އައިރާ……. (7 ވަނަބައި)
ޖަވާބުގައި ފައިޒީން ބޯޖަހާލިއެވެ.އަދި ދެމީހުން އެކީ މިސްކިތަށް ދިޔައެވެ.
“ދަރިފުޅާ އައިރާ… މިހާރު އެޔޮއް ބަންގި ގޮވަންފެށީ. ދެންދޭ އަވަހަށް ވުޟޫކޮއްގެން ނަމާދަށް އަރަން.މަންމަވެސް މިދަނީ ނަމާދަށް އަރަންވެގެން” އައިރާގެ ކޮޓަރިއަށް ބޯދިއްކޮއްލަމުން އިޔާޝާ ބުނެލިއެވެ.” އާން މިދަނީ. މަންމާ… މިއަދު ބައްޕަ ގެއަށް ނާންނަނީތަ؟ އެހެންޏާ ފައި ގޮވައިގެން މިސްކިތަށް ދާން އާދޭނުން.” އައިރާ ބުނެލިއެވެ. “ހޫމް މިއަދު ބައްޕަ ބުންޏޭ މަންމަ ގާތު އިރުއޮއްސެންވާއިރަށް ފަހަރެއްގައި ނާދެވިދާނޭ. ފައި މަސްކިތަށް ފޮނުވަށްޗޭ. ރައްޓިއްސެއް ބުނެގެން އެގޭ ދޮށަށް ގޮސްފަ އެވީ. އެހެންނޫނަސް ބައްޕައަކީ ކޮންމެތާކު ހުއްޓަސް ބަރާބަރަށް މިސްކިތަށް ނަމާދު ކުރަންދާ މީހެއްނުން.” ފަޒީލްއާއި މެދު ފަޙުރުވެރިވެލަމުން އިޔާޝާ ބުނިއިރު އެއަޑުގައި ވެސް ވަނީ އުފާވެރިކަމެއެވެ. އޭގެންވެސް އިނގިގެންދަނީ ދެމަފިރިން އެކަކު އަނެއްކަކަށް ކުރާ އިތުބާރެއެވެ.އަނެއްކާވެސް އައިރާ ކާރި ނަމާދަށް އަރަން ބުނެ އިޔާޝާ އެތަނުން ދިޔައެވެ. އައިރާ ވެސް އަވަސްވެގަތީ ނަމާދަށް އަރަން ދާށެއެވެ.
**************************************
ދަންވަރުގެ ހަމަހިމޭންކަމުގެ ވަޤުތެއެވެ. އޮރެންޖްކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިކަން ވެރިވެފައިވާ ތަނަވަސް ބޮޑު ކޮޓަރި ކަނެއްގައިހުރި ކުއީން ސައިޒްގެ ބޮޑު އެނދުމަތީ ނުނިދިފައި ޒަވީން އޮތެއެވެ. އޭނަގެ އަރާމް ނިދި އޭނައާއި މާދުރަށް ގޮސްފައިވާ ކަހަލައެވެ. ކޮޓަރީގައި ހުރި އޭސީ ފުލްކޮން ޖައްސާފަ ހުރިނަމަވެސް ޒަވީން މޫނު ހުރީ ދާހިއްލާ ފޯވެފައެވެ. އެންމެފަހުން އެނދުގައި އޮށޯވެއްންނަން ޒަވީންއަށްވީ ދަތިކަމަކަށް ވުމުން އެނދުމަތީ ރީތިކޮށް އިށީން ދިއެވެ. އަދި އޭނަގެ ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. ޒަވީން ސިކުނޑީގަ އެކިއެކި ޙިޔާލުތަކުންވަނީ ފުނިޖެހި ބަރުވެފައެވެ.އެހުރިހާ ކަމަކާއި ވިންނާވަރަކަށް ޒަވީންގެ ސިކުނޑި ބާރުކުރަމުން ދިޔައީ އިންތިހާ ދަރަޖައަށެއެވެ.ކޮއްމެކަމެއްގައި ވެސް ޙައްލެއް އޮންނާނެއެވެ. އެހެންނަމަވެސް ޒަވީންއަށް ދިމާވެގެން އުޅޭ އެއްވެސް ކަމެއް ޙައްލުކުރާނެ ގޮތެއް ނޭންގުނެއެވެ. އެއްކޮޅޫން އޭނަ ބަލާބޮޑުކުރި ބައްޕައެވެ. އަނެއްކޮޅުން ޒަވީންގެ ލޯބިވެރިޔާ ނިޝާއެވެ.އެކަކަށްޓަކައި އަނެއްކަކު ދޫކޮއްލެވެންވެސް ޒަވީންއަކަށް ނެތެއެވެ.ބައްޕަގެ އެދުމާއި ކިތަންމެ ދެކޮޅުހަދަން ޒަވީން ބޭނުންވިއެއް ކަމަކު އެކަމާއި ދެކޮޅުހެދޭނެހާ ހިއްވަރެއް އޭނަގެ ގަޔަކު ނެތެއެވެ. ދެންހުރީ ނިޝާއެވެ. ބައްޕަ ކިތަންމެ ނުޤަބޫލުކަމުގައި ވީނަމަވެސް ނިޝާ ދޫކޮއްލެވޭކަށް ނެތެއެވެ. ހުސްވެސް މަޖްބޫރީ ޙާލަތެއެވެ. ދިރިއުޅުމަކީ މިހާ މަޖުބޫރު އެއްޗެއްކަން ކުރިންނެއް ޒަވީންއަށް އިނގިފައެއް ނެތެއެވެ. ޒަވީން އޭނަގެ މަޖުބޫރީ ހާލަތާއި މެދު ވިސްނާލާފައި ލޮލުން ކަރުނައައެވެ.އޭނަގެ ބައްޕައަށްޓަކައި ބައްޕަ އޭނައަށް މަޖުބޫރު ކުރުވާ ކައިވެނި ކުރަން ޒަވީން ނިއްމިއެވެ. އެހެންނަމަވެސް ޒަވީންއަށް އިނގޭ އެއްޗަކީ އެމީހެއްގެ ދެކެ ޒަވީން އަށް ލޯބިނުވެވޭނެކަމެއެވެ. ލޯތްބަކީ އެކިފަހަރު އެކިކަހަލަ ކުލަތައް ދައްކަމުންދާ އެއްޗެއްކަން ޒަވީންއަށް އިގުނީ އަދި ކިރިޔާއެވެ.މީހުން ބުނާތި ޒަވީން އަޑުއަހައެވެ. ލޯތްބަކީ ފޮނިއްޔާ މާމުތަށް ވުރެންވެސް ފޮނި އެއްޗެކެއެވެ. އަދި ހިތިވެއްޖެ ނަމަ އެއީ ޒަޙަރަށް ވުރެންވެސް ހިތިއެއްޗެކެއެވެ. އެހުރިހާ ޙިޔަލުތައް ސިކުނގައި އެނބުރެމުން ދާއިރު ސިކުނޑި ހީވަނީ ދެންމެ ދެންމެ ގޮވާފާނެހެންނެއެވެ. އެންމެފަހުން ކެތްނުކުރެވިގެން ޒަވީން ކޮޅަށް ތެދުވެ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ. ޒަވީން ކުރިމަތީ ފެންނަން ހުރި ފާރުގައި ހަރުކޮއްފައިވާ ބޮޑު ގަޑިއާއި ދިމާލަށް ބަލާލިއެވެ. މިހާރު މެންދަމް 12 ޖަހާ ބޮޑުވެއްޖެއެވެ. އަދިވެސް އޭނަގެ ސިކުނޑިއަށް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. ޒަވީން ދެން ހިނގައިގަތީ ކޮޓަރިތެރޭން ބެލްކަންޏަށް ނިކުމެވެން ހުރި ދޮރާ ދިމާލަށެއެވެ. ބެލްކަންޏަށް ނިނުންނަން ހުރި ދޮރާއި ހަމަވުމުން ބިއްލޫރި ދޮރު މަޑުމަޑުން ކަހާލަފައި ބެލްނަންޏަށް ނިކުތެއެވެ.
އެއްލިކަޅިން ޒަވީން ލޮލުގައި ބެލްކަންޏަށް ނިކުމެގެން ހުރި ޒަވާ އަޅާގަތުނެއެވެ.ޒަވީން ހައިރާންވިއެވެ. އެހެންޏާ ޒަވާ އަކީ ރޭގަނޑު 11 ގެ ފަހުން ބެލްކަންޏަށް ނިކުމެ އުޅޭ ކުއްޖަކަށް ނުވާތީއެވެ.ޒަވާ ހުރީ ބެލްކަނީގެ ރެއިލިންގަ އަތް އަޅުވާލާގެން ބޭރު ބަލާށެއެވެ. ޒަވީން ހުރީ ޒަވާގެ ފަހަތުގަ ކަމުން ޒަވާ އަކަށް ޒަވީން އެއް ނުފެނެއެވެ. ޒަވީން އާވީ ފަޅިގައި ހުރި ފާރުގައި ޒަވީން ލެނގިލިއެވެ.ޒަވީން މަޑުކޮއްލާގެން ހުރީ ޒަވާ ކުރަން އުޅެނީ ކީއްތޯ ބަލާށެއެވެ. އެހެން ހުންނަތާ އިރުކޮޅެއްވީ އިރުވެސް ޒަވާ ހުރީ ބޭރަށް ނަޒަރު ހުއްޓާލާގެންނެއެވެ. ޒަވީން އެއްވެސް ފިޔަވަޅެއްގެ އަޑު ނިއްވާ މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް ފޫޓެއްހާ ދުރުމިނުގައި ޒަވާގެ ފަހަތުގައި ހުއްޓިލިއެވެ.
ޒަވާ ތުންއަބުރާލާފައި ދާން ވެގެން ފަހަތަށް އެނބުރިލިން ވަޤުތު ފެނުނު މަންޒަރުން ސިއްސާގެން ދިއެވެ. އަދި ތޫލި އަޑުން ހަޅޭލަވާގަތުނެވެ. ޒަވީން އޭނަގެ ދެކަންފަތުގައި އަތް އެޅީ ޒަވާގެ ބާރު ހަޅެކުގެ އަޑަށް އުދަގޫވީވަރުންނެއެވެ.”ދެން ތިއްތިބެ ދެކެ ވަރަށް ފޫހިވޭ. ކިރިޔާ ހާރޓްއެޓޭކެއް ނުޖެހުނީ” ޒަވާ ހިތްހަމަނުޖެހިހުރެފަ ބުނެލިއެވެ.”އެހެންނޭ ވާނި މާ ސިއްރުން ކަންކަން ކުރަން އުޅެންޏާ” ޒަވީން ހިގަންނަމުން ބުނެލިއެވެ.” ޒާކޮއް މީ ތިތްތިއެއް ނޫނޭ ސިރުން ކަންތައް ކުރާކަށެއް. އެހެންނޫނަސް ޒާކޮއް މިހާރު މީ ކުޑަކުއްޖެއް ނޫން ވިއްޔާ”ޒަވާ ތުން އޫކުށްލާފަ އެހެން ބުނުމުން ޒަވީންއަށް ހެވުނެއެވެ.” ގައިމުވެސް ތިއްތި އަކަށްވުރެން ޒާއްކޮ ދުވަހަކުވެސް ބޮޑެއް ނުވެވޭނެ” ޒަވާގެ ކުޑަ ނޭފަތުގަ ހިފާ ރަތްކޮއްލަމުން ޒަވީން ބުނެލިއެވެ. “އައުޗް…. ތިއްތި ހާދަ ބޭޑްއޭދޯ. ޒާއްކޮ އަބަދު ރުޅިއަރުވަން ތިއްތިއަށް އިގެނީ. ތިއްތިއަށް ވުރެން ދޮންބެވެސް މާ ރަނގަޅު.”ރުޅިއަސް ޒަވާ ބުނެލިއެވެ. ޒަވީން ހަޤީޤަތުގައި ވެސް ޒަވާ އެހެން ބުނުމުން ޒަވީން ދެރަވިއެވެ. އޭނަ ޒަވާ އާއި އޮޅުލަނީ ލޯބިންނެއެވެ. ޒަވިން މިލާގެން ދިޔަ މޫނު ފެނުމުން ޒަވާ ދެރަވިއެވެ.”ތިއްތީ އެއީ މަޖަލަކަށޭ އެހެން ބުނީ. އަސްލު ތިއްތި ދެކެވެސް ލޯބިވޭ. ޒާއްކޮގެ ކުލާސް އަންހެންކުދިން ތިއްތިބެ ރީއްޗޭ ކިޔާގެން ވަރަށް ވާހަކަ ދައްކާނެ. ޒާއްކޮ ވަރަށް ރުލިއާދޭ އެކުދިންދެކެ. އެކުދިންއަކަށް ނޭންގޭނެ ތީ ޒާއްކޮގެ ތިއްތި ކަމެއް. އެމީހުން ޒާއްކޮ އާއި ތިއްތިއާއި އަޅުވާވެސް ބައެއްފަހަރު ކިޔާނެ. ޒައްކޮ އާއި ޖައްސާލާފާ ހުންންނީ ވެސް . ޒާއްކޮ ހިތަށް އަރާ އެމީހުންގެ މޫނުމަތީ ޖަހާފާނަމޭވެސް. އެހެންވެ ތިއްތިއާއެކު ސުކޫލަށްދާން ގިނަފަހަރު އެއްބަސް ނުވަނީވެސް” ޒަވާ ބުނެލިއެވެ.”ދެން އެމީހުން ކާރި ބުނެބަލަ ޒާއްކޮގެ ތިއްތިބޭ އެއީ” ޒަވީން ބުނެލިއެވެ. “ނޫން އޭރުން އެމީހުންގެ ކަންތައް މާ ބޮޑުވާނެ. އަޅަނުލިއްޔާ ރަނގަޅުވާނީ”ޒަވާ ބުނެލިއެވެ.”ޒާއްކޮ….. ކޮބާ ބައްޕަ؟ މިއަދު ނުވެސް ފެނޭ.” ކަމެއް ހަނދާންވުމުން ޒަވީން ބުނެލިއެވެ.”އަޅެ ތިއްތި ކޮޓަރީގަ ފަތިހު ބައްޕަ ޓަކިދިން އިރުވެސް ހުޅުވިކީއެއް ނޫން. ތިއްތިކަރީގައި ދަނީއޭ ބުނެފަ ބައްޕަ މިއަދު ފަތިހު ފުރާގެން ދިޔައީވެސް” ހައިރާންވެ ހުރެ ޒަވާ ބުނެލިއެވެ.”ފުރާފިއޭ….ކޮންތާކަށް..ތިއްތި އެގަޑި ނިދާފަ އޮތީމަ އަސްލު ތިއްތިއަކަށް އެގަޑިގަވީ އެއްވެސް ކަމެއް ނޭންގުނު ” ދެރަވެލާފައި ޒަވީން ބުނެލިއެވެ. “ބައްޕަ ބުނި ޒާއްކޮގާތު ތިއްތިއަށް ސަލާން ބުނާށޭ” ޒަވާ ބުނެލިއެވެ.”ބައްޕަ ކޮންތާކަށް ދާން ފުރީ”ޒަވީން އެހިއެވެ. “ބައްޕަ ފަހުން ގަތް ރިސޯޓް ހަދާ ނިމިފަ ހުރީމަ ބަލާލަން ދާންވެގެން ފުރީ. އެކަމަކު ނުދެވުނު” ޒަވާ ކަންވީގޮތް ކިޔާދިނެއެވެ.”ކީއްވެ ނުދެވެންވީ އަނެއްކާ ބައްޕައަށް ކަމެއްވީތަ؟” ޒަވީން ހިތުގައި ބިރުވެތިކަމުގެ ރާޅުބާންޏެއް ދަތުރުކޮއްލިއެވެ. ޒަވާ ކަންވީގޮތް އަލިފުން ޔާއަށް ކިޔާދިނެއެވެ. ޒަވީން އެކަމާ ވަރަށް ދެރަވިއެވެ. ޒިހާދު އާއި ޒަވިން ދެމެދުގައި އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އައިސްފާވާކަން ޒަވީންއަށް ޤަބޫލުކުރެވުނެއެވެ. އަދި އެކަން ރަނގަޅުކުރަން ޒަވިން އަޒުމުކަނޑައެޅިއެވެ.
ޒަވާއި ޒަވީން ދެމެދުގައި ކުޑަ ވަޤުތުކޮޅެއް ހޭދަވެގެން ދިޔައީ އަކަކުގެ އަނގައިން ބުނުމެއްނެތިއެވެ. އަނެއްކާވެސް ޒަވީންގެ ސިކުނޑި ހިޔާލުތަކުން ވަށާލިއެވެ. “ޒާއްކޮ ކާފިންތަ މިހާރު. ތިއްތި މިހުރީ ވަރަށް ބަނޑުހާވެފަ. ކޯންޗެއްތަ ކާން ހުރީ”ޒަވީން އެހިޔާލިތަކުން ދުރުވުމުގެ ނިޔަތުގަ އެހެން ބުނިއެއކަމަކު ޒަވީން ހުރީ އަސްލަށްވެސް ބަނޑުހައިވެފައެވެ. “ޒާއްކޮ ވެސް މިހުރީ ނުކާ އަދި. ހިނގާދޯ ޒާއްކޮއާއި ތިއްތިއާއި ދެމީހުން ކާންދާން. ޒާއްކޮ މިއަދު މޫޑިވެފަ ހުރީމަ ނުއެއްކައްކަން. މޭރީ ކާރީގަވެސް ބުނިން މިއަދު ކައްކާނެ ކަމެއްނެތޭ. އެހެން ކިޔާފަ ޒާއްކޮ އޭނަ ފޮނުވާލީ. ޒާއްކޮ ހުންނާނެ ތިންވަރަކަށް ކަޕްނޫޑިލިސް ތަށި މިއަދު ގަނެގެން ގެނެސް. އޯކޭތަ ތިއްތިއަށް ކަޕްނޫޑިލިސް” ޒަވާ އެހިއެވެ. ” ތިއްތިއަށް އޯކޭ ކޮންމެ އެއްޗެއްވެސް. ހިނގާ ކާން ދާން” ޒަވީން ބުނެލިއެވެ. ޒަވާވެސް އަނގައިން ހޫމް ވެކޭ ލައްވާލިއެވެ. އަދި އެދެބެން އެކީ ބަދިގެއްށް ދިޔައެވެ.
ރަނގަޅަށް ކާގެން ޒާވީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެއެވެ. ޒަވިންގެ ކޮއްކޮއާއި އެކު ވަޤުތުކޮޅެއް ހޭދަކޮއްލެވުމުން ޒަވީން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިހާރު ޒަވީންގެ ސިކުނޑިއަށް ވަނީ ލުއިކަމެއް ލިބިފައެވެ. އޭނަގެ ސިކުނޑިއަށް ބާރުކުރަމުން ގެންދިޔަަަ ޙިޔާލުތަށް ވަނީ އޭނަ ދޫކޮށް އެހެން މިސްރާބަކަށް ގޮސްފައެވެ. ޒަވީން ކޮޓަރިތަޅުލުމަސްފަހު ކަންނެތް ހިނގުމެއްގައި އައިސް އެނދުމައްޗަށް ވެއްޓިގަތެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގަ ޒަވީންގެ ނިދި ސަވާރުވާންފެށިއެވެ.އެއާއެކު ލަހެއްފަހެއް ނެތި އެއޮތްގޮތަށް ފުންނިންޖަކަށް ޒަވީން ގެނބިގެން ދިޔައީ ބަސްބުނާހާ އަވަހަށެއެވެ.
*********************************************
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.



Haadha kurey.. thankolheh dhigu kohlabala.. vaahaka v reethi.. keep going ?
oh sorry. ekam its 800 words. next time i will. in shaa Allah. sorry 4 late replay i was buxy
Maashaa Allah vvv reethi?.ekm maa kury.next part digukohladehchey dear.gd luck.?????
sorry. in shaa Allah miahvuren dhigu kohlaa dheynan
sorry 4 late replay
wow…varah reethi mih vaahaka…when next part
thanks friend. liyevunu avahakah up kuraanan
vrh rythi…. ekm thankolheh kuru… next part dhigukohllafa avahah up kohlla dhybaa… cant wait.. keep it up dear??❤️❤️
sorry. in shaa Allah next part miahvuren digulohlaa dheynan.
Salhi ingey❤..next part long kohlahchey dear..Luw yuh
sorry. in shaa Allah i will.
Varah reethi thankolhe kuru
sorry.
Me first?????????
miburaku first eh noon dhw. try next ingey.
So lovely. Please make this story a little bit long. Can’t wait for the next part. Love the story. ❤❤❤❤????????????????
thanks. in shaa Allah i will
Haadha kurey.. nxt prt dhigu kollahchey ingey dear.. stry is awesome.. luuv ur stry..
sorry. next time miahvuren dhigukohlaa dheynan. in shaa Allah
Haadhaa Kurey.. Ekm V reethi ❤️
sorry. i was buxy.
sorry readers vaahaka kurukoh mi genesdhevunii. in shaa Allah next part digu kohlaa dheynan. liyevunu emeh avahakah story up kuraanan. sorry 4 late replays.
thanks all readers 4 supporting me. love u all readers. once again THANK YOU ALL MY DEAR READERS.
Vaahaka dhaagoih varah reethi ekam mi episode ga varah kuh gina
Airaa kaary eh noon.. Airaa gaathu bunaany.. Kurin faharu iny ” ” ge thereyga ehenve alhainuly.. Mifaharu narrating ga inyma mibunelany..
Isheendhieve eh noon.. Isheeneve
Sukun kurumaai jumla nimmumugaves kuh eba huri.. Ehen comments ga mikan faahaga nukoh huryma bunely
Dhen Anna episode egga kuh madhuvaane kamah unmeedhukuran..
sorry. in shaa Allah next time i will correct those. haadha rangalhey thigothah kuh faahaga kohlaadheythy. thanks a lot.
Nice..but maakurey.when next part?
sorry. liyevunu emeh avahakah up kohdheynan.
Um darlin….If yuh don’t mind can yuh change the cover pic..Coz I feel kindaa odd coz Ehme character eh inyma…Sis beynun noonihyaa change nukuraa nethr bt I bunely inge hama…Hope rulhi naahnaane kamah..??❤❤??????
dhen jiji ves dhw. rulhueh naadhey. ok cover photo badhalkoh dheveytho balaanan ingey. Thank you jiji ge hiyaalu bunelyma ingey.
Hehe..kk darlinn…V bodah thanks ingey…One of ma fav author
hehehe. Thanks jiji one of my favourite reader
V reethi
THANKS Ishy…
Nice I love it …. But. Spelling mistakes ebahure .