Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

އިބްރަތްތެރި.

Copy cat Level 1
July 17, 2019 One Min Read
5 Comments

އުޑުގައި އެންމެ ފުރަތަމަ ފާފައެއް ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުންނެވެ. (އިބިލީސް އާދަމްގެ ފާނަށް ހަސަދަވެރި ވުމުގެ ސަބަބުންނެވެ.) ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރިގެންދިޔައީވެސް ހަސަދަވެރިވުމުގެ ސަބަބުންނެވެ. (ޤާބީލް، ޚާބީލް ޤަތުލުކުރީވެސް ހަސަދަވެރިކަމުގެ ސަބަބުންނެވެ.) އާދެ..! ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަމަކީ ޢަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ ނުރަނގަޅު އަދި އެހާމެ ނުރައްކާތެރި ސުންޕާ އާދައެކެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.” (އާލް އިމްރާން 133 – 134)

ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް އެތަކެއް ގެއްލުންތަކާއި ހިތްދަތިކަން ލިބޭ އެއްޗެއްކަމީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އޭގެ ސަބަބުން މިތުރުން ހަތުރުންނަށްވެދެއެވެ. އަދި އާއިލާތައް ރޫޅިދެއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތިދެއެވެ. އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލަށް ހުރަސްއަޅާ ވިހަ ހަރުފައެއްފަދަ އެއްޗެކެވެ.

ހަސަދަވެރިކަން ނުވަތަ ރުޅިވެރިކަމަކީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުގެ ތެރެއިން ވަސްވާހެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އެފަދަ ޙާލަތްތަކުގައި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.

މީހަކުދެކެ ހަސަދަވެރިވުމުން ނުވަތަ ރުޅިއައުމުން އެރުޅީގެ މައްޗަށް އޭނާގެ ނަފްސަށް ބާރު ނުފޯރުވިއްޖެނަމަ އޭނާއަށް ކޮންމެ ފަދައެއްޗެއްވެސް ކިއިދާނެއެވެ. ކުފުރުގެ ބަހެއް ނުވަތަ މީހަކަށް ލަޢުނަތް ދިނުމުގެ ބަހެއްވެސް ބުނެވިދާނެއެވެ. އޭނާ ދިރިއުޅުން ބަރުބާދުވެގެންދާފަދަ ބަހެއްވެސް ބުނެވިދާނެއެވެ. އެހެންކަމުން ރުޅި އަންނަހިނދު ހަނު ހުރުމަކީ މިފަދަ ކަންކަމުން ރައްކާތެރިވެވޭނެ ކަމެކެވެ.

ދުޢާއަކީ މުއުމިނުންގެ ހަތިޔާރުކަމަށްވާއިރު ހަސަދަވެރިކަމާއި ރުޅީގެ ސަބަބުން ކުރިމަތިވާ ނުބައި ކަންތައްތަކާއި، އުނދަގޫތަކާއި، ނުރަނގަޅު އަޚްލާޤާއި، ބުނެވިދާނެ ކުފުރުގެ ބަހަކުން ރައްކާތެރިކޮށްދިނުމަށްއެދި އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ޖެހެެެެެެެއެވެ. 

Share Article

Follow Me Written By

Copy cat

Level 1

A 17 year old girl likes to copy and write storys.

Other Articles

Previous

ހަނދާންތަކުގެތެރެއިން ޕޮމްޕޭ

Next

ބުނާށެ ލޯބި ނުވަނީހޭ….46

Next
July 17, 2019

ބުނާށެ ލޯބި ނުވަނީހޭ….46

Previews
July 17, 2019

ހަނދާންތަކުގެތެރެއިން ޕޮމްޕޭ

5 Comments!

  1. Anonymous says:
    July 17, 2019 at 6:41 pm

    Nice, maasha Allah. Copy kuriyas kiyaameehunah ibratheh libey beynuntheri dheenaa fushunaaraa liyunkolheh. ??❤️

  2. Anonymous says:
    July 18, 2019 at 6:05 pm

    Seriously Hama copycat kiyany hurihaa ehche copy kuraathy tha???????????????????

  3. Mãee says:
    July 19, 2019 at 11:33 am

    Vrhh ibraiitheri mauloomaath kolheh????copy kuriass thee ragalhukamehh?

  4. Gurl says:
    July 23, 2019 at 9:01 am

    Salhii Ey buny ❤️

  5. IsHa says:
    August 27, 2019 at 6:29 pm

    salhi

Comments are closed.



All Right Reserved!