ކުއްލިއަކަށް އައިލީން ހަޅޭއްލަވައިގަތް އަޑުއިވިފައި ނާއިލްއާ އިއްބާން ދިޔައީ ސިއްސައިިގެނެވެ.
*********************
އިއްބާން އަވަސް ހަރަކާތަކާއެކު އައިލީންއާ ދިމާލަށް އެނބުރިލި ވަގުތު ސިއްސައިގެން ދިޔައީ އައިލީންއާއެކު އޭނާ ވެއްޓުމުންނެވެ. އައިލީން އިއްބާންގެ ގައިމަތީ އޮތްއިރު އޭނާގެ މޫނުވަނީ އިއްބާންގެ މޭމަތީގައި ޖެހިފައެވެ. އަވަސް ހަރަކާތަކާއެކު ތެދުވަން އުޅުނު އައިލީން އަނެއްކާވެސް އިއްބާން ގައިމައްޗަށް ވެއްޓުނެވެ. އެވަގުތު އައިލީންގެ އަނގައިން މަޑު އާހެއް ބޭރުވިއިރު ވޭނީގޮތަކަށް ލޯމަރާލިއެވެ. އެވަގުތު ލޮލުތެރެއިން ކަރުނަތިއްކެއް ފުރޭނިގެން ވެއްޓުނެވެ. އިއްބާންގެ މޫނުމަތީ ފެންތިއްކެއް ޖެހުމުން ލޯހުޅުވާ ބަލާލިއިރު އައިލީންގެ އައިލީންގެ މަރާލެވިފައިވާ ލޮލުތެރެއިން ކަރުނަތިކިތައް ފައިބަފައިބާ ހުއްޓެވެ.
“އައިލީން….ކިހިނެއްވީ…” އިއްބާން އަވަސް އަވަހަށް އަހާލީ ހިތްއަވަސްވެފައި ހުރެއެވެ.
“ފަޔަށް…ފަޔަށް ތަދުވަނީ….” ދެލޯހުޅުވާލަމުން ވަރަށް އުނދަގުލުން އައިލީން ބުނެލީ އިއްބާންގެ އެއަސަރުގަދަ ލޮލާ ހަތަރުކަޅި ހަމަކުރަމުންނެވެ. އެވަގުތު އިއްބާންގެ ހިތްތެޅިލީ ކީއްވެކަމެއް ހުދު އޭނައަކަށްވެސް ނޭނގުނެވެ. ހިނދުކޮޅަކު އައިލީންއާ ހަތަރުކަޅި ހަމަކޮއްގެން ހުރުމަށްފަހު އިއްބާން ނާއިލްއަށް ބަލާލިއެވެ.
“ނާއިލް……އައިލީން ނަގާދޭންވީނުން….” އިއްބާން ނާއިލްއަށް ގޮވާލަމުން އެދުނެވެ. ހުއްޓުންއަރާފައި ހުރި ނާއިލް އަވަސްވެގަތީ އައިލީން ނެގުމަށެވެ. އައިލީންގެ ކޮނޑުގައި ހިފާ އޭނާ ތެދުކުރުވުމަށްފަހު ނާއިލް އިއްބާންއާ ދިމާލަށް ބަލާލިއެވެ. އޭރު އިއްބަން ތެދުވަނީއެވެ.
“އޭނާ ބައްޕަ ބުނި ތަނަށް ގެނދަންވީނު…..” އިއްބާން އައިލީންގެ ރޮވިފައިވާ މޫނަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު އިއްބާންއަށް ސިފަވީ ލޫންގެ ރޮވިފައިވާ މޫނެވެ. ނާއިލް އައިލީންގެ އަތުގައި ހިފާލުމުން އައިލީން ނާއިލްއާދިމާލަށް ބަލާލިއެވެ. އެ ވަގުތު ވީ ނާއިލްވެސް އައިލީންއާ ދިމާލަށް ބަލާލިވަގުތެވެ. ނާއިލްއަށް އައިލީންގެ ހިތް އެގުނު ފަދައެވެ.
“ސޮރީ….އެކަމް މިވަގުތު އެހީނުވެވެސް ނުވާނެއްނު….އެހެންވެ އަތުގައި މި ހިފުނީ…..ނެވަރ މައިންޑް…” ނާއިލް ހީލަމުން ބުނެލިއެވެ.
އައިލީން އިރުކޮޅަކު ނާއިލްއާ ދިމާލަށް ބަލަން ހުރެފައި ކުޑަކޮއް ހީލަމުން ފަޔަށް ބަލާލިއެވެ. ފައިއެޅުނު ގޮތުން އެތަން އިނީ ދުޅަވެފައެވެ. ނާއިލް އައިލީންގެ އަތުގައި ހިފަހައްޓާލައިގެން ކުރިއަށް ހިނގައިގަތެވެ. އައިލީންއާ ނާއިލްއަށް ބަލައްޓައިގެހުރި އިއްބާން އައިލީން ހިނގާފައި ދިޔަގޮތްފެނި ދެއަތް މުއްކަވާލިއިރު އެ ތުންފަތުން މަޑު އާހެއް ނުކުތީ އޭނާއާ ލޫން ފުރަތަމް ދިމާވިދުވަހު ލޫން ހިނގާފައި ދިޔަގޮތް ފަނޑުގޮތަކަށް ލޯކުރިމަތީ ކުރެހުމުންނެވެ. އެ އަސަރުން ފުރިފައިވާ ދެލޯ ތަގުޅިކޮއްލުމަށް ފަހު ދެފަރާތަށް ބޯހޫރާލީ މިވަގުތު އެ ހަނދާންތައް އާކުރަން ނޭދޭތީއެވެ.
އިރުކޮޅެއް ފަހުން ލޯހުޅުވާލި އިއްބަންގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. އެދިޔަ ބާރުމިނުގައި އިއްބާން ދިޔައީ އައިލީންއާ ދިމާލަށެވެ. ނާއިލް އާ އައިލީން ސިހުނީ އެދެމީހުނާ އަރާހަމަކޮއްފައި އިއްބާން ކޮއްލި ކަމަކުންނެވެ. އެބާރުގަދަ އަތްދަނޑިމައްޗަށް އައިލީން އުފުލާލީ ލުއި ފަތްކޮޅެއްހެނެވެ. އަދި ނާއިލްއާ ދިމާލަށް ބަލާލިއެވެ.
“ނާއިލް….ދޭ އެއްކަލަ ތަނައްގޮސް ބޭސް ހިފައިގެން އަންނަން….” އިއްބާން އެހެން ބުނުމުން ނާއިލް ބޯޖަހާލާފައި ހިނގައިގަތެވެ. އިއްބާން ހިނގައިގަތީ ކުރިއަށެވެ. އައިލީން އަށް އޮވެވުނީ އިއްބާންއާ ދިމާލަށް ކަޅިޖަހާނުލާ ބަލަހައްޓައިގެނެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
އަދިވެސް އޭނާއާ އިއްބާން ފުރަތަމަ ދިމާވި ދުވަހަކާ ތަފާތެއްނެތެވެ! އެއަށް ވުރެ އެރީތިކަމާއި ފިރިހެންވަންތަކަން އިތުރުވެފައި ވެއެވެ!އެހެރަ ނުރައްކާތެރި ރީތިކަމެކެވެ! އައިލީން ހިތަށް އަރަމުންދިޔަ އެއްޗެހީގެ ސަބަބުން އޭނާ ހިނިއަތުވެއްޖެއެވެ. ކުއްލިއަކަށް އައިލީން ގެ ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮއްލާފައި އިއްބާންއާ ދިމާލަށް ބަލަން އޮވެވުނެވެ. އިއްބާން ހަމަ އައިލީންއާ ދިމާލަށް ބަލާވެސް ނުލާ ހިނގަމުން ދިޔައެވެ. އެ މޫނަށް ބަލަން އޮވެފައި ކުއްލިއަކަށް އައިލީން ދެފަރާތަށް ބޯހަލުވާލީ އިތަށް އެރިއެއްޗަކާ ދެބަސްވާ ހާލުގައެވެ.
“ނޫންންން….”
▪ ހުރިހާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެން….ނެސްޓް ޕާރޓް މިއަށްވުރެ ދިގުކޮއްލާނަން…..ފޯނުގައި ކުޑަ މައްސަލައެއް ޖެހިގެން މި ޕާރޓް އެހާ ދިގު ނުކުރެވުނީ…..ހޯޕް ޔޫ އޯލްވިލް އަންޑަސްޓޭންޑް…
ނެސްޓް ޕާރޓް މިއަށްވުރެ ދިގުކޮއްލަ ދޭނަން…ސޮރީ…
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.








I am a 12 years old girl who loves to write dhivehi stories.
Salaam readers…
I know mi part kurukan…Next part dhigu koalaanan….Next part tuesday ge vaguthehga…..
Much more loves..
♥❤♥❤♥❤♥
Malkoo..me first dhww..Ma Sha Allah mi bai vec v v rythi?❤❤..whn next dear
Thanks jiji..yeah…
U first…Congrats…Next part Tuesday ga..♥
its ok i can understand…..next part avahah up kohla dhehchey
Thanks AMAAN…Will try…?
It’s OK Malkko❤️❤️ Kuruviyas mi part ves hama vvvv reethi ingey.. Hama heevanee filmeiy balaileveyhen.. Hehe.. Waiting for the next part.. Love you so much Malkko
Thanks dhonthy…hehe…lysm..♥
I’m 12 years old girl yoooo. Hihihihihibhiiii. Haadha bodu vaahakaeh umurah vure. Adhi I’m 12 years old girl eba jahaa konme faharaku. Hyvanee convince kohdheyn ulheneehen maavarakah. Aharunnah heyo 50 aharas.
12 years,
Bodu vaahaka age ah vure
Yeah.. She is talented
Nest part hahahahaha
Olhumakun eii 0987…” NEXT ” ?
Damn.. Seeing my oldest Index number after so long
Varah reeeeeeeethi????
Thanks Makku..?
I M toll ears, I laik wachin thunbulhi mathimas nufalhaa korean firihenun ulhey series, ?????
I M toll ears, I laik wachin thunbulhi mathimas nufalhaa korean firihenun ulhey series, ?????
Imagine someone reading this story in a funny voice, like really funny, and all you can’t hold ur laughter but still manages to hold it and laugh from inside. ?and someone staring at the reader so angrily…
Reading it like Naifaru style, OMG I get the picture, and the sound like NJ production,
Malkko ….. Mi part ves v v v v v v v reethi ????????? waiting for Tuesday ….story up vaane irakah???one of my favourite ❤️❤️❤️❤️ luv it??
Thanks you sooo much Meekko…keep waiting….thanks…❤♥
Aileen hunnany vettey bali jehifa dhw??
Waiting for next ep Mal
Hehe…noon?
Hmm…Keep waiting lucifer..??
Nice??
Maa sha Allah….???
When is Next Part….??
Thanks Yersh…Next part Tuesday ge vaguthehga….??
Kobaa story???? Waiting Waiting
Maadhan….keep waitting 444….?
Haaadha molhey mal
Shukuran