Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)

Yaas4 Level 110 Stories
July 13, 2019 3 Mins Read
13 Comments

އަހަރެން އެނބުރި އަންނާނަން! (15 ވަނަ ބަޔާއިގުޅޭ..)

ބޭބެ ޑިއުޓީގައި ވީ ދުވަހެކެވެ. ތުއްތަ ގޮވައިގެން ސްކޭން ކުރަން ހޮސްޕިޓަލަށް ގޮސް ސްކޭން ރޫމް ކައިރީ އަހަރެންނާއި ތުއްތަ އިނީމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ ޒައިދާން ކުޑަ ބޭބީއެއް ގޮވައިގެން ވެކްސިން ރޫމުން ނިކުތްތަނެވެ. ކައިރީގައި ޝިފޫ ހުއްޓެވެ. ޒައިދާންއަށްވެސް އަހަރެން ފެނުނެވެ. ޝިފޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. ޝިފޫ ވިހެއީތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އެންމެ ފެންނަން ބޭނުން ނުވާ މަންޒަރުވެސް އެންމެފަހުން އަހަރެންނަށް ފެނި ނިމުނީއެވެ. އަހަރެންގެ ހިތަށް ތަދެއް އިޙްޞާޞް ކުރެވުނެވެ. އެހެނަސް އަހަރެން އެ ތަދުވެސް އެގަޑީގައި ތަޙައްމަލް ކުރީމެވެ. އަހަރެން މިހާރު އެފަދަ ކަންތައްތަކުގައި ރުއިމަކީ ބޭކާރު ކަމެއްކަމުގައި އަހަރެންގެ ޒަމީރަށް އަހަރެންް ވިސްނާދިނީމެވެ.

+++++++++++++++++

އަހަރެން އެނބުރި އަންނާނަން (16 ވަނަ ބައި – ފަހުބައި)

އެރޭ އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ޒައިދާންގެ ހަނދާންތައް އަހަރެންނަށް އުނދަގޫ ކުރިއެވެ. އަހަރެން އެވާހަކަ ތުއްތަ ގާތުބުނީމެވެ. އެކަމާއި އެހާބޮޑަށް ނުވިސްނުމަށާއި، ކުރިމަގާމެދު ވިސްނުމަށް އަހަރެންނަށް ތުއްތަ އިރްޝާދު ދިނެވެ.

+++++++++++++++

ޖެހިގެން އައި ސެޝަންގައި، ތެރަޕިސްޓްގާތުވެސް އެވާހަކަ ބުނީމެވެ. މީހުންދެކެ ރުޅިއައިސްގެން މީހުންނާއި ވާހަކަ ނުދައްކާ ހުރުމަކީ އަހަރެންގެ މިޒާޖުގައި ހުންނަ ކަންކަން ކަމުގައިނުވާތީ، އަހަރެންގެ ގައިގައި ނެތްކަމެއް، އަހަރެންގެ ގައިގައި އަށަގެންނެވުމަށްް މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ ނަފްސަށް އިތުރަށް އުނދަގޫވާނެކަމަށްވެސް ތެރަޕިސްޓް އަހަރެންގާތު ބުންޏެވެ. ފުންކޮށް ވިސްނާލިއިރު، އެއީ ތެދެއްކަން އަހަރެންނަށްވެސް ޤަބޫލުކުރެވުނެވެ. އޭރު އަހަރެންނަށް ނޭނގި ނަމަވެސް މަސައްކަތް ކުރެވެމުން އައީ، އެހެންމީހަކަށް ވުމަށެެވެ.

ތެދަށް ބުނާނަމަ، ތުއްތަގެ އިރުޝާދާއި، ‘ނުފޫޒު’ ގެ ސަބަބުންނެވެ.

6 ހަފްތާގެ ތެރަޕީއަށްފަހު، އަހަރެން ކުރިއަށްވުރެ ވަރަށްބޮޑުތަން ރަނގަޅުވިއެވެ. އެހެނަސް، އަދިވެސް ޒައިދާންގެ ކަންތަކަށް ‘ކްލޯޝަރ’ އެއް ނާންނާތީ، ހިތަށް ހިތްހަމަ ޖެހުމެއްް ލިބުމުކަމުގެ އިޙްޞާޞްއެއް ނުކުރެވެއެވެ.

ތެރަޕީވެސް ނިމުމާއެކު، އަހަރެން ވަޒީފާއަކަށް ދާން ބޭނުންވާ ވާހަކަ، ބޭބެ އާއި ތުއްތަ އަދި މަންމަ ގާތުވެސް ބުނީމެވެ. އެ އެންމެންވެސް އަހަރެން ވަޒީފާއަށް ދިޔުމަކާއި ދެކޮޅެއް ނޫނެވެ. އެހެނަސް، ރިޒޯޓް ވަޒީފާއަށް ދިޔުމަށް މަންމަ އެހާ ޤަބޫލު ނޫން ކަމުގައި ބުންޏެވެ. ބޭބެ އާއި ތުއްތަ، މަންމައަށް ‘ކޮންވިސް’ ކޮށްދިނުމުން، މަންމަވެސް ފަހުން އެކަމަކާ މާބޮޑުމައްސަލައެެއް ނުޖައްސައެެވެ.

އަހަރެން ރިޒޯޓަކަށް ދިޔުމަށް ނިންމީ، ޕޭސްޓްރީ ޝެފެއްގެ ވަޒީފާއަކަށް ދިޔުމަށެެވެ. ރައްޓެއްސެއް މެދުވެރިކޮށް ލިބިފައި އިން ވަޒީފާއެއް ގެެއްލުވާނުލާން ވެގެންނެވެ. ވަޒީފާއަކަށް ދިޔުމުން އަހަރެންގެ މާހައުލު ބަދަލުވެ، އާމްދަނީއެއްވެސް ލިބޭނެތީއެވެ. އަދި ތުއްތަ ވިހަން ވާއިރަށް ކޮންމެވެސް ވަރަކަށް ‘ސޭވް’ ވެސް ކޮށްލަން ބޭނުން ވާތީއާއި، މަންމައަށްވެސް މާލީގޮތުން އެހީތެރިވެދިނުމުގެ ބޭނުމުގައެވެ.

+++++++++++++++

އޭގެ ދިހަވަރަކަށް ދުވަސްފަހުން އަހަރެން ވަޒީފާއަށް ފުރީމެވެ. މުޅިން ތަފާތު މާހައުލެކެވެ. މާހައުލަށާއި އާ ވަޒީފާއަށް ހޭނެން ވަގުތުކޮޅެއް ނެގިއެވެ. އެކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ރަގަޅެވެ. ޕޭސްޓްރީ ޝެފަކަށްވުން އެއީ އަހަރެން އަބަދުވެސް ކުރަން ބޭނުންވިކަމެކެވެ. ރިސޯޓުގައި ލިބޭ ހުސްވަގުތު އަހަރެން އެހެން މުވައްޒަފުންނާއެކު ކުޅެ ހަދަމެވެ. މާލެއާއި ކައިރި ރިސޯޓެއްކަމުން، މާލެ އާދެވޭލެއްވެސް މަދެއްނޫނެވެ. އެކަމާވެސް އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ރިސޯޓުގައި އަހަރެންނާއި އެންމެ ގާތްކޮށް އުޅެނީ ފިލިޕީންސް މުވައްޒަފެއް ކަމުގައިވާ ‘ރޯސާ’ އެވެ. ރޯސާ އުޅެނީ ފްރަންޓް އޮފީހުގައެވެ. ޑިއުޓީ ނިންމާފައި އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ރޯސާއާއި އެކުއެވެ. ރޯސާއަކީ ވެސް ކުރިން ޑިޕްރެޝަން ގެ ބަލި ތަޙައްމަލު ކޮށްފައިވާ މީހެއްކަމުން، އޭނާވީ، އަހަރެންގެ އޭރު ތަޙަންމަލް ކުރަމުން ދިޔަ ކަންކަން ‘އަންޑަސްޓޭންޑް’ ވި އެކަކަށެވެ. އެއީ، އަހަރެން ކަހަލަ ‘ރިކަވަރ’ ވުމަށް މަސައްކަތް ކުރަމުން އަންނަ މީހަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި އަހަރެން ދެކުނީމެވެ.

++++++++++++++++++

ވަޒީފާގައި މަހެއް ހޭދަވެއްޖެއެވެ. އަހަރެންނަށް ދީފައިހުރި ބޭސް ހުސްވެއްޖެއެވެ. އަހަރެންގެ ތެރަޕީތައް ވެސް ނިމިފައިވާތީ، އިތުރަށް ތެރަޕީ ދެން ނުނަގާ ފަރުޖެހޭނެ ކަމުގެ އުއްމީދު އަހަރެންނަށް އޮތެވެ. އެހެނަސް ޒައިދާންއާއި ޝިފޫއާއި ވާހަކަ ދައްކަން އަހަރެން ނިންމީމެވެ. ކޮންމެހެން ޒައިދާންގެ ޙަޔާތަށް އަނބުރާ ދިޔުމުގެ ބޭނުމުގައެެއް ނޫނެވެ. ފަހުން ޒައިދާން އެވަރަށް އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތް ކުރި އިރުވެސް އަހަރެން ޒައިދާންގެ ފޯނަށް ޖަވާބު ނުދިން ސަބަބާއި، މިހާތަނަށް ކަންތައްވީ ގޮތް ޒައިދާންއަށް ކިޔައިދިނުމަށެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޝިފޫ އަދި ޒައިދާންއާއި އިންނަން ބޭނުންވިނަމަވެސް، ޒައިދާން އެކަން ކުރަން ބޭނުން ނުވާހާ ހިނދަކު އެކަމެއް ކުރިއަކަށް ނުދާނެއެވެ. ދޮށީ ޢުމުރުގެ މީހުން ބުނާފަދައިން ‘އެއް އަތް ތެޅިއަކަސް އަޑެއް ނުކިޔާނެ’ ތާއެވެ. ވީމާ، ކޮންމެހެން ޝިފޫ އެކަނި މީގައި ކުއްވެރިކޮށް، އެކަމުން އަރާ ނުގަނެވިގެން އުޅެން އަހަރެން ނުޖެހޭ ކަމުގައި އަހަރެން ދެކުނީމެވެ.

++++++++++++++++++

އަހަރެން އޮފް ދުވަހަށް މާލެ އައިސް، ޒައިދާންއަށް މެސެޖެއްކޮށް ދިމާވެލަން ބޭނުންވާކަމަށް ބުނީމެވެ. އަދި ޒައިދާންވެސް ދިމާވާން އަންނާނެކަމުގައި ބުންޏެވެ. ހުޅުމާލޭގެ ބީޗްގެ ހިތްފަސޭހަ މާހައުލުން އަހަރެން ޒައިދާންއާއި ބައްދަލުކުރީމެވެ.

” ޒައިދާން.. ކިހިނެތް..!” އަހަރެން ފެށީމެވެ.

“ރަނގަޅު ދޯ ދެން..! ޒައިދާން ބުންޏެެވެ.

“ތޭންކްސް އިނގޭ އައިސްދިނީމަ..! ޒައިދާންގެ ފޯނުތަކަށްވެސް ޖަވާބު ނުދެވުނީމަ، އޭރު ކަންތައް ހިނގާދިޔަގޮތް ޒައިދާންއަށް ކިޔާލަދީ، އަސްލު މީތި ‘ކްލޯސް’ ކޮށްލަން ބޭނުންވަނީ..!

މިހެން ބުނުމަށްފަހު، އަހަރެން މެލޭޝިޔާއިން ފުރައިގެން މާލެ އައި ދުވަހުން ފެށިގެން އެދުވަހާއި ހަމައަށް، ކަންތައް ހިނގާ ދިޔަ ހުރިހާކަމެއް އަހަރެން ޒައިދާންއަށް ކިޔައިދިނީމެވެ.

އަހަރެންގެ ވާހަކަތައް އަޑު އަހާފައި، ޒައިދާން ވަރަށް ދެރަވިކަމުގައި ބުންޏެވެ.

އެހެނަސް، އަހަރެން އެވާހަކަތައް ޒައިދާން ގާތު ދެއްކީކީ ޒައިދާންގެ ‘ސިމްޕަތީ’ ހޯދުމަށް ނޫންކަމަށާއި، ރައްޓެހިވެގެން އުޅެ ކައިވެންޏެއްވެސް ކޮށްފައިތިބި ދެމީހުންނަށްވާތީ، ރުޅިހަދާފައި އެހެން ހުންނަން ބޭނުން ނުވާތީ، ކަމުގައި ވެސް އަހަރެން ބުނީމެވެ. އަދި އަހަރެން ‘ މޫވް އޯން’ ކުރި ވާހަކަވެސް އަހަރެން ބުނީމެވެ.

ޒައިދާންގެ ވާހަކަތަކުން ޒައިދާން އަދި ޝިފޫއާއި ކައިވެނި ނުކުރާކަމާއި، އޭރުވެސް އިފާ ދޫކޮށްލަން ބޭނުން ނުވާކަމުގައި ބުންޏެެވެ. ދެން އެވާހަކަ ދެއްކުމުގެ މާނައެއް ނެތްކަމާއި، އެއްވެސް މީހަކާއި ދެއަތްބައް އިންނަން ވިސްނާފައި ނުވާނެ ކަމާއި، އެއްވެސް މީހެއްގެ ދޮށީއަތްބެއްގެ ގޮތަށްވެސް އިންނަން ވިސްނާފަނުވާނެތީ، އެއިރު އެ ނޫން އެހެން ޑިޒިޝަން އެއް ނެގެން ނެތީކަމުގައި އަހަރެން ބުނީމެވެ. އަދި ކުރިންވެސް ވިސްނާފައި އިންފަދައިން، ޝިފޫއާއި އެކު ދެން ކުރިއަށް ދިޔުމުގައި އަހަރެންގެ އެއްވެސް މައްސަލައެއްވެސް ނެތްކަމަށާއި، ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތްކަމުގައި ބުނީމެވެ. އެއީ މީހުންދެކެ ރުޅިއައިސްގެން ހުރުމަކީ އަހަރެންގެ މިޒާޖުގައި ހުންނަކަމެއް ނޫން ކަމެއްވީމަކަމުގައި ބުނީމެވެ.

އެދުވަހުގެ ބައްދަލުވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަހަރެންނަށް ދުވަހަކުވެސް ކުރެވޭނެކަމަށް ހީނުކުރާކަމެއް ކޮށްނިންމާލެވުނީތީއެވެ. އެއްވެސް ވަރަކަށް ދެރަ ނުވެއެވެ. ޙަޔާތުގައި އެ ދިމާވި ކަންތައް ފުރަތަމަ ފަހަރަށް އަހަރެންނަށް ‘އެކްސެޕްޓް’ ކުރެވުނެވެ. ތެރަޕިސްޓް ވިދާޅުވި ފަދައިން އަހަރެންގެ ހިތަށް ‘ތަސައްލީ’ އެއް ލިބުނެެވެ. ޒައިދާން އާއި އަަހަރެންގެ ‘ޗެޕްޓަރ’ ނިމުނުކަމުގެ ޔަޤީންކަން އަހަރެންނަށް ލިބުނީމައެވެ.

++++++++++++++++++

އޭގެ 10 މަސް ފަހެވެ.

މިހާރު އަހަރެންނަކީ، ކުރީގެ އިފާ އެއް ނޫނެވެ. ތަފާތު އިފާ އެކެވެ. ވިސްނުންވެސް ތަފާތެވެ. ‘އެބިއުޒް’ އާއި މުޅިން ދެކޮޅެވެ. ‘ޑިޕްރެޝަން ސަޕޯޓް ގްރޫޕް’ އެއްގައިވެސް އަހަރެން މަސައްކަތް ކުރަމެވެ. އަހަރެންގެ ތަޖްރިބާ، ޑިޕްރެޝަން ތަޙައްމަލް ކުރަމުންދާ މީހުންނާއި ޙިއްސާ ކުރަމެވެ. އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުވެސް އުފުލަމެވެ. އަންހެނުން ބާރުވެރިކުރުމާއި، އަންހެނުން ފިރިހެނުންނަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ގޮވާލާ، ހިލޭ ސާބަހަށް ކުރެވޭ ގިނަ ކަންކަމުގައި، ވަގުތު ވީވަރަކުން އަހަރެން ބައިވެރިވެ، އަޑު އުފުލަމެވެ. އަފްސަލް އާއި ޒައިދާން އަަހަރެން މި ހުރިހާ ކަމަކަށް ހޭލުންތެރިކުރުވައިފިއެވެ. އެމީހުންނާއި ދިމާވެ އެ ހުރިހާ ތަޖްރިބާއެއް ކުރަން ނުޖެހުނުނަމަ، އަދިވެސް އަހަރެން ހުރީހީ ހަމަ ކުރީގެ އިފާގެ ގޮތުގައެވެ.

އަދިވެސް އަހަރެންމީ ހަމަ އެ ރިސޯޓްގެ އެއް ޕޭސްޓްރީ ޝެފެވެ. ކުޑަކުޑަ ލޯބި ލޯބި ‘ނީޒް’ އެއްގެ ‘ދޮންތަ’ އެވެ. އާ އެކެެވެ. ‘ރިމްކޮ’ އަކީ މިހާރު އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އަަހަރެން އެނބުރި އައީއެވެ. ކުރިއަށްވުރެ ‘ސްޓްރޯންގް’، ކުރިއަށް ވުރެ ‘ހިތްވަރުގަދަ’ އަދި ކުރިއަށްވުރެ ‘އިންޑިޕެންޑެންޓް’ މީހެއްގެ ގޮތުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Yaas4

Level 110 Stories

Student Abroad | Writing stories out of the hectic schedule to improve Dhivehi writing skills :-D and of-course for the Readers sake!! XoXo

Other Articles

Previous

ހިތްވެސް ދިނީމޭ 3

Next

ދުޝްމަން – 7

Next
July 13, 2019

ދުޝްމަން – 7

Previews
July 13, 2019

ހިތްވެސް ދިނީމޭ 3

13 Comments!

  1. Dhonthy says:
    July 13, 2019 at 4:30 am

    First time commenting to this story??Ekam hama up kuraavarakau kiyan mi story???Mi vaahakaige konme part evves hama vv reethi ingey????Vvvv loabi konme part evves..Dhonthi ummeedhukuranee yaas4 ge faraathun mikahala reethi loabi loabi ehen vaahaka eiy fenigen dhaane kamau inge???????Take care❤❤❤And love you so much?????

    1. Yaas4 says:
      July 14, 2019 at 12:32 am

      Thank you so much @Dhonthy.. varah ufaavejje thi comment kiyafa.. mee Yaas4 ge mikahala very first series.. V ufaavejje mi vahaka Dhonthy ah reethi v ma.. Inshallah time vaavarakun liyeveytho balanan.. Thank you so much.. love you too Xoxo 🙂

  2. Naff says:
    July 13, 2019 at 9:34 am

    Wow… Masha Allah.. vr vr vr vr vr vr rythi.. neii Hama bunaane ehcheh vs.. ??????????? yaas4 faraathun adhivs mikahala vaahaka thah fennaane kamah unmeedhu kuran.. waiting for your next story.. I am a big fan of you..♥️♥️?♥️?♥️?♥️?♥️♥️?♥️??♥️??♥️?♥️?♥️?♥️?♥️?

    1. Yaas4 says:
      July 14, 2019 at 5:38 pm

      Naff: Thank you sooooooo much.. this means soooo much to me.. kuri magu gaives time vaavarakun liyaanan..thigothah Naff men thibiyyaa,. very happy to know that you are one of my huge #fans …Much love XoXo:)

  3. Girl says:
    July 13, 2019 at 9:41 am

    Who is neez and rimko??

    1. Yaas4 says:
      July 14, 2019 at 12:33 am

      @Girl… Rimko is Ifa’s Niece (Ifa Thutha’ Ina’s daughter) 🙂 XoXo

  4. shush says:
    July 13, 2019 at 4:27 pm

    mi vaaahakain dheyhavi ehchakee dhemafiriehgge dhiriulhumuga kithanmme loabin ulhunu kamuga viyas , dhe meehun dheythereyga inna understanding nethiyya ei varah veyn huri gothakah nimigendhaane relation eh kan. aslu hageegathuga mivaahakaiga mi hingaafa in haadhisaa akee dhemeehun ekaku anekakaa vaahaka dhahkkaigen sort out kurevidhaane kameh , al hamdhlillah me and my husband got that understanding in between . ma sha allah <3

    1. Yaas4 says:
      July 14, 2019 at 12:35 am

      Shush.. you are correct!… Happy to know that.. All the best to you & Husband! 🙂 XoXo

  5. Luc!f3r says:
    July 16, 2019 at 12:01 am

    Will try to read the whole story soon and comment on it.. Hopefully will have a sleepless night soon.. Will read this story ereakun..

    1. Yaas4 says:
      July 19, 2019 at 1:18 am

      @Luc!f3r : Thank you!.. read and do comment ingey.. XoXo

  6. keydee says:
    July 17, 2019 at 1:28 am

    vaahaka reethi.hunaru ebahuri .ekamu next time vaahakaige cover pic aa medhu kudakoh rethink kohlahche.. 🙂 cox ,,,,,I dnt knw.

  7. Naff says:
    July 18, 2019 at 7:45 pm

    u r most welcome dear… yes i will always support for you.. 🙂 🙂 vr vr vr vr vr vr vr vr beynun dear ge story eh kiyaalan.. plxxxxxxxxxxxx kuru vaahaaka eh namavs genes dhyba.. 🙁 🙁 🙁 nd dhn faharakun vaahaka liyanyaa cover pic aa medhu visnaalahchey.. ingey.. much more luv from me dear.. 🙂 🙂 🙂 😉

  8. Yaas4 says:
    July 19, 2019 at 1:24 am

    Vahakaige cover photo ga ulhey massala adhi ehaa bodakah saafeh nuvey.. but e photo choose kuri goi bunala dheynan..eyga visnafa eydhee aslu varah ‘independent, strong character’ eh ge girl eh dhakkafa.. laafa e inee office attire eh .. vahakaiga ulhey ifa yaki ves buruga alhaa kujjeh noon.. so ifa ya gulhey character eh dhakkadheveytho balaifa eydhee..mi fadhah office attires akee buruga naalhaa kudhin rajjeygaves laa attires v ma masslaeh kamah nedhekevunee… mi site ga up kohfa huri gina covers ya alhaa kiya laairu odd kameh faahaga eh nuvey aslu Yaas4 akah.. but thank you for commenting.. XoXo

Comments are closed.



All Right Reserved!