Skip to content
އެސްފިޔަ

ނާއިންސާފު (ޓްރެއިލަރ)

“މާޒް، ހާދަ ދުވަހެއް ކޮށްލާފަ؟ ކައި ކައިރިއަށް ޖައްސާލާފަ ދޯ؟” މެނޫ ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ޝީން ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވުމަކުން ފުއްދާލީމެވެ.

………..

“ސްޕައި” އޭ ބުނުމުން ނަމުގައި އެއީ ވަރަށް މަޖާ ކަމެކޭ ހީވެދާނެއެވެ. އެއީ މުޅިން ދޮގު ހީއެއްވެސް ނޫނެވެ. ނަމަވެސް….

“ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި ބިޓެކޭ” އަހަރެން މަޑުމަޑުން ރުކާންގެ ކޮނޑުގައި ޖަހާލީމެވެ. ކަލެއަށް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ.

“ކައެ ތީ ކާކުތަ ރީތި ހަޑި ބިޓުން ކިޔަން.” ބަދަލުގައި ރުކާންވެސް އަހަރެންނާއި ދިމާކޮށްލިއެވެ.

………..

އެ ކަޅު ރޭގަނޑު، ހޫރު ޕަރީއެއް ފަދަ އެ އަންހެން ކުއްޖާ އެކަނި މައި އެކަނި، އިންއިރު، މަޑުމަޑުން އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެންގެ ހިތް އެވަގުތު އެދެމުން ދިޔައީ، އޭނާ ކައިރިއަށް ގޮސް ވީ ގޮތް އަހާލުމަށެވެ. ނަމަވެސް……..

“ލުވެއިޒް… މަށަށް ނުގުޅަބަލަ. ލުވެއިޒް ވޮރީ ވާން މަ މީ ޝާނާއެއް ނޫނެއްނު.. މަ ބޭނުން ގޮތަކަށް މަ އުޅޭނީ..”

ލުވެއިޒްގެ އަނދިރި ފަރާތެއް އޮވެފާނެއެކޭ އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ.

“ޒިން، މިއޮތް ފަތިހު ކީތްކޮށްލަން ތި ވަޑައިގަތީ؟” ލުވެއިޒް އަހާލިއެވެ.

“ހަމަ ލޯބިވާ ދެކިލަން” ލުވެއިޒްގެ ދެ އަތުގައި ހިފަމުން އަހަރެން ރަނޑު ގޮތަކަށް  ބުނެލީމެވެ.

“އަސްލު އެމަންޖެ ކައިރިއަށް.” ސިޑިން ފައިބައިގެން އައި އަންހެން ކުއްޖާއަށް އިޝާރާތް ކޮތް ރުކާން ބުނެލިއެވެ. އަހަރެން ހީކުރި ކުލަވަރެއް ލުވެއިޒްގެ މޫނަކުން ނުފެނުނެވެ.

އެލީޒާ އަކީ ލުވެއިޒްގެ ކޮއްކޮއެވެ. އަހަރެންނާއި އެއް ޢުމުރެކެވެ. މީހުން ހިތްކިޔާނެ ހުރިހާ ސިފައެއް ލިބިފައިވާ ރީތިކަމުގެ ނަމޫނާއެކެވެ.އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮއަށް ވުރެ ބޮޑަށް އަހަރެންގެ، އެކުވެރިޔެކެވެ. ނަމަވެސް މާޒީގައެވެ.

“މަ ހީކުރީ ތީ ލުވެއިޒް ގެ ވަގު ބިޓެއް ކަމަށް.. އާނ ދެން ދަންވަރު ގަޑީ ގުޅާނީ ޖީއެފް އަކަށްނު.” އަހަރެން އެހެން ބުނެލުމާއިއެކު ސުވާލު ގެ ނަޒަރަކުން އެލީނާ އާއި ލުވެއިޒް އަހަރެންނަށް ބަލައިލިއެވެ.

……..

ސިއްސައިގެން ދިޔަ ވަރުން، ވެއްޓެން ދިޔަ އީން، އަހަރެންގެ އަތުން ހިފާއްޓަފައި އޮތް އިރު، އަހަރެމެންނަށް ތިބެވުނީ، ފުދޭވަރަކަށް ކައިރީގައެވެ. ވަގުތުން އީންގެ ދޮން މޫނު ރަތްވެގެން ދިޔައެވެ.

“އެއްވެސް މީހެއް ކައިރީ ނުބުނާތި. ލުވެއިޒް ކައިރީގަވެސް.” އަހަރެން އެހެންބުނުމުން، މަޑުމަޑުން އީން ހޫމްއަޅުވާލިއެވެ.

…………

“ނުވެސް އެނގުނު ދޯ… އިނގޭ ޒިން އަށް ނޭންގޭނެކަންވެސް. ޒިންވެސް ހާދަ ތަފާތޭ. މިހާރު މާ ހޮޓު ވައްތަރު ޖަހަނީ.” ފެންނަލެއް ތަފާތަކަސް، އިބާނާގެ ސަކަ މިޒާޖަށް ކުޑަވެސް ބަދަލެއްނާދެއެވެ.

“މަ މީ އަބަދުވެސް ހޮޓު މީހެއްނު.”

……….

ތިޔަ ރީތި އަޑުން، ބުނެލަ ބަހުން،

ހިތުގެ ހިނގުން، ބާރު ވަނީ.

ތިޔަ ކަރުނަތަކުން، ލިބެ ވޭންތަކަކުން،

އަހަރެން، ނިމި މިދަނީ.

ސިއްރު ކުރާ ތިޔަ، މާޒީ

ނިމިގެން ގޮސްފައި ނޫންހެ ވަނީ؟

………….

ވިސްނޭ ޢުމުރަށް އެޅި ފަހުން، އެފަދަ އިޝާރާތެއް އެ ކުރީ، އިބާނާއެވެ. ނަމަވެސް، ހިތް ހަޤީގަތުގައި ހަމަޖެހެނީ ދަންވަރުއެވެ. އެއީ ވާހަކަ ދެއްކޭ މީހާގެ ސަބަބުން ކަމެއް ނުވަތަ، ގަޑީގެ ސަބަބުން ކަމެއްވެސް ނޭންގެއެވެ. ނަމަވެސް، ލޮއިތްބާއި ބެހޭގޮތުން ވިސްނާލާ ކޮންމެ ފަހަރަކުވެސް ހިތަށް އަންނަނީ، މާޒީއެވެ. މާޒީގައި ކަންތައް ވެގެން ދިޔަ ގޮތެވެ.

………….

ނުކުރިޔަކަސް މަށަށް މަޢާފް،

ތިޔަކަރުނަ ތަކުގެ އަސާސް،

ބުނެދޭށޭ ބަހުން ސާފު،

ހޯދައިދޭނަން އިންސާފް.

…………

“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ވަރަށް ބާރަށް ހަޅޭއް ލަވައިގަތެވެ.

Comments (18)

  1. jiji

    Olhun araaa kudakoh…waiting fr the parts???????❤❤❤??????

    1. Monsta
      jiji

      Story ge eki hisaabun paragraphs nagaafa huryyma….. Thanks for waiting <3

  2. Avlyn

    V reethi vaane hen hyvany… Curiously waiting ??❤️❤️

    1. Monsta
      Avlyn

      thankss

  3. Monsta

    June first ga neredheynan Insha Allah

  4. sasookey

    is there a way to bribe you out to get the first ep before releasing !! lol just cant wait for it <3

  5. sasookey

    I actually so wanna read “ehves meeheh kaary nubunaathi scene” what is it? so foruvaigen ? yageen bust vane ehaa foruviagen ulhenyaa

    1. Monsta
      sasookey

      Ahaha lol. Wait for that scene. Eid night ge scene ehh eii. Wait for it ❤️❤️

  6. strange girl

    Curiously waiting???????

    1. Monsta
      strange girl

      Thanks for both being curious and waiting

  7. Luc!f3r

    Maazin ge Maazee dhw??.. Btw Eleeza and Eleena e dhe character eh tha noony nan olhifatha?

    1. Monsta
      Luc!f3r

      Sisters

  8. Some bunny?

    Wa wa….. Ma sha Allah ! Eagerly waiting for the next parts…v curious kuriah oyy thaanga vaane gothakaa medhu….so is the story about xins past …. v curios ekam adhi v gotheh evves varakah olhumeh nufilaa? v salhi e lhen baithu? i know u r very talented in these kind of things? story v salhi vaane kan engey kuriah oyy thaanga vs.so eagerly waiting for the next episode..gavaaidhun up kuracche?? ingijje dhw kaaku kan?

    1. Monsta
      Some bunny?

      past ge thankolhu kolhuves hunnaane but main story ehaa bodah past aa gulhifaeh noon onnaani. Regular koh up kohdheynan Insha Allah . ??. Ahaha dhigu comment kuraanamey buni kujjaa dhww??❤️

  9. sayas

    who// seems interesting

    1. Monsta
      sayas

      Thanks

  10. Drax

    Curiously waiting

    1. Monsta
      Drax

      Finally Drax bro… wait kuraathyy aa curious vymayaa comment kurikamah dhen thanks.. Lol 😛 😀 😉 <3

Comments are closed.