Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޝާ 2 – 1

Shax Lyn Level 1
August 5, 2019 4 Mins Read
6 Comments

ގަދައަށް ނިދާފައޮތް މަންޝާގެ ހަށިގަނޑުގައި ފިނިއަތަކުން ފިރުމާކަމުގެ އިހްސާސެއް ކުރަމުން ދިޔައެވެ. ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް މަޑުމަޑުން އެއްފަރާތްކޮށްލުމަށްފަހު އެމީހަކު މަންޝާގެ ހަށިގަނޑާ ގާތްވެލިއެވެ. ކަންފަތުބުޑުގައި ހޫނު ނޭވާއެއް އެޅިލުމުން މަޑުމަޑުން މަންޝާގެ ކޮނޑު އަރުވާލަމުން ކަންފަތްދަށުގައި ދެބުރަކަށް ކޮނޑުހާކާލެވުނީ ނިދާފައި އޮތުމުން ކޮންމެވެސް ވަރަކަށް އުނދަގޫވާތީއެވެ. ދެން އެމީހެއްގެ ފިނި އަތްތިލައިން މަންޝާގެ ކޮނޑުގައި ހިފަހައްޓަމުން ކަންފަތްދޮށަށް ގުދުވެ ވައިއަޑުން މަންޝާއަށް ގޮވާލިއިރު އަނގައިން ބޭރުވި ހޫނު ނޭވާ މަންޝާގެ ކަންފަތަށް އެޅިގެން ދިޔައެވެ.

“މަންޝާ…”

އެ އަޑު ޖެހުމާއެކީ މަންޝާގެ ދެލޯ ތަންމިނަށް ހުޅުވާލެވުނީ ބިރުވެރިކަމެއް އިހްސާސް ވެގެންނެވެ. ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި އެނދުގައި އިށީނދެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ ކޮޓަރީގައި މީހަކު އުޅޭހެން ހީވުމުންނެވެ. ފެންނަމުން ދިޔަ މަންޒަރުން މަންޝާގެ ސިކުނޑީގައި ރިހުމެއް އުފެދިގެން ދިޔައީ އެއީ އޭނާ ނިދަން އޮތް ކޮޓަރި ނޫންކަން އެނގުނު ހިސާބުންނެވެ. އެނދުން ތެދުވަން މަސައްކަތް ކުރަމުން ގޮދަޑީގައި އަތް ވިއްދާލި ވަގުތު އަތުގައި އެއްޗެހިތަކެއް ޖެހުމުން މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެެ. ދެއަތް ހާކާލަމުން މުށްކަވާލީ ބެޑްޝީޓްގައި ހިފާލާށެވެ.

ލިބުނު ހައިރާންކަމުން ދެލޯ ބޮޑުކޮށްގެން އިނދެ މުށްކަވާފައިވާ އަތް އުފުލާލަމުން އަތަށް މަންޝާ ބަލާލިއެވެ. މުށުތެރޭގައިވާ ކަޅުކަންގަދަ ހިމުން ވެލިތައް ފޮޅާލުމަށްފަހު ކައްޓެއް ޖެހިހެން އެތަނުން ތެދުވި އިރު ފައިކޮޅުން ފެށިގެން މައްޗަށް ތުރުތުރެއް އަރައިގެން ދިޔަ ކަހަލައެވެ. މި އޮވެވުނީ ނިދަން އޮތް އެނދުގައި ނޫންކަން އެނގުމުން އަވަހަށް ތެދުވެ ނިދާ ހެދުމުގައާ ގައިގާ ހޭކިފައިވާ ކިލަޔާ ވެލިތައް ފޮޮޅާލި އިރު މަންޝާގެ ހިތުގައި އެތައް ސުވާލުތަކެއް ފުނި ޖެހެމުން ދިޔައެވެ.

އަނދިރިކަމުގެ ތެރޭގައި އެ ބިޔަ ގަސްތައް ފެންނަލެއް ވަރަށް ބިރުވެރިއެވެ. ބިޔަކޮށް ހެދިފައިވާ ގަސްތަކުގައިވާ ފަތްތަކުން ފުރޭނިގެން ބިންމައްޗަށް އެޅިފައިވާ ފަނޑު ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރުއަލިކަމެއް ނެތެވެ. ބިންމަތީގައި ކުރެހިފައިވާ ގަސްތަކުގެ ހިޔަނިތައް ނަށަމުން ދާހެން ހީވާ ކަހަލައެވެ. ބިރުން ހުރުމުން މަންޝާގެ ނޭވާ އަވަސްވަމުން ދިޔައީ އެ ވީރާނާ މާހައުލުގައި މަންޝާ އެކަނި ހުރުމުންނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި މަންޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މަދަދަށް އެދި ގޮވާނީވެސް ވަކި ކާކަށްހެއްޔެވެ؟

އެ ހަމަހިމޭން މާހައުލުން އަޑެއް އިވުނުހެން ހީވުމުން އެ ދިމާއަށް މަންޝާ ބަލާލީ މޭގައި އަތް އަޅާލަމުންނެވެ.

ނިކަގަހަށް ނުބަލަން މަންޝާ ހިިނގަމުން ދިޔައީ އިސްޖަހައިގެން ހުރެއެވެ. އެތަނުގައިވާ ހަމަހިމޭންކަމުގެ ތެރޭގައި މަންޝާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކީ ފައި ދަށުގައިވާ ހިކިފަތްތަކާ ގޮފިތައް މުގުރެމުންދާ އަޑު ނޫން އަޑެއް ނީވެއެވެ. ހާވާލާފައިވާ އޭނާގެ އިސްތަށިގަަނޑުގައި ވައިރޯޅިއެއް ބީހިލުމާއެކީ މަންޝާގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ފިޔަވަޅު މަޑުކޮށްލުމަށްފަހު އިސްތަށިގަނޑުގައި އަތް ހާކާލަމުން ފަސްއެނބުރި ބަލާލެވުނީ ފަަހަތުގައި މީހަކު ހުރިކަަމުގެ އިހްސާސްވުމުންނެވެ.

ފަހަތުގައި އެއްވެސް މީހަކު ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލުމަށްފަހު އަނބުރާ ކުރިއަށްދާން ހިނގައިގެން ވަގުތު މަންޝާއަށް ސިހުމެއް ލިބުނީ ހަސަންބެވެސް ފެންނަން ނެތުމުންނެވެ. ފިޔަވަޅު އަވަސްކޮށްލަމުން ކައިރީގައި ހުރި ނިކަގަހާދިމާއަށް މަންޝާއަށް ބަލާލެވުނީ ޖެހިލުންވެ ހުރެއެވެ. ގަހުގެ ބިޔަކަމުން އެ ގަހުގެ ހިޔަނިން އެތަނަށް އިތުރު އަނދިރިކަމާ ނާމާންކަން ވެރިވެފައިވާ ކަހަލައެވެ. އެ ގަހުގެ ބޮޑެތި މޫތަށް އެހިސާބަށްފެތުފައިވުމުންނާއެކީއެ ގަހަކީ އެ ވަލުތެރޭގައި ރަސްކަން ކުރަމުން ދާ ނިކަބިލިއްސާ ގަސްކަން މަންޝާއަށް އެނގުނެވެ.

ގަހުގެ ގޮފިތަކުން ފައިބާފައިވާ މޫތައް ވަޔާ އެކީ ހެލިލި ވަގުތު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑު މަންޝާގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު އެ އަންނަނީ ގަހާ ދިމާލުންކަން އެނގުމުން އެ ގަހާ ދިމާއަށް ދާން މަންޝާ މިސްރާބު ބަދަލުކޮށްލަމުން ގޮވާލީ ހިތަށް ނުތަނަވަސްކަން ވެރިވާތީއެވެ. “ކާކު؟… ކާކު ހަޅޭއްލަވަނީ؟… ކިހިނެއްވީ؟..”

ގަހުގެ މައިގަނޑުގައި ވާ ގޮފިތައް އެތުރިފައިވާ ގޮތުން މީހެއްގެ ސޫރަ ފާޅުވަމުން ދިޔަހެން މަންޝާއަށް ހީވުމުން ފަހަތަށް ޖެހެވުނެވެ. މަންޝާއަށް ސިފަވީ ބިރުވެރި ސޫރައެކެވެ. ނަމަވެސް ދެލޯ ހަނިކޮށްލަމުން ދެން ބަލާލިބެލުމުން މަންޝާއަށް ހީވި ހީވުމެއް ކަމަށް ނިންމުނެވެ. އަނެއްކާވެސް އަންހެން ކުއްޖެއްގެ އަޑު އިވިގެން ދިޔައެވެ. “ނޫން… ނޫން… މަ ސަލާމަތް ކުރޭ….”

އެ އަޑަށް ސަމާލުކަން ދެމުން ދިޔައިރު މަންޝާއަށް އެ އަޑު އަންނަ ދިމާ ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެވަގުތު ގަހުގެ ގޮފިތަކުން ފައިބާފައިވާ އަޅޯތައް ހެލޭތީ މަންޝާ އިސްއުފުލާލަމުން މައްޗަށް ބަލާލިއެވެ. މަންޝާއަށް ފެންނަމުން ދިޔައީ އެގަހުގެ ގޮފިތަކެއް ނޫނެވެ. އަނދިރިކަމުގެ ތެރެއިން ފެންނަންމުން ދިޔައީ އެތައް އަންހެނުން ތަކެކެވެ. ގަހުގެ ގޮފިތަކުގައި ހަައްޔަރުވެފައިވާ އަންހެނުންތަކުގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. އެންމެންވެސް ތިބީ އެ ގަހުގައި ބަނދެވިފައެވެ. ހަންގަނޑުގެ ކުލަ ބަދަލުވެފައިވާއިރު، ގޮފިތަކުގައިވާ ކުލައާ ރާޅުބާނި ކުރެހުންތައް އެ ހަށިގަނޑުތަކުން ފާޅުވާން ހުއްޓެވެ. އެމީހުންގެ ހަންގަނޑު ވަކަރަށް ބަދަލުވެފައިވާ ކަހަލައެވެ. ނަމަވެސް އެހަށިގަނޑަށް ގެންނަ ހަރަކާތްތައް ވަރަށް ފުރިހަމައަށް ފާޅުވަމުން ދިޔައެވެ.

އެ އަންހެނުންގެ އިސްތަށިގަނޑުތައް ތިރިއަށް އެލިފައި އެވަނީ ނިކައަޅޯތަކެއް ފަދައިން ފޯލި ފޯއްޔަށެވެ. ބައެއް އިސްތަށިގަނޑުތައް ތުނިވެފައި ކުރެވެ. އަނެއް އިސްތަށިގަނޑުތައް ބޯވެފައި ބިމުގައި ކޭއްތޭހާވެސް ދިގެވެ.

ބިރުންހުރެ މަންޝާ ފަހަތަށް ފިޔަވަޅެއް އަޅާލި ނަމަވެސް މަންޝާގެ ފައިގާ އެއްޗެއް ޖެހުނުކަމުގެ އިހްސާސްވުމުން ފަޔަށް ބަލާލެވުނެވެ. އެ ގަހުގެ މޫގަނޑަކުން މަންޝާގެ ދެފައި ގުޑުވާވެސް ނުލެވޭނެހެން ބަދެލަމުން ފައިގައި އެ މޫގަނޑު ބާރުބާރަށް އޮޅާލިއެވެ. މަންޝާ ތެޅިގަތީ އެ މޫތަކުން މިންޖުވާށެވެ. ނަމަވެސް ފައި އަރިއަޅާލައިގެން ހިކިފައިވާ ފަތްތަކުގެ މައްޗަށް ބަނޑުވަތަށް މަންޝާ ވެއްޓުނެވެ. އެ މޫގަނޑުން ދެފައި ވަކި ކޮށްލެވޭތޯ މަންޝާ ގަދަ ހަދާ މަސައްކަތް ކުރަމުން ދިޔައީ އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ރޮމުންނެވެ.

ގަހުން ފައިބާފައިވާ އަޅޯތައް މަންޝާގެ ދެއަތުގައި އޮޅާލުމުން އިތުރަށް ގަދައެއް ނުހެދޭނެކަން މަންޝާއަށް އެނގުނެވެ. ބަންޑުން އޮވެ އިސްއުފުލާލަމުން ގަހާ ދިމާއަށް މަންޝާ ބަލާލިއެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުގެ ސަބަބުން މަންޒަރު ރީއްޗަށް ފެންނަގޮތެއް ނުވިއެވެ. ދެއަތަށް މަންޝާ ބޯ ހޫރުވާލީ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދުރަށް ޖެއްސޭތޯއެވެ. ދާހިތްލާފައިވުމުން އިސްތަށިތައްވަނީ މޫނުގައި ތަތްލާފައެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުން ބައެއް އެއްފަރާތަށް ޖެހިލިވަގުތު އެ ހަނި ދޭތެރެއިން ގަހާ ދިމާއަށް މަންޝާ ބަލާލިއިރު ކަޅު ބޮޑު ހިޔަންޏެއް ފާޅުވި މަންޒަރު ފެނުނެވެ. އެހިޔަނި ބިޔަކަމުން ގަހާ ދާދި އެއްވަރެކެވެ.

އެ ހިޔަނި މަންޝާއާ ގާތްވަމުން ދިޔަ ވަރަކަށް ކަމެއް ގޯސްވާން އުޅޭކަން އެނގިގެން މަންޝާގެ ހަށިގަނޑަށް ލެވުނުހާ ބާރެއްލާ ތެޅިފޮޅެމުން ދިޔައެވެ. އެ ވަގުތު ފައިގަޔާ އަތުގައި އޮޅާލާފައިވާ މޫގަނޑުތަކުގެ ބާރުން މަންޝާގެ ހަށިގަނޑު އުށްޑުންވާނެހެން އަނބުރާލިއެވެ. މަންޝާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތަށް ވިހުރުވާލީ އެވަގުތު ޖެހުނު ވައި ރޯޅީގެ އެހީގައެވެ. މޫނު އަނބުރާލަމުން ނިކަގަހާ ދިމާއަށް މަންޝާ ބަލާލީ އެ ހިޔަނި ހުރިނެތްތަނެއް ހޯދާށެވެ. އޭރު އެ ހިޔަނި މަންޝާގެ ގާތަށް އަންނަމުން ދިޔަ ވަރަކަށް ގަހުގައި ތިބި އަންހެނުންތަކުގެ ރުއިން ގަދަވަމުުން ދިޔައެވެ. ބައެއް އަޑުތައް ތޫލިކަމުން ހީވަނީ ވޭނީ ހަޅޭކެއްހެނެވެ. ބައެއް އަޑުތަކުން ބުނަމުން ދިޔަ ބަސްތައް އިވޭލެއް ސާފުކަމުން ހީވަނީ ދާތިގާތުން އިވޭ އަޑުތަކެއްހެނެވެ.

“މަންޝާ…. އާދޭ…. އާދޭ…..”

މަންޝާއަށް އެވަގުތު ބަލާލެވުނީ މޫނާ ދިމާލުން މައްޗަށެވެ. ގަހުގެ ގޮފިތަކުގައި އޮޅުލައިގެން ތިބި އަންހެނުންތަކާ ދިމާއަށެވެ. ހަށިގަނޑަށް ގެންނަމުން ދިޔަ ބަނޑިތައް މަންޝާއަށް ސާފުކޮށް

“ކާކު….” ކުރިއަށް ފިޔަވަޅެއް އަޅަމުން މަންޝާ ގޮވާލީ ކުރަކި އަޑަކުންނެވެ.

ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވުމުން އެދިމާއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ.

“މަންޝާ… މިތާ ކީއްކުރަނީ؟…”

ހިން ދިރުވާލަމުން ދޭނެ ޖަވާބަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އެ އިވުނީ ހަސަންބެގެ އަޑުކަން އެނގުމުން ހަސަނާ ދިމާއަށް ބަލަން މަންޝާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ . މަންޝާއަށް މިހުރެވުނީ ކޮންތާކުކަމެއް ނޭނގުނެވެ. އެތަނަށް އާދެވުނު ގޮތެއް މަންޝާއަކަށް ނުވިސްނުނެވެ.

“ހިނގާ ގެއަށް ދާން… މިތާ ކީއްތަ ތިކުރަނީ؟… މަންމަ ބުނެގެން މަންޝާ ހޯދަން މިއައީ…”

ކުރިމަތިން ފެންނަންހުރި ބޮޑު ނިކަގަހާ ދިމާއަށް ހިނގައިގަންނަމުން އަންނާށޭ ބުނެ ހަސަނު އިޝާރާތް ކޮށްލިއެވެ. ބިރުންހުރެ ނަމަވެސް ހަސަނުގެ ފަހަތުން މަންޝާ ހިނގައިގަތީ އަވަހަށް ގެއަށް ދާން ބޭނުންވެފަައި ހުރުމުންނެވެ. އަނދިރިކަމުން ފުރިގެންވާ އެ ގަސްތަކާ ދިމާއަށް ބަލަމުން ދެވުނީ އޭނާއަށް އުނދަގޫތަކެއް ވާތީއެވެ. ހަންގަނޑު ތޮރުފާ ޒާތުގެ ފިނިކަމެއް އިހްސާސްވަމުން ދާތީ ހަށަން ބަނދެލަމުން ފުންނޭވާތަކެއް ލަމުން ހަމަޖެހެން މަންޝާ މަސައްކަތް ކުރިއެވެ.

ދުންފިނިކަަމުގެ އަސަަރު ފާޅުވަމުން ދާތީ ދުރުން އެއްވެސް މަންޒަރެއް ސާފުކޮށެއް ނުފެނެއެވެ.

ހަށިގަނޑަށް ގެންނަމުން ދިޔަ ބަނޑިތައް މަންޝާއަށް ސާފުކޮށް ފެނުނެވެ. އިވެމުން ދިޔަ އަޑުތަކަށް ރައްދުދެމުން މަންޝާ ނޫނެކޭ ބުނަމުން ދެއަތަށް ބޯ ހޫރާލިއެވެ. އެވަގުތު ގަހުގައި ތިބި ހުރިހާ އަންހެނުންތައް އެއްފަަހަރާ މަންޝާއާ ދިމާއަށް މޫނު އަނބުރާލުމުން މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ. އެ ހުރިހާ އަންހެނުންތަކުގެ ދެލޯ ނޫކުލައަކުން ދިއްލިގެން ދިޔުމުން، އެ ނޫކުލައިގެ ވިދުމުގެ ދަޅަ އެހިސާބަށް އެޅިފައިހުއްޓެވެ. ގަހުގެ އެކި ދިމަދިމާލުން ފެންނަމުން ދިޔަ ލޯތަކަށް ބަލަން އޮތީ ބިރުން ވިރިވިރިއެވެ. ދެއަތާ ފަޔަށް ލުކިޖަހަމުން ދިޔަވަރަކަށް މަންޝާގެ އަތުގެ މުލައްދަނޑިން ދިލަނަގަމުން ދިޔައެވެ.

މިވަގުތު މަންޝާއަށް ރުއިން ނޫންކަމެއް ކުރެވޭކަށް ނެތެވެ. އެގަހުގެ މޫތަކުގެ ބާރުން މަންޝާގެ ދެފައި ދުރުކޮށްލީ އެ ހިޔައްޏެއްހެން ހުރި ބިޔަ މީހާގެ އަތުގެ އިޝާރާތަށެވެ. އެވަގުތު އެހިޔަނި އައިސް މަންޝާގެ ގާތަށް ހުއްޓުނެވެ. ބަރު ފިރިހެނެއްގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލުމުން ސަލާމަތްވާން ދެން ކުރެވޭނެ ކަމެއް ނެތްކަން އެނގުމުން މަންޝާ ރޯން ފެށިއެވެ.

“ނޫން… ނޫން… އަހަރެން ދޫކޮށްލާ….”

އެ ހިޔަނީގެ ބިރުވެރި ހުނުމުގެ އަޑު ގަދަވަމުން ދިޔަވަރަކަށް އެ ގަސްދަށަށް ޖެހެމުންދިޔަ ވައި ގަދަވަމުން ދިޔައެވެ. ވައިގަދަވުމުގެ ސަބަބުން ބިންމަތީގައިވާ ހިކިފަތްތަކާ ކުނިބުނިތައް ވަޔާ އެކުވެ އުދުހެން ފެށުމުން މަންޝާ ދެލޯ މަރާ ބާރު ކޮށްލިއެވެ. ވަޔާއެކީ މަންޝާގެ ހެދުން އޭރުވަނީ ފަލަމަސްގަނޑާ ހަމައަށް އަރާފައެވެ. އޭރު އެ ހިޔަނި މަންޝާގެ ހަށިގަނޑާ ދިމާއަށް ގުދުވަނީއެވެ. ވާން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާލުގައި މަންޝާ ދެލޯ ހުޅުވާލަމުން އެހިޔަނި ހުރި ދިމާއަށް ބަލާލިއެވެ. އެ ހިޔަނީގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަ މަންޒަރު މަންޝާއަށް ފެނުމުން އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ހަދާނެގޮތް ހުސްވެގެން ދިޔަ ކަހަލައެވެ. މަންޝާގެ ފަލަމަސްގަނޑުގައި އޭތީގެ އަަތް ޖައްސާލުމުން ކަރުބުޑުން މަންޝާ ހަޅޭއްލަވައިގަތީ އޭނާގެ ފައިން ނެގި ހޫނު ދިލައަށް ކެތް ނުކުރެވިގެންނެވެ.

“މަންމާ……..”

(ނުނިމޭ)

Share Article

Follow Me Written By

Shax Lyn

Level 1

Other Articles

Previous

ވިވާން 4

Next

މަންޝާ 2 – 2

Next
August 5, 2019

މަންޝާ 2 – 2

Previews
August 5, 2019

ވިވާން 4

6 Comments!

  1. doll says:
    August 5, 2019 at 7:18 pm

    Wowwwww….shax……u are back……varah reeeeethi…

  2. Reader says:
    August 5, 2019 at 7:22 pm

    Yay, shaz is back.

  3. Maii says:
    August 5, 2019 at 7:59 pm

    Is this mansha 2?

  4. Anonymous says:
    August 5, 2019 at 8:07 pm

    Mi season two

  5. Shahu says:
    August 6, 2019 at 2:22 pm

    Wooooooowww varah salhi mi vaahaka. I love it. Love you shax sis❤️

  6. gurll says:
    August 6, 2019 at 4:06 pm

    Alhe…. Anekka season2.. kobaa season3… Im waiting

Comments are closed.



All Right Reserved!