Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ސިއްރު ލޯބި…

bookworm Level 1
May 21, 2019 4 Mins Read
5 Comments

 

 

ފަތިހުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކު ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދިޔައިރު އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން އެސައިންމަންޓް އެއް ހަދަން އިން އަނުމްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބަންގީގެ ފުރަތަމަ ކަލިމައާއެކު އަރާމު ތަންމަތި ދޫކޮށްލާ ތެދުވެ ވާޖިބް އަދާކުރުމަށްފަހު މަސައްކަތްތައް ނިންމުމުގައި އޭނާ އިނީ ނުހަނު ޝަޢުޤުވެރިކަމާއެކުގައެވެ. ހެނދުނު އަށެއްޖެހުމާއެކު އަވަހަށް ތައްޔާރުވެލައިގެން ކޮލެޖަށް ދިއުމަށްޓަކައި އެހެން ކުދިންނާއެކު އަނުމް ދަނާލްއިން ނިކުތީ އެކުދިންނާއި ވާހަކަ ދައްކަމުންނެވެ.

ކޮލެޖްގެ ގަޑިތައް ނިމުނުއިރު ތިންގަޑި ބައިވެފައި ހުރުމުން އަނުމް އަވަސްވެގަތީ ދަނާލަށް ގޮސް ނަމާދުކޮށް ތާޒާވެލައިގެން ޑިއުޓީއަށް ދިއުމަށެވެ. އަނުމް މަސައްކަތް ކުރަނީ ހޮސްޕިޓަލުގެ ރިސެޕްޝަނުގައެވެ. އާދައިގެ މަތިން އެރޭވެސް ޑިއުޓީ ނިމުނުއިރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ވެފައިހުރި ވަރުބައްޔާއެކު ހިނގާލައިފައި ދާނެވަރު ގައިގައި ނެތުމުން ޓެކްސީއެއް ލިބޭތޯކުރި މަސައްކަތްވެސް ނާކާމިޔާބުވުމުން އަނުމް ހިތްހަމަނުޖެހޭ ގޮތްވިއެވެ. ހިތާހިތުން ޝަކުވާކޮށްލަމުން އެންމެފަހުން ހިނަގައިގަތީ އެގާރަޖެހުމުގެ ކުރިން ދަނާލަށް ވަންނަންޖެހޭނެތީއެވެ. އިސްދަށަށް ޖަހައިގެން ހިނގަމުންދިޔަ އަނުމް އިސްއުފުލާ ބަލާލީ މަގުހުރަސް ކުރުމަށެވެ. އެހިނދު މަގުގެ އެއްކަނެއްގައި ތިބި ޒުވާން ގުރޫޕެއްގެ މެދުގައި ހުރި ސޫރަފެނި އަނުމްގެ ނޭވާހީވީ ތާށިވިހެންނެވެ. އެތައްދުވަހަކަށް ފަހު އެސޫރަފެނުނަސް އޭނާއަކަށް ނޯޅޭނެއެވެ. އަނުމްއަށް އެންމެފަހުން އެޒުވާނާ ފެނުނީ ތިންއަހަރު ކުރިންނެވެ. އޭރަށް ވުރެ ބޮޑަށް މިހާރު އެޒުވާނާ ވަނީ ހިކި އަނަރޫފަވެފައެވެ. ލިވަޕޫލް ޖާރޒީއަކާއެކު ލައިގެން ހުރި ސޯޓު ކިރިޔާ އުނަގަނޑުގައި ލައްވާލައިފައިވާއިރު އިސްތަށިގަނޑުހީވަނީ ކުޅަނދުރު ހަތައެއް ހެނެވެ. އެސޫރަފެނުމާއެކު މިއަދުވެސް އަނުމްގެ ހިތުގައި އެޖަހާލީ ހަމައެއްވިންދެކެވެ. މީގެ ތިންއަހަރު ކުރިން އޭލެވެލް ހެދުމަށްޓަކައި އޮރިއެންޓޭޝަން އަށް ދިޔަދުވަހުވެސް އެސޫރަފެނުމުން އެހިތުގައި ޖަހާލި ވިންދެވެ. އެތައްދުވަހެއް ވަނދެން އެހިތުގައި ވަންހަނާ ކޮށްގެން ގެންގުޅުނު ލޯބި އަނެއްކާވެސް އުތުރި އަރައިގަތުމުން އަނުމްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެއީ ރަނގަޅު އިޙްސާސްއެއް ނުންކަން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކިރިއެވެ. ކުށްވެރި އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. އަނުމް ސިއްސައިގެން ދިޔައީ އެޒުވާނާ އަނުމްއާ ދިމާލަށް މިސްރާބުޖެހިތަން ފެނިފައެވެ. އަނުމް އަށް ނޭވާހިފަހައްޓާލެވުނެވެ. “އަނުމް.” އެޒުވާނާގެ ހިތަގައިމު އަޑު ޖެހުމާއެކު އަނުމްއަށް ވެސް ބޭއިޚްތިޔާރުގައި ” ޝިވަން؟” އޭ ބުނެލެވުނީ ސުވާލެއްގެ ރާގަށެވެ. ޝިވަން ހިނިތުން ވެލުމަށްފަހު ބޯޖަހާލިއެވެ. ” ހެހެހެ…. ހަނދާން އެބަހުރިދޯ؟ އަހަރެން ހީކުރީ އަނުމް ހަނދާންވެސް ނުހުންނާނެ ކަމަށް. އޭރުދެން އެހާ ރައްޓެހއްސެއްވެސް ނޫންވިއްޔާ.” ތެދެކެވެ. ސްކޫލް ދުވަސްވަރު އަނުމްއާ ޝިވަންއަކީ އެހާ ވާހަކަދައްކާ އުޅުނު ދެމީހުންނެއް ނޫނެވެ. ޝިވަން ސްކޫލަށްވެސް އަންނަނީ މަދު ދުވަހެއްގައި ކަމުން ދެމީހުން ބައްދަލުވެސް ނުވެއެވެ. ” އާނ… ވާހަކަ ނުދެއްކިއަސް އަހަރެން ކުލާސް ކުދިން ހަނދާން ހުރެޔޭ” އަނުމް ވެސް ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. ” އެހެންވީއިރު ރީޔުނިޓީ ފާހަގަކުރަން ހިނގާ ކޮފީ އަކަށް އަރަންދާން” ޝިވަންގެ އެއެދުމުން އަނުމްގެ ހިތް އުފަލުން ނަށައިގަތެވެ. ވަގުތުން އާއެކޭ ބުނަން ހިތަށް އެރިއެވެ. ނަމަވެސް ގަޑިބަލާލިއިރު މާލަސްވެފައި ހުރުމުން މާޔޫސްވާގޮތްވިއެވެ. އަނުމް އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ މޫނަށް ވެރިވި ކުލަވަރުން ޝިވަންއަށް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. މާލަސްވެއްޖެދޯއޭ ބުނުމަށްފަހު އަނުމްގެ ނަމްބަރު ހޯދީ އެހެންފަހަރަކުން ދިމާވެލުމަށެވެ. އަދި އަނުމްއާ އެއްކޮށް ދަނާލްއާ ހަމައަށް އެރޭ ޝިވަން ދިޔައެވެ.

އަނުމް އާ ޝިވަން ދިމާވިތާ މަހެއް ވީއިރު އެދެމެދުގައި ވަނީ ގުޅުން ރަނގަޅުވެފައެވެ. ނަމަވެސް އަނުމް އާ އާކިފްގެ ގުޅުންވަނީ ހީނަރުވެފައެވެ. އާކިފަކީ އަނުމް ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އެއީ އަނުމްގެ އެންމެ ގާތް އެކުވެރިޔާ އަލްޔާގެ އެއްމާބަނޑު ބޭބެވެސް މެއެވެ. އަނުމް އާކިފްއާ ގުޅުނީ އޭނާގެ ހިތުގައި ޝިވަންއަށް ދެވިފައިވާ ލޯބި ފުހެލުމަށެވެ. އެއީ ލިބެންނެތް ލޯތްބެއްކަން އެނގޭތީ އެހަނދާނުގައި އޭނާގެ އުމުރު ވޭތުކޮށްލަން ނޭދޭތީއެވެ. އެހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ނަމަވެސް ތަޤްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. ހީވެސް ނުކޮށް ހުއްޓާ ޝިވަން މިއަދުއެހުރީ އޭނާގެ ޙަޔާތަށް އައިއްސައެވެ. ކުރިން އެދެމެދުގައިވާ ބީރައްޓެހިކަން އެވަނީ ނެތިގޮއްސައެވެ. ޒަމާންވީ ދެރަޙްމަތްތެރިން ފަދައެވެ. ޝިވަން އަނުމްއާއެކީ ވަގުތު ހޭދަކުރަން ފެށިފަހުން އޭނާވަނީ ކުރީގެ ރަޙްމަތްތެރިންނާ ދުރުވެފައެވެ. މިހާރު އެއީ ހަރުދަނާ ޒުވާނެކެވެ. އަމިއްލަ އޮފީހެއްގައި މަސައްކަތްކުރަމުންދާއިރު ޝިވަންގެ މިބަދަލުތަކާމެދު އޭނާގެ މައިންބަފައިންވެސް ނުހަނު އުފާކުރެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަނުމްގެ އުފަންދުވަހު ޝިވަން އަނުމްއަށް ލޯބި ހުށަހެޅިއެވެ. މިދުވަސް އަންނަން އުޅޭކަމުގެ ފެހި ސިގްނަލްތަކެއް އަނުމްއަށް ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އަނުމައަށް ވެސް އޭނާގެ އިޚްތިޔާރުންބޭރުގައި ޝިވަންއަށް އުއްމީދު އާލާވާފަދަ ޢިޝާރާތްތަކެއް ދެވުނެވެ. ރަޙްމަތްތެރި ކަމަށްވުރެ ގާތްގުޅުމެއް އެދެމެދުގައި އުފެދުމަށް އަނުމްވެސް ހިއްސާވިއެވެ. ނަމަވެސް ޝިވަންގެ އެހުށަހެޅުން ކިތައްމެ ޤަބޫލުކުރަން ބޭނުންވިނަމަވެސް އަނުމްއަކަށް އެހިތްވަރެއް ނުލިބުނެވެ. އާކިފަށް ބޭވަފާތެރިވާކަށް އޭނާއަކަށް ނުކެރޭނެއެވެ. ކުށްވެރިއަކީ އޭނާއެވެ. ހިތުގައިވި ޙަޤީޤީ ލޯބިން އަރައިގަތުމަށްޓަކައި، އެކަމުގައި ވަފާތެރި އެހެން އިންސާނެއްގެ ބޭނުންހިފީ އޭނާއެވެ. އާކިފް އޭނާދެކެ ވާލޯބި  އޭނާއަށް ނުވެވޭނެކަންވެސް ދަނެ އެހުށަހެޅުމަށް އާނ ބަސް ބުނީ އަމިއްލަ އެދުމަށެވެ. ނަމަވެސް މިއަދު އެވަފާތެރިކަމުގައި ކޮޅުފައިންޖަހާހާ ހިތްވަރެއް އަނުމްގެ އެއް ނެތެވެ. ޙަޤީޤީ ލޯބީގައި ނިމުނުގެ ސިއްކަ ޖަހަން މިޖެހުނީ އަމިއްލައަށެވެ. ހިތް އެދި ރުޔަސް އެނޫން ގޮތެއް ނެތެވެ. އަނުމް ވަރށް ހިތްވަރު ކޮށްފައި ޝިވަން އަށް އޭނާގެ ނިންމުން އިއްވިއެވެ. ޝިވަން އޭނާކުރެއް އެތައް އާދޭހެއް ކުރިއެވެ. ސްކޫލްގައި އުޅުނުއިރުވެސް ޝިވަން އަނުމްދެކެ ލޯބިވީ ކަމާއި އޭރު އެވާހަކަ ނުބުނީ އަނުމް އޭނާގެ ލޯބި ޤަބޫލުނުކޮށްފާނެތީ ކަމެވެ. އަނުމް އަކީ ކިޔެވުމަށް މޮޅު، އަޚްލާޤު ރަނގަޅު ކުއްޖަކަށްވެފައި އޭނާއާ އެކަށީގެން ނުވާނެތީއެވެ. އޭރު އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި އުޅެންޖެހުމުން ޝިވަން ވެސް ކިޔެވުންމަތިން ފޫހިވެ މަގުގެއްލި ދިޔައީއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް އަނުމް ފެނުމުން އޭނާއަށް އެޖަޒުބާތުތައް ނުހިފެހެއްޓުނީއެވެ. އެހެންކަމުން އޭނާ މިފަހަރު ކުރިމަތިލީ އަޒުމަކާއެކުގައެވެ. އަނުމް ހާސިލް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރުމަށެވެ. އެހެންކަމުން އަނުމްގެ އެއްބާރުލުމާއެކު އަނުމް ހިތްހަމަޖެހޭފަދަ ހަރުދަނާ މީހަކަށް އޭނާ ވިއެވެ. ނަމަވެސް އަނުމް އޭނާ އަނދިރީގައި ބެހެއްޓީއެވެ. ކުލަނެތް ހުވަފެންތަކެއް ދެއްކުމަށްފަހު ދިޔައީއެވެ. ޝިވަންގެ ވާހަކަތައް އިވުމުން އަނުމްގެ ހިތގައި ރިއްސާލިއެވެ. ޝިވަންވެސް އޭރު ޙަޤީޤަތް ހާމަ ކުރިނަމަ މިހެން ވާކަށް ނުޖެހުނީހެވެ. ހިތުގައި ލޯބި ސިއްރުކުރުމުން މިލިބުނީ ކިހާބޮޑު ވޭނެއް ހެއްޔެވެ. ދެހިތުގައި އެއްވިންދެއް ޖަހާއިރުވެސް ދެތަނަކަށް ދާން ތަޤދީރު މިވަނީ މަޖުބޫރު ކޮށްފައެވެ. ދެމީހުންވެސް ކުށްވެރިއެވެ. ކުށަކީ ހިތުގައި ފޮރުވިފައިވި ލޯތްބެވެ. ޝިވަންއަށް އަނުމްގެ ހިތުގެ ޙަޤީޤަތް ހާމަކުރިއިރު ދެމީހުންވެސް ތިބީ ކުށްކުރެވުމުން ދެރަވެފައެވެ. އެދެމެދަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އަނުމްގެ ފޯނުގެ ރިންގްޓޯންގެ އަޑެވެ. ގުޅަނީ އާކިފެވެ. އަނުމް ކަރުނަތައް ހިންދާލުމަށްފަހު ފޯނުނަގައި ކަންފަތުގައި ޖެއްސެވެ. ” އައްނު… ކޮންތާކު ތިއުޅެނީ؟ ބުނީމެއްނު ރެޑީވެގެން ހުނަނައްޗޭ…. އަދިވެސް ރީތި ނުވެވެނީ ދޯ؟” އާކިފް ދިމާކޮށްލިއެވެ. “ނޫން… މިދަނީ… މި…. އަނެއް ކުޑަ ކަމެއްގަ ބޭރުގައޭ މިއުޅެނި… އާކް އާދެބަ ގަޑިބުރު ކައިރިއަށް އައްނު ބަލައި…” އެހެން ބުނުމަށްފަހު އަނުމް އަވަސްވެ ގަތީ  އެތަނުން ދިއުމަށެވެ. ނަމަވެސް ޝިވަން އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ” އަނުމް… ތެންކްސް… އަހަންނަށް އަނުމްގެ ލޯބި ނުލިބުނަސް އައިމް އަ ގުޑް ގައި ޓުޑޭ… އޯލް ކޮޒް އޮފްޔޫ… އެން ޑޮންޓް ފޮރގެޓް ދެޓް އައި އޯލްވެސް ލަވް ޔޫ…” ޝިވަންގެ ވާހަކަތައް އިވުމުން އަނުމް ކަރުނައިގެ ތެރެއިން ހިނިތުން ވެލިއެވެ. އަދި އެތަނުން ނުކުތެވެ.

އާކިފް އަނުމް ގެންދިޔައީ އޭނާގެ ގެއަށެވެ. އަނުމްއަށް ސިހުންލިބުނީ އެތަން ޒީނަތްތެރި ކޮށްފައިވާލެއް ރީތިކަމުންނެވެ. “ހެޕީ ބަރތްޑޭ އައްނު” ޖަހާފައިވާ ކޭކެއްގެ އިތުރުން ހިތުގެ ބައަޓަމަށް އޮތް “ވިލް ޔޫ މެރީމީ” ޖަހާފައިވާ ކޭކެއް އާކިފް ދިއްކޮށްލިއެވެ. އަނުމް ވަގުތުން ހިނިތުންވެ ހުރެ ބޯޖަހާލިއެވެ. އަލްޔާ އުފަލުން ހަޅޭއްލަވާލިއެވެ. އާކިފް އަނުމްގެ ގައިގައި ބައަދާލިއިރު އަނުމްގެ ލޮލުން ކަރުނާ ފާދާލިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. ޝިވަންއާ ދެމީހުންގެ މެދުގައިވި ނުތަނަވަސްކަން ނެތިކޮށްލުމަށްފަހު މިއަދު އަނުމް އެހުރީ އާކިފްއާ އެއްކޮށް ޙަޔާތުގެ އާބާބެއް ފަށަން ތައްޔާރުވެގެންނެވެ.

ނިމުނީ

Share Article

Follow Me Written By

bookworm

Level 1

Other Articles

Previous

ނަފުރަތުވުމުން….2

Next

ބުނެދޭށޭ ރުހެމޭ 30

Next
May 21, 2019

ބުނެދޭށޭ ރުހެމޭ 30

Previews
May 21, 2019

ނަފުރަތުވުމުން….2

5 Comments!

  1. inaak says:
    May 21, 2019 at 12:15 pm

    Alheyy so sad.. first luvv mathin handhain nahthaalumaky hama ehaa undhagoo kamehthr?? Hehe.. btw stry v salhi ingey..

  2. jiji says:
    May 21, 2019 at 12:26 pm

    Alheyy so seydu?….Anum shivan aa gulhuvaaha nihmaali nama..hehe..overall mi Story vv rythi…hope to c more storiec frm yuh adhivec…Good workkk????

  3. Bestie says:
    May 21, 2019 at 5:06 pm

    Masha allah…vrh reethi…keep up the gud work…❤❤???

  4. Dhonthee says:
    May 26, 2019 at 9:52 am

    Bookworm ge mi vaahaka dhonthi au varah reethi ingey

  5. Munni says:
    May 31, 2019 at 11:04 pm

    v v v salhi ingey vaahaka furathama loabivaa vaahaka sirru nukurinama loabi kaamiyaabu vees dhw

Comments are closed.



All Right Reserved!