“ލިޔާ ކުއްޖާ”ގެ ލަވް ނޯޓް!
بسم الله الرحمن الرحيم
މިހިތުގެ ރާނީ އަށް!
ހެޔޮދުޢާ ސަލާމަށްފަހު ލިޔަމެވެ.
ބަގީޗާގައި އިން ރީތި ހުވަނދު ޕަރީއެވެ. އާޝޯޙުވެއްޖެއެވެ. ކަލާގެ ރީތިކަމުންނެވެ. ފަރިވެފައި ފުރިހަމަކަމުންނެވެ. ހަތްތަރީގެ ތިޔަ ހިނިތުންވުމުގައި ހުރި ޖާދޫވީ އަސަރަކުންނެވެ. ނަޒަރުގައި ހުރި ތޫނުކަަން ތޫނު ހަންޖަރެއް ފަދައިން ތޫނުވުމުންނެވެ.
އެހަންޖަރުގެ ތޫނު ކަމުން މިހިތް ކަތިލާތީއެވެ. ރަންކޮޅާއެވެ. ސިހުރެއް ފަދައިން އަހަރެންގެ ޖަޒުބާތުތަކާއި ކުޅެލާ ރާނީއެވެ. ހެދިހުރި ސޫރަ ލޯގަނޑަކުން ދެކިބަލާށެވެ. ހިތިފަތުބުމައާއި އިހި ކަނދުރާ ނުފެނޭތޯއެވެ؟ ފިނިފެންމަލުގެ ފިޔަ ދަދަ ތުންފަތް ނުފެނޭތޯއެވެ؟ ގިޔުޅު އަތުކުރިޔާއި ތުނިޔަ ނިޔަފަަތި ނިކަން ބަލާބަލާށެވެ.
ތުނިތުނި އޮމާން މޫނެކެވެ. އެސްފިޔަ ޖަހާލާ ގޮތުގެ ފުރިހަމަކަމާއެވެ. ޖަޒުބީ ސިހުރެއްފަދަ ދެލޮލެވެ. ވިދަމުންދާ ތަރިތައް ފަނޑުކޮށްލާނެ ތޯއްޗެކެވެ. ހެދުން އެޅުމުގައި ގެންގުޅޭ އިސްލާމް ވަަންތަ ގޮތްގަނޑެވެ. ތިޔަ ނާޒުކީ ފަރިކަން ހާސްހާހުން ގުނާ އަދަދުވެސް ނުކުރެވޭނެއެވެ. ބަލާ ފޫހި ނުވެއެވެ.
މިހިތުގައިވާ ލޯބީގެ ގަނޑުވަރުގައި ހުރި ތަހުތުގައި ރެދަންލައި، ރަނިކަންކުރަމުންދާ ދެލޮލުގެ ކޮއެފަދަ މަލަކުތު ޤަލްބީއެވެ. ވަށައިގެންވާ ކޮންމެ އެއްޗެއްމެ ކަމަނާގެ ރީތިކަމަށް ތަޢުރީފުކުރާ ކަހަލައެވެ. ކުރުނީހާއި ހުޝާމަދުވެސް މެއެވެ. ދެލޯފުޅާއެވެ. ކަނބުލޮއަށް ލިބިފައިތިވާ ރީތިކަން ބަޔާންކުރަން މިއަޅާގެ ޤަލަން މިވަނީ ނުކުޅެދިފައެވެ. ޚުދު އަޅުގަނޑުވެސް މެއެވެ. ކަމަނާގެ ރީތިކަންފެނި އަހުރެން މިހުރީ މަޖުނޫނަކަށް ވެފައެވެ.
މަންޖޭ ބުނަން ހެއްޔެވެ؟ މަށަކީ ޝާއިރެއް ނޫނެވެ. އެހެނަސް ތިޔަ ލައިލާގެ ލޯތްބަށް އެދި ކޮންމެވެސް ވަރެއްގެ ތަޢުރީފީ ބަސްކޮޅެއް ލިޔެލައި ކަމަނާގެ ކުރިމައްޗަށް ބަންޑުންކޮށްލީމެވެ. ހިތްވެސް މެއެވެ. ލޯބިވާއެވެ. ކުރިމައްޗަށް ބަންޑުވި ތަޢުރީފާއި ޝުޢޫރުގެ ބަސްތަކުގެ ތެރޭގައި އެވަނީ އަހަރެންގެ ހިތެވެ. އަދި ބުނަމެވެ. އަހަރެންގެ މިލޯތްބަށް އިންކާރު ނުކުރަނީ ނަމަ އެހިތް ނަގާށެވެ. އަދި އަމާނާތްތެރިކަމާއެކު ރައްކައުތެރިކުރާށެވެ. އަހަރެން ކަލާދެކެ އިންތިހާ ލޯބިވަމެވެ. ޖަވާބަކަށް އިންތިޒާރުކުރާ ހާލު މިނޯޓު ނިންމާލަމެވެ.
18 މެއި 2019
ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ)
19 Comments!
Comments are closed.






Vvv salhi ingey??????❤❤??…v kiyaa hiyy vaa gothakah jumla thah athuraafa hury..Gud workkk
Yes
Hehe.. zidhaan kn kujjakah ??liyunu ehcheh thr mee… Vvvv salhi ingey.. hope e kujja vec javaabu dheyne kamah..????
Mee zeck inaak ah liyunu ecceheh
Vaki kujjakah noon
zidhaan haadha faadu faadu ge ehchehi vx up kure ey dhww
I think mee zeck yoomee ah liyefa in ehceh kanneyge.????missed u zeck.more loves from me dear??????❤️?❤️❤️❤️???❤️❤️❤️❤️❤️❤️❤️❤️❤️????❣️?❤️??❤️??❤️?place zidhaan inaak ah reethi kiyan beynun inaak aa zidhaan aa vvv gulhey age ves zeck pls inaak aa rahtehivagaa Viber in inaak aa chat ves kureveyneyehnun???❤️❤️
Your biggest fan????
Saabahey
V reethi hama?
❤
It’s a very beautiful love note….I reall love it
Thank you
Varah reethi liyun kolheh ?❤
It’s awesome???…. Reekko hithaharaa mikahala love note Reekko ah libeyne namaye?? BTW I am your fan ??? your stories are just fabulous….
Sry for the late comment on this…. Vvvv majaa..ehaame furihama gothugai vaa ibaaraay thakeh. Adhi ves genesdhehvun edhen mikahala fashuvi ibaaraay thakun jary vefa vaa love note kolheh.., ☺☺☺
My bf send this… ???? did u write it zidhaan… V v reethi baskolhey?❤️?❤️?❤️??
yeah
Sifa kurunthah vrh reethi
Waaah Zidhan… Kiyaa baathuhey