Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ… (8 ވަނަބައި)

writer Level 310 Stories100 Comments
October 10, 2014 3 Mins Read
4 Comments

” ލައުހާ… ތި ދެލޮލުން ބޭކާރު ގޮތުގައި މި އަގުބޮޑު ޖަވާހިރުތަށް ބޭކާރުކޮށް ނުލާ..” ހައިކަލް ދެންމެބުނި ޖުމްލަ ލައުހާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.. ހަމަ އެޖުމްލައެވެ…މީގެ އަހަރުތަކެއް ކުރިން އަޑުއިވުނު އެބަސްތަކެވެ..ކުރީން ވެސް އެ ބަސްތަކުން ލައުހާގެ ހިތަށް ލުޔެއް ގެނެސްދިނުމަށް މަސައްކަތްކުރީ ހަމަ އެއިންސާނާއެވެ…އަޖައިބެކެވެ..ހަމަ ހަގީގަތުގައިވެސް ހައިކަލް އަށް ލައުހާ ނޭނގޫނީ ބާއެވެ..ނޫނީ ނޭނގޭ ކަމަށްހަދަނީ  ބާވައެވެ..ލައުހާ ހިތުގައި އެތަށް ހިޔާލްތަކެއް އެނބުރެމުން ސުވާލުތަށް ގިންވަމުން ދިއައެވެ…

” ލައު… އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ..އެމަޖެންސީއެއް… ބަލައިގެން އުޅޭނީ އިނގޭ…ކަމަކަށް ބޭނުން ވަންޏާ ގުޅާލަށްޗޭ…” ލައުހާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.އެލޮލަށް ޖަމާވެފައިވާ ކަރުނަތަށް ފޮރުވުމަށްޓަކައި އިސްޖަހައިގެންނެވެ. ދޮރުމަތީގައި ހުރި ހައިކަލް އަވަސްވެގަތީ ޑިއުޓީއަށް ދިޔުމަށެވެ.ހައިކަލް ދިޔަ މަންޒަރު ލައުހާ ބަލަހައްޓައިގެން އިނެވެ.ހައިކަލްގެ ކާރު ސްޓާޓްކޮށްލި އަނޑު ލައުހާއަށް އިވުނެވެ..އެދުން ތެދުވެގެންް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. ގޭގެ މައި ގޭޓުން ކާރުގައި ދާތަން ބަލަހައްޓައިގެން ލައުހާ ހުއްޓެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. ލައުހާ މަޑުމަޑުން ބަނޑުގައި އަތުން ފިރުމާލިއެވެ. އެ ހިތުގައި ފޮރުވިފައިވާ މައިވަންތަ ކަމުގެ ލޯބި ފުރަތަމަ ފަހަރަށް ކަރުނައިގެ ސިފައިގައި ބޭރުވާންފެށިއެވެ.

” ދަރިފުޅާ  މަންމައަށް މާފުކުރާތި…މަންމަ ދެކެ ބައްޕަކުރާ ނަފްރަތުން ބައްޕަ ބޭނުމެއްވެސް ނުވޭ ތީ ބައްޕަގެ ދަރިއެއްކަމަށް ޤަބޫލުކުރާކަށްވެސް… އެކަމަކު ދަރިފުޅު ދެރަ ނުވައްޗޭ.. އިރާދަ ކުރެއްވިއްޔާ މަންމަ ދަރިފުޅަށް ބައްޕައެއްގެ ލޯބިވެސް ހޯދައިދޭނަން… އެއްވެސް އެއްޗެއް އުނިވިޔަކަ ނުދޭނަން… މަންމަގެ ދޫނީ ބަސް އަހާތި..” ރޮވިފައި ހުރެ މަޑުމަޑުން ލައުހާ ބަނޑުގައި އަތް އަޅައިގެން ހުއްޓެވެ.ހައިކަލްގެ ކުރިމަތީގައި އެއްވެސް ކަމެއް ނުވާކަމަށް ދައްކައިގެން އުޅުނަސް ކޮންމެ ވަގުތެއްވެސް ވަނީ ބޮޑުވޭނަކަށެވެ. ލުހުޝާން ގެ ހިޔާލުތަކުން ސިކުޑި ފުރާލެވިފައިވާއިރު އެހިތުގައި ލުހުޝާންގެ ދެއަތުން ދިން ޒަހަމް އަދިވެސް ފަސޭހައެއް ނުވެއެވެ. ލުހުޝާންއަށް ކޮންމެވެސް ދުވަހަކުން ހަޤީޤަތް އެނގޭނެއެވެ.އެއިރުން ލައުހާގެ ކުށެއް ނެތްކަން ލުހުޝާން އަށް ޤަބޫލުކުރެވޭނެއޭ ލައުހާގެ ހިތް ބުނެއެވެ. ލައުހާގެ ބަނޑުގައިވަނީ ލުހުޝާން ގެ ދަރިއެއްކަން ހުދު ލުހުޝާން އަށްވެސް އެނގޭނެއެވެ. ލައުހާ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ.

ހައިކަލް ފެންނަ ހިސާބުގައި ހުރުންވެސް ލައުހާއަށްވަނީ އުދަގުލަކަށެވެ.ލައުހާ އަކީ ކާކުކަށް ހައިކަލް ނޭނގޭ ކަމަށް ހެދިޔަސް ހައިކަލް ވުރެ ރަގަޅަށް ލައުހާ ދަންނަ މީހަކު ނުހުންނާނެކަން ލައުހާ ދަނެއެވެ.އެހެނަސް ލައުހާއަށް ހައިކަލް އާ މެދު އޭރުވެސް މިހާރުވެސް ކަންތައް މިކުރެވެނީ ކީހާ ގޯސްކޮށް ހެއްޔެވެ. ލައުހާ ހާލުގައި ޖެހި އިއްޒަތާއި އަބުރު ވިއްސި ވިހާލިވެފައި ވާއިރުވެސް ލައުހާއަށް ހިޔާވަހިކަމާއި ހިމާޔަތް ދިނީ  އެއިންސާނާއެވެ. އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން ފަރާތާއިމެދު ލައުހާއަށް މިކަންތައް ކުރެވެނީ ކިހިނެތްބާވައޭ ހިތަށް އަރަމުން ދިޔައެވެ. ލައުހާ ދޮރު ފޮތި ކަހާލުމަށްފަހު އެނދުގައި އިށީނެވެ..ނޫނެކެވެ.. ލައުހާ ހައިކަލް އަށް މިރޭ ހުރިހާ ވާހަކަ އެއްވެސް ކިޔައިދޭނަމެވެ. ލައުހާ ހައިކަލް އާއި ކުރިމަތިލުމަށް ހިތާއި ހިތުން ތައްޔާރުވަމުން ދިޔައެވެ.

ނަމާދަށް ބަންގި ގޮވުމުން ލައުހާ ފެންވަރައިގެން ނަމާދުކުރިއެވެ.. ލައުހާގެ ވީރާނާ ވެފައިވާ ހަޔާތަށް އަލިކަމެއް ދެއްވާތޯ ދުއާކުރިއެވެ.ނަމާދު ކުރުމން ލައުހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.ލައުހާ ކޮަޓަރިން ނިކުމެގެން ބޭރަށް ދާން ހިގައިގަތެވެ.  ހިނގާފައި ގޮސް ލައުހާ ވަނީ އެގޭގެ ތަނަވަސް ސިޓިންރޫމްއާއި އިންވެގެން ހުރި ކާކޮޓަރިއަށެވެ. އެތަނުން ބަދިގެއަށް ވަދެވޭ ގޮތަށް ހުރެއެވެ.. ލައުހާ ވަރަށް ކުރުގޮތަކަށް އެއްޗެއް ކެއުމަށްފަހު ކުރަން އައި މަސައްކަތާއިގެން ތައްޔާރުވެލިއެވެ.

އަލަމާރިތެރއިން ތަރުކާރީތަށް ނަގައި ކޮށަންފެށިއެވެ. ލައުހާ ބޭނުންވަނީ ހައިކަލް އަންނަން ވާއިރަށް ކާން ހާއްސައެއްޗެއް ތައްޔާރުކުރުމަށެވެ. އެއަށްފަހު ލައުހާ ބުނަން އުޅޭ ވާހަކަބުނުމެވެ. ހައިކަލް އެއްކޮށްދޭ އެހީތެރިކަމުގެ އަގު ކޮންމެވެސް ގޮތަކުން އަދާކުރަން ލައުހާ ބޭނުންވެެއެވެ.މިބޮޑު ގޭގައި  ނޯކަރުން މަސައްކުރާތަނެއް ލައުހާއަކަށް ނުފެނެއެވެ.އެހެންކަމުން ހުރިހާކަމެއްވެސް ކުރަނީ  ހައިކަލްއެކަނިތާއެވެ.އަޖައިބެއްފަދަ މީހެކެވެ.އެކަނި ހުރިހާ މަސައްކަތެއް ކުރާނީވެސް ކިހިނެތް ހެއްޔެވެ.

 ލައުހާ  ކައްކަމުން ދިޔައިރު އެމޫނު މަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. ގަނޑިން އަށެއް ޖެހިއިރަށް ލައުހާގެ މަސައްކަތް ނިންމާ ކާއެއްޗެހީން ސުފުރާމަތި ޖަރީ ކޮށްލިއެވެ.ލައުހާގެ ހިޔާލަށް އައީ ލުހުޝާން އަށްޓަކައި އެދެއަތުން ލޯބިން މިގޮތަށް ކާން ތައްޔާރުކުރާގޮތެވެ. ބައެއްފަހަރު ކުޅިމަޑުވިޔަސް ލޮނު ރަހަ މަޑުވިޔަސް ލައުހާ ރޮއްވާލައެވެ.އަނެއްކާ ހައިކަލް އަށް މި އެއްޗެހި ކަމުދާނެ ބާއެވެ.މިފަދަ ހިޔާލުތަކެއްގައި ހުރިނަމަވެސް ގައިން ކާއެއްޗެހީވެސް ވަސް ދުވާތީ ލައުހާ ފެންވަރަން ދިޔައެވެ.

ލައުހާ ފެންވަރައިގެން އައި އިރު ސިޓިން ރޫމްގައި ހައިކަލް އިނެވެ. ހައިކަލް ފެނިފައި ލައުހާ ސިއްސއިގެން ދިޔައެވެ.ހައިކަލް މިހާ އަވަހަށް އައިސްދާނެ ކަމަށް ލައުހާއަށް ހީވެފައިނުވާތީއެވެ. ހައިކަލް ލައުހާ ފެނުމުން ހިތިނުންވުމެއް ރައްދުކުރިއެވެ.އަތުގެ އިޝާރާތުން ލައުހާ ކައިރީ އައު މަށް އެދުނެވެ. ލައުހާ ހައިކަލް ގެ ފަހަތުން ހިނގަމުން ދިޔައިރު ހައިކަލް ގެ މިސްރާބު ހުރިތަން ލައުހާ އަށް ހަމަ ރަގަޅަށްވެސް އެނގުނެވެ. ހައިކަލް  ކާގޭގާއި ހުރި ތަނަވަސް މޭޒަށް ނަޒަރު ހިންގައިލުމަށް ފަހު ލައުހާއަށް ބަލައި ނިތް އަރުވައިލިއެވެ.މިއީ ކޮންކަމެއްހޭ އަހާފަދަ ގޮތަކަށެވެ.  ޖަވާބުގައި ލައުހާ ހިނިތުންވެލިއެވެ.ލައުހާ މިހާ ހަމަޖެހިލައިގެން ހުއްޓާ ހައިކަލްއަކަށް ނުފެނެއެވެ. ލައުހާގެއެ ހިނިތުންވުން ފެނި ހައިކަލްގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ.ލައުހާގެ އުފަލަކީ ހައިކަލްއަށް ވެސް ލިބޭ އުފަލެއް ފަަދައެވެ. ހައިކަލް ބުނަން އުޅޭއެއްޗެއް ނޭގޭތީ ލައުހާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުން ވެފައެވެ.

“ލައު… އަހަރެން ލައު މިގެޔަށް ގެނައީ އެއްވެސް ހާލެއްގައި މިގޭގެ މަސައްކަތް ކުރވާކަށް ނޫން.” ހިތްހަމަނުޖެހިފައި ހުރި ގޮތް ދައްކަމުން ހައިކަލް ލައުހާއަށް ބަލާލިއެވެ.

” ލައު ހަމަ ފޫޙިވީމަ ކަމެއް ކޮށްލާހިތްވީ..ސޮރީ ހިތްހަމަ ނުޖެހުނިއްޔާ..އެކަމަކު މަސައްކަތެއް ނުކޮށް އިންނަށްވެއްޖިއްޔާ  ލައު މޮޔަ ވެދާނެ..” އިސްޖައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު ހައިކަލް އަށް ލައުހާގެ މައުސޫމްކަން ފެންނަމުން ދިޔައެވެ.

“މިގޭގައި މަސައްކަތް ކުރާނެ މީހުން އުޅޭނެ…އެހެންވީމަ ލައުހާ މިކަހަލަ މަސައްކަތް  ކުރާނެކަމެއްނެތް..ލައުހާ އެއްވެސް މަސައްކަތެއް ނުކޮށް ހިތްހަމަ ޖައްސައިގެން ހުރެބަަލަ..އަދި ލައުހާ އެހާ ސްޓްރޯންގެއް ނުވާނެ..މިއަދުވެސް  އަހަންނަށް ނުފެނުނު ނަމަ ނޭނގެ ވާނެ ގޮތެއްވެސް..” ކަންބޮޑުވުން ފާޅުކުރަމުން ހައިކަލް ވާހަކަ ދައްކަމުން ދިައެވެ.”އެކަމަކުވެސް މިހާ ކައްކާ ހިތުން ކެއްކީމާ ނުކާކަށް ނުކެރޭނެއެއްނު..އެކަމަކު ކެވޭނީވެސް ޝާރުތެއްގެ މަތިން..” ލައުހާ ދެރަވެދާނެތީ ހައިކަލް ގޮނޑީގައި އިށީންދެލިއެވެ. ލައުހާވެސް މޭޒާއި ކައިރިވެލިއެވެ. ” ނާހާނަންތަ ކޮންކަހަަލަ ޝަރުތެއް ކަންވެސް… އޯކޭ ނޭހިޔަސް ޝަރުތަކީ އަހަންނާއެކީ ކާން ޖެހޭނެ ލައުހާވެސް..” ގޮނޑިން ތެދުވެގެން ގޮސް ހައިކަލްގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި ލައުހާ ބޭންދިއެވެ. ލައުހާ ހިނިތުނެވެލާފައި ބަލަން އިނެވެ.

ހައިކަލް ކާތަން ބަލަން ހެވިފައި ލައުހާ އިނެވެ.ޔަޤީނުންވެސް  މިރޭގެ ކެއުން ހައިކަލް އަށް ކަމުގޮސްފިއެވެ. ކުއްލިއަކަށް ލައުހާއަށް އޯކަށް ދެމެން ފެށިއެވެ. ހައިކަލްވެސް ލައުހާއާއި ދިމާލަށް ބަލައިލިއެވެ. އޯކަށް ދެމޭވަރުން އަނގަމަތީގަޔާއި މޭގައި އަތްއަޅއިގެން  ލައުހާ ދުއްވައިގަތެވެ.ހައިކަލް ލައުހާ ދިޔަތަން ބަލަން އިނދެވުނީ ކޮންމެވެސް އެއްޗެއް ވިސްނިގެންނެވެ

ކެއުން ހުއްޓާލުމަށް ފަހު އަތް ދޮވެލައިގެން ލައުހާގެ ހާލު ބަލަން ހައިކަލްބޭނުންވިއެވެ. ލައުހާ ކޮޓަރީގެ ދޮރުގައި ޓަކިދިން އިރުވެސް އެއްވެސް ކަހަލަ ހަބަރެއްނުވެއެވެ.ތަޅުގައި ހިފައިލި އިރު ހުރީ ތަޅުވެސް ނުލައެވެ. ހައިކަލް ލައުހާއަށް މަޑު މަޑުން ގޮވާލަމުން ވަނެވެ. މުޅި ކޮޓަރި ތެރެއަށް ވަނީ އަދިރިކަން ވެރިވެފައެވެ. ހައިކަަލް ސްވިޗް އޮންކޮށްލިއެވެ.  ފާހާަނަ ކައިރިއަށް ވެއްޓިފައި އޮތް ލައުހާ ފެނިފައި ހައިކަލް ގައިން ހީބިހި ނަގައިގަތެވެ.. ދުވެފައި ގޮސް ލައުހާ ނަގައި ލައުހާއަށް ގޮވަން ފެށުނީ ބޭއިހްތިޔާރުގައެވެ. އެހެނަސް ހައިކަލްގެ ހިތުގަިއވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ހައިކަލް އަށް މިކުރެވެނީ ރަގަޅު ހީއެއްބާވައެވެ.އެކަން އެހެން ވެއްޖެއްޔާ ލައުހާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ހައިކަލްގެ ލޯ ކަރުނުން ފުރުނެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

ޔާރާއޭ
Previous

ޔާރާއޭ… (ހަތްވަނަ ބައި)

އެލީޝަ
Next

އެލީޝާ (4 ވަނަބައި)

Next
އެލީޝަ
October 12, 2014

އެލީޝާ (4 ވަނަބައި)

Previews
October 10, 2014

ޔާރާއޭ… (ހަތްވަނަ ބައި)

ޔާރާއޭ

4 Comments!

  1. look says:
    October 13, 2014 at 4:23 pm

    Mivaahaka haadha Lahey up vaaleh.anekkaa huttaaleetha liun. V kiyaa hiyvay.

  2. look says:
    October 13, 2014 at 4:24 pm

    Mivaahaka haadha Lahey up vaaleh.anekkaa huttaaleetha liun. V kiyaa hiyvay. Plx Plx avass

  3. Leesh says:
    October 16, 2014 at 2:43 pm

    haadha kurey dho varah reethi thankolheh avahah up up kohba

  4. Leesh says:
    November 8, 2014 at 12:56 pm

    kon irakun up kurany

Comments are closed.

Next Episodeޔާރާއޭ… (9 ވަނަ ބައި )←


All Right Reserved!