ނާއިންސާފް 25
“ޒިން މަށަކަށް ނޭންގެ ތިމީހުން ތިކިޔާ ލޮއިތްބަކީ ކޯޗެއްކަމެއް. އުފާވެރި އިހުސާސެކޯ. އެކަމަކު، ފިރިހެނުން ތިވާ ލޯބިން ހިތްދަތި ކަން ނޫން އެއްޗެއް ލިބޭތަ… މަވެސް ބޭނުމޭ އުފަލުގަ ހިތް ހަމަ ޖެހިގެން ދިރިއުޅެން.. އެންމެނަކަށް މާޒިންހެން ހެވިފަ ދިރިއެއް ނޫޅެވޭނެ. އެކަން ޤަބޫލު ކޮށްބަ..” އެލީނާގެ އަޑާއި ލޮލުގައިވީ އާދެހޭއެވެ. ނަމަވެސް އަހަރެންނަށް އެކަންކަން އެނގޭނީ ކިހނެއްހެއްޔެވެ. ކިޔައިދޭނީ ކާކު ހެއްޔެވެ.
“އެލީނާ ކާލިން ދެކެ އެހާ ލޯބި ވަނީ އީން ދެކެ ވީ ލޯބިން އަމިއްލައަށް މަރު ވީމަތަ…. ޒިން އަށްވެސް އެކަން ކުރެވިދާނެ…” އަހަރެން ގޮސް، އުސްކޮށް ނަގާފައި ހުރި ރެއިލިންގާ އިށީންދެލީ، ސިކުނޑިއަށް ޕްރެޝަރ ވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެތަނުން ފުންމާލައިފިއްޔާ، މަރު ނުވެ ނުދާނެކަން އަހަރެންނަށް ޔަގީނެވެ. ފުންމާލައިގެން ޗިސް ނުވިއްޔާ، ސައިކަލެއްގެ ނަމަވެސް ދަށުވާނެއެވެ. އެހާވެސް ކާރޫ ބާރޫ ބޮޑެވެ.
“މާޒިން…” ދެލޯ ބޮޑު ކުރަމުން އެލީނާ ގޮވާލިއެވެ.
“ކީތްވެތަ އެންމެންވެސް އަހަރެންގެ މަތި އަޅުވާނެ ކަމެއް ނުފެނިގެން އުޅެނީ…” ފުރަތަމަ އެއަޑުގައި ހުރި ފުން ހިތާމަވެރިކަން، ކުޑަވަރެއްގެ ރުޅިވެރި ކަމަކާއި އެކު ބާރު ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި، އެލީނާ، ގިސްލަމުން ބިމުގައި އިށީނީއެވެ.
އިތުރަށް ދުރުގައި ހުންނާކަށް އަހަރެންނަކަށް ނުކެރުނެވެ. ގޮސް އީން ކައިރީ، އުޑަފައިން އިށީނީމެވެ.
އިށީން ގޮތަށް ތެދުވާކަށްވެސް ނޫޅުނެވެ. އަހަރެން ހާސްވީ، ގޭޓުން އެތެރެވި، ކާރު ފެނިފައެވެ. މިޝްކާއާއި މަންމަ އައީއެވެ. ދެން އެމީހުން ހިތަށް އަރާނީ ކީކޭ ހެއްޔެވެ.
އެކި އެކި އެއްޗިހި ކިޔައިގެން، ދަމަމުން، ކަހަލަ ގޮތަކަށް އަހަރެންގެ ކޮޓަރިއަށް އެލީނާ ގެންދެވުނެވެ. މިޝްކާ އައުމުގެ ކުރިން، އެކަން ވީ ހަމަ ކިރިޔާއެވެ. ދޮރު ލައްޕާލަން ޖެހުނީ، މިޝްގެ މޫނަށެވެ.
“ދޮންބޭ، ކޮބާ އެލީ… ދިޔައީތަ؟؟” ބެރުގައި ހުރެގެން މިޝްކާ ގޮވާ އަޑު އިވެއެވެ. އަހަރެން މަޑު މަޑުން، ހަމައެކަނި އަހަރެންގެ މޫނު ފެންނަ ވަރަށް ދޮރު ހުޅުވާލީމެވެ.
“ހްމްމް.. ދެންމެއަކު އެދިޔައީ. ބުނި މިޝް ކައިރީ ސޮރީއޭ ބުނާށޭ.. ދެން މިޝްވެސް އަންޑަސްޓޭންޑް ވެބަ. އަބަދަކުު އެލީއަކަށްވެސް ނުހުުރެވޭނެއްނު.. އެލީގެ ބޭބެވެސް މިއަދު އަންނާނެ.” އަހަރެން ފައްޗަކަށް އުޒުރުތައްް ކިޔާލިއިރު، ބޮޑު ބަޔަކީ ދޮގެވެ. ދެން އަހަރެންގެ ކޮޓަރީގައި ރޯން އެބަ އޮތެކޭ ނުބުނެވޭނެ ނޫންހެވެ. އެކަން އެނގުނަސްވެސް، މިޝް އަހަރެން ކަތިލާނެއެވެ.
“ކާލިން….” މިޝްކާ ފޮނުވާލުމަށް ފަހު، އެނބުރެލި ތަނާހެން، އެލީނާ ބުނެލިއެވެ. ސޯފާގައި އިށީންދެ ފަހަތުގައި ހުރި ކުޑަދޮރުން ބޭރު ބަލަން އިން އިރު، އަބަދެކޭވެސް އެއްގޮތަށް އެލީނާ ނުހަނު ލޯއިތްބެވެ. އަހަރެން ގޮސް، ސޯފާގައި، ހުސް ތަނުގައި އިށީނީމެވެ.
އެލީނާ އައިސް އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. ފިނި އެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.
“ކާލިން… ޒިން އަށް އިނގޭނެ ކާލް އަކީ ކާކުކަން. ކުޑަ އިރު މަންމަ އާ އެއްކޮށް ރަޝިޔާގަ އުޅެފަ، މާލެ އައީ، ކާލް ބައްޕަގެ ގެތައް ހުސްކޮށް ހުރީމަ، ރާއްޖޭގެ ދިރި އުޅުން އެކްސްޕީރިއަންސް ކޮށްލާ ހިތުން… ދެން ދިމާވީ ގޭންގް ގްރޫޕަކާ… އޭނަ އުޅޭ ނޫޅޭ އޭނަ މަންމަމެންނަށް ނޭންގޭނެތީ، ހުރިހާ މިނިވަން ކަމަކާއެކު އޭނަވީ، ބޮޑު ކްރިމިނަލް އަކަށް… ފައިސާ ހުރީމަ، ޖޫރިމަނާއަކުންވެސް ގޮތެއް ނުހެދޭ.. ނުފޫޒު ގަަދަ ކަމުން، ޙުކުމެއްވެސް ނީއްވޭ..” ކިޔައި ދެމުން، އެލީނާ، އަހަރެންގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ.
“މިދިޔަ އަހަރު ޗުއްޓީގަ މާލެ އައިއްސަ އުޅެނިކޮށް، ކާލް އާ ދިމާވީ. އޭގެ ފަހުން ވަރަށް ބޮލަށް އުނދަގޫ ވާގޮތަކަށް އުޅުނީ.. ދެން އިނގެއެނު.. އެކަނި ބޭރަށް ނިކުމެއްޖިއްޔާ ފަސް ފަހަތުން ދުވާނެ.. ބޮލަށް ނުކުޅަދާނަ ވާވަރަށް މެސެޖު ކުރާނެ. ނޭންގެ ކިތައް ފަހަރު ކަމެއްވެސް ސިމް ބދަލު ކުރެވުނީ.. ދެން އެންމެ ފަހުން ހުއްޓާލީ.. ރަށަށް އައިމަ ރަނގަޅު ވާނެ ކަމަށް ހީކޮށް. އެކަމަކު ރަށަށް އައިމަވެސް އޭނަ ނުހުއްޓި. ހަފްތާޔަކު އެއްފަހަރު ރަށަށް އަންނާނެ. ފުރަތަމަ މަ އަޅައެއްވެސް ނުލަން. އެކަމަކު ފަހުން، މީޓަށް ނައިސިއްޔާ އެކިއެކި މީހުންގެ ނަން ބުނެފަ، މިވެނި ގޮތެއް ހަދާނަމޭ ބުނީމަ ދާން ޖެހެނީ. އެންމެ ބޮޑަށް މަޖުބޫރުވީ، މީޓް ކުރަން ނުގޮއްސިއްޔާ، ގެއަށް އަންނާނީއޭ ބުނީމަ… އެކަމަކު، ގޮއްސަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ… އަބަދުވެސް ބަހަނާއެއް ދައްކާފަ އަންނަނީ…
ކާލްގެ އުނދަގުލުން، ކިޔަވަންވެސް ސަމާލު ކަމެއް ނުދެވޭ.. އެ ހިސާބުން ދަށްވާން ފެށީ… އެކަމަކު މޮޑެލް ވަން ފެށުމުގެ ކުރިން، ކާލް ވަރަށް ބޮޑަށް ބަދަލު ވި… ބުނީ މި އުޅެނީ ގޭންގް ކަމަކު ވަރަށް ބިޒީ ކޮށޭ… އޭގެ ފަހުން ވަރަށް ޚަބަރު ނުވާނެ.. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން…. އިނގުނީ…. ކާލް ޓެރަސް އިން ފުންމާލައިގެން މަރުވިކަން…” އަޅައި ގަންނަމުން އެލީނާ ބުނެލިއެވެ. އެއިރު އަހަރެންގެ ޓީޝާޓުގެ ކޮނޑުމަތި، އެއްކޮށްހެން އަލީނާގެ ކަރުނައިން ތެމިއްޖެއެވެ.
“އަސްލު ހުރިހާ ކަމެއް ފެށުނީ އެހިސާބުން. އެކި އެކި މީހުން މެސެޖު ކުރަން ފެށީ… ބުނީ މަށާ ހެދިއޯ ކާލް އަމިއްލައަށް މަރުވީ.. އެމީހުން ހެތްކަކަށް ދައްކަނީ އަހަރެންނާއި ކާލްގެ ކޮންވަސޭޝަން ސްކްރީން ޝޮޓެއް. އެއީ، ކާލް މަރުވުމުގެ ކުރިން، އެންމެ ފަހު އެއްޗަކަށް އަހަރެން ބުނީ ‘ނޯ’ އޭ…” އަހަރެން އެލީނާގެ ބޮލުގައި ފިރުމާލީމެވެ. އެ ޗުއްޓީގައި ކާލިންގެ ބަދަލުގައި އަހަރެންނާއި އީން ދިމާވި ނަމައެވެ. ޤައުުމު ޤައުމަށް ދުއްވަން އުޅޭވޭތީ ވާހާވެސް ދެރަ ކަންކަމެވެ.
“މަ އެއްވެސް ވަރަކަށް އެއިރު ޤަބޫލެއް ނުކުރަން. އަހަރުމެން ވާހަކަ ދެއްކުން ހުއްޓާލިތާ ބައިވަރު ދުވަސް ފަހުން ވީ ކަމެއް ވީވެސް.. އެކަމަކު ދަށް ވާތީ، ސްކޫލް މައްސަލައެކޭ ކިޔާފަ މަންމަމެން މާލެ ފޮނުވާލި ހިސާބުން، އިތުރު މީހުން މެސެޖު ކުރީ. އޭރަކު ނޭންގެކީއްވެ ކަމެއް ދޮންތަ އެހާ ރުޅި އައިސްގެން އުޅުނީ… އެންމެންވެސް ބުނީ އަހަރެން މައްސަލައޭ… މޭބީ ދެޓްސް ދަ ޓްރުތް… މީހުންނަށް ނުވިސްނެނީ ކީތްވެތަ؟ ފިރިހެނުން އެހާ މޮައީ ކީއްވެތަ؟ އަހަރެން ނޯ އޭ ބުނިއްޔާ އެއީ އެވަރު ކަމެއްތަ؟” އެލީނާގެ ގިސްލުން ވީ އިތުރެވެ.
“އީން އިޓްސް އޯކޭ… ހުއްޓާލަބަ ޕްލީސް.. ވެ ދިޔަ ކަމަކާ ހިތާމަ ކުރުމުގެ މާނައެއް ނެތެއްނު..” އަހަރެން ބުނެލީމެވެ. އަންހެން ކުދިން މަސްލަސް ކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނެންގެއެވެ. އެލީނާ މާ ފިނޑި ނޫންކަންވެސް ހަމަ ނަސީބެވެ.
…………………..
“އެލީނާ؟ ގައިމު ދޮންބެ ބުނި ދިޔައިއްޔޭ….” އިރު ކޮޅެއްފަހުން ބޭރަށް ނިކުތް އިރު، ނިކުމެވުނީ މިޝް ކުރި މައްޗަށެވެ. ހަމަ ނަސީބު ދެރައީއެވެ.
“އެއީ ދޮންބެ ކުޑަ ދޮގެއް ހަދާލީ…” އަހަރެން އުޅުނީ ވާހަކަ އޮއްބާލެވޭތޯއެވެ. ނަމަވެސް މިޝް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“އެކަމަކު ކޮންތާކުން ތިއައީ؟” މިޝްކާގެ ސުވާލަށް އަޅާލުމެއް ނެތި އަހަރެންނަށް ދެވުނީ ޓީވީއާ ދިމާއަށެވެ. ފެނުނު މަންޟަރުން ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. އަޑު ބާރު ކުރެވޭނެ އެންމެ ބޮޑަކަށް ބާރު ކޮށްލުމަށް ފަހު އަހަރެންނަށް ބަލައިލެވުނީ އެލީނާއާއި ދިމާއަށެވެ.
“އެއަރ ޕޯރޓްތެރޭ، ނޭވާ ހާސްކޮށްލާ، މަރާލާފައި އޮތް އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި، އަންހެން ކުއްޖާގެ ފިރި މީހާ ހައްޔަރު ކޮށްފި..” ބާރަށް ނުކިޔަން ހުއްޓާ، ދައްކަމުން ދިޔަ ހޫނު ޚަބަރުގެ ސުރުހީ، މިޝްކާ ކިޔާލިއެވެ.
“ނޯ… އެކަމަކު..” ބުނެވުނު އިރުވެސް އެލީނާގެ ދެލޯ، ފުރިގެން ބަންޑުން ވަނީއެވެ.
“ލެޓްސް ގޯ…” އިތުރަށް އެތާ މަޑު ކުރާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ވީ ނުވީއެއް އޮޅުން ފިލުވަން އަހަރެން ބޭނުމެވެ. އޮތް ނުފޫޒެއްގެ ފުރިހަމަ ބޭނުން ކޮށްގެންވެސް، އަހަރެން މިކަން ހުއްޓުވާނަމެވެ.
“މިޝްވެސް ދާނަން…” އެއްކަލަ މިޝްކާއެވެ. މިކަހަލަ ވަގުތުވެސް، މަޑަކުން ނުހުންނާނެއެވެ.
“ކާކު ބުނީ، ހޮސްޕިޓަލް ނޫން ތަނަކަށްދާން، މިޝްއަށް ކާރު ދުއްވޭނޭ…” ވަގުތުން އަަހަރެން ދެކޮޅު ހެދީމެވެ.
ދާން މިއުޅެނީ، ޕޮލިސް ސްޓޭޝަނަށް ކަމުން، އަހަރެންނަށް ޖެހުނީ އަޔާޒް އަށް ގުޅާށެވެ. ގުޅުމުން އެނގުނީ، އެލީޒާ ރޯ ވަރުން، އަޔާޒް އެއިރު ހުރީ، އެތަނުގައި ކަމެވެ. ނަމަވެސް، އަހަރެން އެދުމުން، އަންނަން އެއްބަސް ވިއެވެ.
“ދޮންތާ… އެ ކިހިނެއް އެވީ؟ ދޮންބެ ނުހަދާނެ އެހެނެއް.. މީ ކިހިނެއް ވީ ކަމެއް.؟” ކާރު ރަނގަޅަށް ނުހުއްޓަނީސް، އެލީނާ ގޮސް، އެލީޒާ ކައިރިއަށް އަރާ ރޯންފެށިއެވެ. އަހަރެން އަވަހަށް ގޮސް، އަޔާޒް ކައިރީ އިށީނުމާއި އެކު، ކާރު ދުއްވާލިއެވެ.
އެއިރުވެސް އަހަރެންނަށް ހަމަކޮށް ނުވިސްނެއެވެ. ލުވެއިޒް އެކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ. ލުވެއިޒް، ޝާ މަރާލަން ޖެހޭނީ ކީތް ވެގެން ހެއްޔެވެ. ލުވެއިޒް ޝާނާއާ އެވަރަށް ނީންނަން އުޅުނީ ހަމަ ކުދިން ނުލިބޭނެތީ ހެއްޔެވެ؟ އިއްޔެ، ލުވެއިޒް ކުރި މެސެޖުތަކުގެ ޙަޤީގަތަކީ ކޮބާހެއްޔެވެ؟ ސުވާލުތަކާއި އެކު، ފޯނަށް ކެނޑިނޭޅި އަންނަމުން ދިޔަ، ޝަޔާން، އާއި، އަދިވެސް އެހެން މީހުންގެ ކޯލް ތަކާއި މެސެޖުތަކުން، އަހަރެންގެ ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ.
………………..
ކާރު ހުއްޓާލި އިރު، އެތަން ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ، ލުވެއިޒް ފަޔާޒް، އިންތާ، ދެހަފްތާ ނުވަނީސް، ސަރުކާރު އިސްމީހެއްގެ ދަރި، ޝާނާ އަޒީމް މަރާލައިފިޔޭ ބުނުމުން، މުޅި މާލެ ވެސް އެތަނަށް އެއްވާނެއެވެ.
ތިބެ ތިބެ، އިރު އޮއްސުނު އިރުވެސް އަހަރެމެންނަށް އެތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ. އިތުރު މައުލޫމާތެއްވެސް ނުލިބުނެވެ. އެންމެ ފަހުން އަހަރެމެން ހަތަރު މީހުން، ދިޔައީ، އެލީނާމެން ގެއަށެވެ.
“ކޮބާ ލުވެއިޒް… މީ ކިހިނެއް ވީ ކަމެއްތަ؟” ގެއަށް ނުވަދެވެނީސް، އެލީނާގެ މަންމަ އައިސް ސުވާލު ކުރަންފެށިއެވެ. ފަޔާޒްބެ ވާނީ އެތަނުގައެވެ.
އެންމެންނަށް ވެސް އިނގެނީ އެއްވަރަކަށެވެ. ނޫހުގައި ލިޔެފައި ހުރި މައުލޫމާތެވެ. ހުރިހާ ނޫހެއްގައި ވާހަކަ ފެތުރޭންވެސް ނެގީ ކުޑަކުޑަ ވަގުތު ކޮޅެކެވެ. އެއްވަރެއްގެ ދެ މަޝްހޫރު މީހުންގެ ވާހަކަ ކަމުން ވާނީވެސް އެހެން ނޫންހެވެ.
“ޝާން…. ކިހިނެއްތަ ވެގެން މި އުޅެނީ… ޝާ ކޮބާ؟ ބުނޭ މި ދޮގެކޭ…” ސޯފާގައި، އެންމެން އަތް އުރާލައިގެން ތިއްބާ، އުންމީދުގެ ހުޅުކޮޅެއް ދިއްލުނީ، ޝަޔާންގެ ފޯނުކޯލާއި އެކުއެވެ.
“މާޒިން… މަށަކަށް ނޭންގެ. ކަރުގަ، ހޭންޑް ބޭގް އޮޅާލައިގެން މަރާލާފަ އޮތީ.. އެންމެންވެސް ބުނަނީ ލުވެއިޒްއޭ… ބައްޕަމެން ވަރަށް ރުޅިއައިސްފަ ހުރީ…” ޝަޔާންގެ އަޑުގައިވަނީ، ދިރުމެއްނެތް ހަމަހިމޭންކަމެވެ.
“އިތުރު އެއްޗެއް އިނގެންޏާ، ޕްލީސް، ކިޔައިދީބަ.” ޝަޔާން ހުރި ޙާލަތު އެނގިހުރެ ވެސް އަހަރެން އެހީމެވެ. މިވާ ނުވާ އެނގުމުގެ ޙައްޤު އަހަރެންނަށްވެސް އޮންނަންވާނެއެެވެ.
“ޕޮލިސްވެސް، ޑޮކްޓަރވެސް، މަ ވެސް ބުނެފިން، ޕޯސްޓމޯޓަމް ހަދަން ހިނގާށޭ.. ބައްޕަމެން އެއްގޮތަކަށްވެސް އެއްބަހެއް ނުވި.. އަދިވެސް ހޮސްޕިޓަލްގަ ވީ… ޕޯސްޓމޯޓަމް ނުހަދަންޏާ ވަޅުލާނެ، މާދަމާ ފަތިހު..”
“އޯކޭ ބާއި..” އަހަރެން ފޯނު ކަނޑާލީމެވެ. އެއަށްފަހު ފުން ނަޒަރަކުން، ފޯނަށް ބަލައިލީމެވެ.
“ޔަޒް، ހިނގާބަ، ތާކަށް މަށާ އެއްކޮށް..” ޚިޔާލެއްގައި އިނދެފައި އަހަރެން ތެދުވީމެވެ.
“މަވެސް…” އެލީޒާ ދާން ހިއްޕާލިއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން، އަޔާޒް އެކަން މަނާ ކުރިއެވެ.
………
މެޕްގެ އެހީގައިވެސް، އަހަރެމެންނަށް އެގެ ފެނުނީ ވަރަށް ޙާލުންނެވެ. ހަތަރު ބުރިއަށް ނަގާފައިވާ ބޮޑު ރީތި ގެއެކެވެ. ކިލާކޮޅެއްނެތް ހުދުކުލައިގެ ފާރުތަކުގެ އެކި ހިސާބުތަކުން ސާފު ބިއްލޫރީގެ ކުޑަ ދޮރުތައް ފެންނަން ހުރި އިރު ޝާހީ ގޮތްގަނޑަކާއި އެކު ފެންނަނީ މުއްސަނދިކަމެވެ.
ކުރިން އައިސްފައި ނުވާތީ، އެތެރެއަށް ހިނގައިގަންނަން އަހަރެންނަށް ފަސްޖެހެވުނެވެ. ނަމަވެސް، ވަގުތު ބޭކާރު ނުކޮށް، ދެމީހުން އެކުގައި ހިނގައިގަތީމެވެ.
……………..
“ކާކު؟” ދޮރު ހުޅުވީ، ދެބައި ޢުމުރުގެ އަންހެނެކެވެ. މާ ގިނައިރު ވިސްނަން ނުޖެހި އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ.
“މަ މީ މާޒިން.. ލުވެއިޒް އެކުވެރިއެއް. މި އައީ، ރަފީން އާ ބައްދަލް ކޮށްލަންވެގެން.” އަހަރެން އަދަބު ވެރި ކަމާއި އެކު ބުނެލީމެވެ.
“މާޒިން ދޯ.. އަވަހަށް ވަދޭ…” ހިނިތުންވެލަމުން، އަޒީނާ ބުނެލިއެވެ. އަދި ދާންވީ މަގު ދައްކައި ދިނެވެ.
“ޒިން… އުންމީދުވެސް ކުރީމޭ އަންނާނެ ކަމަށް އަވަހަށް ވަދޭ..” އެއިރުވެސް، މާހިލް އުޅުނީ ވަރަށް ބުރަ މަސައްކަތެއްގައި ކަން މޫނު މަތިންވެސް އިނގޭ ވަރު ވެއެވެ. މާ ބޮޑު ނޫން އެ ކޮޓަރީގެ ދެބިތް ފުރާލާފައި ވަނީ، ބޮޑެތި ފައިލް ފައިލާއި ފޮތްތަކުން، ފުރާލާފައި ހުރި ފޮތް ހަރުގަނޑުންނެވެ. މޭޒު މަތީވެސް، ފޮތް ތަކެއް ހުއްޓެވެ. ހީވާ ގޮތުން މިހާރ ކުރިއަށް ދާ މަސައްކަތަށް ބޭނުން ވާ ސާާމާނެވެ. އަހަރެމެން އިށީންތަނާހެން، ރަފީންވެސް އައިސްފިއެވެ.
ރަފީންއަކީ، ލުވެއިޒްގެ ލޯޔަރެވެ. ލުވެއިޒްގެ އިތުރުން، މާހިލްއާވެސް އޮންނަ އެކުވެރިކަމުން، ރަފީން ވެފައި ވީ، އަހަރެންްވެސް ދެކެ ފަރިތަ މީހަކަށެވެ.
“މީ ކިހިނެއް ވީ ކަމެއްތަ؟ ލުވެއިޒް މިކަހަލަ ކަމެއް ނުކުރާނެ.” އަހަރެން ފުރަތަމަވެސް ބުނެލީމެވެ.
“ތިކަން އިނގެޔޭ.. އެކަމަކު، މި ފަހަރު ފަސޭހައިން ސަލާމަތް ވާނެ ހެނެއް ހިއެއްނުވޭ.” ރަފީން ވާހަކަ ދެއްކިޔެވެ.
“އެޔޯ؟ ކޮބާ ހެކި މީ ލުވެއިޒް ކުރި ކަމެއްކަމުގެ. ދެން އެއްވެސް މީހަކު، އަމިއްލަ އަނބިމީހާ މަރައެއް ނުލާނެ ދޯ..” އަޔާޒް ބުނެލިއެވެ.
“އެންމެނަށްވެސް ތިކަން އިނގެޔޭ، މައްސަލައަކި، ހުރިހާ ހެތްކެއްވެސް ހުރީ، ލުވެއިޒް އާ ދެކޮޅަށޭ.” ދުރުގައި ހުރި މާހިލް ބުނެލިއެވެ.
“ހެކި؟” އަހަރެންނަށް އަހާލެވުނެވެ. މިކަމުގައި ހެތްކެއް އޮތްކަމެއް، އަހރެންނަށް އެނގިފައެއް ނުވެއެވެ.
“ސީސީޓީވީ ފުޓޭޖް..” ރަފީން އިސްޖަހާލަމުން ބުނެލިއެވެ.
…………………………..
މާހިލް ގޮސް ޓީވީ އަޅުވާލުމާއި އެކު، އަހރެންގެ ހިތު ވިންދު އަވަސްވެގެން ދިޔައެވެ.
ފުރަތަމަ ފެންނަނީ، ފުދޭވަރަކަށް ބާރަށް، ޝާނާ ގޮސް، ވޮޝްރޫމަށް ވަންނަ ތަނެވެ. އެއަށް ފަހު އިރުކޮޅެއްވެސް، ނުވެ، ވަރަށް ބާރަށް ލުވެއިޒް ގޮސް އެތަނަށް ވަނެވެ. ހައެއްކަ މިނިޓު ފަހުން ލުވެއިޒް ނިކުތް އިރު، އެކަހަލަ ކަމެއް ކޮށްފައި ނިކުންނަ މީހެއްގެ މޫނުމަތިން ފެންނާނެ ހުރިހާ ސިފައެއް ހުއްޓެވެ. މާނޭވާ ލަމުން ދިޔައިރު، މުޅި މޫނުމަތީ، ދާތިކިތައް ހުއްޓެވެ. އިރުކޮޅަކު މަޑު ކޮށްލުމަށް ފަހު ލުވެއިޒް ދިޔައީއެވެ.
ދެން ހޭދަވީ ހަމަ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ވޮޝް ރޫމަށް، ޓޫރިސްޓަކު ވަނީ، އޭގެ ފަނަރަ ވަރަކަށް މިނިޓު ފަހުންނެވެ. ވަދެވުނު ކަމެއް ނޭންގި އެމީހާ ނިކުތީ ތެޅެމުން ފޮޅެމުންނެވެ. އަދި މާ ގިނައިރެއް ނުވެ، ޕޮލިހުންނާއި އިތުރު މީހުން އެތަނަށް ތޮއްޖެހުނެވެ. ދެން ނެރުނީ، ޝާނާގެ ދިރުން ނެތް މަސްގަނޑެވެ. އެންމެ ކައިރީގައި، ހައިރާންވެ ރޮއިފައި، ލުވެއިޒް ހުރި ނަަވެސް، އެއީ ކިނބޫ ކަރުނަ ނޫންކަންވެސް އިނގޭނީ ކާކަށް ހެއްޔެވެ.
…………….
“ބައްޕަ ބުނީމެއްނު، މިރޭ ގޭ ބަންދަށް ބަދަލު ކުރާ ވާހަކަ.” އަހަރެމެން ދިޔުމުގެ ކުރިން، މާހިލް ބުންޏެވެ.
“އާނ… އެއީތެދެކޭ. މިރޭ އަށެއްގަ، ލުވެއިޒް، ގޭ ބަންދަށް ބަދަލު ކުރާނެ. އަޑު އެހުން އޮންނާނީ، މާދަމާ ރޭ.” ރަފީން ބުނެލިއެވެ. ލިބުނު މައުލޫމާތަށް ޝުކުރު އަދާ ކޮށްފައި، އަހަރެމެން ދިޔައީއެވެ.
…………………………….
އެކި ތަންތާ، އެނބުރި އެނބުރިފައި އަހަރެމެން، ލުވެއިޒް ގެއަށް ދިޔައީ، އަށް ގަޑި ބައިގައެވެ. އެހާ އިރު، ލުވެއިޒްއަށް ހަމަ ޖެހިލެވޭނެ ކަމަށް ބަލާފައެވެ.
ގެއަށް ވަން އިރު، ފަޔާޒްބެގެ އިތުރުން، ރަފީންއާއި މާހިލް ތިއްބެެވެ. ދުރުގައި އީންގެ މަންމަ ހުރި އިރު، އެންމެންގެ މޫނު މަތިންވެސް ފެންނަނީ، ކަންބޮޑު ވުމެވެ. އެހެން އަހަރެމެން ތިބޭތާ އެތައް އިރެކެވެ. އެންމެންނަށް ދޮރާ ދިމާއަށް ބަލައިލެވުނީ، ބެލް ޖެހި އަޑަށެވެ.
މީހަކު ހައިރާން ނުވާނެ ހެއްޔެވެ. ދާހިތްލާ ފޯވެފައި، މާނޭވާ އެހުރީ އެނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ވާން އުޅެނީ ކިހިނެއްކަމާއި، ލިބެން އުޅެނީ، ކޮން ކަހަލަ މައުލޫމާތެއް ކަންވެސް، އަންދާާޒާ ކޮށްލަންވެސް ނޭންގުނެވެ.
“ޝާން…؟؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.




Mee first dhw Varah reethi mi bai ekam aslu Kaaku Shaa maraaly?? When the next part?? Thankolheh avahah up kohdheynekamah unmeedhu kuran ?
hehe Congra… Shaa maraali myyhehh dhwww… Monsta lap ge word 2010 ga onnaane… lets wait for me to submit it here dhww… yeahh.. Insha Allah mi faharahh vure avas kohdheveytho balaanan. maybe maadhan rey… mi dhe week schl test thahh veema, vaguthu nuvii… but I’ll try my bestt.. Thank you… 🙂
I’m the first ???wowww mi part ves varah reethi ??????next part kon irakun???..luv ur story so much ???luv yuhh???
So sorry …I’m second ??
Thankksss…. Insha Allah maadhamaa rey… Thankksss again, from me for the daily support n from Maaxin for loving the storyy.. 😉 😛 🙂 😉
Mirey tha story up vaanyy??I’m waiting for the next part ??☺️?????☺️???
Yeys ma third dhww❤❤❤..kiyaalaafa I’ll comment ingey???
hehe… Thankss jiji… Congraa
V v salhi mi part vec???… mihaaru mi suvaalu ufedheny aslu kaaku thw Shaa maraaly???..Next part v kiyaa hithun mihiry???.. Can yuh upload one part adhi mirey???
Jiji haadha keh madhu thivany
Hehe. Dhn mirey dhw. Mihaaru onnaany ehkohhen ninnmaalaafa. Hama jehilaigen lap kairy ishyndhevunu haa avahakah laidheynan. ???? THANKSSS ??❤️❤️
Heyy jiji hama guess kuri gothah dhw evy???..Shaa maruvy hama..
yhhh ehn dhww evy… 🙂 😛 😉
Story kiyaa hiyyvaa meehun kehmadhu vaane dhn oiy bai vec kiyann?…Lucifer kiyaa hiyy nethyma kehmadhu nuvany?
Sabar ka pal meeta hotha hei.. E kiyaa hih nuvany eh nooney..
Ekannn ingeyey?…E dhn majaa kohly eyy???
Alhey. Evee kihinei thr? Luvaix tha hama Shaana maraalee. Alhey. When next part?? Mi part vx hama vrh intereting. Dhn oi part kiyaalan vrh beynun.. Bye monsta..
hehe……. Letss see dhw aslu kihineh vegn kaakkukan Shaa maraaly… mirey libeyne Insha Allah… Thankss a lot
i ah hyvany shaanage dad ge kameh hen mee… postmortem hadhan eh bas nuvuma… dhn anehka eha kulli gothakah kaiveni kuran baaru elhuma… mihuriha kamakah balaafa hyvany hama shaanage dad hen… btw vrh dhuvahah fahu dhw mi dhimaav … <3 story kiyan baraabarah but time nuvany comment kuran… waiting for the next ;*
Aaliyaa dhariyaa..v gina dhuvac vehje dhw dhimaa nuvrthr..hws yuh?????
awwwwwwwwwwnnn… alhey u missed me tha? emm vrh gina in dhahkaane jiji, kitty n cutelipsge vhk… n im totally fine alhamdulillah… wbt u?
?Fine
hehe.. Shaa ge Dad dhww.. thihenn ves vedhaane. lets see dhw next ep ga… owh thats fine.. varah ufaa vejje, story kiyaakan engunyma…. THANKSS. Insha Allah mirey 26th
Bro magey shaa maraalii tha… ???????????????? Kinboo karuna lol. Hahha haha haah…. Dhn v dhuvss vejje dhw neko ah comment ehh koh nuleveytha.. Adhi kiriyaa mi kiyaalevunii ekkn… Dhn u know me dhww exam ey bunefiyyaa i cant do anythin else anyways stry v salhi…. Dhn een aa xin xin aa set v dhww hae… Ma sha allah…. V rom ingey stry,???????????????Haadha dhuvass vejjey song eh nugesdheythaa waiting for next part
Aah.. Neko. Thats fine, monsta ahh ves mihaaru stry up nuveyey ehaa regular kosheh. test thah vyma. thankss.. Rom eyy… oh no.. #lol…. song ehh dhww.. monsta vess mi aharu kiyavann kamah ehenve vaguthu nuvany… dhn u know me ehhnu.. dhivehi songss aa ehaa familiar noon vyma undhagulyy… Khiyaalahves annany hus english ehchis. Insha Allah eng stry ga vaa varah songs alhaidheynan… but eba visnan song ehh laan mi stry ahh… THANKUU.. Insha Allah mirey, kommes irakun
Vara salhi mi part
Thankss…. 🙂
varah reeethii
hehe… Thankss hehehehahahaha LOL… 🙂 😉
Ey monstii.. salhi part ekey mii.. shaana maraaly kaakuba? Maybe she’s not dead yet? Ehen ve genbaa postmortem hadhan ehbas nuvee shaa ge dad? Hus suvaalu.. mirey dhennn nidhan mi ulhenii so skwl in aissa kiyey ni mirey up koffiyaa.. alheyy eyrah danger enmme last ah dhw vaanee.. ekam ves story kiyeyne thaa.. and goodnight monstiii
Thankss… hehe lets see dhw Shaanaa maraali myheh…. emme last akahh nuvaane, cuz monsta myself ahh ves dhnn site ahh vadhevyny maadhamaa schl in aissa.. but stry laifin mihaaru… Insha Allah, maadhamaa schl in aadheven vaairah kiyaalan libeyne… good night danger ahh vess 🙂
Wait WHAT? Danger kuree 2 parts ah ves comment kurin but nei gosfa eh??? haadha hevva ey.. huh? Dhenme mi balaali
Btw e comments ga bunee mee nice story ekey.. and mihaa thanah ai iru mee kiyunu adhi kiyeyne enmme furihama out of words ge story ekey.. hehe.. v salhi aslu ves
ohh… baehh faharu ehn vey… alheyy thanksss…. Insha Allah, stry hadi nuvaane gothakahh nimendhenn genesdheveytho masaihkaii kuraanan… Once again thanksss.. 🙂
Oh sis
I can’t sleep
What is going on please don’t do anything bad to my. Luveiz please please
Than I can’t sleep ? make it fast sis
Very very curious
ehkala Draxx.. Luveiz ahh adhi gothehhh nuves ve ehhnu.. mihaaru thi feshy roan.. hama Drax aa hedhi ingeyy mihaa las mivanyyy…dhnn ekamves thanks
Mi part ves varah reethi….ekam mi part ga ebahuri baeh mistakes….misaalakah eynaa ulhey noolhey eynaage mamma mennah neyngeythee.. Mi jumlaigai “goi” mi lafzu madhu?dhen maahil bunaa jumlaigai innaany bappa ” bunyennu “mihen …ekam liyefa inee bappa buneemennu…. Pls don’t take this comment negative ….hehehe?mihen madhumadhun mistakes huttas story varah salhi….
Owhh Thankss… ohh thankss for poiting themm out… first mistake eii olhigen but second mistake eii monsta use kuraa goii.. Thankss net time ga rangalhu kohhlaanan… my friendu bunaa ehchihi negative koshehh nunagaanehnu… THANKUU
Alhey nikan e Maahil rifaashaa AA fight kohlaa gothah hadhaalaba…. Hama nashaalaafa rifaashaa vahtalaa gothah ??
nooney maahil aa rifaashaa aaa setu kohhfa inna gothahh hadhanvyy…. maahil nashaalaa scene ehh dhw laanvy, rifaashaa aa ehkohh… lol.. Thankss
nice..patiently waiting for the next part
Thankss ???
Hama baraabaru idea eh! Thikahala scene eh lachey! Adhi nashaairu rifaashaage badhalga maahil vattaalaa ingey! Heehee halaaku vaavaruge scene eh ingey e dhe meehun ge laany
laany
Thankss ???
Hehe maahil n rufaashaa scene ehh dhww. Dhemyhun indhuvanvy kanneynge. Ehaa avahah dhn liyeveykahh neii. But mihaaru mi work kuraan baiga thikahala scene ehh genevrytho balaanan. ???
Alheyy adhives up nuvanytha ????avahah up kohba plz Mihaaru kiyaa hithun huhnathaa kihaaireh sch In ai fahun story up vefa tho huree nubalaa gadi eh nudhey avahah up kohdheeba plz plz
so sorry… lets hope varah avahah kiyaalan libeyne.. once again sorry.
monsta.. kobaa tha story? kon ireh wait kuraathaa! avas avas.. maadhan skwl in annan vaa irah up kuracheyy..pls pls
alheyy sorry dangerr… iyye haveeru laifinn… miyadhu libeyne kamahh hykohhgen huryy.. lets hope, schl in annan vaairahh libeyne…
This one also really good thank monsta???❤❤