Skip to content
އެސްފިޔަ

އަޖައިބު

‍‍‍‍‍‍‍‍‍‍މިއަދު އިއްޔެއަށް ވަނީ އެވެ. ބުރަތަކުގައި ތަފާތެއް ނެތެވެ. ކޮންމެދުވަހަކުގެ ވަދާއުއެކެވެ. ހިތްތައް ފަތަހަވެވި ނަފުސު ޤަތުލުވެތެވެ. ދިރިހުރުމުގައިވީ އެބަޔަކުގެ ވިންދެވެ. އިހުސާސްތަކާއި ތަޞައްވުރެވެ. އިމްނާ ހިނިތުންވެލި އެވެ. އެ ޢާލަމެއްގައި ޤައިދުވެވި ހުރެއެވެ. ބީހުންތަކުގައި ބަލއިަގަތުމެވެ. ރާގުތަކުގައި އޯގާވެރިކަމެކެވެ. އަޑުތައް މަސްހުނިވެ އެއް ހިސާބަކަށް ޖަމާކުރެތެވެ. ހަރަކާތްތައް މަރުގަންނުވާ ލޮލުފިޔަތައް ހަރުވެފައެވެ. ހަމައެކަނި އެ ފުރާނައަކަށްޓަކައެވެ. އެއީ ކުޑަ ވަގުތުކޮޅެއްގެ ކަމެކެވެ. ޖިސްމުގެ ސިއްހަތު ކަށަވަރުވުމުން ބެހިދިއުމަށެވެ. އެ އޮއިވަރެއްގައި ފިކުރާތައް ވާވައްދުވިފައެވެ. މި ހަށި ތަކުރާރުމަތިން ހޭއަރަމުން ދިޔަތެވެ. ނަމަވެސް އެ ސިކުނޑިތައް ތޯ އެވެ. މާ ހަރުދަނޑިވެފައި ހައިބަތު ބޮޑެވެ. މި ބައްޔެއް ނެތިގަންނުވުން އޮތީ ކިހިނަކުން, ކާކުގެ ފަރާތަކުން ބާވައެވެ. ވިސްނުމުގައި ފެތުރެއްވެމުން ދިޔައީ ހުސްވެސް ނާއުންމީދެވެ.

 

‘ އިމްނާ ރަށުން ބޭރަށް ދިޔައޯ ގައިމު, ‘ އެއީ އަވައްޓެރި އެއްގެ އަޑެކެވެ. ފެނިވަމުންދާތާ މަސްތަކެއް ވޭތުވެއްޖެ އެވެ. ނަމަވެސް ދުރުދުރުންނެވެ. އެއީ ފެށިގަތުމެވެ. ބަރުދާސްތު ކުރުމުގެ ދުވަސްވަރެވެ. ޖައްސަމުން ދިޔައީ ވައްތަރުތަކެވެ. ނަޒަރުތަކުގައި ސިޙުރެކެވެ. އެތެރެފުށުގައި ޖޯޝުވެެރިކަމެކެވެ. އެ ފުރާނަ އެއް އިތުރަށް ނިކަމެތި ކުރުމަށެވެ. އެ ލަދުގެންނުވުމެއްގައި ޔަޤީންކަމެއް ހަށީގައި ހަރުކުރެތެވެ. އަދި ދުވަސްކޮޅަކަށް އިންތިޒާރު ކުރެތެވެ. އެ ބިދޭސީ ހަނުހުރުމުގައެވެ. ނަމަވެސް އެ ދުވަސްކޮޅަކީ ތޯ އެވެ. މާ ގިނަ ދުވަހަކީ އެވެ. ފަސް-ހަމަސް ދައުރުވެ ފޭދެއެވެ. ވިސްނުމުގައި ހައިރާންކަމެއް ފަތުރުއްވަތެވެ. ނިމުތު ބިކަ ކޮއްލެވިފައި ވުމުންނެވެ. ޝައްކުތަކެއް ކުރެވޭން ފަށައެވެ. އަމިއްލަ ކިޔަވެލިތަކާމެދު އެވެ.

……………………….

އަމަލުތައް ތަކުރާރު ކުރަމުން ދެޔެވެ. ފެނިވަމުން ނުދިޔައީ ނަތީޖާއެކެވެ. ހަނުހުރުން ބަދަލު ކުރުމުގެ ތަންވަޅު އަތުވެއްޖެ އެވެ. ހިތް ހާސް ކުރުން ފަށުވައިގަތުމަށެވެ. ނޫނީ ފަށައިގެންފައިވި އަރާރުންތައް ފުޅައު ކުރުމަށެވެ. އެ ފުރާނައަކަށް ފާރަލާން ފެށުނެވެ. އިއްތިފާގީ ބައްދަލުވުމުގެ ތަމުސީލަކަށެވެ. ޒީނަތުގެ ފަރުމާއިން ހަމުގެ އަޞްލު ފަރުދާކުރުވިޔެވެ. މީހުނަށް އޭނަގެ މޫނު އޮޅިއްޖެ އެވެ. އެކަމަކު ހިތުގައި ޙަސަދައެއް ނެތެވެ. އޭނާގެ ކުޅިވަރު އެމީހުން ދަނެތެވެ. އެ ކުޅުމެއްގައި ވަނީ އެއް ޓީމެކެވެ. ހިތާމަ އާަަައި އުފަލުގައި ބައިވެރިވަމުން ދިޔައީ އެކުގައެވެ. ފެނިވުމުން ސަލާމް ބަދަލު ކުރުމެވެ. ޒިޔާރަތުތަކުގައި ޙަޔާތުގެ ފޮލާތަކެވެ. ހަދިޔަލާއި ހަޖަމުގެ ހިއްސާކުރުންތަކެވެ. ނިޔަތްތަކުގައި ވަނީ ޝައިތާނެކެވެ. އެ ޣާފިލުކަމެއްގައި ދުނިޔެ ތަނަވަސްވެފައެވެ.

 

‘ގޮއްސަ އަައީ ދޯ މިހާރު..’ މޫނުގައި އިހުސާސެއް ނެތެވެ. ދެ ލޯ ބޮޑުވެފައެވެ. ކަމެއް ހޯދައިގަނުމަށެވެ. ޣީބައަކަށެވެ. އެ ނޭންގުމެއްގަައި ހިތްތައް ދަތުރުކުރުވަތެވެ. ފިތުނަވީ މަންޒިލުތަކެވެ. ތަޞައްވަރުކުރުން ހިތްއެދުނު ދިމާލަކަށެވެ. ޔަގީނުން ވެސް ބަގީޗާ އެއް ނުވާނެ އެވެ. އެ ޚިޔާލަކަށް ހަށިތައް މާ ބަލިކަށްޓެވެ.

……………………….

ޖަވާބެއް ނުލިބުމުން ފިލަައިގެން ފޭދިކުރުވި އެވެ. އެ ހޮޅުއައްޓެއް އަބަދުވެސް އިންތިޒާރުގައިވިއެވެ. ބަލައިގަތުމަކުން ބޭރުފުށް ގިރިޓީކުރެވިފައެވެ. ހިތްވަރު ފެތުރުއްވުމަށް ލައުނަވީ ކުލަތަކެއް ޖައްސުވަތެވެ. މުޚުލިޞެއް ނުފެނެ އެވެ. ނަމަވެސް ލަޤަބު އިސްކުރެވުމެކެވެ. ހައިސިއްޔަތު ބަދަލުކުރުން ޖަރީމާއަކަށް ވަނީ އެވެ. އެ ސިފަތަކަކީ އޭނަގެ ރަމުޒިއްޔަތެވެ. އެނގުމާއި ޢަމަލުގައި ތަފާތު ގެންގުޅުމެވެ. އެ ބޮޑައިކަމަކުން ފާހަގަވެވި ވުމެވެ. ޚާއްސަވެފައި ބިޔައެވެ. ލަދުގަތުމެއް ނެތެވެ. ނަފުސުގެ އެ އަޅުދާސްތަކެއްގައި ހިތްތައް މަސްޣޫލުކުރެވިފައެވެ. އަދި އުޚުރަތުގެ ޢާލަމުން އެ ބަޔަކު ގެއްލެނިވެއްޖެ އެވެ. އެ އަޖާއިބުތަކެއްގައި ކެއްސެއް ނެތެވެ.

(ނިމުނީ)

Comments (12)

  1. Ibsha

    ?

  2. Iyaa

    Reethi ekm maa fun kamun geteh nuvi

    1. Allura
      Iyaa

      Thanks, Iyaa. ?

  3. Anonymous

    Kada… Meega vaanuvaa neyngey.. dhen mikahala vaahaka tha liyan ingunee??? Varah bodah ves kada?????

    1. Allura
      Anonymous

      Thanks still, fr reading n the comment. ?

  4. drax

    Oh I don’t get this ???
    But I l learn some new word

  5. chump

    Haadha faadaka thiliyany kn gaumegge baheh mee

    1. Allura
      chump

      I know, right?! ☺

  6. jiji

    Story good..but I think its more better to a short story aneh vaki haadhisaa akah balain..cuz jiji ah vec baeh basthakuga ebunaa ehcheh rangalhah dheyha eh nukurevun..correct that ingey??????

    1. jiji
      jiji

      Mibuny Like illusion men kahala kudhin liyefa huhna story thah gothah but new ehchekey ingey

    2. Allura
      jiji

      Okay. Thanks. Will try my best.. ?

  7. Aff

    Ajaibeh fadha vaahakaeh…

Comments are closed.