މާޒީ (ސޯޅަވަނަބައި)
ނައިލްގެ އަތް މުށްކެވިގެން ދިޔައި އައި ރުޅީގެ ސަބަބުންނެވެ. ނައިލް ބޭނުންނުވިނަމަވެސް ހަދާންވީ ތާރާގެ މަތިންނެވެ. ތާރާވެސް ވަނީ މިފަދަގެ ގޮތަކަށް ދޮގު ހަދާފައެވެ. އެދޮގުގެ ސަބަބުން ނައިލްގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ތާރާގެ ސަބަބުން ވީފަދަ ކަމެއް ތަކުރާރު ވާކަށް ނައިލް ބޭނުމެއްނޫނެވެ.
”ތީ ހުސް ދޮގު…..އަހަރެން ތިކަން ޝާޔަންއަށް ސާބިތު ކޮށްދޭނަން….”
ނައިލް ކުށްލިއަކަށް ޝާޔަންގެ އަތުގައި ހިފައި ޖޯލިން ނަގަމުންބުނެލިއެވެ. ޝާޔަން ހުރީ ނައިލްގެ މިކުށްލި އަމަލުން ހައިރާންވެފައެވެ. ޒީނާ ޝާޔަން ގާތުގައި އެފަދަ ބޮޑު ދޮގެއް ނަހަދާނެއޭ ޝާޔަން ހިތަށްއަރަމުންދިޔައެވެ. ނައިލްވެސް ދޮގު ހެދުމުގެ ބޭނުމެއް ޝާޔަންއަށް ނުވިސްނުނެވެ. ރަޝާއަށް ގެއިން ނިކުމެވުނީ ނައިލް ޝާޔަންގެ އަތުގައި ހިފައިގެން ހުއްޓައެވެ.
”ނައިލް….”
ރަޝާ އައިސް ނައިލް ގާތުގައި މަޑުކޮށްލުމުން ވެސް ނައިލް ކޮންމެހެން ޝާޔަންގެ އަތުން ދުކުރާކަށް ނޫޅުނެވެ.
”ރަޝާ ހިނގާބާ އަހަރެން ގޮވައިގެން ޒީނާމެން ގެއަށް…..އަހަރެން ހަމަ މިހާރު މިވަގުތު ސާފު ކޮށްލަން ބޭނުންވާ ވާހަކަ އެއް އޮތީމަ……ދެވިދާނެތަ؟….އިޓްސް ވެރީ އާޖެންޓް…..”
ރަޝާ އެއްފަހަރު ނައިލްގެ މޫނަށް އަދި އަނެއްފަހަރު ޝާޔަންގެ މޫނަށް ބަލާލުމަށްފަހު އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ނައިލް އެގެއަށް ދިޔަ މަގުމަތީގައިވެސް ދިޔައީ ޝާޔަންގެ އަތުގައި ހިފައިގެން ހުރެއެވެ. ރަޝާގެ ހިތުގައި މިކަމަށް ސުވާލު އުފެދުނު ކަމުގައި ވިއަސްވެސް އެވަގުތު ހަމަ ހިމޭންކަން ހިޔާރުކުރީ ފަހުން އެސުވާލު ކުރުމުގެ ބޭނުމުގައެވެ. ޝާޔަންވެސް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
”މީ އެގެއަކީ…..”
ރަޝާ އެތާހުރި ގެއަކާއި އަރާހަމަވުމުން ބުނެލިއެވެ.
”އެހެންވީމަ ޝާޔަންއާއި ރަޝާދޭބަލަ އެދިމާ އަތިރިމަށްޗަށް އަހަރެން އެބަދަން ޒީނާ ގޮވައިގެން…..އެކަމް އަހަރުމެނަށް ނުފެންނަ ހިސާބުގަ ތިބޭތި….”’
”އެއީ؟….”
ރަޝާއަށް ނުހުރެވިގެން އަހައިލައިފިއެވެ.
”އެއެއް އިނގޭނެ އެއްނު ދިޔާމަ…..ދެން ދޭބަލަ….”
ނައިލް ހުރީ ވަރަށް ސީރިއަސް މޫޑެއްގައެވެ. އެހެންކަމުން ރަޝާ އިތުރަށް އެއްވެސް ސުވާލެއް ނުކޮށް ޝާޔަން އަތުގައި ހިފައިގެން ހިނގާގަތީ އަތިރިމަށްޗަށް ދިއުމަށްޓަކައެވެ.
”އައްސަލާމް އަލައިކުމް…..”
ނައިލް ސަލާން ގޮވައިލުމުން މެދުއުމުރުގެ އަންހެން މީހެއް ގެއިން ނިކުމެގެން އަންނަތަން ފެނުނެވެ.
”ކީއްކުރާ ކުއްޖެއް؟…”
”ޒީނާ އެބައުޅޭތަ؟….”
”އާން މަޑުކޮށްލާ އެބަ ގޮވާލަން…..”
އެމިހާ ގޭތެރެއަށް ވަދެގެންދިޔަތާ ކުޑައިރުކޮޅެއް ވީތަނާހެން ޒީނާ ނިކުމެގެން އަންނަތަން ފެނުނެވެ. ނައިލް އެތާ ހުއްޓާ ފެނުމުން ޒީނާ ހައިރާންވި ވަރުން އަނގަވެސް ހުޅުވުނެވެ. އަވަސް އަވަހަށް ލައިގެންހުރި ޓޮޕް ރީތިކޮށްލީ އަވަސްވެފައި ވާ ހިތަކާއި އެކުގައެވެ.
”ޒީނާ އަހަރެން ނާއިއެކު އެދިމާ އަތިރިމަށްޗަށް ދެވިދާނެތަ؟….އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އޮތީމަ….”
ނައިލް ބޭނުންވާގޮތް ހާމަ ކޮށްލީ ޒީނާއަށް އެއްވެސް އެއްޗެކޭ ނުބުނެވި އުޅެނިކޮށެވެ. ޒީނާ އަވަސްއަވަހަށް ބޯޖަހާލީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. ނައިލްއެގޮތަށް ޒީނާ ހޯދަން އެގެއަށް އައުމުން ޒީނާ ހުރީ އުފަލުން ގޮސް ހަދާނެގޮތެއް ނޭންގިފައެވެ.
”އޯކޭ އަހަރެން މިދަނީ އެދިމާއަށް ޒިނާ އާދޭ…..”
ނައިލް ޒީނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފަސްއެބުރި ދާން ހިނގާގަތެވެ. ނައިލް ދިއުމުން ޒީނާ އަވަސް އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައީ އެއްޗެހި ބަދަލުކޮށްލާ ހަދާލުމަށްޓަކައެވެ. ޒީނާ އަވަސް ވެފައިވާ ހިތަކާއި އެކު އަތިރިމަށްޗަށް ދިޔައިރުގައި ނައިލް ހުރީ މޫދާދިމާއަށް ނަޒަރުހުއްޓާލައިގެނެވެ. ޒީނާގޮސް މަޑުކޮށްލީ ނައިލްއާއި ދާދި ކައިރީގައެވެ. އޭރު ނައިލްއާއި ޒީނާގެ ވާހަކަތަށް އަޑުއިވޭ ހިސާބުގައި ޝާޔަންއާއި ރަޝާ މަޑުކޮށްލައިގެން ތިއްބެވެ.
”ކީއްކުރަން މިތަނަށް އަންނަންބުނީ؟…”
ނައިލް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޒީނާއަހައިލިއެވެ. ނައިލް މަޑުމަޑުން ޒީނާއާއި ދިމާއަށް އެބުރިލިއެވެ.
”ސޯ އަހަރެން އެބަ ވިސްނަން ގާރލްފްރެންޑެއް ނަގަން….ޒީނާގެ ހިޔާލުގަ ނެތްތަ ރަގަނޅު ކުއްޖެއް؟….ޝާޔަން ކިހިނެއް ވާނެ؟…”
ނައިލްގެ ވާހަކަ އަޑުއިވިފައި ޒީނާއަށް ނައިލްއާއި ދިމާއަށް ބަލާލެވުނީ ހައިރާންވެފައި ހުރެއެވެ.
”ތީ ޝާޔަންގެ ފްރެންޑެއް ވީމަ އިނގޭނެ އެއްނު…..”
ނައިލްއަނެއްކާވެސް ތަކުރާރުކޮށްލިއެވެ. ޒީނާ ވިސްނަންފެށީ ނައިލްއަށް ދޭނެ ޖަވާބަކާއި މެދުގައެވެ.
”ޝާޔަންގެ ހުރޭ ބޯއިފްރެންޑެއް…..ނައިލްއަށް އަދި ނޭންގެ ދޯ…..އެއީ ސިއްރެއްވީމަ އަދި ތި ނޭންގެނީ…”
ޒީނާ ވިސްނާލައިފައި ދޮގެއް ހަދައިލިއެވެ. މިއަޑުއަހަން ހުރި ޝާޔަންހުރީ އިވުނު ބަސްތަށް ގަބޫލު ނުކުރެވިފައެވެ. ރަޝާ ޝާޔަންގެ ކޮޑުގައި މަޑުމަޑުން ހިފަހައްޓައިލައިގެން ހުރިއިރުގައި މޫނުމަތިން ފެންނަމުންދިޔައީ ނުރުހުމުގެ ކުލަވަރެވެ.
”އެހެންނޫނަސް ނައިލްއަށް ޝާޔަންއަށްވުރެ މާ ރަގަނޅު ކުދިން ލިބޭނެއެއްނު…..ޝާޔަންއަކީ ނައިލްއާ އެކަށީގެންވާ ވަރުގެ ކުއްޖެއްވެސް ނޫނެއްނު…..ނައިލް ކިހިނެއް މުޅި ދިރިއުޅުން ލޮލަށް ނުފެންނަ ކުއްޖަކާއެކު ހޭދަ ކުރާނީވެސް……”
ޒީނާއައިސް ފައި ހުރި ފޯރީގައި ބުނެވުނެވެ.
”ދެން…..އެހެންވީމަ ޒީނާ މަށާ ރަށްޓެހިވާންވީއެއްނު…..އަނެއްކާ ޒީނާ ހުސްތަ؟….”
”އާން އަހަރެން ހަމަ ހުސް….”
ޒީނާ އަވަސް އަވަހަށް ބުނެލިއެވެ.
”ހެހެހެ…..އައި ތޯޓް ވީވާ އޯލްރެޑީ ޑޭޓިން……އަހަރެން ހަމަ ގައިމުވެސް އަޑުއެހިން ޒީނާ އަމިއްލައަށް ޝާޔަން ކައިރީގަ މިހެން ބުނި ވާހަކަ…..އެކަމް އަހަންނަކަށް ނޭންގޭ އެކަމެއް…..އަހަންނަށް ނޭންގި ދޯ ޒީނާ އަހަންނާއެކު ރިލޭޝަންއެއް ފެށީ……ގަދަ އިނގޭ…..”
ނައިލްގެ ވާހަކަ އަޑުއަހަން ހުރި ޒީނާގެ މޫޑް ވަގުތުން ސަކަރާތްވިއެވެ.
”އަހަރެން އެންމެ ފޫހިވަނީ ދޮގު ހަދާ މީހުންދެކެ…..ހާއްސަކޮށް ދޭތެރެ ޖައްސާ އޮޅުވާލާ މިހުންދެކެ އަހަރެން ވަރަށް ފުހިވޭ…..ޒީނާވެސް ތިވީ ހަމަ އޭގެ މީހަކަށްނު…..އެންމެ ގާތް އެކުވެރިޔާ ގާތުގައި އެހާ ދޮގު ހަދާފަ އަދި އެވަރުން ނުވެގެން އެންމެ ގާތް ރަހްމަތްތެރިޔާ އާ ބެހޭގޮތުން ތިފަދަ ގޮތަކަށް ވާހަކަ ދައްކާނީވެސް ވަރަށް ގޮތެއް ނެތް މީހެއް…..”
ޒީނާއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒީނާހެދި ދޮގުތައް ފަޅާއެރުމުން ދެން އިތުރަށް ބުނާނެ އެއްޗެއް ހިތަކަށް ވެސް އެވަގުތު ނައެވެ.
”ޝާޔަންއަކީ ހަމަ ގައިމުވެސް ޒީނާއަށް ވުރެ އަހަންނަށް މާ އެކަށީގެންވާ މާ ރަގަނޅު ކުއްޖެއް….ލޯ އަނދިރި ވުމަކީ އަދި ޝާޔަން ދިރިއުޅުމެއް ނުފަށާ ހުންނަން ޖެހޭނެ ސަބަބެއް ކަމަކަށް އަހަންނެއް ގަބޫލެއް ނުކުރަން…..މިހާރު ޝާޔަންއަށް ވެސް އިނގޭނެ ޒީނާއަކީ ކޮންކަހަލަގެ މީހެއްކަން……”
އިރުކޮޅަކުން ޒީނާއަށް ފެނުނީ ރަޝާއާއި އެކުގައި އެދިމާއަށް ހިނގާފައި އައި ޝާޔަންއެވެ.
”ޝާޔަން……”
ޒީނާ ބުނަންއުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ މޫނުމަށްޗަށް އަރައިގެންދިޔަ ހޫނު ހަމަލާގެ ސަބަބުންނެވެ. ޒީނާ ރަޝާއާއި ދިމާއަށް ބަލާލީ ނުރުހިފައި ހުރެއެވެ.
”ތިފާޑަށް ތިބަލަނީ އަހަރެން ބިރު ގަންނާނެ ކަމަށްތަ؟….މީގެ ފަހުން ދޮންތައާ ވައިއެޅި ލިއަސް ނިމުނީ…..އިނގިއްޖެތަ؟….”
ޒީނާ ރަޝާއާއި ދިމާއަށް ކަޅިއަޅާލަމުން ޝާޔަންއާއި ދިމާއަށް ބަލާލިއެވެ.
”ޝާޔަން ބަލާބަލަ މިރަޝާ ދައްކާ ވާހަކަ….ނައިލްއާ ދެމީހުން އެއްވެގެން އެއުޅެނީ އަހަންނާ ޝާޔަންއާ ދެމީހުންގެ ދޭތެރެ ޖައްސަންވެގެން……”
ޒީނާބެލީ އަދިވެސް ދޮގު ހަދައިގެން ޝާޔަންއަށް އޮޅުވާލެވޭތޯއެވެ.
”ހުއްޓާލާ ޒީނާ ދެންއިތުރަށް ޒީނާ އަހަންނާ ދައްކާނެ ވާހަކައެއް ނޯންނާނެ……އަހަރެން ކައިރީ ޒީ ދުވަހަކުވެސް ދޮގު ހަދާފާނެ ކަމަކަށް ހީއެއްނުކުރަން…..އަހަރެން އަބަދުވެސް ދެކުނީ ތީ އަހަރެންގެ އެންމެ ގާތްއެކުވެރިޔާގެ ގޮތުގަ…..އަދިވެސް ޒީއަށް ހެޔޮ ވިސްނުން ވިސްނިގެން އަހަރެން ގާތު މާފަށް އެދެން އައިސްފިނަމަ އަހަރެން ހެޔޮ ހިތުން ޒީ އަށް މާފުކުރާނަން……”
ޝާޔަންގެ ވާހަކަ އަޑުއަހަންހުރި ޒީނާއަށް އިސްޖެހުނީ އިތުރަށް ބުނާނެއްޗެއް ނުވިސްނުމުންނެވެ. ޒީނާ ގެއަށް ދިއުމަށްޓަކައި ހިނގާގަތީ ދެން އިތުރަށްއެތާގައި ހުރުމުގެ ބޭނުމެއް ނުވިސްނުނީމައެވެ.
”ތެންކިޔޫ ސޯމަޗް ނައިލް….ދޮންތަގެ ކުރިމަތީގައި ޒީނާގެ ހަގީގަތް ހާމަވެގެން ދިޔާމަ އަހަރެން ވަރަށް އުފާވެއްޖެ…..އެންޑް އިޓްސް އޯލް ތެންކްސް ޓޫޔޫ……”
ގެއަށްދިޔަ މަގުމަތީގައި ރަޝާ ބުނެލިއެވެ. ނައިލްއެއީ އެވަރުގެ ކަމެއްނޫނޭ ބުނީ ހިނިތުންވެލަމުންނެވެ.
”ޝާޔަން ކުޑައިރުކޮޅަކު މަޑުކޮށްލަފާނަންތަ އަހަރެން ކުޑަ ވާހަކަ އެއް ދައްކާލަން ވެފަ އެބޮތް އިފް ޔުޑޯންޓް މައިންޑް…..”
ޝާޔަންމެންގެއާއި އަރާހަމަ ވުމުން ނައިލްބުނެލީ ޝާޔަންގެ ހުއްދައަކަށް އެދޭފަދަ ގޮތަކަށެވެ.
”އާން ދޮންތަ މަޑުކުރާނެ ދޯ…..އަހަރެން އެބައަންނަށް ފާހަނައަށް ވަދެލާފަ…..”
ރަޝާ ޝާޔަން ބުނަންއުޅުނު އެއްޗެއް އަޑުއެހުމެއް ނެތި ބާރު ހިނގުމެއްގައި ގެއާއި ދިމާއަށް ހިނގާގަތެވެ. ރަޝާގެ މި މަންޒަރުފެނި ނައިލްގާތަށް ކުޑަކޮށް ހިނިވެސްއައެވެ.
”ޝާޔަން އޯކޭތަ އަނެއްކާ؟؟….”
”ހޫމް ބުނެބަލަ ތިބުނަން އުޅޭ ވާހަކައެއް….އަޑުއަހަން މިހުރީ…..”
ނައިލް ޝާޔަންއާއި ދިމާއަށް ބަލާލީ މާނަފުން ނަޒަރަކުންނެވެ. ނައިލް ބަލަން ހުރިގޮތް ޝާޔަންއަށް އިނގޭނެނަމަ ލަދުން އިސްޖެހުނީސް ކަންޔަގީނެވެ.
”ސޯ ޝާޔަން…..އަހަންނަކަށް ނޭންގެ މިވާހަކަ ފަށާނެ ހިސާބެއްވެސް…..އެކަމް ދެން އިތުރަށް ސިއްރުކޮށްގެން ނުބުނެ ގިނަދުވަހު ހުންނާކަށް ބޭނުމެއްނޫން…..”
ނައިލް ފުންނޭވައެއް ބޭރުކޮށްލަމުން އަނެއްކާވެސް ކުރިއަށްގެންދިޔައެވެ.
”ޝާޔަން އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އެ ފުރަތަމަނަޒަރުން އަހަންނަން ޝާޔަން ވަރަށް ކަމުދިޔަ……ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް އަހަރެންގެ ހިތުގަ ޝާޔަންއާއި ދޭތެރޭގަ އޮތް ގޮތް ބަދަލުވަމުން ދިޔަ…..ޝާޔަން އެއްފަހަރުވެސް ނުފެނިއްޖެ ނަމަ އަހަރެން ހިތްހަމައެއް ނުޖެހޭ…..އަބަދުވެސް އެދެވެނި ޝާޔަންއާ އެކީގަ ވާން……”
ޝާޔަންއަށް ހުރެވުނީ އަޑުއިވެމުން ދިޔަ ބަސްތަކުން ހައިރާންވިވަރުން ބުނާނެއްޗެއް ނޭންގިފައެވެ. މީ ޝާޔަން ވާނެ ކަމަކަށް ދުވަހަކުސް އުންމީދުކުރި ކަމެއްނޫނެވެ. ނައިލް ކުޑައިރުކޮޅަކަށް ވާހަކަ މެދުކަޑާލަމުން ޝާޔަންއާއި ތަންކޮޅެއް ގާތަށް ޖެހިލިއެވެ. ނައިލްއައިސް މަޑުކޮށްލީ ސީދާ ޝާޔަންގެ ކުރިމަތީގައެވެ. ނައިލް މިހާ ކައިރިވުމުން ޝާޔަންގެ ހިތް ތެޅެމުންދިޔައީ އާދަޔާހިލާފަށް ބާރަށެވެ. ނައިލްގެ ހާލަކީވެސް ހަމަ މިއެވެ.
”ޝާޔަން އައި ލަވް ޔޫ…….”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Mi part ves v rythi….next part thankolheh dhigukoh genesdhyba
Sorry amaan… insha i will try too make next part long.. ?
Ahsalamu alaikum….So here is the sixteenth part.. hope you guys will like this part too… ?
Masha allah..vrh reethi
Jazakillah khairan ?
❤❤❤❤varah reethi ❤❤❤❤
Jazakillah khairan ?
Wow?..alhey shayaan konkahala javaabeh baa dheyni ..waiting for the next part .. Masha’Allah varah reethi mi part vex ❤️❤️
Jazakillah khairan ? lets see what happens next
Story masha allah v rythi…. Ur talented masha allah ❤❤❤ bt story update annaleh thankolheh las n v kuru….. Can u plx tell the reason y its late??? I love this story….. ❤❤❤
Jazakillah khairan ? so sorry for being late… part upload ah leema wes pending ga ihnany ehenwe las waane ?
Mi part wes v reethi… ?
Jazakillah khairan ?
Alhey finaly niall confessed… ❤
Hehe ?
Hadha kurey… eoh kiyaa hithun indha weeya e nimuny… awahah next part up kohladhybala nikan.. waiting waiting ?
Insha allah soon up kohladheynan ?
I also think mii prt kuruhenn… Bt vvvv reethi… I luv this stry.. v curious vey eba shaayan dheyny kn ans eh thw balan vec..
Jazakillah khairan ?
Next part dhigukohlahche inge….Mi part vec vv rythi…vv curious shaaayan dheyne ❤?ans eh balan…
Insha allah dhigu kohleweytho balaanan ?
Salhi ey inaaSh
Jazakillah khairan ?
Wow!vvvv reethi mi part ves…. Next part avahah up kollache… Curiously waiting for shaayan’s answer.????