ބޭބެ އިންނާ ދައްތައިންނަށް
ބޭބެއިންނާ ދައްތައިންނަށް
ވެދުން ސަލާމް އަށް ފަހު ލިޔަމެއެވެ .
މި ލިޔުން ކޮޅު މި ލިޔަނީ ހުދު އަޅުގަނޑަ ފެނިފައި ހުރި ބައެއް ކަންތައްތުގެ މައްޗައް ބިނާ ކުރެވިގެންނެއެވެ . މި ލިޔުން ކޮޅުގައިވާ ތައްތައް ކޮޅު ބަޔަކަށް ނުވަތަ މީހަކަށް ނިސްބަތް ވާނަމަ އެކަމަށް މާފަށް އެދެމެވެ . ނަމަވެސް މި ލިޔުން މި ލިޔަނީ މި މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންކަމުގެ މައްޗަށެވެ . އެކަންކަމަށް އަޅުގަނޑު ވަރަށް ވެސް ދެރަ ވަމެވެ . މި ކަމައިގެން އަޅުގަނޑު އަވަސް ވެ ގަންނާނަމަވެ .
ކޮންމެ ކުއްޖަކުވެސް އުފަން ވަނީ ފިތުރަތުގެ ސާފް ކަން މަތީގައެވެ . އެ ކުއްޖާ ނަސޯރާ އަކަށް ނުވަތަ އެހެން ދީން ތަކަށް ބަދަލުވަނީ އެ ކުދިންގެ މައިންބަފައިންގެ ޒަރިއްޔާއިންނެވެ . އެ ކުއްޖާ ފުރާ ފުރިހަމެވެ އެކުއްޖާ މުޖުތަމައުގެ ތެރެއަށް ގޮސް ވަދެއެވެ . ސްކޫލް ދައުރު ނިމުމަށް ފަހު ދެން އޮންނަނީ ޒުވާނުންގެ މުުތަމައު އެވެ . އެ ތަނުން އެ ކުއްޖާ އަށް ފެނިގެން ދަނީ އެކި ވައްތަރުގެ މީހުންނެވެ .
އާދެ ! އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި އަދި އެހެނިހެން ނުބާ ފާފަތަކަށް އަރައިގަންނަ މީހުންނެވެ . ލޮބުވެތި ދައްތައިން . މިޔަދު ތިޔަ ދައްތައިންނަކީ އާއިލާ އެއްގެ މަސްހޫލިއްޔަތު ނަގަން ޖެހިފައިވާ ބައެކެވެ . ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތް ކުރުމުގައި އުޅުމުގައި މަސްހޫލިއްޔަތު ނަގަން ޖެހިފައިވާ ބައެކެވެ . ދަރިން އުޅޭ ނޫޅޭ ގޮތް ބަލަން ޖެހިފައިވާ ބައެކެވެ . ތިޔަ ދައްތައިން ނަހަލާލަށް ބަޑު ބޮޑުވެގެން ތިޔަ ދައްތަ ގެ އަގު ނުވަތަ އެހެން މީހުން ކުރަމުން އަންނަ ގަދަރު ވެއްޔާ މޮޑެލަން ކެރިދާނެ ހެއްޔެވެ ؟ މިސުވާލުގެ ޖަވާބު ވަރަށް ވެސް ރީއްޗެއެވެ . ނޫނެކެވެ .
ނަމަވެސް ބައެއް އަންހެން ކުދިންނަށް ހީވާ ގޮތުގައި ރައްޓެހިވެގެން ( ލޯބިވެރިޔާ ) ގެއްލި ދާނެތީ ކޮންމެ ފަދަ ކަމެއްވެސް ކުރަނާނެއެވެ . މި ކުރެވެނީ ފާފައެއް ކަމެއް ނޭންގެނީ ހެއްޔެވެ ؟ ނުވަތަ އެގިގެން ހުރެ ބޮޑު ފާފަ އަކަށް އަރައިގަންނަނީ ހެއްޔެވެ ؟
މިޔަދުގެ ޒުވާނުން ވަނީ ނުދިޔޭގެ މަސްތު ވެފައެވެ . މިސާލަކަށް ބުނާނަމަ ޑީޖޭ އާއި ޒިނޭ ކުރުމާއި ވައްކައް ކުރުން ވެގެން ދެއެވެ . މިއީ އަޅުގަނޑު ވަރަށް ވެސް ދެރަވާ ކަމެކެވެ . ނަމަވެސް މި ޒުވާނުން ހޭ އަރާނީ ކޮން ކަމެއް ވީމަ ބާއެވެ .
26 ޑިސެމްބަރ 2004 އަކީ މުޅި ދުނިޔެ ސިއްސުވާލި ދުވަހެކެވެ . އެއީ ސުނާމީ އެރި ދުވަހެއެވެ . މި ކުޑަ ޖަޒީރާ ވަންތަ ޤައުމަށް ވެސް ވަނީ މީގެ އަސަރު ކޮށްފައެވެ . ބައެއް ރަށް ރަށުގެ ގެ ތައް ވަނީ ބިމާ ހަމަވެފައެވެ . ބައެއް އާއިލާ ތައް ބިކަވެ ގޮސްފައެވެ . އާއިލާ އެންމެން ކަހަލަ ގޮތަކަށް ވަނީ އެ ބޮޑު ބިޔަ ރާޅުގެ ތެރެއަށް ގެބިގެން މަރުވެގެން ގޮސްފައެވެ ، ނުވަތަ އޮޔާލާ ގޮސްފައެވެ . ކުޑަ ކުދިން ވަނީ އެކުދިން ގެ މަންމައިންނާ ބައްޕައިންނާ ވަކިވެގެން ގޮސްފައެވެ . ލޯބިވާ 2 މަފިރިން ވަނީ ދިރިއުޅުން ބަރުބާދުވެފައެވެ
މީގެއިން ވެސް އަޅުގަނޑުމެން ވެސް ކޮންމެވެސް އެއްޗެއް ނުވަތަ ފިލާވަޅެއް ލިބިގަތުން ރަގަޅު . އެކަމަކު އަހަރުމެންނަށް މިވަނީ އެކަންތައްތަކާ ހަދާނުން ފިލައި ގެން ގޮސްފައެވެ . ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީ ހިދު އެ ކަންތައް ތައް ވަނީ މުޅިން ވީދި ސުންނާފަރި ވެގެން ގޮސްފައެވެ .
ދެން ބަލާލަމާ ހެއްޔެވެ ؟ ބޭބެ މެން ނަކީ މިޔަދު ކޮންމެވެސް ވަޒީފާ އެއްގައި ބޭރުގައި އުޅެމުން ދާނޭ ބައެކެވެ . ގޭގައި އިންނަ އަނބިމީހާ ގެ ހާލު ވެސް ބަލާލަނީ ކޮން ފިރިންނެއްތޯ ސުވާލު ކުރަން އެބަޖެހޭ . އަނބިމީހާ ގުޅާލާއިރަށް ފިރިމީހާ ބުނަމުން ގެންދަނީ މިގަޑީގައި ވަރަށް ބިޒީ ކަމަށާއި ފަހުން ހަބަރެއް ވާނެ ކަމެވެ . ވަނީ އެ ގޮތެއް ނޫނެއެވެ . ހަލާލު އަނބިމީހާ ގޭގައި ބޭންދުމަށް ފަހު ކޮންމެވެސް ތަނެއްގައި ކޮންމެވެސް ރީތި އަންހެނެއް ފުނުމާ އެކު އެމީހަކާއެކުގައެވެ . ހަލާލު އަނބިމީހާ ޅޮސް އުދޯލީގައި އިދެވެ .
ދެން ބަލާލަމާ ހެއްޔެވެ؟ ރަށް މެދަށް ބަނޑު ބޮޑުވުމުން އެކަން ސިއްރު ކުރަން ދަނީ ބޭރަށެއެވެ . އެ ކުއްޖާ ވައްޓާލުމަށް ފަހު އެބުރި ރަށަށް އާދެއެވެ . އެމީހުން ކުރި ކަންތައް ފަޅާ ނާރާނެ ކަމަށް ހީ ކުރަނީ ހެއްޔެވެ ؟ ކޮންމެވެސް ދުވަހަކުން އެކަން ފަޅާ އަރާނެއެވެ . ކުލަބް ނައިޓް ތަކަށް ގޮސް މަޖާ ކުރުމަކީ ކޮން ކަހަލަ ކަމެއް ކަން އިގޭ ހެއްޔެވެ ؟ ދެ ޖިއްސުން މަސްހުނި ކޮށް ނެށުން މެއެވެ . ބިޔަރާއި އޭތި މީތި ބޮއެގެން މަސްތުގެ ހާލުގައި ވާއެއް ނުވާއެއް ނޭންގެއެވެ . ކުރެވެނީ ކޮންކެމެއް ނުވަތަ ނުކުރެވެނީ ކޮންކަމެއް ކަމެއްވެސް ނޭންގެއެވެ .
އަޅުގަނޑު މި ލިޔުން ކޮޅު ނިންމާލުމުގެ ކުރިން އެއް ވާހަކައެއް ބުނެލާނަމެވެ . މި ލިޔުން ކޮޅަކީ އަދުގެ ޖީލް އަށް ބިނާ ކުރެވިފައިވާ ލިޔުން ކޮޅެއެވެ . ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތް ކުރެވިފާ ވާނަމަ އެކަމަށް މާފް ….. އަޅުގަނޑު ނަޒަރުގައި މީ ވަރަށް ގޯސް ސިފައެކެވެ . ނަމަވެސް އަދުގެ ޖީލް އަށް މިކަން ވެސް ވަނީ ވަރަށް ރީތި ވަރަށް ކުރާ ހިތުން ކުރާ ކަމެއް ގެ ގޮތުގައެވެ . މަގު ފޭރުމާއި ޒިނޭގެ ބައެއް ނުބާ އަމަލު ތައް ކުރުން އެއީ ވަރަށް ސަޅި ކަމެއްގޮތެއެވެ .
މާތް ﷲ މި ޤައުމު ސަލާމަތް ކުރަށް ވާށިއެވެ . މި ނުރައްކާ ވަބާއިން ސަލާމަތް ކުރަށް ވާށިއެވެ . ފާހިޝް އަމަލު ތަކުން ދުރުކުރަށް ވާށިއެވެ . މާތް ﷲ ތިޔަ ބޭފުޅުންނަށް ރަހުމެތް ލައްވާށިއެވެ . އާމީން .
5 Comments!
Comments are closed.


Aameen..vv iburaitheri
Aameen
އާމީން
Vara ibraitheri rangalhu liyumeh! Mi zamaanuga mi raajeyga ginaee meehaku heyo naseyhatheh dhinas thimaage ulhun islaahukuran beynun nuvaa meehun. Emeehunnakah dheenuga onna gotheh muhimmeh nuvaane. Emeehunna muhimmu vaanee mi dhuniye adhi meehunge ruhun. Allah nurussavaakameh vias Emeehunna OK vaane. Gina Vaahaka liyaa meehunves dhedhuniyein manfaa eh nikuraane beykaaru vaahaka liyumuga mulhi reygandaa dhuvaalu libey husvaguthu furaalaafa. Furathama dheen fahumu nuvaairu dheenaa behey gothun ithurah olhunfiluvaa nafs islaah kurumuga heydhakuraanee budhiverin. Emeehaku kuraa amalehge jazaa libeynee emeehakah.
Aameen