Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ކަޝްފު

Allura Level 110 Stories
May 31, 2019 2 Mins Read
6 Comments

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ފަތިހުގެ ހޭލެވުމެވެ. ދޫނިތައް ގޮވައިގަތެވެ. އާންމު އަޑުތަކަކުނެއް ނޫނެވެ. އޭގަައި ވަނީ ތަރާނާ އެކެވެ. ހިތްތައް ސުލޫކު ކުރުވަދެއެވެ. ނޭވާތަކުގައި ބަރުކަމެކެވެ. ނިދުމުގައި އާވާރާވެވިފައެވެ. ޤުދުރަތުގެ އަޑަކަށް ސަމާލެއްނެތެވެ. އެބަޔެއްގެ އަމިއްލަ އަޑުތަކެވެ. ބޭނުންވެފައިވި ވަގުތެއްގައި ހަށިތައް ކޮއްޅަށް ޖެހުމަށެވެ. ދުންޔަވީ މަސްއޫލުތަކެވެ. އެކަމެއްގައި ނޫނީ ޝަައުޤު އުފެއްދުމެއް ނެތެވެ. ނުރަނގަޅު ނަޒަރުތައް ބަލައިގަތުމަށް ފަސޭހަވެފައިވީތީ އެވެ. ދުނިޔޭގެ އާދަ އަށް އެކަން ވެފައިވުމުންނެވެ. ޞާލިހެއްހަގައި ވުމީ ޢައިބެކެވެ. ޢީމާނުގައިވި ބަލިކަށިކަމެވެ. އަދި އުނގެނުމަށް ލޯބި ނެތުމެވެ.

 

‘ތިގޮތަށް އަނދިރި ވަގުތުތަކުގައި ގޮނޑުދޮށަށް ދިއުމީ ރަނގަޅުކަމެއް ނޫން, އަނާ ‘ ބައްޕަ އަހުރެން ގާތު ބުނެތެވެ. ވަޒީފާގެ ބޭރުން ރަށުތެރެއަށް ނުކުމެވޭ ފަހަރަކީ ދުނިޔެ ފަށުވާ ވަގުތެވެ. ކަސްރަތު ކުރުމަށެވެ. ދުވާލެއްގެ ފެށުން އަނދިރިކަމަކުން ބަޔާންކުރުވަނީ ހެއްޔެވެ. ދުޅަހެޔޮކަން ފެނުމީ ނަފުރަތަކީ އެވެ. ނޫނެކެވެ. އެއީ ބައްޕަމެންގެ ބޯދާވި ފިކުރުތަކެވެ. އިރުއޮއްސުމާއި އަލިވިލުމުގައި ވަނީ އެއް އަސަރެކެވެ. އުނގަންނައި ދިނީ ކޮން ފޮތަކުން ބާވައެވެ. ޔަޤީނުން ވެސް ޤަދީމީ ފުލޯކެކެވެ.

………………..

ފަނަރަ މިނެޓެވެ. ހިތުގެ ތެޅުން އުތުރިއަރައިގަތެވެ. ހިއްސުތައް ހޭހަން ކުރެވި, ތަދުގަނޑު ފަތުރުއްވައިފި އެވެ. ހަށި މައިތިރި ކުރުމަށެވެ. ނަމަވެސް ސިކުނޑި ހޭނުވިއްޖެ އެވެ. އެ ނުކުޅެދުމަކުން އަރާމު ފޯރުވެދެއެވެ. އިހުސާސްތަކުގައި ނިކަމެތިވުމެކެވެ. އުސޫލުތައް ބިލާހަށް ވެފައި ވުމުންނެވެ. ނަސްލުތަކުން އެކަހެރި ކުރެވިފައެވެ. މި ހަނދާނުގެ ބާބުތައް ހިތުގައި ބިންވަޅު ނަގުވާފައެވެ. ތަޖުރިބާގެ ކޮށިތަކުން ގިލަމުގެ ފަތްފުށެއް ފަރުދާ ކުރެވުނެވެ. ޝުއޫރުތަކުގައި އަދު ނަން ހުސްވެއްޖެ އެވެ. އެއީ ދާއިމަށް ދެމިގެންވުން އޮތް ތަޅާފޮޅުވުމެކެވެ. އަހުރެންނަށް އެ މާހައުލެއް މަރުހަބާ ކިޔައިފި އެވެ.

…………………….

ފުރާނަ އެއްގެ ހިލަމެއް ނެތެވެ. މަސްނޫއީ ބިނާތަކާއި މައުދަނެވެ. މުއާމަލާތްތަކުން ދުރުހެލިވެއެވެ. ކައިރިވެލުމުން ސިއްސުވާލައެވެ. އަދި އެ ޗާލާކު ކަމުގައި ތަބުދީލުވެތެވެ. ސޫރަތާއި ބައްޓަމެވެ. ސަމައްތުރުގެ އެ ހީލުމަކުން ނަފުސު ފަލީހަތް ކުރުވުމެވެ. ޖަޒުބާތުތައް އެ ހަވާސާ އެއްގައި ބީހިދެއެވެ. އަދި ޖިސްމުގެ ބާރުވެެރިކަން ކިޔެވެއްޔަކުން މޮޑުކުރެވުނެވެ. ޙަޔާތަކީ ޖާދޫ އެކެވެ. ކަންނެއް ކަމެއްގައި ހަރަކާތްތަކެއް ދައްކުވަތެވެ. ހަތުރުގެ ފުރައްސާރައެކެވެ. ފެންވެރެމުން ދިޔައީ ޖައްވުގެ ހަފުސްކަމުންނެވެ. ތަޣައްޔަރުގެ ނީލަ އަކުން އަލި ކަމެއް ފެތުރިވފައިވީ އެ ހިސާބަކުންނެވެ. ހުރިހާ އާލަމެއް ޖަމައުކުރެވުނީ އެ މަޙަލްއަކަށެވެ. ހަޟާރާތާއި ތަނަވަހުގައި ފާހަގަކުރެވިފައެވެ. ތަފާތުވެފައި ޒީލަ ހުއްޓެވެ. ދެކޮޅުހެދުމީ މަރުގެ ތަފާއްޔަކަށްްް ކުރިމަތިލާންޖެހުމެވެ.

 

އެކަމަކު އެއީ އަހުރެންނެއް ނޫނެވެ. އެ ޝަހުވަތްތަކުން ބަރީއައެވެ. މާޒީގެ ފަޞްލުތައް ނެތިގަންނުވައްޖެ އެވެ. މި ހައްޓެއްގައި އަދު މަޖުބޫރުވެރިކަމެއް ނެތެވެ. އެއީ ނަޖިހެކެވެ. ޖިސްމު އެ ބޭރުކުރެތެވެ. ފޭރާމަކުން ދިފާއުވުމެއް ޤާއިމުކުރުވި އެވެ. އަދިވެސް ހީކުރަނީ މިއީ ހަވާނަފުސު ކަމަށްތޯ އެވެ. ނޫނެކެވެ. ޚިޔާރުގައި ވި ތެދުމަގުގެ ފާލަމެވެ. މަށިތަކެއް ފުނިޖެހި ޚިލާފުތަކެއްގައި ތެދުކުރެވުނު ކޮންކުރީޓުގެ ބާރުވެރިކަމެވެ. މިއީ އުޚުރަތުގެ މަގެވެ. މި ކަޝްފެެެއް ފިލުވޭކަށެއް ނެތެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ދުނިޔެ

Next

އައިރާ…( 10 ވަނަބައި)

Next
May 31, 2019

އައިރާ…( 10 ވަނަބައި)

Previews
May 31, 2019

ދުނިޔެ

6 Comments!

  1. Roo says:
    May 31, 2019 at 11:49 pm

    Those lines are so mind blowing ❤

    1. Allura says:
      June 1, 2019 at 9:10 am

      Thanks, Roo. ☺

  2. human says:
    June 1, 2019 at 3:12 am

    i thought it was a long.. story but it is was not.???.. the lines were totally amazing. you should write a story, i am sure you will get many readers… i mean long storirs not short…?????????????????and btw i forgot to say hi. so hi and hello…….. ????????..??

    1. Allura says:
      June 1, 2019 at 9:13 am

      Hiii. Thanks. ?
      Inshallah, someday I might..

  3. malsha says:
    June 1, 2019 at 3:48 am

    nice story?

    1. Allura says:
      June 1, 2019 at 9:11 am

      Thanxxx. ?

Comments are closed.



All Right Reserved!