Skip to content
އެސްފިޔަ

ވާނަން އަބަދަށް އެކީ 2 ވަނަ ބައި

މަޖަލާ އުފަލުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު މިލްނާއާ އޭނާގެ ގުރޫޕު ރަށުތެރެޔަށް އަރައިގެން އެބަޔަކު އެބައެއްގެ ގެޔަށް މިސްރާބު ޖެއްސެވެ. މިލްނާވެސް އޭނާ ދޮވުނުތެލި ކިހިލީގައި ޖަހައިގެން މިސްރާބު ޖެހީ ރަށުގެ އެންމެ ފެންވަރު އެއްގެކަމަށްވާ އެރަށުގެ ގެ ކަތީބު އިބްރާހިމްފުޅު ގެ ގެކަމަށްވާ މާއޮޑިގެއާ ދިމާލަށެވެ. ސިއްރު  ސިއްރުން ގޭގެ މައިދޮރު ހުޅުވާލުމަށްފަހު ގެޔަށް ވަންނަން ދިމާކުރި މިލްނާ ސިހިގެން ދިޔައީ ކުރި މަތީ ހުއްޓިގެން ހުރި މީހާ ފެނިފައެވެ.

****************************************************************************************************************

ކަތީބުގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނަން ނެތް އިރު މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.މިލްނާ އަށް ބޭއިޚްތިޔާރުގައި ދެލޯ ތަގުޅި ކޮށްލުމަށްފަހު ދުލުގައި ދަތް އަޅާލެވުނީ މިއަދުވެސް ހަނދާންނެތި ބައްޕަ ކައިރީ ނުބުނެވި ތުނޑި މައްޗަށް ދެވުމުންނެވެ. މިއަދުވެސް ބައްޕަގެ ފަތުވާތައް އަޑުއަހަން ޖޭހޭނެކަން އިހުސާސްވުމާއެކު އޭނާއަށް އަތުން ނިތްކުރީގައި ޖަހާލެވުނެވެ.

ކަތީބަށް ހިނިގަނޑު ހިފަހައްޓާލެވެނީ ކިރިޔާއެވެ. އެހެނީ މިލްނާގެ ހަރަކާތްތައް ހުރީ ކުޑަކުއްޖަކަށް ގޯސްކަމެއް ކުރެވުމުން އެކުއްޖާގެ އަމަލުތައް ހުންނާނޭ އުސޫލުންނެވެ. އެއް އަތުގެ ނިޔަފަތި އަގަޔަށް ލައިގެން އެ ހަފަން ހުރިއިރު މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ” ބައްޕަ ކިތައްފަހަރު ބުނާނީ ދަރިފުޅު ކައިރީ ނުބުނެ  ތަންތަނަށް ނުދާށޭ.ދެން ނުބުނެ ގޮސްފިއްޔާ…..” ކަތީބަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް މިލްނާ ބުނެލިއެވެ. “ބައްޕާ މަޢާފުކުރައްވާ! މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ އެހެންވެ ބައްޕަ ކައިރީ ބުނަން ހަނދާންނެތުނީ. އެހެންނޫނަސް މިއަދު ދިޔައީ ޢީދު ދުވަހު ކުރާނެ ކަންތައް ރާވައިގެން. ޚާއްސަކޮށް މި ޢީދުގަ ޖެހޭނެ ފަރަންޖީން….”

ބުނެވެން އުޅުނު އެތި ރޭކާލުމާއެކު މިލްނާއަށް އަނގަ މަތީ އަތް އަޅާލެވުނެވެ. އެހެނީ ބައްޕަޔަށް އޭނާގެ ރޭވުން އެނގިއްޖެއްޔާ އޭނާ ރޭވިހާ ރޭވުން ފެނަށް ދާނެކަން މީ ދުވާލު ފަދައިން އޭނާއަށް އިނގެއެވެ. “ފަރަންޖީން ކީކޭ؟” ކަތީބު ހިނިއައިސްފައި ހުރެ އަހާލީ މިލްނާގެ މޫނު މައްޗަށް ވެރިވި ކުލަވަރު ފެނިފައެވެ. “މީ.. މީ.. ފަރަންޖީންނަށް މަރުޙަބާ ކިޔަން” މިލްނާ  އަވަސްއަވަހަށް އެހެން ބުނެލުމަށް ފަހު ދުވެ ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ކަތީބަށް މަޑުމަޑުން ބޯހޫރުވާލެވުނީ  މީ ވެސް ވާ ދަރިޔެކޭ ހިތަށްއެރުމުންނެވެ. ކަތީބުގެ ހިނިތުންވުން ހިނދުކޮޅަކަށް ނަމަވެސް ފޭދިގެން ދިޔައީ އޭނާގެ މަރުޙޫމް އަނބިމީހާ އާމިނަގެ ހަނދާން އާވުމުންނެވެ . މިލްނާއަކީ އާމިނަގެ ނަކަލު ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނީ މިލްނާ ފެންނަ ކޮންމެ ފަހަރަކު ކަތީބުގެ ހަނދާން ވަނީ  އާމިނަ އާއި ކަތީބާއެކީ އުޅުނު އުފާވެރި ދުވަސްތަކުގެ މަތިންނެވެ. ނަމަވެސް މިލްނާ ވިހެއުމުގައި ދިމާވި މައްސަލަ އަކަށް ފޫޅުމައިންނަށް ވެސް ހައްލެއް ނުގެނެވި އުޅެނިކޮށް އާމިނަ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލީ ތުއްތު މިލްނާގެ މޫނު ދެކިލުމުގެ ފުރުސަތުވެސް ނުލިބިއެވެ. މިލްނާއަށް ލިބިފައި ވަނީ އާމިނަގެ ރީތިކަމެވެ. އެ އުޅުމެވެ. ނަމަވެސް މިލްނާއަށް ލިބިފައިވާ ރީތިކަމާ ނުބައްދަލުވާ އެ ހަލަނި މިޒާޖާ އެ ލާނެތްކަން އެއީ މީގެ 10 ވަރަކަށް އަހަރު ކުރިޔަށް ބަލައިފިނަމަ ކަތީބުގެ ގައިން ފެންނާނެ ސިފަތަކެވެ. ޚިޔާލަކަށް ގެއްލިފައި އިން ކަތީބަށް ހޭވެރިކަން ވީ ޖީބުގައި އޮތް ނޮކިއާ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނަށް އަރާފައި އިން ނަން ފެނުމާއެކު ކަތީބަށް ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. “ހަލޯ” އެ ފަރާތުން އަޑު އައުމާއެކީ ކަތީބު ބުނެލިއެވެ.”ހަލޯ! ހަސަން ، ހާދަ ދުވަހެއް ފަހުންނޭ ތިގުޅާލީ. އަހަރެން އަދި އެމަންޖެ ގާތު ކައިވެނީގެ ވާހަކައެއް ނުދައްކަން. ވަގުތެއް ނުވަނީ. ކޮބާއެސޮރައް މާދަމާ މިރަށަށް ލެފޭ ވަރު ވާނެ؟” ކަތީބަށް އުފާވެރިކަމެއް ލިބުނީ އެތައް ދުވަހެއް ފަހުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ގުޅާލުމުންނެވެ.

ހަސަނަކީ ރާއްޖޭގެ މުއްސަނދިންގެ ސަފުގެ އެއްވަނައިގައި ފައިހަމަ ކުރަމުންދާ މީހެކެވެ. ކަތީބާއި ހަސަނަކީ ކުޑައިރުއްސުރެއް ގާތް ރަހުމަތްތެރިކަމެއް އޮތް ބަޔަކަށްވީ ނަމަވެސް އެ ގުޅުން ކެނޑިގެން ދިޔައީ ހަސަަނަށް ބޭރުންކިޔެވުމަށް ފުރުސަތު ލިބުމުންނެވެ. ބޭރަށް ކިޔަވަން ދެވުމާއެކު ހަސަނާ ކަތީބުގެ އެކުވެރިކަން ދަމަހައްޓަމުން ދިޔައީ އަހަރަކު އެއްފަހަރު ފޮނުވަމުން ދިޔަ ސިޓީތަކުންނެވެ. ކިޔަވާ ނިންމާލުމަށްފަހު ހަސަން ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ދިރިއުޅުން ވެރިރަށް މާލެއަށް ބަަދަލުކުރީ ވިޔަފާރިއެއް ފެއްޓުމުގެ ނިޔަތުގައެވެ. ކަތީބަށްވެސް އޭނާގެ ބައްޕަގެ ފަރާތުން ވާރުތަ ވަމުންއައި ކަތީބުކަން ލިބުމާއެކު ރަށުގެ ރީތީ ކުދިންތަކުގެ ތެރޭ ހިމެނޭ އާމިނައާއި ކައިވެނި ކުރިއެވެ. އޭގެ ފަހުން ދެ ރަޙުމަތްތެރީން ގެ ގުޅުން އެއްކޮށް ކެނޑިގެން ނިދިޔަ ނަމަވެސް އޮތީ ނާޒުކު ފަތްތަރެއްގައެވެ. އާމިނަގެ މަރަށްފަހު އަނެއްކާ ވެސް ދެ އެކުވެރިންގެ ގުޅުން ބަދަހި ވެގެން ދިޔައެވެ. އެ ގުޅުން އިތުރު ފައްތަރަކަށް ގެން ދިޔުމަށްޓަކައި ކަތީބާއި ހަސަނު ނިންމީ ހަސަނުގެ ދޮށީ ފިރިހެން ދަރިފުޅާއި ކަތީބުގެ އަންހެން ދަރިފުޅާ ކައިވެނި ކުރުމަށެވެ.

ހަސަނުގެ މުޅިއެކު ދެ ފިރިހެން ކުދިން ތިބޭއިރު ދޮށީ ފިރިހެން ދަރިފުޅު ކިނާން އަކީ މަޑުމައިތިރި ،ވާހަކަ މަދު،  ހަސަނުގެ ދެމަފިރިން އެދޭ ކޮންމެ އެދުމަކަށް ބޯލަނބާ ހަރުދަނާ ޒުވާނެކެވެ. ނަމަވެސް ކިނާންގެ ހުންނަ ރުޅިގަނޑަކީ ހަސަނުގެ ދެމަފިރިންނަށް އުޅެ އުޅެ ކިނާންގެ ގައިންނުފިލުނު މިޒާޖެކެވެ. އެހެނީ ރުޅި އަންނަ ފަހަރެއްގައި ގޭގަ ތިބޭ އެއްޗިއްސަށް ދާންދެން ރުޅިގަނޑު ބާލުމަކީ ކިނާންގެ މިޒާޖެވެ. އެއާއި ޚިލާފަށް އެދެމަފިރިންގެ ހަގުދަރިފުޅު ލިޒްޔާންއަކީ މަޖާ މިޒާޖެއްގެ އެހެން މީހުުންނާ ގުޅޭ ކުއްޖެކެވެ.ލިޒްޔާން އަކީ ހަސަނުގެ ދެމަފިރީންގެ ލޯބިން ހަލާކު ވެފައިވާ ދަރިއެކޭ މީހުން ބުނަނީ ސަބަބަކާއި ނުލައެއް ނޫނެވެ. އެހެނީ ކިނާންއާއި ޚިލާފަށް ލިޒްޔާންއަކީ ހަރުދަނާ ދިރިއުޅުމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. ކޮންމެއަކަސް ހަސަނާއި ކަތީބު މިލްނާއާ ކިނާން ކައިވެނި ކުރުވަން ނިންމީ ވަރަށް ގިނަ ސަބަބުތަކަކާއި ައިގެންނެވެ. މިލްނާއަކީ އުޅުމުގައި ހަލަނި ލާނެތް މިޒާޖުގެ ކުއްޖަކަށް ވީނަމަވެސް ކަތީބުގެ މަސައްކަތުން ގެވެހި ކުއްޖަކަށްވަނީ ވެފައެވެ. ހަމައެއާއި އެކު ފުރާފުރިހަމަ ވެފަވާ ހުސްހަށިބައި ޒުވާނަކަށް މިލްނާވެފައިވުމުން ރަށުތެރޭ ޒުވާނުންގެ ނަޒަރުތަކުން ސަލާމަތްކުރުމަށްޓަކައި އެ ކައިވެނި ކުރުން ކޮންމެހެން މަޖުބޫރުކަމެއްކަމަށް ކަތީބު ދެކުނެވެ.10 ވަރަކަށް މިނެޓުގެ ފޯނުކޯލު ނިންމާލިއިރު ކަތީބުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ކަތީބުގެ އުއްމީދަކީ ކުރެވެން އުޅޭ އޭނާގެ ހުރިހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށް ވުމެވެ. ނަމަވެސް ކުރިޔަށް އޮތްތާ ވާނޭ ގޮތް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

ޖެހިގެން އައިދުވަހަކީ އީދު ދުވަސްކަމުން މިލްނާ އެހެން ދުވަސްދުވަހަށް ވުރެއް އަވަހަށް ތެދުވުނެވެ. އާދައިގެ މަތިން ފެންވަރާ ނަލަ ހެދިލުމަށްފަހު ޢީދުދުވަހަށް ޚާއްސަކޮށްފެހި ރަތްކުލައިގެ ލިބާސްލިއިރު އޭނާ ހީވަނީ ހަވީރަށް ފޮޅުނު ފިނިފެންމަލެއް ހެންނެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޭގެ ފެންޑާ ހުރަސްކޮށް ގޭގެ މައިދޮރާ ހަމައަށް ދިޔަ މިލްނާ ސިހުނީ ފަހަތުން މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. ދެލޯ މަރާ ތަގުޅި ކޮށްލުމަށްފަހު ފަހަތަށް އެނބުރުނު އިރު ފަހަތުގައި ހެވިލައިފައި ހުރި އޭނާގެ ދޮށީބޭބެ މިލްހާން ފެނުމުން މިލްނާ މޫނަށް ނުރުހުންތެރިކަންވެރި ކޮށްލިއެވެ. ” ދޮންބޭ! ކިރިޔާއޭ ބިރުން ހިތްހަލާކު ނުވީ. މިލީ ހީކުރީ ބައްޕަކަމަށް. ކޮބާ ދޮންބެދައްތަ؟” މިލްނާގެ މޫނަށް ވީ ގޮތްފެނި މިލްހާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ހައްހައްހާ…އެހެންނޭ ވާނީ ވައްކަން ކުރަން އުޅެންޏާ. ދޮންބެދައްތަ އެބައުޅޭ ބަދިގޭގަ. މިގޭ ރަނިކަމަނާފުޅު މިއަދު ދޮންބެދައްތަ މަތިން ހަނދާންވަނީ ތޯއްޗެއް. ތީއެހެންޏާ ފަތިސްފަތިހާ ގެއިން ނުކުުންނަ މީހާ ހަވީރުވާއިރުވެސް މުޅި ރަށުތެރޭ ބުމަރެއްހެން އެނބުރި ހުންނާނެ. އެހެން މީހުންމަތިން ހަނދާންކުރުން އެއީ މީނަޔަށް އޮންނަ ކަމެއް ނޫން” މިލްހާން ސަމާސާ ރާގެއްގާ އެހެން ބުނުމާއެކު މިލްނާ އޭނާގެގައިގައި ބޮނޑީއެއް އެޅިއެވެ. “ވަރިހަމަ. ދޮންބެދައްތަ ކައިރީބުނާނަން ޖެއްސުން ކުރާ ވާހަކަ” މިލްނާއާ މިލްހާންގެ ޒުވާބު ހުއްޓުނީ ގޭގެ ދޮރުފަތް ހުޅުވާލާފައި ވަތް ނުދަންނަ ޒުވާނާ ފެނުމުންނެވެ.

(ނުނިމޭ)

Comments (28)

  1. Shahu

    Wooooooowww ❤️ ❤️ ❤️ ❤️ ❤️ ❤️ varah salhi story ? ? ? ? ? ? love you

    1. #00R!Y
      Shahu

      Thanks shahu??

  2. Kudhu

    Masha Allah. V reethi???

    1. #00R!Y
      Kudhu

      Thank you Kudhu????

  3. Nonni

    Luv d stry????? u r d best???? dhn kn irakun up kuraany? waiting……….
    ❤️❤️❤️❤️❤️❤️

    1. #00R!Y
      Nonni

      Thank you nonni?insha Allah 14 vana dhuvahu up Kon dheynan????

    2. #00R!Y
      Nonni

      Sorry 15 ga?

  4. #00R!Y

    Kuda massala eh dhimaavegen Bunevunu date ah vureh lahun vaahaka up koh dhevunu kamahttakai readers ge faraathun maafah ehen. Alhugandu mi vaahaka genesdhey nee dhedhuvahun edhdhuvahu????????

    1. Maya
      #00R!Y

      Mee kury zamaanu dhivehin ulhunu gothah based love story eh tha?

      Warah reethi story , medhu kendumehnethi kiyan libeyne kamah ummeedhu kuran

  5. ?BANANA?

    Keep It up.. Ur the best ?❤️❤️???

    1. #00R!Y
      ?BANANA?

      Thank you banana?????????

  6. jiji

    V v v v v v rythi…very interesting one..whn next dear #00R!Y….waiting for dat enge????

    1. #00R!Y
      jiji

      Thank you jiji????????????

  7. Aaz

    Nice story! Keep it up!

    1. #00R!Y
      Aaz

      Thank you aaz??????????

  8. Aruu

    Salhiye?

    1. #00R!Y
      Aruu

      Thank u aru ???????????

  9. ?BANANA?

    Koba aneh part… ????????

  10. Miikaail

    Wow!!!!???
    Amazing❤️❤️I just love it!!? ?
    #ooR!Y You are a perfect writer ??
    Nd u have the ability to Write even more perfect stories…???
    I hope you’ll make next part bit longer than this one!!???
    Can’t wait for next part….???
    Love you dear… ? ? ?

    1. #00R!Y
      Miikaail

      Thank you miikaail??????????

  11. malsamalkkomal

    Varah salhi mi part….??

    1. #00R!Y
      malsamalkkomal

      Thank you malsamalkomal??????

  12. ®¥N

    Reethi varah ???

    1. #00R!Y
      ®¥N

      Thank you ®¥N????❤️?❤️?❤️?❤️?❤️?❤️

  13. #00R!Y

    Thank you ryn?????????????????????

  14. #00R!Y

    Sorry readers. Vaahaka lasvaa kamahttakai ma aafah edhen. Wifi slow kamun Vaahaka up vun lasvanee. Iyye ga up muran jessi gothah adhives up eh nuvey. Once again i apologize ?

  15. Aruu

    Oi masha kihinahve eygaha reply nivenee?

  16. IsHa

    SALHI

Comments are closed.