ނާއިންސާފް 29
އަތް ތުރު ތުރުއަޅާ ޙާލު އަހަރެން އެ ސިޓީކަނޑާލީމެވެ.
ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވެގެން އަހަރެން އެނބުރިލީމެވެ. އެމީހެއްގެ މޫނު ސާފެއް ނުވިއެވެ. އަދި އަހަރެންނަށް ހަރަކާތެއް ގެނެވުމުގެ ކުރިން، އެމީހަކު އަހަރެންގެ މޫނުގައި ބާލީް އަޅާ ނިވާ ކޮށްލިއެވެ.
……………………………………………
މާޒިންގެ ނަޟަރުން
……………………………………………
“ދޮންބޭ، ކޮންމެސް މީހަކު އެބަ ހޯދާ..” މިޝްކާ އައިސް އަހަރެންގެ ކޮޓަރި ދޮރު ބުޑުގަ ހުރެގެން އަޑުގެ ނެތްކޮޅަށް ގޮވާލިއެވެ. މިޝް ހީކުރަނީ އޭނަ އެ ކިޔާހާ ބޭހެއް ނުދަންނާތީ، އަހަރެންނަކީ ބީރުމީހެއް ކަމަށް ހެއްޔެވެ. މި މިޝްއާ ހެދިވެސް އަހަރެން އެއްދުވަހަކުން ބީރު ވާނެއެވެ.
“ދެން ތިވަރަށް ނގޮވިއްޔާ އަޑު ނީވޭނެތަ؟” ޓީޝާޓު ގަޔަށް މަހަމުން، ނިކުމެ، އަހަރެން މިޝްގެ ކޮލަށް ދަމާލީމެވެ. މިޝް ހުންނަލެއް، ފުށްކަމުން، އަހަރެންނަށް ހަމަ މަޑުން ނުހުރެވެނީއެވެ.
“މާޒިން.” ފަހަތުން، ކިޔާރާގެ އަޑު އިވުމުން އަހަރެން އެނބުރި ބަލައިލީމެވެ. ރަތް ކުލައިގެ ކުރު މަތިކޮޅަކާއި އެކު، ބާރު ޓައިޓެއް ލައިގެން ހުރި އިރު، ކިޔާރާގެ ފުރިހަމަކަން، ވަރަށް ރަނގަޅަށް ފެނެއެވެ. ރަތް ލިޕްސްޓިކުން، މޫނުމަތި އިތުރަށް ފުރިހަމަ ކޮށްދީފައިވީއިރު، އިސްތަށިގަނޑުވެސް އޮތީ، ރީތި ގޮތަކަށް ހައްޔަރުކޮށްލާފައެވެ.
“މާޒިން… ކޮންތާކަށް..؟” ހިނގައިގަތް ކަމެއް ނޭންގި މަންމަގެ އަޑު ގުގުމައިގެން ދިޔައެވެ. އަނެއްކާ އަނެއް ކަންތަކެވެ. އުފަންދުވަހުވެސް، އަހަރެންނަށް އޮންނަން ޖެހޭނީ ގޭގައި ހެއްޔެވެ؟ ބަޔަކު އަހަރެން ކިޑްނެޕް ކުރިޔަސް މިޔަށްވުރެ މަޖާ ވީހެވެ.
“މި.. ފްރެންޑަކާ އެއްކޮށް، ބޭރަށް މިދަނީ.. ޕްލީސް…”
“ނޯ…. އެންޑް ނޯ… ތިހިރީ މިހާރުވެސް މީހާ ހުރި ހާލު.. ހަމައަށް ކިރިޔާ ފިޔަވަޅު އެޅެނީ…. ނުދެވޭނެ..” މަންމަ ބުނެލިއެވެ.
“ދެންންން، މަންމާ…… މަ މީ މިހާރު ބޮޑު މީހެކޭ… ދެން ޕުލީސްސް..” އަހަރެން ބޮޑާ ހާކާލީމެވެ. އެ މަންޟަރު ބަލަން ހެވިފައި، ކިޔާރާ ހުއްޓެވެ.
“ކާކާ އެއްކޮށް ތި ދަނީ؟” ޢާންމު ދުވަސްތަކާއި ޚިލާފަށް، މަންމަ ތަންކޮޅެއް ފަސޭހައިން ހަތިޔާރު ބެހެއްޓިއެވެ. މަންމަ އިނީ ސޯފާގައި ކަމުން، ދޮރު ކައިރީ ހުރި ކިޔާރާ ނުފެންނަނީއެވެ. އަހަރެން ކިޔާރާއަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނީމެވެ.
“މީ، ކިޔާރާ،… ހަލފް ރަޝިޔަން ފްރެންޑެއް…” އަހަރެން، ބުނެލީމެވެ. ކިޔާރާ އެމީހުންނަށް ވެސް ހިނިތުންވެލިއެވެ.
“ކޮން ކަހަލަ ފްރެންޑެއް؟!” އެއޮތް ހުރިހާ އިރު ޑްރާމާ ބަލަން އިން، މިޝް އަނގަފެޅީއެވެ. އެ މާނަކުރިއެއްޗެއްވެސް، އަހަރެންނަށް އިތުރު ވިސްނުމަކަށް ނުގޮސް ދެނެގަނެވެނެވެ. ނުލަފާ އަންހެނެކެވެ. އެކަމަކު ގޯސް ކޮއްކޮއެއް ލިބޭނީ، ގޯސް ބޭބެއަކަށް ތާއެވެ. އަހަރެންގެ ސިކުނޑިއަށް އައި މޮޅ ޚިޔާލާއެކު ލާނެއް ހިނިތުންވުމެއް ދިނީމެވެ.
“ފްރެންޑެއް… ސްޕެޝަލް ފްރެންޑެއް” އެއްލޯ މަރާލަމުން އަހަރެން ބުނެލީމެވެ. ދެން މަންމައަށްވެސް ޖެހޭނީ ފޮނުވާށެވެ. ކިޔާރާ ކޮންމެ އެއްޗެކޭ ހިތަށް އެރިޔަސް ހެވެވެ. މަޖާ ކުރެވުމުން އެ ނިމުނީ ނޫންހެވެ.
………………………………..
މުޅި މާލޭގައި ހޭވުމަށްފަހު، އަހަރެމެން ވަނީ ކެފޭއަކަށެވެ. އެތަނުން އެލީނާ ފެނުމުން އަހަރެންނަށް ހީވީ، މީހަކު، ހިތުގައި އެއްޗަކުން ޖަހާލިހެނެވެ. ގެނައި ކަޅު ކޮފީވެސް، އެއް ނޭވާއިން ދަމާލައިފައި، ދިޔައީ، ހިތަށް އަސަރުތަކެއް ކޮށްގެން ކަން އިނގެއެވެ.
“ކިހިނެތްވެފަ ތީނީ؟” ޚިޔާލަކަށް ގެއްލިފައި އިންދާ، ކިޔާރާ ގޮވާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެލީނާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ހަމަ ގައިމުވެސް ރަނގަޅު އެއްޗެކޭ ހިތަކަށް ނާރުވާނެއެވެ. އަހަރެންނަކީ ޕްލޭޔަރެކޭ ހީނުކޮށްފިއްޔާ ރަނގަޅެވެ. ލިބުންތާ، ދުވަސްކޮޅެއް ނުވަނީސް، ބީވެދާނެތީ ހިތް ނުތަނަވަސް ވަނީއެވެ.
“އެލީނާ މާޒިންއަށް ކިޔަނީ ޒިން ދޯ؟” ސީދާ އަހަރެންގެ ލޮލަށް ބަލަމުން، ކިޔާރާ ބުނެލިއެވެ. މީނައަށްވެސް ދައްކަން އިނގުނީ އެލީނާގެ ވާހަކައެވެ. ޖަވާބު ނުދިނީވެސް، އެޚިޔާލަށް ވަދެފިއްޔާ، ނުނިކުމެވޭނެކަން އިނގޭތީއެވެ.
“މަ ކިޔާނީ، މާޒް… އެހެން މީހުން ކައިރީ ބުނާތި މާޒިންއަށް މާޒް ނުކިޔައްޗޭ..” ލުއި ހިނިތުންވުމެއް ދެމުން، ކިޔާރާ ބުނެލި އެއްޗެއް އަހަރެންނަށް މުޅިން ދޭހައެއް ނުވިއެވެ. ގާތް މީހުން ނޫން އެންމެން އަހަރެންނާ މުޚާތަބު ކުރަނީ މާޒް ކިޔާފައެވެ. މީނަ އަހަރެންނާއި ގާތް ވާން ބޭނުންނުވަނީތާއެވެ.
“އެހެން… އެހެންވިއްޔާ، ޒިން ކިޔާނީ، ކިޔާ..” ޚިޔާލުތަކު ތެރޭ ޣަރަގުނުވާން ކުރެވެމުންދިޔަ މަސައްކަތް، ކާމިޔާބު ވާގޮތެއް ނުވިއެވެ.
“އެންމެންވެސް ކިޔަނީ ކިޔާ… މާޒް ކިޔާ ޔާރާ..” ކިޔާރާ ބަލައިލި ގޮތުން އަހަރެންނަށް އުނދަގޫ ވިއެވެ. އަހަރެން ކިޔާރާ އަށް ޔާރާއޭ ކިޔަންވީ ސަބަބެއް އެބެތް ހެއްޔެވެ. ދިމާއަށް ނޫނެކޭ ނުބުނަން އަހަރެން ފަނޑުކޮށް ހިނިތުންވެލީއެވެ.
“ބުނީމެއްނު ސްޕެޝަލް ފްރެންޑެކޭ.. މަށަށްވެސް މާޒް ވަރަށް ސްޕެޝަލް..” ކިޔާރާ ފެށީ އުނދަގޫ މައުލޫއެކެވެ. އަންހެން ކުދިން ވަރަށް ވުރެ އަނގަގަދައީއެވެ.
“އެހެން؟” އަނގައިން ބަސް ހުސްވީމާ ބުނެވޭނީވެސް އެހެނެވެ.
“ހްމްމް”
“އެހެންތާ….؟”
“އާނއެކޭ”
“އަސްލުވެސް ހަމަ އެހެން..؟”
“އަޅެ ހަމަ އެހެނޭ..”
އަހަރެން އުންމީދު ކުރި ގޮތަށް ޑްރާމަޓިކް ބަސްތަކުން، ވާހަކަ ބަދަލު ކޮށްލެވުނެވެ. ނަމަވެސް އިތުރު ވާހަކައެއް ފެށުމުގެ ކުރިން، ފޯނަށް މެެސެޖެއް އައި އަޑު އިވުނެވެ.
“ސޮރީ ޒިން… މިރެޔަކު ނުދެވޭނެ..” އެލީނާގެ ފަރާތުން، ކުޑަކުޑަ މެސެޖެކެވެ. ރަނގަޅަށް ނުވެސް ކިޔެނީސް، މުޅި މީހާ މާޔޫސްވިއެވެ. އެކްސްޕްލެއިން ކޮށްދެވޭނީވެސް، ދިމާވީމަ ނޫންހެވެ.
“މާޒް…” ފޯނުގެ ސްްރީނަށް ގެއްލިފައި އިންދާ ކިޔާރާ ގޮވާލިއެވެ. މިފަހަރު، އެ އަޑުގައ، ވަރަށް ފުން ގޮތެއް ހުއްޓެވެ.
“މާޒް… އައި ތިންކް… އައި…. ލަ.” ބުނަމުން ދިޔަ، ޖުމުލަ ހުއްޓުވީ، ކިޔާރާގެ ފޯނު ދިއްލުމުންނެވެ. ހަމަ ނަސީބެވެ. އުޒެއިރް ނަމަކަށް ކިޔާ މީހެއްގެ މެސެޖެކެވެ. ފޮޓޮޔަކަށްވެސް އިނީ، ބޮޑު ގަބުރު ބޯ ގަނޑެކެވެ.
“ހޭ، ސޮރީ އެބަ ދާން ޖެހޭ ވަރަށް ކުއްލި ގޮތަކަށް..” ކިޔާރާގެ މޫނު މަތިން، ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ފެންނަން ހުއްޓެވެ. އަހަރެން ކޮނޑުއަރުވާލުމާއި އެކު، ހިނގައިގަތީ، ދެވޭނެ އެންމެ ބާރަށެވެ. ދުއްވައިގަތީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފުންނާބުގަނޑު ތަޅަމުން ތަޅަމުންނެވެ. ޓައިލްސްތައް ތަޅައިގެން ނުދިޔަކަން ހަމަ ނަސީބެވެ.
ކިޔާރާ ދިޔުމުން އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. މިއޮތް ހުރިހާ އިރު އިންތިޒާރު ކުރި ވަގުތު ޖެހުނީއެވެ. ދުވަސްތަކަކަށް ފަހު ގެއިން ނިކުމެވުމުން، ލިބުނު ހިތް ހަމަ ޖެހުން ލިބުނެވެ. ލުވެއިޒް، ފިލާ އޮވެބަލާށެވެ. އޮތް ތާކުން ނެރެގެން، ގެންގޮސް، މޫދަށް ފައްތަންވީއެވެ.
ކިޔާރާ ދިޔަތާ، އިރުކޮޅެއް ފަހުން، އަހަރެން ނިކުމެ ހިނގައިގަތީ ލުވެއިޒް ގެއަށެވެ. ހައިރާން ވީ، ގޭ ކުރި މަތީ، ފޯނެއްގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެހެން ހުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް، ދޭތެރެދޭތެރެއިން، އެލީނާގެ ކޮޓަރިޔާ ދިމާއަށް ބަލާކަން ފާހަގަ ވުމުން، އަޅާނުލާނީވެސް ކިހިނެތް ހެއްޔެވެ.
“ކިޔާރާ؟؟” އަހަރެން ގޮސް ހުއްޓިލީމެވެ. އަދި ހުޅުވާފައި ހުރި، އެލީނާގެ ބެލްކަނީ ދޮރަށް ބަލައިލީމެވެ.
“އަހް، މާޒިން. މިތާ..” ކިޔާރާގެ މޫނުން، ހާސްކަން ފެންނަން ހުއްޓެވެ.
“ކީއްވެ އެތަނަށް ތި ބަލަނީ؟” އަހަރެން ހިތުގައި އޮތް ސުވާލު ކޮށްލީމެވެ. އެލީނާ، ކިޔާރާ ދެކެ އެހާ ރުޅި އަންނަ އިރު، މިތާ، އެ ކޮޓަރިއަށް ބަލަން ހުރުމުން، އެ ސުވާލު ކުރެވޭނެ ނޫންހެވެ.
“އެއީ… އަމް.. އެއީ، މާ އަޑު ގަދަ ވީމަ ދެންމެ އަކު… ހެހެ.. ލެޓްސް ގޯ..” ކިޔާރާ، އަހަރެންގެ އަތުގައި ހިފީ ކީއްވެ ކަމެއް ނޭންގެއެވެ. އަހަރެން ދާނަމޭ ނުވެސް ބުނަނީސް، ދަމަމުން ގެންދަން ފެށިއެވެ. ބަލަން ހުންނަ މީހަކު، ހިންޏާ ބިނދޭނެއެވެ. އިލޮށްޓެއް ވަރުގެ، ކުޑަ އަންހެނަކު، އަހަރެން، މިއޮތް ބޮޑު މީހާ ދަމާ ގެންދިޔައީމާ، އެވާނީ ދެން ބޮޑު ޑްރާމާގަނޑަކަށެވެ.
“މަ މި ތަނަށޭ މި އައީ..” ތަންކޮޅަކަށް ނުދެވެނީސް އަހަރެން، ކިޔާރާގެ އަތް ފޮޅުވާލައިފައި، ދާން ހިނގައިގަތީމެވެ.
“މާޒް.. މަޑު ކޮށްބަ..” ކިޔާރާ ގޮވި ނަމަވެސް، އަހަރެން، ހިނިތުންވެލާފައި ދިޔައީއެވެ. މި ލުވެއިޒްގަނޑު، އޮތް ތަނަކުން، ނެރެން އެބަ ޖެހެއެވެ.
“މާޒިންންން….” އެނބުރި ބަލައިލަން ޖެހުނީ، ކިޔާރާ ތަންކޮޅެއް ބާރަށް ގޮވާލީމައެވެ. އެ ތޫލި އަޑުގައި، ސީރިޔަސް ގޮތެއް ހުއްޓެވެ.
“ޕްލީސް، މީތި..” އެއިރު، ކިޔާރާ، އިނީ އުޑަފައިން އިށީންދެއެވެ. މަގުގައި، ފެން ދާން ހުރި ހުސް ޖާގަ، ކައިރީއެވެ. ވީ ގޮތް ދެނެގަންނަން، އަހަރެންނަށް މާ ގިނައިރެއް ނުނެގިއެވެ. އެހެންކަމުން، އެނބުރި ގޮސް ކިޔާރާގެ ކައިރީ އިށީނީމެވެ.
“މީ ކިހިނެއް ވީ ކަމެއް… ކިހިނެއް މީތި..” އެތަނުން، ދޭތެރެއަކަށް ފިޓުވެފައި އޮތް، ކިޔާރާގެ ފޯނު، ދަމާ ދަމާވެސް އަހަރެންގެ އަތަކަށް ނައެވެ. އެއީ ކިހިނެއް ވީ ކަމެއް ކަމެއްވެސް، ކިޔާރާ ނުބުންޏެވެ.
“އާހްހް..” އެލީނާގެ ކޮޓަރިޔާ، ދިމާއިން، ތޫލި ހަޅޭކެއްގެ އަޑު އިވުނެވެ. ހަމަ އެއާއި އެކު، އެއްޗެހި ތަކެއް ވެރިގަތް އަޑުވެސް އިވުނެވެ. ހަވަނަ ހިއްސު، ނުބައި ކަމެއް އެބަ އުޅޭ ކަމުގެ ސިގްނަލް ދިނެވެ. ނަމަވެސް، އިތުރު އަޑެއް ނީވުމުން، އަހަރެން އެނބުރި، ކިޔާރާގެ ފޯނު ނެގޭތޯ އުޅެގަތީމެވެ.
އެލީނާގެ ދެވަނަ ހަޅޭކާއި އެކު، އަހަރެން އެގެޔާ ދިމާއަށް ދުއްވައިަތީމެވެ. ޖެހި ވަޒަނެއް ހެންނެވެ. އަހަރެންގެ އަތުގައި ހިފޭއްޓުމުން، ފޮޅުވާލެވުނު އެންމެ ބާރަކަށް، ކިޔާރާގެ އަތް ވެސް ފޮޅުވާލާފައެވެ.
“އީން….” ފިތުނު ވަރަކަށް، ބެލް އަށް ފިތަމުން، އަހަރެން ގޮވީމެވެ. މަގުމަތިން ދިޔަ އެންމެންގެ ނަޟަރު އަހަރެންނަށެވެ. އެތަނުގައި، އަހަރެން ނުދަންނަ މީހުން މަދުވާނެއެވެ. އެކަމަކުވެސް ކީތްހެވެ. އަހަރެންނަށް މުހިންމީ އީންއެވެ. މަހަކު އެއްފަހަރު، ކޮންމެސް ދެރަގޮތެއް ވާ އަހަރެންގެ އީންއެވެ.
ބެލް ޖަހައިގެން ވާނެ ފައިދާއެއް ނެތް ކަން، ވިސްނި، އަހަރެން، ޕާސްވޯޑު، ނަންބަރު ތަކާއި ކުޅެން ފެށީމެވެ. ލުވެއިޒް ޖަހާތަން، ފެނިފެނި ބާވެފައި ހުރި ޕާސްވޯރޑް، ހައެއްކަ ފަހަރު މަސައްކަތް ކޮށްގެން ޖެހުނެވެ.
ސިޓިން ރޫމުގައި މީހަކު ހުރިތޯވެސް އަހަރެން ނުބަލަމެވެ. ދުވެފައި މައްޗަށް އަރާ، އެލީނާގެ ކޮޓަރިދޮރުގައި ތަޅައި ގަތީމެވެ. ތަޅު ނުލައި ހުރި ދޮރު ހުޅުވުނެވެ.
“އީން..” އަހަރެންގެ ދެލޯ ހޯދާލީ، އެލީނާއެވެ. ނަމަވެސް، ލޮލުގައި އަޅައިގަތީ، އެނދުކައިރީ ކޮޅަށް ހުރި، ފިރިހެން މީހެކެވެ.
“ޒިން…” ކަބަޑާ ނިވާވެގެން ހުރި އެލީނާ ފެނުނީ، ގޮވާލުމުންނެވެ.
ވާއެއް ނުވާއެއް އަހަރެންނަކަށް ނޭންގެއެވެެ. ހިތަށް އަންނަނީ އެންމެ ނުބައި ކޮށެވެ.
“އެލީނާ..” ރުޅިވެރި ރާގެއްގައި އަހަރެންނަށް، ގޮވާލެވުނީ، ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. އަހަރެން ކިޔާރާއެއްކޮށް ކޮފީއަކަށް ދިޔައެކޭ ކިޔާފައި، އެލީނާ، ކޮޓަރިއަށް ފިރިހެނުން ވައްދަން ޖެހޭ ހެއްޔެވެ.
އަހަރެން އެއް ފަހަރު އެލީނާއަށް، އަނެއް ފަހަރު، އެ ފިރިހެން މީހާއަށް ބަލައިލީމެވެ. އެއީވެސް، އާ މޫނެއް ނޫނެވެ. ޝަޔާން ބޭންޑު އަޔާންއެވެ. އަހަރެމެންނާއެކު، އީދުގައި ލަވަކިޔަން ދިޔަ އެއް ސޮރެވެ.
“އޯހ ބްރޯ، ބޭރަށް ނިކުމެ، އަނގަ މަޑުން ލައިގެން ހުރޭ، އެހެން ނޫނީ ގޮތެއް ހަދާލަން ޖެހޭނީ..” އަޔާންގެ ޖުމުލަ އަހަރެންނަށް އަޑުވެސް ނީވޭ ކަހަލައެވެ. އަހަރެންނަށް ފެންނަނީ ހަމައެކަނި، އެލީނާއެވެ. އެހެން ދިމާއަކަށް ބަލައިލަންވެސް ނޭންގުނެވެ.
އަޔާން، އެލީނާއާއި ދިމާއަށް ހިނގައިގަތެވެ. ދެން ކޮޓަރީން ނިކުންނަން ވީ ކަމުގައި، ސިކުނޑި ސިގްނަލް ދޭންފެށިއެވެ. ނަމަވެސް ޟަމީރު އެކަމަށް އެއްބަސްވާނެ ހެއްޔެވެ؟ ހިތަށް ވެރިވެގަތް، ރުޅި ބަޔާންކޮށްދޭނެ ބަހެއް، ޔަގީނުންވެސް، ދިވެހި ރަދީފަކު ނުވާނެއެވެ.
އަހަރެން ހަރަކާތް ނެތިފައި ހުރުމުން ކަންނޭންގެއެވެ. އަޔާން، އެނބުރި ފަހަތް ބަލައިވެސް ނުލިއެވެ. އެއީ، އަހަރެން، ރުޅިން ތުރުތުރު އެޅި ފުރަތަމަ ފަހަރެވެ. ކިހާ ހެއްވާ ހެއްޔެވެ؟ މިއީ ވާނެ ކަމަށް އަހަރެން ޤަބޫލުވެސް ކުރި ކަމެއް ނޫނެވެ.
“އޭތް…” ދިޔަ ގޮތަށް ގޮސް އަހަރެން އަޔާން ކޮއްޕާލީމެވެ. ވަކި ދިމާއެއް ބަލާފައެއް ނޫނެވެ. ކޮއްާލެވުނު އެންމެ ބާރަކަށެވެ. ހެދިހާ ޓްރެއިނިން އެއްގެ، މޮޅުކަން، ދައްކާލަދޭނަމެވެ. އީން ރުހުނަސް ނުރުހުނަސް، އަހަރެންނަށް ކީތްހެވެ. އެއީ އަހަރެންގެ ޙައްޤެކެވެ.
ކޮއްޕާލި ބާރުމިނުގައި، އަޔާން ގޮސް ޖެހުނީ، އަލަމާރީގައެވެ. އޭގެ މަތީގައި ބަރި ޖަހާލާފައި ހުރި، މާ ވާސްތަކުން އެއްޗެއް ވެއްޓި ތަޅައިގެންވެސް ދިޔައެވެ. އެއްފަހަރު އަޔާން އަށް އަނެއް ފަހަރު އީންއަށް ބަަލައިލުމަށް ފަހު، އަހަރެން ފުން، ނޭވާއެއް ދޫކޮށްލީމެވެ.
ހިފަހައްޓައިގެން ހުރި ބާލީސް، ގަޔާލައި ބޮނޑިކޮށްލައިގެން، ހުރިއިރު، އެލީނާ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އިސް އުފުލާ ބަލައިވެސް ނުލިއެވެ.
އަޔާން ތެދުވުމާއި އެކު، އަހަރެން ސިކުންތެއްވެސް މަޑު ނުކޮށް ދެވަނަ ފަހަރަށްވެސް ކޮއްޕާލީމެވެ. މިފަހަރު ގޮސް ޖެހުނީ، ޑްރެސިން ޓޭބަލް ގައެވެ. އެރި ގުޑުމާއި އެކު، އޭގައި ހުރިއްޔާ ހުރި އެއްޗެއް، ވެރުނެވެ. ބޭނުން ނުކުރިއެއް ކަމަކު، ފިހާރައެއް ހުޅުވާލެވޭ ވަރަށް އެކި ކަހަލަ، ކްރީމާއި، ލިޕްސްޓިކާ އެއްޗިއްސެވެ. ފަހުން އެ ތަރުތީބުކުރަން، އެލީނާ އުޅެން ޖެހޭނީ ޙާލެއްގައެވެ.
“ތިކަހަލަ ފިރިހެނުންނާއި ހެދި، މީހުނަށް ލޯބިވެރިއެއްވެސް ގެންގުޅެވޭ ވަރެއް ނޫނޭ..” އަހަރެން ދެންވެސް، ދޫކުރާކަށް ހިތެއް ނުލަމެވެ. އަނެއްކާވެސް، އަޔާން ކޮއްޕާލީމެވެ. ހިންދީ، ފިލްމު ޝޫޓިންތަކުގައި ނޫނަސް، އަހަރެންނަށްވެސް، މީހުންގެ އަނަގައިން ލޭ ހިލުވާލެވޭނެއެވެ. ސަންތި މަރިޔަނބަށް ނޫނަސް، ދަތް ލުއްސޭނެއެވެ.
“އޯ، ހޯ، މާޒިން..” އެއްކަލަ އަޔާޒް އައި ގޮތަށް އަހަރެމެން ދެމެދަށެވެ. ހިތް ފުރޭ ވަރުކޮށް ނުލެވުމުން، އަހަރެންނަށް އަޔާޒް ދެކެވެސް ރުޅިއާދެވުނެވެ. އެލީޒާ ދިޔައީ އެލީނާ ކައިރިއަށެވެ.
އަބަދެކޭވެސް، އެއްގޮތަށް، އިންޒާރު ތަކެއް ދީފައި، އަޔާޒް، އަޔާން ފޮނުވާލީއެވެ. ދެރަ ކަމެކެވެ. އަޔާޒްވެސް އެލީނާ ކައިރިއަށް ދިޔުމުން، އަހަރެން ސޯފާގައި ޖައްސާލީމެވެ. ބޮލަށް ސަވާރުވެފައި ހުރި ރުޅިވެރިކަުގައި ފޯނުނަގާ، ލިޔުނު މެެސެޖު ފޮނުވާލީމެވެ.
“ވޮއިސް ޕިސްޓޯލް ބޭންޑުގެ އަޔާން… ވޯންޓެޑް…”
…………………………..
“ޒިން…” ބައި ގަޑިއިރެއް ހާއިރު ކޮށްފައި، އެލީޒާމެން ނިކުތުމުން، އެލީނާ، އަހަރެންނަށް ގޮވާލިއެވެ. އަޑުގައި ވީ ފުން ހިތާމައެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ނުދެވުނީއެވެ. އަސްލު އެވީގޮތެއް، އަހަރެންނަށް އަދިވެސް، މުޅިން ދޭހައެއް ނުވެއެވެ.
އެލީނާ މަޑުމަޑުން، އެނދުގައި އޮށޯވެ ފަންގިފިލަޔަށް ނަޟަރު ހުއްޓާލައިގެން އޮތުމުން، އަހަރެން ކަތި ނަޟަރަކުން ބަލައިލީމެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި، އެލީނާގެ ކައިރިއަށް ދާން މަޖުބޫރުވީ، އެލީނާގެ ނޭފަތުން، އަންނަމުން ދިޔަ ލޭ ފެނިފައެވެ.
“އީން..” ވީގޮތް އެނގުމާއި އެކު، މަޑުނުކޮށް، އެލީނާ ޓިޝޫއަކުން، ނޭފަތް ފޮޅާލިއެވެ. އަދި އަނެއްކާވެސް ކުރިން އޮތްގޮތަށް އޮށޯތެވެ. ދެފަހަރަކު ގޮވާލުމުންވެސް، ކަހާތަން ހިރުވާވެސް ނުލިއެވެ. ދެން ހަމަ ފުއްޕާފައި އޮވެދާނެއެވެ. މިވަރަށް ފުއްޕަންޏާ ދުވަސްކޮޅަކުން މީނަ ކޮއްޔަކަށް ބަދަލުވެދާނެއެވެ.
“މީ ކޯޗެއް؟” އެނދު ކައިރިއަށް ވެއްޓިފައި އޮތް ސިޓީ އުރަ ނަގަމުން، އަހަރެން، އޭގެ ތެރޭ ހުރި ގަނޑުތަކުން ގަނޑެއް އަތަށް ނެގީމެވެ. ފުލުގައި ސައްޕެއް ޖެހިހެން ތެދުވެ، އެލީނާ އަހަރެންގެ އަތުން އެ ސިޓީ އަތުލިއެވެ. ހަމަ ޖަހައިގަތީއެވެ. ނަމަވެސް، އަހަރެން، އޭގެން ނެގި ގަނޑު، އޮތީ އަހަރެންގެ އަތުގައެވެ.
ދެފަށަށް ފަތް ޖަހާލާފައި އޮތް ގަނޑު ނިއުޅުވާލާ ބަލައިލީމެވެ. ފޮޓޯ ގަނޑެކެވެ. ކާލިންގެ ފޮޓޯ ގަނޑެކެވެ. ކާލިން، މަގުމައްޗަށް ވެއްޓި ޗިސްވެފައި އޮތް، ފޮޓޮއެވެ. މުޅި ތާ ލޭ އޮތް އިރު، ފަކުރުކަމުން، މޭ ނުބައި ކުރާހާވެއެވެ.
އެލީނާ، ސިޓީއުރައެއްގައި، ކާލިންގެ ފޮޓޯ ގަނޑެއް ގެންހުޅެނީ ކީއްވެހެއްޔެވެ؟ ސުވާލު އުފެދުމާއި އެކު އަހަރެން، އެލީނާއަށް ބަލައިލީމެވެ. ނޭހިގެން އުޅެނިކޮށް، ތެދުވެ، ގޮސް، އެލީނާ، ފާޚާނާއަށް ވަނެވެ. އަހަރެންނަށް ޖެހުނީ، ސުވާލު ހިތު ތެރޭ ބާއްވާށެވެ.
އެލީނާ ނިކުމޭތޯ އިންއިރު، އަހަރެންގެ ނަޟަރު ގޮސް ހުއްޓުނީ ކިޔަވާ މޭޒުގެ ވަތްގަނޑަށެވެ. ދަމުން، އެ ސިޓީ، ގަންބާލީ އެތަނަށެވެ. މީހުންގެ ޕްރައިވެސީއޭ ދެފަހަރަކު ހިތަށް އަރާފައިވެސް، އަހަރެން، އެދިމާއަށް ހިނގައިގަތީމެވެ.
ވަތްގަނޑު ހުޅުވާލީމެވެ. ވީ ހައިރާނެކޭ އެއްވަރަށް ދެރައާއި ރުޅިވެސްއައެވެ. އެއްކޮށް އުޅުނެކޭ ކިޔާފަވެސް، އީން އެއްވެސް ކަމެއް ހިއްސާ ނުކުރަނީ ކީއްވެހެއްޔެވެ؟ އަނެއްކޮޅުން، މީ އިބުނު ބަތޫތާ ޒަމާނުން އައިސްގެން އުޅޭ އީން އެއްހެއްޔެވެ؟ މިއޮތް ފަދަ ޒަމާނުގައި ސިޓީ ފޮނުވާނީ ކާކުހެއްޔެވެ؟
އެތާ ހުރި ހުރިހާ ސިޓީއެއް ހިފައިގެން އަހަރެން އައިސް، ނުހަނު ހަމަޖެހިލައިގެން އެނދުގައި ޖައްސާލީމެވެ. ހަމަ ގައިމުވެސް، އެތާ ސާޅީހަކަށް ިޓީ އޮންނާނެއެވެ. ނުވެސް ކަނޑާ ހުރި އެއްޗެހިވެސް ބައިވަރެވެ. އެއް ސިޓީ ނަގާ އަހަރެން ކިޔަން ފެށީމެވެ. ތަންކޮޅެއް ކުރީގެ އެއްޗެކެވެ.
………………………………..
“މާޒިން!” އެލީނާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އަހަރެންނަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ކަމެއް ވިޔަސް، އެލީނާ ނުބުނަނީ ކީއްވެހެއްޔެވެ؟
“މީ ކޮންކަމެއް..” އިސް އުފުލާ ބަލާލަމުން އަހަރެން ބުނެލިއިރު، އެލީނާގެ ލޯ ހުރީ ފެންކަޅިވެފައެވެ.
“ޕްލީސް… ދޭ ބޭރަށް”
“މީ ކޮންކަމެއްހޭ…. ކީއްވެތަ އީން ނުބުނަނީ… މި މީހުން..”
“މި ބުނީނު ބޭރަށް ދާށޭ… މަގޭ ޙަޔާތުގަ ހިނގާހާ ކަމަކާ، މާޒިން ބެހޭކަށް ނުޖެހޭނެ.” ފަހަރަކަށްވުރެ ފަހަރެއް އަހަރެމެންގެ އަޑު ދިޔައީ ބާރު ވަމުންނެވެ. އެލީނާ އެފަދަ ގޮތަކަށް، އެހާ ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކުމުން، ހިތަށްވެސް ތަދުވެލިއެވެ. މި އީންގަނޑު އަބަދު އަހަރެންގެ ހިތުގައި ޖައްސަނީއެވެ.
“އެލީނާ… މި ކާލިން ކަންތައް ނިންމަން ވެއްޖެއެއްނު.. ކީތްވެތަ، މަށާ ނުބެހޭ ކަމަކަށް މިކަން ވަނީ… އަމިއްލައަށް އެލީނާ އާނއެކޭ ބުނީ..” އަހަރެން ތެދުވެ ގޮސް އެލީނާއާއި، ދެތިން ފޫޓު ދުރުގައި މަޑުކުރީމެވެ.
“މާޒިންއަށްވެސް، އިނގޭނެ މަ ލޯބިވެގެން ނޫންކަން އާނއެކޭ ބުނީ… މާޒިން މަޖުބޫރު ކުރީމަ..” ދެންވެސް އެލީނާއަށް އިނގުނީ އަހަރެންގެ އިހުސާސްތަކާ ކުޅޭށެވެ.
“އީން.. މަ އެއްވެސް އިރަކު މަޖުބޫރެއް ނުކުރަން… އެލީނާ ލޯބިވިޔަސް ނުވިޔަސް، މި ކަމާ މަ ބެހޭނަން…” ދެރަވިޔަސް، އަހަރެން ދޫކުރާކަށް ނެތީމެވެ.
……..
“މާޒިން… މިތާ ކިހިނެއްވަނީ.. އެލީނާ ނުރުހުމުގަ، މިތާ ޒިންއަކަށް ނުހުރެވޭނެ.” އެލީޒާއާއި އަޔާޒް އައެވެ. އަޑުގަދަވެގެން ކަންނޭންގެއެވެ.
“ވީ ކިހިނެއްތޯ އެލީނާ ކައިރީ އަހާބަ…” އަހަރެން ކިޔަން ހުރި ސިޓީ، އެލީޒާއާއި ދިމާއަށް އެއްލަމުން އަހަރެން ބުނީމެވެ. އެ ސިޓީ ނަގާ އެލީޒާ ބާރަށް ކިޔަންފެށިއެވެ.
“އެލީނާ ފަޔާޒް…..
ކައެއަށް ރަނގަޅަށް އިނގޭނެ، ކާލިން މަރުވީ ކައެއާ ހެދިކަން. ވިސްނަ ބިއަ، މީހެއްގެ ފުރާނައޭ އެދިޔައީ، ކައެ އާ ހެދި. މާ ރަނގަޅުބޮޑު މީހަކަށް ހެދިގެން އުޅޭއިރު، އަނދިރި ފަރާތް މިހުރީ ހުންނަ ގޮތް.. އެ އަދަދަށް، މާދަމާ ރޭ ރުފިޔާ ނުގެނެސްދީފިއްޔާ، ބިތުފަންގި ނަގާނަން. އެއިރުން، ހެއްދެވި އެންމެންނަށް ކެޔޮކޭވަރު އެނގިދާނެ… ކާލްގެ ފަރާތުން އަދިވެސް ލޮޓްްސް އޮފް ލަވް… -ހެޕީ އީދް މުބާރަކް- ބައިދަވޭ..” ތާރީޚުނޫން މައުލޫމާތެއް ނެތް އެ ލިޔުންކޮޅު، ކިޔާ ނިންމާލިއިރު، އެލީޒާއާއި އަޔާޒްވެސް ހުރީ އަހަރެންގެ ކޮޅަށް ޖެހިފައެވެ.
އެލީނާ އިސްޖަހާލައިގެން ހުއްޓެވެ.
“އީން.. ބއެއްކޮށް ނިމިފަ އޮތް ކަމަކާ، އީން ބްލެކްމެއިލް ކުރާ އިރު، ކީތްވެތަ އެއްވެސް މީހެއް ކައިރީ ނުބުނަނީ..” އަހަރެން، އަނެއްކާވެސް އެލީނާއާ ވާހަކަދައްކަން ފެށީމެވެ.
“ބުނީމަ ވާގޮތެއް ނުފެނޭތަ.. ލޯބިވާ މީހުންނަށް ގޮތްގޮތް ވާން އެއްވެސް މީހަކު އެދޭނެތަ؟ ބަލާބަ. މަ ހަމައެކަނި، ކާލްއަށް ވީގޮތް ކިޔައިދިނީމަވެސް، ތިހިރީ، ފައި ބިންދާލާފަ” އެލީނާ އަދިވެސް ހުއްޓާކަށް ނޫޅުނެވެ. މިހާރު އަހަރެންގެ އެކްސިޑެންޓާ މިޔަކާ ކީތްހެވެ.
“ހަފްތާޔަކު އެއްފަހަރު އޭޑީކޭއަށް މާޒިން ނުވައްދަންޏާ، ދިރިވެސް ނޫޅެވެނިއްޔޯ.. މީނަ އެކްސިޑެންޓާ، މިޔަކާ ނެތް އެއްވެސް ގުޅުމެއް..” އަހަރުމެންގެ ލޮބުވެތި އަޔާޒް ދި އިންވެސްޓިގޭޓަރ، ޔަގީންކަމާއެކު ބުނެލިއެވެ.
“މީ ދުނިޔެ.. ތިގޮތަށް ޕޮސިޓިވް ކޮށް އެއްއިރެއްގަ ވިސްނީމަ، މަގޭ ދިރިއުޅުންވެސް ހަލާކުވީ. ހުރިހާ ކަމެއް އަބަދު ވަނީ އޮޅުމަކުން ނޫނޭ.. އެވަރުން ބުނީމަވެސް، ޒިން ކިޔާރާ ދޫކުރާކަށް ނޫޅުން..” އެލީނާ އަދިވެސް އެ ޝަކުވާ ދޫކުރާކަށް ނޫޅެއެވެ.
“މިހާރު ކިޔާރާ ކިހިނެއްވީ؟”
“ކިޔާރާއޭ؟ ކިޔާރާ އަނެއްކާ އައީތަ؟ ޑެމްން.. ކީތްވެ ކުރިން ނުބުނީ..” އެލީޒާ ހައިރާންވެ ހުރެ ބުނެލިއިރު، ކިޔަން ނޭންގޭ ކުލަތަކެއް އެ މޫނުގައި ހުއްޓެވެ. ތަނެއް ދޮރެއް ދޮރޯށްޓެއްވެސް އަހަރެންނަށް އިނގޭނީ، މިމީހުން، ކަން ދަން ބޮޑުވީމާ އަންގާލީމަ ނޫންހެވެ.
“ދެން މިހާރު ކިޔާރާ މިވީ ކާކަށް؟؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.




Yey me 1st.. Kiyaafa adhi cmnt eh kohlaanan
Hehe congra… thankuu
Hehe. Thank u and Wlc. Ok mi part vx hama habeyss. Vrh reethi ngey. Dhn mi kiyaaraa mee adhi kaalu thr?? Vrh foohivaa kahala gothakah ulhenee. Dhn ok waiting 4 next prt. Reyga dhanvaru balaali iru vaahaka up oohfa ineema nukiyaa avas cmnt kohlee. Enme kurin cmnt kuran vegen. Maa fahun mi prt mi kiyunee. Eid mubarak my dear frnd.
Thankss… Lets see dhw kiyaaraa akii kaaku kan.. Thankss once again ??☺️
Varah reethi ????? whn is next part ????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ waiting for the next ❤️❤️❣️❣️❣️❣️❣️❣️♥️♥️♥️♥️♥️♥️?❤️❤️❤️❤️?????? one of my favourite ???
Owhh thanksss… Insha Allah maadhamaa rey.. ???
Wooooowww varah salhi ? ? ? ? ? love this part. Thanx monsta
Thank you…. thnakss for?… welcome ???
SALHI
Aassaree vaassaree vaa.. Hama furihama
Hehe Luc!fer…. thankuuu
vvv salhi…when next ..
OMG.. hama v salhi.. een ge kaakubaa kiyaara akee.. maybe kaalin ge kokko.. btw avahah next part up kohdhehcheyy.. inthizaaru ga.. hope sunday ga libeyne kamah
Oh sis Hama awesome ?? waiting for next part curiously
Draxlurrrr don’t call me sis.. Insha Allah, maadhamaa rey.. Thank you dhnn
Kalo hama habeysss???…Alhey Im so curiousss..Nd Also EID MUBARIK ingey❤❤
Owh Thanksss jiji… Jiji ahh vess eid mubarak ☺️☺️☺️?
OMG.. hama v salhi.. een ge kaakubaa kiyaara akee.. maybe kaalin ge kokko.. btw avahah next part up kohdhehcheyy.. hope sunday ga libeyne kamah
hama v salhi.. een ge kaakubaa kiyaara akee.. maybe kaalin ge kokko.. btw avahah next part up kohdhehcheyy.. hope sunday ga libeyne kamah
Monstiii.. my comments are not going..
V salhi.. kaakubaa kiyaara akee.. hope sunday ga next part kiyaalan libeyne kamah
OMG.. hama v salhi.. een ge kaakubaa kiyaara akee.. maybe kaalin ge kokko.. btw avahah next part up kohdhehcheyy.. EID MUBARAK MONSTA
Thankss… Next ep liye nimmaafa onnaany, so dhn kiyara akii kaaku engidhaan e vrah avahahh… ??? eid mubarak danger ahh vess.. ? thankss
comment dhiya ee ves dhe thin faharu liyegen.. bla bla
Mi vaahaka v salhi. Dhevana bayah inthizaaru kohla kohla mi innany ?
Thank you ☺️☺️??
So lets stop trying to guess Who i am? Thivarah i akee kaakukan visnan vejjiyyaa eleenaa noonakas monsta ge bolun ves theyo feefaa feefaa negeyvarah bolah theyoaraafaane hehe…. Dhen mi part ves varah reethi…. And Best of luck for o level exam dear ????
Alhe no please buneba… How do you know when everything about me??? Alhe pvt koh talk kohhfa vescan ya letme know who you are.. Plz..Thankss invey dhnnn☺️☺️☺️☺️
Hey kon irakun next upkohdheyny..So kehmadhu to read?
Alhey konirakutha next part up kurany anyway EID MUBARAK to all ?????
Mi part salhi also❤❤❤❤❤
Mi part ves v salhi.❤❤❤when is next part coming???????????