Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 1

Belle Level 310 Stories100 Comments100 Login500 Login
June 17, 2019 4 Mins Read
9 Comments

“އަދި އެއްފަހަރު ނިކަން ބުނެބަލަ ތިބުނިއެއްޗެއް، ތިހެން ކަންތައް ވިޔަކަ ނުދޭނަން” ނަތާގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. އެކުވެރިޔާގެ ދިފާއުގަ ކުރެވެން ހުރި ހުރިހާކަމެއް ކުރަން އަތުކުރި އޮޅާލައިގެން ހުރިކަހަލައެވެ.

” ނަތާ އައި ނޯ ،އަހަރެން އަދި މެރީކުރާކަށް ރެޑީ އެއް ނުވާކަން، އަދި އެވެސް ނުދަންނަ މީހަކާ. އެކަމް ބައްޕަ އަހަރެން މިހިސާބަށް ގެނެސްދީފައި މިހުރީ ވަރަށް ބުރަމަސައްކަތުން. އުމުރުން ފަސް އަހަރުގަ މަަންމަ ނިޔާވީއްސުރެ އިތުރު މީހަކާ ކައިވެނިނުކޮށް ހުރީ އަހަންނަށް ދެރަގޮތެއް ވެދާނެތީ. މަންމަ ނެއްކަމުގެ ކުޑަވެސް އިޙްސާސެއް ނުކޮށްދީ. ކިޔަވާ ނިމުމުން ބައްޕަގެ އޮފީހުން އިސްމަގާމެއް ދީ މިހުރިހާކަމެއް ކޮއްދިނީމަ އަހަރެން ކީއްވެތަ ބައްޕައަށްޓަކާ ގުރުބާން ނުވާންވީ. އެހެން ނޫނަސް ބައްޕަގެ ބެސްޓްފްރެންޑްގެ ދަރިފުޅަށްވީމަ ބައްޕަ އަށް އެނގޭނެ އެއްނު އޭނަގެ ގޮތް” ޝިފާ ވަނީ ގޮތް ނިންމާފަކަން ދެއްކި ވާހަކަތަކުން އެގެއެވެ.

މިއަދު ހެނދުނު ބައްޕަ ދެއްކިވާހަކަ އަދިވެސް ކުރިމަތިން ސިފަ ވާކަހަލައެވެ. ” ދަރިފުޅާ ދަރިފުޅު ކައިރީ ބައްޕަ ދުވަހަކުވެސް ކަމަކު ނުކިޔަން، ދަރިފުޅު މަންމަ ނިޔާވީއްސުރެ ދަރިފުޅު ބަލަމުން މިދަނީ ވަރަށް ލޯބިންް، ބައްޕަގެ ހުރިހާ މުދަލެއް މިހާރުވެސް ހުންނާނީ ދަރިފުޅުގެ ނަންމަތީ، ބައްޕަ ބޭނުމީ ދަރިފުޅަކީ މި ދުނިޔެމަތީ ހުރި އެންމެ އުފާވެރި ކުއްޖަކަށް ހަދަން. ޝިފާ، އިނގެއެއްނު މަންމަ ނިޔާވީއްސުރެ ބައްޕަ އުޅުނީ ވަރަށް ހާލުގަކަން، ވިޔަފާރިވެސް ނުބެލެހެއްޓުމުން އަޑިއަޅާލީ، އެންމެ ފަހުން ރާއްޖެ ދޫކޮށް ލަންކާ އަށް ބައްޕަ ބަދަލްވީ މަންމަ ގެ ހަންދާން ވާތީ، ޝިފާ އަށްޓަކާވެސް ދުނިޔޭގަ ހުންނަން ޖެހޭތީ އަލުން އާހިތްވަރެއް ކޮށް މިކޮޅުގަ ބިޒިނަސް ފެށީ، އެކަމް އޭރުގަ ބައްޕަގެ އެކުވެރިޔާ އެހީނުވިނަމަ މިއަދު މިހެން ނުތިބެވުނީސް. ވިޔަފާރި ކޮޅަށް ޖަހަން ދިހަ މިލިއަން ޑޮލާރ ދިން. އެކަމް އެވެސް ދައްކާ ނިންމާފަ ހުންނާނީ. ދިހަ އަހަރު ދުވަހު އެމެރިކާގައި އުޅުމަށްފަހު މާދަމާ އެމީހުން ލަންކާ އަށް އެބައާދޭ. ބައްޕަ ކައިރިން އެދުނީ ދަރިފުޅުގެ ކައިވެނި އޭނަގެ ހުރި ހަމައެކަނި ފިރެހެން ދަރިއާ ކުރަން ބޭނުން ވާހަކަ” ވާހަކަ އެހިސާބަށްދިޔައިރު ޝިފާ ހުރީ ކުއްލި ޝޮކެއްގައެވެ. ހިތުގައި މީހަކު ހިފަހައްޓައިގެން ހުރިިކަހަލައެވެ. ލޮލުން ކަރުނަ ނަޔަސް ހިތުގަ ވޭންއެޅިއެވެ.

” އަޅުގަނޑު ތިކައިވެންޏާ ގަބޫލު ބައްޕާ ” އެހާ އުންމީދާއެކު ބައްޕަ އެވާހަކަ ދެއްކުމުން އިތުރަށް ވިސްނާކަށް ނުހަދާ ޝިފާ އެއްބަސްވީ ބައްޕަ އޭނައަށް ދެރަގޮތެއް ވުމަކަށް ނޭދޭނެ ކަމަށް ހިތުގެ އަޑިން ގަބޫލްކުރަމުންނެވެ. ފޮޓޯއެއްވެސް ބަލާނުލާނަންހޭ އެހުމުން ޝިފާ ބުނީ ފޮޓޮއެއް މުހިންމު ނޫންކަމަށެވެ. ބައްޕަގެ އެކުވެރިޔާ އަކީ ރަނގަޅު މީހަކަށް ވާނަމަ އޭނަގެ ދަރިފުޅަކީވެސް ރަނގަޅު މީހަކަށް ވާނެކަމެވެ. ބައްޕަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ޝިފާނިންމީ ރަނގަޅު ނިންމުމެއް ކަމަށް އަމިއްލަ އަށް ގަބޫލްކުރެވުނެވެ.

ކުރެވެމުން ދިޔަ ޙިޔާލް ތަކުން ދުރުވެވުނީ ނަތާ މޫނުމަތީ އަތް ހިންގާލުމުންނެވެ.

” އަޅެ މީ ފަސްދޮޅަހުގެ އަހަރުތައްތަ. ކީއްވެތަ ކައިވެންޏަށް ގަބޫލުވީ. އިނޑިޔާގަހެން އެރޭންޖް މެރިޖްއެއް ވޯކް ކުރާނެހެން ޝިފާއަށް ހީވޭތަ؟ އަދި އެއަކީ ބިލިއަނަރެއްގެ ދަރިއެއްކަހަލަ. އެހާ މުއްސަނދި މީހުންނަކަށް އެންމެ އަންހެންކުއްޖަކު ގެންގުޅެގެން ކަމަކުނުދާނެ. ރެއަކު އަންހެން ކުއްޖަކު އެމީހުން ބޭނުންވާނެ. އޭނަގެ ބައްޕަ ދިވެއްސަކަށްވިއަސް، މަންމައަކީ އެމެރިކަންއެއް. އެމީހުން ނުވާނެ ރަނގަޅެއް. ޝިފާ ދެރަވާންޖެހޭނީ. އަހަރެން ބޭބެއާ ވާހަކަ ދައްކަފާނަން ޝިފާއަށް ބުނަން ނުކެރެންނާ. ބުނާނަން ޝިފާ ލޯބިވަނީ ރީޙާން ދެކެޔޭ. އޭރުން ބޭބެއަކަށް ނުކެރޭނެ ޝިފާ އެމީހާޔަކާ ދެވާކަށް. ޝިފާއަށް އިނގެއެއްނު ރީޙާން ޝިފާދެކެ ލޯބިވާކަން ” ނަތާވާހަކަ ދައްކަމުން ދިޔައިރު ފަހަރަކަށްވުރެ ފަހަރަކު ޕިއްޒާ ފޮތިތައް ގިނައިން ކަމުންދިޔައެވެ. ރީޙާންގެ ވާހަކަ ދެއްކުމުން މަޑުޖެހިލެވުނެވެ. ރީޙާން އަށް މިޙަބަރު ލިބިއްޖެއްޔާ ދެރަވާނެ ވަރު އިޙްސާސް ކޮށްލެވުނެވެ.

” ނޫން ނަތާ ނުވާނެ އެއްވެސް ވާހަކައެއް ބައްޕައާ ހިއްސާކޮށްގެނެއް. އަހަރެންގެ މިނިންމުމަކީ އެއްމެފަހުގެ ނިންމުން. ނަތާވެސް އަހަންނަށް އެއްބާރުލުން ނުދެންޏާ ކިހިނެއް މިދަނޑިވަޅުގަ އެކަނި މިހުރިހާކަމަކާ ވިސްނޭނީ. އެހެންނޫނަސް ރީޙާން އަހަރެން ކައިރީ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން ހުރިހާވާހަކައެއް އަހަރެން ކިޔަދޭނަން އޭނައަށް ” ޝިފާ ވާހަކަ ދައްކަމުން ގޮސް ރޮވުނީ އެކުވެރިޔާވެސް އެއްބާރުލުން ނުދޭތީއެވެ. ނަތާ އަވަހަށް ސޮރީ ބުނުމަށްފަހު ޝިފާގައިގަ ބައްދާލީ ހިތްވަރު ދެމުންނެވެ.

” އެކަމް ބުނަން އޭނަ ޝިފް އަށް އެއްވެސް ހިތާމައެއް ދީފިއްޔާ ދެވަނަފަހަަރަށް އިރުއޮއްސޭ މަންޒަރު ނުފެންނަވަރު ކޮށްލާނަން ” ޝިފާގެ ހިނިގަނޑު ފަޅައިގެންދިޔައީ ނަތާ ބުނިޖުމްލައަކުންނެވެ. ދެންފެނުނީ ދެމީހުން އެކަކު އަނެކަކަށް ދިމާކޮށް މަޖާކުރަމުން ދަނިކޮށެވެ.

********************************

” ލިވީ. އައިކާންޓް ލެޓް ޔޫ ގޯ. އައިލަވްޔޫ. އައި ވޯންޓް އަވާ ވެޑިން ނައިޓް ސޯ ސެޕެޝަލް. ލިވީ ޕްލީޒް ޑޯންޓް ގޯ. އައި ލަވް ޔޫ” ނިދީގައި އޮތް ޒައިކް އަށް ހޭލެވުނީ ލިވީގެ ހަނދާންތައް ހުވަފެނުންވެސް އުނދަގޫ ކުރާތީއެވެ. ކައިވެނި ކުރެވެން ކައިރިވެފައި އޮއްވާ ލިވީ އޮޅުވާލައިގެން އެތައް ލައްކަ ރުފިޔާއެއް ހިފައިގެން ފިލުމުންވެސް، ހިތުގައި ފޮރުވިފައިވާ ލޯތްބަކަށް ބަދަލެއް ނައެވެ. ނަފްރަތު ކުރަން ބޭނުންވާއިރުވެސް ނަފްރަތު ނުކުރެވެނީ ވެވިފައިވާ ލޯބީގެ ބާރުންނެވެ.

އެދުވަހުން ފެށިގެން އަންހެން ކުއްޖަކަށް އިތުބާރުނުކުރަން އަޒުމް ކަނޑައަޅައިގެން ހުރިކަހަލައެވެ. މިވީ ހައަހަރު ތެރޭ ސީރިއަސްކޮށް އަންހެން ކުއްޖަކާ ގުޅުން ބާއްވަން ބޭނުން ނުވާ އެއްސަބަބަކީ ވެސް މިއީއެވެ. ފޯނު ހުޅުވާލާލުމުން އެންމެ ފުރަތަމަވެސް ފެނުނީ ރޭގަ ޖިމް އާއެކު ގެސްޓް ހައުސްއަށް ވަންނަނިކޮށް ނަގާފަ ހުރި ފޮޓޮއެކެވެ. އެއާއިއެކު އެކި ނިއުސްތަކުގައި އޮތީ އެޙަބަރެވެ. ހާސްވީ ބައްޕައަށް ނިއުސް ފެނިއްޖެއްޔާ ކަންތައް ވެދާނެ ގޮތަކަމެދުގައެވެ.

ޒައިކް ސިހިގެން ދިޔައީ ކޮޓަރި ދޮރުގައި މީހަކު ޖެހި އަޑަށެވެ. ވަނުމަށް ހުއްދަ ދިނުމުން ނޯކަރަކު ވަނެވެ. އަދި ބައްޕަ ސައިބައްލަވަން ހުރިވާހަކަޔާ އަވަހަށް ދުރުވާން ބުނިވާހަކައެވެ. ބައްޕަގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހުމުން އިތުރަށް ރުޅި އާދެވުނީ ލިވީދެކެއެވެ.

” ޒައިކް ތީ މުސްލިމެއްކަން ހަނދާން ނެތުނީތަ! ކިތައްފަހަރު ބުނާނީ ޒައިކް އަށް ކަމުދާ ކުއްޖަކާ ކާވެނި ކުރާށޭ ތިހެން ނޫޅެ. ޒައިކް މަންމަ އާ ކައިވެނި ކޮށްގެން މިތާ އަހަރެން މިއުޅެނީ، އެކަމް އެންމެ ފަހަރަކުވެސް އިސްލާމްދީން ހުއްދަ ނުކުރާ ކަންކަމަކަށް އަރައެއް ނުގަންނަން. ޒައިކް ތަރުބިއްޔަތު ކުރީ އަހަރެމެނެއް ނޫންތަ؟ ” ބައްޕަގެ އަޑުގައި ހުރި ރުޅިވެރިކަން ފެނިފަ ފަހަތައް ޖެހިލެވުނީ ބައްޕަ އަށް އިޙްތިރާމް ކުރެވޭތީއެވެ. މާފަށް އެދެމުން ދެން އެކަހަލަ ކަމެއް ނުފެންނާނެކަމަށް ބައްޕަ ކައިރީ ބުނެލީ ގޮނޑީގައި އިށިންނަމުންނެވެ.

” މިހުރިހާ ދުވަހަކުވެސް އެއްޗެކޭ ނުބުނެ މިހުންނަނީ ޒައިކް އަށް އަމިއްލައަށް ވިސްނޭނެ ކަމަށް ހީކޮށްފަ. އެކަމަކު އެކަމެއް ނުވި. ކުއްޖަކު ލަނޑު ދިނިއްޔޭ ކިޔާފަ އަމިއްލަ ދިރިއުޅުން ނަގާލަން ޖެހޭތަ ޒައިކް އަށް. ބައްޕަ ގޮތެއް ނިންމައިފިން” ޒައިކް ކުއްލިއަކަށް ބަލާލީ ބައްޕަ ބުނި އެއްޗަކުންނެވެ. ހާސްވީ ބައްޕަ ނިންމާފާނެ ގޮތަކާމެދުގައެވެ.

” ބައްޕަ ނިންމައިފިން ދަރިފުޅުގެ ކައިވެނި ޝިފާ އާއި ކުރުވަން. އެއީ ބައްޕަގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ދަރިފުޅު. ވަރަށް ރަނގަޅު ކުއްޖެއް. ޒައިކް ގެ ތި ދިރިއުޅުމުގެ ހުރިހާކަމެއް ރަނގަޅުކުރުމުގެ ގާބިލުކަން އެ ކުއްޖާ ކިބައިގަ ހުންނާނެ. މަންމަވެސް މިކަމާ ގަބޫލު. އެމީހުން ދިރިއުޅެނީ ލަންކާގަ. އެއްމަސްދުވަހުގެ ތެރޭގައި މިކައިވެނި އެންމެ ކުލަގަދަކޮށް ކުރުމަށް ބައްޕަ ހުރިހާކަމެއް ނިންމައިފިން ” ޒައިކް ހުރީ ބައްޕަގެ ނިންމުމާމެދު ވަރަށް ހިތްހަމަ ނުޖެހިފައެވެ. ވަގުތުން ތިކައިވެންޏާ ދެކޮޅުކަމަށް ބުނެލީ ބައްޕަގެ މޫނަށް ބެލުމެއް ނެތިއެވެ.

“މައްސަލައެއްނެއް މިކައިވެނި ނުކޮށްފިއްޔާ މިކޮމްޕެނީގެ ހިއްސާގެ ބޮޑުބައެއް ދަރިފުޅުގެ ބޭބެގެ ނަންމައްޗަށް ބަދަލުކުރާނަން. ބައްޕަ އަށް އިނގޭ މިކޮމްޕެނީ އަކީ ޒައިކްއަށް ކިހާ މުހިންމު އެއްޗެއްކަން. ކޮމްޕެނީ ޒައިކް ބޭނުން ނޫނިއްޔާ ތިއުޅުމަށް އުޅޭ” ޙާލިދް ގެ ވާހަކަ އިން ޒައިކް ހުރީ ރުޅިއައިސްފައެވެ. ކޮންމެ ގޮތެއްވިއަސް ކޮމްޕެނީއިން އެއްމެ ހިއްސާއެއްވެސް ޔަމާން އަކަށް ދޭކަށް ބޭނުމެއް ނޫނެވެ. ޔަމާން ގެނެސްގެން ބަލާ ބޮޑުކުރިއަސް އެއީ އޭނަގެ ބޭބެއެއް ކަމަކަށް ނުދެކެއެވެ. އެންމެ ފަހުން ކޮމްޕެނީން ހުށައެޅި ބިޑްވެސް ފޭލްވީ ޔަމާންގެ ކޮމްޕެނީން ކާމިޔާބު ކުރުމުންނެވެ.

” ފައިން. ތިކައިވެންޏާ ގަބޫލު. އެކަމަކު ކައިވެނީގެ ކުރިން ޝިފާ އާ ބައްދަލު ކުރާކަށް ބޭނުމެއް ނޫން. ކައިވެނި އޮންނަ ރެއަށް ބައްޕަ ބުނާތާކަށް ދާނަން. މާދަމާ ފުރާނަން ފްރާންސްއަށް ފްރެންޑެއްގެ ކައިވެންޏަށް. ގޮއްސަ އެއްމަސް ދުވަސް ކުރިއަކުން ނާންނާނަން.” ޒައިކްގެ ޝަރުތާ ގަބޫލުކަމަށް ޙާލިދް ބުނެލީ ހިނިތުންވަމުންނެވެ.

ޝިފާ ތިފުންމާލީ އަމިއްލަ ހަލާކުގެ ތެރެއަށް. އަހަރެންދުވަހަކުވެސް ޝިފާދެކެ ލޯއްބެއް ނުވާނަން. މިކައިވެނި މިކުރަނީ ހަމައެކަނި ޑީލްއެއްގެ ދަށުން، ކޮމްޕެނީގެ ބޭނުމުގަ. ކޮމްޕެނީ ހަމަ ލިބޭއިރަށް ދޫކޮށްލާނަން. ޝިފާ މިކައިވެންޏާ ގަބުލުވުމުގެ ހިތިކަން ދައްކާލާނަން. ލާރިބޭނުމުގަ ކައިވެނި ކުރާނަމަ ދެތިންލައްކަ ޑޮލާރ ދީފަ ދޫކޮށްލީމަ ވީ. ޒައިކް ހިތަށް އެރި ހިޔާލްތަކުން ހިނިތުންވެލެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ކުށަކާ ނުލާ 5

Next

އަސްލާން 6

Next
June 17, 2019

އަސްލާން 6

Previews
June 17, 2019

ކުށަކާ ނުލާ 5

9 Comments!

  1. Dhonthee says:
    June 17, 2019 at 2:58 pm

    Eyyyyy??????Belle❤️❤️❤️Haadha reethi vaahaka ekey????avahah anebbai up kodhdhechchey ingey….. Cover pic Haadha majaley….. Adu neiy kolhau hevaiganevunee hama…. ??????Cover pic and the story.. Both are awesome ingey dear… Lots of loves ??????????????❤️❤️❤️❤️

    1. Belle says:
      June 17, 2019 at 8:37 pm

      Thank you Dhonthi, ??. Sunday to Thursday konme dhuvahaku story up vane.

  2. mal says:
    June 17, 2019 at 5:08 pm

    V reethi story eh hen heevanee.waiting for next part…….love this story ???

    1. Belle says:
      June 20, 2019 at 10:43 am

      Thanks mal

  3. jiji says:
    June 17, 2019 at 8:01 pm

    Belle❤❤❤…Feshun vv rythi ingey????????????❤❤❤?????????…Whn next..nd cover pic haadha majaley dhw dhonthii bunihn????..hhehe ly sis

    1. Belle says:
      June 17, 2019 at 8:41 pm

      Thank you jiji, Sunday to Thursday konmme dhuvahaku story up vane. ??????

  4. Jasmine says:
    June 18, 2019 at 4:02 pm

    I love this part waiting eagerly to read next one

    1. Belle says:
      June 19, 2019 at 8:27 am

      thanks jasmine,

  5. Aishath says:
    June 29, 2019 at 1:58 pm

    Varah reethifeshun
    ?

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 2←


All Right Reserved!