ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްއިން ނުކުތް އަންހެން ކުއްޖާއަށް އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ.މަޑު ނޫ ކުލައިގެ ހެދުމަކާ އެކު ކަޅު ސްކްނީއެއްގައި ހުރި އިރު ޅޫލާފަތި ހަށިގަނޑާ ދިގު އިސްކޮޅާ ނުހަނު ގުޅެއެވެ.ފަން އިސްތަށިގަނޑު މައްޗަށް އައްސާފައި ހުރި އިރު ލުއި މޭކްއަޕްއެއް ކޮއްފައި ހުއްޓެވެ.
“ރިއާ”ރީއާ ބަލައި އައިސް ތިބި އޭނަގެ އާއިލާ މީހުންނާއި ރައްޓެހިން ރިއާ ފެނުމުން ގޮވާލިއެވެ.
ވަރުބަލިވެފައި ހުރިވަރުން ގެއަށް ގޮސް ފުރަތަމަ ވެސް ރިއާ ފެންވަރައިލައިގެން ނިދީއެވެ.ރީއާއަށް ހޭލެވުނުއިރު ހުރީ އަސްރު ނަމާދަށް ބަންގި ގޮވާފައެވެ.
ރީތި ވެލައިގެން ބޭރަށް ނުކުތް ރިއާއަށް އޭނަ މަންމަ ގާތު އިން ކުޑަ އަންހެން ކުއްޖާ ފެނުނެވެ.އެކުއްޖާގެ މޫނު ފެނުމާއެކު ރިއާއަށް އެއީ ކޮން ކުއްޖެއްކަން އެނގުނެވެ.
“ޑެޑީ”އެވަގުތު އެތެރެއަށް ވަން ރިއާން ފެނި އެކުއްޖާ ދުވެފައި ގޮސް ރިއާންގެ ފައިކޮޅުގައި ބައްދައިގަތެވެ.ރިއާން ހިނިތުންވަމުން އެކުއްޖާ އުރާލިއެވެ.
ރިއާއަށް ރިއާން ފެނުމާއެކު ހިތް އަވަސްވާ ކަހަލަ ގޮތެއް ވިއެވެ.ފަސް އަހަރު ފަހުން އެހިތުގެ ވެރިއާ ފެނުމުން ރިއާއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ.
ރިއާންއަށް ރިއާ ފެނުމުން ވެސް nުފެންނަކަމަށް ހަދާ ދިޔައީއެވެ.ރިއާންގެ އެހަރަކާތުން ރިއާގެ ހިތަށް ތަދުވު ވަރު އެނގޭނީ ރިއާއަށެވެ.
ރިއާން ދިޔުމުން ރިއާ އެކުއްޖާއާއި ވާހަކަ ދެއްކޭތޯ އުޅުނެވެ.ނަމަވެސް އެކުއްޖާ ރިއާއަށް ބަލާލީ ނުދަންނަ މީހަކަށް ބަލާލާގޮތަކަށެވެ.
“ޝާނީ އާދޭ މާމަމެން ގެއަށް ދާން”ބޭރަށް ނުކުތް ރިއާން ބުނުމުން ޝާނީ ޔޭއޭ ކިޔާ ރީއާގެ އަތުތެރެއިން ނުކުތެވެ.
“ރިއާ ބުނެބަލަ ރިއާން ގާތު މީހަކާ އިންނާށޭ މަންމަ ބޭނުމެއް ނުވޭ ރިއާން އުމުރުގަ ބާކީ އޮތް ބައި އެކަނި ހޭދަކުރާކަށް….މަންމަމެން މީހަކާ އިންނަ ވާހަކަ ދެއްކީ ރިއާން ބުނަނީ މަންމަމެންނޭ ކުރިން ފަހަރު ވެސް އިންނާނެ މީހަކު ހޯދައި ދިނީ މިފަހަރު ވެސް މަންމަމެން ދައްކާ މީހަކާ އިންނާނަމޭ…ރިއާ ރިއާން އަށް ވިސްނަދީބަލަ”ރިއާން ދިއުމުން ހަސީނާ ރިއާ ގާތު ބުނުމުން ރިއާ ބޯޖަހާލިއެވެ.
އެރޭގެ ވަގުތެވެ.ސިޓިން ރޫމްގައި އެންމެން ތިބި އިރު ހަސީނާ ދެ އަހަރުގެ ޝާނީއަށް ކާންދެވޭތޯ އުޅުނެވެ.ޝާނީ ނުކާން ވެގެން އެތަން މިތަނަށް ދުވަމުން ދިޔަ މަންޒަރު ބަލަން ތިބިއެންމެންގެ މޫނު މަތިން ފެންނަނީ ހިނިތުންވުމެވެ.
ރޭނގަނޑު ކެއުން ނިމުމުން ހަސީނާ ގޭގަ އުޅޭ ނޯކަރުގާތު ތަށިތަށް ނަގަން ބުނެ ތިޔައީ ޝާނީ ނިންދަވާށެވެ.ެއެހެން ރޭ ތަކެކޭ އެއްގޮތަށް ރިއާން ބެލަކަންޏަށް ދިއައީ އޭނަ ކޮޓަރިއަށް ވަދެއްޔާ ޝާނީ ނުނިދާނެތީއެވެ.
“ހާއި”ބެލްކަންޏަށް އައި ރިއާއަށް އިއާން ފެނުމުން ބުނެލިއެވެ.”ހާއި”ރިއާން ބުނެލީ ދުރުބަލަހައްޓައިގެން ހުރެއެވެ.
“އާން ދެން މީހަކާ ނީންނަށްތަ”ރިއާ އަހާލުމުން ރިއާން ހިނިތުންވެލިއެވެ.”ކިހިނެތްވީ ރިއާއަށް އުނދަގޫ ވަނީތަ އަހަރެން މީހަކާނީނދެ ހުންނާތީ”ރިއާން ރިއާއަށް ބަލާލަމުން އަހާލިއެވެ.
“ނޫން އަހަންނަށް އުނދަގޫ ނުވޭ އެކަމް ޝާނީއަށް މަންމައެއްގެ ލޯބި ބޭނުންވާނެއެއްނޫން”ރިއާ ބުނެލީ ވިސްނަދޭފަދަ ގޮތަކަށެވެ.”ރިއާ ވީ ނޫން ޝާނީއަށް މަންމައެއްގެ ލޯބިދޭން”ރިއާން މިފަހަރު ބުނި ޖުމްލައިން ރިއާގެ ދޫ ބަންދުވިކަހަލައެވެ.
“ކިހިނެތްވީ ރީއާއަށް އަހަރެންބުނާ އެއްވެސް ކަމެއް ނުކުރެވޭނެ ދޯ..މީގެ ފަސް އަހަރު ކުރިން އަހަރެން ރިއާ ގާތު އިންނަން އެހުމުން ރިއާ ބުނީ ލޮތްބެއް ނުވެޔޯ ރިއާ އަހަރެން ދެކެ….މައްސަލައެއް ނެތް ލޯބި ނުވަންޏާ ކައިވެނަ ކޮށްގެން ނޫޅެވޭނެ…ދެން އަހަރެން ހަމަ ޒާރާއާ މެރީ ކުރިތަނުން ފުރައިގެން ދިޔައީ އެންމެ ފަހަރަކު ވެސް އަހަރެން ކިހިނެތްތޯ ބަލާވެސްނުލާ…”ރީއާން ބުނެލިއެވެ.
“އަހަރެން އެވާހަކަ ރިއާން ގާތު މިދެއްކީ މަންމަ ބުނެގެން…..މަންމަ ގާތު އަހަރެން ބުނަށްވީ ކީކޭ”ރިއާ ބުނެލިއެވެ.”މަންމަ ގާތު ބުނޭ ރިއާ މިހަކާ އިން ދުވަހަކުން އަހަރެން މީހަކާ އިންނާންމޭ..ސޯ މިކަން މިއޮތީ ރިއާގެ އަތްމައްޗަށް ރިއާ މީހަކާ އިންހާ އަވަހަކަށް އަހަރެން ވެސް އިންނާނަން”ރިއާން އެހެން ބުނެ ދާން ހިނގައިގަތެވެ.
އޭގެ އަނެއް ދުވަހެވެ.ހެނދުނު ތެދުވި ރިއާއަށް ހައިރާން ކަމެއް ލިބުނީ ބަދިގޭގައި ކޮފީ ބޯންއިން ރިއާން ފެނިފައެވެ.މީގެ ކުރިން ރިއާންމީ މިހާ އަވަހަށް ތެދުވާ މީހެއް ނޫނެވެ.
“ގުޑް މޯރނިންގ”ރިއާ ފެނުމުން ރިއާން ބުނެލިއެވެ.އެވަގުތު ހަސީނާ ޝާނީ ގޮވައިގެން ބަނދިގެއަށް އައީ ޝާނީއަށް ކިރުތަށި ދޭންވެގެންއެވެ.
“އާދޭ މިއަދު ނީ ކިރުތަށި ބޯނީ ރިއާ ދައްތަގެ އަތުންދޯ”ޝާނީ ކިރު ތަށި ނުބޯން ގަދަ ހެދުމުން ރިއާ އެހެން ބުނެ ކިރުތަށި ނަގާ ޝާނީއަށް ދިނެވެ.
ކީއްވެ ކަމެއް ނޭނގެއެވެ.ޝާނީ އެއްވެސް ދެކޮޅު ހެދުމަކާނުލާ ރިއާ އަތުން ކިރުތަށި ހުސްކުރިއެވެ.
“އަހަންނަށް ހީވަނީ ޝާނީ ވެސް ބޭނުންވަނީ ރިއާ އޭނަގެ މަންމަ ގޮތުގަ ބަހައްޓަންހެން”ހަސީނާ ދިއުމުން ރިއާން ރިއާގެ ކަންފަތް ބުޑުގައި ބުނެލިއެވެ.ރިއާން އެހެން ބުނުމުން ރިއާ ރިއާންއަށް ބަލާލުމުން ރިއާން ހީލާފައި ރިއާގެ އުގުގައި އިން ޝާނީގެ ނިތުގައި ބޮސްދީފައި ދިޔައެވެ.
އެދުވަހު ޝާނީ ހުރިހާކަނެއް ކުރުވީ ރިއާ ލައްވްއެވެ.ރިއާ ޝާނީ ނިންދަވައި ނިމުނުތަނުން ރިއާން ގޮސް ކޮޓަރިއަށް ވަނެވެ.ރިއާ ޝާނީ އެނދުގައި ބޭއްވިގަޑީ ރިއާން ރިއާގެ އަތުގައި ހިފީ ޝާނީ ރައްކާތެރިކަމާއެކު ބޭއްވުމަށެވެ.
ރިއާން ގާތްވުމުން ރިއާއަށް ތެޅިގަނެފައި ދުރުވެވުނެވެ.ރިއާއަށް ވި ގޮތް ފެނި ރިއާން ގާތަށް ހިނިއައި ނަމަވެސް އޭނަ ނުހޭން ކުރެވުނު ހުރިހާ ކަމެއް ކުރަމުން ދިޔައެވެ.
ރިއާ ނިކުންނަށް ދާން އުޅުނު ގަޑީގަ ރިއާން ރިއާގެ އަތުގަ ހިފާ އޭނައާ ދިމާއަށް ގެނައެވެ.”ރިއާން”ރިއާ ދުރަށްދާން މަސައްކަތް ކުރަމުން ގޮވާލިއެވެ.
“ކިހިނެތް ވީ…”ރިއާގެ މޫނުގައި ފިރުމާލަމުން ރުއާން އަހާލިއެވެ.”ރިއާ އަދިވެސް ޝާނީ ނުނިދަނީތަ”އެވަގުތު ދޮރުކައިރިން ހަސީނާގެ އަޑުއިވުމުން ރިއާން ރިއާއާއި ދުރުވެލިއެވެ.ރިއާ ފުރުސަތުގެ ބޭނުންހިފާ އެ ކޮޓަރިއިން ނުކުތެވެ.
އެނދުގައި އޮތް ރިއާއަށް އުޅެއުޅެ ނުނިދުމުން އޭނަ ގޭގެ ބޭރުގައި އޮންނަ ކުޑަ ބަގީޗާގެ ހިޔާކޮށްފައި ހުރި ބައިގައި މަޑުކޮށްލިއެވެ.އޭރު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.
ރިއާއަށް ނޭނގުނު ކަމަކީ ރިއާއައި އިރު ވެސް ރިއާން އެތާއިން ކަމެވެ.ރިއާން މަދުމަޑުން ގޮސް ރިއާގެ ހަށިގަނޑުގައި ފުރަގަހުން ބައްދާލިއެވެ.
ފިނިވެފައި ހުރި ރިއާއަށް ރިއާން ދުރުނުކުރެވުނެވެ.އޭނައަށް ކުރެވުނުކަމަކީ ރިއާންގެ އަތުގައި ހިފަމުން ލޯމަރާލުމެވެ.ރިއާން ރިއާގެ ކޮޑުގަ ހިފާ އޭނައާވީ ފަރާތަށް އަނބުރާލިއެވެ.
ރިއާންގެ މޫނު އޭނަގެ މޫނާ ކައިރިވާތަން ފެނި ރިއާއަށް ދެލޯމަރާލެވުނެވެ.ރިއާން ރިއާގެ ތުނި ތުންފަތުގައި ލުއިކޮށް ބޮސްދިން ވަގުތު ރިއާއަށް ރިއާން އާ ދުރަށް ވާރޭތެރެއަށް ދުއްވައިގަނެވުނެވެ.
“އާން ދުވަހަކު ވެސް އަހަރުމެންނަށް އެކުގައި ނޫޅެވޭނެއޭ”ރިއާ ބުނެލިއެވެ.”ކީއްވެ..ކީއްވެ އަހަރެމެންނަށް އެކުގައި ނޫޅެވެންވީ”ރިއާން ރީއާއާއި ގާތްވަމުން ބުނެލިއެވެ.
“މުޅި ދުނިޔެ އަހަރެމެންގެ ގުޅުމާ ދެބަސްވާނެ….މުޅި ދުނިޔެއަށް އެނގެނީ އަހަރެމެން ދެ މީހުންނަކީ އެއްބަނޑު އެއްބަފާ ދެ މީހުންކަމަށް”ރިއާ ބުނެލިއެވެ.
“މުޅި ދުނިޔެ އެހެން ހީކުރި ކަމަކު ރިއާ އެގޮތަށް ހީކުރަންތަ…ރިއާ އަހަރެން ދެކެނީ ބޭބެއެއް ގޮތުގަތަ”ރިއާން އެހެން ބުނުމުން ރިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ރިއާން ރިއާގެ ހަށިގަނޑުގައި ބައްދާލިއެވެ.ރީއާއަށް ދެކޮޅެއް ނުހެދުނެވެ.އޭނަގެ ހިތުގައި ރިއާންއަށްވި ލޯބި ކުރިހޯދިއެވެ.
“ރިއާން”ކުއްލިއަކަށް ދެމީހުންނަށް ދުރުވެވުނީ ރިއާންގެ ބައްޕަ އަހުމަދުގެ ބާރު އަޑަށެވެ.އޭރު އަހުމަދު ރުޅިވެތި ގޮތަކަށް އެދެމީހުންނަށް ބަލަހަށްޓައިގެން ހުރުމުން އެދެމީހިންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ކިހިނެތް މިވަނީ މިތާ”އަހުމަދު ބާރަކަށް ބުނުމުން ދެމީހުން ސިއްސައިގެން ދިޔައެވެ.”މި އަހަނީ މި ތަނުގައި މި ވަނީ ކިހިނެތް ހެއްޔޭ”އަހުމަދު އަނެއްކާ ވެސް އަހާލިއެވެ.
“މައްސަލައެއް ނެތް މާދަން ހެނދުނު މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނަށް އެވަގުތު ދެ މީހުންނަށް ވެސް ޖަވާބުދެވެންވާނެ”އަހުމަދު އެހެން ބުނެ ގޭތެރެއަށް ވަނުމުން ރިއާން އާއި ރިއާ އެކަކު އަނެކަކަށް ބަލާލެވުނެވެ.
އޭގެ އަނެއް ދުވަހެވެ.ރިއާ ކޮޓަރިން ނުނިކުމެ އިނީ އަހުމަދުގެ ސުވާލުތަކާ ކުރިމަތި ވާނެކަން އެނގޭތީއެވެ.ނަމަވެސް އޭނަ ނިކުންނަށް މަޖުބޫރުވީ ހަސީނާ ގޮވާލުމުންނެވެ.
ރިއާ ރިއާންގެ ކޮޓަރި ހުރަސްކުރި ވަގުތަކީ ރިއާން އޭނަގެ ކޮޓަރިއިން ނުކުތް ވަގުތެވެ.ރިއާން ރިއާއަށް ބަލާވެސް ނުލާ ސިޑިން ފަެިބައިގެން ދިޔައެވެ.ރިއާ ސިޓިން ރޫމަށް ދިޔައިރު އަހުމަދު ނޫހެއް ކިޔަންއިން އިރު ރިއާން ސޯފާގައި އިސްޖަހައިގެން އިނެވެ.
ރިއާއައުމުން އަހުމަދު ރިއާ ގާތު އިށީންނަށް ބުނުމުން ރިއާ އިށީނެވެ.ރޭގަ އަހަންނަށް ފެނުނީ ކޮން މަންޒަރެއް”އަހުމަދު ރިއާން އަދި ރިއާއަށް ވަކިވަކިން ބަލާލަމުން ބުންޏެވެ.
“ޖަވާބެއް ނެތްތަ ހަމަ….ތި ދެމީހުން ހަނދާން ކުރަން ވާނެ ތިދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުންކަން…ތި ދެމީހުންގެ ގުޅުން އެހެން ގުޅުމަކަށް ގޮސްގެންނުވާނެ”އަހުމަދު އެހެން ބުނުމުން ދެ މީހުންނަށް ވެސް ބޯ ޖަހާލެވުނެވެ.
-ނުނިމޭ-
މި ވާހަކައިގެ ފައިނަލް ޕާޓް އެންނަ ހަފްތާ ތެރޭ އިޝް ގެނެސްދޭނަން.މިއީ އިޝް އެންމެ ފުރަރަމަ ލިޔުނު ލޒޮބީގެ ވާހަކަ ކަމުން ބައިވަރު މިސްޓޭކް ހުންނާނެކަން އެނގެއެވެ.
މިސްޓޭކްތަށް ފާހަގަ ކުރުމުން އިޝް އިޝް މިހާރު ގެނެސްދެމުންދާ ދެ ވާހަކަ ލޯބިވަން އަދި މިވާވަރު ބުނެދޭހިތްވޭގެ މިސްޓޭކްތަށް ވެސް ރަނގަޅު ކުރެވޭނެ ކަމަށް އިޝްއަށް ގަބޫލުކުރެވެއެވެ.
18 Comments!
Comments are closed.



reethi vaanehen heevanii.
Thanks layaaly
First me dho????V reethi vaahaka ah❤️❤️❤️❤️❤️❤️❤️
Thanks and congrats mal
Sec me dhw ✌️✌️✌️hehe Varah reethi mi vaahaka dhen oi bai Varah avahah up kohdheynekamah unmeedhu kuran ?????hehe
Thanks
Yea u r second
Next part will upload in next week Monday or Tuesday
Lee Jun Suk ge foto eh meenee Sidhaana Mohamed
Sidahaana Mohamed who is that
lee jong suk*
Ishh ge vaahaka akau comment kurevey furathama faharu miee????Ekamaku ishh ge ehen vaahathakaa khilaafau mi vaahaka dhonthi au varauves reethi????????????????????????????????I just love it❤❤❤❤❤❤❤??????Keep it uuuup ishh
And love you more???????????????????❤❤❤❤❤❤????
Oh thanks Dhonthee
I am glad u like it
Varah reeethi..hope mi vaahaka nimendhen up kuraanekamah??good luck..?ly♥
Thanks doll
Wtf? vaahaka eh viyas vaki hama thakaka usoolrh onnaane .. forbidden love story eh viyas atleast not “ehbandu eh bafaa”.. ehbandu ehbafa dhe bein ge dhemedhuga ekahala gulhumeh vyma varah huthuru.. not acceptable
And varah kuh gina.. name change vefa ves eba huri .. ibaaraayh ves eha eh noon and varah ginain ria ria kiyaafa liyefa huryma alhaiganna odd gotheh hurey..
Best of luckk dear
Dear roo
They are not real siblings.
Any way thanks I will try to correct my mistakes.
wow!!!???varau reethi.??? love it. btw when is next part??waiting….????????☺☺?????????
Thanks alkko
Next part Monday or Tuesday ga
waiting for next part.???make it fast please.. ……..???????????????????