ކެބިންއަށް ވަދެ އެތެރެއަށް ނަޒަރުހިނގާލަމުން ކިރިމައްޗަށް ބަލާލިވަގުތު އެ ތުންފަތްމަތީވި ހިނިތުންވުން ފިލާދިޔައިރު އަތުގައި އޮތް ފައިލް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރިގޮތުން ހީވަނީ އަމިއްލަ މަރު ކުރިމަތިން ފެނުމުން އަނބުރައިގަނެފާނެހެނެވެ.
****************************
ކުރިމަތީ އޭނީ ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ބޮޑު ކަޅުކުލައިގެ ލެދަރ ގޮނޑީގައި ވަރަށް ހަމަޖެހިލައިގެން ފައިލްއެއް ބަލަންއިން އިއްބާން އެއްޗެއް ވެއްޓުނު އަޑަށް ކެބިންގެ ދޮރާދިމާލަށް ބަލާލިވަގުތު ކުޑަ ހިނދުކޮޅަކަށް ހިތުގެ ތެޅުން ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ކެބިންގެ ދޮރާދިމާލަށް ބަލާލި ވަގުތު އޭނާއަށް ލޯކުރިމަތިން ދެސޫރައެއް ފެނިލިހެންހީވިއެވެ. ފުރަތަމަ ބަލާލުމުން ލޫން ފެނިލިއިރު ދެވަނަ ސިކުންތުގެތެރޭގައި ކުޑަ ހިނދުކޮޅަކަށް އެސްފިޔަ ޖަހާލާފަފައި ބަލާލިއިރު އިއްބާންއަށް ފެނުނީ އަޅިކުލައިގެ ގަދަވިދުމެއް ލިބިފައިވާ އެ ކަޅިއާއި މައުސޫމްކަމުން ފުރިފައިވާ އައިލީންގެ ސޫރައެވެ.
ކުއްލިއަކަށް ހިތަށްއެރި އެއްޗަކުން އިއްބާންއަށްް ކޮޅަށްތެދުވެވުނު
ގޮތެއްވެސް ނޭނގުނެވެ. އިއްބާން ތެދުވިގޮތުން ބާރު އަޑެއްކިޔާފައި އެ ބޮޑު ގޮނޑިވެސް ނުވެއްޓުނީ ކިރިޔާއެވެ. ދެލޯ ބޮޑުކޮއްލައިގެން ގަނޑުވެފައިވާ ބުދެއްހެން ހުރި އައިލީންވެސް ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް ބިންމައްޗަށް ވެއްޓުނު ފައިލްނަގަމުން އިއްބާންއާ ދިމާލަށް ބަލާލިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލީ އިއްބާންއެވެ.
“އައިލީން…..” އިއްބާން އެނަން ކިޔާލީ ސުވާލެއްކުރި ފަދައަކުންނެވެ.
“ހޫމްމް…އައިލީން…..މިޔަދުން ފެށިގެން ބެންގެ ޕީ.އޭ އަކީ އައިލީން……..” އިވުނު އަޑަކުން އިއްބާންއާ އައިލީން ކެބިންގެ ދޮރާދިމާލަށް ބަލާލިއެވެ. އެއީ ނާހިދުއެވެ. އިއްބާން ދެލޯ ބޮޑުކޮއްލައިގެން ހުރިއިރު އައިލީންގެ ހާލަކީވެސް އެއީއެވެ. އިއްބާންއާ އައިލީން އެކަކު އަނެކަކަށް ބަލާލީ ގަބޫލުކުރަންދަތި ނަޒަރަކުންނެވެ.
“ވަޓް..؟؟ އައިލީން..!! މައި ޕާރސަނަލް އެސިސްޓެން….؟ނޯ ވޭ…
އައި މީން….ސީރިއެސްލީ ޑޭޑް!….އާރގް….ކީއްވެ؟…އަޅުގަނޑު ބައްޕަ ގާތު އަޅުގަނޑުގެ ޕީ.އޭއަކަށް ބައްޕަ ބޭނުން މީހަކު ހޮވިއަސް އޯކޭ އޭ ބުނީ ބައްޕަ އެދިލައްވައިގެން…އެކަމް….އަޅުގަނޑަކަށް އައިލީން އާ އެކު ވޯރކްއެއް ނުކުރެވޭނެ…..ކާކުތޯ އަޅުގަނޑުގެ ޕީ.އޭއަކަށް ހޮވަނިވެސް އަޅުގަނޑު ނޭހީ ބައްޕަ ހޮވާނީ ރަނގަޅު ކުއްޖެއްކަން އެގޭތީ….ކީވެ އައިލީން….މައި….ޕާރސަނަލް….
އެސިސްޓެންޓް….މައި ފުޓް…” އިއްބާން އަތް މުއްކަވާލައިގެން ހުރެ ހިތާހިތުން ކިޔަމުން ދިޔައިރުވެސް ހުރީ ހިނިތުންވެލައިގެނެވެ.
“ބައްޕާ…ކީވެ މީނަ؟؟….އަޅުގަނޑު އިއްބާންގެ ޕީ.އޭ…ބައްޕަ ގާތު އަހާލެވުނުނަމަ މިހެނެއްނުވީސް….އެހި ނަމަ އެނގޭނެ އިއްބާންކަން އަޅުގަނޑުގެ ބޮސް އަކީ…..އާރގް…” އައިލީންވެސް ހިތާހިތާ ކިޔަމުން ދިޔައިރު އަތުގައި އޮތް ފައިލްއަށް ބާރުކޮއްލިއެވެ. މި ވަޒީފާ އަށް އާދެވުޖު މޮޔަހީވިއެވެ.
“ބައްޕާ…މިގަޑީގަ މިތާގައި ކީއްކުރަނީތޯ؟..” އިއްބާން ސުވާލުކޮއްލީ މި ގަޑީގައި އާންމުކޮއް ނާހިދު މިތަމުން ނުފެންނާނެކަން އެނގެތީއެވެ.
“ދެން ހަމަ އައީ ބަލާލަން…މިހާރު މަސްދުވަސްވެއްޖެ ވަދެނުލެވޭތާ…އެހެންވެ…އާން..ދަރިފުޅާ..ބައްޕަ ދެންދަނީ…އިރުކޮޅަކުން ނާއިލްވެސް އަންނާނެ…” ނާހިދު އިއްބާންއަށާ އައިލީންއަށް ބަލާލަމުން ދާން ހިނގައިގަތެވެ. ނާހިދު ދިޔަތާ ފަސްމިނެޓްވީ އިރުވެސް އިއްބާންއާ އައިލީންގެ މެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކުރާނެ އިތުރުކަމެއް ދައްކާނެ އިތުރު ވާހަކައެއް އިއްބާންއަކަށް ނުވިސްނުނެވެ. އެއަށްވުރެ އެ ސިކުނޑިއަށް ވެރިވެފައިވަނީ ލޫންގެ ހަނދާންތަކެވެ. އައިލީންއާ ދިމާލަށް ބަލަންހުރުމަށްފަހު އިއްބާންގޮސް އޭނާ އިށީންނަން ހަމަޖެހިފައިވާ ތަނުގައި އިށީތެވެ.
“އިށީންނަން ވީނުން…” އިއްބާން ބުނެލިއިރު އެ ފިރިހެންވަންތަ އަޑުގައި އެއްވެސް އަސަރެއްނެތް ފަދައެވެ. ކޮޅަށްހުރި އައިލީން އިއްބާންގެ ކުރިމައްޗަށް ވާގޮތަށްހުރި ދެގޮނޑިތެރެއިން އެއް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި އިސްޖަހާލައިގެން ފައިލްގެ ކަނަކާ ކުޅެންފެށިއެވެ.
“އައިލީންގެ ފައިލް ދައްކަބަލަ…..” މިފަހަރުވެސް ތަނަށްވެރިވެފައިވާ ހަނަހިމޭންކަން ނައްތާލީ އިއްބާންގެ އަޑުންނެވެ. އަތުގައިއޮތް ފައިލްގައިވާ ސެޓްފިކެޓްތަކާ ލިޔުންތަށް ނަގަމުން އައިލީން ދިޔައެވެ.
އެވަގުތު ކޮމެސް މީހެއް ކެބިންގެ ދޮރުގައި ޓަކިޖަހާލިއަޑުއިވުނެވެ. އިއްބާން ހުއްދަދިނުމާއެކު ކެބިންއަށް ވަނީ ނާއިލްއެވެ. އައިލީން ބަލައިލުމުން ނާއިލް ރީތި ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އަދި އޭނައަކީ އެމް.ޑީ ކަމަށް ބުނެދިނެވެ. އައިލީންގެ ފައިލް ބަލަންއިން އިއްބާން ހުއްދަދިނުމުން ނާއިލް އައިލީން ގޮވައިގެން އޮފީސްތެރެ ދައްކާލަން ގެންދިޔައެވެ. މުޅި ތަނުގައި އޭސީކޮއްލެވިފައިވާއިރު ތަޅުންމަތީ ބޯ ދޫލައެއް އަޅާލެވިފައިވެއެވެ. އަދި މަތީގައި ބޮޑެތި ޗާނދަލިޔާތައް ލާފައިހުރިއިރު އެހެނިހެން އަގުބަޑު ފަރުނީޗަރުތަކުގެ ސަބަބުން ވެރިމީހާގެ މުއްސަނދިކަން ހާމަކޮއްދެއެވެ.
ހަތްވަނަ ފްލޯރގައި ވަނީ ސީ.އީ.އޯ ، އެމް.ޑީ ގެނެރަލް މެނޭޖަރުގެ އިތުރުން ޕީ.އޭގެ ކެބިންއެވެ. ނާއިލް އައިލީން ގެންގޮސް އޮރިއެންޓޭޝަން ދިނުމަަށްފަހު އަނެއްކާ އައިލީން ދާން ޖެހުނީ އިއްބާންގެ ކެބިންއަށެވެ. ނާއިލް ކިޔަދިން ގޮތުގައި ބޮސް ދުރުވަންވާއިރަށް އެއްޗެހި ހަމައަށް ހުރިތޯ ބަލައި ތާޒާމާތައްޖެހިމަކީވެސް އައިލީންގެ މަސައްކަތުގެ ބައެކެވެ. ނާއިލް އެހެންބުނުމުން އައިލީން ކުޑަކޮށް ހުއްޓުން އެރީ އެއީ އިއްބާންއަށް ކޮއްދެންޖެހުނު ކަމައްވާތީހެން ހީވިއެވެ.
އައިލީން އިއްބާންގެ ކެބިންއާ އަރާ ހަމަވެފައި ޓަކިޖަހާލަން އަތް ނެގި ވަގުތު ސިއްސައިގެންދިޔައީ ބާރު އަޑުފައްގަނޑަކާއެކު އެއްޗެއް ތަޅައިގެންދިޔަ އަޑާއިއެކުވެގެން އިއްބާން ހަޅޭއްލަވައިގަތް އަޑު އިވިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.








Salaam readers…hope u all will like this part too…kiyaalaafa comment eh koalahcy…feel free to comment your viwes..
Love you all my readers..♥❤
Woooooww varah salhi this part ves. Love you malkko❤️????❤️❤️❤️❤️
Thanks you soo much…lve u to..♥
Wow mal…Obiness to the max ingey…v v nice mi bai..Kon irakun next..Avahah upkohdhyba ingey..Waiting…lysm?????????????❤❤❤❤❤❤
Thanks jiji..Insha Allah miryga up vaane…submit koalaafa innanee…thank u soo much..lysm.❤♥
…❤❤❤Varah reeth
Thanksss…. ♥❤
hi mallu(i can call u that dhw) mi part vessa vrh reethi…ekm kudakh kury…..hope next part reethi vaane kamah
Hello maanee…Ehehe..ok mallu kias..thank u soo much..lysm❤♥❤♥
Vv salhi ….. But too short….. Hope next part vs reethi vaane kamah
Thaks ****…Ooops…19 vana part dhigu koalaanan..Mal innanee 18 vana part up koalaafa….thank u soo much❤
V salhi this part… Bt can u make it a little longer ??☺️… Btw love the story..☺️??
Thanks Mil…Yeah..will try dhigu kia liyeveytoa…19 vana part dhigu kialeveyner..18 vana part submit kialaafa inee..thank u soo much..??♥
Curiously waiting for next part ly❤️❤️
Thaks leen…Keep waitting…?
Varah reethi mi part ves ❤️❤️❤️❤️❤️ whn is next part ⁉️ luv ur story so much ???
Thanks Meekko..Next part submite koalaafin?….thanks u sooo much sissy..?♥
Haadha kuru koshey thi genesdheny… Alhe plx thankolheh dhigukoh genesdhehchey ingey.. Ekamu vxx v reethi mi part ????????????????????????
Thanks Mai…..Yeah…19 vana part dhigu koalaanan….18 vana part submit koalaafin….ehen v…thank u sooo much sis..?❤
furathama part tha mee
Noony samaa…mee 17 vana part…what happend samaa?..
V. Reethi Ingey… I really forgot to comment aslu… ???
Thank u ryn…..Ehehe…..e mahsalaeh noony…thnaku…?♥