Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޝައިމް 6

shal Level 110 Stories
December 16, 2019 One Min Read
2 Comments

އޭގެ ބައި ގަޑިއިރު ވުމައް ފަހު ކޮޓަރީން އެންމެން ނިކުތެވެ. ޝަމްހޫދް އަށް އެންމެން ނިކުތުމުން މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުން އެންމެނަށް ވެސް އެ އިހުސާސް ކުރެވޭ ކަހަލައެވެ. އެއީ އެތައް ޒަމާނަކަށް ފަހު އޭނާގެ ހަމައެކަނި ހުރި ދަރި ފެނުމުންނެވެ.

ހުއްޓިފައި އިން ޒުހުރާ ފެނުމުން މުހަންމަދަށް ކޮންމެސް ނުބައެއް ވެއްޖެކަން އެންގުނެވެ. ފުރަތަމަ ވެސް ބަލާ ލެވުނީ ޒުބޭދާގެ ކޮޓަރިއަށެވެ. ދެން ޒުހުރާއާ ދިމާ ބަލާލުމުން ޒުހުރާ އިސް ދަށަށް ޖަހައިގެން އިނދެ ބުނެލިއެވެ. ” ޒުބޭ އަށް  އެންގިޖެ ހުރިހާސިއްރެއް….. ސިހުރުހެދުމުގެ ކުރިން ހޭނައްތާލުމަށް ފަހު ހޭނެތުން ކަމަށް ހީކޮށް މަ މުހުތާރުކައިރީ ހުރިހާއެޗެއް ކިޔައިދިނީން. ނަމަވެސް ކަން ހިންގީ ހީކުރި ގޮތާ ހިލާފަށް. އެއީ މުހުތާރް 30 މިނެޓް ވުމުން މިހާރު ޔަގީނުން ވެސް ހޭނެތިފައޭ ބުނިއިރު އެގަޑީގަ ޝައިމް ހޭއެރި. އެވަގުތު….. އެވަގުތު އަހަރެން ކިޔައިދިނީން މުހުތާރް އަށް އަހަރެންކަން ޝައިމްގެ މަންމަ މަރާލީ އަދި އެއީ ކިހިނެއްކަންވެސް އަހަރެން ކިޔައިދިނީ.” އެހެންބުނުމުން މުހަންމަދް އަށް ހީވީ ދުނިޔެ އެންބުރުން ހުއްޓުންހެންނެވެ.

ޝައިމް އައިސް ބައްޕަ ކައިރީ ސޯފާގައި އިޝީންދެލިއެވެ. އަދި ކުއްލިއަކައް އެއްޗެއް ހަދާންވެގެން ތެދުވިހެން ޝައިމް ތެދުވުނެވެ. އެންމެން ދިޔައީ ސިއްސައިގެންނެވެ. ޝަމްހޫދް ވެސް އިނީ އެއްޗެކޭ ބުނަން އަންގަ ހުޅުވިގޮތަށް ލައްޕަންނޭންގިފަ އިންހެންނެވެ.ޝައިމް އަށް ދެން ބަލާލީ ޝަމްހާގެ ފޯނާދިމާލަށެވެ. އެެހެން ހުރުމަށް ފަހު މަންމަ ކައިރީ އަހާލިއެވެ. “ކޮބާ މަންމަ ކުރިން ގެންގުޅުން ފޯނު؟” އެބައޮތްކަމަށް ބުނެ ޝަމްހާ އެފޯނުގެނެސް ޝައިމް އަށް ދިއްކޮލިއެވެ. ޝައިމް ފޯނު ހުޅުވާލުމަށް ފަހު ގެލެރީ ހުޅުވާ ލިއެވެ. އެންމެން ވެސް ތިބީ ވާނުވާ ނޭންގިފައެވެ. ދެން އެންމެނަށް ދައްކާލީ ވީޑިއޯ އެކެވެ. އެއީ ޝައިމްގެ މަންމަަ އާއި ބައްޕަ މަރާލާ މަންޒަރެވެ. ވީޑިއޯ ނިމުމިން ދެން ދައްކާލީ ކުޑަ ފިިރިހެން ކުއްޖެއްގެ ފޮޓޮއެކެވެ. އެއީ ވަރަށް ދުރުން  ނަގާފައި އިން ފޮޓޮއެއްކަން އެންގެއެވެ.

ޝައިމް ވާހަކަ ފަށަން އުޅެފައި ހުޓާލީ ގޭ ދޮރު ހުޅުވުނު އަޑަށެވެ. އެންމެން ގެ ސަމާލްކަން ވަދެގެން ގައި ޒުވާނާ ހުއްޓުނެވެ. އެޒުވާނާއަށް ޝައިމް ފެނުމުން ވަރަށް ހައިރާންކަން މަތީ ބަލަހައްޓައިގެން ހުރި ފިޔަވަޅުނަތީ ހުއްޓެވެ. ޝައިމް އަށް ވެސްވީ ހަމަ އެކަހަލަ ގޮތެކެވެ. އެއީ ޝައިންގެ އެންމާ ބަންޑެ ކޮއްކޮ ކަަމެއް ނޫނީ ޝައިމްގެ ބޮޑަށް ހުންނަ ބޭބެ ކަމެއް ޔަގީނެއްނޫނެވެ. ދެ ކުދިން އެހެން ތިބިމުން ޝަމްހާ ބުނެލިއެވެ. “ޝާޒިލް މީ ޝާޒިލްގެ ދައްތަ ޝައިމް. ޝައިމް މީ ޝައިމްގެ ކޮއްކޮ ޝާޒިލް” އެހެން ބުނުމުން ޝަމްހޫދް ބުނލިއެވެ.”ތިދެކުދިންނަކީ  އެއްމާބަންޑު ދެކުދިންކަން އެނގޭތަ؟ އަދި ތިދެކުދިން ކުޑައިރު  އަބަދު ތިބޭނީ ފައިޓްކޮއްކޮ”ޝަމްހޫދް  އެހެން ބުނުމުން ޝާޒިލް އަށް ނުހެވުނީ ކިރިޔާއެވެ.

ޝައިމް ވާހަކަ ކުރިޔަށް ގެންދިޔައެވެ. ” ހްމް. ދެންމެ މަންމައަށް ދެއްކީމެއް ނުން ކުޑަކުއްޖެއްގެ ފޮޓޮއެއް. އެއީ ޝައިމް ކުޑައިރު ތަންކޮޅެއް ދުރުން ނެގިފޮޓޮއެއްވީމަ ސާފުނުވެދާނެ. އެކަމް މަންމަ އައް އެނގޭތޯ ބަލާލަބަ.” އެފޮޓޯ ދައްކާލުމުން ޝަމްހާ އާއި ޝަމްހޫދް އެކަކު އަނެކަކައް ބަލާލުމައްފަހު ނޫނެކޭބުނުމުގެ ގޮތުން ބޯހޫރާލިއެވެ. އެއައްފަހު ދެންބަލާލީ ޝަޒްމީލްއާ ދިމާބަލާލުމަށް ފަހު ބުނެލިއެވެ. ޔޫއާރ ސޯލަކީ ބްރޯ. އެނުލަފާމީހާ ފުރަތަމަ ނަގަން އުޅުނީ ޝަޒްމީލް އެކަމް ޝަޒްމީލް ގެ ގައިގަ އަތް ލާއިފަ ވެސް ނެގީ ޝައިމް. ދެން ޝަޒްމީލް އައް އެންގޭތަ މި ކުއްޖާ؟” އެހެންބުނުމުން ޝަޒްމީލް ބަލާލީ ސްކްރީން އިން ފެންނަން އިން ކުޑަކުއްޖާގެ ފޮޓޮއަށެވެ. ދެން ދެލޯ ބޮޑު ކޮއްލުމަށް ފަހު ޝައިމްއާ ދިމާ ބަލާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

shal

Level 110 Stories

There will be many mistakes. please do let me know the mistakes. Thanks for reading my story

Other Articles

Previous

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 04)

Next

މޮޔަ ހިތް މަގޭ…14

Next
December 16, 2019

މޮޔަ ހިތް މަގޭ…14

Previews
December 16, 2019

އިރު އޮއްސުމާއެކު 2 (އެޕިސޯޑް 04)

2 Comments!

  1. Lizy says:
    December 19, 2019 at 9:26 pm

    Eyniii blackpink lisa boy kihlaafa dhw?

  2. ?ihavandhoo manjr says:
    January 4, 2020 at 3:32 pm

    rashaky ihavandhoo
    namaky aminath ishaa
    11umuru aky
    evves meehaku writer Shaakko aa vaahaka nudhakati
    aee rangalhu meeheh noon

Comments are closed.



All Right Reserved!