ނަމަވެސް ޔާއިންއާ ފަސްމުށިގަނޑު ދުރަށް ނުދެވެނީސް ކައިލީގެ އުޅަނބޮށީގައި ހިފައި އޭނާޔާ ދިމާލަށް ދަމައިގަތެެވެ. ލުކެއް ޖެހިފަދައިން އައިސް ޔާއިންގެ މޭގައި މޫނު ޖެހުނު ކައިލީ ހިނދުކޮޅަކަށް މަޑު ޖެހުނެވެ. “ލަދު ގަންނަންވެސް އެނގޭތަ؟.މަ ހީކުރީ މަލާމާތް ކުރަން އެކަނި ކަމަށް އެނގެނީ” ކައިލީއާ މޫނު އެއްވަރުކޮށްލުމުގެ ގޮތުން ކުޑަކޮށް ގުދުވެލާފައި ކައިލީގެ ދަތްދޮޅީގައި ހިފައި ޔާއިންއާ ނަޒަރު ސީދާކޮށްލިއެވެ. އެއްބަސް ނުވުމުގެ ގޮތުން މޫނަށް ކުނި ގޮތެއް ހަދާލާފައި ކައިލީ ދުރު ބަލާލިއެވެ. އިތުރު އެއްޗެއް ނުބުނެ ހިނިގަނޑެއްޖަހާލާފައި ސންކު ބަހައްޓާފައި ހުރި ކައުންޓަރު މަތީގައި ޔާއިން އިށީނދެ ހަމަޖެހިލިއެވެ. ލޮލުގެ އިޝާރާތުން ޔާއިން ސޯޓު ދައްކާލުމުން އިތުރު ގޮތެއް ނެތް މީހެއް ފަދައިން އިސްކުރުން ފެން އަތަށް އަޅައިން ކައިލީ ޔާއިންގެ ސޯޓު ސާފުކޮށްދޭން ފެށިއެވެ. ރޭގަނޑުގެ ވަގުތު ކަމުން ބަދިގެ ތެރޭގައި ދިއްލާފައި ހުރި މަޑު އޮރެންޖު ބޮކީގެ އަލީގައި ކައިލީގެ މޫނު ފެންނަމުން ދިޔަގޮތް އިތުރަށް ހިތްގައިމެވެ. ކަޅި ޖަހާލަން ހަނދާން ނެތިފައި ޔާއިންއަށް ހުރެވުނީ ދުވަހަކުވެސް އެފަދަ ފުރިހަމަ ކަމެއް އޭނާގެ ދެލޯ ދެކެފައި ނުވާތީއެވެ.
ޔާއިންގެ ނަޒަރު ސީދާވެފައިވަނީ އޭނާއަށްކަން އިނގުމުން އެންމެ ފަހަރަކުވެސް އިސްއުފުލާނުލުމަށް ކައިލީ އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އަމިއްލަޔަށް އެއްޗެހި ދޮންނަން ނޭނގޭ ދޯ.” އިސްނަގައި ފުރަތަމަ ފަހަރަށް ކައިލީ ޖެއްސުމަށް ވާހަކަ ދެއްކުމުން ޔާއިން އަޖައިބު ވީ ނަމަވެސް އުފާވިއެވެ. “އާން..ކުރަން ނުޖެހޭ ކަމެއް އެއީ އެހެންވެ އަދި އަލަށްވެސް ނުކުރަން.” ވަރަށް ހަމަޖެހިލާފައި ޔާއިން ބުނެލިއެވެ. ހިނިތުންވުމަކުން ކައިލީ ފުއްދާލީއެވެ. “ދޮންނަން ދަސްކޮށްދޭން ވީނު.” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޔާއިން އެއްސެވެ. “މަ މީ ވަކި މޮޅު މީހެއް ނޫނޭ..” ކައިލީ ބުންޏެވެ. “މެއިޑްއަކަށް ވާންޖެހޭނީ އޮފީސް މަސަތްކަތަށްވުރެ ނޯކަރު މަސަތްކަތަށް މޮޅުވީމައެއްނު.” ކައިލީ ރުޅި އަރުވާލުމުގެ ނިޔަތުގައި ޔާއިން ބުނެލިއެވެ. ނަމަވެސް އޭނާއަށް ބުނެވުނު އެތީގެ ސަބަބުން ކައިލީގެ ހިތުގައި ކޫރުމެއް އެޅުނުކަން ނުދެނެ ހުއްޓެވެ.
“ހުރިހާ އެންމެންނަކީ މުއްސަދިން ކުރާ ކަހަލަ ބޮޑެތި ކަންތަށް ކުރަން އޮފީސްތަކުގަ ތިބުމުގެ ނަސީބު ލިބިފައިވާ ބައެއް ނޫނެއްނު. އެކަމަކު ފައިސާޔާ ބޮޑެތި މަގާމަށްވުރެ ސާފު ހިތެއް އޮތުމަކީ މާ ބޮޑު ނަސީބެއް. އަސްލު މީހާގެ ޝަޙްސިއްޔަތު ދައްކުވައިދެނީ އެކަމުން. މުއްސަނދިން ހީކުރާނެ ފައިސާޔާ ނުފޫޒުގެ ދަށުން ހުރިހާ އެއްޗެއް ގަނެވޭނޭ އެކަމަކު ސާފު އަގުހުރި ހިތަކީ ދުނިޔޭގެ އެއްވެސް ނުފޫޒަކުން މިލްކު ނުކުރެވޭނެ ހިތެއް މިއަދު ފަގީރުންނަށް އެމީހުން ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު އޮންނާނެ. އެކަމު…ކޮންމެވެސް ދުވަހަކުން އޭގެ ހިތި ރަހަ ބަލަން ޖެހޭނެ..” އަމިއްލަ ޙީޔާލެއްގައި ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރެ ކައިލީ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނާގެ އަޑު ކުރެހިފައިވީއިރު ލޮލަށް ކަރުނަތަށް ބޮނޑިވީގޮތް ބަލަން ޔާއިން އިނީ ސުވާލު މާކު ޖެހިފައެވެ. ކުޑަކުޑަ ސަމާސާއަކުން މިކަހަލަ ބޮޑު ލެކްޗަރެއް އަޑު އިވިދާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ.
“އެ މަޖަލަކަށް ބުނި އެއްޗެއް އިނގޭ ސޮރީ.” ކައިލީ އިސްދަށަށް ޖަހާލުމުން އޭނާގެ މޫނުމަތީ ކުލަވަރު ބަލާލުމަށްޓަކައި ޔާއިން އޭނާގެ މޫނު ކައިލީގެ މޫނާ ކައިރިކޮށްލިއެވެ. ނޭވާ އިހްސާސްވާހާ ކައިރިއަށެވެ. އިތުރު އެއްޗެއް ނުބުނެ ދާން ކައިލީ ހިނގައިގަތެވެ. ޔާއިންއާ މެދުދެކެމުން އައި ގޮތް މުޅިން ބަދަލުވެފައި ވުމުންނެވެ. “މުއްސަނދި އައިލާތަކަށް ނިސްބަތްވާ އެންމެންވެސް އެއްވަތަރު ވާނީ.” ހިތާހިތުން ކައިލީއަށް ބުނެވުނެވެ. “ކައިލީ..ފައިސާޔާ ނުފޫޒުން ހިތް މިލްކުނުވަންޏާ މަ ރީއްޗަށް ބުނާ ދުވަހަކުން ތި ހިތް މަށަށް ދޭނަންތަން..” އެ ލޯ މަރާލަމުން އެއްވެސް ނިޔަތެއް ނެތި ޔާއިން ބުނެލީ ކައިލީގެ ޖަވާބު އަޑުއަހާލުމަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ނުސިޔާނުކަމެވެ. ނަމަވެސް ޔާއިންއަށް ބަލާލަމުން ކައިލީ ކަޅި އަނބުރާލިއްޔެވެ.
“ޔާއިން..އަދިވެސް ސޯޓު ނުދޮވެވެނީތަ؟.” ބަދިގެއިން ބޭރުގައި ހުރެފައި އާރިފާ ގޮވާލި އަޑަށް ޔާއިން ކައުންޓަރު މަތިން ފުންމާލިއެވެ. ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މޭޒުކައިރި އިށީނދެލިއެވެ. ކާމޭޒު ކައިރިއަށް އަލުން އަނބުރާ ޔާއިން އައިރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޭނާއާއެވެ. ޔާއިންއަށް ވުރެ ދެ ސިކުންތު ކުރިން ކައިލީ އަވަސް ހިނގުމެއްގައި ނިކުމެ ސިޓިން ރޫމުގައި މެއިޑުންނަށް ޙާއްސަކޮށް ހުންނަ ކޮޓަރި ބަރިތަކަށް ވަދެގެން ދިޔަ ގޮތުން އާރިފާގެ ސިކުނޑި ޝައްކުން ފުރާލިއެވެ. “މިހެން ކަންތައް ގޮސްގެން ނުވާނެ. ލާހިކެއް ނޫން އެ ނިކަމެތި އަންހެނާ މަގޭ ފިރިހެން ދަރިޔާ ވައި އެޅިލާކަށްވެސް.”
ދަރިފުޅާ..ހޮސްޕިޓަލު ވަޒީފާއަށް ނިކުންނަނީ ކޮން ދުވަހަކުން.” ޖޫސްތަށި ބޯލަމުން ބައްޕަ ޔަޒްދާން އެއްސެވެ. އޫ އަނގައިން ނަގައި ބާއްވާލަމުން ޔާއިން އޭނާ ހަފަމުން ދިޔަ ޕާސްޓާ ކޮޅު ދިރުވާލީ ޖަވާބު ދިނުމަށްޓަކައެވެ. “ދެ ހަފްތާ ފަހުން ނިކުންނަން ކަމަށް. ބްރޭކް އެއް ނަގާލުން ރަނގަޅުވާނެކަމަށް މި ބަލަނީ އެހާ ގަދަޔަށް ކިޔަވާފަ.” ހިނިތުންވުމަކާއެކު ޔާއިން ބުންޏެވެ. ޔަޒްދާން އޭނާގެ ޙީޔާލަށް ތާޢީދުކުރިއެވެ. “ޔާން ކީއްވެ ދޮންތަ ގޮތަށް ޕީއެޗްޑީ ނެހެދީ.” ޔާޝާ ޝަކުވާކޮށްލިއެވެ. “ހާދަ ގިނަދުވަހެކޭ އެއީ..އެހެންނޫނަސް ސައިކޮލޮޖީ އެއީ ކުޑައިރުސުރެއް ކިޔަވާ ހިތްވާ ދާއިރާވީމަ.” ޔާއިން ބުންޏެވެ. “އާން ކުޑައިރު ވަރަށް ކިޔެވި ވިއްޔަ ސްކޫލުގަ..އެއްފަހަރު ޓީޗަރާ ބެހެއްފިއްޔާ އަނެއްދުވަހު ކްލާހަށް ވޭޕު ވައްދާނެ.” ޔާއިންއާ ދިމާކޮށްލުމުގެ ގޮތުން އާރިފާ ބުނެލިއެވެ. މާޒީގެ ޓަ ދުވަސްތަށް ކިތަންމެ މަޖާވިޔަސް އަލުން އަނބުރާ އެ ނުބައި އުޅުމަށް ޔާއިން ދާ ހިތެއް ނުވިއެވެ. “އެ ހުރިހާ ކަމެއް ކޮށްފަ ހިތު ހުރި ގޮތަކަށް އުޅެފަސްވެސް ހިއާރ އައި އޭމް.. މިސްޓާރ އަހްމަދް ޔާއިން ޔަޒްދާން.” އެއްބުމަ އަރުވާލަމުން ޔާއިން ފޮނިކަނޑާލިއެވެ. އެއާއެކު ކާމޭޒު ދަށުގައި ގުގުމާލީ މުޅި އާއިލާގެ ހުނުމުގެ އަޑެވެ.
ދަންވަރުގެ ހިމޭން ވަގުތެވެ. ޓިއުލިޕް ޕެލެސް އެކީހެން ވަނީ ނިދާފައެވެ. ނަމަވެސް ދޭތެރެއަކުން ޔާޝާގެ ދަރިފުޅު އަލްޔާ ހެލާއިގެން އުޅޭ އަޑު އިވިދާނެއެވެ. ސިޓިން ރޫމްގެ ބޮޑު ފެންޑާގައި ވަރަށް ހަމަޖެހިލައިން ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން ޔާއިން ސްކްރީނަށް ގެއްލިފައި އިންނަމަވެސް އޭނާ އެ އިންތިޒާރު ކުރަމުން ދަނީ އެންމެ ކަމަކަށެވެ. މުޅި ގޭގައި ކަށްވަޅުގެ ހިމޭންކަން ފެތުރޭނެ އިރަކަށެވެ. އޭނާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީ ދަންވަރު ތިނެއް ޖެހިފަހުންނެވެ. މުޅި ގެ އެކީހެން އަމާންވިއެވެ. ބަދިގެ މޭޒުމަތީގައި ޔާއިންމެން އެންމެން ކޭ ފަހުން ނުނަގާ ހުރި ތަށިތަކަށް ބަލާލާފައި ނޯކަރުންގެ ކޮޓަރި ބަރިތަށް ހުންނަ ދިމާލަށް ޔާއިން ބަލާލިއެވެ. މަންމަ ބުނެފައިވާގޮތުންނަމަ ދުވާލު ވުމުގެ ކުރިން މުޅި ގެޔާ ހުރިހާ ކާ ތަށިތަކެއް ސާފުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ދަންވަރު ތިންގަޑި ބައި ކަންހާއިރު ނޯކަރުން ނިކުމެ އުޅޭނެއެވެ. ޔާއިން އިންތިޒާރު ކުރީ ހަމަ އެންމެ ސޫރައެއް ދެކިލުމަށެވެ. ހުރިހާ ކިޔުންތެރިނަށްވެސް އެއީ ކޮން ސޫރައެއްކަން އިނގޭނެކަން ކަށަވަރެވެ.
އިތުރަށް ކެތް ނުވުމުން ލެޕްޓޮޕް ލައްޕާލާފައި ސޯފާއިން ތެދުވެ ކޮޓަރި ބަރިތަކާ ދިމާލަށް ޔާއިން ހިނގައިގަތެވެ. އޭގެން އެއްކޮޓަރީގެ ދޮރުގައި ކުދިކުދި އަކުރުތަކަކުން ވަރަށް ހިމަ ފޮންޓަކުން ޖަހާފައިވާ “ކައިލީ” އެނަން ޔާއިންގެ ލޮލުގައި އަޅައިގަތެވެ. އެ ދޮރުގައި ޔާއިން ކަންފަތް ޖައްސާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބުމަ ކައިރިވިއެވެ. އެތެރެއިން އިވުނު އަންހެން ކުއްޖެއްގެ ބާރު ރުއިމާއި ހަޅޭކުގެ އަޑެވެ. މާރު ދުރަށް އެ އަޑު ނީވުނަސް ކައިރިވެލުމުން ވަރަށް ސާފެވެ. ބިއްލޫރި ތެޅޭ އަޑާއި އެކި އެއްޗެހި އުކާ އަޑު އިވުމުން ޔާއިންގެ ހިތް ބިރުގަންނަގޮތްވިއެވެ. މަޑުމަޑުން ޔާއިން ތަޅުގައި ހިފާލިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ހުރީ ތަޅުލާފައެވެ. ބާރު ދުވެލީގައި ޔާއިން ގޮސް ސިޓިންގް ރޫމުގައި ހުރި ކަބަޑުތަކުން ކަބަޑެއް ހުޅުވާލާފައި ބައްޕަގެ ވަޑާންކުރާ ފޮށި ނެގިއެވެ. އަވަސް ދުވެލީގައި ގޮސް ތަޅު ނައްޓާލުމުގެ މަސަތްކަތް ފެއްޓިއެވެ. އޭނާގެ ހިތް އަދިވެސް ބުނަމުން ގެންދިޔައީ ކަމެއް ގޯސްވެފައި ވާ ކަމަށެވެ.
“ނޫން ނުހުޅުވާތި.” އެތެރެއިން ވަރަށް ބާރަށް ގޮވާލި އަޑު އިވުނެވެ. އެއީ ކައިލީގެ އަޑުކަން ޔަގީނެވެ. ޔާއިންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެގަތެވެ. ދޮރު ހުޅުވުމާއެކު އެތެރެއަށް ވަދެވުނެވެ. މާ ބޮޑު ނޫން އެ ކޮޓަރީގެ އެކިތަންތަނަށް އެއްޗެހި ވަނީ ބުރުވާލެވިފައެވެ. ބޮޑު ލޯގަނޑު ތަޅައިގެން ގޮސް އަންނައުނުތަށް އެކި ތަންތާނގައެވެ. ބާލިހެއް ވީދާލާފާ ވީއިރު އެނދުގެ ބެޑްޝީޓުވެސް އެއްކަނަކުން ނެއްޓިފައެވެ. ކޮޓަރީގެ ކަނުގައި ކައިލީ އިންއިރު އަޅައިގެން ހުރި ބުރުގަލުގައި ހިފާ ކަރަށް ބާރުކޮށްލަން އޭނާ އުޅެގަތެވެ. ރޮމުން ގެންދިޔައިރު އިތުރު މީހެއް ހުރިކަންވެސް ރޭކާނުލާ ފަދައެވެ. ޔާއިން އެދިމާލަށް އަންނަން ފެށުމުން ބިންމަތީ ހުރި ބިއްލޫރިކޮޅުތަށް މަތީ ބައު ޖަހާފައި ދުރަށް ދާން ކައިލީ އުޅެގަތެވެ. ނަމަވެސް އެންމެ ބިއްލޫރިކޮޅެއްވެސް ކައިލީގައި ބީހުނަ ނުދޭން ޔާއިން ގޮސް ކައިލީގެ އުނަގަނޑުގައި ހިފައި އުފުލާލައިން ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. ނަމަވެސް ރޮއި ގަންނަމުން ކައިލީ ތެދުވިއެވެ. “ދުރަށްދާށޭ..ނިކުމޭ މިތަނުން. މަ އެކަނި ހާލަށް މަރުވާން ދޫކޮށްލާ..ޔާއިން ނިކުންނާށޭ!!” ޔާއިންގެ މޭގައި ތަޅައިގަންނަމުން ކައިލީ އޭނާ ކޮށްޕާލިއެވެ. އެނދުމަތީގައި އޮތް ލައިޓަރު ނަގައި އަތުގައި ރޯކޮށްލަން އަވަސްވިއެވެ.
ނަމަވެސް އޭގެކުރިން ޔާއިން އައިސް ކައިލީގެ އަތުން އޭތި އަތުލަ ދުރަށް އެއްލާލިއެވެ. ކައިލީ ހިފާއްޓައިން އުޅުމުގެ ތެރޭގައި ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓުނެވެ. “ގޯ އަވޭ. ކަލޭމެން ކަހަލަ މީހުން ތީ މަށަށް ހުރި ހަލާކެއް. އަހަރުން ނިކަމެތިންނަކީ ތި މީހުންގެ ލޯ ކުރިމަތީ އެއްވެސް އަގެއް ހުރި ބަޔެއްނޫން ދުރަށްދޭ..އައި ޑޯންޓް ނީޑް ޔޫ” ދުރަށްދާށޭ ބުނަމުންވެސް ކައިލީ ބޮނޑިވެގަތީ ޔާއިންގެ އަތުތެރެއަށެވެ. އެ އަތުތެރެއިން އޭނާއަށް ހިމާޔަތް ލިބިފައި ވީ ފަދައެވެ. އެ ދެލޮލުން އެހޮރެމުން ގެންދިޔަ ކަރުނަތަށް ޔާއިންގެ ކަޅު ޓީޝާރޓު ތެމެމުން ގެންދިޔައިރު ކައިލީގެ ފައި ކަނޑައިގެން ގޮސްފައިވާ ތަނުން އައި ލޭ ޔާއިންގެ ސްވެޓް ޕޭންޓްސް ގައި އުނގުޅުނެވެ. އެއިން އ އެއްވެސް ކަމަކަށް ޔާއިން ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާގެ އަތުތެރެއިން އެ މައުސޫމް އަންހެން ކުއްޖާއަށް ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކޮށްދުމަކީ ކޮނޑުގައި އެޅުނު ޒިންމާއެއް ފަދައެވެ. ހިތުގެ އެދުމާ ދެކޮޅު ނެހެދުމަށްޓަކައި ކައިލީގައިގައި އަތްވަށާލަމުން އޭނާގެ އަތުތެރޭ ކައިލީ ފޮރުވާލިއެވެ. ކައިލީވެސް އޭނާގެ މޫނު ފޮރުވާލީ ޔާއިންގެ މޭގައެވެ. ބާރު ގިސްލުމުގެ އަޑު މަޑުވަމުން ގޮސް އެއްކޮށް ކެނޑުނު އިރު ކައިލީގެ ދެލޯވެސް ވަނީ މެރިފައެވެ.
ޔާއިން ކައިލީގެ ފައިގައި ރީއްޗަށް ބޭސް އަޅައިދެމުން ރަޖާ އަޅާދިނެވެ. ކައިލީގެ މޫނުގައި އޭނާ މަޑުމަޑުން ފިރުމާލަމުން ކަރުނަތަށް ފޮހެދިނެވެ. ކޮޓަރި ތެރެ ސާފުކޮށްލުމަށްޓަކައި ސިޓީން ރޫމްގައި އުޅުން ދެ ނޯކަރުންނަށް އޭނާ ގޮވާލިއެވެ. ނޯކަރުން އެބައިމީހުންގެ މަސަތްކަތް ކުރަމުން ގެންދިޔައިރު ނައިޓް ސްޓޭންޑްގެ ވަތްގަނޑުގެ ތެރެ ޔާއިން ހުޅުވާލިއެވެ. އެތާގައި ހުރި ޑޮކްޓަރުގެ ލިޔުންތަށް އޭނާ ބަލާލާ ހިތްވިއެވެ. “ޑިޕްރެޝަން.” ޔާއިންގެ ދެބުމަ ކައިރިވިއެވެ. އޭނާގެ ހިތުގައި ކައިލީއާ މެދު ހަމްދަރުދީ އުފެދުނެވެ. ސައިކޮލޮޖީ ދަސްކޮށްފައި ހުރުމުން އެކަމާ ގުޅޭ ބަލިތަށް އޭނާ ވަނީ ރަނގަޅަށް ކިޔަވާފައެވެ. ނަމަވެސް މި ނިޔަނެތި ކުއްޖާ ޑިޕްރެސްވުމުގެ ފަހަތުގައިވާ ސަބަބުން ދެނެގަންނަން ޔާއިން ބޭނުންވިއެވެ. އަދި މިވަގުތު އެކަން ނުވާނެކަންވެސް އިނގުނެވެ. ކައިލީގެ ހުއްދަޔާ ނުލާ އޭނާގެ އެއްޗެހި ހޭވުނީތީ ބޭވަފާތެރިކަމުގެ އިހްސާސެއް ޔާއިންއަށް ކުރެވުނެވެ. “ސޮރީ ބަޓް އައި ރެޑް ދީސް.” ކުޑަ ގަނޑުކޮޅެއްގައި ލިޔެލަމުން ޑޮކްޓަރުންގެ ލިޔުންތަކާއެކު ނައިޓް ސްޓޭންޑް މަތީގައި ބާއްވާލާފައި އެ ކޮޓަރިން ނިކުންނަން ޔާއިން ހިނގައިގަތެވެ. ކިތަންމެ ހިތް ނޭދުނަސް އެންމެން ހޭލުމުގެ ކުރިން ކޮޓަރީގައި ތަޅުހަރުކުރަން އެބަ ޖެހެއެވެ. ނިކުތުމުގެ ކުރިން ފަހު ފަހަރަށް އޮރެންޖް އައްޔެއް އެޅިފައިވާ ކައިލީގެ ހިތްގައިމު މޫނަށް ބަލާލަމުން ޔާއިން ހިނިތުންވެލިއެވެ.
އެއް ހަފްތާ ފަސް…
އެ ރެޔަށް ފަހު ހަފްތާއެއް ފާއިތުވެގެން ގޮއްސިއެވެ. ޔާއިން ކުރިމަތީގައި ކައިލީ އުޅެމުން ދިޔައީ ބީރައްޓެއްސެއްހެންނެވެ. އޭނާގެ ހަގީގަތް ޔާއިންއަށް އިނގުމުން ކުރިމަތިލާން އޭނާއަށް ނުކެރެނީއެވެ. ޔާއިން ކިތަންމެ ވާހަކަ ދައްކާ ގާތްވާން އުޅުނަސް ކައިލީގެ ފަރާތުން ފެނުނު ދުރުކަމުން އެކަން ކާމިޔާބު ނުވަނީއެވެ. ހަމައެއާކު މި ދެމީހުންގެ ކޮންމެ ހަރަކާތަކަށް ވަރަށް ފަރުވާތެރިކަމާއެކު އާރިފާ ފާރަލަމުން ގެންދިޔައެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ ކަމެކެވެ.
ވިއްސާރަ ދުވަހެއްކަމުން އަރީފާ މެންގޭ ކުޑަ ބަގީޗާ ތެރޭގައި އޭނާގެ އެއްބަނޑު އެއްބަނޑު އެއްބަފާ މީހުންގެ ދަރީންނާއި ދަރީންގެ ދަރީން ދެކޮޅުށް ދުވަމުން ގެންދިޔައީ ފިނިވަޔާއި ވެންތިކިތަކުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަމުންނެވެ. ޗަކަ ކަނޑު ތެރޭގައި ފައިން ތަޅާ މުޅި ސަރަހައްދަށް ޗަކަ ބުރުވާލަނީ ހިޔާލެއް ފިކުރެއް ނެތިއެވެ. ހަޔާތުގައި މާ ގިނަ އަޑިގަނޑުތަކަކާއި އުސްގަނޑު ތަކެއް ތަޖުރިބާކޮށްފައި ނުވާ ކުދިބަޔެއްގެ ސިކުނޑި ކިހާ މިނިވަންވާނެ ހެއްޔެވެ. ލޯތްބާ އަޅާލުން މައިންބަފައިންގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި އެކުދިންނަން ލިބިފައިވާއިރު އިތުރަށް އެދޭނީ ކޮން ކަމަކަށްހެއްޔެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މަސަތްކަތެއް ކުރާކަށް ނުޖެހެވެ. ޒަވާޖީ ހަޔާތާއި ފައިސާގެ މައްސަލަތަށް ވަނީ އެކުދިންގެ ސިކުނޑިތަކަށް ވައިވެސް ނޭޅޭ ހިސާބުގައެވެ. މުއްސަނދި ބޮޑު އާއިލާއަކަށް ނިސްބަތްވެފައި ވުމަކީ އެ ހަތް ވަރަކަށް ކުދިންގެ ބޮޑު ނަސީބެކެވެ.
ނިދާހޭލިގޮތަށް ބުރުގާވެސް ނާޅާ ވަރަށް ފަތިހުގެ ވަގުތެއް ވުމުން ކުޑަކުދިން ނޫން ބަޔަކު ނޫޅޭނޭ ހިތާ ގޭގެ ގޯތި ތެރެއިން ދުވެފައި ނިކުންނަމުން ވާރޭގެ ތެރޭގައި ޕަރީއެއް ފަދައިން ދެއަތް ހޫރާލަމުން ކައިލީ އުދުހިގަތެވެ. އޭނާގެ މޫނު ފެންތިކިތަކުން ފުރިފައިވާއިރު ޝަބްނަމަ ތިކިތަށް އިސްތަށިގަނޑުގައިވެސް ތިއްތި ދައްކާލަން ތިއްބެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގެ ބޮޑުބައެއް މޫނުމައްޗަށް ވެރިފައިވާ ގޮތް އިތުރަށް ހިތްގައިމެވެ. ކަކުލާ ހަމައަށް އަރާ ރަތް ކުލައިގެ ހެދުން އުނަގަނޑު ފެށިގެން ފެޅިފައިވާގޮތުން ބައްޓަން ފުރިހަމަ އެ ނިޔަނެތި ހަށިގަނޑު ފެންނަގޮތް ހިތްގައިމެވެ. މޫނުމަތީގެ ސިފަތަކުން ފެށިގެން ދޮން ކުލައެއް އަރާ އެ ހަމުގެ އޮމާންކަމަކީވެސް ހިތްތައް ކަތިލާ ލޯ ތަކަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ބޭރުފުށުގެ ސިފަ ކޮންމެވައްތަރަކަށް ހުއްޓަސް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ވަގުތު ކޮޅުގެ އުފާވެރިކަން އެންމެ ފުރިހަމަ ކަމާއެކު ކައިލީ ލިބިގަތެވެ. އެއްވެސް ޙިޔާލެއް ފިކުރެއް އެ ސިކުނޑީގައެއް މި ވަގުތު ނެތެވެ. ހަޔާތުގު އަނދިރިކަމާއި ހިތާމަވެރިކަން އޭނާއަށް ފިލުވައިދޭ ހަމައެކަނި ބައިވެރިއަކީ އެންމެ ކުޑައިރުއްސުރެއްވެސް ވިއްސާރަ މޫސުމެވެ. އެ ޝަބްނަމް ތިކިތަކެވެ. މަގުގައި އުޅެމުން ދިޔަ އެހެން ކުޑަކުދިންނާއެކު އަތްލާ ކުޅެން ފެށީ އެ އުމުރުގެ ކުއްޖަކާ އެއްވެސް ގޮތަކުން ފަރަގެއް ނެތް އެކުވެރިއެއް ފަދައިންނެވެ. ކުޑަކުދިންނަކީ އޭނާ ނުހަނު ލޯބިކުރާ ބަޔަކަށް ވުމުންނެވެ.
“މަންމާ. އަންނާނަން އިނގޭ އަލްކޮ ގޮވައިން ގޮސް ކުޑަކޮށް ވާރެޔާ ތެމެލާފަ .” ބަދިގޭގައި ކައްކަން ހުރި އާރިފާ ކޮނޑުގައި ޖަހާލަމުން ދައްތަ ޔަޝާގެ ދަރި ކޮއްކޮ އަލްޔާ އާއެކު ބޭރަށް ނިކުންނަން ޔާއިން ހިނގައިގަތެވެ. “ދެން ދަރިފުޅާ ރަށަށް އައި ފުރަތަމަ ދުވަހުވެސް ވާރެޔާ ތެމެން. މާދަން އޮފީހަށް ނިކުންނަން ވާއިރަށް ރޯގާ ޖެހިއްޖެއްޔާޔޯ.” ކުޑަކޮށް ކަންބޮޑުވެފައި އާރިފާ އެއްސެވެ. “އެހާ ގިނައިރެއް ނުވާނެ މަންމާ. ނިއުޒިލޭންޑުގަ އުޅުން އިރު ރަށުގެ ހިތްގައިމުކަން ތަޖުރިބާކޮށްލާކަށް ނުލިބުނޭ.” އާދޭހުގެ ރާގަކަށް ޔާއިން ބުނުމުން އެއްބަސްވާން އާރިފާއަށް މަޖުބޫރުވިއެވެ. ހިނިތުންވެލާފައި އަލްޔާއާއެކު ޔާއިން ދުއްވައިގެވެ. އުމުރުން ފަންސަވީސް އަހަރު ފުރިފައި ވީނަމަވެސް ސޯޅަ ސަތާރަ އަހަރުގެ ދުވަސްތަށް ގުނަމުންދާ ޒުވާނެއްހެން އޭނާ ހީވެއެވެ. ވާރޭގެ ތެރެއަށް ނިކުތްތާ ދެތިން މިނެޓު ނުވެ ފެންތިކިތަކުން ފޯވިއެވެ.
ހިކި ދިގު ހަށިގަނޑަށް އޭނާ ލައިގެން ހުރި އަތްކުރު ހުދު ޓީޝާރޓު ހިފާލިއެވެ. ފަންއިސްތަށިކޮޅު މޫނުގައި ބީހިލިއިރު ތުނބުޅިއެއް ނެތްނަމަވެސް އެ ފިރިހެންވަންތަކަށް ފަނޑެއް ނުވިއެވެ. “ދޮންބެ ލެޓްސް ގޯ އެކުދިންނާއެއްކޮށް ކުޅެން އެއީ ހުސް އަލްކޮ ކަޒިންސް އެންޑް ކުދިންނެއްނު” ޔާއިންގެ އަތުގައި ހިފައި ދަމައިގަންނަމުން އަލްޔާ ބުނެލިއެވެ. ޔާއިންގެ ނަޒަރު ހުއްޓުނީ މާ ދުރުނޫން ހިސާބުގައި ދުވަމުން ގެންދިޔަ ކުޑަކުދިންތަކަށެވެ. އަތްލާ ކުޅެމުން ގެންދިޔައިރު އެ ކުދިން ފަހަތުން ދުވުން ޒުވާން އަންހެން ކުއްޖާ ފުރަގަހުން ފެނުމުންވެސް ޝިވަންގެ ހިތުގެ ހިންގުން އަވަސްވެލިއެވެ. އެއީ އޭނާޔާ ގުޅުމެއް ވާ މީހެކޭ އެހިތް ބުންޏެވެ. އެއީ އޭނާއަށް ނޭނގުނުނަމަވެސް އެހިތުގައި ރަސްކަން ކުރަން ފަށާފައިވާ ރާނީ ބާވައެވެ. ފުރަތަމަ ނަޒަރުން ހިތް ލަނބުވާލި މަލިކާބާވައެވެ. އެންމެ ރެއަކުން އަލަށް އޭނާގެ ޒުވާން ކަމުގެ ލޭ ކައްކުވާލި ބައްޓަމާއި ދެތުންފަތް މިލްކުކޮށްފައިވާ ހަމައެކަނި އަންހެން ކުއްޖާއޭ ޔާއިންގެ ހިތުގެ ކަނަކުން ބުނަމުން ގެންދިޔައެވެ.
“ކައި ދައްތާ ކަމް އެންޑް ކެޗްމީ..” މައުސޫމް ހުނުމަކާއެކު ހަޅޭއްލަވައިގަންނަމުން އަލްޔާ ދުއްވައިގަތެވެ. ފަސް އެނބުރި އިތުރު އެއްވެސް އެއްޗެއް ބަލާނުލާ ވާސިލްވާން އެދޭ އަމާޒަކަށް އަލްޔާ ހަދާލަމުން ކައިލީ ދުއްވައިގަތެވެ. ކުރިމަތިން ފެންނަމުން މިދާ މަންޒަރު ގަބޫލު ނުކުރެވިފައި ޔާއިން ހުރީ ދެލޯ ބޮޑުވެފައެވެ. އޭނާގެ ލޯ އޭނާއަށް ދޮގު ހެކި ދައްކަން ފެށީ ކޮންއިރަކުބާވައެވެ. ދެތިން ފަހަރު އަތުގައި ވިކާވެސް ލެވުނެވެ. ހުވަފެނެއް ނޫންކަން ގަބޫލުކުރަން އެދެވޭތީއެވެ. ހޫރު ޕަރީން ހަމަ ހަގީގަތުގައިވެސް އުޅޭކަން ގަބޫލު ކުރަން މަޖްބޫރުވިއެވެ. ހިޖާބުގެ ނިވަލުގެ ދަށުގައި މިއޮއް ހުރިހާ ދުވަހު އޭނާއަށް ފެނުނު އަންހެން ކުއްޖާއަކީ ހަމަ އެއީ ހެއްޔެވެ. ދުވަމުން ގެންދިޔައިރު އެ ފަން ދިގު އިސްތަށިގަނޑު އެއްރާގަކަށް ނަށާލިގޮތް ނުހަނު ހިތްގައިމެވެ.
އަދި އަލަށް ޔާއިންއަށް ފެނުން އެ ފުރިހަމަ ހިނިތުންވުމުގެ މިއުޒިކީ ކަމާއި ރީތިކަން ކިތަންމެ ގަރުނެއް ވަންދެން އަޑުއަހާ ބަލަން ޖެހުނަސް ފޫހި ނުވާނެކަން ގައިމެވެ. “ދޮންބެވެސް އާދޭ ކުޅެން..ދެންބެ ދާނީ މިފަހަރު ކައިލީ ދައްތަ ކެޗް ކުރަން އޯކޭ.؟” އަލްޔާ އަތުވުމުން އުނަގަނޑުގައި ހިފައި އުރާލި ކައލީ ހަރަކާތަށްވެސް ހިނދުކޮޅަކަށް މަޑުޖެހެލީ އޭނާގެ ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުންނެވެ. ހިތުގެ ވިންދު އަވަސްކޮށްލިއެވެ. ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައީ ހުރެވުނު ގޮތް ހަނދާން ވުމުންނެވެ. އޭނާގެ ހަޔާތުގެ އަދި އަލަށްވެސް ފިރިހެން ކުއްޖަކަށް އެ ސިފައިގައި އޭނާ ފެނިފާ ނުވާތީއެވެ. މީގެ ހަފްތާއެއް ކުރިން ހޭދަކުރެވުނު އުފާވެރި އެހެންނަމަވެސް ހިތާމަވެރި ރޭ ހަނދާން އާވުމުން ކައިލީ ފަސްޖެހޭގޮތްވިއެވެ. ޔާއިން އޭނާޔާ މެދު ދެކޭ ގޮތް ބަދަލުވެފައި ވެދާނެތީއެވެ. އަދި ވަގުތާ ހާލަތުގެ ގޮތުން އިތުރު ސީންއެއް އުފެދުނަ ނުދޭން އަލްޔާގެ އެދެމާ އެއްގޮތަށް އޭނާ ކަންކުރިއެވެ.
ދެހިތުގައިވެސް ވީ އެކައްޗެއް ފަދައެވެ. އަލްޔާ އުރުން ތިރިކޮށްލަމުން ޔާއިންޔާ ދުރަށް ކައިލީ ދުއްވައިގަތެވެ. ހިތުގައި ހުރިހާ އިހްސާސްއެއް ފޮރުވާލަމުން މަސަލަހަތައްޓަކާ ޔާއިންވެސް ދުއްވައިގަތީ ޝީޔާ އަތުކުރާށެވެ. އުފަލުން ހުރެ އަލްޔާ ދެއަތް ޖަހާލަމުން އޭނާގެ ތުއްތު އެކުވެރިންނާއެކު ޗަކަތަށް މަތީ ފުންމަން އާނބަސް ކިޔާލިއެވެ. ކައިލީ އަތު ވުމާގާތް ވުމުން ޔާއިން ގޮސް ފަހަތުން ޝީޔާ ގައިގައި ދެއަތް ވަށާލިއެވެ. ބާރަށް ދުވުމުގެ ސަބަބުން ދެ ޒުވާނުންނަށްވެސް މާ ނޭވާ ލެވެއެވެ.
ޔާއިންއާ ވީ ފަރާތަށް ކައިލީ އަނބުރާލަމުން ދެފައިގައި ހިފައި މައްޗަށް ކައިލީ އުފުލާލެވުނީ އޭނާގެ އިޙްތިޔާރުން ބޭރުގައެވެ. މައްޗަށް މޫނު ހިއްލާލުމުން މޫނުގައި ބީހެން ފެށި ފެންތިކިތަކުގެ އަރާމު މާ ގިނައިރަކު ޝިޔާއަށް އިހްސާސެއް ނުވިއެވެ. މޫނު ތިރިކޮށްލަމުން ޔާއިންގެ މޫނަށް މޫނަށް ބަލާލިއެވެ. “ވައި އާރ ޔޫ ޑުއިން ދިސް ޓު މީ.” ދުލާ ހަމައަށް ގެންނަން ބޭނުންވިޔަސް މި ސުވާލުތަށްވީ ކައިލީގެ ހިތުގައެވެ. ނަމަވެސް އޭނާގެ ދެލޯ ޔާއިންއާ އެހުރިހާ ވާހަކަތަކެއް ދެއްކި ކަހަލައެވެ. “މޭބީ އޭޒް އަ ރިވެންޖް ބިކޯޒް ޔޫ ސްޓޯލް މައި ހާރޓް ޓޫ ކުއިކް” ޔާއިންގެ ޖަވާބުވެސް ތަޅުލެވިފައިވާ އެ ސިކުނޑީގައެވެ.
(ނުނިމޭ)
32 Comments!
Comments are closed.

Alheyy snowflake
Mi part ves vvv loabi ingey.
???????????
And mi vaahaka au comment kurevey furathama faharu dho miee….
Ekamaku furathama baives vvvv habeys inge
And we r now friends right….hehehe….
Take care
And love you so much
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Awwwwn darlin…❤❤❤❤ Thank you so so much ?? that really means alot to me so sweet of uuuuuuu ??? yup didn’t see u kuree part ga so I’m guessing it’s ur first time ???? hoping to see ur lovely comments in the future too insha allah ?????? sure we r all frnds hama..eheh ❤ TGC 2 LYSM
Varah reethi but kon sheeya eh ge vaahaka aee. Anehbai varah kiyaalan beynun avahah. Gud writer ?
Awwn thanks alot dear ❤❤❤ its a mistake I dragged a shiyaa into the stry out of nowhere ?? next part will upload today or tmr ??? ur lovely reader too ???
Assalam alaikum loves ❤❤❤ hope u all enjoy this part and I’m expecting excitedly to know what you all think about how the stry is going so far ???? mi part ga innane kuda mistake eh kailee ge badhaluga dhethin thankolhu ga “shiyaa” e name use kurevifa srry bout that it’s supposed to be kailee ????????? since Im very sick today..(I’ll still try writing atleast half ) and by late Saturday mendhuru upload kohlahdheynan insha allah jummah mubarak ??
Shivan n shiyaa ebainn.. who’s name is that?? Anyway I luvvvvvvv ur stry.. vvvv nice..
Eii olhigen vaahaka thereyah drag kurevun two names ? n yesh darlin thank you very much for the support ❤❤???
Varah reethi. Next part konirakun update kurany.
Thank you so much ❤❤❤ Next part will upload insha allah on Saturday ??
What does mean by LYSM
Love you so much ❤
Ayeeee ❤❤❤❤❤ so happy to seee ur lovely sweet comment ur comments really make my day ?????? shivan eii vanaane thaneh nethigen stry ah boadhuhkohlli meeheh ? (my mistake he is homeless) ???I’m so exited to see ur comment in the next part too ????????????? love u lots in bundlesss ???
varah reethi ingey..when next part ………miadu kiyun one of the reethi vaahaka mee….;p
Awwn ehnthaa…❤❤ Next part will uploaded tmr insha allah ?? Thank you so much darlinnnn ??
Varah reethi. Age bunedhevidhaane thr
Thanks alot dear ❤❤❤ yup indeed the age is a number ???
so nice. when next part
Thanksss lover ?? insha allah on Saturday ??❤
wow nice story eh dhw mii. can u tell ur age if u want.
ayee thanks alott oxox ?❤❤???????? age reveal kurumaa medhu dhe khiyaalehgga adhi miulhenyy ??☺???
Wow vvv reethi..specially sifa kohfa hunna goiyy..hope u will upload the story until it finish…well now also i have fell in love with yaain..but adhi mee 2nd part..kuriah huri parts thah kiyaalevunyma maa bodah fall vaany kanneynge yaain ah…aslu mi kahala story vv kiyaa hiyy vey..it’s unique and interesting…and mihaaru ga hama hingaa kanthahthah mee dhw!!i mean the differentiate between rich people and poor people…vvv nice asluves…no other words to describe it..first story aa balaafa vv nice and first part ahvure improve kohfa hurikan faahagavey..may allah bless you with a bright future…. Gud luck..u can become a grt writer insha allah… ? ?
omgg wwooowowwowo thank you so much for suchh a loabi sweet meaningful supportive comment. ??and thank you lots in looads for taking ur precious time in writing this long treasure (i make sense right) ❤❤❤❤❤❤❤???????????? im so impressed darlin never exepcted this coming thikahala comment akee aslu kuriyah dhaan libey vrh bodu hihvareh asluves vrh ufaavejje ????????? and yess mi stry ga aslu ali alhuvaalani differentiate kurumah. glad u liked the characters and yess yaain might steal a lot of readers heart in the future ??????? ill imrpove more in the future insha allah. may allah bless u with a long life and amazing future too swyty ?
Now this is a story i wanna read to itx end.. I like it.. Waiting for the next episode
Awwn aslutha ❤❤❤❤ nimendhen kiyaalan libyene ingey insha allah ?? so loabii uuu next part currently writing ???????
Snowflake ❄ darlinn ol ga dhw…whn story ?????up kurany
oh dear vrh balikoh miulheny ekmves dear menah miadhu stry kiyan libyevaru kureveytho vrh long part eh liyani mi hama nei kashin hihvaru neregen LOL ???????? vrh vrh dhigu koh liyevijje but still makin it longer than ever
Mashallah…vvv reethi…aneii bai kn irakn up vanii
Oooh thankuuu ?? ebain up kohlaifin mihaaru now waiting or admin to publish ❤❤????
Loabiva snowflakes. Mihaar kon ireh yaain ge inthizaar ga hunnathaa kobaatha ????? avas waiting….
Awh dear I uploaded it miadhu haveeru 6 o clock now wait till the admin team will publish ☺☺☺
Snowflake Koniraku that mi story ge next part up kohleyenee….. Miharu ves mi story kiyaa hiy veje…… Masha Allah….. Vrh ves Reethi vaahaka eh dear……. Keep it up dear❤️❤️???
❤❤❤v nice