Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ޝައިމް 4

shal Level 110 Stories
July 11, 2019 One Min Read
8 Comments

ޖެހިގެން އައިދުވަހު ބޭބެއާ އެކު ދިޔައީ ބުރިޖް އައް ދުއްވާލާށެވެ. އެއައްފަހު ގެޔަށް ދިޔަގޮތައްގޮސް އެންދައް އަރާ އޮށޯތީއެވެ. އެހެން އޮއްވާ މީހަކު ދޮރުހުޅުވާ އަޑު އިވިގެން ބަލާލިއެވެ. ޒުބޭދާގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. އެއީ ކުރިންދުވަހު ޝައިމްއޭ ކިޔާފަ ގޮވި މީހާއެވެ.

އެ މީހާ އައި ގޮތައް  އައިސް ޒެބޭދާގެ އެނދު ކައިރީ މަޑުކޮށްލިއެވެ. ޒުބޭދާ ބިރުން ފަހަތަށް ޖެހެން ފެށުމުން އެ މީހާ ވާހަކަ ދައްކަން ފެށިއެވެ،” އަޅުގަންޑަކަށް ނޭނގެ ކިޔަންވީ ނަމެއްވެސް. ޒުބޭދާ ކަމެއް ޝައިމް ކަމެއް ނޭނގެ. ސޯ އައި ވިލް ކޯލްޔޫ ކޮއްކޮ. އޯކޭ…. ކޮއްކޮ ބިރުނުގަނޭ. މީ އެއްކަލައިރު ޒުހުރާމެން ވެގެން ސިހުރު ހެދިއިރު ކޮއްކޮގެ ގަޔައްލީ ޖިންނި” އެހެންބުނުމުން ދެންހަދާންވީ އަނެއްކާވެސް ހުވަފެނުގެ މަތިންނެވެ. މުހުތާރު ބުނިގޮތުގައި ޝައިމްއަށް ހުރިހާއެއްޗެއް ހަދާންވާ ދުވަހުން އެ ޖިންނި އައިސް މަރާލާނެ ވާހަކައެވެ. އަދި އެވަގުތު ޒުހުރާ ޔޭސް އޭ ވެސް ބުނެލިއެވެ. އެހެން ހިތައް އެރުމައްފަހު ޖިންނިއާ ދިމާބަލާލީމެވެ. ޖިންނި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “މަށައް ކިޔަނީ ސާފިރް. އެކަމް އެންގޭ ކޮއްކޮ ހުރީ އެ ނުބައި މީހުންގެ ވާހަކަ އަޑު އަހަންކަންވެސް. އެ މީހުން ބުންޏެއްނު ކޮއްކޮ ހުރިހާއެއްޗެއް ހަދާންވާއިރައް ޖިންނި މަރާލާނެއޭ. އެކަމް ސާފިރް އަކީ މުސްލިމް ޖިންނިއެއް އެހެންވީމަ ކޮއްކޮ އެއް މަރައެއް ނުލާނަން. ސޯ ޑޯންޓް ބީ އެފްރައިޑް” އެހެން ބުނުމައްފަހު ހީލިއެވެ. ޒުބޭދާއަށް ނޭވައެއް ލާން ވެސް ހަދާންވީ ވެސް އަދި ކިރިޔާއެވެ.

އެހެން އިރުކޮޅެއް ވަންދެން އިނުމައްފަހު އަހާލިއެވެ.” ދެން ކިހިނެއް މި ސިހުރުން ސަލާމަތް ވެވޭނީ؟” ތުރުތުރު އަޅާ އަޑަކުން އެހެންބުނުމުން ސާފިރް ހީލުމަށްފަހު ބުންޏެވެ.” ޖެހޭނީ މުހުތާރު މަރާލަން އެހެންނޫނީ ތިކަމަކުން ސަލާމަތެއް ނުވެވޭނެ ހެން ހީވަނީ.” އެހެން ބުނުމުން އަވަސް އަވަހްށް ބުނެލިއެވެ. ” ދެން ކިހިނެއް އެމީހާ މަރާލާނީ؟” އެހެން ބުނުމުން ސާފިރް ހިނިތުން ވެލުމައްފަހު ބުނެލިއެވެ. ” އެއީ އެހާވަރުގެ ކަމެއް ނޫން. ސާއިފްގެ ރައްޓެހިން ސާފިރް އައް އެހީވަނިކޮއް އެކަން ކުރެވިދާނެ” އެހެން ބުނުމުން ޒުބޭދާ ހީލިއެވެ. އެދުވަސް ދިޔައީ ވަރަށް އާދައިގެ ގޮތަކަށެެވެ.

ޖެހިގެން އައި ދުވަހަަަަށް އިރުއެރުމާ އެކު މުޅި ރަށުގައި ވަނީ އެއް ވާހަކައެކެވެ. އޭރު އެވާހަކަ ޒުބޭދާމެން ގޭގައި ހުރި ޓީވިން ގެންނަނީއެވެ. “ވަރަށް އަނިޔާވެރި ގޮތަކައް ފަޅުގެއެއްގައި އުމުރުން 55 އަހަރުގޭޭ ޏ.ފޯއްމުލަކް މުހައްމަދު މުހުތާރު މަރާލައިފައި ވަނިކޮށް ފެނިއްޖެ.” ޓީވީ ބަލަން ތިބި ޒުހުރާ އާއި މުހައްމަދު މިސުރުހީ އަޑުއިވުމާއެކު އެދެމީހުންގެ މޫނުމަތިން ފެނުނު މަންޒަރުން ޒުބޭދާއައް ނުހެވުނީ ވެސް ކިރިޔާއެވެ. ދެމީހުން ވެސް ތިބީ އަންގަ ހުޅުވިގޮތައް ލައްޕަން ނޭންގިފަ ތިބި ދެ ބުދުހެންނެވެ.

އިރުކޮޅެއްނުވެ ސާފިރް ގެއަށް ވަދުމައްފަހު ކޮޓަރިއަށް އައުމަށް އިށާރަތް ކޮށްލިއެވެ. ޒުބޭދާ އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ސާފިރް ވަރަށް ސީރިއެސް ވެލުމަށް ފަހު ބުނެލިއެވެ. “ޒުބޭދާއައް އެެެެންްްގޭތަ ޒުބޭދާގެ މަަަަަަަަަންމަަ އާާ ބަަައްޕަ އަސްލު މަަަރުނުވާކަން؟ އަސްލު މަންމައާ ބައްޕަވީީ ގަލޮޅު ގެއެއްްްގަ. އަދި މިހާރު މަންމަ އުޅެނީ ފިހާރައެއްގަ. ބައްޕަ އުޅެނީ ބައްޕަގެ ގެ ކުއްޔަށް ދީގެން އެތަނުން ލާރި ހޯދައިގެން.” އެހެން ބުނުމުން ޒުބޭދާ އަންގަ ހުޅުވުއިގެން އަންގައިގައި އަތް އަޅާލެވުނެވެ. އެހެން ހުރުމުން ސާފިރް އަނެއްކައި ވާހަކަ ދައްކަން ފެށިއެވެ. “މަންމަ އާއި ބައްޕަ ސަލާމަތްކުރީ ކާކުކަން އެނގޭތަ؟” މަންމަ އާއި ބައްޕަ ސަލާމަތްކުރީ އަހަރެން. އެދުވަހު މަންމަ ގަޔައް ވަޅިހަރާލުމަށްފަހު ޒުހުރާ ހުރީ ގޭގެ ތަނެއްގައި ފިލާ. އެހެން ހުއްޓައި އަހަރެން ގޮސް ކޮއްކޮގެ މަންމަ ކައިރީ ގޮސް މަންމަ ކައިރީ ބިރުނުގަތުމަށް ބުނީން. މަންމަ އެހި މީ ކާކުތޯ. ސާފިރް ބުނީން މީ ޒުހުރާ ޝައިމް ގަޔައް ލާން އުޅޭ ޖިންނިއޭ. އަދި ހުރިހާއެއްޗެއް ކިޔައިދީ ނިމުން ތަނާކަހަލައިން ކޮއްކޮ ބައްޕަ އައިސް ވަދުނު ގެއަށް. އަހަރެން ހުރީން ކަންތައް ވަމުން ދިޔަގޮތް ބަލަން. އެހެން ހުރުމައްފަހު ކޮއްކޮގެ މަންމަ ވާހަކަ ދައްކަން އުޅޭހެން ހީވުމުން ސާފިރް ދުރުގަ ހުރެފައި ކޮއްކޮ މަންމައާ ދިމާއައް ހަޅޭލަވައިގަތީން. އަހަރެން ޝަމްހާ، ޝަމްހާގެ ފިރިމީހާ ޝަމްހޫދް އަދި ޝަމްހާގެ ދަރި ޝައިމް ވެސް ސަލާމަތް ކުރާނަން އެ ނުލަފާ މީހާގެ އަތްދަށުން އިރާދަ ކުރެއްވިއްޔާ ސަލާމަޔް ކުރާނަން. ބުނެނިމުމާއެކު ޒުހުރާ ގޮސް ކޮއްކޮގެ ބައްޕަ ގަޔައް ވަޅި ހަރާލި ” ސާފިރް ހުރިހާ ވާހަކައެއް ކިޔައިދީނިމުމުން ޒުބޭދާއައް ބުނެވުނެވެ. “ސޭސާންހޭ” އެހެން ބުނުމުން ފާޑަކައް ސާފިރް ބަލާލުމައްފަހު ބުނެލިއެވެ. ” ކީކޭ ތިބުނީ؟ ދިވެއްސަކުންނެއް ނޫން ދޯ ތި ބުނުއެއްޗެއް ތިބުނީ” އެހެންބުނުމުން ޒުބޫދާ ހީލުމައްފުހު ބުނެލިއެވެ. ” އޭގެ މާނައަކީ ވަޓް އިން ދަ ވޯރލްޑް އޭ……..ދެން ކިހިނެއް ވާންވީ؟” ވަރަށް ހާސްވެފައި ޒުބޭދާ އަހާލިއެވެ. އެހެން ބުނުމުން ސާފިރް ވިސްނުމުގެ ތެރޭގައި އިންދެގެން ބުނެލިއެވެ. “ދެން ގޮއްސަ ބުނަންވީނުން ޒުހުރާ ކައިރީ ކޮއްކޮއަށް ހުރިހާ އެޗެއް މިހާރު އެންގެއޭ… އެހެންނޫނީ ހުރިހާއެއްޗެއްސެއް ދަބަހަށް އަޅައިގެން ގެއިން ނިކުމެގެން މަންމަ ކައިރިއަށް ދާންވީނުން” އެހެންބުނުމުން ޒުބޭދާ ވިސްނާލިއެވެ. “ކީވެ ސިފަ ހުރިގޮތަށް މިހުންނަނީ؟ މުހުތާރު ވެސަ މިރާލައިފި. ދެން އެހެން ވީރު ސާފިރް މަގޭ ގައިންނުނިކުންނާތީތަ؟ އާދޯ އެހެންވެކަމަށް ވެދާނެ” އެހެން ހުރެފައި ޒުބޭދާއަށް އަތް ހިއްލާލުމަށްފަހު ށަހާދަތް އިންގިލިނޫން އެހެން އިންގިލިތައް ލައްޕާލުމަށް ފަހު އަތް ތަޅުވާލެވުނެވެ. އެހެން ހެދުމުން ސާފިރް އަހާލިއެވެ. ” ކިހިނެއްވީ؟ ކޮންކަމަކާ ތިވިސްނަނީ؟؟” އެހެން ބުނުމުން ޒުބޭދާ އިރުކޮޅެއް ވަންދެން ސާފިރްއާ ދިމާބަލަހައްޓައިގެން ހުރެ ބުނާނެ އެއްޗަކާމެދު ވިސްނިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shal

Level 110 Stories

There will be many mistakes. please do let me know the mistakes. Thanks for reading my story

Other Articles

Previous

މަގޭ ދަރިފުޅާ 2 (ފަހުބައި)

Next

733 ( ހަވަނަބައި )

Next
July 11, 2019

733 ( ހަވަނަބައި )

Previews
July 10, 2019

މަގޭ ދަރިފުޅާ 2 (ފަހުބައި)

8 Comments!

  1. Ryn says:
    July 11, 2019 at 10:20 am

    V. Reethi… Shal… Keep it up ❤️❤️❤️

    1. shal says:
      July 11, 2019 at 11:25 am

      thanks ryn

  2. Luc!f3r says:
    July 11, 2019 at 11:36 am

    Zubeydha korean series balany dhw???

    1. shal says:
      July 11, 2019 at 2:12 pm

      yah??

  3. FLOWER LOVER GIRL says:
    July 12, 2019 at 1:44 pm

    *!*?*!*?*-=-=-=-=-=7)(7)(

    1. shal says:
      July 14, 2019 at 9:01 pm

      ???

  4. ?l@my$? says:
    July 13, 2019 at 10:55 am

    reethi varah reethi . mistakes varah bodah improve vehje. i am totally happy with the story . keep it up dearrrrrrr.??????

    1. shal says:
      July 13, 2019 at 10:05 pm

      thanks

Comments are closed.

Next Episodeޝައިމް 5←


All Right Reserved!