Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރަނާ

rimsha Level 1
October 13, 2014 3 Mins Read
2 Comments

“އަހަންނަށް މާފުކުރޭ. އަހަރެން މިދުވަސް ފެންނާނެ ކަމަކަށް ނޫން މިގޮތަށް ކަންތައްކުރީ. ހަމަ ހަޤީގަތުގަވެސް މިއަދު އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ. މާފަށް އެދެން ލަސްވެއްޖެކަންވެސް އެނގޭ. އެކަމަކު މިއަދު އަހަންނަށް ކުރެވޭނެ އެހެން ކަމެއްނެތް. އަހަންނަށް މާފު ކުރޭ. ޕްލީސް…   “މާފުކުރޭ އަހަންނަށް”

ރަނާ އެނދުމަތީގައި އޮވެ ރޮމުން ދިޔައެވެ. އިރުކޮޅަކުން ބޮލުގައި ހިފަހައްޓާލަމުން އެނދުމަތީ އިށީއިނެވެ. އޭރުވެސް ރަނާއަށް ގިސްލެވެއެވެ. ރަނާ ރޮމުން ދިޔަ މަންޒަރު ފެނުނު މީހަކުވެސް ދެރަވާނެކަން ޔަގީނެވެ. އެހާބޮޑަށް ރަނާގެ ހިތުގައި ރިހުން އެބަ އަޅައެވެ.

“ތިއްތާ”… ” ތިއްތާ “… ރަނާ ސިއްސައިގެން ގޮސް ލިޔަން ފަށާފައިވާ ޑައިރީ ލައްޕާލިއެވެ. ކޮޓަރީގެ ދޮރުގައި ކޮއްކޮ ތަޅަން ފެށުމުންނެވެ. އާއެކެވެ. ދެންމެ ރޮއެ ރޮއެފައި ރަނާ ވާހަކަ ދައްކަމުން ދިޔައީ މީހަކާނޫނެވެ. ނަމަވެސް ރަނާގެ ހިތުގެ ޝަކުވާތައް ހާމަކުރަމުން ދިޔައީ ރަނާގެ ޑައިރީގައެވެ. ދޮރުހުޅުވުމުގެ ކުރިން ރަނާ ލޯގަނޑުން މޫނު ބަލާލުމަށްފަހު ލޯ ރަނގަޅަށް ފުހެލައި ރީތިވެލިއެވެ. އަދި ޑައިރީ ކަބަޑަށްލާ ފޮރުވިއެވެ. އޭރުވެސް ކޮއްކޮ ދޮރުގައި ތަޅާލަ ތަޅާލަ ހުއްޓެވެ. އޭނަގެ ތިއްތައަށް ގޮވަގޮވައެވެ.

ދޮރުހުޅުވާލުމާއެކު ކޮއްކޮ ރަނާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔައީ ސިޓިން ރޫމަށެވެ. އޭރު އެތާގައި މަންމައާއި ބައްޕަވެސް ތިއްބެވެ. މިހާރު ރަނާ އެހުރީ އެއެންމެނާއެކު ސަކަރާތް ޖަހާށެވެ. ހެވިފައެވެ. މިހާރު ރަނާ މަޖާކުރާތަން ދެކިފައި އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ކޮޓަރީގައި ގިސްލަ ގިސްލާ ރޯން އޮތް މީހެކޭ ހަމައެކަކުވެސް ނުބުނާނެއެވެ .އާއެކެވެ. އެއީ މިހާރު ރަނާގެ ދިރިއުޅުން ވޭތިކުރަމުންދާ ގޮތެވެ.  މީހުންގެ ތެރޭގައި އުޅޭއިރު ރަނާ އަކީ އުފާވެރި މަޖާ މީހެކެވެ. އެއީ ވިސްނާ ފިކުރުކޮށް ރޮއި ހިތާމަ ކުރާ މީހެއްކަން އެއްވެސް މީހަކަށް އެނގުނަކަ ނުދެއެވެ. ޙާއްސަކޮށް ރަނާގެ ހަޔާތުގައި މާޔޫސްކަމެއް ފޮރުވިގެންވާކަން ރަނާގެ މައިންބަފައިންނަކަށް ނާންގާނެއެވެ.

އެކަމަކު ރަނާ އެކަނިއޮވެ ހިތާމަކުރަމުން އެދަނީ ކޮންކަމަކަށް ހެއްޔެވެ؟ އެއްވެސް މީހަކަށް ކިޔައިނުދީ ހަމައެކަނި ޑައިރީއާ ޙިއްސާކުރަމުން އެދަނީ ކޮން ހިތާމައެއް ހެއްޔެވެ. ރަނާއަކީ މަންމައާއި ބައްޕަގެ ލޯބި ލިބިގެން ބޮޑުވަމުން އަންނަ ކުއްޖެކެވެ. އާއިލާގެ އެންމެން ލޯބިވާ މަންމައާއި ބައްޕަ އެދަރިއަކަށްޓަކައި ފަހުރުވެރިވާ ދަރިއެކެވެ. މިހެން މިކަން އޮތް އިރުވެސް އެކަނިމާ އެކަނި އޮވެ ރަނާ މާފަށް އެދެމުން  ކަރުނަ އަޅަމުން އެދަނީ އެންމެ ކަމަކަށެވެ. އެއްވެސް މީހަކު ގާތު ނުބުނެވިގެން އެއުޅެނީ އެންމެ ވާހަކަ އެކެވެ. ޒިއާންގެ ވާހަކައެވެ. ރަނާ އަށް އެލޯބި ބީވުމުން ކުރެވޭ ހިތި ތަޖުރިބާއެވެ.

އެއީ ރަނާ ގްރޭޑް 8ށް ބަދަލުވި އަހަރެވެ. ރަށުގައި ކިޔަވަންއުޅުމަށްފަހު ރަނާ ޒިއާންމެންގެ ރަށަށް ކިޔަވަން ބަދަލުވިއެވެ. ރަނާ އާއި ޒިއާންގެ ރަހުމަތްތެރިކަން އުފެދުނީ އޭރުއެވެ.ނަމަވެސް ގްރޭޑް 10 ނިމުނު އިރުވެސް ރަނާ އާއި ޒިއާންއަކީ ހަމައެކަނި ދެރަހުމަތްތެރިންނެވެ. އޭރު ރަށްފުށުގެ އާދަކާދަތައް ހުންނަގޮތުން ރަށަކަށް ބީރައްޓެހި ކުއްޖަކު އެރުމުން އެކުއްޖަކާ ރަހުމަތްތެރިކަންބާއްވާ ވާހަކަ ދައްކާހެދުމަކީ ކުދިން ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން ރަނާ އަށް ގޮވާ ވާހަކަދައްކާހަދާ ކުދިންވެސް ގިނައެވެ. ރަނާ އަކީވެސް މީހުންނާ ވާހަކަ ދައްކާ ހަދާ މިޒާޖެއް ގެންގުޅޭ ކުއްޖަކަށް ވާތީ ރަނާގެ އެކުވެރިންވެސް ގިނައެވެ. އޭރު ރަނާގެ އެކުވެރިންނާއެކު އައިސް ރަނާއާއި ވާހަކަދައްކާ އެކަކުގެ ގޮތުގައި ޒިއާންވެސް ހުއްޓެވެ.

ނަމަވެސް ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުގައެވެ. އޭރު ރަނާގެ ހުރިހާ އެކުވެރިންގެ ތެރޭގައި އެންމެ ހާއްސަ މީހެއްގެ ގޮތުގައި ހުންނަނީ ހުސެން އެވެ. ހުސެންއަކީ ރަނާއާއި އެއް ގްރޭޑެއްގައި ކިޔަވާ ކުއްޖެކެވެ. ރަނާގެ ހިތުގައި ޙާއްސަކަމެއް ދެވިފައިވާ ފަރާތެކެވެ. މިޙާއްސަކަން ހުސެން އަށް ދެވުނީ ކޮންއިރަކު ކިހިނެއް ކަމެއް ޚުދު ރަނާއަށްވެސް ނޭންގެއެވެ. އެކަމަކު ހުސެންނަށްޓަކާ ރަނާގެ ހިތުން ކަނެއްވަނީ ހުސްކުރެވިފައެވެ. އިޚްތިޔާރަކާނުލައެވެ.

ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ އެންމެ ފަހު ދުވަސްކޮޅެވެ. އެގްޒާމަށްތައްޔާރުވުމުގެ ދުވަސްވަރުކަމަށްވުމުން މުޅިންވެސް އޮންނަނީ ގްރޫޕް ސްޓަޑީޒް ހެދުމާއި ރޭގަނޑު ކްލާސްތަކެވެ. ކުލާސްތައް ބަހާލެވިފައިވާގޮތުން ހުސެންނާއި ރަނާ އެއް ކްލާހެއްގައިވެސް ކިޔަވަން ޖެހެއެވެ. އެގަޑިތަކުގައި ރަނާ އިންނަނީ ވަރަށް އުފަލުންނެވެ. ނަމަވެސް ރަނާއަށް ލިބެމުން ދިޔަ އުފާތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ދިޔައީ އަޑުއިވުނު ވާހަކަ އަކުންނެވެ. ހުސެން އާއި ކްލާހުގައި އުޅޭ އެހެން ކުއްޖެއްގެ ގުޅުމުގެ ވާހަކައެވެ. އެއަށްވުރެ ބޮޑަށް ރަނާ ދެރަވީ އެއަންހެންކުއްޖާ ހުންނަ އިރު ހުސެން އަށް ވާހަކަ ނުދައްކަން ރަނާ ގާތު ހުސެން ބުނީމައެވެ. އޭނަ ހިތްހަމަނުޖެހޭ ކަމަށް ބުނެއެވެ. އޭނަދެކެ އެވާލޯބި ހުސެން ރަނާ ދެކެވާނަމައޭ ރަނާގެ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ރަނާ ކެތްކުރިއެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން އެނގޭތީއެވެ. ހުސެންއާ ވާހަކަ ދެއްކުމުގެ އުފަލުންވެސް މަހުރޫމްވީއެވެ. ކްލާހުގެ ހުރިހާ ކުދިންނަކީވެސް އެކުއެކީ އުޅޭބައެކެވެ. ދެން ވަކި މީހަކަށް ނުފެންނަހެން ސިއްރުން ހުސެންނަށް ވާހަކަ ދައްކަން ރަނާއަށް ލިބޭނީ ކޮން ވަގުތެއް ހެއްޔެވެ؟ އެހެންމީހަކާއެކު ހުސެން އުޅެމުން ދިޔަ މަންޒަރު ރަނާ ބަލަމުން ދިޔައެވެ. ހިތްދަތިކަމާއެކުއެވެ. ކިތަންމެ އުނދަގުލެއް އެހިތަށް ވަމުން ދިޔަ ނަމަވެސް އެއިހުސާސްތައް ފޮރުވައިގެން ރަނާ ހުއްޓެވެ. ހުސެންގެ އެކުވެރިއެއްގެ ގޮތުގައި ހުރެވޭތީ އެކަމަށް އުފާ ކުރާ ހާލުއެވެ.

” ލިބުމުން އެކުވެރިކަން ކަލާގެ، ކީމެ މަރުހަބާ ނިކަން އުފަލުން

      އެއިހުސާސްތައް ފޮރުވައިގެން ކުރީމެ އާލާ އެކުވެރިކަން “

އެކަމަކު މާގިނަ ދުވަހަކު ނޫނެވެ. ހުސެންނާމެދު ރަނާ ދެކޭގޮތް ތަފާތުކަން ހުސެންނަށްވެސް ފާހަގަ ކުރެވެނީހެން ރަނާއަށް ހީވާން ފެށިއެވެ. ހުސެން ދައްކާ ވާހަކަ ތަކުންނާއި ކުރަމުންދާ ގިނަ ސުވާލުތަކުންނެވެ. ރަނާއަށް ކެތެއް ނުކުރެވުނެވެ. ހުސެންއަށްޓަކާ އެހިތުގައި ޖަހަމުން ދިޔަ ވިންދު ހުސެންގެ ކަންފަތަށް އަޑުނީވޭ ވަރަށް ސިއްރުކޮށްފައެއް މާގިނަ ދުވަހަކު ނުބޭއްވުނެވެ. އެންމެ ފަހުން ހުސެންދެކެ ލޯބިވާ ވާހަކަވެސް ބުނީ ޚުދު ރަނާއެވެ. މިހާވަރަށް ހުސެންދެކެ ލޯބިވެވުނީ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށްވެސް ރަނާ އަކަށް ނުވިސްނުނެވެ.

ދެންވެސް ރަނާގެ ހިތަށް ލިބުނީ އިތުރު ވޭނެކެވެ…………………… ނުނިމޭ..!

Share Article

Follow Me Written By

rimsha

Level 1

Other Articles

Previous

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން…( ފުރަތަމަ ބައި)

އެލީޝަ
Next

އެލީޝާ (5 ވަނަބައި)

Next
އެލީޝަ
October 14, 2014

އެލީޝާ (5 ވަނަބައި)

Previews
October 13, 2014

ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން…( ފުރަތަމަ ބައި)

2 Comments!

  1. Anonymous says:
    October 13, 2014 at 3:00 pm

    Heevany v reethi vaanehen…try hard to uplod the second prt soon…..

  2. eema says:
    November 8, 2014 at 1:06 pm

    hope next part will update soon…..

Comments are closed.



All Right Reserved!