Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 23

Monsta Level 310 Stories100 Comments100 Login
July 17, 2019 6 Mins Read
21 Comments

ބޭނުން ވީ ކޮޓަރިއަށް ގޮސް، އަރާމުކޮށް ނިދާލާށެވެ. އީން ހުވަފެން ބަލާލާށެވެ. ނަމަވެސް އަހަރެން ދިޔައީ ބަނދަރަށެވެ. އަދި، ނުނިންމާ ކަމެއް އޮތީމާ، އެކަން ނިންމާލާށެވެ. އަހަރެން ދިޔައިރު، ރިފާޝާ، އިންތިޒާރުގައި ހުއްޓެވެ. ލޯންޗު އޮތީ ރެޑީކޮށްފައެވެ.

އަހަރެން ފެނުމުން، ރިފާޝާ، ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެންވެސް އޭގެ ބަދަލު، ހިނިތުންވުމެއް ދިނީމެވެ. އަޔާޒް އެއްބަސް ނުވިއަސް އަހަރެމެން، މިކަން ކުރާނަމެވެ.

ރިފާޝާ ލޯންޗު ދުއްވަން އިން އިރު، އަހަރެމެން ދެމީހުން ނޫން އިތުރު މީހަކު އެ ލޯންޗްގައި ނެތެވެ.

އަހަރެމެން އެރީ، ފުދޭވަރަކަށް ބޮޑު ސަފާރީއަކަށެވެ. އޭގައިވެސް ހުރީ އެންމެ ފަޅުވެރިއެކެވެ. ރިފާޝާގެ ފަހަތުން ގޮސް އަހަރެން، ވަނީ ކޮޓަރިއަކަށެވެ. އެތަނުގައި ތިބި ފަސް މީހުންނާއި ދިމާއަށް ވަކި ވަކިން ބަލައިލުމަށް ފަހު، މަޑުމަޑުން ގޮސް އެކަކު ކައިރީ އުޑަފައިން އިށީނީމެވެ. ލިބިފައި ހުރި ޒަޚަމްތަކާއި އެކު، އެމީހާގެ ޙާލު މާ ރަނގަޅެއް ނޫނެވެ.

“އަރާން މުހައްމަދު ޝާމް… ކައެ ކީކޭ ހިތަށް އަރައިގެން އަހަރެންގެ އެލީނާ ގެންދިޔައީ؟ މީހުންގެ ހިތަށް ތަދުވާނެ ވަރު ހަމަ ނޭންގެނީތަ؟ ގޮތެއް ނުހަދަނީސް ވާހަކަ ދައްކަން ވީނު…..” އަހަރެންގެ ގާތަށް ހުރީ ކުރިން ނާންނަ ވަރެއްގެ ރުޅިއެއް އައިސްފައެވެ. ކޮންމެ މީހަކަސް، އަހަރެންގެ އެލީނާގެ ގައިގައި އަތްލައިގެން ނުވާނެއެވެ.

“އެލީނާ ކައިރީ ކުރިންވެސް ބުނެފަ އޮންނާނީ، މިހެން ވާނެޔޭ އަހަރެމެން ބުނި އަދަދަށް ފައިސާ ނުދައްކައިފިއްޔާ…..” ނުތެދުވެވޭ ވަރު ވެފައި އޮތްނަމަވެސް އެންމެ ތަންފުކެއްވެސް ދޫކުރާކަށް އަރާން ނޫޅުނެވެ.

“ކާކުތަ ކަލޭ ކައިރީ ބުނީ، އަލީނާ ކަލޭ ބުނާހާ އަދަދެއް ދައްކަން ޖެހޭނޭ؟ އަހަރެމެން އުޅޭނީ އަހަރެމެން ބޭނުން ގޮތަކަށް… އަހަރެމެން ދިރިއުޅުން ތެރެއަށް ވަންނަން ކައެ ތީ ކާކުތަ… މާ ފޮނިވާން އުޅޭނެ ކަމެއް ނެތް.. މީގެން އަނިޔާއެއް ލިބިދާނެ..” ބުރިކޮށްލާފައި އޮތް ދެ ވަޔަރު ދައްކާލަމުން ރިފާޝާ ބުނެލިއެވެ.

“ފުރަތަމައިނުން، އަލީނާ ނުޖެހޭނެ ހިތަށް އެރިހާ ގޮތެއް ކާލިންއަށް ހަދާކަށް…” ދެންވެސް އަރާން ދުލެއް ނުކުރިއެވެ. ކާލިންއަކާ އަލީނާއަކާ ކޮން ކަމެއްހެއްޔެވެ. އަހަރެމެން އަތުން ރަނގަޅު ހަމަލާއެއް ނުލިބިގެން އުޅޭ ކަހަލައެވެ. ރުޅި އައިސްފިއްޔާ، އަތުގައި އޮތް ދެ ވަޔަރު، އަރާން ގަޔަށް ހަރާލަންވެސް ރިފާޝާ ފަސްނުޖެހޭނެއެވެ.

“ކާކު ބެހުނީ ކާކާކަން އެބަ އޮޅޭ މިހާރު.” އަހަރެން ރުޅިވެރިކަމާއި އެކު ބުނީމެވެ.

“ކައެމެން މޮޔަވެގެންތަ ތި އުޅެނީ…” އަހަރެމެން ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަޔާޒްގެ އަޑަށެވެ. އަޔާޒް މިތަނަށް އައީ ކީތް ކުރަން ހެއްޔެވެ. ފުރަތަަމަ، އަހަރެމެން މިތަނުގައި ތިބިކަން އެނގުނީވެސް ކިހިނެއްހެއްޔެވެ. ވިސްނަން ވީ އެއެއް ނޫނެވެ. ދެން މި ފަނިވީ ކަމެވެ. އަޔާޒް ގޮވައިގެން މަޖާ ކަމެއްވެސް ނުކޮށްލެވޭނެއެވެ.

“އެއްކަލަ ޔަޒް.. ދެން… ދޭ ޑިސާރވް ދިސް… ނުފެނޭތަ އެމީހުން އަލީނާއަށް ހެދި ގޮތެއް.. އެލީޒާ ނަމަ ޔަޒް ރުޅިއެއް ނާންނާނެތަ؟” ރިފާޝާ ވާހަކަ ދެއްކީ އާ ކޮޅަކުން ހަނދު އަރައިގެން އުޅޭ މީހެއްހެންނެވެ. މިހެން މި ބުނީ، ދަންވަރު އިރު ނާރާނެތީއެވެ.

“ރުޅި އަޔަސް މިވަރު ބޮޑު ދޯ..” ރިފާޝާ އަތުގައި އޮތް ވަޔަރަށް އިޝާރާތް ކޮށް އަޔާޒް ބުންޏެވެ. އަހަރެމެން އޭގެން ކަމެއް ކުރީކީވެސް ނޫނެވެ. ހަމަ، އަހަރުމެން، މައުސޫމް ކުދިން ކުށްވެރިކުރަނީއެވެ.

އަޔާޒް ގޮސް، ޓީވީ ހުޅުވާލުމަށްފަހު، ތިން ވީޑިއޯ އެޅުވިއެވެ. އެއީ، އީން ހޯދި އިރު، އަހަރެމެން ތިން މީހުންގެ ގަމީހުގައި ހަރުކޮށްގެން އުޅުން ކެމެރާގެ ފުޓޭޖެވެ.

“އަހަރެމެން ކައެމެން މި ދޫކޮށްލަނީ… ޕޮލިސްއަށް އެންގެންވެސް އެބެތް. އެކަމަކު މިކަން، ހަމައެކަނި އަހަރެމެން މެދުގަ އޮތްހާ ހިނދަކު، އަހަރެމެން ޕޮލިހަކަށް ނާންގާނަން. ބުނަން މި އުޅޭ އެއްޗަކީ، ކައެމެން، ޕޮލިހަށްގޮސް، އަހަރެމެން ކަން ކުރިގޮތް ކިޔަސް، ބެދޭނީ، ކައެމެންނޭ..” އަޔާޒްވެސް އެމީހުންނާ މުޚާތަބުކުރީ ވަކި ރީއްޗަކަށް ނޫނެވެ. އެކަމަކު އެމީހުން އެހާ ފަސޭހައިން ދޫކޮށްލެވޭ ހެއްޔެވެ. ދެވަނަ ފަހަރަށް އީން އަށް ގޮތެއްވެއްޖިއްޔާ، ފުރަތަމަ ކަމަކަށް އަހަރެން، ކަތިލާނީ އަޔާޒްއެވެ. ރިފާޝާ ގޮވައިގެން އެކަނިވެސް އެލީނާ ހޯދޭނެއެވެ.

……………..

އެކަނިވެރި ވެލެވުމާއި އެކު، ޚިޔާލުތައް އަިއސް ބޯ ވަށާލިއެވެ. އެލީނާ ހަމަ އަސްލުވެސް އެ ބުނީ އެހެން ހެއްޔެވެ. ނޫނީ އަހަރެންގެ ކަންފަތް މައްސަލައެއް ހެއްޔެވެ. ސިކުނޑީގެ މައްސަލައަކަށް ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ނިދުނީވެސް އީން ޚިޔާލުގައި އޮތްވައެވެ.

………………..

“ހޭލާ ހޭލާ ހޭލާށޭ…..” އަކުރުތަކަށް ދަމާފައި ގޮވި މީހަކު ގޮވަމުން، ބާލީހުން ތަޅަންފެށިއެވެ. ނިދި ހަމަވެފައި ހުރުމުން، އިތުރު ރުޅިއަކާ ނުލައި އަހަރެމެން ތެދުވީއެވެ. އަހަރެން ހީކުރީ، އާދައިގެ މަތިން ގޮވާނީ މަންމަ ކަމަށެވެ. ހައިރާންވީ އެހެން މީހަކު ފެނުމުންނެވެ.

“މިޝް..؟ ކީތް ކުރަން ތި ގޮވީ… ހާދަ ރީތި ހުވަފެނެއް ބަލަންށޭ އޮތީ…” އަހަރެން ކުޑަވަރެއްގެ ދޮގެއް ހަދާލީ، އިުރަށް ދައްކާނެ ވާހަކައެއް ނެތުމުންނެވެ.

“އަޖައިބެއް… މިހާ އަވަހަށް ހަނދާން ނެތުނީތަ؟”

“ކޯޗެއްތަ؟” މި މިޝްކާ ގަނޑަށްވެސް ހާސަރު ދިގުކުރަން ނޫނީ ނޭންގޭނެއެވެ. ބޮޑު ކަމެކެވެ.

“އަޅެ… ޕްރޮމިސް ކުރީމެއްނު މިއަދު މޫވީ ބަލަން ދާން… ގަމާރު ބޮލާ.. ހަނދާނެއް ނުވޭތަ..” ތުންކޮޅު ދަމާލުމަށް ފަހު، އަހަރެންގެ ބޮލުގައި ބާލީހުން ޖަހާލަމުން މިޝްކާ ބުނެލިއެވެ. އަނެއްކާ އަނެއް ކަންތަކެވެ. މޫވީއެއް ބަލަން އަހަރެން މި އުޅެނީ ދުނިޔެމަތީގައި ކުރަން ހުރި ކަންތައް މަދުވެގެނެއްނޫނެވެ.

“ހްމްމް މިހާރު ހަނދާންވެއްޖެ… އެއީ އެކަމަކު މިރެއެއްނު… ދެން މިހާރު ތި ގޮވިއްޔޯ؟” ގަޑިއަށް ބަލަމުން އަހަރެން އެހީމެވެ. އަދި މެންދުރުވެސް ނުވެއެވެ.

“އަސްލު ވީގޮތަކީ…. ސައިންސް ގްރޫޕް ޕްރޮޖެކްޓް ނިންމަން، ލައިބްރަރީއަށް ދާން ޖެހެނީ… ދުރުވީމަޔާ، މިޝްއާ މާ ކްލޯސް މީހެއް ގްރޫޕްގަ ނެތީމަ، މަމް ބުނީ އެކަނި ނުދައްޗޯ… ދޮންބެޔާ އެއްކޮށް ދާށޯ..” މިޝްކާ ކިޔައިދިނެވެ. ސްކޫލުން، ސައިންސްޓްރީމްގެ ހުރިހާ ކުދިން ގްރޫޕް ތަކަށް ބަހާލައިގެން، ވަކި މައުލޫ ތަކަކަށް ޕްރޮޖެކްޓްތަކެއް ތައްޔާރު ކުރަން ދީފައި އޮތްކަން އަހަރެން ހަނދާންވީވެސް ދެނެވެ. އަހަރެން އެއާ ބެހޭ ކުޑަ މައުލޫމާތެއްވެސް އަދި ނުހޯދަމެވެ. އެހެން ނޫނަސް އަދި ދެ ހަފްތާ އެބަ އޮތެވެ. މި އަންހެން ކުދިންނަށް މަހެއް ކުރިން ނުފެށުނިއްޔާ ކަމަކުވެސް ނުދާނެއެވެ.

“އޯކޭ، އެބަ ދަން” މިޝްކާ ފޮނުވާލުމަށް ފަހު، އަހަރެން ފުރަތަމަވެސް ބަލައިލީ ފޯނެވެ. މެސެޖުތައް ފުނި ޖެހިފައި އޮތެވެ. އަހަރެންގެ ދެލޯ ހޯދީ، އީންގެ މެސެޖެއް އައިސްފައި އޮތްތޯއެވެ. ނަމަވެސް އައިސްފައި ހުރީ އެ މަންޖެގަނޑުގެ ބޭބެގެ މެސެޖެވެ. ލުވެއިޒް ވަރަށް ބައިވަރު މެސެޖު ކޮށްފައި ހުރުމާއެކު، އެއީ މާ ބޭކާރު އަނގަތަޅާ މީހެއް ނޫންކަމުން، އަހަރެން ފުރަތަމަ ބަލައިލީ ލުވެއިޒްގެ މެސެޖުތަކެވެ.

މެންދުރު ހަނީ މޫނަށް ފުރާ ވާހަކައިގެ އިތުރުން، ދެން ހުރީ ސުވާލެވެ. ހުސްވެސް ސުވާލެވެ. އީން ހޯދީ ކޮންތާކުންތޯ އާއި، އީން އަށް ވީ ކީތްތޯއެވެ. މި އެލީނާ ގަނޑު، ހަމަ އެވަރުން ބުނީމަވެސް ލުވެއިޒް ކައިރީ ކީ ހެއްޔެވެ. ނުލަފާ ކަމުގެ ހައްދެއް ނެތެވެ. އީން ނުލަފާ ވީމާވެސް ނުލާހިކު ލޮއިތްބެވެ.

އަހަރެން ފަހުން ކިޔައިދޭނެ ކަމަށް ބުނަމުން، ވާހަކަ އޮއްބާލީއެވެ.

ފެންވަރާލުމަށް ފަހު، ރީތިވެލައިގެން އަހަރެން ނިކުތްއިރު، ސޯފާގައި މިޝްކާ އިނެވެ. އަހަރެން ނައިސްގެން ލަސްވެފައެވެ. އެއީ، ގިނަ ޗުއްޓީ ދުވަސްދުވަހުގެ އާދައެވެ. މަންމަ އާއި މިޝްކާ، އަހަރެން ނިކުންނަންދެން، ސައި ނުބޮއި މަޑުކުރާނެއެވެ. މަންމަ، ބިސްނަސް ކަންކަމުގައި، ބޭރުގައި އުޅޭތީ، މިޔަދު ނެތީއެވެ.

“އޭ… މިޝްގެ ނިއު ބެސްޓީ ތި ގްރޫޕްތަ… މޫވީ ބަލަން ގެންނައްޗޭ” ދިޔަ މަގުމަތީގައި، އަހަރެން ވަރަށް ނޫން ކަމަށް ހަދާފައި އަހާލީމެވެ.

“ނިޔު ބެސްޓީ އަކީ ކާކުތަ؟” އަހަރެންނާއިވެސް، ކުރިމަތިވީ، ސުވާލެކެވެ.

“އެލީނާ..” އަހަރެން މަޑުމަޑުން އިއްވާލީމެވެ.

“އޯހް…. ޔާހ، އޭނަ އަންނާނެ… އެން މިޝް ގްރޫޕަކު ނޫން އިނީ….. އެޑީމެން ގްރޫޕްގަ.. ހިތަށް އަރާ އެގްރޫޕްއަށް ޖެހުން ނަމައޭ..” އަދާންއަކީ، މިޝްކާމެން ކުލާހުގައި، އެންމެ ނަންހިނގާ އެކަކެވެ. އެލީނާއަށް ރަނގަޅުތާއެވެ. އަޅެ އަހަރެންވެސް އެ ގްރޫޕަށް ޖެހުންނަމައެވެ.

ބަލާ އަންނަގޮތަށް ގެޔަށް ދާން ނިންމައިގެން ދިޔަ ނަމަވެސް، އަހަރެންނަށް ޖެހުނީ މަޑުކުރާށެވެ. މިޝްކާމެން ގްރޫޕްގައި، ދެކުދިން ފިޔަވާ، ދެން ތިބީ ހުސްވެސް، އަހަރެންގެ ކްލާސްކުދިންނެވެ. އެމީހުން، ގޮވާ ގެނެސް އެތާނގައި އަހަރެން ބޭންދީއެވެ. މިޝްއާއި، ހަޒްޔާ، މަސައްކަތަށް ދޫކޮށްލާފައި، އަހަރެމެން ފަސް ފިރިހެނުން، ބޮޑު ވާހަކަ ފެށީ، ޤަވާއިދަކާއި ޤަވާއިދެއް ބޮލާލާ ޖަހާފައެވެ.

“އޭތް….. މީގަ މިބުނާ އެއްޗެއް ކިޔައިދީބަ މޮޅު މީހާ… ކުޑަކޮށްވެސް ބޮލަކަށް ނުވަތް.” މިޝްކާ ވައި އަޑުން ގޮވިއެވެ. ވަކި މީހަކަށް ނޫނެވެ. އެ ސުވާލަށް ބަލައިލައިފައި އަހަރެން ނުލަފާކޮށް ހީލީމެވެ.

“ތިދެން އެއްވެސް ކަމެއް ނޫނެއްނު…” އަހަރެން އެ ގަނޑު ދަމައިގަންނަމުން، ދުރަށް ހިނގައިގަތީމެވެ. އަހަރެން ކުރަން އުޅެނީ ކީތްކަން އެނގި އެންމެން، ބިރުގަނެފައި ކަހަލަ ގޮތަކަށް ބަލަހައްޓައިގެން ތިބުމުން އަހަރެންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. ކުރެވެން މި އުޅެނީ، ކިހާ ގަމާރު ކަމެއްކަންވެސް އިނގެއެވެ.

“ހެލޯ މާޔާ މިސް… ވަރަށް މަސަތްކަތް ކުރެވިއްޖެ.. ބޯ ގާނާ ގާނާ، ލީޓަރު ލީޓަރުގެ ތެޔޮވެސް ފައިބައިފި، އެކަމަކު މި ހަމަ އެއްގޮތަކަސް ގެޓެއް ނުވި… ދެން ކުޑަކޮށް ހެލްޕްވެދެގަ…” އަހަރެން ވަރަށް ކުޑަވެލާފައި ފައްޗަކަށް ކިޔާލީމެވެ. އެއީ ތަންކޮޅެއް ކުޑައިރު އަހަރެމެންނަށް ސައިންސް ކިޔަވައިދޭން ދުރުވި ޓީޗަރެކެވެ. އަހަރެންނަށް އަދަބާ އިޙްތިރާމާވެސް ދަސްވެފައި ނެތީއެވެ.

“މީތި ދޯ…” އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން، މިސް ބުނެލިއެވެ. އަދި ހިނތުންވެލަމުން، ނިކަން ރަނގަޅަށް އެ ގަނޑަށް ބަލައިލިއެވެ. އެ ދަނޑިވަޅުގައި އަހަރެން ފަހަތް ބަލައިލީ ކާމިޔާބުގެ ހިނިތުންވުމަކާ އެކުއެވެ.

“މާޒިން…” އަހަރެން ސިއްސައިގެން ދިޔައީ، އެހެން ހުއްޓާ މިސް ގޮވާލުމުންނެވެ. “އަމިއްލަ މަސައްކަތް އަމިއްލައަށް ކުރަން ދަސްކުރަންވީނު… މީ ސްކޫލް ޕްރޮޖެކްޓްއޭ… މި ނިންމަން ޖެހޭނީ އަމިއްލައަށް…. ކޮންމެވެސް ކަމަކު، ފަސް ހަފްތާ މި ނިންމަން ދިނީ… ހޯދޭނެ ގޮތް ގޮތް ހުންނާނެ.. އަމިއްލައަށް ހޯދާ..” ހަރުކަށި ކަމާއެކު، މިސް ބުނެލިއެވެ. ތިބިއްޔާ ތިބިހާ ބަޔަކަށް އަޑު އިވޭ ވަރަށެވެ. ލަދުންވެސް ބޯ ހަލާކެވެ. ވީ ކަޑައިން އަހަރެން އަވަހަށް އައިސް ކުރިން އިން ގޮނޑީގައި އިށީނީމެވެ. ގޫގުލް ބޭބެ ކައިރީ އަހާލެވުން ނަމަ ހާސްބައި ރަނގަޅު ވީހެވެ.

ބާކީ މީހުންގެ ރުޅިވެރި މޫނުތައް އަހަރެން ކަތިލާން ރެޑީކޮށްފައި ހުރިއިރު، އެހާ ރުޅިއައި ސަބަބެއްވެސް ނުވިސްނުނެވެ.

“މާޒިން… މަށަށް ޔަގީން މިސް އަހަރެމެން ގްރޫޕުން މާކްސްވެސް ކަނޑާނެކަން.. މި ސުވާލު ޖެހޭނީ މާޒިން ނިންމަން… ދެން.. މާޒިން އާ ހެދި އަހަރެމެން ދަށް ވާނީ.” ރުޅިވެރިކޮށް ހަޒްޔާ ބުނެލިއެވެ. ދައްކާ މޮޔަ ވާހަކައެވެ. އަހަރެން އެ ނިންމާނެ ހެއްޔެވެ.

އަހަރެންގެ ގަމާރުކަން އެނގިހުރެވެސް، އެންމެންވެސް އެ ޖެހީ އަހަރެން ބޮލަށެވެ. ކުރެވޭ ކަންކަމުން ނިކުންނަ ހިތި ނަތީޖާއެވެ.

…………….

ހުޅުމާލެ ސިނެމާއަށް ވަދެވުނު އިރު، މޫވީ ފެށެން ބާކީ ފަސް މިނިޓަށްވީއެވެ. އެއިރު، އެލީނާމެން، އިންތިޒާރުގައި ތިއްބެވެ. ޙަޤީގަތުގައި އަހރެން އައީވެސް އެލީނާ ފެންނާނެތީއެވެ.

މިޝްކާ ގޮސް އިށީންނާނީ އެލީނާއާއި ޖެހިގެން ކަން އިނގޭތީ އަަރެން، އަޔާޒްގެ އަތް ނައްޓާވަރަށް ދަމަމުން ގޮސް އެލީނާއާއި ޖެހިގެން ހުރި ގޮނޑީގައި، އިށީންނަމުން، އަޔާޒް، ޖެހިގެން ހުރި ގޮނޑިއަށް ޖެހީއެވެ. ނަމަވެސް އަޔާޒް، ހިނދުކޮޅަކުވެސް އެތާ ނީނެވެ. މަޑުވެސް ނުކޮށް، އެލީޒާ ކައިރިއަށް ދިޔައީއެވެ.

މަޑުކޮށްކޮށް ވަރުބަލި ވީފަހުން ފިލްމު ފެށުނެވެ. އެއިރުވެސް އަހަރެން ފޫހިވެގެން ހަލާކުވަނީއެވެ. ދިވެހި ބިރުވެރި ފިލްމެކެވެ. އަހަރެންނަށް ފިލްމުގެ އެންމެ މަންޒަރެއްވެސް ނުބެލުނެވެ. ހަމަ ބެލެނީ އީންއަށެވެ. މި އީންއަކާ ޖެހުނު ފަހުން، އަހަރެންގެ ގުނަވަންތައް ހަމަ ބަސްނާހަނީއެވެ. ފުރަަތަމަ ދުލެވެ. މިހާރު ލޮލެވެ. ދެން ވާނީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ.

ދޭތެރެ ދޭތެރެއިން، މިޝްކާ މޫނުގައި އަތް އަޅާލާތީ، އަހަރެންނަށް، ހިނިގަނޑު ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމަކަށެވެ. ބިރުން ކަންނޭންގެއެވެ. ވަކި ހިސާބަކުން، މިޝްކާ ފާހަނާއަށްވެސް ދާން ޖެހިއްޖެއެވެ. ހުރި ތަނަށް ނުލެވުންކަންވެސް ނަސީބެވެ.

“ދން ދޭބަލަ….” އަހަރެން ވައި އަޑަކުން ބުނެލީމެވެ. ލާނެތް ގޮތަކަށް ހިނިތުން ވަމުންނެވެ. މަގްސަދަކީ، ދިމާކުރުމެވެ.

“ނުކެރޭނެ..” މިޝްކާ ހުރީ ގަންނާނ ެވަރަކަށް ބިރު ގަނެފައެވެ. އެލީނާވެސް ހީލިތަން ދެކުނީމެވެ. މީހަކަށް ރަނގަޅަށވެސް ހެވޭ ވަރު ވެއެވެ. އެވަރު މީހުން އަދިވެސް ބިރުވެރި ފިލްމު ބަލަންވާނެއެވެ.

“އެލީ، އާދެ ދާން މިޝްއާ އެއްކޮށް….”

“އޭ ތިހެނެއް ނުހެދޭނެ… އެލީނާވެސް އެއިނީ މޫވީ ބަލަން ދޯ… މިޝް ފާހަނައަށް ދާށޭ ކިޔާފަ ހަމަ އެލީނާއެއް ނުގެންދެވޭނެ…” އަހަރެން ބުނެލީމެވެ. ކޮއްކޮއެއް ކަމަކު، ދެން އަހަރެން ކައިރިން އީން ގެންދަން ޖެހޭހެއްޔެވެ. ނުޖެހޭނެއެވެ. ނުވެސް ގެންދެވޭނެއެވެ. އަހެރެން ވާހަކަ ދެއްކީކީވެސް، ވައި އަޑަކުން ނޫނެވެ. ބައެއް މީހުންގެ ނަޒަރު އަމާޒުވީވެސް އެހެންވެއެވެ.

“ފައިން… ސްޓޮޕް އިޓް އައިލް ގޯ..” ރަނގަޅު ބޮޑުވާން ވެގެން، އެލީޒާ އާއި އެކު އައި، ރިޔާ، ބުނެލިއެވެ. ނަސީބަކުން، އިތުރު ދެބަސް ވުމަކަށް ދާން ނުޖެހި އެކަން ނިމުނެވެ.

މޫވީގެ، އެންމެ ރީތި އެއް މަންޒަރެވެ. ހިތާމަވެރި އެތައް ކަަމަކަށް ފަހު، ފިލްމުގެ ބަތަލާއާއި ބަތަލްގެ އުފާވެރި، މަންޒަރެކެވެ. އެންމެން ތިބީ، ފިލްމަށް ގޮސް ގެއްލި ހުސްވެފައެވެ. އަހަރެން ނޫނީއެވެ. އަހަރެންގެ ލޮލަށް ފެންނަނީ ހަމަ އެލީނާގެ މޫނެވެ. ބަލަން ނޫޅުނަސް ހަމަ ބެލެނީއެވެ. ދެން ކުރާނީވެސް ކީތްހެވެ.

އީންގެ އަތުގައި އޮތް ޕޮޕްކޯރން އެތިން، ޕޮޕްކޯރން ނެގުމުގެ ނަމުގައި އަތް ގެންގޮސް އަހަރެން ފަރުވާތެރި ކަމާއ އެކު، އެލީނާގެ އަތް މަތީބާއްވާލީމެވެ. ގެއްލިފައި އިން ވަރުން، އެލީނާ، ދިޔައީ ސިއްސައިގެންނެވެ. މަޑު އާހެއްވެސް ބޭރު ވިއެވެ. ނަމަވެސް އަތް ދަމައިގަންނާކަށް ނޫޅުނެވެ. ދެން ޔެސް އޭ ބުނެފަ، އަތް ދަަމައިގަތުމަކީ، އެއްވެސް ގޮތެއް ނޫންތާއެވެ.

“އުހުމް އުހުމް އުހޫމްމްމް…” އީންގެ ހަރަކާތް، ފާހަގަ ވެގެން ކަންނޭންގެއެވެ. އެއޮތް ފަދަ މަންޒަރުގައި، އަޔާޒް ކަރުކެހެން ފެށީއެވެ. އެތާ ތިބިއްޔާ ތިބިހާ ބައެއްގެ ކަޅިތައް އަހަރެމެންނަށް އަމާޒުވިއެވެ. ލަދުންވެސް މުޅިން ހަލާކެވެ. މިހާރު މި އަޔާޒްގަނޑު ކަތިލަން ވެއްޖެއެވެ. ކަންތައް މާ މައްޗަށް ދަނީއެވެ. އެލީޒާވެސް އަދި ވަގު ހިނި ޖަހާނެއެވެ. އެއްތާކު ޖެހިފައި ތިބި އެއްވަރެއްގެ ނުލަފާ ދެމީހުންނެވެ.

އެތައް ބަޔަކު ބެލި ނަމަވެސް، ދެރަ ނުވާންވެގެން، ދޫކޮށްލުމުގެ ބަދަލުގައި އަހަރެން އިތުރަށް އެލީނާގެ އަތަށް ބާރުކޮށްލީއެވެ. އެލީނާވެސް ދެކޮޅެއް ނުހެދިއެވެ.

………………..

“އާހް ދެން މިރޭ ނުވެސް ނިދޭނެ….” އަހަރެން އިނީ، އަޔާޒްގެ ކާރުގައެވެ. ކުރީ ސީޓުގައި، އިނދެގެން، އެލީޒާ، ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެންނާއެކު، ފަހަތު ސީޓުގައި އިން، ރިޔާވެސް، ބައިވެރި ވީ އެ ފޫހި އަނގަތެޅުމުގައެވެ. މި އަންހެން ކުދިންނަށް އިނގޭނީ، ނުބެލޭވަރުގެ ފިލްމު ބަލާފައި، ރޯށެވެ. އަދި މި އަޔާޒުވެސް އިނދެގެން ހޭނެއެވެ.

އަހަރެން، ބޭރު ބަލައިލީ، އެލީނާމެން ކާރާއި ދިމާއަށެވެ. އެލީނާއާއި މިޝްކާގެ އިތުރުން އޭގައި އިންނާނީ، ހަމައެކަނި، ދުއްވަން އިން، އިފްރީންއެވެ. އަހަރެމެންގެ، ހުރި ހަމައެކަނި، ދެބެންގެ ދެދަރި ކުއްޖާއެވެ. އެކާރަށް އެރުންނަމަ، މިޝްކާ އަހަރެން އުނގަށް އެރިޔަސް، މި ކާރަށްވުރެ ހާސްބައި މަޖާވާނެއެވެ. ގައިމު އެލީނާ ފެނި ވާހަކަ ދައްކާލެވޭނެތާއެވެ.

ދުއްވޭ ސްޕީޑަށް ވުރެ މާ ބާރަށް އައި ކާރެއް، ފެނުނީވެސް، އަހަރެމެންނާއި ހިސާބަށް ފޯރި ފަހުންނެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ، ދެލޯ ބަޑުކޮށްލަމުން، ބިއްލޫރި ގަނޑުގައި ބާރަށް ހިފާއްޓާލުމެވެ.

ކޮންޓްރޯލުން ނައްޓައިގެން އައި ކާރު އެދިޔަ ބާރު މިނުގައި ގޮސް، ޖެހުނީ، ކުރިމަތީ އޮތް ކާރުގައެވެ. ބާރު އަޑުފަށް ގަނޑާއިއެކު، އެ ކާރުވެސް، ކޮންޓްރޯލުން ނައްޓައިގެން ގޮސް، އެނބުރެމުން، ކޮންމެވެސް ވަރަކަށް ކަހާލާފައި ބްރިޖުގެ ކައިރީގައި ޖެހިފައި މަޑުވިއެވެ.

ހުޝިޔާރު ކަމާއި އެކު، އަޔާޒް، ބުރަކި ޖައްސާލިއެވެ. އަހަރެމެން ދިޔައީ އެއްލިގެންނެވެ. ގަތް ބިރާއެކު އަހަރެންނަށް އަޑުގެ ނެތްކޮޅަށް ހަޅޭތް ލަވައިގަނެވުނެވެ.

“އެލީނާ!!!…..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ރާޒު

Next

ލޯތްބެއްގެ ފެށުން 18

Next
July 17, 2019

ލޯތްބެއްގެ ފެށުން 18

Previews
July 17, 2019

ރާޒު

21 Comments!

  1. Luc!f3r says:
    July 17, 2019 at 11:29 am

    Yayyyyys.. Finally up vejje.. But migadi kiyenneh??

    1. Monsta says:
      July 17, 2019 at 12:41 pm

      hehe… fahun kiyaalaa… Thanksss

  2. Meekkomee says:
    July 17, 2019 at 12:36 pm

    OMG…. Mi part ves varah salhi….whn is next part…… can’t wait for the next part ??? ???

    1. Monsta says:
      July 17, 2019 at 12:43 pm

      Thankss… mihaaru liye nimifa othyy… mistakes rangalhu kohlaafa haveeru vumuge kurin laanan Insha Allah

  3. drax says:
    July 17, 2019 at 1:09 pm

    Huh finally after a long time
    Mi part ves reethi
    Waiting for next part sis
    Don’t do something really bad to my lovely mishka
    I like thos funny seens in this part ??????

    1. Monsta says:
      July 17, 2019 at 2:06 pm

      uhhh.. finally Draxx… hehe… mihaaru laifin next ep.. dhn varah avahah kiyaalan libeyne kamah balaa sis… why mishka out of the blue??? lol.. jingaa dhw Drax ves maaxin ehh hoadhaigenn cinema ahh dhaan.. Monsta dhaanan Elyza ahh vegn heyn.. 😛 😛

  4. jiji says:
    July 17, 2019 at 1:57 pm

    Monsta…Story upkohllii dhw..Kiyaafa comment eh kohlaanan enge fahunn??????

    1. Monsta says:
      July 17, 2019 at 2:08 pm

      yep.. hehe Sure thanksss

  5. Luc!f3r says:
    July 17, 2019 at 3:42 pm

    Oh noooooooo.. Monstaaaa.. Kiheeeeneih thiyaa hedhy..

    1. Monsta says:
      July 17, 2019 at 6:48 pm

      hehe.. lets see dhw what happen to who… Thankss

  6. jiji says:
    July 17, 2019 at 8:32 pm

    Oh nooo..Monsta kihineh thi hedhy???..
    Nd elyna ehnnu kiyany..Mi part feshun iru aleena jahaafa inyma???…Ekan rangalhu kohlahchey?..nd mi bai vecc vvv rythi❣❣❣??…Aneh bai upvefa dhw iny..Ebai kiyaafa comment eh kohlaanan ingeyy??

    1. Monsta says:
      July 17, 2019 at 9:17 pm

      ohh abafili dhww… sure next eps ga rangalhu kohhlaanan.. Thankss.. hehe sure… Thankss again 🙂

  7. Ash says:
    July 18, 2019 at 8:02 am

    I cant wait for the next part.
    Monsta keep it up ???

    1. Meekkomee says:
      July 18, 2019 at 8:09 am

      Hehehe ash I know u???????

    2. Monsta says:
      July 18, 2019 at 9:27 am

      Hehe thanksss. ?

  8. Ash says:
    July 18, 2019 at 8:11 am

    Meetoo i know u
    Hi

    1. Meekkomee says:
      July 18, 2019 at 8:14 am

      Ash dhn fahun dhww … ragalheh kiyavaga dhn ves…miss men kiyaa ehchi adhu ahaaathi

  9. Ash says:
    July 18, 2019 at 8:17 am

    Ok meekkomee i will tlk to you next time bye??????☺️?

    1. Meekkomee says:
      July 18, 2019 at 8:18 am

      Haan okk???????

  10. Xxx says:
    August 13, 2019 at 12:51 pm

    This part ves v salhi. Sorry gtgo.❤❤❤❤?

    1. Monsta says:
      September 20, 2019 at 12:05 am

      Thanksss ??

Comments are closed.

Next Episodeނާއިންސާފް 24←


All Right Reserved!