ވާނަން އުމުރަށް – 6 –
“ދޫކޮއްލާ…މީހެ..” އައިލީން ތެޅިގަނެފައި ހަޅޭއްލަވައިގަތުމުން އިސްތަށިގަނޑު ބުޅިކޮށް ހުރިޒުވާނާ އައިލީންގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ.
“ހަމަ މިހާރު އޭނާ ދޫކޮއްލާ…” އިއްބާން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.
******************************
އައިލީން އާކައިރިވަމުން ދިޔަ ދެ ޒުވާނުން ސިހިގެންދިޔައީ ރުޅިވެރިކަމުން ފުރިގެންވާ އަޑު އިވުމާއެކުއެވެ. އަދި ފަހަތް ބަލާލުމާއެކު ދެ ޒުވާނުންވެސް ފަޔަށް ލެވުނު ހާ ބާރެއްލާފައި ދުއްވައިގަތެވެ.
ކާރުގައި އަންނަނިކޮށް އިސްތަށިގަނޑު ބުޅިކޮށް ހުރި ޒުވާނަކު އަންހެންކުއްޖަކު ދަމާފައި ގޯޅިގަނޑުތެރެއަށް ވައްދާތަން ފެނުމުން ނުބައި ޝައްކެއް ކުރެވުނީއެވެ. އެހެންވެ ކާރު އެހުތިތަނުގައި ބާއްވާފައިއައީއެވެ. އައިލީން ބިރުގަނެ ތުރުތުރު އަޅާފައި ހުރުމުން ދެކަކޫ މައްޗަށް ތިރިވެވުނެވެ. އަދި ފާރުގެ ތިރީގައި އިށީނދެ ކަކުލުގައި ބޯޖައްސާލުމާއެކު އައިލީން އަށް ގިސްލެވެންފެށުނެވެ.
އިއްބާން އައިލީން ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެލިއެވެ. އަދި އައިލީންގެ ކޮނޑުގައި އަތްޖައްސާލުމާއެކު އައިލީންއަށް އިއްބާން ގައިގައި ބައްދާލެވުނެވެ. އަދި އަޑުވީއްލާ ރޮއެގަނެވުނެވެ. އިއްބާން ކުޑަކޮށް ސިހުނު ނަމަވެސް ނިކަންއަވަހަށް ހަމަޖެހިލާފައި އެ އަންހެންކުއްޖާ ހުއްޓުވޭތޯ މަސައްކަތްކުރިއެވެ.
“ޝޫ…….ޝޫ……އެ ދިޔައީއޭ…ހިނގާ ކާރަށް…..ގެއަށް ގެންގޮސް ދީފާނަން..” އިއްބާން އެ އަންހެން ކުއްޖާގެ އަތް އޭނާގެ ގަމީހުން ނެއްޓޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އިއްބާންއަށް ކާމިޔާބުނުވީ އައިލީން އިއްބާން ގެ ގަމީސް އޭނާގެ އަތަށް ބޮނޑިކުރަންފެށުމުންނެވެ.
“ޕްލީޒް…..އަހަ..އަހަރެން……ސަލާ..ސަލާމަތް…ކޮއް..ކޮ….” އައިލީން
އަށް ބުނެވުނީ އެހިސާބަށެވެ. އަނބުރައިގަތީއެވެ.
“ގޯޑް…ކިހިނެއްބާދެން ހަދާނީ…މި ކުއްޖާ ގެންދާނެ ތަނެއްވެސް ނޭނގޭ..” އިއްބާން އައިލީން އޭނާގެ އަތްދަނޑިމައްޗަށް ލަމުން ހިތާހިތާކިޔާލިއެވެ.
“ގެއަށް ގެންދަންވީބާ…” އިއްބާންއަށް ބުނެލެވުނެވެ. އަދި އެ އަންހެން ކުއްޖާގެ މޫނަށް ބާލާލުމެއްނެތި ކުރިއަށް ހިނގައިގަތީ އެކުއްޖާ ކާރަށް އެރުވުމުގެ ބޭނުމުގައެވެ. އަދި ފަހަތު ސީޓުގައި އެކުއްޖާ ބާއްވާލިއެވެ. ހިންދެމިލުމަށްފަހު އިއްބާންއަށް އެ އަންހެން ކުއްޖާއާދިމާލަށް ބަލާލެވުނުވަގުތު އެ ރީތި ދެލޯ ބޮޑުކޮއްލެވުނެވެ.
“ލޫ….ލޫން…..” އިއްބާންއަށް ބުނެލެވުނެވެ.
“ނޯ…ނޯ…އިޓް ކާންޓް ބީ ލޫން……..ނޯ..” އިއްބާންއަށް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ތެރެއަށް އަތްމަހާލެވުނެވެ. އޭނާ އާ ލޫން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތަކާއި ލޫން އޭނާ ދޫކޮއްލާފައި ދިޔަގޮތް ފްލެޝްބެކެއްހެން އިއްބާންއަށް ފެންނަފަދައެވެ.
އެ ރީތިލޮލުން ކަރުނަ ނިރާލިއެވެ. އެހާވެސް ފުން ޒަޙަމެއް އެހިތަށް ލިބިފައި ވެއެވެ. އެ ހިތުގެ އެތިކޮޅުތައްވަނީ އެކި ދިމާލަށް ވަކިވެގެންގޮސްފައެވެ. އެ އެތިކޮޅުތައް ހޮވައި ގުޅުވަދޭނެ މީހެއްނެތެވެ. އޭނާކުރި ހިތާމައާ ލިބުނު ވޭނުގެ މަތިން ހަނދާންކުރަމުން އެއީ ލޫންގެ ސަބަބުން ވީކަމެއްކަން އެ ނުކިޔަމްނަތެރި ހިތަށް ވިސްނަދޭން އިއްބާން މަސައްކަތްކުރިއެވެ. އެ ހިތް ކިތަންމެ ދެކޮޅު ހެދިނަމަވެސް އިއްބާން ގަދަކަމުންކަހަލަ ގޮތަކަށް ބުމަގޮއްޖަހާލިއެވެ. އިއްބާންއަށް ހިތާމަތަކު މައްޗަށް ރުޅިއިސްކުރެވެނީ އެ ހިތާމަ އެހެން މީހުންނަށް ވަންހަނާ ކުރުމުގެ ބޭނުމުގައެވެ.
ބުމަގޮއްޖަހައިގެންހިރެ އިއްބާން ގޮސް ކާރަށް އަރާ ކާރު ސްޓާޓުކޮއްލިއެވެ. އަދި ކާރު ދުއްވާލީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ.
ކަޅުކުލައިން ފަރުމާކުރެވިފައިވާ ވަރުގަދަ ގޭޓު ހުޅުވުމާއެކު އައިބާން ކާރު ދުއްވާލިއެވެ. އެންމެ ފަހަރަކުވެސް އިއްބާން ފަހަތު ސީޓަށް ބަލައިނުލައެވެ. އެ އަންހެން ކުއްޖާއާ ދިމާލަށް ބަލައިލައިފިނަމަ އެހިތް ލޯބިން ވިރިދާނެތީއެވެ.
ކާރު ޕާކުކޮއްފައި ފަހަތު ސީޓުގެ ދޮރު ހުޅުވާލިއެވެ. އަދި އިއްބާން އައިލީން އޭނާގެ އަތްދަނޑިމައްޗަށް ލިއެވެ. އިއްބާން އައިލީންގެ މޫނަށް ބަލާލިއެވެ. މިރޭ އިއްބާން ހުރީ ވަރުގަދަ އަޒުމަކާއެކު އޭނާގެ ހިތުގެވެރިޔާ “ލޫން” ގާތު ކޮންމެހެންވެސް އޭނާ ދޫކޮށްދިޔަ ސަބަބު އޮޅުންފިލުވަން ނިންމައިގެންނެވެ. ކޮންމެ ހާލެއްގައި ވިއަސްއެވެ.
ކުޑައިރުކޮޅަކު ވިސްނަންހުރުމަށްފަހު އިއްބާންގޮސް ގޭގެ ބިއްދޮށު ދޮރުން ގެއަށް ވަންނަން ދިޔައެވެ. ގޭ ދޮރުން ވަދެއްޖެނަމަ މަންމަމެންނަށް ފެންނާނެއެވެ. ބިއްދޮށު ދޮރުން ގެއަށްވަދެފައި ވަގަކުއުޅޭހެން އިއްބާން ދެފަރާތްބަލާލިއެވެ. މީހަކު ފެންނަން ނެތުމުން އަވަސްހަރަކާތަކާއެކު ސިޑިހުރަސްކޮށް ދެވަނަ ފަންގިފިލާއަށް އެރިއިރު އެ އަންހެނަ ކުއްޖާ އަތްދަނޑިމަތީ އޮތުމުން އުނދަގޫނުވާފަދައެވެ. އަދި ދެވަނަ ފަންގިފިލާގެ ކަނާއަތްފަޅިން ތިންވަނައަށް އިން ކޮޓަރީ ދޮރުހުޅުވާލައި އަވަސްހަރަކާތަކާއެކު ކޮޓަރިތެރެއަށް ދެމިގަތެވެ.
ނިދާބޮކި ޖައްސާލަމުން އިއްބާންގޮސް އައިލީން ކިންގް ސައިޒް އެނދުމަތީ ބާއްވާލިއެވެ. އަދި އަރުކޮޅަކު އެ މޫނަށް ބަލަންހުރުމަށްފަހު ގޮސް ސޯފާގައި އިށީތެވެ. އެހެންއިންނަތާ އިރުކޮޅެއްފަހުން އިއްބާންގެ ސިކުނޑިއަށްއައި ހިޔާލަކުން އެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އަދި މަޑުހިނގުމެއްގައި ގޮސް އެނދުކައިރީ މަޑުކޮއްލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.








Me first dhw?..V v rythi story?..But thankolheh kuru adhivec..Next part dhigukohlaathi ingey malko❤good luck?
Yeah..jiji first…
Congrats jiji..hehe..Next part miah there dhigu koalaanan Insha Allah..ly..?
I am a 12 years old girl who loves to write dhivehi stories.
Salaam readers..
I hope you all will like this part too..
Feel free to comment your views…
LOVE YOU ALL…..
♥???♥???♥
Malkko❤️❤️❤️ mi part vvv reethi ingey??? I just love it?? Mihaa reethikoh vaahaka genesdheynekamau ummeedhukuran?? Love you Malkko
Thanks dhonthy..yes..I will try my best…love you more..?♥?
Varah reethi…Maa sha Allah..?? Kon irakun next part up kurani……
Thanks shaa..Insha Alhah liyevunu emme avahakah.? keep waiting…
LOVE YOU..?♥?
V reethi☺️☺️Jiji bunihen dhigu kohlaathi ingyy??☺️☺️
Thanks Meekkomee…yeah I will try my best..love you..?
Varah reethi
Keep it up
Love you????????
Thanks jasmine..
love you more….♥❤♥❤♥
V reethi vhk eh.. keep it up ?♥
Thanks Rooya..?