Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެން

ބޭބެ އެ ! އަހަންނަށް މާފް ކުރާށެވެ .

venom Level 210 Stories
July 4, 2019 2 Mins Read
8 Comments

ބޭބެ އެވެ . އަހަންނަށް މާފް ކުރާށެވެ . މިޔަދު ބޭބެ ގެ ނަން ވަނީ ދުވަހަކުން ދުވެހެއް ފަޑުވަމުންނެވެ . ބޭބެ ތި ކޮށްދިން ކަންތައްތަކަށް ވަރަށް ވެސް ބޮޑަށް ޝުކުރު ދަންނަވަމެވެ . 3 ނޮވެމްބަރ 1988 ވަނަ ވީ ( ބުރާސްފަތި ) ދުވަހު ރާއްޖެ ހިފަން އައި ބާޤީން އާ ދެކޮޅަށް ބޭބެ ހަމަލާ ދިނުމަށް ޓަކައި ވަރަށް ވެސް ޝުކުރު ދަންނަމެވެ . މިޔަދު އެ ވާހަކަ ކިޔާދިނުމުން ވެސް ސިފަ ވަނީ  ދާދި އިހަކަށް ދުވަހު ހިގާ ދިޔައެއް ކަމެއް ގޮތުގައެވެ . 

އޭރު އަޅުގަނޑު މި ދުނިޔެ އަކަށް އުފަންވެސް ނުވާނެއެވެ . މީހުން ގެ ތުއްތުން މަތިން ބޭބެ ގެ ނަން އާދެއެވެ . މާލޭ މަލަ މަތިން ބޭބެ ގެ ނަން ހާމަ ވާ ބޮޑު އިމާރާތެއް ވެސް ފެނެއެވެ . ނަމަވެސް މިހާރު ވަނީ ބޭބެ ގެ ނަން އެއްކޮށް ފަޑުވާން ފަށާފައެވެ .  އެ ދުވަހު ބޭބެ ކަން ކުރި ގޮތް ނުކުރިނަމަ މި ޤައުމު އޮންނާނީ ކޮންމެވެސް ބައެއްގެ އަޅުވެތި ކަމުގައެވެ . އުމުރުން އެންމެ ހަގު އެއް މީހަކަށް ބޭބެ ވާނެއެވެ .

އަދުގެ ޒުވާނުންނަށް ބޭބެ ތި ދައްކުވައިދިން މިސާލަށް ވެސް އަޅުގަނޑު ފައްފަށުން ޝުކުރު ދަންނަވެމެވެ . ބާޤީން ގެ އެންމެ ފުރަތަމަ ހަމަލާ އާއި އެކު ބޭބެ ވެސް ރައްދު ދިނީމެއް ނޫން ހެއްޔެވެ ؟ ބޭބެ އެވެ . ތިއީ ވަރަށް ވެސް އަޤުހުރި ޖިހާދެކެވެ . ޤައުމަޓަކައި ދީނަށް ޓަކައި ޤުރުބާން ވިއެވެ .  ބޭބެ އަށް ޓަކައި އަޅުގަނޑު ވަރަށް ވެސް ފަހުރުވެރި ވިއެވެ .

އެއްވެސް ޖެހުލުމެއް ނެތި ބޭބެ . އެ އުންޑަތަކަށް ރައްދު ދެމުން ދިޔައިރު ވެސް ބޭބެ އެއްވެސް ފިޔަވަޅެއް ފަހަތަކަށް ނުޖެހި ބޭބެ ތި ކޮށް ދެއްވި ކަންކަމަށް ޝުކުރު .

ލޮބުވެތި ޒުވާނުން . މިފަދަ ދަރިޔަކަށް ވުން އެއީ ކޮން ކަހަލަ ކަމެއް ހެއްޔެވެ . ހުސެން އާދަމް ފަދަ ޤައުމަށް ފައިދާ ހުރި ކަންކަން ކުރުން އެއީ ލަދު ގަންނަން ޖެހޭ ކަމެއް ހެއްޔެވެ ؟

ލޮބުވެތި ޒުވާނުން ތިއީ މިޔަދު މި ޤައުމު ހިންގަން ތިބި މީހުން .  ދެން އަންނަން އޮތް ޖީލް އަށް ނަމޫނާ ދައްކުވައި ދޭން ތިބޭނެ ބައެކެވެ . މި ޖަޒީރާ ވަންތަ ޤައުމު ބޭރު ދުނިޔެ ގެ އަޅުވެރި ކަމަށް ނުގޮސް އަމިއްލަ މިނިވަން ކަން މަތީގައި ތިބެން ވީނުން ހެއްޔެވެ .

އެކަމަކު މިޔަދު ފެނިގެން ދަނީ އެހެން މަންޒަރު ތަކެވެ . ރާއްޖެ މިދަނީ ދުވަހަކުން ދުވަހެއް ދައްވަމުންނެވެ . ރާއްޖެ މިދަނީ ކޮންމެ ވެސް ބޭރު ޤައުމު ގެ އަޅުވެތި ކަމަކަށް ނޫން ހެއްޔެވެ ؟

އެމީހެއްގެ އަމިއްލަ ފައިދާ އަށް ތުރެން ބަލަން ވީ މި ޤައުމަށް ވާނޭ ފައިދާ އަކަށެވެ . ބޭރު ދުނިޔޭގެ އަޅުވެތި ކަމަށް ނުގޮސް ބަލަން ވީ މިޤައުމު މީހުން ގެ ވައްޓަ ފާޅި ގެން ގުޅެވޭ ތޯއެވެ . ބޭރު ދުނިޔޭގެ ފެޝަންތަކަށް ނުބަލާ ބަލަން ވީ އަހަރުމެން ގެ އަތުގައި ހުރި  އެއްޗިހި ބޭނުން ކޮންގެ އަހަރުމެން ގެ ކަންކަން ކުރުމަށެވެ .

ލޯބިވާ ބޭބެ އެވެ . ( ހުސެން އާދަމް ) ބޭބެ  ތި ލޭ އޮހުރުވާލި  ޤައުމަށްޓަކާ ދީނަށް ޓަކާއެވެ . ބޭބެ އެވެ . އަދި އެއް ފަހަރު ނަމަވެސް އަހަންނަށް މާފް ކުރާށެވެ . 

މިޔަދު މި ގޮތުގައި މި އޮތީ ހުސެން އާދަމް ގެ ނެތް މިތް މަސައްކަތުންނޭ ވެސް ބުނެވިދާނެއެވެ . ސަބަބަކަށް ވަނީ  ބޭރުގެ ޓެރެރިސްޓް ޖަމާ އަތަކުން  މި ޤައުމު  ހިމަޔާތް ކޮށް ދިނީމާއެވެ .

ބޭބެ ދެކެމުން އަންނަ ހުވަފެން ތަކެއް ވެސް ހުންނާނެއެވެ . އަދި ބޭބެ ކާފަ ކިޔާ ކުދިން ވެސް ލިބިގެން ދާނެއެވެ . އެ އުފާ ތަކަށް ތުރެން ބޭބެ އިސް ކުރީ މި ޤައުމާއި އިސްލާމް ދީނެއެވެ . 

މާތް ﷲ ޝަހީދު ވި ސިފައިންނަށާއި އާމުންނަށް ސުވަރުގޭގެ ދާއިމީ ނިޔުމެއް ލައްވާށިއެވެ . އާމީން

 

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

ބަދަލް 1

Next

ލޯތްބެއްގެ ފެށުން 13

Next
July 4, 2019

ލޯތްބެއްގެ ފެށުން 13

Previews
July 3, 2019

ބަދަލް 1

8 Comments!

  1. Dhonthy says:
    July 4, 2019 at 6:10 pm

    Aameen! Venom❤️❤️❤️ Adhi alau venom ge vaahaka akau dhonthi mi comment kuranee?????Ekamakuves venom ge hurihaa vaahaka thakeiy dhonthi keemu???It was awesome hama??Venom au ingeytha??? Mee vaahaka eiy kiyaigen dhonthi au enme bodau asarukuri furathama faharu???? Vvvv dheravey konme faharakuves shaheedhunge vaahaka adu ivifa…. Venom thibunee vvv rangalhu vaahaka eiy… Miadhu raajjeyge haalathu haththahaa goas vamun mi dhanee.. Allah iraadhakurevviyya aharumen karuna alhai roanjeheyne dhuvaheiy nudhakkavaane…
    ????Venom… Vvv reethi ingey mi vaahaka.. Venom ge ehen vaahaka akauves inthizaaru Kuran… Hama dhonthi ge hithah asaru kurivarun mi comment kollevunee ves… ???Venom… Take great care ingey.

  2. Aisha says:
    July 4, 2019 at 6:17 pm

    Rovijje Hama….assu vx gaumuge haalathu…..v dhera vey…..may Allah give them all jannathul firdhous

  3. އަހުމަދު says:
    July 4, 2019 at 9:34 pm

    އާމީން

  4. # says:
    July 5, 2019 at 9:00 pm

    Aameen

  5. Aish says:
    July 7, 2019 at 10:49 am

    Ameen

  6. ?l@my$? says:
    July 13, 2019 at 1:37 pm

    Aameeen . varah emotional vaahakaeh . varah asarukohfi .mihaaru ulhey zuvaanun kiyaalan varah ragalhu vaahakaeh . shaheedh hussain adam ge namakee dhuvahakuves mi lobu vethi dhivehi raajeyge raihyithunge sikundi thakun fuhelanvaane nameh noon.????????

  7. ?l@my$? says:
    July 13, 2019 at 1:39 pm

    Aameen . may ALLAH grant them their wishes in jannah.

  8. unnknownn says:
    April 17, 2020 at 10:34 pm

    Aameen

Comments are closed.



All Right Reserved!