ލޯބި
ގިނަދުވަސްތަކަކަށްފަހު އޭނާގެ ރަށަށް ދެވޭތީ ނުތަނަވަސްވެފައި ހުރި އީތަން އަށް ހިތްހަމަޖެހުމެއް ލިބުނީ ރަށުގެ ފަސްގަނޑުގައި ފައިޖައްސާލެވުމުންނެވެ. މާލޭގެ ހަލަބޮލި މަގުތަކާއި ބަލާފައި ރަށްފުށުގެ ދިރިއުޅުން ހާދަ ހިތްފަސޭހައޭ އީތަންގެ ހިތަށްއެރިއެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން މެދުއުމުރުގެ ފިރިހެނަކު ހުއްޓެވެ. “އަނހާ ދަރިފުޅާ އެންމެފަހުން 2 އަހަރުފަހުން ރަށަށްވެސް އާދެވުނީތާދޯ!” އެމީހާ ހިނިތުންވެލައިގެންހުރެ ވާހަކަ ދެއްކިއެވެ. “އާނ ބައްޕާ! ހާދަ ހިތްފަސޭހަވެފަ އަމާނޭ ދޯ އަހަރުމެން ރަށް!” އީތަން ބުންޏެވެ. އެމީހާ ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. އެއީ އީތަންގެ ބައްޕަ އީސައެވެ. އީތަންއަކީ އަންހެންކުދިން ހިތްކިޔާނެފަދަ ހުރިހާ ސިފަތަކެއް މިލްކުކޮށްގެން ހުރި ޒުވާނެކެވެ. އީތަން މާލެ ބަދަލުވީ އޭލެވެލް ހެދުމަށެވެ. މިއަދު އޭނާ އެއައީ އޭލެވެލް ނިންމާލުމަށްފަހު ގައެވެ. މިއީ އޭނާގެ އުފަން ރަށް އއ ތޮއްޑޫއެވެ. ޤުތުރަތުގެ ލާމަސީލު މިސާލެކެވެ.
**************
ވާހަކައިގައި ތިބެ 8 ބުރިއަށް ނަގާފައިވާ ހަވޭލީއެއްފަދަ ގެއެއްގެ ކުރިމަތީގައި ދެ ބަފައިން މަޑުކޮށްލިއެވެ. އީތަންހުރީ އަނގައިން ބަސްހުއްޓިފައެވެ. 2 އަހަރުވީއިރު ގެއަށް އައިސްފައި ހުރި ބޮޑެތި ބަދަލުތަކުންނެވެ. ” މިއީ ދަރިފުޅުގެ ގެ. ދަރިފުޅަށް އިންނާނީ 7 ވަނަ ބުރި”. އީސަ ބުނެލިއެވެ. އީތަން ބޯޖަހާލުމަށްފަހު ލިފްޓުގެ 7 އަށް ފިތާލިއެވެ. އެ އެޕާރޓްމެންޓުން ފެންނަނީ ޝާހީކަމެވެ. އީތަން އޭނާގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ކަނޑުނޫކުލައިން ބެޑްޝީޓާއި ބާލީސްތައް ފަރުމާކުރެވިފައިވާއިރު ދޮރުފޮއްޗާއި ފާރުތަކުގައި ވަނީ މަޑުނޫކުލައެއް ލެވިފައެވެ. ފާހާނަވެސް ތަނަވަސްވެފައި ޖާގަބޮޑެވެ. ލަސްނުކޮށް ފެންވަރައިގެން އައިސް ޖައްސާލީ ދަތުރުވަރުބަލިވެފައި ހުރުމުންނެވެ.
****************
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އީތަން ހިނގަމުން ދިޔައީ ރަށުގެ އާޓިފިޝަލް ބީޗްގެ ރާޅުބީއްސާ ހިސާބުގައެވެ. ކުއްލިއަކަށް އޭނާގެ ގައިގައި އަންހެން ކުއްޖެއް އައިސް ލައިގަތެވެ. ޢީތަން ވަގުތުން އޭނާގެ ކިބައިން މަޢާފަށް އެދުނެވެ. ” ކިހާބޮޑު ބަލާއެއްމީ. ތަންކޮޅެއް ބަލައިގެން…” އެއަންހެން ކުއްޖާއަށް އީތަން ފެނުމުން މީހާ ގަނޑުވެ، އަނގައިން ސޮނިފޭބިއެވެ. ” ހޭ. އިޓްސް އޯކޭ.” އެކުއްޖާ ތުއި އަޑަކުން އީތަންއަށް މަޢާފް ކުރިއެވެ. އެކުއްޖާގެ ރީތިކަމަށް ހިތާހިތުން ތައުރީފް ކުރެވުނެވެ. ފަން އިސްތަށިގަނޑެކެވެ. ހިތިފަތު ބުމައަކާއި ނޫކުލައިގެ ކަޅިއެއް ލިބިފައިވާ ބޮޑު ދެލޮލެވެ. ބައްޓަން ރީތި ހަށިގަނޑެކެވެ. ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅެވެ. އީތަންގެ ހިތުގައި އެސޫރަ ވަގުތުން ކުރަހާލެވުނެވެ،.
( ނުނިމޭ )
23 Comments!
Comments are closed.

Alhey… Waiting for the next part.. By the way thee thoddoo kujjeththa? Hama ehen heevaatheeve ahaalee.. Vaahaka v reethi ingey
Varah reethi.. inthizaaru kuranee 2 vana bayaka
himi is back thr
Vvv salhi ingey… Keep it up ?❤️?… Thankolheh avahan next part up kohllaathi ingey?
It was perfect.. Lve you ❤️❤️❤️
Wow..Its perfect❤❤…whn next dear..Nd also plx make it longer then this ingey..I really luw itt??????
I’m not that himi
I’m from kulhudhuffushi 16 yes old kiyavanee afeefuddin school gai my real name is nafiz
Next part tomorrow ga miahvure dhigukoh up kohdheynan inshallah this hurihaa readers thi dhevvaa support ah varah bodah shukuriyya
Wooww varah reethi?❤️❤️❤️
Thanx shahu 2nd part submit kohfin pendin
V reethi vaahaka..
Nafiz…v reethi name
Keep it up
Much luv??
Varahh salhi hope next part will be this nice 2 waiting 4 next part ???
Maashaa Allah. ..vvvvv salhi ….I’m waiting for the next part …..????
Dear readers next part up kohfin ingey heevanee maadhan hen kiyaalan libeyny midhuvaskolhu naafizge moc exam ga ulheythy vaahaka dhigunukureveny. next part ga 380 words innaane dhen innaanee mivaahakaige last episode . Miee aslu kuruvaahaka eh. moc nimunyma aa dhigu vaahakaeh naafiz genesdheynan keep waiting
Thnx 3 kudhinnaves thi dhevva support ah shukuriyya thikahala readers neiy nama naafiz akah hama yageenunves kuriyah nudheveyne
V. Reethi. Kon irakun next part nehlanee ??
Thnx shyn mihaar up kohfin ingey pendinn
Salaam dear readers Saturday ga last episode genesdheynan inshallah and mondayga new story eh nafiz liyanfashaanan
Good job Nafiz. ???
Thnx aslam
Wow
Thnx Eethan