ނާއިންސާފް 22
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ.
“ޔޫ ނީޑް މެޑިކަލް އެސިސްޓެނސް…” ރިފާޝާ ހުންނަނީ ޒާތީގޮތުން އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟
އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް ހުޅުވާލީ ހިތް އަވަސްވެ ހުރެއެވެ.
އެމީހުން ޤަބޫލު ނުކުރިޔަކަސް ވީ ކަމެއް ވާނީ ވީ ކަމަކަށެވެ. އަދި މެޑިކަލް އެސިސްޓެންސް ބޭނުންވެޔޭ ބުނެފިއެއް ނޫންހެއްޔެވެ. މިއޮތީ ސާފު ހެއްކެވެ. ވީ އުފަލުން އަހަރެން، އެ ސްކްރީންޝޮޓް ހުޅުވައިގެން އެމީހުން ކައިރިއަށް ދިޔައީމެވެ.
“ނަސީބެއްނު ސްކްރީން ޝޮޓެއްވެސް ނެގުން ކަން..” އަހަރެން ބުނީމެވެ. ދެން ހެކި އޮތުމުން އެމީހުންވެސް ޤަބޫލު ކުރީއެވެ. އަހަރެން ފޮނިވެލާފައި ރިފާޝާއަށް ލޯ އަޅާލީމެވެ. އަދި އެއްފަހަރު އަހަރެންނަނީ މޮޔައެކޭ ބުނެބަލާށެވެ. މޫދަށް ފައްތާނަމެވެ.
ރިފާޝާ ގޮސް، ޓީވީ ސްކްރީނަށް އަރުވާލީ، ނޫނު އަތޮޅު މެޕެކެވެ. އަހަރެމެން ބޭނުންވާ ސަރަހައްދު ޒޫމް ކޮށްލިއެވެ. އަޔާޒް، ކޮމްޕިޔުޓަރުން ކުރި މަސައްކަތް އަހަރެންނަށް ހާދަ މަޖާވިޔެވެ. ހުރެގެން، އެ ފޮޓޯގަނޑު ޒޫމްކުރަނީއެވެ. ހަމައެކަނި ދޯނި ފެންނަވަރަށް ޒޫޫމްކޮށްލައިފިއެވެ. މީނަގެ ގަމާރު ކަމާއެވެ. އެ އުޅެނީ އެ ސާފުވޭތޯ ހެއްޔެވެ. އެއީ ސްކްރީން ޝޮޓެކެވެ. ކިތަންމެ ޒޫމެއް ކުރިޔަސް އެއަށްވުރެ ބޮޑަށް އޭތި ސާފެއް ނުުވާނެއެވެ.
ޒޫމް ކޮށް ކޮށްފައި، އަޔާޒް ތެދުވެ، މާކަރަކުން، ޓީވީގައި، ދޯނިން ފެށިގެން މައްޗަށް ހުރަހަށް ރޮނގެއް ކުރަހާލިއެވެ. މޮޔަވީ ކާކުކަން މިހާރު އެބަ އޮޅެއެވެ.
“އެ ޑިންގީ އެދަނީ، މި މިސްރާބަށް… މާނައަކީ، އެ ރަށަށޭ އަރަން އެދަނީ..” އަޔާޒް ބުންޏެވެ. ކުރިން ބުނެވުނުހާ ގަމާރެއް ނޫންތާއެވެ. އެކަމަކުވެސް ގަމާރެވެ. އަޔާޒްއަކީ ހަމަ ބޮޑު ގަމާރުބޮލެކެވެ.
އެރަށުގައި ހޭދަވި އުފާވެރި ވަގުތުތަށް، އީން ހަނދާންވަނީ ހެއްޔެވެ. އީން އެރަށަށް ދަނީ ކީތް ކުރަން ހެއްޔެވެ.
“ސޯ، ކޭކޭ….” ރަށުގެ ނަން އިނގުމުން އަހަރެން ވަރަށް ފޮނިވެލާފައި މާ މޮޅު މީހަކަށް ވެގެން ބުނެލީމެވެ.
“ނޯ.. ތޮޅެންދޫ… އެއޮތް ފަޅު ރަށް” އަޔާޒްއާއި ރިފާޝާ އަހަރެންނާއި ދިމާއަށް ބަލަމުން، ބުނެލިއެވެ. މޮޅު މީހާ މޮޅުު ވެއްޖެއެވެ. ރަނގަޅަށް ވެސް ކަޑަވިއެވެ.
“ކޮން އިރަކުން ދާނީ؟” އަހަރެންގެ ކެތް ތެރިކަން ކޮޅުން ލަނީއެވެ. އަހަރެން އަހަރެންގެ އީން ބޭނުމެވެ. ހެޔޮ ޙާލުގައި ފެންނަން ބޭނުމެވެ.
“މިހާރު..” ލިބުނީވެސް އަހަރެން އެންމެ ބޭނުންވި ޖަވާބެވެ.
“ހިނގާ ދާން.” ދަތް ކޮޅު ރޮނޑަށް ދީގެން ހުރެ އަހަރެން ބުނީމެވެ.
“ޕިސްޕިސް ކެތްތެރިވެބަލަ…” އެއްކަލަ ރިފާޝާއެވެ. އަހަރެން އުޅެނީ އަހަރެންގެ އީން ގެއްލިގެން ކަންވެސް ހިތަކަށް ނާރުވާނެއެވެ. މިހާރުވެސް ކެތް ވާނެ ވަރަކަށް ކެތް ކޮށްފީމެވެ. ދެން ކެތެއް ނުވާނެއެވެ.
“އާން..” އަޔާޒް އަހަރެންނަށް ބައެއް އެއްޗެހި ދިނެވެ. އިންޖެކްޝަން ކަހަލަ އެއްޗިއްސެވެ. ސަލާމަތަށް ގެންދާ އެއްޗިއްސެވެ. ފުރުނީ، އެތައް އިރެއް ފަހުން، އެ ލަސް ދެމީހުންނަށް ތައްޔާރު ވެވުމުންނެވެ. އީން ފެންނަން އަހަރެންގެ ހިތް ތެޅޭ ވަރު އެމީހުންނަށް އިހުސާސްނުވަނީއެވެ.
…………..
ފުން ކަނޑުގެ ތެރެއިންގޮސް، ރަށުގެ ވެލިގަނޑަށް ޑިންގީ ބީއްސާލުމާއިއެކު، އަހަރެން ހުރީ ދޮންވެލި ގަނޑުގައެވެ. ބޮޑު ފަސްގަނޑު އެތަށް ހިސާބަކަށް ފެތުރިފައިވީ އިރު، ފެހިކަން ގަދަ ގަސްތައް ނޫޫނީ، އެއްވެސް ދިރުމެއްގެ ހިލަމެއްވެސް ނުވެއެވެ. އަނެއްކާ މި ފަޅު ރަށުގައި އެމީހުން އީންއަށް ހެދީ ކިހިނެއްބާއެވެ. ގޮތެއް ހެދި މީހަކަށް އޭގެ އަނެއްްކޮޅު ފެންނަ ވަރަށް ގޮތެއް ހަދާލާނަމެވެ.
ދެވެން އޮތް ހަނި މަގުން އަހަރެމެން އެތެރެއަށް ދާން ިނގައިގަތީމެވެ. ޒަމާންވެ ވީރާނާވެފައި ހުރި ގެތަކާއި ދިމާވުމުން އަހަރެންގެ ހިތް އިތުރަށް ތެޅެން ފެށިއެވެ. އީން ފެންނަން އުޅޭ ކަމުގެ ޢަލާމާތްތައް ފެންނާތީއެވެ.
މަގު ކަފިވެ އަހަރެމެން ތިން މީހުން، ދިޔައީ ތިން ދިމާއަށެވެ. އަނެއް ދެމޯީހުން ހެން އަހަރެންނަށް ހިނގާކަށް ނުހުރެވުނެވެ. ދުއްވައިގަތީ އަވަހަށް އީން ހޯދުމުގެ ބޭނުމުގައެވެ. ލިބެމުން ދިޔަ އަނިޔާތައް ކުއްޖެއްވެސް ނޫނެވެ. ނުބަލާ ދުވަމުން ދިޔައިރު މޫގަނޑުގަނޑުގައި އަޅައިގަނެފައި ވެއްޓެނީ، ޖެހޭ ބާރު މިނުން ނުތެދުވެވޭ ވަރަށެވެ. ކުންނާރު ގަހެއްގައިވެސް އެއްފަހަރަކު އަޅައިގަތެވެ. ކުރާނީ ކީތްހެވެ. ހިތް ތެޅެނީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.
ވަރަށް ދުވެވިއްޖެއެވެ. މެޕެއް ނުބަލާ ދެވޭ ނުދެވޭއެއްވެސް ނޭންގެއެވެ. ދެފަހަރަކު ފުށްޓަރު ފަރާތަށްވެސް ދެވިއްޖެއެވެ. އަޔާޒް ނުވަތަ ރިފާޝާއާއިވެސް ދިމާވެއެވެ. އެމީހުންވެސް އެ އުޅެނީ މަގު އޮޅިގެންނެވެ. މިހާރު ދެން ނުހޯދޭ ތަނެއް ހުރެގެން ނުވާނެއެވެ. ވަރުބަލިވެސް ވެއްޖެއެވެ. ވާނެ ނޫންހެވެ. ބުން ޖަހާފައި ދުއްވައިގަތީ ގައިގައި ހުރިއްޔާ ހުރިހާ ބާރެއް ލައިފައެވެ.
މާނޭވާ ލަމުން ތިން މީހުން ހިނގާފައި ދިޔައިރު އަޑެއް ފާހަގަ ވީ، އާދަޔާ ޚިލާފަށް، އެއްވެސް ވާހަކައެއް ނުދައްކާ ހިނގަމުން ދިޔައީމައެވެ. އެއީ ތަންކޮޅެއް އެތެރޭގައި ހުރި ވަރަށް ބޮޑު ގެޔަކުން އިވޭ، ކޮންމެވެސް ބައެއްގެ ވާހަކަ ދެއްކުމުގެ އަޑެވެ. އަހަރެމެން މަޑުމަޑުން ފާރަލީމެވެ.
ކޮންމެވެސް ވަރަކަށް ދަންނަ މޫނުތަކެކެވެ. ކޮންމެ ބަޔަކަސް ކީތްހެވެ. އަހަރެން ބޭނުމީ ހަމައެކަނި އަހަރެންގެ އީންއެވެ.
މި ރިފާޝާގަނޑަށް އިނގޭނީ ޕްލޭން ފަނި ކުރާށެވެ. ހުުރެފައި ހަމަ ބޮޑު ކިނބިއްސެއް އަޅާލީއެވެ. ގަސްތުުގައި ނޫންކަން އަހަރެންނަށްވެސް އިނގެއެވެ. އެކަމަކުވެސް އަހަރެން ކުށްވެރި ކުރާނީ އޭނައެވެ.
އަޑަށް އަހަރެމެންނާ ދިމާއަށް އެމީހުން އައެވެ. ސިކުުނޑިތައް ގަމާރު ކަމުން، ޕިކްނިކް ގްރޫޕެއް ކަމަށް އެކްޓް ކޮށްލަންވެސް ނޭންގުުނެވެ. ވިސްނުމެއް ނައިސްގެން، އެންމެ ފަހުުން ކަންތައްވެ ނިމުނީ، ބޮޑު ތަޅާ ފޮޅުމަކުންނެވެ. ގަޔަށް ބޮލަށް އެރީ، ބޮޑެތި ކަޅު ފަލަ ގެރިތަކެއްހެންނެވެ.
އަޑުުގަދަވެގެން އިތުރު މީހުން ނިކުތް ގެ، އަހަރެން ފާހަގަ ކުރީމެވެ. އެމީހުންގެ އަދަދު ފުދޭވަރަކަށް ގިނައެވެ. ހުނަރުވެރިކަންވެސް ވަކި ދެރައެކޭ ނުބނެވޭނެއެވެ. އަހަރެމެން ހުރިހާ ފިރިހެނުން އުޅުނީ، ބައިބަލާ ކުޅެވޭތޯއެވެ. ބުނަން ޖެހެނީ، ކަމެއްވިއްޔާ ވީ ރިފާޝާއަށޭއެވެ. ދެތިން ބިޔަ ފިރިހެނުން ބިމަށް ތިރިކޮށްލަނީ، ނަޝާލަމުންނެވެ.
ހިން ދެމިލެވުމުން، އަހަރެން ދުއްވައިގަތީ، އެ ގެޔާ ދިމާއަށެވެ. އީންއެވެ. އައިމް ކަމިންއެވެ.
އަދި އެހާ ފަސޭހައިން ވަދެވޭ ގޮތެއްނުވިއެވެ. ދެމީހަކު ކުރި ބެއްދީއެވެ. އެމީހުން ބިމަށް ތިރިކޮށްލަންވެސް، އަހަރެންގެ ހިތް ޖާގަ ނުދިނެވެ. ދެމީހުުން ފޮޅާލަމުން، އަހަރެން ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައީމެވެ. ދޮރުފަތް ނެތް ދޮރުތަކުން ބޯ ދިއްކުރަމުން، ދެމީހުން ފޮޅަމުން އުޅެނިކޮށް، ތަންކޮޅެއް އެތެރޭގައި ހުރި ތަނަކަށް ވަދެވުނެވެ. އެއީ ފުދޭވަރަކަށް ފަހުން މަރާމާތުކޮށްފައި ހުރި ތަނެއް ކަންނޭންގެއެވެ. ފެންނަފެނުމަށް ހީވަނީ އެހެންނެވެ.
ވަށައިގެން އަނދިރިކޮށް ހުރިއިރު، ފެންލައިޓުން ކޮންމެވެސް ވަރަކަށް އަލި އެޅިފައި ހުއްޓެވެ. ޓައިލްސް ނުޖަހާ ހުރި، ސިމެންތި ފްލޯގައި، ވެއްޓިފައި އެ އޮތީ، އެލީނާ ނޫން އެހެން މީހެއް ނޫނެވެ. އެއީ ހަމަ އަހަރެންގެ އެލީނާއެވެ. ދިރި ހުރި ކަމެއްވެސް ނޭންގެއެވެ. ވަށައިގެން އޮތީ، ހުސް ލެޔެވެ.
އަހަރެންގެ ޙާލަކީތޯއެވެ. ފެންނަނީ ހުވަފެނެއް ކަމަށް ބަލައިގެން އަހަރެން ލޯ ކޮނެލަ ކޮނެލަ ހުރީއެވެ. އަހަރެންގެ އީންއަށް މިހެން ހަދަން ކެރުނު ބަޔަކު މީހުންނަށް ހަލާކުހުއްޓެވެ. ހިތަށްވީ ތަދާއި އެޅި ވޭން އިނގޭނީ ހަމަ ހިތަށެވެ. ބާރަށް ގޮސް އެލީނާކައިރީ ހުއްޓެވުނު އިރު، ބުނަން ބޭނުން ނުވިޔަސް ދެލޯ ހުރީ ތެމިފައެވެ. ފިރިހެނަކަށް ވުމުގެ މާނައަކީ، ދުވަހަކުވެސް ނުރޮވޭނެއެކޭ ނޫނެވެ. ކެތްވާނީވެސް ވަކިވަރަކަށެވެ.
ފަހަތުން މީހެއް އަހަރެންނާއި ދިމާއަށް އައިކަން އެނގުނެވެ. ނަމަވެސް ވާނެ ގޮތެއް ވުން ވަރިހަމަ ހީވެފައި އަހަރެން އިނީއެވެ. އަޔާޒްއާއި އެމީހެެއްގެ ތަޅާފޮޅުމެއް ވެސް ފަހަތުގައި ހިނގިއެވެ. އަހަރެން އެންމެ ފަހަރަކު ބަަލައިވެސް ނުލަމެވެ. ބަޔަކު، އަލީނާއަށް މިހެން ހަދަން ޖެހުނީ ކީއްވެ ހެއްޔެވެ. ސަބަބެއްނެތި، ބަޔަކު މިކަހަލަ ކަމެއް ނުކުރާނެއެވެ. އީން ކުރި ކަމެއް މިހާރު އިނގެން ވެއްޖެ ނޫންހެވެ.
“މާޒިން…. މާޒިން… ހިނގާބަ ދާން.. އޭތް” ރިފާޝާ އަހަރެން ކޮންޑުގައި ހިފާ ތަޅުވާލުމުން، ހަމަ ބިމަށް އާދެވުނެވެ. އީންއަކާ ޖެހުން ފަހުން، ހަމައިން ނައްޓަނީވެސް މަދަކުން ނޫނެވެ. އެލީނާ ފެނުމުންވެސް އިތުރަށް ކަމެއް ރަނގަޅެއްވެސް ނުވިއެވެ. އަޔާޒް އައީ އެލީނާ ނަގަން ކަން ފަހުމްވި ހިނދު، އަހަރެން އަވަސް ހަރަކާތާއެކު، އީން، އަތްދަނޑިމައްޗަށް ލައިގެން ތެދުވީމެވެ. އަޔާޒް ހީކުރީ އަހަރެން ހުއްޓާ އަހަރެްގެ އީން ލިބޭނެ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ.
………………..
ސަފާރީގެ ކޮޓަރިއެއްގައި އެލީނާ ބާއްވާފައި އޮތް އިރު، އަހަރެން ހުރީ ދޮރު ކަންޏަށް ލެނގިލައިގެންނެވެ. ބޭރުގައި ހުރި ސޯފާގައި، އަޔާޒް އާއި ރިފާޝާގެ އިތުރުން، ނަރުސް ކުއްޖާ، ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އެލީނާ ނުހޭލަނީސް އެއްވެސް ކަމެއް ކުރާހިތެއް ނެތެވެ. އީންއާ ނުލައި އަހަރެންނަށް ދުނިޔޭގައިވެސް ނޫޅެވޭ ވަރު ވެއްޖެއެވެ.
“ޒިން؟” ދުރަށް ބަލަހައްޓައިގެން ހުއްޓާ، މަޑު އަޑަކުން އީން ގޮވާލުމާއި އެކު، އަހަރެންނަށް އެލީނާ ކައިރިއަށް ދެވުނީ ދުވެފައެވެ. ފަހަތުން، ޝަރާ އާއި ދެން ތިބި ދެމީހުންވެސް އައެވެ.
“މީ ކޮންތަނެއް… މަ މިތާ ކީތްކުރަނީ….” އީން ފެށީ ސުވާލު ކުރާށެވެ. އޭގެ ޖަވާބު ދިނުމަށްް ވުރެ އަހަރެންނަށް މުހިންމުވީ، އެއްވެސް އާދަޔާ ޚިލާފު ކަމެއް ހުރިތޯ ބެލުމެވެ. އީންއަށް ކަމެއް ނުވާކަން ޔަގީން ކުރާށެވެ.
“މާޒިނޫ… އެކުއްޖާއަށް ނޭވާލާނެ ތަންކޮޅެއް ދިނަސް ރަނގަޅުވާނެ.. ސާބަހޭ..” މި ރިފާޝާއަށް ދިމާކުރަން ނޫނީ ނޭންގޭނެއެވެ. ނިކަން ރިފާޝާ ލޯބިވާ މީހަކަށް ގޮތެއް ހަދާލަންވީއެވެ.
“ޔޫ އޯކޭ؟… އެއްްވެސް ތާކަށް ތަދުވޭތަ؟” ކުޑަހުޅުގައި އޮތް ބެންޑޭޖް ގަނޑު ބަދަލުކުރަމުން ޝަރާ ސުވާލުކުރިއެވެ. އީންގެ ޖަވާބަކަށް ވީ ބޯހޫރުވާލުމެކެވެ. ތަދުވިޔަސް މި އީންގަނޑު ނުބުނާނެއެވެ. އެއްވެސް ތާކަށް ތަދުވާ ކަމަށް އެއްބަސް ނުވުމުން، މާ ގިނައިރު މަޑު ނުކޮށް ދިޔައީއެވެ. އަހަރެންނަށް ރަނގަޅެވެ.
“ކޮބާ ދޮންބެ؟ އަސްލު ކިހިނެއްތަ ވީ؟” އީންގެ އަނގަފެޅީ އެހެން މީހުން ދިޔައީމައެވެ.
“ލުވެއިޒް ވާނީ….. މިހާރު ޕެރިސްގަ ކަންނޭންގެ. މަ ނުދަން އެކޮޅަކަށް.. އެއްކޮށް މި އުޅުނީ، އީން ނުފެނިގެނެއްނު..” ހަމަ ޙަޤީގަތުގަވެސް ލުވެއިޒް ހަނީމޫނަށް ފުރި ކަމެއްވެސް އަދި ނުފުރާކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ.
“އަސްލުތަ؟ ކީތްވެ ބެސްޓީ ވެޑިންގަ ނުހުރެ މަ….” އެލީނާގެ ހިތަށްއެރީ ކޯޗެއްކަމެއް ނޭންގެއެވެ. ޖުމުލަ މެދު ތެރެއިން ހުއްޓާލީއެވެ.
“ހަމަ އެނގިހުރެ އެއްނު ތި އަހަނީ…. ލޯބި ވާތީ…” ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. އަހަރެންވެސް މިހާރު މި ނުކެރޭ ގޮތްގަނޑު ދޫކުރަން ވެއްޖެއެވެ. ކިތަންމެ އުނދަގޫ ނަމަވެސް، އެ ފުން ދެލޮލަށް ބަލައިގެން ހުރެ އަހަރެން އެ ދެލަފްޒު ބުނިއިރު، ބިން ފަޅާފައި އަޑިއަށް ދާން އުޅޭހެންވެސް ހީވެއެވެ. ހަމަ ނޭވާ ލެވެން ފެށުނީވެސް އީން އިސްދަށަށް ޖަހާލުމުންނެވެ.
“މީ ކޮންތަނެއް…. އެން އެއީ ކޮން ބައެއް.” އެލީނާ ސުވާލު ކުރީ އަހަރެން ނުވެސް ވިސްނާ ހުއްޓައެވެ. އަމިއްލަ ގަމާރުކަން ރަނގަޅަށް ހިތަށް އެރިއެވެ. އެހެން މީހުން މާ އަވަހަކަށް ގަޔަށް ބޮލަށް ހިނި އަރައިގެން އުޅޭ ބީދައިން ނިކުތީ، އެ ސުވާލު ކުރިމަތި ވާނެކަން އެނގޭތީއެވެ. އެވަރު ނުވިސްނި އަހަރެން މިތާ ހުރީއެވެ. ދެން ބުނާނެ އެއްޗެއް ދުލަށް އައިސްފިއްޔާވެސް، ރަނގަޅެވެ.
“ތި ހުރެވެނީ ސަފާރީއެއްގަ….. އީން… ތަނަކަށް ތަދުވަނީތަ؟” އަހަރެން، ވާހަކަ އޮޅުވަން ދަސްކުރީ އަހަރެންގެ ލުވެއިޒް ކައިރިންނެވެ. އެކަމަކު އެހުނު އެއްޗެއް އެހުނީ، ވާހަކަ އޮުޅުވާލުމުގެ ގަސްތުގައެއް ނޫނެވެ. އީންގެ މޫނު މަތިން ދާތިކިތަކެއް ފާޅުވާން ހުރުމާއެކު، ވަރުބަލި ކަން ފެންނާތީއެވެ.
“ނޯ… މިހާރު އޯކޭ… ޖަސްޓް ކުޑަކުޑަކޮށް….” އަރިކަށީގައި އަތް އަޅާލަމުން އެލީނާ ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެންގެ ދެތުންފަތް މަޑުން ނުހުރެ ފޭވެލިއެވެ. އެއީ އަބަދުވެސް އޮޓޯ އިން ވާކަމެކެވެ. ކޮންޓްރޯލް ކުރަން އުޅުނަސް ނުހުއްޓުވޭނެއެވެ. ރަނގަޅުވާނީ އަޅާނުލިއްޔާއެވެ.
“ހިނގާ ބޭރަށް… މާލެއަށްވެސް ދާން ޖެހޭނެއްނު…” ވިސްނާލާނެ ވަގުތުކޮޅެއް ލިބުމުން އަހަރެން ބުނެލީމެވެ. މިއީ ކޮން ތަނެއްކަން އަހަރެންނަށް ބުނެވިއްޖެއެވެ. ބާކީ މަސައްކަތް އޮންނާނީ އެހެން މީހުންނަށެވެ.
“ހޭ… ޔޫ އޯކޭ…” ރިފާޝާ ގޯހީ ހަމައެކަނި އަހަރެންނަށެވެ. އެލީނާ ފެންނަ އިރަށް ޝަރާއާއި ދެމީހުން އައިސް ގެންގޮސް، ސޯފާގައި ބައިންދާފައި، ގޮސް ދުރިގައި އިށީނެވެ. ރީތި ވީމަ، ފިރިހެން ކުދިން ނޫނަސް، ލޯބި ވަނީއެވެ. އީންއެވެ. މިހާރު އެބަ ކުޑަކޮށް ހަސަދަވެރިވެސް އެބަވެއެވެ.
އަހަރެން ގޮސް އިށީނީ، އެލީނާއާއި ޖެހިގެންނެވެ. ހަމަ އެއާއެކު، އެލީނާ، އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. އެކަމަކު ހަމައެކަނި އަހަރެންނަށް އިވޭ ވަރަށެވެ.
“އެއީ ޝަރާ…. ރިފާޝާ….. އެން އަޔާޒް… ޔުއާ ޅިޔަންބެ..” އަހަރެން އިޝާރާތް ކުރަމުން ފަށްޗަކަށް އަމުނާލީމެވެ.
“ޅިޔަންބެ؟” ނޭންގިގެންވެސް، އިތުރަށް އެ މައުލޫއަށް ދާކަށް ނުޖެހުނެވެ. އެލީނާއަށް ޝައިޤުވެރިވެވުނީ، އަޔާޒްއާ މެދުއެވެ. އަހަރެން ޅިޔަންބެޔޭ ބުނުމުން، އަދި ނިކަން ރީތިކޮށް އެއްކޮލަށް ހީިއެވެ. ހަމަ ވަރަށްވުރެން ފޮނީއެވެ.
“ހްމްމް… ޅިޔަންބެ..” ދެންވެސް ވާހަކަ ދެއްކީ އަހަރެންނެވެ. ރިފާޝާ މަޑުމަޑުން، އަޔާޒްގެ ބުރިކަށީގައި ޖަހާލީ، ބައިވެރި ވެލުމަށެވެ.
“މަ ހީކުރީ، ޕަރޓީއަށް ގެނައި، ޕްލޭޔަރ އެއްކަމަށް.. އޭސް ޔޫޝުއަލް….” އެލީނާ ވާހަކަދެއްކި އިރު، އަޔާޒް ރުޅި އަންނާނެ ވަރު ނުދަންނަނީކަން ޔަގީނެވެ. އަންނަ ރުޅީގައި އަޔާޒް، އީން ރޮލާ ކާވެސް ލަފާނެއެވެ. އަޔާޒްއަށް ލިބިފަ ހުރީ ވަރެއްގެ އެލީޒާއެކެވެ. މި އެލީނާއާއި އެލީޒާ، ހަމަ ފިރިހެނުންނަށް ފަންޑިތަ ހަދަނީއެވެ.
“ލަދު ކުޑަ… އަމިއްލަ ދައްތަޔާ ދިމާއަށް ކިޔާ އެއްޗިހި ތިހުރީ… އަބަދު ގޭމްސް ކުޅޭކަށް ލީޒްއެއްވެސް ނޫޅެޔޭ… ކައެ ހުރެބަލަ މާޒިންވެސް އެކްސެޕްޓް ނުކުރަން..” ހަމަ އަހަރެންނާއި ނުބެހިލާ އަޔާޒްއަށް ކެތް ނުވަނީއެވެ.
………………
ވާހަކަޔާ ސަކަރާތް ޖެހުމުގައި ދުވަސް ދުއްވާލުމަށް ފަހު، އަހަރެންގެ އެދުމުގެ މަތިން، އަހަރެންނާއި އެކު، އެލީނާ މާލެ ދާން ފުރިވެ. ލޯންޗްގައި، އަހަރެން ވަރަށް ސާފުކޮށް، ކަންތައް ކުރަން ޖެހޭނެ ގޮތް ކިޔައިދިނީމެވެ. އެއްވެސް މީހަކަށް އަދި ނޭންގޭނެ ކަމާއި، ބުނާނީ ހަމައެކަނި، އެލީޒާ ކައިރީ ކަމެވެ. އެގޮތަށް އީން އެއްބަސް ވީ އެތަށް އާދޭހެއް ކޮށްގެންނެވެ.
އަހަރެން ނަމަ އިޚްތިޔާރު ކުރާނީ، ލުވެއިޒް ކައިރީ ބުނާށެވެ. ނަމަވެސް އަޔާޒް އެދުނީ، އެލީޒާ ކައިރީ ބުނާށެވެ. އީންއަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ހުރުމުން ކޮންމެވެސް މީހެއް ކައިރީ، ބުނަން ޖެހޭނެތީއެވެ. އަނެއްކޮޅުން، ލުވެއިޒް އަލަތު ކައިވެންޏައިގެން ބިޒީ ވާނެތާއެވެ.
ބަނދަރު މަތީގައި ހިނގާލާފައި އަހަރެމެން ދިޔައީ، އެލީނާގެ ގެއަށެވެ. ގެއަށް ވަނުމުގެ ކުރިން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބީމެވެ.
“ބަލައިގެން އުޅޭތި.. ތަނަކަށް ތަދު ވަންޏާ ބުނާތި… އެން، ދެން މަ ދޫކޮށްފަ އެހެން ނުދާތި..” އަހަރެންނަށް ދޭން ޖެހުނީ ނަސޭހަތެވެ. ދެން ބަޔަކު އީންއަށް ގޮތެއްހަދައިފިއްޔާ، އަހަރެންނަށް ކޮންމެ ފަދަ ގޮތެރއްވެސް ވެދާނެއެވެ. ކުޑަ އިރުކޮޅަކަށް ގެއްލުމުންވެސް އަހަރެން އުޅުނީ ހާދަ ހާލެއްގައެވެ.
“އޯކޭ އޯކޭ.” ދޮރާ ދިމާއަށް ދަމުން އެލީނާ ބުނެލިއެވެ.
“އޯހް އަދި ތޭންކްސް..” ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް އެނބުރެމުން، އެލީނާ ބުނެލިއެވެ.
“އެންޑް….. ތޭންކްސްގެ ފަހު އަކުރުގެ ކުރިއަށް ވައި އީ..” ބުނެވުނު ކަމެއް ނޭންގި އެތެރެއަށް ވަދެ، އަވަސް އަވަހަށް ދޮރު ޖަހާލިއެވެ. އަހަރެންގެ މޫނަށެވެ.
ތޭންކްސްގެ ފަހު އަކުރުގެ ކުރިއަށް ވައި އީ އޯއެވެ. އޭގެ މާނަ އަކީ ވައިއީއެސް އެވެ. އެދެން ކޯޗެއްހެއްޔެވެ. ނަފްސާ ވާހަކަ ދައްކަމުން، އަޅާލި ފިޔަވަޅާއެކު، އަހަރެން އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އީން ބުނީ، ވައިއީއެސްހެއްޔެވެ. އެބުނީ ޔެސް އޭ ހެއްޔެވެ. ނޫނެކެވެ. ނޫނެކެވެ. މިހެނެއްނުވާނެއެވެ. ހިތް ތެޅިގަތީ އޮބި ނޯންނަވަރަށެވެ. ދެވުނީ ދޮރާއި ދިމާއަށެވެ. ނަމަވެސް ނަސީބަކުން، ހުޅުވުމުގެ ކުރިން ހަތްވަނަ ހިއްސު މަސައްކަތް ކުރަން ފެށިއެވެ. މިރެޔަކު ދެން އެލީނާއާ ކުރިމަތި ލާހާ ހިތްވަރެއް ނެތެވެ.
………….
ބޭނުން ވީ ކޮޓަރިއަށް ގޮސް، އަރާމުކޮށް ނިދާލާށެވެ. އީން ހުވަފެން ބަލާލާށެވެ. ނަމަވެސް އަހަރެން ދިޔައީ ބަނދަރަށެވެ. އަދި، ނުނިންމާ ކަމެއް އޮތީމާ، އެކަން ނިންމާލާށެވެ. އަހަރެން ދިޔައިރު، ރިފާޝާ، އިންތިޒާރުގައި ހުއްޓެވެ. ލޯންޗުވެސް އޮތީ ރެޑީކޮށްފައެވެ.
އަހަރެން ފެނުމުން، ރިފާޝާ، ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެންވެސް އޭގެ ބަދަލު، ހިނިތުންވުމަކުން ދިނީމެވެ. އަޔާޒް އެއްބަސް ނުވިއަސް އަހަރެމެން، މިކަން ކުރާނަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.




Yey me first dhw..kiyaafa comment eh kohlaaanan
Alheyy???…Mi part vec hama v v obi enge..Vvv furihama???❤❤❤???…So curious to read next…Lysm dearrr
Owh. Thankss jiji. Insha Allah miadhu mendhuru submit kuraanan
Monsta!!umm….. I’m just word less. ???
hehe thanksss. Insha Allah varah avahah kiyaalan libeyne. ??
Alhey maaxin aa rifaashaa aa dhe meehun anekkaa keekuran tha e ulhenee….een e falhu rashah gendhiyaee konbaehtha tha…. anyway story is getting more interesting…. want to know what is going to happen next…. please avahah up kohdhey thi ingey…
Hehe. Next ep ga thi suvaalu thahh javaabu libeyne. Miadhu schl in gossa submit kurann kamahh. Hehe. Thanksss ingeyy ??
Seems like monster is experiencing it a lot… Varah bitting story eh… Anyways vvvvv salhi ???
Alhe. Friendu ves kiyaakahala ehchihi dhww. Monsta nulaahiku bas ahameyy. Ehn noonas dhn Xin ehh nulibeyne dhww emmennakahh ????
THANKSSS
Mi bai kurinves ebaoiy up kohfa
Yea… Nubai font akun othyma.
Thanks v bodah…..v reethi mi part vx???
Thank you ☺️☺️.
First I thought 22 jehifa iny olhigen kamah.. vrh ufalun kiyan feshi iru kurin ves in bai hama… Monstaaaaaa… Anyway, vrh salhi hama as usual.. aneh bai avas kohdhehcheyyyy
Hehe… Eii first 22 nubai font in othyma… Insha Allah miadhu up kuraanan 23
THANKSSS
Kurin up kuri bai mee…….??? ??
Kurin up kuri 22 othy varah undhagoo gothakhhnu….nd baehh kudhinnahh load nuvey.. ehenvyma Alun up kury…..
Woww?????? varah reethi mi part ves….whn is next part monsta???? Luv ur story so much ???
Thankssss….. ☺️☺️☺️ Insha Allah miadhu monies irakun up kohlaanan
Monsta use kuraa app eh bunefaanan?…
Wanna tlk yuh prvt koh??
ummm… messenger.. ? Insta…. 😀 🙂 😉 hehe… jiji kochisseh use kuranyy… 🙂 🙂 😉
Eyeh use nukuran..Hangouts Nd mail use kurany…Sis plc hangouts usekohba…Beynumey tlk kohlann…
Dhefaiga hifaafa aadheys kuryma noonekey nubunahchey??
Hey monstaa. Mi part vx hama obiness to the max.. wow. Hama bunaane ehchei neynge. Furathama heekuree ohigen 22 jehee kamah. But kiyan fesheema ingijje hama ehbaeh kan.ok waiting 4 next..
owhh hehe… eii kurin part othii hadi font inn ehhnu… mihaaru 23 submit kohhfin Insha Allah varah avahah kiyaalan libeyne… Thankss so muchh 🙂 🙂
monstaa how old are you??
bunanbeynyn nooneeaamunnubunyas ok
hehe adhi fourteenn… but omw to 15.. hehe lol… 🙂 🙂 Thankkss for readingg it ingeyy.. 🙂
I’m also 14 ????
ohh.. then cheers… 😉
Kobaa tha
pendinn
Monsta adhi ves pendinn ga tha???
Kobaa kobaa vaahaka kobaa
Kobaatha
??????????????????