ހަޔާތުގެ އަދިރި ފަރާތް
ލޮބުވެތި އެކުވެރިން . އަދި މި ޑައިރީ ކިޔާ މީހުން . މި ޑައިރީ އަކީ އަސްލު ހަޤީޤީ ވާހަކަ އަކަށް ބިނާ ކުރެވިފައިވާ ޑައިރީއެވެ . މި ޑައިރީން ފިލާވަޅެއް ނެގުން އެއީ އަހަރެންގެ އުއްމީދެކެވެ . އަދި ކޮންމެ ވެސް އެއް ދުވަހަކުން މި ޑައިރީ އެސްފިޔަ އަށް އަޕްލޯޑު ކުރާނެ ވާހަކަ ދަންނަވާލަމެވެ .
މީގެ 21 އަހަރު ކުރިން . އަހަރެންނަކީ ކުޑަ ކުއްޖަކީމެއެވެ . އަހަރެންނަށް ވަރަށް ވެސް ލޯބި ނަމެއް އަހަރެންގެ މައިންބަފައިން ކިއެވެ . އެއްވެސް ދަތި އުދަގުލެއް ނުޖެހި އަހަރެން މިހިސާބަށް އާދެވުނީމާ އަހަރެންގެ މައިންބަފައިންނަށް ވަރަށް ވެސް އުފާ ކުރަމެއެވެ . އަހަރެންނަށް ޓަކައި އެތަކެއް ވޭނެއް އުފުލުމަށްޓަކައި އަހަރެންގެ މައިންބަފައިން ނަށް ޝުކުރު އަދާ ކުރަމެއެވެ . ކޮންމެ ހިތް ދަތިކަމާއެކު ވެސް އަހަރެންނަށް ވަރަށް ވެސް އުފާވެރި ދިރިއުޅުމެއް ދެއްކިއެވެ . މޮޅެތި ފޯނާއި އެހެނިހެން އެއްޗިހި ގަންދެމުން ދެއެވެ .
އެހެން ވަގުތު ފާއިތުވަމުން ގޮސް ނުވިތާކަށް ދުވަސް ތަކެއް ފާއިތު ވަމުން ގޮސް މި އާދެވުނީ 2019 ވަނަ އަހަރުގެ 6 މަހުގެ 12 ވަނަ ދުވަހަށެވެ . އެއްވެސް ދަތި އުދަގޫ ކަމެއް ނުޖެހި އަހަރެން މިހިސާބަށް ގެނޭތީ ވަރަށް ވެސް ހިތް ހަމަ ެހެއެވެ . ނަމަވެސް އަހަރެންނަށް އެއްވެސް ކަހަލައިގެ ހިނިތުން ވުމެއް އަދި ހިނިތުން ވާ ކަށެއް ނޭންގެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ ދިރިއުޅުން ވަނީ އެއްކޮށް ބަރުބާދު ވެފައެވެ . އެކުވެރިންނާއެކު އެއްވެސް މަޖަލެއް ކުރެވޭކޮށެއް ނޯވެއެވެ . އަބަދުވެސް މިހުންނަން ޖެހެނީ ގޭގައެވެ . ހީވަނީ ގުރާ ކޮއްޓެއްގައި ބަންދުވެފައި ކަހަލަ ގޮތަކަށެއެވެ . އަހަރެން ހިތް ކިޔާ އަންހެން ކުއްޖަކަށް އަހަރެން ގެ މައިންބަފައިން ބުނަމުން ގެންދަނީ ނޫން ބަސް ބުނަމުންނެވެ . ރަށު މީހުން ވެސް އަހަރެންނަށް އެހާވެސް ގޯހެއެވެ . އަދި އަހަރެން ގެ އެންމެ ގާތް ކޮށް އުޅެމުން އަންނަ މީހުންވެސް ހަދަމުންދަނީ ދޮގެއެވެ ….
ލޮބުވެތި އެކުވެރިން ! އަހަރެންގެ ދިރިއުޅުން އެއްކޮށް ބަރުބާދު ވެއްޖެއެވެ . ހިއްސާ ކޮށްލާނެ އެކުވެރިއެއް ގާތް މީހެއްވެސް ނެން ކަހަލައެވެ . އެކަމަކު މިޔަދު އަހަރެންގެ ހިތް ހަމަ ޖެހުމަކަށް ވަނީ ޓިކްޓޮކް ބޭނުން ކުރެވެމުން ދާތީއެވެ . އެކަން ވެސް ފެށިގެން އައީ އަހަރެންގެ ދެބެން ދެދަރި ކޮއްކޮ އެއްގެ ފަރާތުން އައި ކަމެކެވެ . މިހާރު މި ކަމަކަށް ވެސް ނޫން ބަސް ބުނަމުން ގެންދެއެވެ .
ހިތް ހަމަ ޖެހޭ އެއްވެސް ކަމެއް ނުވުމުން އަހަރެން މިޔަދު އެއްކޮށް ކަހަލަ ގޮތަކަށް ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ . މައިންބަފައިންގެ ނުރުހުމުގައި އަހަރެން އެއްވެސް ކަމެއް ކުރާކަށެއް ބޭނުން ނުވެއެވެ . އަހަރެން ގެ އެއް އަޒުމަކީ އަހަރެންގެ މައިންބަފައިން ގެ ރުހުމާއެކު އެކަން ވެސް ކުރުމެއެވެ .
ﷲ އިރާފަފުޅާއެކު އަހަރެންނަށް ވެސް ދަރިޔަކު ވެސް ލިބިގެންދާނެއެވެ . އެދުވަހަކުން އަހަރެން މަޖުބޫރަކުން އެއްވެސް ކަމެއް ނުކުރާނަމެއެވެ . މިގޮތަށް ( އަހަރެން) މި އުޅޭ ގޮތަށް މަޖުބޫރުން އެއްވެސް ކަމެއް ނުކުރުވާނަމައެވެ . އެކަމަކު ނުބާ ކަންކަމަކަށެއް އަހަރެން މަޖުބޫރުން ރަގަޅު ކުރުވާނަމައެވެ . އަދި ސްކޫލް ދުވަސް ވަރު ބޭނުން ސްޓްރީމް އެއް ނެގުމުގެ ހުއްދަވެސް އޮންނާނެއެވެ .
އަހަރެންނާނާ އެކު ކިޔަވަން އުޅުނު އެއްމެ ގާތް އެކުވެރިޔާ ވެސް ވަނީ އަހަރެންނާ އެއްކޮށް ދުރުވެފައެވެ . ސަބަބަކަށް ވަނީ އަހަރެން އެއްވެސް މަސައްކަތެއް ނުކޮށް ހުރުމުގެ ސަބަބުން އަހަރެން ނާ ގުޅުން ކަޑާލީއެވެ
ކީއްހެ ކުރާނީ ؟ މިއީ އަހަރެންނަށް ޖެހިފައި އޮތް ވޭނެއް ކަހަލަ ކަމެކެވެ . އެކަމަކު އަހަރެން ކެއް ކޮލައިގެން އަހަރެން ހުންނާނަމެއެވެ . އަހަރެން ކޮންމެވެސް ދުވަހަކުން އަހަރެން ވަޒިފާ އަށް ފޮނުވާނެއެވެ .
ލޮބުވެތި ބެލެނެވެރިން … މިޔަދު ތިޔަ ކަބަލުންނާއި ބޭފުޅުން .. ތިބާ ގެ ދަރިން މި ގޮތަށް ކަނު އަދިރީގައި ބަހަޓަން ކެރޭނެ ހެއްޔެއެވެ . ނުވަތަ އެއްވެސް ތާކަށް ނުފޮނުވާ ބަހައްޓަން ކެރޭނެ ހެއްޔެއެވެ . ނުވަތަ އަމިއްލަ ފައި މައްޗައް އެ ކުދިން ތެދުވީމާ އެކުދިންނަށް ހިތް ހަމަ ޖެހޭ ވަޒީފާ ލިބުމުން ނޫން ބަސް ބުނަން ކެރޭނެ ހެއްޔެވެ .
މިޔަދު ޒުވާނުންނަކީ މާދަމާ މުސްކުޅިވާނެ ބައެކެވެ . މިޔަދު ކުޑަ ކުދިންނަކީ މާދަމާ ޒުވާނުންނެއެވެ . ކޮންމެހެން އެކުދިން ލައްވާ ގަދަ ކަމުން ނުވަތަ ނުރުހުމުގައި އެއްވެސް ކަމެއް ކުރާނެ ހެއްޔެވެ .
މި ގޮތަށް އަހަރެން މި ލިޔަމުން ގެންދަނީ ކިޔުންތެރިންނަށް އެއްޗެއް އޮޅުން ފިލުވާ ދިނުމަކަށް ވެސް ނުވަތަ އަހަރެން ކަހަލަ ތަނަކަށް ހިފަހައްޓާފައި ހުންނަ މީހަކަ ނުވޭ ތޯއެވެ .
ދެން ބަލާލަމާ ހެއްޔެ . މި މުޖުތަމައު އަށް . ކިތައް ކުދިން ތޯ ނިކަމެތިކޮށް ބޮޑެތޮި ވަމުން ދަނީ . އެކަމަކު ފަހުން އެކުދިން އުޅެމުން ދަނީ ޤައުމުގެ މަތީ ފަންތީގައެވެ . ކޮންމެވެސް ޤާނޫނީ ވަކީލަކަށް ނުވަތަ މޮޅު ފުޓްބޯޅަ ކުޅުން ތެރިޔަކަށެވެ .
ހިތް ހަމަ ޖެހުމާއި އެކުވެރި ކަން އަބަދުވެސް ބޭނުން ވާނެއެވެ . ނުވަތަ ކޮންމެވެސް އެކުވެރި އަކާއެކު ކޮފީ އަކަށް ނުވަޔަ ކޮންމެވެސް ސަކަރާތް ޖެހުމުގައި ވަގުތު ހޭދަ ކުރާނެ މާހައުލަކަށް ހަދަމާ ހެއްޔެވެ . މަސްތުވާ ތަކެތިން އެއްކިބާ ވާ ބައެއް ކަމަށް ހަދަމާ ހެއްޔެވެ .
މި ލިޔުން ކިޔުއްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ވެސް ބޮޑަށް ޝުކުރިއްޔާ …
އަޅުގަނޑު ގެ އުއްމީދަކީ މި ލިޔުން ކޮޅަށް ކޮމެއްޓް އެއް ކޮއްލައްވާނެ ކަމެއެވެ .
6 Comments!
Comments are closed.


Reethi
V sad story eh… ?
Nice
Some parents are like that and mostly girl s he parents I wish they will understand some day
And trust their children more than society
Keep up the good work ???
Adhi iraadhukurevviya ufaaveri hayaatheh libeyne mayoos nuve Allah ah dhuaa kurun mathy dhemi hurey
Liyumah fahu ehfaharu namaves alun kiyalun ragalhu.
v reethi