ޝައިމް 5
” ކިހިނެއްވީ؟ ކޮންކަމަކާ ތިވިސްނަނީ؟؟” އެހެން ބުނުމުން ޒުބޭދާ އިރުކޮޅެއް ވަންދެން ސާފިރްއާ ދިމާބަލަހައްޓައިގެން ހުރެ ބުނާނެ އެއްޗަކާމެދު ވިސްނިއެވެ. އަދި އެއައް ފަހު ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. ” މިހާރު މުހުތާރުވެސް މަރުވެޖެ ދެން ކީއްވެ ކޮއްކޮ ގެ ސިފަ ބަދަލުނުވަނީ؟ހްމްމްމް ސާފިރް ތި އުޅެނީ އަދި ވެސް ކޮއްކޮގެ ގައިތެރޭގަ ދޯ” ސާފިރް ހީލުމަށްފަހު ބުނެލިއެވެ. “އާ. ކޮއްކޮގެ ގައިން އަދިނުނިކުންނަން” އަވަސް އަވަހަށް ޒުބޭދާ ސުވާލު ކޮއްލިއެވެ. ” ދެން ކޮން އިރަކުން ނިކުންނަނީ؟” ސާފިރް އެއްޗެކޭނުބުނެ އިސްދަށަށް ޖަހާލިއެވެ. އަދި ވާހަކަ ދަކަން ފެށިއެވެ.” ކޮއްކޮ ގައިން ސާފިރް ނިކުންނާނީ ކޮއްކޮގެ އަސްލު މަންމަ ކައިރިއަށް ދިޔައީމަ. ކޮއްކޮ ރުޅި އަޔަސް ނަޔަސް ސާފިރް މި ބުނަނީ ކޮއްކޮގެ ރަންގަޅަކައް. އަދި ބުނަންތަ ވާހަކައެށް ކޮއްކޮގެ ގައިން ސާފިރް ނުކުންނައިރު ކޮއްކޮ ލިއިގެންނާ އަޅައިގެން ހުރި ހުރިހާ އެއްޗެއް އަންދާނެ.” އެހެން ބުނުމުން ހާސް ވެފައި އަވަހަކައް ޒުބޭދާ އަހައިލިއެވެ. “އެއްވެސް އެއްޗެ ނުއަންދާނެހެން ބެހެއޮޓިދާނެތަ؟” އެހެންބުނުމައް ފަހު އަތުގައި އޮތް އަންގޮޓީ ގައި ހިފާލިއެވެ. ޖަވާބު ދޭން އަންގަ ހުޅުވައިލިތަނާހެން ކުއްލިއަކަށް ސާފިރް ގެއްލުނެވެ. އިރުކޮޅެއް ނުވެ ޒުހުރާ އައިސް ކޮޓަރިއައް ވަދުނެވެ. އަދި ވަރަށް ހާސްވެފައި ބުނެލިއެވެ.” ކާކާ ތި ވާހަކަ ދައްކަނީ. ޒުބޭ ޖިންނި މޮޔާވީތަ؟” އެހެން ބުނުމުން ޒުބޭދާ ބާރަކައް ހޭންފެށިއެވެ. ހީ ނިމުމަށް ފަހު ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. ” ދެން މަންމަ ވެސް ދޯ ދައްކާވާހަކަ ބަލާލަ. ޒުބޭ ޖިންނި މޮޔަވޭދާނެތަ؟ ޒުބޭ ބާރަށް….މި..މިއޮތް ފޮތް ކިޔާއަޑު މަންމަ އަށް ތިއިވުނީ” އެހުން ބުނުމައް ފަހު ކައިރީގައި އޮތް އިންގިރޭސި ވާހަކަ ފޮތަށް އިށާރާޔް ކޮށްލިއެވެ. އެހެން ބުނުމުން ޒުހުރާ ފުން ނޭވައެއް ލުމައް ފަހު އަނެއްފަރާތަށް އެންބުރި ކޮޓަރިން ނިކުމެ ސިޓިން ރޫމް އަށް ދިޔައެވެ. ޒުހުރާ ދިއެމުން ޒުބޭދާ އަވަސް އަވަހައް އަވަހައް ދަބަހަށާއި އަލަމާރި މަތީގައި އޮތް ފޮށި ނެގުމަށް ފަހު ހުރިހާ އެއްޗަކަށް ފުރާ ޒުބޭދާގެ ހެދުން ތައް އެޅިއެވެ.
ޒުބޭދާ ދޮރުހުޅުވުމައް ފަހު ބޭރަށް ނިކުތެވެ. ވާނޭންގި އިން ޒުހުރާށް ވާހަކަ ދައްކަން އެންގުނީ ވެސް ޒުބޭދާ ދޮރާ ހަމަ އަށް އެރުމުންނެވެ.” ޒުބޭ! ތީ ކޮންކަމެއް؟ކޮނަތާކަށް….. ދަނީ…..”ކިޔާފަ ނުކިޔާނެ އެއްޗެއް ނޭންގިގެން އުޅުމުން މެދުތެރެއިން ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. “މަންމާ! ޒުބޭ އަށް އެންގޭ ތި މަންމަ އަކީ ޒުބޭގެ އަސްލު މަންމަ ނޫން ކަން. އެއްކަލަ ދުވަހު ބުނީމެއް ނުން މީހަކު ގޮވިއޭ ޝައިމްއޭ ކިޔާފަ. އެންގޭތަ އެއާ ކާކު ކަން. އެއީ ޒުބޭ ގަޔަށް މިހާރު ލައިފަ އިން ޖިންނި. ޖިންނިއައް ކިޔަނީ ސާފިރް. މަންމަ ހިތައް އަރާފާނެ ކީއްވެބާއޭ ދޯ ޒުބޭ މަރުނުވީ….. އެންގޭތަ ކީއްވެކަމެއް؟ އެއީ ސާފިރް އަކީ މުސްލިމް ޖިންނިއެއް ވީމަ. ސާފިރް ބުނި ޒުބޭ ކައިރީ މަރާ ނުލާނަމޭ. އަދި ބުނަން މަންމައާ މުހުތާރުއާ ދެއްކި ހުރިހާ ވާހަކައެއް ވެސް އަޑުއިވުން. މުހުތާރު ބުންޏެއްނުން މިހާރު ހޭނެތިފައޭ އޮންނާނީ ޔަގީނުން ވެސް. އޭރު އަދި ހޭއެރީ…. އެހެންވީމަ މަންމައާ މުހުތާރުއާ ދެއްކި ހުރިހާ ވާހަކައެއް ވެސް އަޑު އިވުން.” އެހެން ބުނުމައް ފަހު ޒުހުރާ އާއި ދިމާ ބަލާލިއިރު ޒުހުރާ އިނީ ޖެހި ބުދެއް ހެންނެވެ. އަނެއްކާ ވެސް ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. “އަދި އިންގޭ ތި މަންމަ ކަން ޝައިމްގެ މަންމަ އާއި ބައްޕަ މަރާލީ. ޒުބޭ އައް އެންގޭ ކިިހިނެއްކަންވެސް. އަދި އެންގޭތަ މަންމަ އައް ޝައިމްގެ މަންމަ އާއި ބައްޕަ މިރުނުވާކަން އަސްލު؟” އެހެން ބުނުމައްފަހު ޒުހުރާ އާއި ދިމާ ޒުބޭދާ ބަލާލިއެވެ. ޒުހުރާ އަންގަހުޅުވުމަށް ފަހު އަންގަމަތީ އަތް އަޅާިއެވެ. ޒުބޭދާ ނިކުތެވެ. ދަނީ އޭ ބުނުމަށް ފަހުއެވެ. އޭރުވެސް ޒުހުރާ އަކަށް ހޭވެރިކަމެއް ނުވެއެވެ.
ޒުބޭދާ ސާފިރް ކިޔާދޭ މަގުތަކުން ގޮސް ވަރަށް ރީތިކޮށް ހަދާފައި ހުރި 10 ބުރީގެ އިމާރާތެއް ކައިރީ މަޑެކޮށްލިއެވެ. މުޅި އިމާރާތުގައި ވަނީ އުޑެގައި ހުންނަ ކަހަލަ ރީތި މަޑު ނޫކުލައެކެވެ. ސާފިރް އެތެރެއައް ވަދުމަށްް އިށާރަތް ހުރިއެވެ. ޒުބޭދާ ގޮސް ލިފަތަށް ފިތާލިއެވެ. ލިފްޓު އައުމުން ވަދުމާއެކު 9 އަކަށް ފިއްތާލުމަށް ސާފިރް އެދުނެވެ. 9 ވަނަ ފުލޯއައް އެރުމަށް ފަހު ބެލް ޖަހާލުމުން ޒޫވާން އަންހެން މީހެއް ކޮރު ހުޅުވިއެވެ. އެ އަންހެން މީހާ ޒުބޭދާ ދިމާ ބަލާލުމަށް ފަހު ސާފިރް އާދިމާ ވެސް ބަލާލިއެވެ. އަދި އެތެރެއަށް ވަންނަން ބުނެލިއެވެ. ގެއަށް ވަދެވުމާއެކު ގޭތެރެ އެއަކޮއް ވަށައިގެން ބަލާލުމައް ފަހު “ވާވް” އޭ މަޑުމަޑުން ބުނެލުމާއެކު ސާފިރް ހީލިއެވެ. އިރުކޮޅެއް ނުވެ އެހެން ފިރިހެން މީހެއް ވެސްވަދުނެވެ. ވާނުވާނެންގި ހުރި މި އަންހެން މީހާ އާ ސާފިރް ވާހަކަ ދައްކަން ފެށިއެވެ. ” ޝަމްހާ، ޝަމަމްހޫދް މީ ޒުބޭދާ…. އަސްލު ޒުބޭދާ އެއް ނޫން އަސްލު މީ ޝައިމް. ކޮއްކޯ މީ ކޮއްކޮގެ މަންމަ އާ ބައްޕަ” އެހެން ބުނުމުން ޝަމްހާ އާއި ޝަމްހޫދް ދެމީ ހުން ދެމީހުންނާ ދިމާ ބަލާ ލުމައް ފަހު ޒުބޭދާ އާ ދިމާ ބަލާލިއެވެ. ޒުބޭދާ އާއި ސާފިރް ގޮވައިގެން ކޮޓަރިއައް ދަމުން ޝަމޮހޫދު ކައިރީ ބޭރުގައި މަޑުކޮށް ލުމައް ބުނެފައެވެ.
އޭގެ ބައި ގަޑިއިރު ވުމައް ފަހު ކޮޓަރީން އެންމެން ނިކުތެވެ. ޝަމްހޫދް އައް އެންމެން ނިކުތުމުން މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުން އެންމެނައް ވެސް އެ އިހުސާސް ކުރެވޭ ކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


masha allah.. me first dhw.. vr vr vr rythi story.. ekam baeh faharah vaanuvaaga.. keep it up.. try to improve u r skill.. and typing mistakes.. and e hunnanynu bas bas buri vefa.. ehnnuvaane dhivehi fontah laagen liyunyma.. mihaaru thihehn evany eng fontah laafa inyma..
okey. thanks for the feedback. will try my best to improve my mistakes
Nice. But there are so many mistakes. Eg: “vadhuneve. ” Mikahala basbas ebahuri. Vedhaane thirashuga kiyaagoiy kamahves. Liyefa ithurah kiyaala. Nuny up kurunuge kurin meehehge help ves hoadhidhaane. But, u can. Never give up
Thi part is great. Keep it up.?????????????????☺☺????????????????????????????????????????
Varah salhi. Ekam O level hadhàa kuhjehge dhivehi liyun thihaa dhashiyyaa Eba Jehey improve kuran.Hee kuran mi comment aa dheytherey positive Koh visnaane kamah.
And vaguthu vaavarakun thankolheh dhigukoh liyedheefaanan tha????
Vaahaka reethi ekm mikuhjaage dhivehi fenvaru dhahkamun varah foohivey kiyan
thanks for the feedback everyone. im trying my best to improve my mistakes.??