ނަން ކިޔައިދެނީ މިޙުރާން ބުނުއްވި ގޮތަށެވެ. އެދެނަމުގައި އޭނައަށް ހާއްސަވެ އަޅައިގަންނަ ގޮތެއް ހުރެއެވެ. އެނަމާއިއެކު ކޮންމެވެސް ދުވަހަކާއި ދިމާލަށް ސިކުނޑި މިސްރާބުޖަހައެވެ.
“އަޒް އަންކަލްއަކީ ދަރިފުޅު އެންމެ ލޯބިވާ އަންކަލް.. ކުޑައިރުވެސް ބައްޕައަށް ޔާން ހުންނަވަރު އަޒްހާންއަށް ހުރޭ… ކޮންމެކަމެއްގައި އަޒްހާން އިސްކުރޭ… އަންކަލްގެ ކޮނޑަށްއަރާ އޮތުމަކީ ދަރިފުޅު އެންމެ ކުރާހިތުންކުރާކަންތައް… އެއްދުވަހަކު ދާންއާއި ތިންކުދިން ގަދަހިފުމަކަށް ގޮސްގެން ވެއްޓި ބޯފަޅައިގެންދިޔަ ދުވަސް ދަރިފުޅު ހަނދާން ހުންނާނެ.. އޭގެ ފަހުން ބޮޑުވަންދެންވެސް ދަރިފުޅު ލޭދެކެ ބިރުގަތް…” މިޙުރާން ކިޔާދެއްވީ މަޔާން ނުހަނު ބޮޑަށް ހަނދާންހުންނަ ދުވަހެކެވެ. އެދުވަހު ލޭ ފެނުމާއި ހަމަޔަށް މަޔާން އެންމެ ލޯބިކުރާ ކުލައަކީ ރަތްކުލައެވެ. އެ ދުވަހު ބޮލުން ފޭބި ރަތްކުލަ ފެނުނުފަހުން ރަތްކުލައަކީ މަޔާން ބިރުގަންނަ ކުލައެކެވެ. ލޭފެނުނަސް ރޮއެގަނެވެއެވެ.
“އަޒް މަރުވެގެން އަންކަލް ނުފެނިގެން ދަރިފުޅު ރުއިވަރުން ބައްޕަމެންވެސް ބިރުގަތް… ރޮއެ ރޮއެ ޔާން ބަލިވީ… އެންމެ ފަހުން ނުކައިނުބޮއެ ބޮޑާހާކައިގެން އުޅެނިގެން އަނބުރައިގަތީ… ހޭއެރިފަހުން އަންކަލްގެ އެއްވެސް ވާހަކައެއް ދަރިފުޅު ނުދައްކާ.. އެހާކުޑައިރުވެސް ހިތާމަވެރި ހަނދާނެއްވީމަ ހަނދާންކުރަން ޔާން ބޭނުންނުވީ… ފަހުން އެވާހަކަ ނުދެކެވޭތީ ފަހުން ޔާން މާބޮޑަށް ހަނދާންތަކާއި ބީރައްޓެހިވީ…” މިޙުރާންގެ ލޯތެމޭގޮތްވީ އެދުވަސްތައް ހަނދާންވެފައެވެ. ޒެލް ނުފެނިގެން މަޔާން ރުއިރޭތަށް އޭނަ ނުހަނު ބޮޑަށް ހަނދާންހުރެއެވެ. އޭނަގެ މަޔާންއަކީ ކުޑައިރުވެސް އެއްވެސްކަމަކާއި ބޮޑައިދައްކާ ރުއި ކުއްޖެއްނޫނެވެ. ނަމަވެސް ޒެލްގެ ވަކިވުމުން ރުއިރުއިމުން އިނގެނީ އެދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަމެވެ.
ސިކުނޑިއަށް ބާރުލުމުން ފަނޑުގޮތަކަށް ނަމަވެސް މަޔާންއަށް އެދުވަސްތައް ހަނދާންވިއެވެ. އެތަށްދުވަހެއްފަހުން މާޒީގެ އެ ސޮފްހާތައް ހުޅުވާލެވުނުފަދައެވެ. މިހުރިހާދުވަހު އެ ހަނދާންތައް ހަނދާންކުރަން ބޭނުންނުވާތީ ސިކުނޑިން އެއްކިބާކުރެވިފައިވީއެވެ.
“އަޒް އަންކަލް… ހައިލީ އާންޓް… ބައްޕަގެ ބެސްޓްފްރެންޑްސް…” މަޔާންގެ ސިކުނޑީގެ ބޮކި ދިއްލުނުފަދައެވެ. އެތަށް ހަނދާނަކުން ހިނދުކޮޅެއްގެތެރޭގައި ސިކުނޑި ފުރާލައިފިއެވެ. ހުސްވެސް އެންމެ ހާއްސަ އަދި އުފާވެރި ހަނދާންތަކެވެ. މިހުރިހާދުވަހު ހަނދާންކުރަން ނޫޅެވުނީތީ ސިކުނޑީގެ އެއްކަނެއްގައި ހަނދާންތައްވީއެވެ. ސިކުނޑިން އެއްކިބާކުރެވުނީއެވެ. އަޒްހާންއަކީ އޭނަގެ ހަޔާތަށް އައި އެންމެ މުހިންމު އެއް ފަރާތެވެ. މިޙުރާންއަށްފަހު އެންމެ ލޯބިވެވޭ ޝަހްސިއްޔަތެވެ.
“ދަރިފުޅު ކިޔަނީ ހައިލީ އާންޓްދޯ… އަޒްހާންއަކީ ބައްޕަގެ އެންމެގާތްއެކުވެރިޔާ…. ހައިލާއަކީ ދަރިފުޅުގެ މަންމަގެ… ބައްޕަމެން ހަތަރުމީހުން އުޅެމުންދިޔައީ ވަރަށް އުފަލުގައި… އަޒްހާންގެ ދެމަފިރިން ނިޔާވީ ވަރަށް ކުއްލިގޮތަކަށް… ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި… އޭރު ބައްޕައަކީ ޕްރޮސިކިއުޓަރެއް… އަޒްހާންގެ މަރުގެ ހަޤީގަތް ހޯދަން ބައްޕައަށް ކުރެވެން ހުރި ހުރިހާކަމެއް ބައްޕަ ކުރީން… ގުދުރަތީގޮތުން ހިނގާދިޔަ ހާދިސާއެއްގެ ގޮތުގައި ނިމިގެންދިޔަސް އަޒްހާންގެ މަރަކީ ބަޔަކު ހިންގައިގެން ރޭވި ޖަރީމާއެއް.. ދެރައީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު ބައްޕައަށް ނޭނގޭކަން… އެމީހުން ހުށިޔާރުކަމާއިއެކު ކުށުން ބަރީއަވީކަން….” މިޙުރާންގެ ފެންކަޅިވީ އަޒްހާންއާއި އެކު ހޭދަވި ދުވަސްތައް ހަނދާންވެފައެވެ. އެދުވަސްތައް އަނބުރާލިބޭނެނަމައޭ މިއަދުވެސް ހިތަށް އެރުއްވިއެވެ. 21 އަހަރުވެގެންދިޔައިރުވެސް އަޒްހާންގެ ވަކިވުމުން އޭނަގެ ދިރިއުޅުމަށް އައި ހުސްކަން އަދިވެސް އެގޮތުގައި އެބައޮތެވެ. އެ ހުސްކަން ފިލުވައިދޭނޭ ފަރާތެއް އަޒްހާން ނޫނީ ނުވާނެއެވެ. މަޔާންއަށްވެސް މިއަދު ތަފާތު އަސަރެއްކުރިއެވެ. އޭނައަށް ނޭނގިނަމަވެސް މިހުރިހާ ދުވަހު މިއުޅެވުނީ އެންމެ ލޯބިވާ ފަރާތުގެ ކުށްވެރިން ހޯދުމުގައެވެ. އެންމެ ލޯބިވާ ފަރާތުގެ ހައްޤު ހޯދައިދިނުމަށެވެ.
“ޔާން މިކޭސް ނެގި ވާހަކަ ބައްޕަ އަޑުއެހީން… ކުރިއަށްދިޔުމަކީ ފަސޭހަކަމަކަށްނުވާނޭކަން ބައްޕައެއް އިނގޭ… ސަބަބަކީ ހުރިހާ ނުބައިކަމެއްގެ މުގުލު ކަނޑިތަކެއްފަދައިން ދަރިފުޅަށް ހަމަލާދޭން މަސައްކަތްކުރާނެއަތީ… އެކަމަކު ފަސްބެލުމެއްނެތި ކުރިއަށްދާތި… ކޮންމެ ކަމަކީވެސް ކޮންމެވެސް ދުވަހަކު ދުނިޔެއަށް ފާޅުވެގެންދާނޭކަމެއް… ތިކަމުގައި ބައްޕަ މިހުރީ ޔާންއަށް އެހީވާން….” މިޙުރާން އޭނަގެ ދަރިފުޅުގެ ކޮނޑުގައި ހިފާލިއެވެ. އޭނައަށް ކާމިޔާބު ނުކުރެވުނު މަސައްކަތް އޭނަގެ ދަރިފުޅު ކާމިޔާބު ކުރާތަން ދެކެން އޭނަ ބޭނުމެވެ. ނުހައްޤުން ދުނިޔެއާއި ވަކިވެގެންދިޔަ މައުސޫމް ފުރާނަތަކަށް އިންސާފު ލިބުމަކީ އޭނަގެ ދުއާއެވެ.
“އަޒް އަންކަލްއަކީ ހައިޒަލްގެ ޑޭޑް…” މަޔާން ކުޑަކޮށް ހައިރާންވިއިރު އުފާވެސްވިއެވެ. ހައިޒަލްގެ ބައްޕައާއި އޭނަގެ ބައްޕައަކީ ގާތްދެއެކުވެރިންނެވެ. ކިހާ ރީތި އިއްތިފާޤެއްް ހެއްޔެވެ؟ އަނެއްކާ އޭނަގެ ޒެއްލުއަކީ ހައިޒަލް ހެއްޔެވެ؟ މާބޮޑަށް ވިސްނުމަކާއިނުލާ ނަގައިގަނެވޭނޭކަމަކަށްވިޔަސް މަޔާންއަށް އެކަން ގުޅުވައެއް ނުލެވުނެވެ. އައިޒާން އޭނައަށް ދެއްކި ފޮޓޯ އޭނައަށް އެހާ ދަންނަ ފޮޓޯއަކަށްވީ ސަބަބު އަދިކިރިޔާ އިނގުނީއެވެ. އެއީ އޭނަގެ ލޯބިވާ އަޒް އަންކަލްގެ ފޮޓޯއެވެ. މިގޭތެރެއިން އެ ފޮޓޯ އޭނައަށް ފެނިފައިވަނީއެވެ. މިޙުރާން ޖަވާބެއްގެ ގޮތުގައި ބޯޖަހާލެއްވިއެވެ. އޭނައާއި އަަޒްހާންގެ އެކުވެރިކަން ނިމިގެންދިޔައީކަމުގެ އިހުސާސް އެންމެބޮޑަށް ކުރެވުނު ވަގުތުކޮޅަކީ އެއީއެވެ. އޭނައާއި އަޒްހާންގެ ގުޅުން މަޔާން ދަމަހައްޓާނޭކަމަށް އޭނައަށް ހީކުރެވުނެވެ. ނަމަވެސް އެފަދަ ގުޅުމެއް މަޔާންއާއި ހައިޒަލްގެ ދެމެދުގައި ނުބޭއްވޭނޭކަމަށް އޭނަގެ ލޮލަށް ފެނުނު މަންޒަރުވެސް ހެކިވެއްޖެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްޓަކައި ފިދާވާރަށްވަމުން އައި ލޯބި ޒުވާންވެގެން އައިރު ނަފްރަތަށް ބަދަލުވީއެވެ. ތަގުދީރު އެދެކުދިން ދެވަނަފަހަރަށް އެއްތަންކުރުވީ ދެ ދުޝްމިނުންގެ ގޮތުގައެވެ. ހިތާމައަކީ ދެޒުވާނުންގެ ހަޔާތަށްވެސް އެއް އަންހެންކުއްޖަކު އައިކަމެވެ. ހައިޒަލްގެ އަނތްބަކަށްވީފަދައިން މަޔާންގެ ހިތުގެ މަލިކާއަށްވެސް ޝަލީންވީކަމެވެ. ދެޒުވާނުން ތަޅައިފޮޅައިގަންނަންވެފައި ތިބޭއިރު ހަޤީގަތް ކިޔައިދިނުމުގެ ބޭނުމެއް ދެން އޮންނާނެ ހެއްޔެވެ؟
މިޙުރާން މަޔާންއާއި ގާތަށް ފައިލްތަށް ޖައްސަވާލެއްވިއެވެ. އެއީ މިހުރާންގެ މަސައްކަތުގައި ހޭދަވި ދުވަސްތަކާއި އޭގެ ފަހުންވެސް އެ މައްސަލައާއި ބެހޭގޮތުން އޭނަ އެއްކުރި މައުލޫމާތުތަކެވެ. ފަހުން ބޭނުމެއް ޖެހިދާނޭކަމަށް އޭނަ ރައްކާކުރީއެވެ. މަޔާންއާއި ހަމަޔަށް އެލިޔެކިޔުންތައް އައިސްފައިވާނޭކަމުގެ ޔަގީންކަމެއް އޭނައަކަށް ނެެތެވެ. ކަމުގެ މުގުލުގައި ތިބި މީހުން ތިބީ ހުރިހާ ހެއްކަކާއި ޤަރީނާއެއް ނައްތާލުމަށް އަތުކުރިއޮޅާލައިގެންނެވެ.
“ހީވެސްނުކުރަން އެހާ ލޯބިވާ މީހެއްގެ ކޭސްއެއްކަމުގައިކަން މިއުޅެވުނީ… މިއަދާއި ހަމަަޔަށްވެސް އަންކަލްމަތިން އަޅުގަނޑު ހަނދާނެއްނުނެތޭ… އެ ހަނދާންތައް އާކުރަން އަޅުގަނޑު ބޭނުންނުވީތީ ދުރުންއުޅެވުނީ… މިހާރު ބޭނުމީ އަންކަލްއަށްކޮށްދޭކަމެއްގެ ގޮތުގައި މިކަންކޮށްދޭން… ތޭންކްސް ޑޭޑް… އިޓް ވިލް ހެލްޕް އެ ލޮޓް.. އިންޝާ ﷲ ޑޭޑްއަށްޓަކައިވެސް އަޅުގަނޑު މިކޭސް ވިންކުރާނަން… އަޅުގަނޑުގެ އަންކަލްއަށް އިންސާފުހޯދައިދޭނަން…” މަޔާން ތެދުވެ މިޙުރާންގެ ގައިގައި ބައްދާލިއެވެ. މިޙުރާންގެ ފަރާތުން ލިބުނު އެހީއަކާއިއެކު އޭނައަށް ކުރިއަށްދާނޭ މަގު ސާފުވެއްޖެއެވެ. އޭނައަށް ކުރިއަށްދިޔުމުގައި ދިމާވީ ގޮންޖެހުން ނެތިގެންދިޔައީއެވެ. އޭނަގެ ލޯބިވާ އަންކަލްއަށް އެފަދަ ނުބައި ޖަޒާއެއް ދިންމީހުންނަށް އޭނަ އޭގެ ބަދަލުދޭނެެެއެވެ . ބައްޕައެއްފަދަ އަޒްހާންއަށް އިންސާފު ހޯދައިދިނުމަށް މުޅި ދުނިޔެއާއި ކުރިމަތިލާނެއެވެ. ހަނދާންތައް އޭނަގެ ހިތްވަރު ދެގުނައަށް އިތުރުކޮށްދީފިއެވެ.
މަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުން މިލީނާ ސްޓަޑީއަށް ވަދެލިއިރު މިޙުރާން އިންނެވީ އެމީހުންގެ ޒުވާންއިރުގެ ފޮޓޯގަނޑެއް އަތަށް ނަންގަވައިގެންނެވެ. އެއީ އަޒްހާންގެ ދެމަފިރިންނާއިއެކު އެދެމަފިރިންނަށް ރައްކާކުރެވުނު އެންމެ ފަހު ފޮޓޯއަށްވާތީ މިޙުރާން އެހާ ފޮޓޯ ހަޒާނާކުރަނީ ނުހަނު ބޮޑަށެވެ. އަޒްހާންއާއި ގުޅުން ހުރި ކޮންމެ އެއްޗެއްް މިޙުރާންއަށް ނުހަނު މުހިންމުވެފައިވެއެވެ. އެދެމެދުގައި ބަދަލުކުރެވުނު ހަދިޔާތައް އަދިވެސް މިޙުރާންގެ އަލަމާރިން ޖާގަހޯދައިފައިވެއެވެ. އެއިންކޮންމެ އެއްޗެއްގައި މިޙުރާން ފިރުމާހަދަނީ އެކުވެރިޔާގެ ވަކިވުމުން ހިތްދަތިވެފައިވާ ހާލުގައެވެ. އަޒްހާންފަދަ ފަރާތެއް ދެން މިޙުރާންގެ ހަޔާތަށް ނާންނާނޭކަމަކީ މިލީނާއަށް ޔަގީންވާކަމެކެވެ.
މިލީނާ މަޑުހިނގުމެއްގައި އައިސް މިޙުރާންގެ ކޮނޑުގައިހިފާ ބާރުކޮށްލިއެވެ. އެވަގުތު މިޙުރާން އިސްއުފުލާބަލާލެއްވިއިރު މިލީނާ މިޙުރާންގެ ގާތުގައި އިށީދެ އެލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.
“މިއީ މިޙުރާން އުފާކުރަންވީ ދުވަސް… އިންޝާﷲ ރާންގެ ހުވަފެންތައް މާލަހެއްނުވެ ސީދާވެދާނެ… އަހަރެމެންގެ ދަރިފުޅަށް އަަހަރެން އިތުބާރުކުރަން… ހަޤީގަތް ހޯދުމުގައި މިޙުރާން ފަސްނުޖެހޭނޭ ފަދައިން ޔާންވެސް ފަހެއް ނުޖެހޭނެ… ހައި އާއި އަޒްގެ ދިރިއުޅުމަށް ޒަހަރުލީމީހުންނަށް ހައްޤު އަދަބު ލިބޭނެ.. މާތް ﷲ އެދެފުރާނައަށް ހެޔޮރަހްމަތް ލައްވާށި… އުފަލުގައި އުޅެންވީ ދުވަހު ދުނިޔެ އަޅާ އެދިޔައީ ބައެއްގެ އަނިޔާވެރިކަމުގެ ސަބަބުން….” މިލީނާ މިޙުރާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އޭރު އެލޮލަށްވެސް ކަރުނަ ޖަމާވެފައިވެއެވެ.
“އާމީން… އަޒް ނެތިދިޔަސް އަޒްގެ ހަނދާންތައް ދިރުވާނޭ ދަރިއަކު އެބަހުރި… ޒެލްއަކީ ހަމަ އަޒް… އެ ސޫރަ އެއްވެސް ތަފާތެއްނެތް… ދެރައީ އަމިއްލަ މައިންބަފައިންގެ ހަޤީގަތް އެ ދަރިފުޅަށް ސިއްރުވެފައިވާތީ… އަލްހާން އެހުރިހާކަމެއް ސިއްރުކުރީ ޒެލްގެ ހާލަތުގެ ސަބަބުން ކަމަށްވިޔަސް މިހާރު ކިޔައިދޭކަށް ނުޖެހޭނެތަ؟” ހައިޒަލްއާއި ވާހަކަދެއްކި ދުވަހު މިޙުރާންގެ ހިތަށް ކުރީ ފުންއަސަރެކެވެ. ހައިޒަލްއަށްޓަކައި އެންމެ ގާތްމީހުންވެސް ވެފައިވަނީ ދުރުބަޔަކަށެވެ.
“ދެރަވެދާނެއަތީ ނުބުނަން އުޅެނީކަމަށްވާނީ.. މިކަމުގެ ތެރޭ އެގިގެންދާނެއެއްނު… އަހަރެން ހާދަ ދެހިލާހިތްވެއޭ އެކުއްޖާ… އަހަރެމެންނަށް ދަރިއެއްފަދަ ކުއްޖެއްވިއްޔަ… އަލްހާންއަށްޓަކައިނޫންނަމަ އަހަރެން އެ ދަރިފުޅު ހޯދީމުސް… އެ މީހުންގެ ނުފޫޒުގެ ސަބަބުން ޒެލްއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލަން ޖެހުނީ…” އެއީ މިލީނާއަށް ހީވެފައިވާގޮތެވެ. މިލީނާގެ ބިއްލޫރިކޮޅެއްހާ ސާފުހިތަށް ނޭނގުނީ އެކަން ސިއްރުކުރުމުގެ ފަހަތުގައި އެމީހުންގެ އަމިއްލަ ބޭނުމެއް އޮތްކަމެވެ. ހައިޒަލްއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލީ އެ މީހުންގެ ރޭވުން ފެނަށް ހިނގައިދާނެއަތީކަމެވެ.
މިޙުރާންގެ އަތުގައި އޮތް ފޮޓޯގަނޑު މިލީނާ ނެގިއެވެ. ޒުވާންކަމުގެ ކުރީ ދުވަސްތައް ގުނަމުންދާ މިލީނާއާއި ހައިލާ އަތުގުޅުވައިލައިގެން ތިބިއިރު އަޒްހާންއާއި މިޙުރާން ތިބީ އެދެމީހުންގެ އަނބިންގެ ކޮނޑުގައި އަތްއަޅުވާލައިގެންނެވެ. ހަތަރުމީހުންގެ މޫނުމަތީވެސް އެންމެ ފުން ހިނިތުންވުމެވެ. އަޒްހާންއާއި ހައިލާވެސް ހުދު ދަތްތަކަށް ދައްކާލައިގެން ހެވިފައެވެ. އެހާ އުފާކޮށްކޮށްފައި އުޅުނު އެ ދުވަހަކީ އެމީހުން އެގޮތަށް ހޭދަކުރާނޭ ފަހު ދުވަސްތައްކަމަށް ހީކުރާނީވެސް ކިހިނެތްހެއްޔެވެ؟ ދެން އަންނަ ދުވަހު އެމީހުންގެ ނިމުން އެހާ ހިތްދަތިގޮތަކަށް އަންނާނޭކަމަށް ހީކުރެވިދާނެހެއްޔެވެ؟ ދުނިޔޭގެ ނުފޫޒްގަދަކަމާއި ވިހަކަން ވިސްނޭވަރަށްވުރެ އަޒްހާންއާއި ހައިލާގެ ހިތް މާސާފެވެ. އެކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނެގީ އެންމެ ނުބައިގޮތަށެވެ. ދެމަފިރިއެއްގެ ދިރިއުޅުމުން އަތްދޮވެލައިގެންނެވެ. ތުއްތު ދަރިއަކު ބިކަކޮށްލާފައެވެ.
*** *** *** *** *** ***
67 ވަނަ ބައި:
ޝަލީން ބަނޑުގައި އަތްއަޅައިލައިގެން އޮތްއިރު ލޮލުގެ ހިމަކޮޅުން ހޯސްލާފައި ކަރުނަތައް ދެމެމުން ދިޔައެވެ. ކެތްނުވާވަރަށް ބަނޑުގައި ރިއްސަމުންދިޔައިރު އޭނައަށް ހީވީ ބަނޑުގައި ވަޅިއަޅަމުން ދިޔަހެންނެވެ. ޝަލީންގެ ގިސްލުމުގެ އަޑު ލިވިން ރޫމްގައި ހިފާލިއެވެ. ބަނޑުން ނަގަމުންދިޔަ ވޭނުން ކެތްނުވެގެން ކުކުރަމުންދިޔައިރު ޝަލީންގެ ސްކްނީ ރަތްވަމުން ދިޔަތަން ފެނި ޒޭބްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުދުކުލައިގެ މާބްލްސްތައް ލެއިން ފެވެމުންދިޔައިރު ޒޭބްގެ ސިކުނޑި ނުރައްކަލުގެ އިންޒާރު ދިނެވެ. އެވަގުތު ލިވިންރޫމްއަށް ވަދެގެން އައި އިޔާނާ މަގޭ ދަރިއޭ ކިޔާ ހަޅޭލަވައިގަތްއަޑު ޝަލީންއަށް އިވުނީ މަޑުމަޑުންނެވެ. ލޯހުޅުވަން މަސައްކަތްކުރިޔަސް އޭނަ ފުންނިންޖަކަށް ގެނބެމުންދިޔަފަދައެވެ.
*** *** *** *** *** ***
ހ.ޑައިމެންޑްވޭލީގެ ކުރިމައްޗަށް ހުއްޓާލި ބެންޒް ކާރުން ހައިޒަލްއާއި ނައިނާ ފޭބިއެވެ. ހުރަހެއްނެތި ދުނިޔެއަށް ފޯރުވަމުންދާ ހޫނު ދޯދިތަކުން ސަލާމާތްވާންވެގެން ނައިނާ ދުވެލައިފައިވެސް ގޮސް ގޭގެ އަސްކަނި ދޮށަށްވަދެއެވެ. އޭރު ހައިޒަލް ކާރުގެ ޑިކީއާއި ކައިރިވެ ޑިކީތެރެއިން ނައިނާގެ ދަބަސް ނެގިއެވެ. ކާރު ލޮކްކޮށްލުމަށްފަހު ހައިޒަލް އައިސް ދަބަސް ދިއްކޮށްލިއެވެ.
ނައިނާ އެދަބަހުގައި ހިފީ ހިފަން ނުހިފަން ހުރެފައެވެ. އެއީ ޝަލީންއާއިއެކު ޕެންޓް ހައުސްގައި އުޅުނުއިރު އޭނަ ބޭނުންކުރި ހެދުންތަކެވެ. މުޅީންވެސް ޝަލީން ބޮޑު އަގުދީގެން ގަނެފައިވާ ހެދުންތަކާއި އެހެނިހެން ސާމާނުތަކެވެ. ނައިނާގެ އަތަށް ދަބަސްދޫކޮށްލަމުން ހައިޒަލް އެއްޗެކޭ ބުނަން އުޅެނިކޮށް ހައިޒަލްގެ ފޯން ރިންގްވިއެވެ. ފޯނަށް ވާހަކަދައްކަންފެށުމާއި ހައިޒަލްގެ މޫނުމަތީގެ ކުލަވަރުވަގުތުން ބަދަލުވިއެވެ.
“ކިހިނެތްވީ…” ހައިޒަލްގެ ކަޅީގެ ތެރެއަށް ފޭދުނު ނުތަނަސްވަސްކަމުން ކަންބޮޑުވާގޮތްވި ނައިނާ ސުވާލުކުރިއެވެ.
“ނައި… އަހަރެން ދާންޖެހިއްޖެ… ޝަލީ ހޮސްޕިޓަލްއަށް ގެންގޮސްފި…” ހައިޒަލް ނައިނާގެ ކޯތާފަތުގައި ހިފަހައްޓާލި ގޮތަށް ވަގުތުން އަތްދުރުކޮށްލާ ކާރާއި ދިމާލަށް ހިނގައިގަތެވެ. ކާރަށް އެރިގޮތަށް ވަގުތުން ފުލް ސްޕީޑަށްލަމުން ކާރު ދުއްވާލިއެވެ. އޭރު ނައިނާ ހުރީ ކުރަންވީކަމެއް ނޭނގިފައިކަހަލަގޮތަކަށެވެ. ހައިޒަލްގެ އަމަލްތަކުން އޭނަގެ ސިކުނޑީގައި ނުބައިގޮތަކަށް ރިއްސާލައިފިއެވެ.
ހައިޒަލް ހޮސްޕިޓަލަށް ދަމުން މަޔާންއަށް ގުޅާ ހަބަރުދިނެވެ. ޝަލީންއާއި ދަރިފުޅުގެ މައްޗަށް އެންމެ ހައްޤުކަން ބޮޑީ މަޔާންއެވެ. އިޝާރު އެހާާ އަވަސްއަރުވާލައިގެން ގުޅުމުން ގޯހެއް އުޅޭކަން އޭނަގެ ހަވަނަ ހިއްސުވެސް ނަގައިގަނެފިއެވެ.
*** *** *** *** *** ***
ޝަލީންގެ ހަށިގަނޑުން ބޭރުވަމުންދިޔަ ލޭ ކޮންޓްރޯލްނުކުރެވި ގިނައިރު ވީވަރަކަށް ދަރިފުޅުގެ ފުރާނައަށް ނުރައްކާވަމުންދިޔައެވެ. އިންޖެކްޝަންތަކުން ލޭމަނާނުކުރެވުނުއިރު ދަރިފުޅުގެ ވިންދު ދަށްވާންފެށިއެވެ. އެންމެފަހުން ޑޮކްޓަރުންނަށް މަޖުބޫރުވީ ދުވަސްނުފުރުނަސް އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާށެވެ.
ހައިޒަލްއަށް ހޮސްޕިޓަލަށް އާދެވުނުއިރު ޝަލީން އޮޕަރޭޝަން ތިއޭޓަރއަށް މޫވްކުރުމަށް ނަރުހުން އުޅެމުންދިޔައެވެ. މެޝިންތަކުގެ ބީޕް އަޑު އިވެމުންދިޔައިރު ބަލިމީހެއްފަދައިން ޝަލީން އޮތީ މެޝިންތަކަކާއި ގުޅާލެވިފައެވެ. އޭރު ދެއާއިލާ މެންބަރުންވެސް އިމަރޖެންސީ ރޫމްގެ ކުރިމަތީ މަޑުކޮށްލައިގެން ތިއްބެވެ. އިޔާނާ އިޝާރުގެ ކޮނޑުމަތީ ބޯއަޅާލައިގެން އޮވެ ރޮމުންދިޔަ އަޑުން ތަނުގެ ހިމޭންކަން ދުއްވާލައިފައިވެއެވެ.
“ފޭޝަންޓްގެ ހަޒްބެންޑް…” އެމެޖެންސީީ ރޫމްއިން ނިކުތް އަންހެން ޑޮކްޓަރ ގޮވާލުމާއިއެކި ހައިޒަލްއަށްވުރެ ކުރިން އެދިމާލަށް ދެވެން އުޅުނީ އެތަނާއި އަރާހަމަވި މަޔާންއަށެވެ. ވަކިހިސާބަކަށް އައިސްފައި ގޮނޑީގައި އިންނެވި އިޝާރު ފެނިފައި މަޔާންގެ ހަށިގަނޑު ގާވިފަދައެވެ. އޭރު ހައިޒަލް ނަރުސްކުއްޖާއާއި ގާތަށް ޖެހިލަމުން ބޯހޫރާލައިފިއެވެ. މަޔާންގެ ވަގުތުން ތަނބެއްގެ ބިއްދޮށަށްވަދެ ނިވާވިއެވެ.
“ޑޮކްޓަރ… ހައު އިސް ޝީ…” ހައިޒަލް އަހާލިއިރު އެއަޑާއި މޫނުމަތީވީ ހާސްކަމެވެ. އޭނަގެ ހިތްވެސް މައިތިރިނުވެ ތެޅެމުންދިޔައެވެ.
“ޝަލީގެ އެތެރެއަށް ހައްޓަށް ވަރަށް ބޮޑަށް ބްލީޑްވަމުންދަނީ… ބޭބީގެ ވިންދު ދަށްވަމުންދާ ވަރަކަށް ބޭބީގެ ފުރާނަ ސަލާމަތްކުރެވުމުގެ ފުރުސަތު ކުޑަވާނެ.. ވީ ނީޑް ޓު ގޯފޯރ އެ ސީސެކްޝަން… ރިސެޕްޝަންއަށް ދުރުވެ ކޮންސެޓް ފޯރމްގައި ސޮއެކޮށްލަދެއްވާ…” ޑޮކްޓަރ އިއްވާލިގޮތަށް ހައިޒަލްއަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ އިމަރޖެންސީ ރޫމްގެ ތެރެއަށް ދެމިގަތެވެ.
ރިސެޕްޝަން އިން ކުއްޖާ ފޯމު ދިއްކޮށްލުމާއިއެކު ހައިޒަލް އިޤުރާރުވެސް ކިޔުމެއްނެތި ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން ފޯމުގައި ސޮއިކޮށްލިއެވެ. އޭނަގެ ހިތުގައި އުނދަގޫ އިހުސާސްތަކެއް ހިނގާލީ އެ މަޤާމަކީ މަޔާން ހުންނަންޖެހޭނޭ މަޤާމަކަށްވާތީއެވެ. ނަމަވެސް ދުނިޔޭގެ ކުރިމަތީގައި ޝަލީންގެ ފިރިއަކީ އަދި ދަރިފުޅުގެ ބައްޕައަކީ އޭނައެވެ. ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ ކަމެއް ބޭޒާރުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެންމެ ބުއްދިވެރި ގޮތަކީ ދަރިފުޅުގެ ސިއްރު މަޔާން ހާމަކުރަންދޭން އޭނަ ހިމޭނުންހުރުމެވެ.
މަޔާން އިނީ އެމަރޖެންސީ ރޫމްގެ ކުރިމަތީ ތިބޭމީހުންނަށް ނިވާވާނެހެން ބަހައްޓާފައިވާ ގޮނޑިބަރިތަކުން ގޮނޑިއެއްގައެވެ. އެންމެންނާއި އެކަހެރިވެ މާދުރުގައިި އިންއިރުވެސް އޭނަގެ ހިތުގެ ހިންގުންވީ އޭނަގެ ޝަލީންއާއިއެކުގައެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލަމުންދިޔައީ ކެތްކޮށްގެން އިންނަން ދަތިވާ ދަރަޖައަށެވެ. މިވަގުތުކޮޅު ޝަލީންއާއި އެންމެ ގާތުގައިވާން އެދި ހިތްވެސް ރޮމުންދިޔައެވެ. ޝަލީންއަށް މިވަގުތު އޭނަގެ އެހީބޭނުންވާނެއެވެ. ނަމަވެސް އޭނަ ޝަލީންގެ ގާތަށް ދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ދުނިޔޭގެ ނަޒަރުގައި ޝަލީންގެ މައްޗަށް ހުރިހާ ހައްޤެއް އޮތީ ހައިޒަލްއަށެވެ.
ޝަލީން އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު ހޭދަވެގެންދިޔަ ވަގުތުކޮޅު މަޔާންގެ ދިރިއުޅުމުގައި އައި އެންމެ ދިގު ވަގުތުކޮޅަށްވިއެވެ. އޭނަގެ ހިތުން ތެޅުން މައިތިރިކުރަން ފަސޭހައެއްނުވިއެވެ. ސިކުންތައް އެކުވެ މިނެޓްތަކަށް ވަމުންދިޔައިރު އޭނަގެ ނަފްސު މައިތިރިކޮށްގެން އިންނަން އުނދަގޫވިއެވެ. ގޮނޑީގައި ނީނދެވިގެން ތެދުވެ ދެފަރާތަށް ހިނގުނެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މޮހުނީ ތަރުތީބު ގެއްލޭވަރަށެވެ. ދޭތެރެއަކުން އަތުގައި އޮތް ގަނޑިއަށް ނަޒަރެއްދެވެނީ ކެތްކުރަން ދަތިވުމުންނެވެ. އޭނައަށްޓަކައި ގަނޑީގެ ހިނގުންވެސް ލަސްވެފައިވާފަދައެވެ. ދަރިފުޅާއި ޝަލީންގެ ސަލާމަތަށް އެދި އެތައްވަރަކަށް ދުއާކުރެވުނެވެ. އޭނަގެ ދުއާއަކީ ދަރިފުޅާއި ޝަލީންއަށްވެސް ގެއްލުމެއްނުލިބި އެ ތުއްތު ފުރާނަ ސަލާމަތްކުރެވުމެވެ.
*** *** *** *** *** *** ***
ތިއޭޓަރުގެ ބޮކިތައް ނިވިގެންދިޔައެވެ. ޝަލީންގެ ހަށިގަނޑާއި ވަކިކުރެވުނު ތުއްތު ފުރާނަ އެނދުމަތީ ބާއްވާލަމުން ޑޮކްޓަރު ދެފަރާތަށް ބޯހޫރާލިއެވެ. އެ މޫނުމަތީވީ ހިތާމައާއި ހިތްދަތިކަމެވެ. ވަގުތުން އޮޕަރޭޝަންގައި ބައިވެރި ޑޮކްޓަރަކު އާއިލާއަށް އެ ހަބަރު ފޯރުކޮށްދޭން އަވަސްވެގަތެވެ.
ތިއޭޓަރުން ނިކުތް ޑޮކްޓަރު ދިން ހަބަރާއިއެކު އާއިލާ އެންމެންގެ ރުއިމުގެ އަޑު ބާރުވިއެވެ. އިޔާނާ އަޑުނަގައި ރޮއެގަތްއިރު އިޝާރުއަށްވެސް އޭނަ މަސަލަސްނުކުރެވުނެވެ. އޭރު އިޝާރުވެސް އިންނެވީ ފެންކަޅިވެފައެވެ. އަލްހާން އެކުވެރިޔާގެ ބޮލުގައި އަތްޖައްސާވާލެއްވިއެވެ. ރިހާނާވެސް އިނީ ތުންފިއްތައިލައިގެންނެވެ. ހައިޒަލް ހަރަކާތެއްކޮށްލުމެއް ނެތި ފާރަށް ލެގިލައިގެން ހުރެފައި ދުރަށް ހިނގައިގަތެވެ.
ޝަލީންގެ އޮފަރޭޝަން ވަގުތުން ކުރެވުނަސް ދަރިފުޅުގެ ފުރާނަ ސަލާމަތެއްކުރަން ޑޮކްޓަރުން ނުކުޅެދުނީއެވެ. ދަރިފުޅު ނެގިއިރުވެސް އެ ތުއްތު ހަށިގަނޑުގައި އެއްވެސް ވިންދެއް ނެތެވެ. ޝަލީންގެ ބަނޑުތެރޭ އޮއްވާ ވިންދު ދައްވަމުންގޮސް ދަރިފުޅުގެ ވިންދުތައް މުޅިން ހުއްޓި ހަށިގަނޑާއި ފުރާނަ ވަކިވެގެންދިޔައީއެވެ. ފުރާނަ އެޅުއްވި މައިމީހާގެ ރަހިމަކީ އެތުއްތު ފުރާނައިގެ ވަކިވުން ކަނޑައެޅިފައިވާ ތަނަށްވެސް ވީއެވެ. ކެހިވެރި ދުނިޔެއަށް ލޯހުޅުވާލުމެއްވެސް ނެތި އަބަދަށްޓަކައި އެ ތުއްތު ނިޝާން ލޯމަރާލީއެވެ.
ހައިޒަލް މަޔާންއަށް އެހަބަރު ގެނެސްދިނުމާއިއެކު ހުއްޓުންއަރާފައި އިރުކޮޅެއްވަންދެން ހުރެވުނީއެވެ. އެ އަނިޔާވެރި ލަފްޒުތައް އޭނައަށް ހިނދުކޮޅަކަށް ލިބުނު އުފާތައް ފޭރިގަތީއެވެ. އޭނަގެ ދުނިޔެވެސް ކުޑިކުޑިވެގެން ފޭބީއެވެ. މަޔާން ގޮނޑިއެއްގައި އިށީނދެ ކަކުލުގައި އުޅަބޮށި ވިއްދާލިގޮތަށް މޫނު ދެއަތުގެތެރޭގައި ފޮރުވިއެވެ. ހައިޒަލްއަށް މަޔާން ރޮނީކަން އެނގުމުން ބުނަން ނޭނގޭފަދަ އަސަރުތަކެއް ހިތަށް ކުރިއެވެ. އޭރު ހައިޒަލްވެސް ހުރީ ފެންކަޅިވެފައެވެ.
“ޔާން.. ހިތްވަރުކުރޭ.. ކޮންމެކަމެއްވެސް ވާނީ އެކަމުގެ ފަހަތުގައި ކޮންމެވެސް ރަނގަޅުކަމެއް އޮތީމަ… އަހަރެމެންނަށް ނުވިސްނުނަސް އެކަމުގައި ހިކްމަތެއް އޮންނާނެ…” މަޔާންއަށް ހިތްވަރުދެމުން ހައިޒަލް މަޔާންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެވަގުތުކޮޅުވެސް ނުބައި ހިޔާލުތައް ސިކުނޑި ސަލާމަތްކުރުމުގައި ހައިޒަލް ކާމިޔާބުކުރިއެވެ. ދަރިއެއްގެ ނިއުމަތް ދެއްވި ފަރާތުން އެ ފުރާނަ ގެންދެވުމުގައި ސަބަބެއް އޮންނާނެއެވެ.
އެ ދަރިފުޅު ދުނިޔެއަށް ނޭވާލީހީ ހައިޒަލްގެ ދަރިއެއްގެ ގޮތުގައެވެ. ނަސްލު އޮޅުންބޮޅުންކުރުމުގެ ސިލްސިލާއެއްގެ ފެށުމުގެ ގޮތުގައެވެ. މަޔާންގެ ދަރިއެއްކަން ސާބިތުކުރުމުގެ ތެރޭ އެތަށް ކަމަކާއި އެ ދަރިފުޅު ކުރިމަތިލާންޖެހޭނެއެވެ. އެހުރިހާކަމަކާއި ވަކިވެ އެފުރާނަ ވަނީ އޭގެ ވެރިފަރާތުގެ ހަޞްރަތުގައެވެ. އުފަލާއި ހިތްހަމަޖެހުމުގައެވެ.
މަޔާންގެ ހަޔާތް އަނދިރިކޮށްލި ހަޤީގަތާއިއެކު އޭނަގެ ހިތްވަރު އެލުނެވެ. އެއްވެސް މީހަކާއި ކުރިމަތިލާން އަމިއްލަ ނަފްސުވެސް ދެކޮޅުހެދިއެވެ. އެހާ ހިތްވަރެއް އެ ހަށިގަނޑަކުނެތެވެ. ދުނިޔޭގެ އާރާއިބާރާއިއެކު އޭނަގެ ނިކަމެތިކަން އިހުސާސްކުރެވި އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވުނެވެ. އޭނައަށް އަމިއްލަ ދަރިފުޅުގެ ފުރާނަ ސަލާމަތެއްނުކުރެވުނެވެ. ޝަލީންގެ އުފާ ހޯދައެއްނުދެވުނެވެ. ކާރަށް އަރާ ދުރަށް ދުއްވާލީ އެ ހިތާމައާއި ދުރަށްދާން ބޭނުންވެފައި އިނދެއެވެ. މިއީ އޭނައަށް ފެންނަ ނުބައި ހުވަފެނަކަށްވާނެނަމައެވެ. މިއިމްތިހާނަށް ކެތްތެރިވާވަރަށްވުރެ އޭނަގެ ހިތް ބަލިކައްޓެވެ.
މަޔާންގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގެ ހިނގުންވީ ހުއްޓިފައެވެ. އަތެއްފަޔަކަށް ހަރަކާތެއް ގެނައުންވީ ދަތިކަމަކަށެވެ. ހަށިގަނޑަށް މަޖުބޫރުކުރަމުން ކުރިއަށް ފިޔަވަޅު ނަގަމުންދިޔައިރު ތަންތަނުގައި ހިފެހެއްޓުނެވެ. އޭނަގެ ކަސްރަތީ ހަށިގަނޑުގެ ބާރު ކެނޑިފައިވާފަދައެވެ. އެވަރޓަންގެ ލިވިންރޫމްއަށް ފޯރާވަރުވީ އެތަށްވަރަކުންނެވެ. ކޮންމެ ފިޔަވަޅަކީ އޮއެގަދަ ކަނޑެއްގައި އޮޔާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ފަދައެވެ.
މާބްލްސް މައްޗަށް އެއްޗެއް ވެއްޓިގަތްއަޑަށް ސޯފާގައި ފޮތެއް ހިފައިގެން އިނދެފައި ފޮތް މޫނާއި ދުރުކޮށްލަމުން މިލީނާ ބަލާލިއެވެ. ދެކަކޫ މައްޗަށް ތިރިވެ އިސްޖެހިފައި އިން މަޔާންފެނި ސޯފާމައްޗަށް ފޮތް ދޫކޮށްލިގޮތަށް މިލީނާއަށް އެދިމާލަށްދެވުނެވެ.
“ޔާން… ދަރިފުޅާ…” މިލީނާ މަޔާންއާއި އެއްހަމައަކަށް ތިރިވެލިއިރު މަޔާން ރޮއެގަނެފައި މިލީނާގެ އުނގުގެ ތެރެއަށް ބޮޑިވެގަތީއެވެ. ތުއްތުއިރުއްސުރެ އެއަތުގެ ހިމާޔަތް ހޯދާ ފަދައިންނެވެ. ބާރު ގިސްލުމަކާއިއެކު ހޫނުކަރުނަތައް މިލީނާގެ ހެދުން ފޯކުރަމުންދިޔައިރު މިލީނާ އިނީ ބަސްހުއްޓިފައެވެ. އޭނަގެ މަޔާންއަކީ މިވީހާތަނަށްވެސް ކަމަކާއި ދެރަވެގެން ރުއި ކުއްޖެއްނޫނެވެ.
“ވެގެންއުޅޭގޮތެއް ދަރިފުޅު ބުނެބަލަ.. ތިހެން ރުއީމަ މަންމަ ހާސްވެޔޭ…” މިލީނާ މަޔާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ފޯނުނެގުނީ މިޙުރާންއަށް ގުޅާލުމަށެވެ. އެއާއިއެކު މަޔާން މިލީނާގެ އުނގުން މޫނުނެގިއިރު އެއަތުގައި ހިފަހައްޓާލިއެވެ. އޭރު ރުއިމުގެ ސަބަބުން ލޮލުގެ ލޭނާރުތައް ހިލިފައިވެއެވެ. ސާފު ބޯކިރުފޮދެއްފަދަ ލޮލަށް ލޭއަރުވާލައިފައިވާފަދައެވެ. މިލީނާގެ ހިތުގައި ވޭން އެޅިއެވެ. މިއީ އޭނަގެ ކުޑަދަރިފުޅެވެ. އޭނައާއި މިޙުރާންގެ ލޯބީގެ ޤުލްޝަންގައި ފޮޅުނު ހަމައެކަނި މަލެވެ. ހިތާމައަކީ ކޮންއެއްޗެއްކަންވެސް ނާންގާ ގެންގުޅުނު ދަރިފުޅެވެ. މިއަދު އެ ހާލުގައި ދެކެން ކެތްވާނެހެއްޔެވެ؟
“މަންމާ… އަޅު… އަޅުގަނޑުގެ ދަރިފުޅު…” އެ ބަސްތައް ބުނިއެއްޗެއް މިލީނާއަށް ސާފުނުވީ އެ ބަސްތަކާއި އެކުވެގެން އިވުނު ގިސްލުމުގެ ސަބަބުންނެވެ.
“ހުއްޓާލައިފައި މަންމައާއި ވާހަކަދައްކަބަލަ ދަރިފުޅު…” މިލީނާގެ ލޮލުންވެސް ކަރުނައައެވެ. މަޔާންގެ ހިތުގައި އަޅާކޮންމެ ވޭނާއިއެކު މައިލަގޮނޑިވެސް ތެޅެމުންދަނީއެވެ.
މަޔާން އަތުލަފިކޮށްގެން ސޯފާއާއި ހަމަޔަށް މިލީނާ ގެންދިޔައެވެ. މިލީނާ ސޯފާގައި އިށީނުމާއިއެކު މާބްލްސްމަތީ އިށީދެ އެ އުނގުގައި ބޯއަޅާލިއެވެ. ހިތާމައިން ހިތްހަލާކުވަމުންދިޔައިރު އެ ޒުވާން ހިތް ބޭނުންވީ މަންމަ އަޅާލުމެވެ. ތުއްތުއިރުއްސުރެ އެ ހިތަށް އޯގާތެރިކަން ދިން އުނގަށް އޭނަގެ ކަރުނަތައް ބަންޑުންކޮށްލާށެވެ.
މަޔާން ވާހަކަދައްކަންފެށީ ލަސްލަހުން ހުއްޓަހުއްޓާފައެވެ. އޭރު އެއަޑުކުރެހިފައިވެއެވެ. ކިރިޔާ އަޑުއިވޭވަރަށް މިލީނާއަށް އެވާހަކަތައް ކިޔައިދެމުންދިޔައިރު ކޮންމެ ސިކުންތަކާއިއެކު މިލީނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މިވީހާތަނަށްވެސް މިލީނާވަނީ ކުދިންގެ ކޮންމެ ވާހަކައެއްވެސް އަހާ ހިތުން އަޑުއަހާފައެވެ. ނަމަވެސް މަޔާންގެ ވާހަކަައަޑުއަހަން އޭނަގެ ނަފްސުދެކޮޅުހެދިއެވެ. މަޔާންގެ އަތުތެރޭ އޮތް މިލީނާގެ އަތްތިލަ ދަމައިގަތެވެ.
“ހުއްޓާލާ ދަރިފުޅާ… ހިތްހުއްޓިގެން މަންމަ މަރުވެދާނެ… މަންމަމެން ދަރިފުޅަށް ދިން ތަރުބިއްޔަތުގައި ކޮން އުނިކަމެއް ހުރެގެން ކައިވެނިން ބޭރުން ޔާންގެ ދަރިއަކަށް އަންހެންކުއްޖަކު ބަލިވެ އިންނަން ޖެހުނީ…” ރުޅީގެ ބަދަލުގައި އިޔާނާގެ ނަފްސަށް ގަދަވެގަތީ ހިތާމައެވެ. އަލިފާނުގެ ކަނިތައް ނިއްވާލާހާ ކަރުނަ ބާރުގަދަވީއެވެ. މިއަދާއި ހަމައަށް ޔަޒްދާންއާއި މަޔާންއަށް ދެވުނު ތަރުބިއްޔަތާއިމެދު އޭނަ ފަހުރުވެރިވިއެވެ. ފުރަތަމަ ފަހަރަށް އޭނަގެ ޤާބިލްކަމާއިމެދު މަޔާން ސުވާލު އުފައްދައިފިއެވެ. އޭނަގެ ޒިންމާތަކަށް ފަރުވާކުޑަކުރެވުނުކަމުގެ އިޙުސާސް ކުރުވައިފިއެވެ.
މިލީނާގެ މޫނަށް ނަޒަރު ހަމަކޮށްލައިގެން އިނދެ މަޔާން ބޯހޫރައިގަތެވެ. މިލީނާގެ އަތުގައި ހިފާލިއެވެ.
“ތިހެން ނުބުނޭ މަންމާ… މަންމަގެ ތަރުބިއްޔަތަށް ގޮންޖަހާހާ ނުބައި ދަރިއެއްނޫން އަޅުގަނޑަކީ… އަޅުގަނޑުގެ ވާހަކަ މަންމަ އަޑުއައްސަވާ…” މަޔާންގެ އަޑުގައިވީ ވޭނާއި އާދޭހުން މިލީނާގެ ހިތް ވިރުވާލިއެވެ. ބަހެއް ބުނުމެއްނެތި އެދަރިފުޅުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
މަޔާންގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާއިއެކު ނޭވާލާންވެސް މިލީނާ ހަނދާންނެތުނެވެ. އެ ހަށިގަނޑަށް ލިބުނު ސިހުމާއިއެކު ކޮއްޅަށް ތެދުވީ އުނގުގެތެރޭގައި އޮތް މަޔާންވެސް ދުރަށް ލާފައެވެ. އޭނަގެ ހިތްވެސް އެންމެ ބާރުމިނުގައި ތެޅިގަތްއިރު މޭގައި އަތްހުރަސްކޮށްލަމުން މާބްލްސްތައް އިސްޖެހިފައިވާ މަޔާންއާއި ދިމާލަށް ބަލާލިއެވެ. މިލީނާގެ މުޅިއުމުރުގައި ދަރިފުޅުގެ މައްޗަށް ފެންނަމުންދިޔަ ލޯބި އެހެން ކުލައެއް އިޙްތިޔާރުކުރިއެވެ. އެދެލޮލުން ފާޅުވީ ޝަކުވާއެވެ.
*** *** *** *** *** ***
އޮޕަރޭޝަން ތިއޭޓަރުން ނެރުނުގޮތަށް ޝަލީން ވީއައިޕީ ރޫމްއަށް ބަދަލުކުރެވުނެވެ. އޭރު އިންޖެކްޝަންގެ އަސަރު ނުކެޑޭތީ ޝަލީން އޮތީ ފުން ނިންޖެއްގައެވެ. ރިހާނާ އާއި އިޔާނާ ޝަލީންގެ ގާތުގައި މަޑުކޮށްލިއިރު އަލްހާންމެން ބޭރުގައި މަޑުކޮށްލިއެވެ.
ރިހާނާ ސޯފާގައި މެގަޒިންއެއް ހުޅުވާލައިގެން އިންއިރު އިޔާނާ ހުރީ ޝަލީންގެ ބޯލާކޮޅުގައެވެ. ހުއްޓުމެއްނެތި ޝަލީންގެ ބޮލުގައި ފިރުމާލަ ފިރުމާލައި ހުރިއިރު އެލޮލުގައި ކަރުނަތައް ހިފަހެއްޓިފައިވިއެވެ. ދަރިފުޅަށްޓަކައި ހިތް ކަރުނައަޅާ ރޮނީއެވެ. އަމިއްލަ ލެއިން ކާންދީގެން ބޮޑުކުރަމުންއައި ދަރިފުޅު ބީވިކަން އިނގުމާއިއެކު އެ ދަރިފުޅުގެ ހުވަފެންތައް ވިއްސިވިހާލިވެދާނެއެވެ. ކަރުނައިގެ ސާލެއްތެރެއަށް ހުރިހާ އުފާވެރިކަމެއް ގެނބިގެން ހިނގައިދާނެއެވެ. ލޮލަށް ގިނަވި ކަރުނަތައް އަތުގެ ނުފުށުން އިޔާނާ ފުހެލިއެވެ. އެވަގުތު ޝަލީންގެ އަތުން އިޔާނާގެ އަތުގައި ހިފަހައްޓާލިއެވެ. ލޯމަތީ އެޅިފައިވާ އަތްތިރިކޮށްލަމުން އިޔާނާ ބަލާލިއިރު ޝަލީން އޮތީ އިޔާނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ސުވާލުފުރިގެންވީ ނަޒަރަކުންނެވެ.
“މަންމާ ކިހިނެތްވީ؟ ދަރިފުޅު….” އޭނަ ހޮސްޕިޓަލަށް ގެނެވުނީ ސިޑިން ވެއްޓިގެންކަން ޝަލީން ހަނދާން ހުއްޓެވެ. އެއަށްފަހު ދެންވީ ކިހިނެެތް ހެއްޔެވެ؟ ދަރިފުޅަށްވީ ކިހިނެތް ހެއްޔެވެ؟ ޝަލީންއަށް ވަގުތުން ބަނޑުގައި އަތްޖައްސާލެވުނެވެ. ބަނޑުގެ ތެރޭ މިދުވަސްކޮޅު ހަލަނިވެެެގެން އުޅޭ ދަރިފުޅުގެ އެއްވެސް ހަރަކާތެއް އިޙުސާސްއެއްނުވިއެވެ. ޝަލީންގެ ހަށިގަނޑުތެރޭ ބިރުވެރިކަމުގެ ސިގްނަލެއް ދައުރުވެލިއެވެ. މޫނުމައްޗަށް ކަންބޮޑުވުމުގެ ކުލަތައް ފެތުރިގަތެވެ.
ޝަލީން ތެދުވަން މަސައްކަތްކުރިއެވެ. އޭނަގެ ހަށިގަނޑުގައި ވޭންއަޅަމުންދިޔައިރު ދަށްބަނޑާއި ދިމާލުން ރިހުމެއް އިހުސާސްކުރެވުނެވެ. އޭނަގެ ބަނޑު ކަފާލައިފައިވާފަދައެވެ. ހެނދުމުގެ މަތިން އެ ހިސާބުގައި ޝަލީން އިނގިލިހިންގާލިއެވެ.
“މަންމާ ބުނެބަލަ… އޮޕަރޭޝަންކޮށްގެން ބޭބީ ނެގީތަ؟ އެހެންވީއިރު ކޮބާ ބޭބީ… ސިސްޓަރ ކައިރީ ބުނޭ ގެނެސްދޭށޭ…” ޝަލީން ޖުމްލައާއިއެކު އިޔާނާގެ ބަނޑިފަޅައިގެންދިޔައެވެ. އޭނަ ހުއްޓުވަމުން އައި ކަރުނަތައް އިތުރަށް ހުއްޓުވަން ނުކުޅާދަނަވީއެވެ. އޭރު ރިހާނާ ހަބަރުދީގެން އިޝާރުއާއި އަލްހާންވެސް އެތެރެއަށް ވެންނެވީއެވެ. ޝަލީންގެ އެނދާއި އިޝާރު ގާތްވެލިއިރު ރިހާނާ އިޔާނާ ގޮވައިގެން ބޭރަށް ނިކުމެއްޖެއެވެ. އެވަގުތު ރޫމްތެރެއަށް ވަދެގެންއައި ހައިޒަލް އައިސް އެނދުގެ އަނެއް ފަރާތުގައި ހުއްޓުނެވެ.
“ޝަލީ… ދަރިފުޅާ…” އިޝާރު ދަރިފުޅު މޭގައި ޖައްސަވާލައްވަމުން އެ އިސްތަށިގަނޑުގައި ފިރުމާލެއްވިއެވެ. އިޝާރު ވާހަކަދައްކަވަން ފެއްޓެވީ ދުރުދުރުންނެވެ. ނިއުމަތެއް ލިބޭފަދައިން ބައެއް ފަހަރު ބީވެގެންދާނެކަމަށް ބުނެދެއްވިއެވެ. ހުރިހާ ކަމަކާއި އެއްޗެއްގެ މައްޗަށް ބާރުފޯރުވާ ފަރާތެއްވާނޭ ކަމާއި އިންސާނުންގެ ބަލިކަށިކަމާއިއެކު ތަގުދީރާއިދެކޮޅަށް ކުރެވޭނޭ ކަމެއް ނެތްކަމަށް ވިސްނައިދެއްވިއެވެ. ކޮންމެ ފުރާނައެއްވެސް ކަނޑައެޅިގެންވާ ވަގުތު ހަމަކުރުމަށްފަހު ވެރި އިލާހުގެ ހަޞްރަތަށް ދަތުރުކުރާނެކަމަށް ބުނުއްވުމާއި އިޝާރު ބުނުއްވަން އުޅޭ ވާހަކަ ފަހުމްވެގެން ޝަލީން ރޯންފެށިއެވެ.
“ބައްޕާ… ބޭބީ.. ބޭބީ ސޭވްނުކުރެވުނީދޯ…” ޝަލީންއަށް ކަންކަން ސާފުވާންފެށިއެވެ. ޝަލީންގެ ހިތަށް ލިބުނު ވޭނުގެ ސަބަބުން ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ލޮލުގެ ތެރޭ ގައިދުކުރަން މަސައްކަތްކުރި ކަރުނަތައް އެ ކޯތާފަތް މަތިން އޮހިގަތެވެ.
“ދިރިއުޅުމުގައި އަހަރެމެން ބޭނުންވާގޮތަށް އަބަދު ކަންތަކެއްނުވާނެ… ދުނިޔޭގައި އުފާވެރިކަންވާފަދައިން ހިތާމަވެސް ވާނެކަން ހަނދާންކުރަންވާނެ ދަރިފުޅާ… މިއީ އިމްތިހާނެއް… ކެތްތެރިވޭ…” އެކަރުނަތަކުން މިއިން ދުވަހަކު އިޝާރުގެ ހިތަށް ނުކުރާވަރުގެ އަސަރެއްކުރިއިރު ވާހަކަދައްކަން ދަތިވިއެވެ.
“ނޫން…” އިރުކޮޅެއްވަންދެން ރޯންވެސް ނޭންގި ޝޮކެއްގައި އިނދެފައި ޝަލީން ރޮއެގަތެވެ. އިޝާރުގެ ގަމީހުގައި ހިފަހައްޓާލައިގެން އިންއިރު ޝަލީންގެ ރުއިމުގެ އަޑު ގަދަވަމުންދިޔައެވެ. އޭރު އަލްހާންއާއި ހައިޒަލް އެނދުކައިރީ މަޑުކޮށްލައިގެން ތިބީ އެދެބަފައިންނަށް ވަގުތުދީގެންނެވެ.
ހައިޒަލްގެ ލޯ ކަރުނުން ފުރެމުންދިޔައީ ޝަލީންގެ ހިތާމަތަށް ވަޒަންކުރެވިފައެވެ. ދަރިއަކާއި މަންމައާއި ދެެމެދު އޮންނަ ލޯބިހާ ކުލުނުން ފުރިގެންވާ ބާރުގަދަ ލޯތްބެއް ދުނިޔޭގައި ނުވާނެއެވެ. ޝަލީންގެ ހިތާމަ އޭނައަށް އިހުސާސްކުރެވެއެވެ. ދަރިންގެ ވަކިވުމަކީ މައިންބަފައިންގެ ރޫހުމަރުވާކަމަކެވެ. ހަމަ އެގޮތަށް މައިންބަފައިންގެ ވަކިވުމުންވެސްމެއެވެ. އޭނަގެ މައިންބަފައިންގެ ހަޤީގަތް އިނގިގެންދިޔައިރު ހިތުގެ އެންމެ ފުނުގައި ލަކުނު ލައްވާލިއެވެ. އޭނަގެ ހިތް މަރުވެ ދިރިހުއްޓާ ހަށިގަނޑާއި ރޫހުވަކިވިއެވެ. ހިތުގެ ވޭންތަކާއި ކަރުނަތަކުން މައިންބަފައިންގެ ލޯބީގެ ބާރުގަދަކަން އޭނާއަށް ވަޒަންކުރެވިއްޖެއެވެ.
“ހިތްވަރުކުރާތި ދަރިފުޅާ… ހައިޒަލް ހިތްވަރުގަދަވެގެން ޝަލީން ހަމަޔަކަށް އެޅޭނީ… ބައްޕައަށް އިނގޭ ދެރަވާނެކަން… ކެތްތެރިކަން އިސްކުރޭ…” ހައިޒަލްގެ ކޮނޑުގައި އަތްބާއްވާލަމުން އަލްހާން ބުނުއްވުމާއިއެކު ހައިޒަލް ބަލާލިއެވެ. އަލްހާންގެ މައްޗަށް އެލޮލުން ފެންނަ ކުލަވަރު ތަފާތުވެފައިވާކަން އަލްހާންއަށް ނަގައިގަނެވުނެވެ. ހައިޒަލް ގާތްކޮށްގެން އުޅެން އޭނައަށްވެެސް ދަތިވިއެވެ. ނަމަވެސް ބައްޕަ ނޫން ނަމަކުން ހައިޒަލް ލައްވާ ކިޔުއްވަން ހިތް ދެކޮޅުހަދައެވެ. ހައިޒަލްއަށްޓަކައި އެ ހިތުގައި ލޯބިވެއެވެ. އެހެންމީހުންގެ ކުރިމަތީ އޭނަ އެކަން ފާޅުނުކުރަނީއެވެ.
ހައިޒަލް ހުރީ އުނދަގޫވެފައެވެ. މަޔާންގެ ދައުވާގެ ސައްހަކަން ނުވަތަ ނޫންކަން ސާބިތުވުމުގެ ކުރިން އޭނަ ބަލާ ބޮޑުކުރި ބައްޕަ އަލްހާންއާއި ގުޅުމެއް ބާއްވަން އޭނަައަށް ދަތިވާނެެެއެވެ. ނަމެއް ދޭން ނޭނގެ އިހުސާސްތައް ހިތުން ބޭރުނުވާހާ ހިނދަކު ބައްޕައާއި ދިމާލަށް ބެލޭނީ ޝައްކުގެ ނަޒަަރަކުންނެވެ. މަޔާންއަކީ ދެވަނައެއްނެތް ޤާބިލް ޕްރޮސިކިއުޓަރަކަށްވިޔަސް މަޔާންއަށް ކުށްހީއެއް ކުރެވުނީކަަމަށް ވާނެނަމައެވެ. އޭނޫންގޮތަކަށް ގަބޫލުކުރާކަށް ނޭދެވެއެވެ.
*** *** *** *** *** ***
ޝަލީން ރޮއެރޮއެ ވަރުބަލިވެގެން ހުއްޓާލިގޮތަށް އެނދުގައި ކުރުގެޅިލައިގެން އޮތެވެ. އޭރު ރަތްވެ ދުޅަވެފައިވާ އެލޮލުގައި ކަރުނައިގެ އަސަރެއްނުވެއެވެ. އެކަކާއިވެސް އަނގައިން ބުނުމެއްނެތި އޮތްއިރު އޭނަގެ ނަޒަރު ސީދާކޮށްލެވިފައިވާ އެއްދިމާލަށެވެ. އިޔާނާދައްކަމުންދިޔަ ވާހަކަތައްވެސް ކަންފަތާއި ހަމަޔަކަށް ނުފޯރިއެވެ. އޭނަ ޝޮކެއްގައިވާފަދައެވެ. އެންމެ ފަހުން ޝަލީންއަށް ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ފެނުމުން ވީވަރު ފެނުމުން ކެތްތެެރިވެލައިގެން ތިބި ފިރިހެނުންނަށްވެސް ކަރުނަތައް ހިފަހައްޓާލަން ނުކުޅަދާނަވިއެވެ. ޝަލީން ހަމަޖައްސަން ހައިޒަލްއަށްވެސް އުނދަގޫވިއެވެ. އެންމެ ފަހުން ހައިޒަލް މޭގައި މޫނުފޮރުވިގޮތަށް ހިތްދަތިކަމާއި ވޭން ނޫން އެއްޗެއް އިހުސާސްނުުކުރެވި ހުރި ކުއްޖެއް ފަދައިން ޝަލީން ރޯންފެށިއެވެ. މަޑުމަޑުން ރުއިމުގެ އަޑު ކެނޑެމުންގޮސް ހަބަރު ހުސްވެގެން ޝަލީންގެ ހަށިގަނޑު ހައިޒަލްގެ އަތުގެ ތެރެއަށް ދެމުނެވެ.
*** *** *** *** *** ***
މަޔާން ދަރިފުޅުގެ މޫނުގައި ފިރުމާލަމުން އެ ކުޑަމޫނުކޮޅަށް ބޮސްދިނެވެ. އެލޮލުން އޮހިގަތް ކަރުނަތަކުން ދަރިފުޅުގެ މޫނު ތެމުނެވެ. ނުހަނު މައުސޫމް މޫނުކޮޅެކެވެ. ވަރުގަދަވެފައި ދިހުންކުލައަރާ އިސްތަށިކޮޅެކެވެ. ރަތްރަތް ތުންފަތްކޮޅެވެ. އަތާއި ފައިވެސް ރަތްކަމުން ހީނާފަތް އަޅުވާލެވިފައިވާ ފަދައެވެ. ދޮންކަމުން އިނގިލި ޖައްސާލިޔަސް އެތަނެއް ރަތްވެދާނެއެވެ. ޝަލީންގެ ހުރިހާ ރީތިކަމެއް މިލްކުކޮށްލައިގެން އޮތް ކުޑަޕަރީއެކެވެ. އެ މޫނުމަތީވީ މަލަކޫތީ އަލިކަމާއިއެކު ފުންނިންޖެއްގައިވާފަދައެވެ. ނަމަވެސް ނޭވާވަނީ ހުއްޓިފައެވެ. ފުރާނަވަނީ ހަށިގަނޑާއި ދެތަންވެފައެވެ.
“ޑެޑީގެ މިޝަލް…” މަޑުމަޑުން އެއަތުގެ ތެރެއަށް އަންހެންދަރިފުޅު ލަމުން އެ ތުއްތު ހަށިގަނޑު މަޔާންގެ މެޔާއިލައިބޮޑިކޮށްލިއެވެ. މަޑުކޯތާފަތުގައި ތުންފަތްޖައްސާލުމާއިއެކު އިހުސާސްކުރެވުނީ ފިނިކަމެވެ. އެ މޫނުން ނަޒަރުވަކިކޮށްލަން ބޭނުންނުވެފައި މަޔާންއަށް ހުރެވުނީއެވެ. އެންމެ ފަހަރަކުވެސް އެދަރިފުޅުގެ ރޯލުން އަޑުއަހާލަން އެދި އެކަމަށް އާދޭސްކުރާ ހާލުގައެވެ. އެންމެފަހަރަކު ރޯލިޔަސް މުޅިއުމުރަށް އެއަތުގެ ހިމާޔަތް ދޭނެއެވެ. މަޔާން އެތަނުގައި އެންމެ މިނެޓަކުވެސް ކެތެއްނުކުރެވުނެވެ. ދަރިފުޅު ދާނުގައި ބާއްވާލުމަށްފަހު ނިކުތުމާއިއެކު ހައިޒަލް ބޭރުގައި މަޑުކޮށްލައިގެން ހުރެފައި ގާތްވެލިއެވެ. މަޔާން ލޯފުހެފުހެ ހުރެފައި ބަލާލުމާއިއެކު ކުޑަކޮށް މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ކުރިއަށް ދެތިން ފިޔަވަޅުއަޅާލެވުނެވެ.
ކޯރިޑޯއިން ހިނގާލައިފައި އައިސް މިލީނާ އެ ހިސާބާއި އަރާހަމަވީއެވެ. އޭރު ހައިޒަލް އެދެމައިންނަށް ވަގުތުދެމުން އެއްފަރާތަކަށް ޖެހިލައިފިއެވެ.
“މަންމަ… މަންމަ ހަމަ އައީތަ؟” ކަރުނައިގެ ތެެރެއިންވެސް މަޔާންގެ ލޮލުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ފެނިލިއެވެ. ފަނޑުގޮތަކަށް ހިނިތުންވެލިއެވެ.
“މަންމަ ނައީހެއް ނުހުންނާނެއެއްނު… މަންމަގެ ފުރަތަމަ މާމަ ދަރިފުޅު…” މިލީނާ ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭނައަށް މާމަ ކިޔާނެ ދަރިއަކު ލިބުނުކަންވެސް މިއިނގުނީ އެ ދަރިފުޅު ދުނިޔެ ދޫކުރިފަހުންނެވެ. ތަންކޮޅެއްކުރިން އިނގުނަމައެވެ.
މަޔާން މިލީނާ ކައިރިކޮށްލައިގެން ހުރެ ދަރިފުޅު ބާއްވާލައިފައިވާ ރޫމްތެރެެއަށް ވަދެ ދަރިފުޅު މިލީނާގެ އަތުގެ ތެރެއަށް ލައިދިނެވެ. ފިޔާތޮށި ކުލައިގެ ރަޖާކޮޅުގެ ތެރޭ އެ ހަށިގަނޑު ފޮރުވާލެވިފައިވާއިރު ފެންނަނީ މޫނުކޮޅު އެކަންޏެވެ. ހަމަސްވެފައި އޮތަސް ތުއްތުކަމުން ފަސްމަސްވެސް ނުވާ ކުއްޖެއްފަދައެވެ.
ކަރުނުން މިލީނާގެ ލޯފުސްވީއިރު ދަރިފުޅު ދާނުގައި ބާއްވާލައިފިއެވެ. ދަރިފުޅެއް އޮތްލެއް ލޯބިކަމުން އެދަރިފުޅުގެ ފުރާނަ ހަށިގަނޑާއި ވަކިވެފައިވާކަމަށް ޤަބޫލުކުރާކަށް މިލީނާ ބޭނުމެއްނުވިއެވެ. ކޮންމެ ވަގުތަކުވެސް ލޯހުޅުވާލާނޭފަދެެއެވެ. އަތްފައި ހަރަކާތްކޮށްލާނޭ ފަދައެވެ.
“ޝަލީ ކިހިނެތް… މަންމައަށް ޝަލީއާއި ބައްދަލުކުރެވޭނެތަ؟” މިލީނާ ވާހަކަދެއްކީ ރޫމްއިން ނިކުމެފައެވެ.
“ޝަލީގެ މަންމައާއި ބައްޕަވެސް އެބައުޅުއްވާ.. އެތަނަށް ދިޔުން ރަނގަޅެއްނުވާނެ…” މަޔާން ބޯހޫރާލަމުން ދުރަށް ބަލާލިއެވެ. ޝަލީން ދެކިލަން ބޭނުންވިޔަސް އޭނައަށް ޖެހިފައިވަނީ ދުރުން އުޅޭށެވެ. އިޝާރު ހުއްޓާ އެތަނަށް ވަދެވުމަކީ ނުވާނޭކަމެކެވެ.
“ނުތަނަވަސްކަން އުފެދޭކަމެއް މިވަގުތު ނުކުރިއްޔާ ރަނގަޅުވާނީ… މަންމަ މިބުނާ އެއްޗެއް ވިސްނޭދޯ ޔާންއަށް… ދަރިފުޅަށް ޝަލީންއާއި ބައްދަލުވެއްޖެއްޔާ މަންމަގެ ސަލާމް ބުނެދެއްޗޭ… ޔާން ބައްޕަ ގާތު ނަންގަންދެން މަންމަ މިކަން ސިއްރުކޮށްދޭނަން… އެކަމް ދުވަސްނަގާވަރަކަށް މަންމައަށް މަޖުބޫރުވާނެ ބުނަން… މަންމަ ގޮސްލަނީއޭ…” އާއިލާގެ މިފަދަ އަނދިރި ސިއްރުތަކަށް މަރުހަބާނުކިޔާނެ އެކަކަށް މިލީނާވާނެއެވެ. ސިއްރުތަކުގެ ސަބަބުން އޮޅުންބޮޅުންތައް އުފެދި ގުޅުންތައް ހީނަރުވާނީއެވެ. ކަމެއް ވަންހަނާކޮށްގެން އެކަމުގެ ހަމަޖެހުން ލިބޭނީ ކުޑަދުވަސްކޮޅަކަށެވެ. ފަހުން އުފެދޭ ހައިޖާނު މާބޮޑުވާނެކަން މިލީނާ ދަނެއެވެ.
މިލީނާ މަޔާންގެ އަތުގައި ހިފާލަމުން އެ ލޮލަށް ބަލާލިއެވެ. ސިކުންތުކޮޅަކަށް އެގޮތުގައި ހުރުމަށްފަހު ލަސްލަހުން އެއަތުން ދޫކޮށްލުމަށްފަހު މިލީނާ ދާން ހިނގައިގަތެވެ.
*** *** *** *** *** ***
މަޑުމަޑުން ގަބުރާސްތާން ތެރެއިން މީހުން މަދުވަމުންދިޔައެވެ. އެންމެފަހަށް ތިބި މީހުން ނިކުމެގެންދިޔުމާއިއެކު މަޔާންގެ ކޮނޑުގައި އަތްއަޅުވާ ގާތްކޮށްލައިގެން ހުރެ ގަދަކަމުން ކަހަލަގޮތަކަށް މަޔާން ގޮވައިގެން ހައިޒަލް ގަބުރުސްތާނުން ނިކުތެވެ. މަޔާންގެ އަމަލްތައް ހުރިގޮތުން އެެހެން މީހަކަށް ކަމެއް ނަގައިގަނެވިދާނެއަތީ ހައިޒަލް ހުރީ ފުދޭވަރަކަށް ހާސްވެފައެވެ. އެހެންކަމަކަށް ސަމާލުކަންދޭހާ ހިތްވަރު އެކަކުގެވެސް ނެތްކަމީ ނަސީބެވެ.
އެންމެހެން ނިކުމެ ގަބުރުސްތާންތެރެ ފަޅުވެގެންދިޔައިރު އެތަނުން ނިކުތުމުގެ ހިޔާލެއް ނެތީ ޝަޔަމްގެއެވެ. އިރުކޮޅެއްކުރިން ވަޅުލެވުނު ޝަލީންގެ ދަރިފުޅުގެ މަހާނަ ކައިރީ ހުރެފައި ޝަޔަމް ޖީބަށް އަތްޖަހާލައިގެން ހުރެ މަހާނަތަކުގެ މެދުން ހިނގާފައި ދިޔައެވެ. ބިޔަ ގަސްތަކުގެ ހިޔާ މުޅި ހިސާބަށް އަޅާފައިވެއެވެ. މަހާނަތައް މަތިން ހުދުވެލިތައް ކެހި ދުވެފައިވާ ފެހި ވެޔޮތަކުން މުޅިތަން ފެހިކޮށްލައިފައިވެއެވެ. އެތަނަށް ވެރިވެފައިވާ އާދަޔާ ހިލާފު ހިމޭންކަމުގެ ތެރޭ ގަހެއްގެ ފަތެއްވެސް ހަަރަކާތްކޮށްނުލައެވެ. މިއީ އިންސާނުންގެ ހިތަށް އެންމެ ތަދުކުރުވާ އެއް މަންޒިލެވެ. ދުނިޔެއާއިވަކިވެގެން ލޯބިވާމީހުން އަބަދަށްޓަކައި ނިދާފައިވާ ބިމެވެ.
ޝަަޔަމް މަޑުކޮށްލީ އިޒާގެ މަހާނަ ކައިރީގައެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ސްކްނީގައި ޝަޔަމް ހިތާމައިގެ ތަސްވީރެއްފަދައެވެ. އެދެލޮލުން ފާޅުވޭވޭ ހުރި ރިހުން ހުރީ ހާމައަށެވެ. އޭނަ އިޒާގެ މަހާނަ ގަލުގައި އަތް ޖައްސާލިއެވެ.
“އިޒް.. އިނގޭ ގޮވާލިޔަސް އަޑުނީވޭހާ ދުރުގައިކަން މިއަދު ތިވަނީ… ޖަވާބެއްނުދެވޭނެކަން… އަހަންނަށް މައާފުކޮށްދެއްޗޭ… އަހަންނަށް އިޒްއަށް ރައްކާތެރިކަމެއް ނުދެވުނު… އެހެންނޫންނަމަ އިޒް މިއަދި ހުރީހީ އަހަރެންގެ ގާތުގައި… އަހަރެން އަދިވެސް ވަރަށް ލޯބިވޭ… އިޒް ތިދިޔައީ އަހަރެންގެ ހިތް ހިފައިގެން…” ޝަޔަމް އިޒާގެ މަހާނައިގެ އަތްޖައްސައިލައިގެން ހުރިއިރު އެލޮލުގެ ތެރެއިން ކަރުނައިގެ އަސަރު ފާޅުވިއެވެ. އެތައްދުވަހެއްފަހުން މާޒީގެ ހިތި ހަނދާންތައް ހިިތުގައިވާ ޒަޚަމްތަކުގައި އިތުރަށް ރޯކޮށްލައިފިއެވެ. މުޅި ދުނިޔެއާއިދެކޮޅަށް އިޒާ އެއަތުގެ ތެރެއަށް އައެެވެ. ނަމަވެސް ވަގުތު ދުޝްމިނެއްފަދައިން އެ ލޯތްބަށް ހުރަސްއެޅީއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ ދުނިޔެ އެފުށްމިފުށަށް ޖަހާލިއެވެ.
ޝަޔަމް އިޒާގެ މަހާނައަށް ނަޒަރު ހުސްކޮށްލައިގެން ހުރިއިރު މާޒިވި ދުވަސްތަކުގެ ހަނދާންތައް އާވިއެެވެ. އިޒާގެ ލުއި ލުއި ހުނުމުގެ އަޑު ދުވަހަކު ކަންފަތުން ކެނޑިގެންނުދާނެހެން ހީވިއެވެ. އެ ރީތި މޫނު ލޯމައްޗަށް ސިފަވާ ކޮންމެ ވަގުތަކު އިޒާ ހޯދުމަށް ބޭގަރާރުހިތް އެ ހިތް ތެޅިފޮޅިގަނެއެވެ. ޝަޔަމްގެ ހަނދާނަށް އިޒާގެ ފަހުދުވަސްތައް އައީ ނުހަނު ބޮޑަށް ފެވިގެންނެވެ. ހިނދުކޮޅަކަށް އޭނާގެ ސިކުނޑި އެދުވަސްތަކަށް ދަތުރުކުރިއެވެ.
*** *** *** *** *** ***
މަގަށް ވެރިވެފައިވާ އަލިކަން ގަދަކޮށްދެނީ ގަނޑުވަރެއްފަދަ މިޑޯވިއުގެ ގޭޓްގެ ތޭރިތަކުން މަގުމައްޗަށް ވެރިވެފައިވާ އަލިކަމުންނެވެ. ގޭވަށައުގެން ކޮޅަށް ޖަހާފައިވާ ވަރުގަދަ ފާރުގެ ބޭރަށް ބިޔަގަސްތައް ބޯދިއްކޮށްލައިގެން ތިއްބެވެ. ގޭގެ އަލިކަން އެހިސާބަށް ފޯރާ ފަތްތަކުގައި ބޮސްދެމުންދިޔައެވެ. މަގުގައި ހިފާލައިފައިވަނީ އެ ބަގީޗާގައި ފޮޅެމުންދާ މާމެލާމެލީގެ ހިތްދަމައިގަންނަ ލުއިލުއި ވަހެވެ.
އަޅިކުލައިގެ ބީއެމްޑަބްލިއު ކާރު ކަޅުކުލައިގެ ދޮރާއްޓާއި އަރާ ހަމަވުމާއިއެކު ނިދިޖެހިފައި އިނދެވެސް އެ ގަނޑުވަރެއްފަދަ ގޭގެ ދޮރުފާރަވެރިޔާ ގޭޓް ހުޅުވާލަދިނެވެ. ގޭޓްއިން ފެށިގެން ގަރާޖްއަށް ދާން ހަނދާފައިވާ ލޯވްންމަތިން ލާފައި ގޮސް ކާރު ހުއްޓާލީ މައިގެއާއި ތަންކޮޅެއް ދުރަށެވެ. ކާރުގެ ޑްރައިވަރ ސީޓްއިން ޝަޔަމް ފޭބިގޮތަށް ކާރު ވަށާލައިފައި އައިސް އަނެއް ފަރާތު ދޮރު ހުޅުވާލިއެވެ. ޕަސެންޖަރ ސީޓްގައި އިން އަންހެންކުއްޖާގެ އަތުގައި ހިފާ ކާރުން ބޭލުވިއިރު އެ ކުއްޖާ ވަށައިގެން ނަޒަރު ހިންގާލީއެވެ. އެއާއިއެކު އެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ.
“އިޒް…” ޝަޔަމްގެ އަތްތިލަ އިޒާގެ އަތާއި ލާމެހުނުއިރު ނުހަނު ލޯބިން ގޮވާލިއެވެ. އެއާއިއެކު އިޒާ ޝަޔަމްއާއި ދިމާލަށް ބަލާލިގޮތަށް ޝަޔަމްގެ އަަތުގެ ތެރޭގައި އޮތް އަތަށް ބާރުކޮށްލިއެވެ. ދުވަހަކުވެސް ލޮލުން ނުދެކޭހާ މުއްސަނދިކަން ފެނި އޭނަ ޖެހިލުންވެއްޖެއެވެ. މިތަނާއި އޭނަ އެކަށީގެންނެއްނުވެއެވެ. އޭނަ ބޭނުންވަނީ އެނބުރިދާށެވެ.
“ބޭކާރު ހިޔާލުތަކުން ތިސިކުނޑި ހާސްނުކޮށްބަލަ… އަަހަންނާއި އެންމެ އެކަށީގެންވާ ކުއްޖަކީ ތިއީއޭ… ހާސްނުވާތި އިނގޭ… އަހަރެން މިހުރީނު… ކޮންމެގޮތަކަށް ކަންތައްވިޔަސް މިއަތުން ދޫކޮށްނުލާތި…” އިޒާގެ މަޑު އަޅިކުލައިގެ ކަޅީގެ ތެެރެއަށް ފޭދިގެންދިޔަ ކުލަތައް ތަރުޖަމާކުރަމުން ޝަޔަމް ވާހަކަ ދެއްކިއެވެ. އިޒާ ހައިރާންކޮށްލުމަށްފަހު އެ ހިތުގައިވާ ކަންބޮޑުވުން ޝަޔަމް ނަގައިގަތީއެވެ. ނުހަނު ލޯބިން އިޒާގެ މޫނުގައި ފިރުމާލަމުން ލާމެހިފައިވާ އަތުގައި އަނެއްއަތުން ހިފަހައްޓާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަކޮށްލި ވަގުތުކޮޅަކަށްފަހު ދެޒުވާނުން އެކީ ދުރުން ފެންނަން ހުރި ހައިބަތު ބޮޑުގެއާއި ދިމާލަށް ހިނގައިގަތެވެ.
ސީލިންގުގައިވާ ބޮޑު ޗާންދަލިއާގެ އަލިން މުޅި ލިވިންރޫމް ތަރިއެއްފަދައިން ދިއްލާލެވިފައިވެއެވެ. ހުދުކުލައިގެ ސޯފާތަކުގައި މިޑޯވިއުއާއި ރޯޒް އާއިލާގެ އިސްވެރިން ތިއްބެވިއިރު ކުރިއަށް ރޭވެމުންދާ ކައިވެންޏާއި ބެހޭގޮތުން މަޝްވަރާކުރެވެމުންދިޔައެވެ. އެވާހަކަތަކުން ހިސާބަކަށް ބާކީވެފައި ތިބީ ޝަލީންއާއި ލައިޝާއެވެ. އެދެކުދިން އަމިއްލަ ވާހަކަތަކެއްގައި މަސްއޫލުވެގެން ތިބިއިރު ލައިޝާއަށް އިރުއިރުކޮޅުން ދޮރާއިދިމާލަށް ބަލާލެވުނީ އޭނަ އިންތިޒާރުކުރަމުންދާ ސޫރަ އަދިވެސް ދައްކާނުލާތީއެވެ. ޝަލީންއާއި ވާހަކަދައްކަން އިނދެފައި ލައިޝާއަށް ދޮރާއި ދިމާލަށް ބަލާލެވުނުވަގުތު ޝަޔަމް ފައްތަރުތަކުން ލާފައި އައިސް ދޮރުގެ ކުރިމައްޗަށް ހުއްޓުނެވެ. ލައިޝާގެ ހިތުގައި ފޮނި ފޮނި ރާގެއް ކުޅެވެމުންދިޔުމާއިއެކު ކެތްތެރިކަން ކުޑަވެފައިހުރެ ސޯފާއިން ތެދުވެވުނެވެ. ޝަޔަމްގެ މޫނަށް ނަޒަރު ހުއްޓާލިވަގުތުކޮޅު ޝަޔަމް ފަހަތުން ނިކުތް އަންހެންކުއްޖާ ފެނިފައި ލައިޝާގެ ތުންފަތްމަތީވި ހިނިތުންވުން ވަގުތުން ފޭދުނެވެ. އޭރު ޝަޔަމްގެ ހިލަންވެގެން އިޔާނާމެން ބަލާލިގޮތަށް އެންމެންގެ ނަޒަރުގެ އަމާޒުފަތްގަނޑަކަށްވެފައިވީ އެ އަންހެންކުއްޖާގެ މޫނެވެ. ހައިރާންކަމުން ފުރިގެންވާ ނަޒަރުތަކާއި ތޫނު ލޮލެއްގެ ކަޅިއެޅުން އެ މޫނަށް ހުއްޓުނެވެ.
އެންމެންގެ ނަޒަރު ހުއްޓެމުންދިޔަގޮތުން މޫނަށް ފާއްދާލި ލަދުވެތިކަމުގެ ކުލައާއިއެކު ޝަޔަމްގެ ފަހަތަށްވަދެ ނިވާވާން އިޒާ މަސައްކަތްކުރިއެވެ. އެއާއިއެކު އެއަތުގެ ތެރޭ އޮތް އިޒާގެ އަތުގައި ހިފާ ފިއްތާލަމުން ޝަޔަމް ކުރިއަށް ފިޔަވަޅުތައް ނަަގަންފެށިއެވެ. އޭނަގެ ފިޔަވަޅުތައް މެދުކެނޑުނީ ރަސަލްއާއިއެކު ސޯފާގައި އިންނެވި އިޝާރުއާއި އަރާހަމަވެފައެވެ.
“އިޒާ… މީ އަހަރެންގެ މަންމައާއި ބައްޕަ…” އިޔާނާއާއި އިޝާރުއަށް އިޝާރާތްކުރަމުން ޝަޔަމް އިޒާއަށް ބުނެދިނެވެ. އޭރު ރުޅިންގޮސް ހަށިގަނޑު ތުރުތުރުލަމުންދިޔަ އިޝާރު ދުރުބަލަހައްޓައިގެން އިންނެވިއިރު ރަސަލްގެ ދެމަފިރިން ތިބީ ވާނުވާ ނޭނގިފައެވެ. ވީނާގެ މޫނު ވަކީން ބަނައެވެ.
“މަންމާ… ބައްޕާ… އިޒާ.. މިއީ… އަޅުގަނޑު ކައިވެނިކުރަން އުޅޭ ކުުއްޖާ…” ޝަޔަމް ކިތަންމެ ހަމަޖެހިލައިފައި ބުނެލިނަމަވެސް އެ ޖުމްލާއިއެކު މިޑޯވިއުއަށް ނަގޫރޯޅިއެއް އެރިއެވެ. އެންމެން މޫނު ހަދާލިގޮތުން ޝަޔަމްއަށް ބިރުގަންނަ އެއްޗެކޭ ބުނެވުނުފަދައެވެ.
“ކީކޭ…” ހިތި ހަބަރެއް ކެވުނުފަދައިން އިޝާރުގެ އަނގަޔަށްގޮތެއް ހަދާލެވުނެވެ.
“ޝަޔަމް ކީކޭ ތިކިޔަނީ… ޝަޔަމްގެ ކައިވެނި ހަމަޖެހިފައިވަނީ ލައިޝާއަކާއިނޫންތަ؟ ކީއްވެ އެހެން އަންހެންކުއްޖަކު މިދެމެދަށް އަންނަންވީ…” ސޯފާއިން ތެދުވިގޮތަށް ގަނބުއަރާފައިހުރި ލައިޝާގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތިކިތައް ފެނުމާއިއެކު ރަސަލްއަށް ހިނދުކޮޅަކަށްވެސް ރުޅި މައިތިރިއެއް ނުކުރެވުނެވެ. މިހިސާބަށްއައުމަށްފަހު މިގޮތަށްކަންތައްވެގެންދިޔުމުން ދެރަވެ ލަދުގަންނާނީ ލައިޝާއެވެ. ހުރިހާ ނިކަމެތިކަމެއް ލިބޭނީ އޭނަގެ މަލެއްފަދަ ދަރިފުޅަށެވެ. އެ ހިޔާލުުތައް ރަސަލްގެ އެތެރެހަށީގައި ހިނގަމުންދާ ލޭ ހޫނުކުރުވިއެވެ.
“އަންކަލް އަޅުގަނޑަށް މައާފުކޮށްދެއްވާ.. މިއީ އަޅުގަނޑު ބޭނުންވެގެން ރޭވޭ ކައިވެންޏެެއްނޫން… އަޅުގަނޑު ބޭނުމެއްނޫން ލައިޝާއާއި ކައިވެނިކުރާކަށް…” ޝަޔަމް ސަބަބުން ލިވިންރޫމްއަށް ވެރިވި ނުތަނަވަސްކަން ކެނޑިގެންނުދަނީސް ހޫނުވަމުންދިޔަ މާހައުލަށް ޝަޔަމް އަނެއް ބޮން އެއްލިއެވެ. ކެތްތެރިކަން ކޮޅުންލީ އިޝާރު މެހެމާނުންގެ ކުރިމަތީ އަޑުއިސްކުރެއްވިއެވެ. އޭރު ތަނުގައި ހުޅުހިފައިފާނެއަތީ އިޔާނާއަށް އިނދެވުނީ އެއްޗެއް ބުނަން ނުކެރިފައެވެ. ޝަލީންގެ ދެލޯވެސްވީ ބޮޑުވެފައެވެ.
“ކީކޭ.. އަދި ކިރިޔާތަ ކައިވެނިކުރަން ބޭނުންނުވާކަން އިނގުނީ… މިކަންތައް މިހިސާބަށް އައުމަށްފަހު…” ރަސަލް ޝަޔަމްގެ މޫނުގައި ޖަހަން އަތްއުފުލާލުމަށްފަހުވެސް ދެކޮޅަށް ހިނގަންފެށިއެވެ. އިޒާ ވަގުތުން ޝަޔަމްގެ އަތުގައި ހިފާ ފަހަތަށް ދަމަންފެށިއެވެ. އެވަގުތު ޝަޔަމް އިޒާއަށް ބަލާލަމުން ބޯހޫރާލިއެވެ.
“އެއްއިރެއްގައިވެސް އަޅުގަނޑު ބޭނުމެއްނުވޭ ލައިޝާއާއި ކައިވެނިކުރާކަށް… ބައްޕައަށްވެސް އިނގިލައްވާނެ…” ޝަޔަމްގެ ދުލުން ތަކުރާރުވެގެން ނިކުތް ޖުމްލަތަކާއިއެކު ލައިޝާގެ ހިތް ފޮތިފޮތިވީފަދައެވެ. އުމުރުގައިވެސް އެލޮލުން ނުއޮހޮރޭހާ ގިނަ ކަރުނަތައް އެއްފަހަރާއި ކޯތާފަތް މައްޗަށް ބަންޑުވެގަތްއިރު ލައިޝާ ދުވެލައިފައި އައިސް ރަސަލްގެ އަތުގެތެރެއަށް ވަދެގަތެވެ.
“ބައްޕާ…” ލައިޝާގެ ރޯލަރޯލައިހުރެފައި ގޮވަލީއިރު ރަަސަލްގެ މޭފިތުނުފަދައެވެ. އޭނަގެ ދަރިފުޅު އެހާ ދެރަވެގެން އަދި މިހާތަނަށްވެސް އޭނައަށް ގޮވާނުލާތާގައި ބަހެއް ބުނެފައިވެސް ނުވެއެވެ. ބައެއްގެ ނުބައިކަމުން އެދަރިފުޅުގެ އޮމާން ހިތުގައި ކޫރުމެއް އަޅުވާލައިފިއެވެ. ދުވަހަކު ފިލައިގެންނުދާނޭ ހިތާމަތަކުން އެ ފަސްބައި ފުރާލައިފިއެވެ.
“ކޮންފަދަ ނުބައިމީހެއް ކަލެއަކީ… އޮޅުވާލުމެއްގައި ބަހައްޓައިގެން އަހަރެމެން މިހިސާބަށް ގެންނަން ކަލެއަށް ކެރުނުކަން… ވީނާ ހިނގާދަމާ… މިތާގައި އެންމެވަގުތަކުވެސް އަހަރެމެން ލައި ބަހައްޓާނޭކަމެއްނެތް…” ރަސަލް އިޝާރުއާއިކުރިމަތިލިއެވެ. ރުޅިއާއި ހިތާމަ އެކުވެގެން އޭނަގެ ހަމަހޭވެެރިކަން ގެއްލި އިޝާރުގެ މޫނުމަތީ އަތްހިންގާލަން ބޭނުންވެފައި ހުއްޓަސް ރަސަލް ކެތްތެެރިވެލީ ދަރިފުޅަށްޓަކައެވެ. އެދެމެދުގައި ހިނގާ ހަނގުރާމައަކުން އެހިތަށް ވޭނެއް ލިބިދާނެއަތީ ރަސަލް ބެލީ އެތަނުން ދެވޭތޯއެވެ.
“ލައިއަށް ހުރިހާކަމެއްވެސް އިނގޭނެ… އިނގިހުރެ އަހަންނާއި ކައިވެނިކުރަން ލައިޝާ އެއްބަސްވީ…” ޝަޔަމްގެ އަޑުގައިވީ ރުޅިވެރިކަމެވެ. މިހުރިހާކަމެއް މިހިސާބަށް އައުމުގެ ސަބަބަކީ ލައިޝާގެ އަމިއްލަ އެދުންބޮޑުކަމެވެ. ފުރާވަރުންސުރެ އޭނައާއި ލައިޝާގެ ކައިވެނިި ހަމަޖެހިފައިވިޔަސް އޭނަ ލައިޝާއާއި ދެމެދު ދެކެމުންދިޔައީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. އޭނައާއި މެދު ތަފާތު ނަޒަރަކުންދެކި ގުޅުމެއް ބަދަހިކުރަން މަސައްކަތްކުރީ ލައިޝާއެވެ. އޭނަގެ ދުވަސްވީ އެކުވެރިކަމުގެ އަގު ލައިޝާ ވަޒަނެއްނުކުރިއެވެ. އޭނަގެ އެދުމުގައި ކޮޅުފައިންޖަހާފައި ކައިވެންޏަށް އެއްބަސްވީއެވެ.
“ހުއްޓާލާ… އަދިވެސް ލައިޝާއަށް ދެވުނު ހިތާމަ ކުޑަވެގެންތަ ފަޞީހަތްތިކުރަނީ… ލައިޝާފަދަ ކުއްޖެއް ދުވަހަކު ޝަޔަމަކަށް ނުލިބޭނެ… މާލެތެރެއަށް ބަދުނާމްވެފައި ހުރި ކުއްޖަކު ވަރެއް ނެތިގެން.. އަދި ފަހުން ހިތާމަކުރާނެ…” ލައިޝާގެ އެއަތުގައި ހިފަހައްޓާލައިގެން ހުރެ ދޮރާއިދިމާލަށް ދިޔަ ވީނާ ހަޅޭލަވައިގަތެވެ. އޭނައަކީ މިހާތަނަށްވެސް މީހެއްގެ ކުރިމަތީ އިސްޖަހާލި ޖަހާލި މީހެއްނޫނެވެ. މިއަދު ނުހަނު ބޮޑަށް ލަދުގަނެ، އިސްތިރިކޮށްލަން ޖެހިއްޖެއެވެ. އެކަމުގެ ބަދަލު އޭނަ އަދި ހިފާނެއެވެ.
ރަސަލްގެ އާއިލާ ނިކުމެގެންދިޔުމާއިިއެކު އިޝާރުގެ އަތުގެ ހޫނުހަމަލާ ޝަޔަމްގެ ކޯތާފަތްމައްޗަށް އެރިއެވެ. ދެވަނަ އެތިފަހަރާއި ތިންވަނަ އެތިފަހަރު އަރައިގެންދިޔައިރު އިޔާނާ އެދެމެދަށް ވަދެގަތެވެ. އަނިޔާވީ އިޔާނާއަށެވެ. އިޝާރު ހުރީ އަމިއްލަ އަންހެނުންނަށްވެސް ބެލޭ ހާލެއްގައެއްނޫނެވެ. އިޔާނާގެ ދެއަތުގައި ހިފިގޮތަށް ސޯފާއަށް ގަންނަވާލިއެވެ.
“ނުބައި ނުލަފާ ދަރި… ރަސަަލްގެ ކުރިމަތީ އަހަރެން މުޅިން ބަދުނާމްކޮށްފިއޭ… ލޮލުގެ ކޮއެހެން ބަލާބޮޑުކުރީމަ އެކަމުގެ އަގުދޭން އިނގުނު ގޮތަކީ ތިއީތަ؟” އިޝާރު ހުރީ ނުހަނުބޮޑަށް ރުޅިދުރުވެފައެވެ. ޝަޔަމްގެ ސަބަބުން ރަސަލްގެ ކުރިމަތީ އޭނަގެ އަގު ވެއްޔާއި މޮޑެވިގެން ހިނގައްޖެއެވެ. ދެން ރަސަލްގެ ކުރިމަތީ އިސްއުފުލާލަން ނުކެރޭވަރު ޝަޔަމްކޮށްފިއެވެ.
“ބައްޕަމެންގެ ލޯބީގެ އަގު އަޅުގަނޑު ދޭންވީ ލޯބިނުވާފަރާތަކާއި ކައިވެނިކޮށް ދިރިއުޅުން ހަލާކުކޮށްލައިގެންތޯ… ބައްޕާ އާދޭސްކުރަން… އަޅުގަނޑު ބޭނުންވާ ފަރާތަކާއިއެކު ވިޔަދީ… އަޅުގަނޑަށް މަޖުބޫރުނުކުރޭ….” ޝަޔަމް ބައްޕައަށް ކުރާ އިޙްތިރާމާއިއެކުވެސް އަމިއްލަ ގޮތުގައި ހިފަހައްޓަމުން ބައްޕަަައަށް އާދޭސްކުރިއެވެ. އޭނަގެ ދިރިއުޅުމުގެ ހުންގާނަކީ އޭނަގެ އަތްމަތީގައި އޮންނަން ޖެހޭނޭ އެއްޗެކެވެ. އޭނަގެ ދިރިއުޅުމަށް ބައްޕަ ނުފޫޒު ފޯރުވުމަކީ އިންސާފެއްނޫނެވެ. ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގެ އިހްތިޔާރު އޭނައަށް އޮންނަން ޖެހޭނެއެވެ.
“އަހަންނަށް ކޮށްދެވުނުކަންތައް މަދުވެގެންތަ އެ އަންހެންކުއްޖާއަށްޓަކައި ޖަދަލުން ފަށާފައި ތިހުރީ… ލަދެއް ނުގަނޭތަ؟” އިޝާރުގެ އަތް މުށްކެވިގެންދިޔައިރު ދަރިފުޅުގެ މިސިފަ ގަބޫލުނުކުރެވިފައިހުރެ ހަޅޭލަވައިގެންނެވިއެވެ.
“ހައްޤު ހޯދަން ވަކާލާތުކުރަން ދަސްކޮށްދެއްވީ ބައްޕަ… މިހާތަނަށްވެސް ބައްޕަގެ ކޮންމެ ނިންމުމަކާއި އަޅުގަނޑު ރުހުނިން… މިއަދު ދެކޮޅުމިހަދަނީ ސަބަބެއް އޮވެގެން… އިނގިހުރެ ހަޔާތް އަނދިރީގެ ތެރެއަށް އެއްލާލަކަށް އަޅުގަނޑަކަށް ނުރުހެވޭނެ… ބައްޕާ އާދޭސްކުރަން އެންމެ ފަހަރަކުވެސް އަޅުގަނޑުގެ ވާހަކައައްސަވާ… އަޅުގަނޑު މިކުރަން އުޅޭކަންތަކަށް ރުހުންދެއްވާ…” އިޝާރުގެ ކުރިމަތީ ބަހެއްވެސް ނުބުނާ ޝަޔަމްއަށް މިއަދު ވާހަކަދެއްކުނީ އެއްވެސް ޖެހިލުމެއްނެތިއެވެ. އެވާހަކަތައް އަޑުއައްސަވަންހުރެފައި އިޝާރު ޝަޔަމްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އޭރު ސޯފާގައި ޝަލީން މެޔާލައިި ބޮޑިކޮށްލައިގެން އިޔާނާ އިނީ ރޯލަރޯލައެވެ. ދަރިފުޅަށްޓަކައި ކޮށްދެވޭނެކަމެއް ނެތިފައެވެ.
“ބައްޕާ އާދޭސްކުރަން.. ދިރިއުޅުމުގެ އެންމެ މުހިންމު ނިންމުން ނިންމާނޭ ފުރުސަތު އަޅުގަނޑަށްދީ… އިޒާއާއި ކައިވެނިކުރުމުގެ ހުއްދަ ދީ…” ބިރުން ރޫރޫއަޅަމުންދާ އިޒާގެ ހަށިގަނޑު ގަޔާއި ކައިރިކޮށްލަމުން ޝަޔަމް އެދުނުއިރު އެއަޑުގައިވީ އާދޭހެވެ. އިޝާރު ދަތްކުނޑި ވިކާލެއްވިއެވެ.
“ރުހުމޭ… ދުވަހަކު ނުލިބޭނެ… އަހަރެންގެ ފުރާނަ ހުރެގެން ދުވަހަކު ޤަބޫލުނުވާނަން…. މުޅި މާލެތެރެއަށް ބަދުނާމްވެފައި ހުރިކުއްޖަކަށް ޝަޔަމް ދިނުމަށްވުރެ އަމިއްލަ އަތުން މަރާލިޔަސް ހިތަށް ފަސޭހަވާނެ…” ހަރުކަށިގޮތަކަށް އިޝާރު އިއްވާލެއްވިއެވެ. ދަރިފުޅުގެ އުފަލުގެ މައްޗަށް އަމިއްލަ ބޮޑާކަމާއި އެދުން އިސްކުރީއެވެ. އެޖުމްލަތަކުން ބައްޕައަށްޓަކައި އެ ހިތުގައިވާ ޤަދަރާއި އިހްތިރާމް މުޅިންހެން ޝަޔަމްގެ ހިތުން ނެތިގެންދިޔައެވެ.
“ބައްޕާ… އެއީ އިޒާގެ ކުށެއް ނޫނޭ… އެންމެ ރަނގަޅު… ގޮތްދޫނުކުރައްވަން ބައްޕަ ހުންނަވާ… ބައްޕަގެ ނުރުހުމާއިއެކުވެސް އިޒާ އަޅުގަނޑުގެ އަނތްބަކަށް ހަދާނަން…” އިޒާގެ އަތުގެ ތެރޭވީ އަތަށް ވާންކޮށްލަމުން ޝަޔަމް ބުނެލިއިރު އެއަޑުގައިވީ ސާބިތުކަމެވެ. ބައްޕަގެ ގޮތްދޫނުކުރެއްވުމާއި ކަމެއް ހާސިލްކުރުމަށްޓަކައި ކޮންމެ ދަރަޖައަކަށް ވެއްޓެން ހުންނަ ހިތްވަރު އޭނައަށް ލިބިފައިވާކަން އޭނަ ސާބިތުކޮށްދޭނެެއެވެ.
“ޙަބަރުދާރު ތިކަން ކުރުމަށްފަހު އަހަރެންގެ ޝަޔަމް ކިޔާ ދަރިއަކު ނުހުންނާނެ…” އެ ބަސްތަކުން ޝަޔަމް ލިބިގެން އުޅޭ ހިތްވަރު ކެނޑި ބަލިގަބޫލުކުރާނެކަމަށް އިޝާރު ޔަގީންކުރެއްވިއެވެ. ޝަޔަމް ދެލޯމަރާލަމުން ފުންނޭވާއެއްދޫކޮށްލިއެވެ. ބައްޕަގެ ހިތުގައިވީ ހުރިހާ ރަހުމެއް ފިލުވާލައި އެންމެ ޖުމްލައަކުން ހުރިހާ ގުޅުމެއް ކަނޑާލިއިރު އޭނަ ފަސްއެނބުރިބަލަންވީ ސަބަބެއްނެތެވެ.
“އެންމެރަނގަޅު… ބައްޕަގެ އަތްދަށުގައި އުފަލެއް ނުލިބިހުރުމަށްވުރެ ތިގޮތްވެސް ރަނގަޅުވާނެ… މުދަލާއި ފައިސާއަކީ އަޅުގަނޑު ބޭނުންވާ އެއްޗެއް ނޫން… އިޒާ އަޅުގަނޑާއި ހުރިއްޔާ އަޅުގަނޑަށް ފުދޭ.. މިހުރިހާ ފައިސާއަކާއި މުއްސަނދިކަން ދޫކޮށް އަޅުގަނޑު މިދަނީ އަޅުގަނޑަށް މައާފުކޮށް ދެއްވާތި…” ސޯފާގައި އިން އިޔާނާއާއި ނަޒަރު ހަމަކޮށްލަމުން ޝަޔަމް ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު ލޯކުރިމަތިން ނިއުޅެމުންދާ މަންޒަރުން ސިކުނޑިއަށް ކުރި އަސަރުން އިޔާނާއިނީ ގުޑިވެސް ނުލައެވެ. ޝަޔަމް ގޮސް ދޮރާއިހަމަވުމާއިއެކު އިޔާނާ ރޮއެގަންނަމުންގޮސް ދަރިފުުޅުގެ ހަށިގަނޑުގައި ހިފައިގަތެވެ. ޝަލީންވެސް އިނީ ލޯފުރާލައިގެންނެވެ. އޭނަގެ ލޯބިވާ ދޮންބެ އޭނައާއި އާއިލާއާއި ވަކިވަނީ ހެއްުޔެވެ؟
“ދަރިފުޅާ ހެޔޮނުވާނެ… އާދޭސްކޮށްފައި މިބުނަނީ މަންމަ ދޫކޮށްފައި ނުދޭ… މިގެއާއި ވަކިވެގެން ނުދޭ… މަންމަގެ ހިތްހުއްޓިދާނެ…” އިޔާނާ ރޮމުންރޮމުން ޝަޔަމްގެ ފައިބުނޑަށް ތިރިވިއެވެ. އޭނާގެ ލަގޮނޑި ފިސްފިސްވަނީއެވެ. މިއީ އޭނަ ވޭނާއި ރިހުން އިހުސާސްކޮށް ދުނިޔެއަށް އުފަންކުރި ފުރާނައެވެ. ބޮޑުވެ ފުރާފުރިހަމަވިޔަސް އެގޮތަށް ދޫކޮށްލަން ކެތްކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ މިއީ އޭނައަށް ކެތްކުރެވޭނޭކަމެއްނޫނެވެ.
“މަންމާ އަޅުގަނޑު މިޑޯވިއުއާއި ދުރަށްދިޔަސް މަންމަގެ ދަރިއަކަށް ނޫނީ ނުވާނެ… މަންމައަށްޓަކައި އަޅުގަނޑު އަބަދުވެސް ހުންނާނަން.. މަންމައާއި ޝަލީކޮއްކޮއާއި ބައްދަލުނުކޮށެއް ނުހުންނާނަން…” ޝަޔަމް އިޒާގެ އަތުން ދޫކޮށްލިގޮތަށް މާބްލްސް މައްޗަށް ތިރިވެ އިޔާނާ ގެނެސް މޭގައި ޖައްސާލިއެވެ. އެ ބޮލުގައި ދަތްދޮޅި ޖައްސާލިއިރު ޝަޔަމްގެ ލޮލުން ކަރުނައެވެ. މިއީ އޭނަގެ މުޅި ދުނިޔެއެވެ. ދުނިޔެއިންވެސް އެންމެ ލޯބިވާ ފަރާތެވެ.
“މިގެއިން ނިކުތުމާއިއެކު މިގެއާއި ގޭގައި އުޅޭމީހުންނާއިވެސް ހުރިހާ ގުޅުމެއްވެސް ކެނޑުނީ… ޝަލީއާއި އިޔާނާއާއިވެސް…” އިޝާރުގެ ބަސްތައް ހަންޖަރެއް ފަދައެވެ. އިޔާނާގެ މޭ ފޫދުއްވާލިއެވެ. ޝަޔަމްގެ އަތުތެރޭގައި ރޮއެރޮއެ އޮވެފައި އިޔާނާ އިސްއުފުލާ ބަލާލިއެވެ. އިޝާރު އެހާ ރަހުމްކުޑަ ވެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ލޭގެ ގުޅުން ކަނޑާލިއިރު އޭނަގެ ހިތަށްވާނެގޮތާއިމެދު އިޝާރު ވިސްނައެއްނުލިއެވެ. އެބަސްތަކާއިއެކު ޝަޔަމް ވަގުތުން އިޔާނާ ދުރުކޮށްލުމަށްފަހު ގޮސް އިޒާގެ އަތުގައި ހިފެހެއްޓިއެވެ.
“އިޝާރު ތިހެން ބުނަން ހެޔޮވާނީ ކިހިނެތް… އެއީ އަހަރެންގެ ބަނޑުއަޅާވިހޭ ދަރިފުޅޭ… އިޝާރުގެ އަމިއްލަ ލޭ ހިނގާ ދަރިފުޅޭ… ތިހެން ނުހަދާ… އޭނަ ހުއްޓުވާ… ދިޔަނުދީ…” އިޔާނާ ތެދުވިގޮތަށްގޮސް އިޝާރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ލަކިޖަހަންފެށިއެވެ. އޭރު އެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއިއެކު އިޔާނާ ރޮއެގަތީ ހަރުހިތްތަށްވެސް ފޫދުއްވާލަމުންނެވެ. އެ ކަރުނަތަކުން އިޝާރުގެ ހިލަ ހިތަށްއަސަރެއްނުކުރިއެވެ.
“ދަރިފުޅާ ނުދޭ… ދަރިފުޅާއިއެކީ މަންމަވެސް މިގެއިން ނިކުމެގެންދާނީ…” އިޔާނާ އިޝާރުގެ ގަމީހުން ދޫކޮށްލިގޮތަށް މޮޔައެއްފަދައިން ޝަޔަމްގެ ފަހަތުން ދުއްވައިގަތެވެ. ޝަޔަމް ދިޔަނުދީ ކުރި ބައްދަމުން ރޯންފެށިއެވެ.
“އިޔާނާ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި… ޝަޔަމްއާއި އެއްބައިވާމީހަކީވެސް އަހަރެންގެ އަދުއްވެއް… އެދޮރުން ބޭރުވުމަށްފަހު ތިއީ އަހަރެންގެ އަނތްބެއްނޫން…” އިޝާރުގެ ފަހު ޖުމްލަ އިޔާނާގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއްފަދައެވެ. ހިލައިގެ ބުދެއްފަަދައިން އޭނާގެ ހަށިގަނޑު ގާވިއެވެ. އޭރު އިޔާނާ ހުރީ އެއްފިޔަވަޅު ނަގާލިޔަސް ދޮރުން ބޭރުވެވޭހާ ކައިރީގައެވެ.
ލިވިންރޫމްގައި ހިނގަމުންދިޔަ ކަންތައް ދެކެން ކެތްނުވެގެން ސިޑިން އަރައިގެންދިޔަ ޝަލީންވެސް ހުރީ ވަކިހިސާބަށް ހުއްޓިފައެވެ. އޭނާގެ ދުނިޔޭގެ ދައުރުވުންވެސް ހުއްޓުނުފަދައެވެ. ނޭނގިހުއްޓާ ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. އޭނަގެ އުފާވެރި އާއިލާގެ ރޫޅިގެންދަނީއެވެ.
އިޔާނާގެ މުޅި ވުޖޫދުވެސް ހުއްޓި ހަށިގަނޑުގެ ހަރަކާތްތަކަށް ނިމުމެއްއައެވެ. ވާނުވާ ނޭނގޭފަދަ ހާލަތެެއްގައި ހުއްޓާ ޝަޔަމް އިޔާނާގެ މޭގައި އަތްއަޅާލިގޮތަށް ފަހަތަށް ކޮއްޕާލިއެވެ. އިޔާނާގެ ހަށިގަނޑު މާބްލްސް މަތީ ޖެހިގެންދިޔައިރު ޝަޔަމް ދޮރު ލައްޕާލިއެވެ. ދުރުވަމުންދިޔަ ޝަޔަމްގެ ފިޔަވަޅުތައް ފެނުނީ ދޮރުގެ ދޭތެރެއިންނެވެ.
ބަގީޗާއަށް ނިކުތްގޮތަށް ދޮރުމައްޗަށްވާގޮތަށްހުރި ހިތިގަހުގައި ބޯޖައްސާލިއެވެ. މިއީ އޭނަ ބޭނުންވީ ގޮތެއްނޫނެވެ. އޭނަގެ ސަބަބުން އެންމެންގެ އުފާތަށް އަޅިއަށްވެގެންދިޔައީއެވެ. ދެން މިޑޯވިއުއަށް ފިޔަވަޅެއްއަޅާލާކަށް އޭނަ ބޭނުމެއްނޫނެވެ. އެ ހުރަގެއެއްފަދަ ތަނުން ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއްނެތެވެ. އަމިއްލަ ކަރަށް މަޅިމޮހައިގެން އުޅުމަށްވުރެ މިގޮތް މާރަނގަޅުވާނެއެވެ. ދަރިންގެ އުފަލާއި އަނބިމީހާގެ އުފަލަކީ އިޝާރުއަށް މުހިންމުކަންކަމެއް ނޫނެވެ. އެކަން ވަރަށް ރަނގަޅަށް އިޝާރު ސާބިތުކޮށްދެއްވައިފިއެވެ.
*** *** *** *** *** ***
ޝަޔަމްއާއިއެކު ޕެންޓްހައުސްގެ ލޯވްންމަތިން ހިނގާލައިފައި އައިރު އިޒާ ހުރީ ޝަޔަމްގެ އަތުގައި ތަދުވާހާ ބާރަށް ހިފަހައްޓައިލައިގެންނެވެ. ވަށައިގެންވާ އަނދިރިކަންދެކެ އިޒާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ. އަނދިރީގެ ތެރެއިންވެސް އޭނަގެ ހަށިގަނޑަށް ދަހިވެތިވެފައިވާ އިންސާނެއް އަތުވެދާނޭފަދައެވެ. ބިޔަ ގަސްތައްވެސް ފެންނަނީ އޭނަ ޝިކާރުކުރަން އަތްދިއްކޮށްލައިގެން ތިބި ދިޔޯތަކެއްގެ ގޮތުގައެވެ. ކޮންމެ ވަގުތަކުވެސް އޭނަގެ ހަށިގަނޑުގެ މައްޗަށް ވެރިވެގަދެވެދާނެފަދައެވެ.
އިޒާ ހިޔާލަކަށް ގެއްލިފައި ހުއްޓާ ޝަޔަމް އިޒާގެ އަތުން ދޫކޮށްލަމުން ފަހަތުން އެ ހަށިގަނޑުގައި ބައްދާލިއެވެ. ވަގުތުން އިޒާ ތެޅިގަތްގޮތުން އުޅަބުށި މޭގައި ޖެހި ޝަޔަމްގެ މޭމައްޗަށްވެސް ތަދުވިއެވެ. މޭމަތީގައި ފިރުމާލަމުން ޝަޔަމް އިޒާއާއި ދުރުވެލިއެވެ. އޭރު އިޒާ ޝަޔަމްއާއި ދިމާލަށް އެނބުރިލީއެވެ. އެލޮލުން ފެނުނު ނުތަނަވަސްކަމާއިއެކު ޝަޔަމް ހިނިތުންވާން މަސައްކަތްކުރިއެވެ. ހިތްވިރިގެންދިޔަޔަސް އިޒާއަށް އެކަން ނާންގައި އޭނަ ކެތްކުރާނެއެވެ.
“އިޒް ރިލެކްސް… އަހަރެން އިޒްއަަކަށް އަނިޔާއެއްނުދޭނަމޭ… އިޒް އަހަންނަށް ޓްރަސްޓްކުރަމެއްނު…” ޝަޔަމް ވާހަކަދައްކަމުން ދިޔައިރު އިޒާގެ ލޯތެމުނެވެ. އޭނަގެ ސަބަބުން ޝަޔަމްގެ ހިތުގައި ރެނދެއް ލައްވާލެވުނުކަން އިހުސާސްވެފައި ހިތުގައި ވޭންއެޅިއެވެ. ޝަޔަމް މާޔޫސްކޮށްލާކަށް އޭނަ ބޭނުމެއްނޫނެވެ. ޝަޔަމްގެ ލޯބި އަދާތައް އުފަލާއިއެކު ބަލައިގަންނަން ބޭނުންވެއެވެ. ނަމަވެސް އޭނައަށް އުނދަގޫވަނީއެވެ. ބޭނުންނުވިޔަސް އެއިން ކޮންމެ ހަރަކާތަކުން އޭނަަގެ ސިކުނޑިއަށް ވެރިވަނީ އެ ބިރުވެރި ރޭގެ ހަނދާނެވެ. އެ ނުބައިނުލަފާ އިންސާނުން އޭނަގެ ހަށިގަނޑުގައި ލައްވާލީ ފާރުގަނޑުތަކެވެ. ހަމަހޭވެރިކަން ނެތް ހާލުގައި އޭނަގެ ނާޒުކް ގުނަވަންތަކަށް ދިން އަނިޔާތަކެވެ. ޝަޔަމްގެ އިންތިހާ ލޯބިންވެސް އެރޭގެ ހަނދާންނައްތައެއްނުލެވުނެވެ. އެ ތޫފާނީ ރޭގެ ހަނދާންތަކަކީ އޭނަގެ ހަޔާތަށް ނިވާއަޅާފައިވާ ބަނަ ވިލާގަނޑެކެވެ. ދުވަހަކު އެކަމާއި ދުރުވެވޭކަށްނެތެވެ.
“ސުސް… އިޓްސް އޯކޭއޭ… އިޒް ގަސްތުގައެއްނޫނެއްނު… ވިތް ޓައިމް އެވްރީތިންގް ވިލް ބީ އޯކޭ…” ޝަޔަމް އިޒާގެ މޫނުގައި އިނގިލި ހިންގާލަމުން ކަރުނަތައް ފުހެލިއެވެ. އިޒާ މިގޮތަށް ފެންނަ ކޮންމެފަހަރަކު އޭނަގެ ނަފްސު ގަތުލްވާފަދައެވެ. މިއީ އޭނައަށް އެންމެ ފުރަތަމަ ދުވަހު ފެނުުނު އިޒާއެއްނޫނެވެ. އެއުފާވެރިކަމާއި ލާނެތްކަން ބަޔަކު ފޭރިގަތްފިއެވެ. ދުވަހަކު ނުފިލާނޭ ޒަހަމްތަކެއް އެ ހަށިގަނޑުގައި ލައްވާލައިފިއެވެ. އަމިއްލަ ހޭވެރިކަން ނެތް ހާލުގައި ބަޔަކު ކުރި އަމަލެެއްގެ ސަބަބުން ހަލާކުވެގެންދިޔައީ މައުސޫމްކުއްޖެއްގެ ދިރިއުޅުމެވެ. ހުރިހާ ހިއްސެއް ސަލާމަތުން ހުރި ކުއްޖެއް ނުކުޅެދޭ ކުއްޖަކަށްވެގެންދިޔައީއެވެ. ފާފައަކަށްނުވާނަމަ އިޒާއަށް މިހާލު ޖެއްސި މީހުން އޭނަގެ އަމިއްލަ އަތުން މަރާ ހަފުސްކުރީއެވެ. ޖަލުގެ ތޭރިތަކަކީ އެމީހުންނަށްޓަކައި ލުއިއަދަބެކެވެ.
ޝަޔަމްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނުއިރު އިޒާގެ ލޯކަރުނުން ފުރެމުންދިޔައެވެ. އޭނަގެ އަމިއްލަ ނަފްސުވެސް ޝަޔަމްއާއި އެކަށީގެންނުވާކަމަށް ވިސްނައިދެނީއެވެ. މިއަދު އޭނައަކީ ޝަޔަމްގެ ދިރިއުޅުމަށް އެންމެ ފުރަތަަމަ އައި ލާނެތް ސަކަ އަންހެންކުއްޖާއެއްނޫނެވެ. ހަތަރު މަސްކުރީން އޭނަގެ ދިރިއުޅުން ބަދަލުވެއްޖެެއެވެ. ރީތިނަން ކިލަނބުވެއްޖެއެވެ. މުޅި މާލެތެރެއަށް ބަދުނާމްވެ ގިނަވެއްޖެއެވެ. އެންމެން އޭނައަށް އިނގިލި ދިއްކުރާއިރު އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟ އޭނައަށް ނޭނގި ނުބައި ނުލަފާ އިންސާނުންތަކެއްގެ އަތްދަށުވުންހެއްޔެވެ؟ ވިއްސާރަރެއަކު އާލެއް ނެެތި މަގެއް މަތީ ހިނގާފައި ދިޔުން ހެއްޔެވެ؟
“އިޒް… ޕްލީޒް ނުރޮއެބަލަ… ކިތައްފަހަރަކު ބުނަންވީ އެއީ އިޒްގެ ކުށެއްނޫނޭ… ބައްޕަގެ ފަރާތުން އަަހަރެން މައާފަށް އެދެން… އެމީހުންނަށް ނުވިސްނެނީ…” ޝަޔަމް ތުންފަތުގައި ދަތްއަޅާލިއެވެ. އިޒާ ރޮއެ ރޮއެ އިނދެފައި ނޭފަތް ދަމާލިއެވެ. މީގެ ހަތަރުމަސްކުރީން އޭނަ ވާހަކަދެއްކުމުގެ ނިއުމަތުން ނުކުޅެދުނުގޮތަށް ކަންފަތުގެ އިވުންވެސް ގެންދެވިނަމައެެވެ. އޭރުން އޭނަގެ ހިތަށް މާ ފަސޭހަވީއެވެ. ބޭކާރުކަމުގެ އިޙުސާސްކުރެވޭވަރު ކުޑަވީހެވެ.
އިންޝާﷲ… އަދި އިޒްއަށް ވާހަކަދެއްކޭނެ… ދުނިޔޭގެ ކޮންމެތަނަކުން ނަމަވެސް އަހަރެން އިޒްއަށް ފަރުވާހޯދާނަން… ނުރޯތި އިނގޭ… އަހަރެން ދެން ހުންނާނީ އިޒްއާއިއެކީ… މާދަން ފޯރމް ނަގާނަން… ހިނގާ އެތެރެއަަށް… މެރީކުރެވެންދެން އިޒް ހުންނާނީ މިތަނުގައި… އިޒްގެ އާންޓްމެން ކިހާ ގޯސް އެވަރުންވެސް އިޒް މަށަށް ސިއްރުކުރީ…” ޝަޔަމް އިޒާގެ އަތުގައި ހިފައިލައިގެން ގެންގޮސް ގެއަށްވެއްދިއެވެ. ސޯފީއަށް ގޮވާލައި އިޒާ ހަވާލުކުރިއެވެ. ސޯފީއަށް ބައެއް ކަންކަން ކިޔައިދެން ހުރުމަށްފަހު ނިކުމެގެންދަމުން ޝަޔަމް އިޒާއަށް ފްލައިން ކިސްއެއްފޮނުވާލިއެވެ. ހަތަރުމަސްކުރިން އިޒާއަށް ކުރިމަތިވީ ހާދިސާއަށްފަހުވެސް އެމެދުގައިވާ ލޯތްބަށް ބަދަލެއް ނާނދެއެވެ. ވާހަކަނުދެއްުކުމަކީ އިޒާ މަތިން ޝަޔަމް ފޫހިކުރުވިކަމަކަށްނުވިއެވެ. ލިބުނު ޝޮކްއެއްގެ ސަބަބުން އިޒާއަށް ވާހަކަ ނުދެއްކުނަސް އެކަން ރަނގަޅުކުރެވޭނޭކަމުގެ ޔަގީންކަން ޝަޔަމްއަށް ލބިފައިވެއެވެ. އޮތީ އިޒާގެ ހިތްވަރެކެވެ. އޭނައަށް އޮތީ މަސައްކަތްކުރުމެވެ. އޭނަގެ ބުރަމަސައްކަތުން އެއަނގަގަދަ ހަލަނި އިޒާ އަލުން ވުޖޫދަށް ގެނައުމަށް ޝަޔަމް އަމިއްލަ ނަފްސަށްވެސް ވައުދުވެފައިވެއެވެ.
*** *** *** *** *** ***
ކައިވެނީގެ ފޯރމު ނަގައި ދެންވެސް ކުރަން ހަމަޖެހިފައިވާ ކަންކަންކޮށްލުމަށްފަހު މެންދުރުވާންއުޅެނިކޮށް ޝަޔަމް ޕެންޓްހައުސްއަށް ކާރުގައި މިސްރާބުޖެހިއެވެ. ހިނދުކޮޅަކަށް ހިތަށް ލިބިފައިވާ ހަމަޖެހުމުގައި ނުހަނު ރީތި ރާގެއް އަޅުވާލައިގެން އިނދެ ކާރުދުއްވާފައިދަނިކޮށް ފޯން ރިންގްވާން ފެށުމުން ފޯނު މަގުގެ އެއްފަރާތެއްގައި ކާރު މަޑުކޮށްލިއެވެ. ބްލޫޓޫތް ހެޑް ސެޓްއާއި ފޯނު ކަނެކްޓްކޮށްލުމަށްފަހު ކާރު ދުއްވާލަން އުޅެނިކޮށް ކާރުގެ ބޮނެޓްމައްޗަށް ވަރަށް ބާރަށް އެއްޗެއް ޖެހުނެވެ.
ޝަޔަމް ސިހިގެންދިޔަވަރުން އަތުން ފޯނު ދޫވިއެވެ. އިސްއުފުލާ ބަލާލެވުނުއިރު ކާރުގެ ބިއްލޫރިގަނޑުގައި ކުރެހިފައިވާ ލޭގެ ތިކިތައް ފެނި ޝަޔަމްގެ ދެލޯބޮޑުވިއެވެ. ވަގުތުން ކާރުން ފޭބުނެވެ. ބޮނެޓްމަތީ ހަރަކާތް ހުސްވެފައިވާ ހަށިގަނޑު ފެނި އެދިމާލަށް ދެވުނީ ގާވެފައިހުރެއެވެ. އޭރު އެތަނަށް މީހުން އެއްވާންފަށައިފިއެވެ. ބައެއް މީހުން އެންބިއުލާންސަށް ގުޅަން ފަށައިފިއެވެ. ޝަޔަމް ބޮނެޓާއި ގާތްވެ އެއަންހެންކުއްޖާގެ ހަށިގަނޑަށް އަނިޔާއެއް ނުލިބޭނޭފަދައިން ފުރޮޅާލިއެވެ. އެއާއިއެކު އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ބުރިވެގެންދިޔަފަދައެވެ. ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ. ބޮޑަށް ހީވީ ރޮއެގަތީހެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
123 Comments!
Comments are closed.






varah lasvehjje dhw.. sorry for that.. liye nimunuhaa avahah mi upkohlee.. mi partves kamudhaane kamah ummeedhu kuran.. haahsakoh shayam and iza ge past ingey hithun ulhunu kudhin nah.. feel free to comment.. good night..
note: 67 vana baige scene eh mibaiga genefa evanee e scene ah baeh badhalu thah genevifa vaathy
Yeyyyy me first ?? bala balaa indha up e veee… kiyaalaifa comment eh kollaanan ♥️♥️♥️
Yes.. dear mifaharu first
Woah! Mayaan ah v goiy mi engunee dhw.. Thanks dhiraa ❤️.. Story is awesome ? ? ? curiously waiting for the next part.. Kon irakun up vaanee?
Thankss dear.. curious buneema ebai add kohlee.. varah ufaavehjje kamudhiyaima.. next part mihaaru kiyaaleveyne
Speechless!!!…v v furihama mi part vec dear…sifakurumaa ibaaraiy kurun v habeys..hama kiyaa hithun indha e nimuny vec…hehe..Nd also haadha sad kohney mi part genesdhyfa einy..I ah kiriyaa nurovuny ..Dhiraa kon irakun next part up kohlaanyy ..Waiting ingey..Lysm???
Thanksd dear… mi sad part akah vefa miothy baby maruveema.. ly too dear
❤️❤️❤️❤️❤️❤️❤️Woooooowww varah salhi story and this part too ????love you dhiraa sis
Thankss dear
dhiraa.. mi part kon dhuvahaku thr submit kury? just asking.. dont mind it ingey.. btw i want the answer very soon..
Hy
Alhe why thihen thi ehy????
Ecchekey heenukuracchey igey
Just asking hama
And if possible I need the answer very soon
Please
Submit kuri dhuvahuge rey upvefa e inee.. dhira ah ahaalevidhaanetha thihen ehy keehvethoa
Oh varah reethi ingey mi part ves. lots of love from me. dhiraa ah midhaairaain ithurah kuriyah dheveyne goiy minvaru kohdhehvaandheyve aameen
Thankss dear
Varah reethi ????? whn is next part??
Thankss dear
????????????????AWESOME ?????????ASLU VS VARAH VARAH REETHI…. ??????
NEXT PART WEDNESDAY GA RIGHT???
Thankss dear.. thursday night ga up kohlaafa ihnaanee
Adhives haizal akah neygeytha mayan akee kudairu ge ekuveriyaakameh.! Mihaaru alhaan aa ishaar haadha visnigen e ulhenee e kujjaa maruveema. Dhen evara dhuniye aaa hedhi moyavefa thibi bayaku vaahaka nimeyiru rangalhu baeh ge gothuga hadhaafa maafkoffa haizal case ves dhookollaanee tha. Ehenvejjenama varah hadi vaane.
Yeah! I agree with you ?
BTW mi story Varah reethi ??????????????????
Waiting for the next part??
lets c dw
Neygey me aka. I also don’t like those typa ppl. Anyways.mi storis very tough, beautiful. Nice?
thankss dear
Reethi mi part ves ekm aslu mihaaru maa beykaaru vaahaka gina vaahen eba heevey ekan ragalhu kollahchey dhiraa and shayam and iza ge part varah loabi ?❤? keep it up dhira love ?❤
thankss dear
Habu dhiraa…..eii izaa kaneyge kaaruga jehunee i think so….dhiraa…dhiraa ah mi daairaain kuriah dheveyne inshaa allah…varah molhu……gaabilkan eba huri…….And aharun nah hama rovehje shalee aa yaan ge dhariuru niyaavi thankilhu kiyaalaafa…..when next..miry huvafenunves fennaanee mi part..hehe…yageen…avahaka up koladhehcy..love you dhiraa……adhives ehfaharu bunelan……varah vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvreeeeethi mi part…avahah next part up koaladehcy…❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥
thankss dear
Honestly i cried after reading this part… Shayam n iza r goals?❤.. can’t wait for the next part.. i think im addicted to this story.. hehe?❤
thanks dear
????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️????????????????????????????????????????????????????????????????????????????????????????????????
????????????????????????????????????????????????????????????????????????????????☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️?????????????????????????????????????????????????????????????????????????????????????????????????
thanks dear
?️
??️
?️??
????
Rrreeeeeeethi
thankss dear
wow hama habeys as alwys …….but mishal baby maru v ma v dheravi…. n thnxx for including shayam ge bai….. curiously waiting for u to upload next part…. n yesh shaadheen ge life a ves rangalhu gothe gennachey v dheravey aslu… n shayam ge life a ves rangalhu gothe bahattachey…. love u dhiraa
thankss dear
Bahyehnu dhw mithaa nujeheyne ehn miys miyhunge vhk dhahkaakah… Anonymous mihaaru thidhani maamahchah?… Miys miyhun ge aburah erumaki gaanooni gothun manaakameh… Plus mikahala on air thanthaaga heyonuvaane thikahala vhk dhahkaakah…miykiy vhki age akah haahsakoh liyaa vhk eh vx noon… So thikahala bahuruvaeh mikahala thanehgaa plus miysmiyhunge aburu gehleyfadha vhk eh mikahala thanehgaa hageegathugaa dhahkaigen nuvaane… So pls… Don’t do these type of things… Keekey ehn reader’s in bunaaniy mikamuga??????? N I’m really v sry Author… Nihaayathah maafah edhen commentah rply kurevuniyma… Ekm mikahala comment kuranyaa kihineh hanu hunnaaniy… So Author ah vx mikn gabool kureveyne kamah ummydhukuran….. Hama eaa eku alhugadu Anonymous ah bunelan othy comment kuran vaany vhk yaa medhu dhekeygothaa beheygothun… FEEL FREE TO COMMENT ey author bunyma it doesn’t mean miysmiyhunge aburu gehleyfadha ehchis kiyaashekey… So pls just think abt it….?
Bayehnu, feel free to comment ey otheema it doesn’t meant you should reply to non existing comments.That comments have been eliminated by the writer or admin,so get over it. Pls don’t make this platform hateful speech etc. Even though someone don’t have this thing called “aburu” don’t insult them using comment section. This story is very nice. Don’t make unnecessary comments which have nothing to do with the story ???????
FYI Mee on air thaneh noon. On air ge meaning balailaba,
And yes, it’s not good miysmiyhunge vahka dhakkaigen nuvaane.
Yeah! I agree with you… @unknown???
Ekahala ge vaahaka dhehkumakii ehevs haalatheh gai rangalhu kameh noon mi kahala thaneh gai…. I am really disappointed about that….. ???…..
OMG kihineh vegen tha mi ulhenee,Anonymous ge comment ga thibunaa echeh alhugandakah nufeney. Story aa beheygothun eothee comment koffa. Maybe you guys are mistaken. Idk I didn’t see any comment like that. ??????????????????
aslu Ahunvx hama mi story in dhekunin e comment…miharu e comment nethi…ahun ehchah rply nukuriy author hinhama nujehidhaanethiy….anonymous huri maahaulaa nugulhey gotah tlk kohffa…I clearly remember…ekm neyge siydhaa kon anonymous eh kmeh…cox bivaru anonymous mi story ah comment kurey…ahun unkown bai
Ahun unknown bayey, hehehehr, aharen evves bayeh noon,
Salhi ingey dhiraa waiting for the next part of this story
thankss dear
Bayehnu, feel free to comment ey otheema it doesn’t meant you should reply to non existing comments.That comments have been eliminated by the writer or admin,so get over it. Pls don’t make this platform hateful speech etc. Even though someone don’t have this thing called “aburu” don’t insult them using comment section. This story is very nice. Don’t make unnecessary comments which have nothing to do with the story ???????
thankss dear
?????????????????aburey aburey aburey aburey aburey aburey
Abureh oi myhaku nama thaahiru dho aburey kiyan. Hahahahaha
Storys superb???????????????????????????????????????????????
plxx respect others.. this isnt a platform to talk about others thank you for the comment
????????????????????????????????????????????????????????????????????
thankss dear
hello.. Hama dhemme mi vaahaka mi part aa hama ah kiyaali.. hama rovijje vaahaka kiyaafa .. dhiraa ur the best writer ever <3 Waiting for the next part :*
thankss dear
Mirey up vaane tha?? ❔❔❓❓
thankss dear
dhiraa miry vaahaka up vaane tha ????
thankss dear
❔❓❔❓❔❓????
Mirey up kohdhee Bala Plxxxxxxxxxxxxxx
thankss dear
Dhiroo darls kobaatha aneh part. Kiyaalaahithun hama ????☘️??????????????️???
thankss dear
Dhiraaa. Mireyge part up kohba avahah. Nuuniy nuves nidheyne mireyga.
thanks dear
Dhiraa mirey story up kureytha??????
thankss dear
Alhey dhiraa please up kohdhee Bala Mirey….. ??????
thankss dear
Dhiraa sis plx up kohdhee Bala ???
thankss dear
Shell we stop this dhen… Evaaniy e comment remove kohliy kamah….
thankss dear
plx plx plx plx kiyaahithun kehmadhuvany upkohdhyber
thankss dear
Dhira avas koh up kohdheebala plx plx vv kiyaahihveyy
thankss dear
??????????????????????plxxx??????????????????????????????story up kohdhee Bala °°°°°°°°°°°°°°°°°°????????????
sorry dear
Vaahaka upkurun lasvamundhaathee hurihaa kiyuntheringe faraathun maafah edhen.. insha allah mirey ge vaguthehga up kohlaanan
????????
Finally…. ❤️
Waiting °°°°
Dhiraa wish is the best….. vaahaka las vanyyaa vs vaagoi angaalaane noony upkuraane dhuvas.
thankss dear
Haadha lahun. Mihaaru vx kehmadhuvefa mihuriy kiyaa hithun.
sorry dear
?????????????????????????????????????????????????????????????????
thanks dear
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????
thankss dear
❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️??❤️?
°°°°°°Varah reethi mi part vs°°°°°°
?❤️??❤️??❤️????❤️??❤️
thankss dear
Waiting curiously for the upload of next ?
thankss dear
????????????????????????????????????????????????????????????????????????????????????????
thankss dear
Waiting waiting, ??
thankss dear
Dhiraaaa waiting for ur ? story
thankss dear
Kobaahey vaahaka ?
Eothee nuntha matheega…..
thank you both
Dhiraagu speed is very slow, everyone knows that. Now Dhiraa’s uploading speed is becoming the same?
I Agree, And comments are also becoming very funny too?
Yep, invisible too?
sorry dears.. will try to correct it
dhiraa plx avahah up kohladheeba ???????????????❤❤❤❤❤❤❤
thankss dear
Goodnight?? all readers and writer.
Ya, night ga ehaa dhanvandhen heylaa ulheykahnuvaane. Type kuraa kudhinves ingili ah rest dheefa take a cool or hot shower and sleep. Zzz zzz. Gdnight all
thankss both
??????????⭐⭐⭐⭐⭐⭐⭐⭐⭐⭐⭐Goognight
Rock a bye baby…………….. Mmm……… Mmmmmm………..
maybe dhiraa eid brake vyma slowee erashuga eboi eid kulhivaru fasheh…… i saw it on tv
thankss dear.. i was bit busy that night
Dhn rey nuvaane miah vure bodakah…thanks for wating our time…
sorry dear
Kobaaa adhi vs naadhe vaahaka eh ?♀️
Thedheke…kobaatha vaahaka..
sorry dears
Dhiraa waiting……..…………………???????? Avahah up kohdhyba plxxx plxxx plx plx plx plx plx plx plx plx plx
sorry dear
DHIRAA dhoakaa dhinii vaahaka up kuraanamey kiyaafa. Dhen buneba serious koh kon irakun up kuraniy
thanks dear