Skip to content
އެސްފިޔަ

12 އަހަރު ފުރުނުދުވަހު ގެއްލުނު މުޙައްމަދު ނަޒީހު އަދިވެސް ނުފެނޭ.

: މިއީ 2002 ވަނަ އަހަރުގެ ޖުލައިމަހު އއ.މަތިވެރީގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މިހާދިސާގެ މަޢުލޫމާތު ފިޔެސް މަޖައްލާގައި ސާއިޢުކުރުމަށްޓަކައި އަޅުގަނޑު ނަގާފައިވަނީ 2003 ވަނައަހަރު އއ. މަތިވެރިއަށް ކުރި ދަތުރެއްގައެވެ. މިހާދިސާ އަޅުގަނޑަށް ކިޔައިދިނީ މި ހާދިސާގައި ގެއްލުނު މުޙައްމަދު ނަޒީހުގެ ބައްޕަ އިބްރާހިމް އިސްމާއިލް އެވެ. މީގެ އިތުރުން މިހާދިސާ ހިނގައިގެން އުޅުނު އިރު މިކަމުގައި އިސްކޮށްއުޅުނު ބައެއްފަރާތްތަކުން ދީފައިވާ މަޢުލޫމާތާއި އެހެންވެސް ބައެއް ރައްޔިތުން ދީފައިވާ މަޢުލޫމާތު ހިމަނާފައިވާނެއެވެ.

 

އއ.މަތިވެރީ ކޮމްރެޑްވިލާ އިބްރާހިމް އިސްމާއިލް އާއި ޖަމީލާ މުޙައްމަދުގެ ޢާއިލާއަކީ މަތިވެރީގެ ނިސްބަތުން ތަނަވަސް ޢާއިލާއެކެވެ. އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެމުންއައި އެ ދެމަފިރިންނަށް ވަރަށްގިނަ ކުދިން ލިބުނެވެ. 67 އަހަރުގެ އިބްރާހިމް އިސްމާއިލްގެ އުފަންދަރިންގެ އިތުރުން ކާފަދަރިން ވެސް ތިބެއެވެ.

އިބްރާހިމް އިސްމާއިލާއި ޖަމީލާ މުޙައްމަދަށް ލިބުނު ކުދިންގެތެރެއިން މުޙައްމަދު ނަޒީހަކީ އެގާރަވަނަ ކުއްޖާއެވެ. އެޢާއިލާގައި މުޙައްމަދު ނަޒީހަށް ވުރެ ހަގުކުދިން ވެސް ހިމެނެއެވެ. މަތިވެރީގެ ބައެއްމީހުން ބުނާގޮތުން މުޙައްމަދު ނަޒީހަކީ އުފަންވިއިރު ވެސް ސިކުނޑި ހަމަނުޖެހޭ ކަހަލަގޮތެއް ހުންނަ ކުއްޖެކެވެ. މުޙައްމަދު ނަޒީހު އެކަނި މާއެކަނި ވަލުތެރެއަށާއި އަތިރިމަތި ފަދަ ތަންތަނަށް ގޮސް އުޅެއެވެ. އެހެން ގޮސްއުޅޭ އުޅުމުގައި އަނގައިންނާއި އިސާރާތުން ގަސްގަހާ ގެއްސާއި ވާހަކަ ދެއްކުން ފަދަ ކަންތައް ކޮށްއުޅެއެވެ. ހަމައެހެންމެ އޭނާގެ މަންމަ ފެންނަން ނެތިސް މަންމަ އެހުރީ ކަމަށްބުނެ ވާހަކަ ދައްކާހަދައެވެ. އަތުގައި އެއްޗެއް ނެތިސް ސިނގިރޭޓް ބޯގޮތް ދެއްކުމާއި ފަންވިނުންފަދަ ކަންތައް ކުރާގޮތް ދައްކާ އުޅެއެވެ. ލަކުނޑިކޮޅު ފަދަ ތަކެތި ކަންފަތާއި ކައިރިކޮށް މޯބައިލްފޯނުން ވާހަކަދައްކާހެން ވާހަކަ ދެއްކުން ފަދަ ކަންތައް ވެސް ކޮށްއުޅެއެވެ. ވާނުވާ ނޭނގޭ ނަމަވެސް ކަލްކިއުލައިޓަރުން ހިސާބުހެދުން ފަދަ ބައެއް ކަންކަން ވެސް ކޮށް އުޅެއެވެ. އަދި އެހެންމެ ނަމާދުކުރާގޮތް ވެސް ދައްކާ ހަދައެވެ. ވާހަކަދައްކާއިރު ވެސް އެދައްކަނީ ކޮން ވާހަކައެއް ކަމެއް ގިނަބަޔަކަށް ނޭނގެއެވެ.

މަތިވެރީގެ ގިނަމީހުންގެ ވާހަކަތަކަށް ބުރަވާއިރު ބޮޑަށް ބެލެވެނީ، މުޙައްމަދު ނަޒީހުއަކީ ސިކުނޑީގައި އުނި ކަމެއް ހުރި ނަމަވެސް އެހެންމީހުން އުޅޭފަދައިން އުޅެން މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައެވެ.

މުޙައްމަދު ނަޒީހު މާލެ ގެންގޮސް ޑޮކްޓަރަށް ދައްކާ ބޭސްކުރިއެވެ. އެކަމުގެ ސަބަބުން އޭނާގެ އުޅުމަށް ކޮންމެ ވެސް ވަރެއްގެ ހެޔޮބަދަލެއް އައި ވެސް މެއެވެ.

މުޙައްމަދު ނަޒީހަކީ ޢާއިލާގެ އެންމެންނާއި ވެސް ގުޅޭ އަދި ޢާއިލާގެ އެންމެނަށް ވެސް އެހީތެރިވާ ކުއްޖެ ކެވެ. އިބްރާހިމް އިސްމާއިލް ހުޅުވައިގެން އުޅޭ ފިހާރައެއް އެހެން ގޯއްޗެއްގައި ހުރެއެވެ. ފިހާރައިން ތަކެތި ގެއަށް ގެނައުމާއި ގެއިން ތަކެތި ފިހާރައަށް ގެންދިއުންފަދަ ކަންތައްތައް އާންމުކޮށް ކޮށްއުޅެނީ މުޙައްމަދު ނަޒީހުއެވެ.

ކޮންމެރެއަކު ކަހަލަގޮތަކަށް އިބްރާހިމް އިސްމާއިލް އިސާނަމާދުން ފައިބާއިރު މިސްކިތްކައިރީ މުޙައްމަދު ނަޒީހު އައިސް ހުރެއެވެ. އެގަޑީ މިސްކިތްކައިރީ ނެތްނަމަ އިބްރާހިމް އިސްމާއިލް ގެއަށް ދާއިރު ގެއިން ދިމާވެއެވެ.

މުޙައްމަދު ނަޒީހަކީ އެކަނިމާއެކަނި ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނަމަވެސް މީގެކުރިން ދުވަހަކު ވެސް ގެއްލިގެން ހޯދަންޖެހިފައެއް ނުވެއެވެ. އެހެނަސް މަތިވެރީގެ ބައެއްފަރާތްތަކުން ބުނާގޮތުގައި މުޙައްމަދު ނަޒީހުގެ ޢާއިލާއިން އޭނައަށް ދޭންވާ ސަމާލުކަމެއް ނުދެއެވެ.

ތަރިރުހަނދުގެ ދަޢުރުވުމާއެކު ރޭދުވާ ދައުރުވަމުން މަސްތަކާއި އަހަރުތައް ފާއިތުވަމުން އައިސް 2002 ވަނަ އަހަރުގެ ޖުލައިމަހުގެ ދެވަނައަށްވީ އަންގާރަ ދުވަހެވެ. އެދުވަހު މުޙައްމަދު ނަޒީހުގެ ޢަމަލުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއްއައި ކަމަށް މަތިވެރީގެ ބައެއްފަރާތްތަކުން ބުނެއެވެ. އެހެނަސް އިބްރާހިމް އިސްމާއިލް ބުނިގޮތުގައި އެކަހަލަކަމެއް އެމީހުންނަކަށް ފާހަގައެއް ނުކުރެވެއެވެ. ހަމައެހެންމެ އެކަހަލަކަމެއް ފާހަގަކުރެވުނު ނަމަ އެޢާއިލާއިން އެކަމަށް ވިސްނާ ސަމާލުކަން ދޭނެއެވެ.

އިބްރާހިމް އިސްމާއިލް އާއި މުޙައްމަދު ނަޒީހު އެންމެފަހުން ބައްދަލުވީ އެދުވަހުގެ މެންދުރުފަހު ދެގަޑި ބައިކަން ހާއިރު އެގޭ ފިހާރަ ކައިރިންނެވެ. އިބްރާހިމް އިސްމާއިލް އާއި މުޙައްމަދު ނަޒީހު އެތަނުން ދިމާވިއިރު މުޙައްމަދު ނަޒީހުގެ އަތުގައި އޮތް ސުޕާރީއަކާއި ބެހޭގޮތުން ވާހަކަ ވެސް ދެއްކިއެވެ. މުޙައްމަދު ނަޒީހު ބުނި ގޮތުގައި އެއީ އޭނާގެ ބޭބެއަކު އޭނައަށް ދިން އެއްޗެކެވެ. ހަމައެހެންމެ އޭނާ އެސުޕާރީ ކާލާނީ ފަހުންނެވެ.

2002 ވަނަ އަހަރު ޖުލައިމަހު ދެވަނަދުވަހުގެ ހަވީރުގެ ވަގުތެއްގައި މުޙައްމަދު ނަޒީހަށް ބާރަ އަހަރު ފުރުނެވެ. އެދުވަހު ހަވީރު ވެސް މުޙައްމަދު ނަޒީހާއި އޭނާގެ ކޮއްކޮއަކު ގޮނޑުދޮށަށް ގޮސް އުޅުނު ކަމަށް ވެއެވެ. އެކުއްޖާ މޫދަށް އެރެން ފެށުމުން އެކުއްޖާ ގޮވައިގެން މުޙައްމަދު ނަޒީހު އައީ ރަށުތެރެއަށެވެ.

މުޙައްމަދު ނަޒީހު އެންމެފަހުން ފެނިފައިވަނީ އެދުވަހުގެ އިރުއޮއްސުނުވަގުތު ހަގަޑި ފަނަރަކަން ހާއިރު އެވެ. މަގެއްކައިރީ ޖަހާފައިހުރި މަގުބައްތިއެއްކައިރީ މަޑުކޮށްލައިގެން ހުރިއިރު އޭނަ ހުރީ ސުޕާރީއެއް ކާށެވެ. ލައިގެން ހުރީ އޭނަ އާންމުކޮށް ލާން ގެންގުޅޭ ސޯޓަކާއި ޓީސާޓެކެވެ.

ރޭގަނޑުގެ ވަގުތެވެ. އިބްރާހިމް އިސްމާއިލް އޭނާގެ އާދައިގެމަތިން އިސާނަމާދުން ފައިބާގެން އައީ ގެ އަށެވެ. މިސްކިތްކައިރިން މުޙައްމަދު ނަޒީހު ނުފެނުމުން އޭނަ ހުންނާނީ ގޭގައިކަމަށް ނިންމައިގެން އިބްރާހިމް އިސްމާއިލް ގެއަށް އައި ނަމަވެސް ގެއަކުން ވެސް މުޙައްމަދު ނަޒީހެއް ނުފެނުނެވެ. ކާގަޑި ޖެހުނުއިރު ވެސް މުޙައްމަދު ނަޒީހު ގެއަށް ނުދިއުމުން ޖަމީލާ މުޙައްމަދު ފިހާރަކައިރިއަށް ދިޔައީ އެތަނުގައި މުޙައްމަދު ނަޒީހު ހުރެދާނެކަމަށް ބަލާފައެވެ. އެހެނަސް އެތަނަކު އޭނާއެއް ނެތެވެ.

ދެތިންތަނެއް ބަލައި މުޙައްމަދު ނަޒީހުގެ ޚަބަރެއް ނުވުމުން އިބްރާހިމް އިސްމާއިލާއި ޖަމީލާ މުޙައްމަދު ވާހަކަ ދައްކާ މަސްވަރާކުރުމަށްފަހު އަވަސް އަވަހަށް އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

މުޙައްމަދު ނަޒީހު ހޯދުމަށް އޭނާގެ ޢާއިލާއިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން ރަށުއޮފީހަށް އެކަން އެންގިއެވެ.

މުޙައްމަދު ނަޒީހު ގެއްލިގެން ހޯދައިދިނުމަށް އޭނާގެ ޢާއިލާ އެދުނު ވާހަކަ ރަށުއޮފީހުން ރައްޔިތުންނަށް އަންގާލުމާއެކު އެންމެހާ ރައްޔިތުން ނުކުމެ މުޙައްމަދު ނަޒީހު ހޯދުމުގެ މަސައްކަތް ފެށިއެވެ. އެކަމުގައި އެމީހަކަށް ލިބޭނެ އެންމެ ރަނގަޅަކަށް އަލިކުރެވޭނެ ވަސީލަތްތައް ވެސް ބޭނުން ކުރިއެވެ. މަތިވެރީގެ ފިހާރަތަކުގައިހުރި ޓޯޗުބައްތިތައް ވެސް އެރޭ އާންމުން ގަނެ ހުސްކޮށްލީ އެކަމަށް ރައްޔިތުންދިން ސަމާލުކަމެއްގެ ސަބަބުންކަން ޔަގީނެވެ.

މުޙައްމަދު ނަޒީހު ހޯދުމުގެ މަސައްކަތުގައި މަތިވެރީގެ އެއްގަމާއި ގޮނޑުދޮށާއި މޫދުގެ އިތުރުން މަތިވެރީ ފަޅުތެރޭގައި އޮންނަ ކުޑަރަށް ވެސް ބެލުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު މަތިވެރީގައިތިބި އެންމެން މިކަމުގައި ބައިވެރިވެ ކޮށްދިން ބުރަ މަސައްކަތް އެޢާއިލާގެ ފަރާތުން ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.

މުޙައްމަދު ނަޒީހު ގެއްލުނު ރޭގެ ވަގުތެއްގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ރަށުއޮފީހުން އެކަން އެންގިއެވެ.

މުޙައްމަދު ނަޒީހު ހޯދުމަށްޓަކައި ވަރަށް ބުރަކޮށް މަތިވެރީގެ ރައްޔިތުން މަސައްކަތްކުރަމުން ދިޔައިރު، އެބައިމީހުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ކޮންމެމީހަކު ވެސް އެމީހަކަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުން ދިޔައެވެ.

ބައެއްފަރާތްތަކުން ހާމަކުރާ ގޮތުގައި މުޙައްމަދު ނަޒީހުގެ ފިޔަވަޅުތައް ގޮނޑުދޮށުން ފެނުނެވެ. އެބައިމީހުން ބުނާގޮތުންނަމަ އެއީ ގޮނޑުދޮށަށް ފައިބާފައިވާ ފިޔަވަޅު އެކަންޏެވެ. އެހެނަސް އެވާހަކަތަކާއި ދެކޮޅުހަދާ މީހުން ވެސް އެބަ ތިއްބެވެ.

މަތިވެރީގެ ކުދިބޮޑު ރައްޔިތުން އެކުވެގެން އެރޭ އިރުއަރަންދެން މަސައްކަތް ކުރި ނަމަވެސް މުޙައްމަދު ނަޒީހެއް ނުފެނުނެވެ. މުޙައްމަދު ނަޒީހު ހޯދުމުގެ މަސައްކަތަށް އެހީވުމަށްޓަކައި އެން އެސް އެސް ގެ ބޭކަލުން މަތިވެރިއަށް ދުރުވީ ޖެހިގެން އައި ބުދަދުވަހުގެ މެންދުރުން ފަސްވެ އަސްރުވުމާއި ގާތްވެފައި ވަނިކޮށެވެ. އޭރު ވެސް މަތިވެރީގެ ރައްޔިތުން މެދުނުކެނޑި ކަހަލަގޮތަކަށް މުޙައްމަދު ނަޒީހު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އެއްވެސް ރައްޔިތަކު ރަށުން ބޭރަކަށް ނުދެއެވެ.

އެން އެސް އެސް ގެ ބޭކަލުންނާއި މަތީވެރީ ކައިރީ ރިސޯޓްތަކުގެ އިސްފަރާތްތައް ގުޅިގެން މުޙައްމަދު ނަޒީހު ހޯދުމަށްޓަކައި ޑައިވިންކުރަން ފެށިއެވެ.

މިކަމުގައި އެއްވެސްވަރެއްގެ އަލިމަގެއް ފެނޭތޯ އެޢާއިލާގެ ފަރާތުން ފާލުބެލިއެވެ.ފާލުބެލި އެކިމީހުން ބުނަމުން ދިޔައީ އެކިގޮތަށެވެ.

މުޙައްމަދު ނަޒީހު ދުނިޔޭގައި އެބަހުރި ކަމަށާއި އޭނަ ފެންނާނެކަމަށާއި، އޭނާ ފެންނާނީ އެކަނި ހުންނަ މީހަކަށް ކަމަށް ފާލުބެލި އެކަކު ބުނިކަމަށް މަތިވެރީގެ ބައެއް މީހުން ބުނެއެވެ.

މިހާރު މުޙައްމަދު ނަޒީހު ހުރީ ރޫހާނީބާރެއްގެ ހިފެހެއްޓުމުގެ ދަށުގަ ކަމަށާއި ބަންގިގޮވުން ދޫކޮށްލާނެ ކަމަށް ވެސް ފާލުބެލި މީހަކު ބުނިކަމަށް ވެއެވެ. ހަމައެހެންމެ އެކަމާއިގުޅިގެން ބަންގި ރެކޯރޑް ކޮށްގެން ވަލަށް ގޮސް އަޑު ހަރުކޮށް ޖަހާފައިވާކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ވީ އެއްވެސް ފައިދާއެއް ނެތް ކަމަށް ވެސް ދުވަސްވީމީހަކު ބުންޏެވެ.

މުޙައްމަދު ނަޒީހު ހޯދުމަށް ފާލުބެލުމުގެ މަސައްކަތް ކުރަމުންދިޔަ މީހުން މާލެއިން އެކަން ކުރުމަށްފަހު އިންޑިޔާގައިހުރި މީހަކު ލައްވާ އެތަނުގައި ވެސް އެކަން ކުރިއެވެ. ފޯނުމެދުވެރިކޮށް ކުރަމުންދިޔަ މުޢާމަލާތުން އެނގުނު ގޮތުގައި އިންޑިޔާއިން ފާލުބެލިމީހަ ބުނީ މުޙައްމަދު ނަޒީހު ހުރީ އޭނާގެ ރައްޓެއްސަކާއެކު މަތިވެރީ ފަޅުތެރޭއޮތް ކުޑަކުޑަ ފަޅުރަށުގައެވެ. ހަމައެހެންމެ އޭނައަށް ކާބޯތަކެތި ބޭނުންވެއެވެ.

މީހަކަށް ފިލައިގެން އުޅެވޭވަރަށްވުރެ އެކުޑަކުޑަރަށަށް މަތިވެރީގެ ގިނަބަޔަކު އެތައް ފަހަރަކު ގޮސް ބަލައި ގެން ވެސް މުޙައްމަދު ނަޒީހެއް ނުފެނުނެވެ. ހަމައެހެންމެ އެރަށުގައި މީހަކު އުޅެމުންދާކަމުގެ ނިސާނެއް ވެސް ފެންނާކަށް ނެތެވެ.

ފާލުބެލި މީހުންގެ ތެރެއިން ތިންމީހެއް ބުނުން ވަރަށް އެއްގޮތްކަމަށް ޢާއިލާއިން ބުންޏެވެ. އެ ތިންމީހުން ބުނި ގޮތުގައި އިރުއޮއްސި ހަގަޑިބައި ހާއިރު މުޙައްމަދު ނަޒީހު އެކަނި މާއެކަނި ދެކުނުފަރާތު މަގަކުން އިރު ދެކުނަށް ކަހަލަ ގޮތަކަށް ގޮސް ގެއްލުނީއެވެ. އަދި އޭނައަށް ބާރައަހަރު ފުރިފައިވާނަމަ އޭނަ ހޯދަން އިތުރަށް މަސައްކަތް ނުކުރުމަށް ވެސް އެތިންމީހުން ބުނެފައިވެއެވެ. އޭގެތެރޭގައި އިންޑިޔާއިން ފާލުބެލި މީހާ ވެސް ހިމެނެއެވެ.

އެކަމަށްޓަކައި ހަތަރުހާހެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް އިބްރާހިމް އިސްމާއިލް ބުންޏެވެ.

މުޙައްމަދު ނަޒީހު ހޯދުމަށްޓަކައި މަތިވެރީ ރައްޔިތުންނާއި ސިފައިން ގުޅިގެން ވެސް ގާތްގަނޑަކަށް ތިންރޭ ތިންދުވާ މަސައްކަތް ކުރިއެވެ. މަތިވެރި އާއި މަތިވެރީގެ ފަޅާއި ފަޅުކައިރި އަދި މަތިވެރީ ފަޅުތެރޭއޮންނަ ކުޑަރަށް އަތްފުނާ އަޅައިގެންނޭ ބުނާހާ ރަނގަޅަށް ބެލިއެވެ.

އެސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީއިން މީޑިޔާތައް މެދުވެރިކޮށް އިޢުލާނުކުރަމުން ގެންދިޔައެވެ.

މިކަމުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލުން ވިދާޅުވިކަމަށް ޢާއިލާއިން ހާމަކުރަނީ މަތިވެރީގެ ފަޅުތެރޭ ގައިވާ ފަޅުރަށާއި މަތިވެރިއާ ދެމެދުގައިވާ ފުންވިލުގެތެރެއަށް މަރުވެގެން އަޑިއަށް ހިނގައްޖެނަމަ، ހަރުލާނެ ކަމަށެވެ. މަރުވެގެން ފުރަތަމަ ދާނީ އަޑިއަށެވެ. އަދި އޮޔާއި ވައި ހުރިގޮތަށް ބަލާއިރު މަރުވެގެން އަޑިއަށް ނުދާނަމަ އެއްދުވަހުން ނުފެންނަހާ ދުރަކަށް ވެސް ނުދާނެއެވެ.

ތިންރޭ ތިންދުވާގެ މަސައްކަތަށްފަހު ސިފައިންގެ ބޭކަލުން އެރަށުން ފުރައިގެން ދިޔައީ މުޙައްމަދު ނަޒީހު ނުފެނުނުކަމަށް ނިންމާފައެވެ.

ހަތަރުވަރަކަށް ދުވަހު ކުރެވުނު މަސައްކަތުން ވެސް މުޙައްމަދު ނަޒީހު އެއްވެސް ހަބަރެއް ނުވިއެވެ. ހަމަ އެހެންމެ އޭނައާ ގުޅުންހުރި ނިސާނެއް ނުވަތަ އޭނާ ލައިގެން ހުރި އަންނައުނެއްގެ ކުނޑިފުކެއްހާ ހިސާބު ވެސް ނުފެނުނެވެ.

ގިނަބަޔަކު ބުނާގޮތުން މުޙައްމަދު ނަޒީހު ގެއްލުން ގުޅިފައިވަނީ އޭނާއަށް ބާރައަހަރު ފުރުމާއިއެވެ.

މުޙައްމަދު ނަޒީހު ގެއްލުނުފަހުން މިހާރު އެއްއަހަރާ ފަސްމަހަށްވުރެ ގިނަދުވަސް ވީއެވެ. މުޙައްމަދު ނަޒީހުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެކަމުގެ ހިތާމައާއި ހިތްދަތިކަން އެޢާއިލާގެ މެންބަރުންގެ ހިތުން އަދި ވެސް ފިލާ ނުދެއެވެ.

ނޯޓް: 2014 ވަނަ އަހަރުގެ މިއަދާއި ހަމައަށް މުޙައްމަދު ނަޒީހު ގެއްލުނުފަހުން ބާރައަހަރާއި ދެމަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. ހަމައެހެންމެ މުޙައްމަދު ނަޒީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

Comments (13)

  1. roxe

    faalu belumakee haraam kameh… allah haraam kurevvi evves kameh gai faidhaa eh nuvey…ekan miliyumun ves engigen hingajje….evarah faalu beli iru ves esorah veegoi ingunee keenun…athun beykaaru gothugai laari thakeh heydha vee ….avahah thaubaa vey

  2. roxe

    އެޑްމިން އަށް 🙁 މީ ހަމައެކަނި ހިޔާލެއް)ކޮމެންޓް ތަކުގެ ފޮންޓްކަލާ ބްލޫ އިން އިނުމުގެ ބަދަލުގަ ބްލެކް ކުލައިގަ އިންނަނަމަ ތަންކޮޅެއް ބަލާލަން ފަސޭހަ ވާނެކަމަށް އަޅުގަނޑު ދެކެން…އަދި ކޮމެންޓާއި ކޮމެންޓް ކުރާ ކުއްޖާގެ ނަމުގަ އިންނަ ކުލަ ތަފާތު ކޮށް ބަހައްޓައިފިއްޔާވެސް ބަލާލަން ރީތިވާނެހެން ހީވޭ… :ޕ ޝުކުރިއްޔާ

  3. roxe

    އެޑްމިން އަށް : ( މީ ހަމައެކަނި ހިޔާލެއް)ކޮމެންޓް ތަކުގެ ފޮންޓްކަލާ ބްލޫ އިން އިނުމުގެ ބަދަލުގަ ބްލެކް ކުލައިގަ އިންނަނަމަ ތަންކޮޅެއް ބަލާލަން ފަސޭހަ ވާނެކަމަށް އަޅުގަނޑު ދެކެން…އަދި ކޮމެންޓާއި ކޮމެންޓް ކުރާ ކުއްޖާގެ ނަމުގަ އިންނަ ކުލަ ތަފާތު ކޮށް ބަހައްޓައިފިއްޔާވެސް ބަލާލަން ރީތިވާނެހެން ހީވޭ… :ޕ ޝުކުރިއްޔާ

  4. roxe

    ވެއިޓް އަ މިނަޓް …ބްލޫކުލަވެސް ރީތި ދިވެހި ފޮންޓުން އިންނަ އިރު…އެހެންވީމަ އިންގްލިޝް އިންނަ ކޮމެންޓްތައް ތަންކޮޅެއް ބޯލްޑް ކޮށްލީމަ އޯކޭ ވާނެ ކެކެކެ….

  5. shaph

    mi story kyn warah fahakn ehn site akn …. its soo sad that they couldnt find him … shaf mn rashuga wes w kurin hingi mi kahala haadhisaa eh … girl kuhjaku gehluny walu there yah….

  6. mystyrious grl

    faalu belumakee haraam kurahvaafaivaa bodu faafa ehh….
    ekamun thaubaa vaan jeheyne…
    konme kamehvess vaanyy rangalhakahh…

  7. el.....

    ah……………

  8. el.....

    ad…. v nufene dh…….

  9. el.....

    wh….

  10. el.....

    n…..25years vaanee next year

  11. sal

    konme a kas varah hithaama vere haadesaa eh ……………

  12. Maashaa

    Neer ge liyumakah varah inthizaaru eba kuran.

  13. Arw

    Alhuganduge b day aky ves July 2 ????

Comments are closed.