ޒަމާންތަކަށް ބަދަލު ވެގެން ދިޔުން . 3 ނޮވެމްބަރ 1988 ވެސް ހަދާން ނެތިއްޖެ
ނަސްރުގެ ދުވަހަކީ 3 ނޮވެމްބަރ 1988 އުދުވާނީ ހަމަލައިގައި ޝަހީދުވެގެން ދިޔަ އަބްތޯލުލް ގެ ހަދާނުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ . މާލެ އައުމަށްޓަކައި ދުޝްމަނުން ލަންކާގެ މުއްލި ކުރާމުން ފުރީ އޮކްޓޯބަރ 29 ވަނަ ދުވަހު ފަސްދުވަސް ކަނޑުމަތީ ހޭދަ ކުރުމަށް ފަހު ރާއްޖެ އާދެވުނީ 3 ނޮވެމްބަރ 1988 ވަނަ ( ބުރާސްފަތި ) ދުވަހު ގެ ފަތި ވަގުތެއްގައެވެ އެއީ 870 ކިލޯ މީޓަރު ގެ ދުރު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހު ގައެވެ . އެ މީހުން މާލެ އަރާ ކުޑަ ހިދު ކޮޅެއްގެ ތެރޭގައި މާލޭހގެ ހަމަ ހިމޭކަން ނަމާން ކޮއްލިއެވެ . އެކަމުގައި ވެސް ވަނީ މި ކުޑަ ދިވެހި ރާއްޖެއަށް އުފަން ދިވެހި ލޭ ހިގާ މީހެއް ކަމަށް ތުއްތުން މާތިން އައިސްފާވެއެވެ . 81 މީހުންގެ މި ލަސްކަރު އެންމެ ފުރަތަމަ އަމާޒަކަށް ވީ އޭރުގެ ބަންޑަރަ ކޮށީގެ މައި ދޮރާއްޓަށެއެވެ . އެ ދޮރާށިގެ ސިފައިންގެ އެއް ބޭކަލަކީ ޝަހީދު ހުސެން އާދަމް އެވެ . ދެފަރާތު 2 މެދުގައި ބަނޑީގެ ހަމަލާ ތަކެއް ބަދަލު ކޮއްފައެވެ . އެ ދުވަހު ދުޝްމަނުން ވަނީ ރާއްޖޭގެ އިސްވެރިން ވެސް ރަހީނު ކުރަން މަސައްކަތް ކޮއްފައެވެ . އެކަން ކާމިޔާބު ނުވުމުން ދިވެހިންތަކެއް ރަހީނު ކޮށްފައެވެ . ރަހީނު ކޮށްގެ ތިބި ދިވެހިން ސަލާމަތް ކޮށް އަދުއްވުން އަތުލައި ގަނެވުނީ އިންޑިޔާގެ އެހީ ތެރިކާމާއެކުގައެވެ . ހަމަލާ ތައް ނިމުނު އިރު ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުން ޝަހީދުވެގެން ދިޔައެވެ . އެ ގޮތުން ޝަހީދު ވެގެން ދިޔަ ސިފައިންގެ ތެރޭގައި
- ޝަހީދު ކޯޕުރަލް ހުސެން އާދަމް
- ޝަހީދު ލެފްޓިނެޓް ކުޑަ ނެވި ކުޑަ ތުއްތު
- ޝަހީދު ކޯޕުރަލް މުހައްމަދު ހަސަން
- ޝަހީދު މުހައްމަދު އިބްރާހިމް
- ޝަހީދު ކޯޕުރަލް ސާޖަންޓް އާދަމް ނަސީރު
- ޝަހީދު ކޯޕުރަލް ހުސެން މުހައްމަދު
- ޝަހީދު ކޯޕުރަލް އަބްދު ﷲ ޒާހިރު
- ޝަހީދު ސާޖަންޓް ކުޑަ އާދަމް ކުޑަ ތުއްތު
އެވެ . އެދުވަހު ޝަހީދު ވީ އަބްތޯލުންނަށް ގެ ޒިކުރާ ދުވަހަކުވެސް ކެޑިގެން ނުދާނެއެވެ . ” ކިޔާދޫ ތަކުންނޭ މީ ޝުކުރުވެރި ތަރާނާ ..ޝަހީދުންގެ ޒިކުރާ މަތިވެރި ތަރާނާ ހިޔާ ފެތުރުވިޔެ ރީތި މިނިވަން އަމާނާ ފިދާ ކޮށް ވަތަނަށްޓަކައި ރޫހު ޖާނާ ”
މިއީ ރާއްޖޭގައި ދެކުނު އެއްމެ ފަހުން ދެކުނު އެއްމެ ބިރުވެރި އެއްދުވަހެއެވެ އެތަކެއް ބައެއް މި ފަސްގަނޑު ދޫކޮށް ދިޔަ ހާދިސާއެވެ . އެމީހުން ގެ އެތަކެއް ހުވަފެން ތަކެއް އެއްކިބައިގައި ބާވާފައި ޤައުމަށްޓަކާ ދީނަށް ޓަކައި އެ މީހުން އެއްޗެސް ފަސްޖެހުމެއް ނެތި ކުރި ދުވަހެއެވެ .
ނަމަވެސް މިޔަދު މިވަނީ އެ ދުވަސް ފަޑުވެގެން ގޮސްފައެވެ . އެ ދުވަހު ގެ ބާޢީން ވަނީ މިޔަދު އިއްޒަތުގައި މިނިވަން ވެ ބޮޑެތި މަޤާމުގައެވެ . އެއްވެސް ކުށެއް ނެތް ބަޔަކު ރަހީނު ކޮށް އެއްވެސް ކުށެއް ނެއް އެތަކެއް ދަރިން ތަކެއްގެ ލޭ އޮހުރުވާލާފައެވެ . ނަމަވެސް މިޔަދު މުޖުތަމައުން އޭގެއިން ވެސް އެއްވެސް ހިލަމެއް ނެތެއެވެ . ފަޑުވަމުން ގޮސް އެ ކަންތައް ފަޑު ވެގެން ހިގައްޖެއެވެ .
ލޮބުވެތި ކިޔަވާ ކުދިން . ލޮބުވެތި ބެލެނެވެރިން .. އަދި އެކުވެރި ޒުވާނުން . މިޔަދު ތިބޭފުޅުންގެ ދަރިންނަށް ޤައުމަކީ މިނިވަން ޤައުމެއްކަން އަންގައި ދޭން އެބަޖެހޭ . މިޔަދު މަގުމަތި ވާންޖެހެނީ އަޅުގަނޑުމެންގެ ދަރިންނަށާއި އަޅުގަނޑުމެންނަށް އަމާން ތަނަކަށް ވާން އެބަޖެހޭ . މިޔަދު ހެދުނު މަގުމައްޗަށް ނިކުއްނަ އިރު މެންދުރު ވާން ވާއިރަށް ގެޔަށް ވަދެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތް . މިޔަދު މި ހާލަތަށް ދަނީ ޒުވާނުން މަގުމަތި ވެ އެކި ކަހަލައިގެ ކުއްތަކަށް އަރައިގަނެވޭތީއެވެ .
ލޮބުވެތި ޒުވާނުން . ތިއީ މިޔަދުގެ ޒުވާން ޖީލް ، މާދަމާ ތިޔަ ޒުވާނުން ވާނީ ކޮންމެ ވެސް މީހެއް ބަލަން ޖެހިފައެވެ . މަންމަ އަކަށް ވެފައެވެ . ނުވަތަ ބައްޕަ އަކަށް ވެފައެވެ . ތިޔަބޭފުޅުން މަގުމަތިވެ އެކި ކަހަލައިގެ ގޯސް މަގަށް ދިޔަ ނުދެއްވާށެއެވެ . އަހަރުމެން ގެ ފަހަތުން އެތަށްބަޔަކު އަންނާނެއެވެ . އެތަކެއް ޖީލް ތަކެއް އަންނާނެވެ . އެ މީހުންނަށް ރަގަޅު ނަމޫނާ ބަޔަކަށް ވާން ހިގާށެއެވެ . ހުސެން އާދަމް ކަހަލަ ޤައުމަށް ޓަކައި އަދި ދީނަށް ޓަކައި ކޮންމެ ވެސް ކަހަލަ ކަމެއް ކުރަމާ ހިގާށެއެވެ .
ލޮބުވެތި ބެލެނެވެރިން . މިޔަދު ތިޔަ ކަބަލުންނާއި ބޭފުޅުން ބެލުން ދަށުގައި ކިތައް ކުދިން ވޭ ހެއްޔެވެ ؟ އެކުދިން މަގުމަތި ނުވުމަށް އެތަކެއް މަސަތްކަތް ކުރާށެވެ . ފަހު ދުވަހު ތިޔަ ބެލެނެވެރިންނަށް ސުވާލު ކުރެވޭނެއެވެ . އެކުދިން ގޯސް މަގަގަކުން ދާ ނަމަ އެކަން ހުއްޓުވުން ރަގަޅުވާނެއެވެ . އެކުދިން ރަގަޅު މަގަށް އެޅުވޭތޯ މަސައްކަތް ކުރާށެވެ . އެކުދިން ތިޔަ ބޭފުޅުން އަދި ބޭކަބަލުން ގެ ވާހަކަ ތައް އަޑު އަހާނެއެވެ .
ލޮބުވެތި ކިޔަވާ ކުދިން ތިޔަކުދިން ގެ މައިންބަފައިންނަށް ކިޔަމަށް ތެރިވާށެއެވެ . ހާއްސަ ކޮށް ތިޔަ ކުދިން ގެ މަންމަ އަށެއެވެ . ތިޔަ ކުދިންނަށް އަޑުއިވިފައި އޮވެދާނެ . ސުވަރުގެ ވަނީ މަންމަ ގެ ފައިތިލަ ދަށުގައެވެ . ތިޔަކުދިން ސުވަރުގެ އަށް ދެވޭތޯ މަސައްކަތް ކުރާށެވެ .
އަޅުގަނޑު ދުވާ އަކީ 3 ނޮވެމްބަރ ގައި ޝަހީދުވީ ހުރިހާ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޔުމަށް ލައްވާށިއެވެ . އަދި މި ކުޑަ ދިވެހި ރާއްޖެ މި މިނިވަން ކަން މަތީ ދެމި އޮތުމަށް .
މި ގެއިން ކޮންމެވެސް އިބުރަތެއް ހާސިލް ވާނެ ކަމަ ހީކުރަމެއެވެ .
2 Comments!
Comments are closed.


Miyadhuvx miaa behey gothun kyin articles thakeh… N this 1 too… Kyp it up
Rangalhu vahaka thakeh…mujuthama ah muhimmu message thakeh