ޒޯހާ
އަތުގައި އޮތް ޓެސްޓް ކިޓަށް ބަލަހައްޓައިން ހުރި ޒޯހާގެ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަތަށް ނިކަން އަވަހަށް އަތުން ފުހެލިއެވެ. އެ ފިޔާތޮށި ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ. ރަތް ކުލައިގެ ދެ ރޮނގު އެއިނީ ސާފުކޮށް ފެންނާށެވެ. އެންމެ އުއްމީދު ކޮށްގެން ހުރިކަންތަށް ފުރިހަމަ ވުމުން މާތްﷲގެ ހަސްރަތަށް ހިތުގެ ފުންމިނުން ޝުކުރުދެންނެވުނެވެ. ކިޓު ސިންކުގެ އެެއްފަރާތުގައި ބާއްވާލަމުން ޒޯހާ އަވަަހަށް އަތްދޮވެލިއެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އިހުނަށް ވުރެވެސް ބޮޑަށް ހިނިތުންވެލީ އުފާވެފައި ހުރިލެއް ބޮޑުކަމުންނެވެ. ސިކުުނޑީގެ ކަނެއްގައި ކޮއްޓާލި ސުވާލުން ޒޯހާގެ އެ ރީތި ހިނިތުންވުމާއި އުފާވެރިގެން ފިލައިގެން ދާން ސިކުންތެއްވެސް ނުނެގިއެވެ. ކުޑަ އިރުގެ ހަނދާންތަށް އާވެގެން ދިއުމާއެކު ޒޯހާގެ އަމިއްލަ ނަފްސާ ކުރެވުނީ އެންމެ ސުވާލެކެވެ. ލިބެން އުޅޭ ދަރިފުޅަށް ރަނގަޅު މަންމައަކަށް ވެވިދާނެބާއެވެ. ޒޯހާ އަށް އުނިވި މަންމަގެ ލޯބި އަމިއްލަ ދަރިފުޅަށް ކިހާ ފުރިހަމައަށް ދެވިދާނެބާއެވެ. ” ޒޯ..ނުކުމެބެލަ.. ނުނިމޭތަ އަދިވެސް..” ފާހަނައިގެ ބޭރުން އިވުނު ނާހިލް ގެ އަޑުން ޒޯހާ ކުޑަކޮށް ސިހިގެންދިޔައެވެ. ނާހިލް ކޮޓަރީގައި ހުރިކަން ވެސް ހަނދާންވީ ދެނެވެ. ލޯގަނޑަށް ބަލާލަމުން ޒޯހާ ފުންނޭވާއެއް ލަމުން ހިނިތުންވެލިއެވެ. ކިޓް ހިފައިގެން ހިނގައިގަތީ ފާހަނައިން ނުކުންނާށެވެ.
ފާހަނައިން ނުކުތް ޒޯހާ ފެނުމާއެކު ނާހިލް އަށް އެނދުން ތެދުވެވުނެވެ. ޒޯހާ ގެ އުފާވެރި މޫނު ފެނުމާއެކު ނާހިލް އަށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮއްލެވުނެވެ. ބަސްބުނުމަކާ ނުލާ އޭނާގެ ލޯބިވާ އަަނބިމީހާގެ ލޮލުން އެކަނިވެސް އެ އުފާވެރި ހަބަރު ފޯރުކޮއްދީފިއެވެ. ޒޯހާ އައިސް ނާއިލްގެ ގާތުގައި ހުއްޓެމުން ކިޓް ދައްކާލިއެވެ. ނާއިލް އަށް ވެސް ވީ ޒޯހާއަށް ވީވަރެވެ. އުފާވެރިކަމުގެ ކަރުނަތަށް ލޮލަށް ޖަމާވުމާއެކު ލުއި ހީލުމެއްގެ އަޑު އިވިގެންދިއައެވެ. ދެން ފެނުނީ ލޯތްބާއެކު ޒޯހާ ގައިގައި ބައްދާލިތަނެވެ.
ރޭގަނޑުގެ ކެއުން ނިމުމާއެކު ޒޯހާ މެން ދެމަފިރިން އަވަސްވެގަތީ ނިދާށެވެ. ޖެހިގެން އޮތް ދުވަހަކީ ނާހިލް އަށް އޮފީހުގައި ބުރަ ދުވަހަކަށް ވާނެތީއެވެ. ދެމީހުން ގެ ހިޔާލު ވެސް ހުރީ ޑޮކްޓަރަށް ދެއްކުމަށްފަހު ފުރަތަމަ ސްކޭން އާއި އެކު ދެއާއިލާއަށް ވެސް އެ އުފާވެރި ހަބަރު ދިނުމަށެވެ. ނިދާފައި އޮތް ނާހިލްގެ މޫނަށް ބަލަހައްޓައިން އޮތް ޒޯހާ ދެލޯ މަރާލުމާއެކު ހަނދާނަށް އައި ދިހަ އަހަރު ކުރީގެ މާޒީއެވެ.
ސާދަ އަހަރުގެ ޒޯހާ އިނީ ނިދުމުގެ ކުރިން ނިންމަންޖެހޭ ފިލާވަޅެއް ހެދުމުގައި މަސްއޫލުވެއެވެ. ނަމަވެސް ކުރިމަތީ އޮތް ފޮތަށް ދޭން ޖެހޭ ސަމާލުކަން ފުރިހަމައަށް ދެވޭގޮތެއް ނުވިއެވެ. ސަބަބަކީ ޒޯހާގެ މަންމައާއި ބައްޕަގެ ނިމުންނެތް މައްސަލަތަކެވެ. ބަދަލުނުވި ކޯޅުންތަކާއި ހޫނު ބަސްތަކުން ފެށޭ ޒުވާބުތަކެވެ. ކުޑައިރުއްސުރެ ޒޯހާ އަށް އެއީ އާކަމެެއްނޫނެވެ. ނަމަވެސް އެކަމަށް ޒޯހާ އާދަވާނެހެއްޔެވެ. އެ އަޑުތަކާއި މަންޒަރު ތަކަކީ ހެދިބޮޑުވަމުން އަންނަ ކުއްޖަކު ތަހައްމަލުކުރަން ބޭނުންނުވާނެ ކަންތައްތަކެވެ. އެ އުމުރުގެ އެކުވެރިންގެ މައިންބަފައިން އުޅޭ ގޮތް ޒޯހާ އަށް ފެނެއެވެ. އެ ދިރިއުޅުންތަކާއި ޒޯހާގެ އަމިއްލަ ހަޔާތާއި ކިތަންމެ ފަހަރަކު އަޅާ ކިއެވެ. ޒޯހާ އަށް ވަނީނަމަ އޭނާގެ މައިންބަފައިންގެ މެދުގައި އޮތް މައްސަލަ ހައްލުުކުރިތާ ކިތަންމެ ދުވަހެކެވެ. ހިޔާލުތަކުން ނުކުންނަން މަޖުބޫރުވީ ދޮރު ހުޅުވާފައި ނުކުތް މަންމަ ފެނުމުންނެވެ. އެ މޫނުމަތިން ރުޅިވެރިކަންފެނެއެވެ. ” ލޯބިނުވާ މީހަކާ އެކު މަަށެއް ނޫޅޭނަން….މިހިސާބުން މިނިމުނީ… ވަރިވާން ކޯޓަށް ފޯމް ލާނާން..” ވަރި އެ ލަފްޒް އަޑުއިވުމާއެކު ޒޯހާ އަށް އިން ގޮނޑި ދުރުކޮއްލަމުން ތެދުވެވުނެވެ. ވާނުވާ ނޭނގި ބަލަހައްޓައިން ހުއްޓާ ފެނުނީ މަންމަގެ ފަހަތުން ދަމާފައި ނެރުނު ފޮއްޓެވެ. ހުޅުވިފައި ހުރި ދޮރުން އަލަމާރި ކައިރީ ހުއްޓި ހުރި ބައްޕަގެ މާޔޫސްވެފައިވާ މޫނު ފެނުނެވެ. މަންމަގެ ނަޒަރު ޒޯހާއަަށް ހުއްޓުނުކަމަކު މޫނުމައްޗަށް ބަދަލައެއް ނައެވެ. ފޮށި ހިފައިން ނުކުންނަން ހިނގައިގަތުމުން ޒޯހާ އަށް ކެތެއްނުކުރެވުނެވެ. “މަންމާ..” ޒޯހާގެ އަޑަށް މަންމަގެ ފިޔަވަޅުތަށް މަޑުޖެހުނެއްކަމަކު އައިސް ހުރި ރުޅި ފިނިވިހެނެއް ހިޔެތް ނުވެއެވެ. “ކިހިނެތްވީ.. ޒޯހާ އަށް ރަނގަޅަށް އިނގޭނެ ކަންތައްތައް ވާގޮތް..އެކަމަކު ޒޯހާއަށް ވެސް ގޯސްވާނީ މަންމަ.. ބައްޕަގެ ގޯސްކަމެއް ނުފެންނާނެ… އިތުރަށް މިހެނެއް ނޫޅެވޭނެ.. މަންމަ ނެތަސް ޒޯހާއަށް އެކަނި އުޅެވޭނެ މިހާރު.. މަންމަގެ ބޭނުމެއް ނުޖެހޭނެ ދެން.. ދުރުގަ ހުއްޓަސް ޒޯހާ އަށް އާދެވޭނެ މަންމަ ކައިރިއަށް.. ފަހުން ގުޅާނަން.. ދެން ދަނީ.. ” ފަހު ބަސް އިއްވަމުން މަންމަ ގެއިން ނުކުމެގެންދާތަން ބަލަހައްޓައިން ހުރި ޒޯހާ ހުރީ އިވުނު ބަސްތަށް ގަބޫލްނުކުރެވިފައެވެ. އެރެއަަށް ފަހު މަންމަ ވީ ޒޯހާއަށް ތިން ލަފްޒުގެ ބަހަކަަށެވެ. މަންމަ ގުޅަނީ މަދުފަހަރަކުއެ. ޒޯހާގެ ލޮލަށް ފެންނަނީ މަހަކު އެއްފަހަރު އެވެ. ބައްޕައާއި ވަކިވުމަށްފަހު ދެން އިވުނީ މަންމަ އެހެން ކައިވެންޏެއް ކުރިވާހަކައެވެ. އެދުވަހަށް ފަހު މަންމަގެ ފުރިހަމަ ލޯބިން ޒޯހާ ބާކީވިއިރު މަންމަ ދުވަސްތަަށް ވޭތުކުރީ އުފަލުގައެވެ. ހުރިހާ ހިތާމަތަކަކާއެކު ބައްޕަ ޖެހުނީ މަންމަ އެެއްގެވެސް ޒިންމާ ނަގާށެވެ.
8 މަސް ފަސް…
ކައިރީގައި އޮތް ތުއްތު އަންހެން ދަރިފުޅުގެ މޫނަށް ކިތަަންމެ ވަރަކަަަަަށް ބެލިނަމަވެސް ޒޯހާ ފޫއްސެއްނުވާނެއެވެ. ފުރިހަމަ ކަމުގެ މިސާލެކެވެ. ހޮސްޕިޓަލް ކޮޓަރީގައި ތިބީ ގާތް އާއިލާ މީހުންނެވެ. ނެތީ ޒޯހާގެ މަންމަ އެކަންޏެވެ. ޒޯހާގެ އެނދު ކައިރީ ނާހިލްގެ މަންމަ ހެވިފައި ހުއްޓެވެ. ސޯފާގައި ނާހިލް ގެ ބައްޕައާއި ޒޯހާގެ ބައްޕަ ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ކުއްލިއަކަަށް ކޮޓަރީގެ ދޮރު ހުޅުވާލަމުން ވަނީ ނާހިލްއެވެ. ފަހަތުން ވަތް އަންހެން މީހާ ފެނުމާއެކު އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. “މަންމާ.. ” ދޮރުން ވަތް އަންހެން މީހާ ފެނުނުން ޒޯހާ އަށް ގޮވާލެވުނެވެ. މަންމަ އައިސް ފުރަތަމަވެސް އުރާލީ ޒޯހާގެ ކައިރީގައި އޮތް ދަރިފުޅެވެ. ލޯބިކޮއްލަމުން މީ މާމައޭ ބުނެލިގޮތުން ޒޯހާގެ މެއަށް ބާރުވެގެން ދިއައެވެ. އެންމެ ފަހަފަހަރަކަށް މަންމަގެ އަތުގެ ބީހުން އިހްސާސްކުރެވުނީ ކޮންއިރަކުތޯ ޒޯހާ ވިސްނާލިއެވެ. ނާހިލްގެ މޫނަށް ޒޯހާ ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު ނާހިލް އަށް ޒޯހާގެ ހާލަތު އެނގުނީކަންނޭގެއެވެ. އެނދުކައިރީ އިށީންނަމުން ޒޯހާގެ އަތުގައި ނާހިލް ހިފަހައްޓާލިއެވެ. ” ޒޯހާއާއި ވައްތަރީ..” މަންމަ އެހެން ބުނުމުން ޒޯހާ ހިނިތުންވެލިއެވެ. މިއަދާ ހަމައަަށްވެސް މަންމަ ވީ ޒޯހާ އަށް ދުރު ނަމަކަށެވެ. އެކަމަކު ކުރިއަށް އޮތްތާ މާމަ ދަރިފުޅުގެ ސަބަބުން ނަމަވެސް އެ ގުޅުން ބަދަހިވާން ޒޯހާގެ ހިތް އެދުނެވެ. ” ޔޫ އާރ ގޮނަބީ އެން އެމޭޒިން މަމް..”ނާހިލް ސިއްރުން ބުނެލި ނަމަވެސް އެ ބުނީ ތެދެކެވެ. އިރާދަކުރެއްވިއްޔާ ކޮންމެ ހާލެއްގައި ނަމަވެސް ޒޯހާ ވާނީ ދަރިފުޅަށް ލޯބި ދޭނެ މަންމައަކަށެވެ. އެ ލޯބި ނުލިބިގެން ޒޯހާގެ ދަރިފުޅުގެ ހިތް ފުނޑުފުނޑުވެގެން ދިޔަކަ ނުދޭނެއެވެ. “އެންޑް ޔޫ އާރ ގޮނަބީ ދަ ބެސްްޓް ޑޭޑް..” ނާހިލް ގެ އަތަށް ފިތާލަމުން ޒޯހާ ބުނެލިއެވެ.
-ނިމުނީ-
10 Comments!
Comments are closed.




Salaam. I was missing writing and my lovely readers so i pulled myself up to write this short short story. I wrote it from my phone since my laptop is broken. Sorry for the mistakes. Hope you guys will like it. Thankyou. ♥️
I really like this story?????Aslu dhonthi heekoggen huree dhigu vaahaka akau vaanekamau?????ekamaku kuru vaahaka akau viyas mi vaahaka hama varau reethi?????I just love it❤❤❤❤❤kuruvaahaka thakuge therein dhonthi au kiyunu enme reethi vaahaka miee?????❤❤❤❤❤So dhonthi ummeedhukuran adhi seym ge faraathun mikahala reethi loabi loabi vaahaka thakeiy kiyaalan libeynekamau?????????????❤❤❤❤❤?????????❤❤❤❤❤❤❤❤?????????????????????????
Thanks dear. ??
Varah reethi vaahaka ah??? ? ? I hope I will see many of story of urs ❤❤❤
Thanks dear. ??
Vvvv rythi
Thankew ?
As usual mi story ves vv nice…but i want to ask u a question….keehve VAASHE OAGAA HITHAA nimendhekah up nukury????plx seym plx e vaahaka up kuran fashaadhyba….vvvv kiyaa hithun mihury…..plx plx plx plx plz plx plx plz plz pkz plz plx plz plz plzplz plzplz plz plz pls pkz pkz plz plz plz plz plz plz plz plz plz
Hi dear.. Thankyou.. ??
Vaashe oagaa hithaa vaahaka up kuran fashaanan In Sha Allah laptop hedhunuhaa enme avahakah.. ? Phn in liyan vrh undhagu vaane ennu.. Keep waiting. Will upload it soon or will start a new story.. Thankyou for asking abt it. ??
For everyone who havent read my story “thiya dhin ufaa” give it a try. Hope you will like it. ?