Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިއްސުތަކާ ކުޅެލާހެން ހީވޭ 1

Nickinikki Level 1
June 1, 2019 3 Mins Read
6 Comments

ގޭޓު ހުޅުވާލުމާއެކު ލޯ ތަކަށް މަރުހަބާ ކިޔަނީ ފެހި ވިނަތަކުން ފުރިފައިވާ ބަގީޗާއެކެވެ. މި ބަގީޗާގެ މެދުން މަގެއް ހެދިފައިވަނީ ގެޔަށް ވަންނަ މެހެމާނުންގެ އިސްތިގުބާލުގައެވެ. ދެވަނައެއްނުވާނޭހާ ފުރިހަމަ ގުދުރަތުގެ ތަސްވީރެކެވެ. މާމެލާމެލި ފޮޅި ފުރިހަމަވެފައިވާއިރު އޭގެ ވަހުން މާހައުލު އެއްވަސްކޮށްލައެވެ. ދާދިދެންމެއަކު އަލްވާދާޢު ކީ ވާރޭ ވިލާތަށް ދުނިޔޭގެ ބިމަށް ހަދިޔާކުރި ޝަބްނަމް ތިކިތަށް އެ މާހައުލުގެ ހިތްގައިމުކަން ދެގުނަ ކޮށްދެއެވެ. ހިޔާދޭ ބޯ ގަސްތަކުން ފެށިގެން އެންމެ ކުދި ތިންފިޔައިގެ މާ ހިމެނޭ ވިނަގަސްތަކަށް ދާންދެންވެސް ނަންހުސްކޮށް ފެންނަންހުއްޓެވެ. އެ ނަލަ ގުލްޝަންގެ ނަޔާ ފަރިކަން ސިފަކޮށްދޭން ޝާއިރުންގެ ގަލަންތަށް ވަނީ ނުގުޅެދިފައިކަން ގައިމެވެ.

ވިނަގަނޑު މަތީގައި އޮށޯވެލަމުން އުޑަށް ނަޒަރު ހުއްޓާލި އަންހެން ކުއްޖަކީ މީގެ ދެތިން މިނެޓު ކުރިން ވާރޭ ތެރޭ އުދުހުނު ޕަރީއެވެ. ގިނަ ޒުވާނުންގެ ލޯތަކުގެ އަރާމާއި ފިނިކަން ގުޅިފައިވައިވަނީ އޭނާއާއެވެ. ވާރޭގެ ތެރޭގައި ހުރުމުގެ ސަބަބުން ލައިގެން ހުރި ހެދުން ގަޔަށް އެކީ ހިފިފާވީއިރު އެއީ ހަމަގައިމުވެސް ހުސް ހަށިބައި ސޮރެއްގެ މެންދަމުގެ ފޮނި ހުވަފެންތަކުން ދުރަށް ނެރެ އެއްލާލެވޭނޭ ރާނީއެއް ނޫނެވެ. ފަންދިގު އިސްތަށިގަނޑުގެ ފަށުވިކަމާއި ބޮޑު ފިޔާތޮށި ތުންފަތާއި ލޯ ގެނެސްދޭ އެ ޖާދުވީ އިހްސާސެވެ. ޓުކުރިއެއް ކަހަލަ ބައްޓަމާއި ވަނާތަކުގެ ފުރިހަމަކަމުން ހިތުގެ ވިންދު އަވަސްނުކުރިއްޔާ ވަރަށް ދެރައެވެ. ދެއަތް ދަމާލަމުން ހަށިގަނޑު ސީދާކޮށްލާފައި ވިނަގަނޑުގައި އޮށޯވެ ރީޢްޗަށް ހަމަޖެހިލިއިރު ކަޅު ބޯ ވިލާތަކަށް ނަޒަރު ހުއްޓާލައިގެން އޮތް މަލަކާ އޭނާގެ ލޯ މަރާލިއެވެ.

ހިތްހަމަ ޖެހިފައިވާ ފުރާނައެއް އެ ހަށިގަނޑު ތެރޭގައި ވާކަން މޫނުމަތީ ކުލަވަރުތަކުން ރަނގަޅަށް ސިފަކޮށްދެއެވެ. ޙީޔާލީ ދުނިޔެއެއްގައި އޮތް މަލަކާގެ ތުންފަތް ހަރަކާތް ކުރަން ފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނާގެ އޮމާން އަޑުން އިވެން ފެށި ލަވަ މިއުޒިކީ އިންސްޓްރްމެންޓަކާ ނުލާވެސް ނުލާހިކު ހިތްގައިމެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. އެ އަޑަކީވެސް އެތަށް ބަޔަކު ދެކޭ ފަދައިން މިއުޒެކެކެވެ.

ހިތްވެސް ދޭނަމޭ ލޯބިން..ޔާރާ ހީލުމަށް އެދެމުން
އެކުގާވާނަމޭ އުމުރަށް ފެވިފާ ނަންތިވޭ ހިތުގާ..

.
ކޯޓު ފަޓުލޫނުގައި ވަރަށް ރަސްމީކޮށް ގޭޓު ހުޅުވުމާއެކު ބަގީޗާ ތެރެއަށް ވަދެގެން އައީ ދެ ފިރިހެނުންނެވެ. ކަޅު ކޯޓުގައި ހުރީ އިސްކޮޅު ދިގު އުމުރުން ފަންސަވީހުގެ އަހަރުތަށް ގުނަމުންދާ ޒުވާނެކެވެ. ގަދަ ޗޮކްލެޓުކުލައިގެ އިސްތަށިގަނޑު ކޮޅަށް ޖަހާލާފައިވީއިރު އެއީ ދޮން އޮމާން މޫނެކެވެ. ކަސްރަތީ ފިރިހެން ވަންތަ ހަށިގަނޑެކެވެ. އޭނާޔާ ޖެހިގެން އެކުގައި ހިނގަމުން އައި ފަންސާހުގެ އަހަރުތަށް ގުނަމުން އަންނަ އެހެންނަމަވެސް ލޮލުގައި އަޅަފައިވާ ނަންބަރުއައިނާއެކު ބަލާބެލުމުން ހަރުދަނާ ޝަޙްސިއްޔަތެއްގެ ވެރިއެކެވެ. އިސްތަށިގަނޑު ނުރަވެ މޫނުގައި ރޫ ގިނަޔަސް އެއީ އެތަށްބަޔަކު ދަންނަ ރާއްޖޭގެ މަޝްހޫރު އެތަށް ރިސޯޓެއް ހިނގަމުން އަންނަ ކޮމްޕެނީ “އައިރިސް” ގެ ވެރިޔާ ހާމިދެވެ.

މަޑުފިޔަވަޅުތަކެއްގައި ހާމިދާއެކު ހިނގަމުން އައި ޝިވަންގެ ފިޔަވަޅުތަކާއެކު ހިއްސުވެސް މަޑު ޖެހެލީ އޭނާގެ ކަންފަތާ ހިސާބަށް ފޯރި ޖާދޫވި އަޑުގެ ސަބަބުންނެވެ. އެއީ ވަރަށް ދަންނަ އަޑެކޭ އެހިތް ބުންޏެވެ. ހަތްވަނަ ހިއްސު އިންޒާރު ދެމުން ގެންދިޔައީ އެހިތުގެ ވިންދާ ގުޅިފައިވާ ފަރާތެއް ވަރަށް ގާތުގައި ވާކަމަށެވެ. ޝިވަންގެ މޭ ގުޑުގުޑު އަރައިގެން ދިޔައީ ޓަސްލާފައެވެ. ނޭވާތަށް ކުރުވެ މާހައުލު ވަށައިގެން އެ ދެލޯ ހޯދަން ފެށިއެވެ.

“ހާމިދުބޭ..އެއީ ކޮން އަޑެއްތަ.؟” ހާމިދުގެ ސަމާލުކަން ހޯދުމަށްޓަކައި މަޑުމަޑުން ޝިވަން އެއްސެވެ. ފައިލަށް ގެއްލިފައ ހުރި ހާމިދު އިސްއުފުލާލާ އައިނު ރަނގަޅު ކޮށްލަމުން ޝިވަންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލިއެވެ. “އާން އެއީ ދޯ..އެއީ އެއުޅޭ މަލަކާ އެތާ ވިނަގަނޑު މަތީ އޮވެގެން ވަރަށް ލަވަކިޔާނެ. ޝިވަން މާލެ އައިފަހުން އަދި ދެކުދިން ދިމާނުވޭ ދޯ.” ވިނަގަނޑު މަތީ އޮށޯވެލައިގެން ޝިވަން މެނަށް ފަސްދީގެން އޮތް މަލަކާޔަށް އިޝާރާތް ކުރަމުން ހާމިދު ބުންޏެވެ.

ހިންދުކޮޅަކަށް ޝިވަންގެ ހިތް އެކީ ހުއްޓުނުކަހަލައެވެ. މިވީ ފަސްއަހަރު ދުވަހު އޭނާ ރާއްޖެ ނައި ސަބަބާ މިއޮތީ ކުރިމަތިލާން ޖެހިފައެވެ. ދެކެން އެންމެ ބޭނުންނުވާ އެ ސޫރަ ހަމަލޮލަށް ނުފެނި ނޫނީ ދެން މިގެއިން ނުނިކުމެވޭނެކަން ޔަގީނެވެ. ހާލަތުގެ ގޮތުން ހިނިތުންވެލާފައި ބޯޖެހާލިޔަސް މަލަކާ އޮތް ސަރަހައްދާ ގާތްވަމުން ދިޔަ ވަރަކަށް އޭނާ ނުތަނަވަސްވިއެވެ.

ލޯބިން އެކު އެކީ އުޅެފާ ވަކިވާން ނޭދެމޭ ޔާރާ

އަބަދަށް ވާނަމޭ ލޯބިން ހިތްވެސް ޖާނުވެސް ދީފާ

މަލަކާ ހުރަސްކޮށް ޝިވަން ހިނގާފައި ދިޔަ ވަގުތު މަލަކާ ކިޔާލި ބައިތަކީ ޝިވަންއަށް ޙާއްސަކޮށް ކީ ބައިތެއް ފަދައެވެ. ނުތަނަވަސްވެފައިވި އެހިތަށް މަލަކާގެ އަޑުން ހިތްހަމަޖެހުމެއް ލިބުނުނަމަވެސް މާޒީގެ ހަނދާންތަށް އެ ސިކުނޑި ހިސޯރުކޮށްލިއެވެ. ހަނދާނައް އައީ މަލަކާޔާއެކު މީގެ ފަސްވަރަކަށް އަހަރު ކުރިން ހަމަ މި ބަގީޗާގައި އެކަކު އަނެކަކު އަތުތެރޭގައި ހޭދަ ކުރެވުނު ދުވަސްތަކެވެ. ވިނަގަނޑު މަތީ އޮށޯވެ ތިބުމަށްފަހު ބޯ ވާރޭ ތެރޭގައި އަތްލާ ކުޅު މަންޒަރެވެ.

އުފާވެރި ޙިޔާލުތަކާއެކު އޭނާ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ގޮސް ދެއަތް މުއްކެވުނެވެ. މަލަކާގެ ބޭވަފާތެރިކަން ހަނދާންވުމުންނެވެ. އެ ޒުވާން ހިތުގެ ހިނގުން މަޑުޖައްސާ ހިތް ފިސްފިސްކޮށްލި ދުވަސްތަކުގައި ލޮލުން އޮހޮރުން ލޭކަރުނައިގެ ބަދަލު މަލަކާ ދޭން ޖެހޭނެކަމަށް ޝިވަން ގަބޫލުކުރެއެވެ. އޭނާ ދިންލޯބީގައި އެއްވެސް އަގެއް ނެތްކަން ރަހުމަކާ ނުލާ ހާމަކޮށްދިންކަމަށްޓަކައި ބަދަލު ހިފުމުގެ ރޫހު ޝިވަންގެ ހިތުގައި އާލާވިއެވެ. “ޔޫ އާރ ނެވާރ ގޮނަ ބީ ފޮގިވެން.” ހިތާހިތުން ޝިވަން ބުނެލިނަމަވެސް އޭނާއަށް ނޭނގުނުކަމަކީ އަދިވެސް މަލަކާ ސޫރަ އެހިތުގައި ބިންވަޅުނެގިފައިވާކަމެވެ.

ބަގީޗާ ތެރޭގައި ހުރި ކުޑަނެގި މޭޒަކާއި ދެގޮނޑި ހުއްޓެވެ. ހާމިދަށްވުރެ ކުރިން ޝިވަން މަލަކްއަށް ފުރަގަސްދީގެން ގޮނޑީގައި އިށީނދެލިއެވެ. އޭނާ އިނީ ފަހަތް ނުބަލަން ހުވާކޮށްގެންނެވެ. “އެހެންވީމަ ޝިވަން ބައްޕަގެ ވިޔަފާރި ޝިވަންގެ ނަންމައްޗަށް ބަދަލުކުރީމަ ހާމިދުބެ މެންގެ ކޮމްޕިނާއާ އެއްކޮށް ޕްރޮޖެކްޓެއް ފަށަން ވިސްނަންތަ؟.” ދެއަތް ދެއަތާ މާހަލަމުން މޭޒުމަތީގައި ބާއްވާލި ހާމިދު އެއްސެވެ. ހިޔާލީ އާލަމުން ބޭރަށް ނިކުންނަމުން ހާމިދުގެ ވާހަކަތަކަށް ޝިވަން ސަމާލުކަން ދިނީ ދެނެވެ.

“ދަރިފުޅާ މަލަކާ..ދެ ކޮފީތަށި ގެނެސްދީބަލަ ވަރަށް އަވަހަށް.” ތަންކޮޅެއް ބާރަށް ހާމިދު ގޮވާލުމާއެކު ލޯމަރައިގެން ވިނަގަނޑު މަތީގައި އޮށޯވެ އޮތް މަލަކާ ފުންމައިގެން ތެދުވިއެވެ. ދުރުގައި އިން ބައްޕަޔަށް ބަލާލިއެވެ. ބައްޕަ ކުރިމަތީގައި އޭނާއަށް ފުރަގަސްދީގެން އިން ޒުވާނާގެ މޫނު ދެކިލާ ހިތްވީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ.

ބައްޕަގެ އެދުމަށް ކިޔަމަންގަންނަމުން ގެޔާ ދިމާލަށް މަލަކާ ދުއްވައިގަތެވެ. ދެލޯ ކުޑަކޮށްލައިގެން މި މަންޒަރު ބަލަން އިން ޝިވަން ހިސާބަކަށް ހިތްހަމަނުޖެހުނެވެ. ތަގުދީރު އޭނާގެ އެދުމާ ދެކޮޅު ހެދުމުންނެވެ. ކޮންމެ ގޮތެއްވިޔަސް މިއޮތީ ދެން ކުރިމަތިލާން ޖެހިފައެވެ.

އޮލަ ވާހަކައިގައި ޖެހިފައި ތިއްބާ ކޮފީތަށިތަށް ތަބަކަށް ލައިގެން އައި މަލަކާ ހުއްޓިލިއެވެ. ޝިވަން އިސްއުފުލާލުމާއެކު މަލަކާއާއި އޭނާގެ ނަޒަރު ބައްދަލުވެގެން ދިޔަ ވަގުތު އެދެމެދުގައި އިލެކްޓްރިކް ޝޮކެއް ޖެހުމުން ދައުރުވާކަހަލަ އައްޔެކެވެ. މަލަކާގެ އަތުގައި އޮތް ކޮފީ ތަބަށް މޭޒުމައްޗަށް ކުޑަކޮށް ދޫވިއެވެ

(ނުނިމޭ)

Share Article

Follow Me Written By

Nickinikki

Level 1

Other Articles

Previous

ނާއިންސާފް 1

Next

މާޒީ (ވިހިވަނަބައި)

Next
June 1, 2019

މާޒީ (ވިހިވަނަބައި)

Previews
June 1, 2019

ނާއިންސާފް 1

6 Comments!

  1. jiji says:
    June 1, 2019 at 10:09 am

    Ma Sha Allah…vvv rythi ingey mi part ???????????… Sifakohlaafa hurileh v kamudhey…mi story nimendhn genesdhehchey?????????????…Waiting fr the next curiously

    1. jiji says:
      June 1, 2019 at 10:10 am

      ??❤Yeyy me first dhw nickii

  2. Shau says:
    June 1, 2019 at 11:34 am

    Wow wow wow!??? vrh rythi mi part!❤️❤️❤️?? Masha Allah ? Vhk nimendhn genesdheyne kamah unmeedhu kuran ❤️❤️ ALL THE VERY BEST nikki!

  3. Kitty says:
    June 1, 2019 at 7:03 pm

    Masha allah the furathama para sifa kohfa hurikeh varah hihgaimu.. Reethi basthakeh beynun kohgen vhk liyefa hurumun ithurah vaahaka rythi kohdhey… Masha allah vvvvv reethi mi part… Kithanme ginain kiyas foohi nuvaanehaa hihgaimu.. Its just so beautiful.. Can’t wait for the next part.. Plx avahah up kohdhehchey dear… Keep up the good work nicki dear.. Lysm.. ❤️❤️❤️????❤️❤️???

    1. Kitty says:
      June 1, 2019 at 7:05 pm

      Furathama para sifa kohfa hurigoih*****

  4. BtS V says:
    June 5, 2019 at 6:15 pm

    hey kobaa nxt part.. vrh kiyaahihvaa vhka eh miyakyy.. avahah up kohba plx nikki

Comments are closed.



All Right Reserved!