Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 24

Monsta Level 310 Stories100 Comments100 Login
July 17, 2019 8 Mins Read
34 Comments

ކޮންޓްރޯލުން ނައްޓައިގެން އައި ކާރު އެދިޔަ ބާރު މިނުގައި ގޮސް، ޖެހުނީ، ކުރިމަތީ އޮތް ކާރުގައެވެ. ބާރު އަޑުފަށްގަނޑާއި އެކު، އެ ކާރު، ކޮންޓްރޯލުން ނައްޓައިގެން ގޮސް، ކޮންމެވެސް ވަރަކަށް ކަހާލާފައި ބްރިޖުގެ ކައިރީގައި ޖެހިފައި މަޑުވިއެވެ.

ގަތް ބިރާއެކު އަހަރެންނަށް އަޑުގެ ނެތްކޮޅަށް ހަޅޭތް ލަވައިގަނެވުނެވެ.

“އެލީނާ…..”

………………….

ކޮޅު ކޮޅަށް އެކިއެކި މީހުން ހަރަކާތްތެރި ވަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ގަނޑުވެފައެވެ. ޕޮލިހުންނާއި ނަރުހުން، އިރު ކޮޅުކޮޅާ އަހަރެންގެ ކުރި ކަނޑަމުން، ބާރަށް ހިނގާފައި އުޅެމުން ދިޔައިރުވެސް، އެކަން ކަން އިހުސާސް ވެސް ނުވާފަދައެވެ. އެމަރޖެންސީ ރޫމް ދޮރު ކުރިމަތީ، ފާރަށް ލެނގިލައިގެން ހުރި އިރު، ލޯކުރިމަތިން، ސިފަވަމުން ދިޔައީ، ކަހާލައިގެން ގޮސް، ކާރު އެކްސިޑެންޓްވީ މަންޒަރެވެ.

ހޭވެރިކަމެއް ވީ، ދުވެފައި އައިސް މަންމަ، އަހަރެން ތަޅުވާލުމުންނެވެ. ކުރި އެންމެ ސުވާލަކަށްވެސް އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. އެހެންކަމުން، މަންމަ، ކަންކަން އޮޅުން ފިލުވީ، ނަރުހެއް ގާތު އަހައިގެންނެވެ. އަދިވެސް ޑޮކްޓަރުން، އައިސީޔޫ އިން ނިކުންނާކަށް ނޫޅެއެވެ.

އިންތިޒާރު ކުރެވެނީ، ޑޮކްޓަރު ނިކުމެ، މާ ބޮޑު މައްސަލައެއް ނެތޭ، ނުވަތަ، ވޯޑަށް ބަދަލު ކުރަންވީއޭ ބުނާނެ އިރަކަށެވެ. އަހަރެން ކަހަލަ، މަހަކު ދެފަހަރު ކާރެއް ފުނޑާލާ މީހުންނަށް، ހޮސްޕިޓަލަކީ، މާ ބިރުވެރި ތަނެއް ނޫނެވެ. ނަމަވެސް، މިޔަދު ހިތް ބިރުގަންނަނީ، ދުވަހަކު ނުގަންނަވަރަށެވެ.

“މާޒިން…” ވޯޑުން ނިކުމެގެން އައި އެލީޒާ، އަހަރެން ކައިރީ މަޑުކޮށްލިއެވެ. ބަލައިލުން ފިޔަވާ އިތުރު ކަމެއް އަހަރެންނަކަށް ނުކުރެވުނެވެ.

“އެލީނާ މިހާރު އޯކޭ… މިޝް.؟” އެލީޒާ ސުވާލު ކުރަން އުޅުމުން އަހަރެން ބޯ ހޫރާލީ، ސުވާލު ނުކުރާށޭ ބުނުމާއިއެކު މައުލޫމާތެއްވެސް ނެތް ކަން އަންގައިދޭށެވެ. އިރުކޮޅަކު ހުރެލާފައި އެލީޒާ އެނބުރި ދިޔައީ ވޯޑަށެވެ. ހުދު އަަރެންވެސް، އެލީނާގެ ޙާލު ބަލައިލަން ދާން ބޭނުމެވެ. ނަމަވެސް، އަމިއްލަ ކޮއްކޮ އައިސީޔޫގައި އޮއްވާ، އީންދެކެ ކިތަންމެ ލޯބިވިއެއް ކަމަކު ނުދެވޭނެއެވެ.

“ޑޮކްޓަރ..” ނުނިކުމެވިގެން އުޅެނިކޮށް، މަންމަ ޑޮކްޓަރ ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އަހަރެންވެސް، ފަހަތުން ގޮސް މަޑުކޮށްލީމެވެ. ވެފައިހުރި ދެރައިގެ މައްޗަށް ރުޅިވެރިކަން، އަންނަން ފެށީ، އެވަރަށް އަޑު އަހަން ބޭނުންވެފައި ތިބި އިރުވެސް، ޑޮކްޓަރު އަނގަހުޅުވަން ނޫޅުނީމައެވެ.

“އައިމް ސޮރީ… އިންޓަރނަލް ބްލީޑިން..” އައިނު، ނަގަމުން، ޑޮކްޓަރު ބުނެލި ޖުމުލައިން، ވާނެ ގޮތެއް ވުމުގެ ކުރިން، އަހަރެންނަށް ޖެހުނީ މަންމަ ހިފާއްޓާށެވެ. އިންޓަރނަލް ބްލީޑިންގެ ނުރައްކާތެރި ކަމާއި، ވާނެ ގޮތްވެސް، އިނގޭނީ، ހަމަ އެއް ޒަމާނެއްގައި، ޑޮކްޓަރެއްގެ ގޮތގައި ހުރި މަންމައަށެވެ. ވީދެރަ ފޮރުވާލަމުން، އަހަރެން ހިތްވަރު ކުރީ، މިވަގުތު އަހަރެން ފިނޑިވެގެން، ކަމު ނުދާނެތީއެވެ.

ފައިސާގެ ތަނަވަސްކަމާއި އެކު، ލަންކާއާށް ފުރުން، ހަމަ އެދުވަހަށް ހަމަ ޖެހުނެވެ. ދިޔުމުގެ ނުރައްކާތެރިކަން ކިތަންމެ ބޮޑަސް، އަހަރެމެން އެގޮތް އިޚުތިޔާރު ކުރީއެވެ. މަންމަ އެދުނީ، އަހަރެން ކިޔަވަން މަޑުކުރާށެވެ. ނަމަވެސް އަހަރެން އެ ގޮތަށް އެއްބަސް ވާނީ ކިހިނަކުން ހެއްޔެވެ. މަންމަވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން އެންމެ ފަހުން އެއްބަސްވެވުނީ، މަންމަމެން ލަންކާއަށް ލާފައި އަހަރެން އަންނަގޮތަށެވެ.

ފުރުމުގެ ކުރިން އަހަރެން އެލީނާ ކައިރިއަށް ދިޔައީމެވެ. ހަމަ އެކަނި އެލީޒާ ހުރި ވަގުތު ބަލާފައެވެ. އަހަރެމެން ދައްކަން ހުރި ވާހަކަ ބައިވަރެވެ. އަދިވެސް މި އުޅެވެނީ، އެލީނާ އޭރު ބުނީ އާނއެކޭ ކަންވެސް، ޔަޤީންނުކޮށެވެ. ނަމަވެސް ވާހަކަތައް އެއްފަރާތުގައި ބަހައްޓަފައި އެލީނާ އިސްކަން ދިނީ މިޝްކާގެ ޙާލަށެވެ. ވަގުތު ނެތުމުން އަހަރެންނަށް އިތުރ ވާހަކައެއް ދެއްކޭ ވަރެއް ނުވިއެވެ. ކަމެއް ދަމެއް ބޮޑުވެގެން އުޅެންޏާ ސިކުންތުކަށިވެސް، އެނބުރޭލެއް އަވަސް ވާނެއެވެ.

…………………..

ލަންކާއިން އައި ގޮތަށް، ނޭވާއެއްވެސް ނުލައިއަހަރެންނަށް ޖެހުނީ، އެއް ކްލާހުން އަނެއް ކްލާހަށް ދުވާށެވެ. އެ ދެހަފްތާވީ އަހަރެންނާއި އެލީނާއަށްވެސް ވަރަށް ބިޒީ ދުވަސްކޮޅަކަށެވެ. ޕްރޮޖެކްޓް މަސައްކަތް ނިންމުމާއި އެކު، މޮކް ޓެސްޓުތައް އޮތީމައެވެ. މިޝްގެ ޙާލު ބަލަމުން، ކިޔަވަމުން އަހރެންނަށް އުޅެން ޖެހުނީ، ރަނގަޅަށް ނުވެސް ކައެވެ. ނަމަވެސް ކެތްތެރިކަން ކޮޅުން ލުމުން، އެލީނާއާއި ބައްދަލު ކުރަން މެސެޖު ލިޔުނީމެވެ.

ނަމަވެސް ފޮނުވާކަށް ނުކެރުނެވެ. ފިނޑިކަމުންނެވެ. އަހަރެން ނުކިޔެވިޔަކަސް، އެލީނާ ކިޔަވާނެއެވެ. މި ދުވަސްކޮޅު އުނދަގޫ ކުރާކަށް ނުވާނެއޭ ހިތަށްއަރާ، ގުޅަންވެސް ނުކެރުނީއެވެ. ހިންގާ ގުޅުމެއް ޓެސްޓުތައް ނިންމާފައިވެސް ހިންގިދާނެއެވެ.

…………….

“ދޮންބޭ…..” ފުޓުބޯޅަ މެޗެއް އަޅުވައިގެން އިންދާ، ފަހަތުން، އިވުނު އަޑުން އަހަރެން، ދިޔައީ ސިއްސައިގެންނެވެ. ލިބުނު ހައިރާންކަމަށް ވުރެ ބޮޑަށް އުފާވިއެވެ. މަންމަ، އަންނަ ވާހަކަ ނުވެސް ބުނެއެވެ.

ވާހަކައިގައި ޖެހުނުގޮތަށް އަހރެމެން، ސޯފާގައި ތިބީއެވެ. ބެލް ޖެހި އަޑުވެސް އިވުނީ، އެހެން ތިއްބައެވެ.

“އަހަނ.. މިއޮތް އައީ އެލީނާ..” ދޮރު ހުޅުވަމުން، މަންމަ ބުނެލި އަޑަށް، އަހަރެންގެ ކަރު ދޮރާ ދިމާއަށް އެނބުރުނީ، އިޚުތިޔާރެއް ނެތިއެވެ. މޫނަށް ިނިތުންވުމެއް އައީވެސް، ހަމަ އޮޓޯއިންނެވެ. އެލީނާ ލަދުވެތިކޮށް ހީލުމުން، އަދި އިތުރަށް އަހަރެންނަށް ހެވުނެވެ.

އެލީނާއާއި އެލީޒާއަށް، މިޝްކާއާ ވާހަކަ ދައްކާލުމުގެ މިނިވަންކަން ދީފާ، އަހަރެން ނިކުތީ ބޭރަށެވެ. މިފަހަރު އެލީނާ، އަހަރެންގެ ގެއަށް އައުމުން، ދެން ދުލެއް ނުކުރާނަމެވެ. އަހަރެން ހުރީ، މާދަމާ އޮންނަ ފަހު ޓެސްޓު ނިންމާލާފައި، ކަމެއް ރާވާށެވެ. ނަމަވެސް އަހަރެންގެ ނަސީބުވެސް ގަދައީއެވެ.

ބައިގަޑިއިރެއް ހާއިރު ކޮށްފައި، އެދެމީހުން ނިކުތް އިރު އަހަރެން ހުރީ، ކާރު ބާއްވަންް ހަދާފާ ހުރި، ކުޑަގޭގެ، ދޮރު މަތީއެވެ. އެމީހުންނަށް ނުފެންނަ ގޮތަށެވެ. ގެއިން ބޭރަށް ދަންޏާ ދާން ޖެހޭނީ، އަހަރެން، ކުރި ކަނޑާފައެވެ. ދެވޭނީވެސް، އަހަރެން ފޮނުވާ މީހަކަށެވެ.

އަހަރެން ހުރީ ވަރަށް ވިސްނައިގެންނެވެ. އީން އެހިސާބަށް ފޯރުމާއި އެކު، އެތެރެއަށް ދަމައިގަތީމެވެ. އާހަކާއި އެކު، އީންގެ މަޑު އަޑުން ހަޅޭއްލަވައިގަތެވެ. ވަގުތުން އެލީޒާ ހިނިގަނޑު ފަޅާލިއެވެ. ނަމަވެސް އަހަރެމެންނަށް ޕްރައިވެސީ ދީފައި އަވަހަށް ދިޔައީއެވެ.

ހީ ނިންމާފައި އެލީނާއަށް ބަލައިލެވުނު އިރު، އެީނާގެ މޫނު ހުރީ ޖަންބަކަށްވެފައެވެ. ދެން އެވަރަށް މީހުން ލަދު ގަންނަން ހެޔޮވެދާނެ ހެއްޔެވެ.

“ބޭބް، ބްލަޝްވީމަ ހާދަ ލޮއިތްބޭ..” އަހަރެންގެ މަގުސަދަކީ އެލީނާ އިތުރަށް ލަދުގެންދެވުމެވެ. އިތުރަށް ކައިރިވެލީވެސް އެ ބޭނުމުގައެވެ. ކާރުގައި ޖެހިފައި ހުރުމުން، އިތުރަށް ފަހަތަށް ޖެހެވޭކަށްވެސް އެލީނާއަކަށް ނޯންނާނެއެވެ.

“ދެން ޒިންން…..” ދުރު ބަލަމުން، އެލީނާ ބުނެލިއެވެ. ހަމަ އަހރެންނާއި ދިމާއަށް ނުބަލަންވެގެންނެވެ. އަހަރެން ހަމަ އެހާ ހަޑީހެއްޔެވެ. ހިތަށް ތަދުވެއްޖެއެވެ. އަހރެންގެ ހިތުން އަހރެން ވަރުގެ އެހެން މީހަކު ނޫޅޭނެއެވެ.

މަޑު މަޑުން އަތް ގެންގޮސް އަހަރެން އެލީނާގެ މޫނު އަހަރެންނާއި ދިމާއަށް އަނބުރާލީމެވެ. އިތުރަށް ދެކޮޅު ހަދާކަށް އެލީނާ ނޫޅުނެވެ. ހަތަރު ކަޅި ހަމަވެފައި ތިބިއިރު، އެ ފުން ދެލޯ ތެރެއަށް އަހަރެން ޣަރަގު ވެސް ވެދާނެއެވެ.

ކައިރި ވެވެމުން ދިޔައީ އިހްތިޔާރެއް ނެތިއެވެ. ނޭންގުމެއްގެ ތެރޭގައެވެ. ހޫނު ނޭވާ، މޫނަށް އެޅެމުން ދިޔައިރު، ދެން އަހަރެންނަށް ކަޅި ހުއްޓާލެވުނީ، އީންގެ، މަޑު ފިޔާތޮށި ތުންފަތަށެވެ.

ނަމަވެސް، ދެވަނަ ސިކުންތުގައި ދުރުވެލަން ޖެހުނީ، އެލީނާގެ ނަޒަރު އެހެން ދިމާއަކަށް ހުރިކަން ފާހަގަވެގެންނެވެ. އެލީނާ މީ، އަސަރެއްވެސް ކުރާ މީހެއް ނޫން ހެއްޔެވެ.

“ކޯޗެއް ތި ބަލަނީ..” ފަހަތަށް ބަލަމުން، އެލީނާ، ބަލާވަރު އެއްޗެއް އެތާ އޮތްތޯ އަހަރެން ބަލައިލީމެވެ. ބޮޑު ކަޅު ބުޅަލަކަށް ވެއްޖިއްޔާ، ކިތަންމެހާވެސް ރަނގަޅެވެ. އޭތި، މިއޯ ލައްވާލާ އަޑަށްވެސް އެލީނާ އަރާނީ އަހރެންގެ އުނގަށެވެ.

“އެއީ ކީތް ކޮށްފަ؟” އެލީނާ، ފެނުމުގެ ދުވަސްކޮޅެއް ކުރިން އަހަރެން ފުނޑާލި ކާރާއ ދިމާއަށް އިޝާރާތް ކުރަމުން، އަހާލިއެވެ. މއޮތް ފަދަ ވަގުތު އެލީނާއަށް އަހަން އެނގުނީ، އެ ސުވާލު ހެއްޔެވެ؟ ދެރަ ކަމެކެވެ.

“ހެހެ.. އެއީ.. އެއީ މޮޅު މީހާ، މޮޅު ވެލަންވެގެން، މާ މޮޅުކޮށް ދުއްވާލާފަ..” އަހަރެން ބޯކަހާލަމުން، އެލީނާ ކައިރީ، ކާރު މަތީގައި އށީނީމެވެ.

“އެއީ ކޯޗެއް؟” އަތް ދިއްކުރަމުން، އެލީނާ އިތުރު ސުވާލެއް ކުރިއެވެ. ނުފެނިގެން އަހރެން ކޮބާހޭ އަހާލީމެވެ. އެލީނާގޮސް، ކާރުގެ ފަހަތު ފުރޮޅު ކައިރީ އިށީނެވެ.

“މީތި..؟” އެލީނާ އަހަރެންނަށް ބުނެލިއެވެ. އަހަރެން ފަރުވާތެރި ކަމާއި އެކު، އެބުނާ ތަނަކަށް ބަލައިލީމެވެ. ފަހަތު ފުރޮޅު ކައިރީ، ކާރުގައި ސްޕްރޭ ކޮށްފައ ހުރި ތަންކޮޅެކެވެ. ކަޅު ކުލައިގެ ކާރެއް ކަމުން، މާ ބޮޑަށް، ފާޅެއް ނުވެއެވެ. ނަމަވެސް އެއީ، ރަސްގެއެއްކަން އިނގޭވަރުވެއެވެ. ހަމަ ގައިމުވެސް އެއެއް ކުރިއަކުން އަހަރެންގެ ކާރަކު ނީންނާނެއެވެ.

“ނޭންގެ..” އަހަރެން ތެދަށް ބުނމެވެ. އެލީނާވެސް ކޮނޑުއަރުވާލަމުން، ތެދވީއެވެ.

“މާދަމާ، ފަހު ޓެސްޓު ދޯ..” އަހަރެން ބުނެލީމެވެ. ވާހަކަ ފެށުމަށެވެ. އީން މަޑުމަޑު ހޫމްއެއް އަޅުވާލުމުން އަހަރެން ކުރިއަށް ގެންދިޔައީމެވެ.

“މާދަމާ ރޭ… ޓެން ގަ… ދާނަން ތިގޭ ދޮށަށް… ރެޑވެގެން ހުންނާތި… ތާކަށް ދާން..” އީންގެ މޫނަށް އެޅިފައި އޮތް، އސްތަށިކޮޅު، ކަންފަތް ފަހަތަށް ލައި ހައްޔަރު ކޮށްލަމުން، ބުނެލީމެވެ.

“އޯކޭ…. އެކަމަކު..” ތަންކޮޅަކަށް ބުނެލާފައި އެލީނާ މަޑުކޮށްލިއެވެ.

“އެކަމަކު ކިހިނެތް ވީތަ…..” ނިކުންނަން ހިނގައިގަންނަމުން އަހަރެން އެހީމެވެ.

“އެކަމަކު… ދޮންބެ ކައިރީ ނުބުނާތި…. މިހާރުވެސް ދޮންތަޔަށް އިނގޭހެން ހީވަނީ… ޒިން މިޝް ކައރީ ބުނެފިއްޔާ، ދެން އަބަދު ދިމާކުރާނީ..” ތުންގަނޑު އޫ ކޮށްލަމުން، އީން ބުނެލިގޮތުން އަހަރެންގެ ގާތަށް ހިނއައެވެ. އެލޒާއަށްވުރެ ކުރިންވެސް އިނގޭނީ ލުވެއިޒްއަށެވެ. ދެން ކުރެވޭނީ ކީތްހެވެ.

“ހެހެ އޯކޭ… މި ޔަޒް އަނގަގަދަ ކަމުންނޭ އެލީޒާއަށް އިނގުނީ… އެހެން މީހެއް ކައިރިޔަކު ނުބުނާނަމޭ…” ދެން ދޮގެއްވެސް ހެދުނީއެވެ. ނުބުންޏަސްވެސް ލުވެއޒްއަށް އިނގޭނެކަން އެލީނާއަށް ނޭންގެނީއެވެ. އަހަރެން އެލީނާއާ ދިމާއަށް ބަލައިލިޔަސް، ލުވެއިޒްއަށް ފާހަގަ ނުވެ ނުދާނެއެވެ. އެވަރުގެ ބެސްޓީ ގަނޑެކެވެ.

“ތެންކްސް….” ގެއަށް ވަދުމުގެ ކުރިން، އެނބުރިފައި، އެލީނާ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

“އެކަމަކު އަބަދު ސިއްރަކުން ނޫޅެވޭނެ އިނގޭ…. ކޮންމެސް ދުވަހަކުން އެންމެންނަށް އިނގޭނެ…” ހިތް އެދުނު ގޮތަށް ޖެއްސުން ކޮށްލާފައި ވަކިވެލަން އަހަރެން ބުނެލީމެވެ. އުންމީދުވެސް ކުރެވުނު ގޮތަށް އެލީނާގެ ލަދުވެތި ހިނިތުންވުން ފެނުނެވެ. ދެން މުޅި ދުވަހު ހިތްހަމަ ޖައްސާލައިގެން އުޅެވިދާނެއެވެ.

ގެއަށް ގޮސް އަހަރެން ގިނަ ވަގުތު އުޅުނީ، މިޝްކާ ކައިރީއެވެ. ކިތަންމެ ހިނިތުންވެފައި ހުއްޓަސް، މިޝްކާ އަދިވެސް ރަނގަޅެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ބޯ އަނބުރާ، މޫނު މައްޗަށް އަނދިރިވާގޮތް ވެއެވެ.

ކޮޓަރިއަށް ގޮސް، ސޯފާއަށް ވެއްޓިގަންމުން ފޯނު ބަލައިލީމެވެ. ލުވެއިޒްގެ މެސެޖުތަކެއް އައިސްހުރުމުން، ކިޔާލީމެވެ.

“ޒިން… ދެން މަށަކަށް ދެން ކެތެއްނުވާނެ… މަށަކަށް ޝާ އެއްކޮށެއް ނޫޅެވޭނެ.. ވަރަށް ބައިވަރު ވާހަކަ އެބަހުރި… ޕްލީސް، ބޭނުން ކިޔައިދެން….” ލުވެއިޒްގެ މެސެޖުން އަހަރެން ހައިރާންވިއެވެ. ހަނީ މޫނަށް ގޮސްފައި މީހުން އުޅޭނީ އުފަލުންނެއް ނޫންހެއްޔެވެ. މީ ކޮންކަހަލަ މީހެއް ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު އްއްކޮށް އުޅެފައި ނޫޅެވެންވީ މިހާރު ހެއްޔެވެ.

“ބޭނުން އެއްޗެށް ކިޔާބަ.. ޒިން އަބަދުވެސް އަޑުއަހާނެއްނު….” އަހަރެން ލިޔެލީމެވެ.

“މާދަމާ ރޭ… އާދޭ ކެފޭއަށް. މަ މާދަމާ ހަވީރު ދަން ތިކޮޅަށް..” ރިޕްލައި ކޮށްފައި ލުވެއިޒް އޮފްލައިން ވީއެވެ. ދައްކަން އެއުޅޭ ވާހަކަ ޔާމެދު ޚިޔާލު ކޮށްލާފައި، ދެން އަހަރެން އޮށޯތީ ނިދާށެވެ. އެއީ އަހަރެންގެ އާދައެވެ. ހުސްވަގުތެއްވިއްޔާ ކަމަކަށް އޮންނާނީ ނިދުމެވެ. އެހެން ނޫނަސް، އެރޭ ދުވަސްތަކަކަށް ފަހު އެމްއެސްއޭއަށް ދާން ޖެހެއެވެ.

……………….

“މަ ދާނަން އަފްޒަލް ފަހަތުން… ޖިހާން އަށް ފާރަލައި އަޔާޒް…. މާޒިން އިބާނާއަށް ފާރަލާން ޖެހޭނީ. އެމީހުންގެ ފޯން ކޯލްތަކުން އެބަ އިނގޭ މި ހަފްތާ ކަން ކުރާ ކަމެއް ކުރަނީ… ޤަބޫލު ކުރެވެނީ، މާދަމާ ރޭ ފާރަލައިގެން ކޮންމެވެސް އެއްޗެއް އިނގޭނެ ކަމަށް…” ރިފާޝާ ވާހަކަ ދެއްކިއެވެ. އަހަރެމެން ތިން މީހުންގެ އިތުރުން ދެން އެތާ ހުރީ އައިމަން ސަރއެވެ. އަހަރެމެންގެ މީޓިންތަކަށް ދޭތެރެ ދޭތެރެއިން އައިމަން ސަރ އަންނަނެއެވެ. ކަންތައް ދާ ނުދާ ގޮތް ބަލާށެވެ.

“ސޯ މާދަމާ ރޭ ދިހައެއް ޖަހާއިރު، ދާނީ… ބަނދަރުން އަހަރެމެން ވަކި ވާނީ.. އެމީހަކު އެމީހަކު ފާރަލާން ޖެހޭ މީހަކު އަމިއްލަޔަށް ހޯދާފަ، ހަމަ ފަސްފަހަތުގަ، ކުރާކަމެއް ބަލަން އުޅެންވީ..” ދެން ކަންތައް ކުރާނެ ގޮތް ނިންމީ އަޔާޒްއެވެ. ހުރިހާ އެންމެން ބައިވެރި ވާން ޖެހޭތީ، ހަމަ އެކަނި، އެކެއްގެ ވިސްނުމަށް ބުރަ ނުވާންވެގެންނެވެ.

“ސޯ، އަހަރެމެން އެއްވާނީ، މިތާ، ލޯންޗް ކައިރިއަށް ފަތިހު، ހަތަރު ގަޑި ފަނަރައިގަ..” މެޕްއިން ލޯންޗް އޮންނާނެ ތަން ދައްކަމުން، ނިންމާލާނެ ގޮތް ކިޔައިދީފާ އަހަރެން ގޮސް ޖިހާން ކައިރީ ހުއްޓުނީމެވެ. އަހަރެމެންގެ މަސައްކަތަށް ތައުރީފް ކޮށްލާފައި އައިމަން ސަރ ދިޔައެވެ.

އެންމެންނަށް ނޭވާ ދޫކޮށްލެވުނީ އެއްފަހަރާއެވެ. ސަރ ހުރި އިރު އަހަރެމެން އުުޅުނީ އެހޭނެ އެންމެ ބޮޑަކަށް ބަސްއަހައިގެންނެވެ. ކުޅުނީވެސް ޑްރާމާ ގަނޑެކެވެ. ހިނިގަނޑެއް ފަޅާލައިފައި، ދެން ހޭދަވީ އަމިއްލަ ވާހަކައިގެ ވަގުތުކޮޅެކެވެ. މިތަން އަހަރެން ހީކުރިހާ ފޫއްސެއް ނޫނެވެ. ކުރިން ޕޮލިސް ތަނުގަ އުޅުން އިރު މި ޖިހާންމެންގެ ވިސްނުން ބޯދާ ކަމުންވެސް އުޅެވޭ ވަރެއް ނޫނެވެ.

………………..

ހެނދުނު ހޭލެވުނީ، އިރުގެ ދޯދިތަށް ލޮލަށް އެޅުމުންނެވެ. އައި ރުޅިންނާއި ވީ އުނދަގުލުން، އަހަރެން ގޮސް ކުޑަދޮރު ފޮތިގަނޑުން ކަހާލާ، އަވި ނިވާކޮށްލީމެވެ. ގަޑި ބަލައިލީ ފެންވަރައިގެން ނިކުމެއެވެ.

ހެނދުނު ހޭލުމެކޭވެސް އެވަގުތަކު ނުކިޔޭނެއެވެ. މެންދުރު ދޭއްޖަހަނީއެވެ. ރޭ އެހާލަހުން ނިދީމާ ވާނީވެސް އެހެން ނޫންހެވެ. ނަމާދުކޮށްލައިގެން ނިކުތް އިރުވެސް އަހަރެންނަށް އާފުރެވެއެވެ.

“އީން..” ސިއްސައިގެން ދިޔަދިޔައީނުން، ނިދިކޮޅުވެސް މުޅިން ފިލައިގެން ދިޔައެވެ. ކުރިންވެސް މިަކަހަލަ ގޮތެއް ވާނެޔޭ ބުނީމެއް ނޫންހެވެ. ފުރަތަމަ ދުލެވެ. ދެން ލޮލެވެ. މިހާރު ނިދިވެސް ތަބާވަނީ އެލީނާއަށެވެ. މީނަ އަހަރެންނަށް މި ހަދަނީ ރަނގަޅު ވައްތަރެއްގެ ސިހުރެއް ނޫނެވެ.

“އަދި ކިރިޔާތަ ތި ހޭލީ..؟” ހިނިތުންވަމުން އެލީނާ ކޮށްލި ސުވާލުން، ހިނިތުންވެލެވުނީ، ވީ އުފަލުންނެވެ. އެލީނާ ހަމަ އަސްލުވެސް އަހަރެންދެކެ ލޯބި ވޭ ހެއްޔެވެ؟ ނޫނެކެވެ. މީ އެކަށީގެން ވާ ކަމެއް ނޫނެވެ. މި ގޮތަށް މިކަން ވާނަމަ އަހަރެން ދުނިޔެއިން މޮޔަވެދާނެއެވެ. ހިތް އުދުހެނީ އެލީނާއާ ދިމާއަށެވެ. ދުވަސްކޮޅަކުން، ސިކުނޑިވެސް އުދުހިގަނެފާނެއެވެ.

“ލަވް، ގޮވިނަމަ…” އަހަރެން މަޑުމަޑުން ބުނެލީމެވެ.

“އޯހް ދޮންބެ ހޭލީތަ… މަންމަ އެދިޔައީ ކައްކާފަ.. އާދޭ އަވަހަށް ކާން..” މިޝްކާއަށް ކާ ވާހަކަ ނޫނީ ނުދެއްކޭނެއެވެ. ދުވަސްކޮޅަކުން، ހަމަ ބޮޑު ފުއްޕާހަމަކަށް ވެދާނެއެވެ.

“މިޝް ހިނގާ ދާން..” ކައި ނިންމައިގެން ޓީވީ ދޮށުގައި ބަނޑު ދަމަން ތިއްބާ މަންމަ އައިސް ބުނެލިއެެވެ.

“ނޯ ނުދާނަނަ. މިޝް ބޭނުމެއް ނޫން ދާކަށް…” މިޝްކާ ބޮޑާ ހާކާލިއެވެ. މީނަގެ ކަންތައް ކުޑަކުއްޖަކަށް ވުރެ ފަލަވާނެއެވެ. ސޯޅަ އަހަރު ވީމަވެސް ބޮޑުވާކަށް ނޫޅެއެވެ. އަމުދުން ބަލި ޙާލު ހުރި ގޮތް އިނގޭ އިރުވެސް އެ އުޅެނީ ނުދާށެވެ. ރޭގަވެސް ދެފަހަރު ހޭނެތިގެން ވެއްޓުން ކަމަށް ވެއެވެ.

“ދެން މިޝް، މާ ބޮޑު ކަމެއް ނޫނެއް ނޫންތަ ޑޮކްޓަރަށް ދައްކާލުމަކީ… ތިހެން އުޅެންޏާ ޖެހޭނީ އެޑްމިޓްކުރަން… އަވަސް. އަވަސް އަވަސް އަވަސް..” ދޮރު ކުރިމަތީ ހުރެގެން މަންމަ ކުދި ކިޔަމުން ދިޔައެވެ. މި މިޝްކާ އަބަދު މެޑިސިން ކިޔަވަ ކިޔަވާ އުޅުނަސް، ބޭސް ދެކެ އެހެރަ ގަންނަ ބިރެކެވެ.

“އެލީ ނުދައްޗޭ… އަންނާނަން..” އެންމެ ފަހުން، މަންމަ ދޫނުކުރާނެކަން އެނގުމުން، މިޝްކާ ދިޔައީއެވެ. އަހަރެން އެންމެ ބޭނުން ވި ކަހަލަ ވަގުތު ކޮޅެއް ހޯދައިދެމުންނެވެ.

“ހޭ… މިރެޔަކު ނޫންދޯ… ދޮންބެ އަންނާނެ…” އެއީ އެލީނާ އިސްވެ އަހަރެންނާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

“އާނ އޭނަ ބުނި އަންނަ ވާހަކަ.. ޒިން ހުރީ، ލުވެއިޒް އާ މީޓް ކޮށްފަ އީން ކައިރިއަށް ދާން ކަމަށް..” ކޮންމެ ގޮތެއް ވިޔަސް ނުދެވޭނެ ކަން އިހުސާސްވީ، ބުނެވުނު ފަހުންނެވެ. އިބާނާއަށް ފާރަލާން ދާން ޖެހޭނީވެސް މިރެއެވެ.

“އަސްލު ކީތްވެތަ އެވަރަކުން ލުވެއިޒް ކައިރީ ނުބުނަން ތި އުޅެނީ..” އަހަރެން އެހީމެވެ. ކޮންމެ ގޮތެއް ވިޔަސް އެންމެ އަވަހަށް އިނގޭ މީހުންގެ ލިސްޓުގައި ލުވެއިޒް ހިމެނޭނެކަން އެލީނާއަށް އިނގެން ވާނެއެވެ.

“ބައްޕަ ކައިރީ ބުންޏަސް ލުވެއިޒް ކައިރީ ނުބުނާތި… އޭރުުން ބުނާނެ ވަގުތުން މަގޭ ބެސްޓީ އާ އެއްކޮށް ނޫޅެވޭނެޔޭ. އަދި މާ ކުޑައޭ. އެހެން އެއްޗެކޭ އެހެން އެއްޗެކޭ.. ލުވެއިޒް ނަޒަރުގަ މަ އުމުރު ދުވަހު ހުންނަންވީ ސިންގަލް ކޮށް.” ޝަކުވާގެ ރާގަކަށް އެލީނާ ކިޔާލިއެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ހެވުމެވެ. އެލީނާ ހީކުރަނީ އެހެން ހެއްޔެވެ؟ އަހަރެމެންގެ ގުޅުމަށް ލުވެއިޒްއަށް ވުރެ ބޮޑަށް އުފާކުރާނެ މީހަކު ނުހުންނާނެ ކަން އަހަރެންނަށް އިނގެއެވެ. އެނގުނު ދުވަހުވެސް ހީވީ، އުފަލުން މޮޔަވެދާނެ ހެންނެވެ.

“އެއީ ހުރިހާ ބޭބެއިންގެވެސް ގޮތޭ.. ޒިން ހަމަ ގައިމުވެސް އޯކޭއެއް ނުވާނެ މިޝް މީހަކާ އެއްކޮށް އުޅޭކަން. އީން އާ މިޝްއާ އެއްވަރު އިރުވެސް، ޒިންއަށް ހީވަނީ ހަމަ މިޝް މާ ކުޑައޭ..” އަހަރެން ބުނީމެވެ.

“ދޮންބެ ދުވަހަކުވެސް އޯކޭއެއް ނުވާނެ…. ކާލް ވާހަކަވެސް….” ބުނެ ބުނެ ހުރެފައި އެލީނާ ހުއްޓާލިއެވެ. ބުނެވެން އުޅުނީ ނުބައި ވާހަކައެއްކަން އެނގުނީ ކަންނޭންގެއެވެ. ނަމަވެސް، އަހަރެންގެ ހިތަށް އެތައް ސުވާލުތަކެއް ވެރިވެގަތެވެ. ލުވެއިޒްއަށްވެސް، އެލީނާއާއި ކާލިންގެ އޮތް ގުޅުމެއް އިނގޭހެއްޔެވެ. އެހެންކަމަށް ވާނަމަ އަހަރެން ކައިރީ ނުބުނީ ކީތްވެ ހެއްޔެވެ.

“އެލީނާ… މަ ވަރަށް ކެތް ކޮށްފިން. އެކަމަކު ދެން ނުވާނެ… ޕްލީސް މަށަށް ބުނެދީބަލަ. އީންއާ ކާލިން އާ ކިހިނެއްތަ ވީ؟” ސިކުނޑީގައި ވަންހަނާކޮށްގެން ގެންގުޅުނު ސުވާލު، އަހަރެން ކޮށްލީމެވެ.

“ޒިން، ޕްލީސް… އެވާހަކަ ނާހާ” އިސްދަށަށް ޖަހަމުން އެލީނާ ބުނެލުމުން، އަހަރެން އަޑު އަހަން ބޭނުންވި މިންވަރު ވީ އިތުރެވެ.

“އެލީނާ… ކީއްވެތަ… ކީއްވެތަ އަބަދުވެސް ކާލިންގެ ވާހަކަ އަންނަނީ.. އީން ކިޑްނެޕް ކުރި މީހުންވެސް، ކާލިންއަށް ވީ އިންސާފޯ… އީން ބްލެކްމެއިް ކުރާމީހުންވެސް، ކާލިން ކާލިންއޯ… އެލީޒާވެސް އެއްޗެކޭ ބުނަންޏާ އެލީނާއާ ކާލިން އޯ.. ކީތްވެތަ އެލީނާ؟” ފަހަރަކަށް ވުރެ ފަހަރެއް އަހަރެންގެ އަޑު ދިޔައީ ބާރުވަމުންނެވެ. ކާލިންއަކާ ހެދި އަހަރެންގެ ހިތަށް ކުރާ އަސަރު، އެލީނާއަށް ނުފެންނަނީ ކީތްވެ ހެއްޔެވެ. އަހަރެން ލޯބިވާވަވަރު ނުދަންނަނީ ކީތްވެ ހެއްޔެވެ.

“ޒިން… އައިމްް ސޮރީ..” އެލީނާގެ ދެލޯ މުޅިން ފެންކަޅިވީތަން އަހަރެންނަށް ފެނުނެވެ. ކާލިންގެ ވާހަކަ ތަކުން އެލީނާގެ ހިތަށް އެހާ އަސަރު ކުރަނީ ކީތްވެ ހެއްޔެވެ.

ތެދުވެ އެލީނާ ބާރު ބާރަށް ހިނގައިގަތެވެ. ގެއިން ދާން ނޫންކަން ނަސީބެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ. ބެލްކަނީގައި އިރުގެ އަލީގައި، އެ މޫނުގައި ވި ހިތާމަތަށް މާ ސާފުކޮށް ފާޅުވާން ހުއްޓެވެ.

“އީން…”

“ޒިން މަށަކަށް ނޭންގެ ތިމީހުން ތިކިޔާ ލޮއިތްބަކީ ކޯޗެއްކަމެއް. އުފާވެރި އިހުސާސެކޯ. އެކަމަކު، ފިރިހެނުން ތިވާ ލޯބިން ހިތްދަތި ކަން ނޫން އެއްޗެއް ލިބޭތަ… މަވެސް ބޭނުމޭ އުފަލުގަ ހިތް ހަމަ ޖެހިގެން ދިރިއުޅެން.. އެންމެނަކަށް މާޒިންހެން ހެވިފަ ދިރިއެއް ނޫޅެވޭނެ. އެކަން ޤަބޫލު ކޮށްބަ..” އެލީނާގެ އަޑާއި ލޮލުގައިވީ އާދެހޭއެވެ. މާޒީއިން ލިބޭ ހިތާމައެވެ. ނަމަވެސް އަހަރެންނަށް އެކަންކަން އެނގޭނީ ކިހނެއްހެއްޔެވެ. ކިޔައިދޭނީ ކާކު ހެއްޔެވެ.

“އެލީނާ ކާލިން ދެކެ އެހާ ލޯބި ވަނީ އީން ދެކެ ވީ ލޯބިން އަމިއްލައަށް މަރު ވީމަތަ…. ޒިން އަށްވެސް އެކަން ކުރެވިދާނެ…”

އަހަރެން ގޮސް، އުސްކޮށް ނަގާފައި ހުރި ރެއިލިންގާ އިށީންދެލީ، ސިކުނޑިއަށް ޕްރެޝަރ ވެފައި ހުރިލެއް ބޮޑުކަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ހާސިލް ވުމަށް އެދި 5

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 4

Next
July 17, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 4

Previews
July 17, 2019

ހާސިލް ވުމަށް އެދި 5

34 Comments!

  1. Monsta says:
    July 17, 2019 at 6:46 pm

    salaam readers… here is the 24th part… hope you liked it… Insha Allah varah avahah next ep ves up kohh dheynan.. let me know the mistakes what you guys think… 🙂 🙂

  2. Shaaha says:
    July 17, 2019 at 7:01 pm

    Vvvv reethi. When next

    1. Monsta says:
      July 17, 2019 at 9:07 pm

      Thankss. Tomorrow night Insha Allah

  3. Drax says:
    July 17, 2019 at 7:07 pm

    Oh
    It’s getting more interesting and i am getting more and more curious
    What happened to luveiz
    And luveiz look so handsome I am really going crazy ?
    All characters look great
    I like eleeza a lot
    Curiously waiting for next part

    1. Monsta says:
      July 17, 2019 at 9:12 pm

      ahah…. why Elyza from all? alhe… sounds like I should have substituted movie Alyna for story Alyna as well… you should have told earlier Draxx… hmm dhn Drax ahh Luveiz hadiehh nuvaane dhww.. aneh kolhun Drax ge celibrity crush ehhnu… cover hedhi iruves hithahh eri Drax thihenn bunaaney… myhunge firinnah hiyy nukiyahhcheyy.. lol n lol 😛 🙂 😉

  4. Shifoo?Shifna?? says:
    July 17, 2019 at 7:15 pm

    Ooh. This part is vry vry interesting.. Waiting 4 next ingey.

    1. Monsta says:
      July 17, 2019 at 9:06 pm

      hehe Thanksss buddy.. Insha Allah varah avahahh kiyaalan libeyne next ep

  5. Meekkomee says:
    July 17, 2019 at 8:38 pm

    Woww..mi part ves varah salhi ??? dhn in part kon irakun tha?????? Varah reethi mihaaru be stry ge cover pic ves.???

    1. Monsta says:
      July 17, 2019 at 9:05 pm

      Thankss… Insha Allah maadhamaa rey next ep genesdheveythoa balaanan.. Thankss again for ur daiy support 🙂 <3

    2. Meekkomee says:
      July 17, 2019 at 9:18 pm

      Welcome ????

  6. jiji says:
    July 17, 2019 at 8:51 pm

    Mi bai vvv rythi❤❤❤…ibaaraiy kurun vvv fashuvi???…Nd new cover pic eh dhww???…eyga thibi meehunge name kiyaidhyfaaanan thr???…Um monsta…
    Een kairiii buneba maaxin nurohvaashey???…Hehe…Curiously waitinn fr the nextt..
    Lysmm??????

    1. Monsta says:
      July 17, 2019 at 9:01 pm

      hehe thankss.. nanthahh dhww…. sure…
      meduga thaiii vefa ethiby maaxin aa een…
      dhnn ishyndhegen eyna boy eii Ayaaz
      Ayaaz kairy, black n red dress ga Elyza..
      fahathuga spy dress ga Rifaashaa
      dhnn… Een mn kairy baaky huri girl aky Mishkaa..
      Business suit ga Luveiz, Police uniform ga Jihaan, n Jihaan kairy Ibaana. fahtahuga random criminal ppl…. lol… Thankss a lot once againn.. 🙂 <3

    2. Monsta says:
      July 17, 2019 at 9:03 pm

      Maain roane Een ehchekey kiyas nukiyas… lol.. ekam findy een ehhnu.. Insha Allah maadhamaa rey next ep

    3. Don't says:
      July 17, 2019 at 9:14 pm

      Koba shaa? Cover pic ga nei shaana eh

    4. Monsta says:
      July 18, 2019 at 9:22 am

      You’ll find out kivvekan. Next ep ga ???

    5. jiji says:
      July 18, 2019 at 3:29 pm

      Shaa maru v?…I guess?..Dhw monstaa

    6. Monsta says:
      July 18, 2019 at 5:40 pm

      ??? eii kivveyo ehn hithahh ery? Hehe.. vaa gothehh next ep ga endidhaanethaa ,????

    7. jiji says:
      July 18, 2019 at 5:54 pm

      .???Hama hithah ery hama koefulhaa

  7. Luc!f3r says:
    July 18, 2019 at 12:19 am

    Nooney vaa monsta eba huri hivvaru koffa cover pic eh hadhan??.. Few i knw.. Vampire diaries ga Eleena.. Naainsaafu ga Eleeza.. Wow.. Nina Dobrev.. Kol mikaelson and Davina as in Maazin and Eleena.. They were the best couple in originals for me.. Then there is Cole.. His jughead character really fits ayaaz.. Taylor dhen Ibaana ah dhw mivy ??

    1. Monsta says:
      July 18, 2019 at 5:51 pm

      ???? monsta satisfy vaany monsta ge celibrity crushes fenunymaehhnu. Seems like monsta ge favourites Luc!f3r vess balaa dhww.. ???? dhanna kudhinnehnu laan vaany. Should have included a Turkish character too dhwwww ?????

    2. Luc!f3r says:
      July 18, 2019 at 11:19 pm

      I dont knw the rest.. But yeah i watch(ed) a lot of stuff.. English Hindi Korean Anime.. Chinese and Turkish too though less compared to language above-mentioned.. If i cud i wud just sit home and watch all but eyrun life life akah nuvaanu??..

  8. friend says:
    July 18, 2019 at 8:58 am

    Story is getting more and more interesting??ekàm mihaarah vure thankolheh bodah story ga ulhey meehun sifakohlla dhiniyyaa rangalhu. Minen bunyas ehchecay heenukuraathi ingey…. Just telling my views ..hehe…. waiting for next part

    1. Monsta says:
      July 18, 2019 at 9:25 am

      Oh sure. Thankss. Stry maa dhiguvaa hn hyyvaathy sifanukureveny. Maaxin hithahh araa ehchihi liyefaves onnany page furifa viyya ??? but sure. Evai include kurann masaiikaii kuraanann. Thankss againnn ???

  9. jiji says:
    July 18, 2019 at 5:50 pm

    Dhn egothah hithah ery hama koefulhaa???

  10. jiji says:
    July 18, 2019 at 5:56 pm

    E dhn hama ehn hyvy..Mihaaru eba hyvey luveiz shaa varikuryma ehn meehakaa iny hn vec??

    1. Luc!f3r says:
      July 18, 2019 at 11:23 pm

      Shaa bandu boduvy???

    2. jiji says:
      July 19, 2019 at 9:03 am

      Shaa bandu boduvi nama Ebandu gandaa eky vec cvr ga iny hehnu @Luc!f3r ????

    3. Monsta says:
      July 19, 2019 at 12:03 pm

      ahaha… lets wait n see dhwww

  11. Rai says:
    July 19, 2019 at 11:49 am

    Monsta adhives up nuvaneetha

  12. hehehehahahaha LOL says:
    July 19, 2019 at 5:49 pm

    kobaa tha storyyy adhi ves up kuraaa kah nuvyyy tha monsta

  13. jiji says:
    July 19, 2019 at 6:43 pm

    Monsta dhn upkuraga….Mihaaru kehmadhu vehje story kiyaa hithun ..pleexey??

  14. Shaako❤️ says:
    July 19, 2019 at 10:44 pm

    Alhey kobaatha story up kuran buni kuhjaa Adhivess up nuhureveyytha???mihaaru up kuran bunithaa 2 dhuvas vee ey avahah up kohba plz ?mihaar kiyaa hithun hurevenyky nuney ?avahah up kohdheeba dhen plz plz ????

  15. Shyn says:
    July 30, 2019 at 8:06 am

    V. Reathi ❤️❤️

  16. Xasha says:
    August 4, 2019 at 5:07 pm

    Monsta koba tha story …….inthizaaruga

Comments are closed.

Next Episodeނާއިންސާފް 25←


All Right Reserved!