Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 22

Saraa Level 910 Stories100 Comments100 Login500 Comments500 Login
April 28, 2019 9 Mins Read
78 Comments

މެންދުރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން ފަޒާއަށް އަތްގަދަކުރަން ފެށިއެވެ. ހައިޒަލް ކެބިންގައި އިނދެފައި ހަވީރުވީފަހުން ނިކުމެގެން އައިރު ވަށައިގެން ނަޒަރު ހިންގުނީ ނައިނާ ފެނިލާތޯއެވެ. ހައިޒަލް ކެބިންގައި އިންއިރުވެސް ތިރިކޮށްލެވިފައިވާ ބްލައިންޑަރސްތަކުގެ ދޭތެރެއިން ނައިނާގެ މޫނު ފެނިލާތޯ ބެލުނު އަދަދެއްވެސް ނޭނގުނެވެ. މެންދުރުއްސުރެ ނައިނާގެ މޭޒު ހުސްކޮށްވާތަން ފެނި ހިތަށް ނޭނގޭފަދަ ހުސްކަމެއް ލިބުނުއިރު ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ.

ހައިޒަލް ވިސްނުމެއްގައި ހުރެގެން ނައިނާގެ ކެބިންއާއި އަރާހަމަވީ ވަގުތަކީ ކެބިންގެ ދޮރު ހުޅުވާލައިފައި ޝެނާ ނިކުތްވަގުތެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ކެބިން ތެރެއަށް ދަތުރުކުރިއެވެ.

“ޝެނާ… ނައިނާ ކޮބާ؟” ހުސްކޮށްއޮތް ކެބިން ތެރެއަށް ނަޒަރު ހިންގާލުމުން ހައިޒަލް ސުވާލުކުރިއެވެ.

“ޒިޔާން ސަރ ބުނުއްވައިގެން ފައިލްއެއް ބަލައި ޑޮކިއުމެންޓޭޝަން ރޫމްއަށް ދިޔައީ….” ޝެނާ ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެ އަދަބުވެރިކަމާއިއެކުގައެވެ. އެވަގުތު ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ޝެނާ ގަނޑިއަށް ބަލާލުމާއި އެކު އެ މޫނުމަތީގައިވީ ހިނިތުންވުން ފިލާދިޔައިރު މޫނުމަތިން ހާސްކަމުގެ ލިސާންތައް ފެނިލިއެވެ. ޝެނާގެ މޫނު ފެންވަރުވާލި ކުލަތަކާއިއެކު ހައިޒަލް ޝެނާގެ މޫނަށް ބަލާލީ ޝެނާ އެހާ ހާސްވާންޖެހޭ ސަބަބެއް ނޭނގިފައި ހުރެއެވެ.

“ސަރ… އިޓްސް ބީން ތްރީ އަވަރސް ސިންސް ސީ ލެފްޓް…” ޝެނާގެ މޫނުމަތިން ފެނިލި ކަންބޮޑުވުމުގެ އަސަރާއިއެކު ހާސްވެފައި ބުނެލިގޮތުން ހައިޒަލްގެ ހިތުގައި ބިރުވެރި ވިންދެއް ޖަހާލިއެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ލިފްޓާއި ދިމާލަށް ބާރަށް ދުއްވައިގަތީ ޝެނާ ދައްކަމުންދިޔަ ވާހަކަތައްވެސް އަޑުއެހުމެއްނެތިއެވެ. އޭރު ހިތުގައި ހިނގަމުންދިޔަ ބިރުވެރިކަމާއިއެކު ހިތާހިތުން ދުއާކުރެވުނީ ނައިނާ ހެޔޮހާލުގައި ސަލާމަަތުން ހުރުމަށްއެދިއެވެ.

***************************

ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކު ހައިޒަލް ލިފްޓު ނިކުމެ ދުއްވައިގަތެވެ. ލިފްޓުގައި ހޭދަވި ކުޑަ ހިނދުކޮޅުވެސް އޭނައަށްވީ ގަރުނެއްހާ ދިގު ވަގުތުކޮޅަށެވެ. އަވަސްވަމުންދިޔަ ހިތުގެ ތެޅުމާއިއެކު ހައިޒަލް ދިގު ކޯރިޑޯ ހުރަސްކޮއްލީ ދުވެފައެވެ. ލައިބްރަރީއާއި އަރާހަމަވުމާއިއެކު ހައިޒަލް ދޮރުގެ ބޮޑު ތަޅުގައި ދެއަތުން ހިފައިގަތީ ގައިގައި ހުރިހާ ބާރެއްލާފައެވެ.

“ނައިނާ…” ހައިޒަލް ތަޅުގައި ހިފައި ތަޅުވައިގަންނަމުން ހަޅޭލަވައިގަތެވެ. އެއަޑުގައިވީ ކަންބޮޑުވުމާއި ހާސްކަން ފިރިހެންވަންތަ އަޑުގެ ރީތިކަން ދެގުނަކުރުވިއެވެ.

ނައިނާގެ ޖަވާބެއް ނުލިބުނުއިރު ހައިޒަލްގެ މޫނު ފެންވަރުވާލީ ހާސްކަމާއި ބިރުވެރިކަމުގެ އަސަރުތަކާއިއެކު ދުވެފައި ކަހަލަގޮތަކަށް އައިސް ކޮނޑުން ދޮރުގައި ޖެހިގަތެވެ. އެއާއިއެކު ހާސްވެފައިހުރި ފައިން ދޮރުގައި ޖެހީ ދޮރު ވެއްޓޭހާ ބާރަށެވެ. އެއަޑުއިވިފައި ޖެހިގެން ހުރި ރޫމްގައި ތިބި ސްޓާރފުން ނިކުމެގެން އައިރު އެންމެންގެ މޫނުމަތިންވެސް ހައިރާންކަމުގެ އަސަރުތައް ފެނިލިއެވެ.

އޭރު ދޮރުނުހުޅުވުމުން ދޮރުވައްޓާލައިފައި ނަމަވެސް ރޫމްތެރެއަށް ވަދެވޭތޯ ހައިޒަލް ބޭކާރު މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ދޭތެރެއަކުން ބާރަކަށް ދޮރުގައި ޖެހިގަންނައިރު ފައިގެ ހަަމަލާއެއް އަރުވާލާއިރު އިވިލާ ބާރު އަޑުން ސިހިގެންދާވަރުވެއެވެ.

“ސަރ… ތި ދޮރަކީ އާންމުކޮށްވެސް ވަރަށް ތާށިވާ ދޮރެއް ކީ ގެނެސްގެން ބޭރުން ހުޅުވޭނީ…” ހައިޒަލްގެ ހަރަކާތްތަކަށް ބަލަންހުރެފައި އެއް މުވައްޒަފަަކު ވާހަކަދެއްކިއެވެ. އޭރު ހައިޒަލް ބުމަގޮށްޖަހާލައިގެން ހުރިއިރު ރުޅިގަދަވެފައިހުރިކަން ނަގައިގަނެވި އެހެން މުވައްޒަފުން ތިބީ ބަހެއްވެސް ބުނަން ނުކެރިފައެވެ. އަލަށް ހައިޒަލްގެ މިފަރާތްފެނި ހައިރާންވީވަރުން އެކަން ގުޅުވާލާނެ ސަބަބެއް ނޭނގިފައެވެ.

“ޑެމިޓް… ދެން ބްރިންގް ދަ ކީ…” ނައިނާއާއިމެދު ކަންބޮޑުވެފައިވީވަރުން ހައިޒަލްއަށް ރުޅިވެރިގޮތަކަށް ހަޅޭލަވައިގަނެވުނެވެ. އޭރު ބިރާއި ރުޅިވެރިކަމުގެ އިހުސާސް އެކުވެގެންގޮސް ހައިޒަލް ހުރީ ހަމައިން ނައްޓާގޮތްވެފައެވެ. ހިނދުކޮޅަކަށް މިއީ ކޮމްޕެނީކަންވެސް ހައިޒަލްގެ ހަނދާނުގައި ނެތްފަދައެވެ. ހައިޒަލް ދެއަތުން ބޮލުގައި ހިފަހައްޓާލީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ. ނައިނާގެ ހަބަރެއް ނުވެ ގިނައިރުވަމުންދާވަރަކަށް ހާސްކަމާއިއެކު އެ ހިތްވެސް ތެޅިފޮޅެނީއެވެ.

“އާންމުކޮށް ބޭނުންނުކުރާ ރޫމްއެއް ވީމަ ދެ ކީ ހައްދާފައި އޮންނާނީ… އެއް ކީ ވީ އެތެރޭގައި… އަނެއް ކީ ޒިޔާން ސަރ އަތުގައި…” ހައިޒަލްގެ ރުޅިވެރިކަން ފެނި ޖެހިލުންވެފައިހުރެވެސް އެ މުވައްޒަފު ވާހަކަދެއްކިއެވެ. އެވަގުތު ޒިޔާން މިވަގުތު ކޮމްޕެނީގައި ނޫޅޭކަމަށް ޝެނާ ބުނެލުމާއިއެކު ހައިޒަލްގެ ރުޅި ކޮންޓްރޯލްއިން ނެއްޓިއިރު ބާރު އެތިފަހަރެއް ދޮރަށް ބޭލިއެވެ. އެ ރުޅިިވެރިކަން ފެނި އެންމެން ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. ކޮށްލެވޭ އެންމެ ހަރަކާތަކުންވެސް ތަނުގައި ހުޅުރޯވެގެން ހިނގައިދާނެއެވެ.

“ޑެމިޓް… ޝީޒް ބީން ދެއަރ ފޯރ ތްރީ އަވަރސް… ޔޫ ގާއިޒް އާ ވޭ ޓޫ އިރެސްޕޮންސިބަލް….” ހައިޒަލް އެވަގުތު ސެކިއުރިޓީ މުވައްޒަފުންނާއި ދިމާލަށް ބަލާލި ފިނި ނަޒަރުން އެ މުވައްޒަފުން ކުށްވެރިކުރަނީހެން ހީވިއެވެ. ޒިޔާންއާއި މެދުވެސް ހިތުގައި ރުޅިވެރިކަމުގެ އިހުސާސްތައް ހިނގާލިއެވެ. އެއާއިއެކު ގޮށްމުށުގެ އެތިފަހަރުތަކެއް ދޮރަށް ބާލަން ފެށީ ރުޅިކޮންޓްރޯލްނުކުރެވި ދޮރުވެސް ފުޑާލަން ބޭނުންވެފައި ހުރިކަހަލަ ގޮތަކަށެވެ. އޭރު ކޮންމެވެސް އެކަކު އެހީއަށް އެދި އެހެން ޑިފާރޓްމެންޓްއަކަށް ގުޅާލިއިރު ޝެނާ ޒިޔާންއަށްވެސް ގުޅައިފިއެވެ.

ހައިޒަލް އިރުކޮޅެއްވަންދެން ހިމޭންވެފައިހުރެފައި އައިސް ދޮރުގައި ޖެހިގަތްއަޑު މުޅި ކޯރިޑޯގައި ގުގުމާލިއިރު އެންމެން ސިހިފައި ހައިޒަލްއަށް ބަލާލިއެވެ. އޭރު ހައިޒަލް ކޮނޑުގައި ހިފަހައްޓައިލައިގެން ދޮރަށް ލެގިލައިގެން ހުރިއިރު ވަށައިގެން ނަޒަރު ހިންގަމުންދިޔައިރު މޫނުމަތިން ފެނުނީ ކަމަކާއި ވިސްނާފަދަ ކުލަވަރެކެވެ. އެހެން ހުރެފައި ބަލާލެވުނު ގޮތުން އެއްފަރާތު ފާރުގައި ހަރުކުރެވިފައިވީ އަލިފާން ނިވި ހައިޒަލްގެ ލޮލުގައި އަޅާގަތްއިރު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަލިފާން ނިވި ނެގިއެވެ. އެއާއިއެކު އަލިފާން ނިވި މަޅާލަމުން ދޮރުގެ ތަޅުގައި ޖެހިލެއް ބާރުކަމުން ތަޅުވެސް ދުރަށް ވިއްސައިގެން ދިޔައިރު ހައިޒަލް ބާރަކަށް ފައިން އެތެރެއަށްވާގޮތަށް ދޮރުކޮއްޕާލީއެވެ.

އޭރު މިކްޔާލްއާއި އެކީގައި ދުވެފައި އައި ޒުވާނުންތައް އެ ހިސާބަށް އަރާހަމަވީއިރު ހައިޒަލް އެއިން މީހަކަށް ބެލުމެއްނެތި ރޫމް ތެރެއަށް ވަދެގަތެވެ. އަނދިރިކަމަށް ގެނބިފައިވާ ރޫމްގެ ތެރެއަށް ހައިޒަލްގެ ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. މަޑުމަޑުން އަނދިރިކަމުގެ ތެރެއިން މަންޒަރު ސާފުވާންފެށިއިރު  ހަރުގަނޑަށް ލެގިލައިގެން ދެކަކޫމަތީ ބޯއަޅައިލައިގެން އިން ނައިނާ ފެނުމާއިއެކު އެދިމާލަށް ދެވުނީ ދުވެފައިކަހަލަގޮތަކަށެވެ. ހައިޒަލް ދުވެފައި އައިސް ނައިނާއާއި އެއްހަމައަކަށް ތިރިވިއިރު ނައިނާ ގެނެސް މޭގައި ޖައްސާލިއެވެ. އޭރުު ރޫމްތެރޭ އެއްއަޑަކަށް އިވެމުންދިޔައީ ނައިނާގެ ބާރުވެފައިވީ ނޭވާތަކުގެ އަޑެވެ. ނައިނާ އެގޮތަށް ފެނުމުން ހިތަށް ކުރި އަސަރާއިއެކު ހައިޒަލްގެ ލޮލަށް ކަރުނަ ފާއްދާލިއިރު ހާސްކަމުގެ މައްޗަށް ރުޅިވެރިކަން ގަދަވެގަންނާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ.

“ކޮން މޮޔައެއްވެގެންތަ މިތަނަށް ވަދެގަތީ…” ހައިޒަލް ރުޅިވެރިގޮތަކަށް ހަޅޭލަވައިގަތްއިރު ނައިނާގެ ދެ ކޮނޑުގައި ހިފާ އޭނަގެ ގަޔާއި ދުރުކޮށްލިއެވެ. އެވަގުތު ހަބަރުހުސްވެފައިވާ ނައިނާގެ ހަށިގަނޑު އެއްފަރާތަކަށް އަރިއަޅާލިއިރު ހައިޒަލް ބާރުބާރަށް ނައިނާގެ ނަމުން ގޮވާލަމުން އެ ހަށިގަނޑު ބިމަށް ތިރިވުމުގެ ކުރިން ހިފެހެއްޓިއެވެ. އެވަގުތު ނައިނާގެ މޫނަށް ހައިޒަލްގެ ނަޒަރު ދަތުރުކުރިއިރު ހިތުގައި ރިއްސާލިއިރު ތުންފަތުގައި ދަތްއަޅާލެވުނީ ހިތަށް ކެތްނުވެގެންނެވެ. ދުޅަވެފައިވާ ލޮލުން ފޭބި ކަރުނައިގެ ރޮނގުތައް ތާޒާކަމާއިއެކު ކޯތާފަތުން ފާޅުވާއިރު ހައިޒަލް ކޯތާފަތުގައި އަތް ބީއްސާލިއެވެ. އޭރުވެސް ބޮޑެތި ދާތިކިތައް ރީތި މޫނުގައި ވިދަމުންދިޔައިރު ދެފަރާތުން މޫނަށް އެޅިފައިވީ އިސްތަށިތައްވަނީ  މޫނުމަތީ ތަތްލަވާފައެވެ. އިސްތަށިގަނޑުގެ ބުޑުން ދާތިކިތައް ފާޅުވާއިރު ލައިގެން ހުރި ހުދުގަމީސް ވަނީ ތެމިގެންގޮސް ގަޔަށް ތަތްލަވާފައެވެ. ގަމީހުގައި ކޮންމެވަރަކަށް ހިރަފުހުގެ އަސަރުވެއެވެ. ހައިޒަލް އޭނަ ލައިގެން އިން ކޯޓް ބާލައި ނައިނާގެ ހަށިގަނޑުގައި އޮޅާލިއެވެ.

އެއާއިއެކު ނައިނާ އަތްދަނޑިމައްޗަށް އުފުލާލަމުން ހިންދެމިލިިއިރު މިކްޔާލްއާއި ސެކިއުރިޓީ ޒުވާނުން އެތަނަށް ވަނީއެވެ. އެވަގުތު ހައިޒަލް ބަލާލި ރުޅިވެރި ނަޒަރުން އެކަކަށްވެސް ކުރިއަށް ފިޔަވަޅެއް އަޅާލާކަށް ނުކެރުނެވެ. ހައިޒަލް އެެންމެންގެ މޫނަށް ނަޒަރު ހިންގާލުމަށްފަހު ނައިނާ ގޮވައިގެން ރޫމްއިން ނިކުތެވެ. އެވަގުތު އެއްވެފައިވީ މުވައްޒަފުންނަށް ފުންނޭވައެއް ދޫކޮށްލެވުނުއިރު މޫނުމަތީވީ ހާސްކަން ވަގުތުން ފިލައިގެން ދިޔައެވެ. ހައިޒަލް  މަޑުކޮށްލުމެއްވެސްނެތި ދިގުކޯރިޑޯއިން ހިނގާލައިފައި ގޮސް ލިފްޓަށް އެރިއެވެ. އޭރު އަތްދަނޑިމަތީ ނައިނާ އޮތްއިރު ހައިޒަލްގެ އެއް އަތްވަނީ ނައިނާ ވަށާލެވިފައެވެ. ނައިނާގެ މޫނު ހައިޒަލްގެ މޭގައި ޖެހި ބާރުވެފައިވީއިރު އިސްތަށިގަނޑު މޫނަށް ނިވާއަޅާފައިވާއިރު އެ މޫނުގެ ބޮޑުބައިވަނީ ނިވާވެފައެވެ.

************************

ޕެންޓްހައުސްގެ ރޫމްގެ ދޮރުމަތީ ހައިޒަލްއާއި މިކްޔާލް ތިބިއިރު ހައިޒަލްގެ ނަޒަރު ހުއްޓިފައިވަނީ އެނދުގައި ބާއްވާލެވިފައިއޮތް ނައިނާއަށެވެ. ނައިނާގެ އެއްއަތަށް އައިވީ ގުޅާފައިވާއިރު އޮކްސިޖަން މާސްކްގެ ތެރެއިން ނޭވާލާއަޑު މަޑުމަޑުން އިވެމުންދިޔައެވެ. ނައިނާ ކައިރީ ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރ އެންމެ ފަހުފަހަަރަށް ސްޓެތޯއިން ނައިނާގެ ވިންދު ބަލާލުމަށްފަހު އެނދުމަތީ ވިހުރިފައިވާ ސާމާނުތައް އެއްކޮށްލައިގެން ދޮރާއި ދިމާލަށް ހިނގައިގަތުމުން ހައިޒަލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ޝީޒް އޯލްރައިޓް… ހީވަނީ މާބޮޑަށް ޕެނިކްވެގެންހެން ހޭނެތުނީ… އިރުކޮޅަކުން ހޭއަރާނެ… އައިވީ ދީފައި ނެބުލައިޒްވެސް ކުރުވާފައި އެއޮތީ…” ހައިޒަލްގެ މޫނުމަތީގައިވި ހާސްކަން ފެނި ޑޮކްޓަރ ޒިވާން ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެއެވެ.

“ތޭންކްސް ޒޭވް….” ހައިޒަލް ޒިވާންއަށް ޝުކުރުއަދާކުރަމުން އަތުގައި ހިފާލިއެވެ. އެއާއިއެކު ޒިވާން ގާތްގޮތަށް ހައިޒަލްގެ ކޮނޑުގައި ހިފާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ.

ހައިޒަލް ނައިނާގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުރެ ދޮރުފަތަށް ލެގިލިއިރު މިކްޔާލް ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަމެއް ދިރާސާކުރާފަދަ ގޮތަކަށެވެ. މިއަދު ހައިޒަލްގެ ކިބައިން ފެނުނު ހާސްކަމާއި ނުތަނަވަސްކަން ގުޅުވާލާނެ ސަބަބެއް ނޭނގިފައި ހުރި ކަހަލަގޮތަކަށެވެ. މިއަދު ހައިޒަލްގެ އެ ހާސްކަމާއި ރުޅިވެރިކަން ފެނި ހައިޒަލްގެ ހިތުގައި ނައިނާއާއިމެދު އިހުސާސްއެއް އުފެދިފައިވާކަން މިކްޔާލްއަށް ފާޑަކަށް ޔަގީންވިއެވެ. ދުވަހަކު ހައިޒަލް އެހާ ނުތަނަވަސްވެ ކަމަކާއި ކެތްތެރިކަން ކުޑަވި ހަނދާނެއް މިކްޔާލް ނުވެއެވެ.

ހައިޒަލް ދޮރަށް ލެގިލައިގެން ހުރިއިރު ދޭތެރެއަކުން ތުންފަތުގައި ދަތްއަޅާލާއިރު ފުންނޭވައެއް ދޫކޮށްލައެވެ. ނައިނާ މޫނަށް ނަޒަރު ދަތުރުކުރާ ކޮންމެ ފަހަރަކު ހިތަށް ނޭނގޭފަދަ ވޭނެއް ލިބެއެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އަމިއްލަ ނަފްސު ބަދެވިގެންދެއެވެ. އަނދިރިކަމުގެ ތެރެއިން ސަލާމަތްވާން ނައިނާ ހާދަ މަސައްކަތެއްކުރާނެއެވެ. އެހެން މީހުންގެ މަދަދަށް ހާދަ އެދޭނެއެވެ. ނައިނާގެ ދޫ މަތީ އެވަގުތުކޮޅުވެސްވީ އޭނަގެ ނަން ނޫންކަމެއްވެސް ނޭނގެއެވެ.

ހައިޒަލް ދޮރަށްލެގިލައިގެން ނައިނާއަށް ނަޒަރުހުއްޓާލައިގެން ހުއްޓާ ނައިނާގެ އިނގިލިތައް ހަރަކާތްކޮށްލިހެން ހީވެފައި އެނދާއި ދިމާލަށް ދެވުނީ ދުވެފައި ކަހަލަގޮތަކަށެވެ. ނައިނާ ބާއްވާލެވިފައިވާ އެނދާއި ދިމާލަށް ތިރިވަމުން ނައިނާގެ އަތްތިލަ ދެއަތުގެ ތެރޭގައި ފޮރުވާލަމުން ކުލަފަޑުވެފައިވާ މޫނަށް ނަޒަރުހުއްޓާލިއިރު ނައިނާ އެސްފިޔަތައް ހަރަކާތްކޮށްލީއެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އެ ލޮލުން ފެނިލި ސިހުމާއިއެކު ހަށިގަނޑު ސީދާވެގެންދިޔައިރު ވަށައިގެން ނަޒަރު ހިންގަންފެށީ ޖެހިލުންވެ އިނދެއެވެ. ބޮޑުކޮށްލެވިފައިވާ ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގަތްއިރު ތުންފަތް ފޫދުއްވާލައިފައި މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ.

“ސުސް… އިޓްސް އޯކޭ… އަހަރެން މިހިރީނު…” ހައިޒަލް އެނދުގެ އެއްފަރާތުގައި އިށީދެލިގޮތަށް ނައިނާ ގެނެސް މޭގައި ޖައްސާލަމުން ހައިޒަލްގެ ދެއަތް ނައިނާ ވަށާލިއެވެ.

“އައިމް ސޯ ސޮރީ…” ހައިޒަލް މަޑު ތުންފަތް ނައިނާގެ ފަން އިސްތަށިގަނޑުގައި ޖައްސާލިއިރު ހައިޒަލްގެ ލޮލުން އޮހުނުކަރުނަތައް ނައިނާގެ އިސްތަށިގަނޑުގައި ބޮސްދޭން ފެށިއެވެ. އޭރު ނައިނާގެ ހަށިގަނޑަށް އަންނަމުންދިޔަ ތުރުތުރުލުންތަކާއިއެކު ރޮނީކަން ނަގައިގަނެވި ހައިޒަލް އިތުރަށް ނައިނާ އެއަތުގެ ތެރޭ ބޮޑިކޮށްލިއެވެ.

މިކްޔާލް އެ މަންޒަރު ދެކެންހުރެފައި ދުރަށް ހިނގައިގަތްއިރު ޒިޔާން އައިސް ރޫމްއާއި އަރާހަމަވީއެވެ. މިކްޔާލް އެވަގުތު ޒިޔާންގެ އަތުގައި ހިފަހައްޓާލަމުން ދެފަރާތަކަށް ބޯހޫރާލިއެވެ.

“މިވަގުތު ނުދިޔައިއްޔާ ރަނގަޅުވާނީ… ހައި ހުރީ ވަރަށް ހާރޑްވެފައި…” ހައިޒަލްގެ ރުޅިވެރިކަން މިވަގުތު ޒިޔާން ފެނިއްޖެނަމަ ދެގުނަވެގެންދާނެކަން ޔަގީންވާތީ މިކްޔާލް ބުނެލިއެވެ. އެއާއިއެކު ޒިޔާންއަށް ބަލާލި ނަަޒަރުން ޒިޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ.

ދެއެކުވެރިން އެކުގައި ހިނގައިގަތްްއިރު މިއަދުވީ ކަންތަކާއިމެދު ވާހަކަދެކެވުނެވެ. ވާހަކައިގައި ތިބެ ރިސެޕްޝަން ހުރަސްކުރިއިރު އެހެންލާފައި އައި އަންހެންކުދިންކޮޅެއް ދެއްކި ވާހަކަތަކަށް ދެ ޒުވާނުންގެ ސަމާލުކަން ހުއްޓޭގޮތްވިއެވެ.

“ތިމީހުންނަކަށް ހިޔެއްނުވޭތަ ބޮޑީގާރޑް ނައިނާއާއި ސަރއާއި ކަމެއްހެންނެއް… މިއަދު ސަރ ނައިނާ ރެސްކިއުކުރަން އައި ގޮތުން އެހެން ހީނުވާވަރެއްނޫން… ހީ ވޯޒް ސޯ ވޮރީޑް… ދުވެފައި އައިގޮތަށް ދޮރުގައި ތަޅައިގަތްގޮތުންވެސް އެކަން އިނގޭ… މަ ދުވަހަކު ނުދެކެން ސަރ އެހާ ހާސްވެ ރުޅިގަދަވެފައި ހުއްޓާ…” އެއްއަންހެންކުއްޖަކު ވާހަކަދެއްކިއެވެ. އެވަގުތު މިކްޔާލް ފެނިގެން އެކުދިންގެ ވާހަކަ ހުއްޓާލިއިރު ދެލޯބޮޑުކޮށްލީ ބިރެއްފެނުނު ފަދައިންނެވެ. އެއާއިއެކު ދުވެފައި ކަހަލަގޮތަކަށްގޮސް ރޫމްއަކަށް ވަދެ ނިވާވިއެވެ.

މިކްޔާލް އެ އަންހެންކުދިންކޮޅު ނިވާވިތަން ދެކެން ހުރެފައި ދެފަރާތަށް ބޯހޫރާލިއިރު ޒިޔާން މިކްޔާލްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

********************

މިރެއަކީ ބްލޫސްއާއި ސިލްކްގައި ދެމެދު އެކުލަވާލެވޭ އެއްބަސްވުމުގެ ސޮއެކުރުމުގެ ހަފްލާ ބޭއްވޭ ރެއެވެ. އެކިކުލައިގެ ބޮކިތަކުން ބްލޫސްގެ އިމާރާތް މިރޭ ދިއްލާލެވިފައިވަނީ ތަރިއެއްފަދައިންނެވެ. ދުރުދުރަށްދާންދެން އެ ރީތި އަލިތައް ފެތުރިފައިވާއިރު ބްލޫސްގެ ހައިބަތާއި ރީތިކަން އިތުރުކޮދެއެވެ. ހަފްލާއަށް ދަޢުވަތު ދެވިފައިވާ މެހުމާނުން އަންނަންފެށުމާއިއެކު އިމާރާތްތެރެ ހަލަބޮލިވިއެވެ. މި ހަފްލާއަށް ދައުވަތުދެވިފައިވާ މެހެމާނުންގެ ތެރޭގައި ބޭރުގެ އިއްޒަތްތެރިންނާއި ކަމުވޮށިގެންވާ އެތައް ބަޔަކު ހިމެނެއެވެ.

ދިގު ޗާންދަލިޔާތަކުގެ އޮރެންޖް އަލީގެ ވިދުމުން ބްލޫސްގެ ޝާހީކަން އިތުރުވެފައިވެއެވެ. އެންޓްރެންސް އިން ފެށިގެން ހޯލްއާއި ހަމަޔަށް ރަތްކުލައިގެ ކާޕެޓްއެއް ފަތުރާލައިފައިވާއިރު ދެފަރާތުގައި ބަހައްޓާލެވިފައިވީ ގަސްމުށިތަކުގައިވީ ކުލަކުލައިގެ މާތަކުން ތަނުގެ ދިރުން އިތުރުކުރުވައެވެ. އެންޓްރެންސް ކުރިމަތީގައި ރިސެޕްޝަން ކުދިންކޮޅު އެންމެ ރީތި ހިނިތުންވުމުގައި ހުއްޓިލައިގެން ތިބީ އަންނަމުންްދިޔަ މެހެމާނުންނަށް މަރުހަބާ ކިޔުމަށެވެ.

ބްލޫސްގެ ތަނަވަސް ހޯލް ބްލޫސްއާއި ސިލްކްގެ ކުލަކަމަށްވާ ނޫކުލައާއި ރިހިކުލަ ބޭނުންކޮށްގެން ޖަރީކުރެވިފައިވާއިރު ކިތަންމެހާވެސް ރީއްޗެވެ. ސްޓޭޖްމަތީގައި އެދެކުލައިގެ ފަރުދާތައް ދަމާލެވިފައިވާއިރު ރީތިއަކުރުތަކަކުން ބްލޫސް އަދި ސިލްކުގެ ނަން އަޅާލެވިފައިވެއެވެ. ސްޓޭޖްގެ މެދަކަށްވާގޮތަށް ބްލޫސްއާއި ސިލްކްގެ ލޯގޯ ބަހައްޓާލެވިފައިވާއިރު އެތަންވެސް ފަރުމާކުރެވިފައިވަނީ ނުލާހިކު ފާޑުވެރިކޮށެވެ.

ދިގު ކޯރިޑޯ ކަޑައްތުކޮށްފައި މެހެމާނުންތައް ހޯލްއަށް ވަންނަމުން އައިރު މެހެމާނުންގެ އިސްތިޤުބާލުގައި އަލްހާންގެ ދެމަފިރިން ހޯލްގެ ދޮރުމަތީ ކަހަލަ ގޮތަަކަށް ހުއްޓިލައިގެން ތިއްބެވިއެވެ. އަލްހާންގެ އެއްފަރާތުގައި ރިހާނާ ހުރިއިރު އަނެއް ފަރާތުގައި ހުރީ ހައިޒަލްއެވެ. އަލްހާން މެހެމާނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމްކުރައްވަމުން ދިޔައިރު ކޮންމެ މީހަކުވެސް ހައިޒަލްއަށް ތައުރީފްކޮށްލަމުން ބަހެއް ބުނެލައެވެ. ހައިޒަލް މިރޭ ކަޅުކުލައިގެ ސޫޓެއްގައި ހުރިއިރު ހައިބަތުވަރުގަދަކަމުން ބައްޕަ އަލްހާނާއި ތަފާތެއް ނެތެވެ. އެހާ ޅައުމުރުގައިވެސް އެ މޫނުމަތިން ހަރުދަނާކަން ފެނިލައެވެ.

އަލްހާންގެ އިންތިޒާރު ނިމުމަކަށް އައީ މިރޭގެ ހަފްލާގެ އެންމެ މުހިންމު ފަރާތް ސިލްކްގެ ވެރިޔާ އައްމާރުއާއި އާއިލާ ދޮރުން ވަތްތަން ފެނުމުންނެވެ. އައްމާރުގެ ދަރިފުޅު ރައިހާން ސޫޓްގައި ހުރިއިރު ރީތިކަމުން ހުރިހާ އަންހެންކުދިންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އައްމާރުގެ އަންހެނުން އާލިއާގެ ރީތިކަމާއިިއެކު ލައިގެން ހުރި އަގުުބޮޑުހެދުމާއި ބޭނުންކޮށްފައިވާ ވިދުންގަދަ ގަހަނާތަކުގެ ސަބަބުން މަލެއްފަދައިން ހެދިގެން ހުރި ރިހާނާގެ ވިދުންވެސް ފަނޑުވިއެވެ. އައްމާރުގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެންއައީ އިޝާރުގެ ދެމަފިރިންނެވެ.

އިޝާރުއާއި އައްމާރު އައިސް ހޯލްގައި ދޮރާއި އަރާހަމަވިއިރު އަލްހާންގެ މޫނުމަތިން ފެނިލެއްވި އެންމެ ރީތި ހިނިތުންވުމާއިއެކީ ދެއެކުވެރިންނަށް މަރުހަބާ ކިއުއްވީ އުފަލާއިއެކީގައެވެ. އެއާއިއެކު އެކަކު އަނެކަކު ގައިގައި ކުޑަކޮށް ހިފައިގަތީ ޒުވާނުންތަކެއް ފަދައިންނެވެ. އެދެމެދުގައިވީ ގާތްގުޅުންތައް ކިތަންމެ ރަނގަޅަކަށްވެސް ހާމަވި ވަގުތުކޮޅެކެވެ.

ހައިޒަލް ބައްޕަމެންގެ ކުރިމަތީ ހުރެގެން ހޯލްތެރެއަށް ވަދެގެން ދިޔައިރު ފަރާތްފަރާތަށް ކަޅި ހިންގާލެވުނީ ކޮންމެވެސް ދިމާއަކުން ނައިނާ ފެނިލާތޯއެވެ. ހަފްލާގެ ކަންތަކުގައި ވޭތުވެދިޔަ ތިން ދުވަހު ފުދޭވަރަކަށް ބުރަކޮށް ހައިޒަލް އުޅެން ޖެހުމުން ނައިނާއާއި ދިމާވާގޮތެއްނުވިއެވެ. ހައިޒަލް ކެތްތެރިކަމެއްނެތި ނަޒަރު ހިންގަމުންދަނިކޮށް އެންމެ ފަހުން ނައިނާ ފެނުނީ ސްޓޭޖް އިން ފައިބައިގެން އަންނަނިކޮށެވެ. ކަޅުކުލައިގެ ކޯޓްއާއި ބެލްސްގައި ހުރިއިރު ކަންފަތުގައި އަޅުވާފައިވާ މިކްގައި އަތްޖައްސައިލައިގެން ހުރެ ވާހަކަދައްކަމުން އައިސް އަލްހާން ފެނުމާއިއެކު ހުއްޓި އަދަބުވެރިގޮތަކަށް ހިނިތުންވެލިއެވެ. އެއާއިއެކު ހައިޒަލް ކައިރިން އަޅާފައިދިޔައީ ނައިނާއަށް ނޭނގުނަސް ހައިޒަލްގެ ހިތް އަވަސްކުރުވާފައެވެ.

ބްލޫސްގެ ހޯލްތެރޭ މިރޭވަނީ ނުހަނު ހިތްގައިމު އަލިކަމެވެ. އޭސީ ފިނިކަމުގައި މާހައުލުގައި ހިފާލައިފައިވާ ތާޒާ މާތަކުގެ ވަހުން ހިތްތަކަށް ދިރުން ގެނެސްދެއެވެ. މެހެމާނުންނަށް ހާއްސަކުރެވިފައިވާ މޭޒުތަކުގައި އެންމެންހެން އިށީދެ ހަމަޖެހިލިއިރު ބްލޫސް ކޮމްޕެނީގެ ވެރިޔާ ޗެއަރމަން އަލްހާން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ބްލޫސްގެ ދިގު ތާރީހާއި ބެހޭގޮތުން އަލްހާންގެ ވާހަކަކޮޅުގައި ތަފްސީލެއް ދެއްވިއެވެ. އަދި ސިލްކްއާއި ބްލޫސްއާއި ދެމެދު ޒަމާނުއްސުރެ އޮތް ބަދަހި ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އެއާއިއެކު އެ ގުޅުން މިއަދާއި ހަމަޔަށް އެގޮތުގައި ދެމިއޮތުމަށް އެހީވެދެއްވީތީ ސިލްކްގެ ވެރިޔާ އައްމާރުއަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އަލްހާންގެ ވާހަކަކޮޅަށްފަހު ސިލްކްގެ ފަރާތުން ސިލްކް ކޮމްޕެނީގެ ވެރިޔާ އައްމާރު ވާހަކަ ދެއްކެވިއެވެ. މިއަދާއި ހަމަޔަށް ސިލްކްގެ ކަންކަމުގައި އަލްހާން ވެދެއްވި އެހީއަށް ޝުކުރު އަދާކުރެއްވިއިރު ބްލޫސްއާއިއެކު މިފަދަ ބިޔަ މަޝްރޫއުއެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު އުފަލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއެކޭ އެއްފަދައިން ބްލޫސްއާއި އެކު ސިލްކް އަބަދުވެސް އޮންނާނޭ ކަމުގެ ޔަގީންކަންދެއްވިއެވެ.

އައްމާރުގެ ވާހަކަކޮޅު ނިމުމާއިއެކު ސިލްކްއާއި ބްލޫސްއާއިމެދުގައި ކުރެވުނު އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައެވެ. އެއާއިއެކު ސޮއިކުރެވުނު ފައިލް ހިފަހައްޓާލައިގެން ތިބެ ދެ ކުންފުނީގެ ވެރިން އަދި ޒަމާންވީ ދެއެކުވެރިން ޖަލީސުންނާއި ކުރިމަތިލީ ހިނިތުންވެލައިގެން ތިބިއެވެ. އެވަގުތުކޮޅު އެތަށް ފްލޭޝްތަކެއް ކެނޑިގެންދިޔައެވެ.

ބްލޫސްއާއި ސިލްކް ކޮމްޕެނީ އިސްނަގައިގެން ބިންގާ އެޅިގެންމިދިޔަ މަޝްރޫއުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މުޅިން އާ ހަރުފަަތަކަށް ޖައްސާލާނެ މަޝްރޫއުއެކެވެ. ރާއްޖޭގައި ހުޅުވޭ އެންމެ ފުރަތަމަ ފްލޯރޓިން ހޮޓެލްގެ ލަގަބު ހޯދަމުން އެދެކޮމްޕެނީ ތާރީހުގައި ފެވިގެންދާނީ ރާއްޖޭގެ ނަން ރާއްޖެއިން ބޭރުގައި ރަންއަކުރުން ވިދުވާލަމުންނެވެ.

ޖަލްސާގެ ނަންބަރުތައް ނިމިގެންދިޔުމާއިއެކު ހާޒިރުވެތިއްބެވި މެހެމާނުންގެ އިއްޒަތުގައި ބޭއްވޭ ފަރީއްކޮޅަށް ހުރިހާ މެހެމާނުންވެސް އިންސާފުކުރައްވަން ފެއްޓެވިއެވެ. އޭރު މުޅި މާހައުލު ގުގުމާލައިފައިވަނީ ހިތް ފަސޭހަ ހިމޭން މިޔުޒިކެއްގެ އަޑުންނެވެ. އެކިދިމާލުގައި ބައެއް މެހެމާނުން ބޮޑިވެލައިގެން ތިބީ އެތަށް ދުވަސްތަކެއްފަހުން އެކުވެރިންނާއި ބައްދަލުވުމުގެ އުފާ ލިބިގަތުމުގައެވެ. ރިހާނާ، އިޔާނާ އަދި އާލިއާ ބުއިމެއް ހިފައިގެން ސްޓޭޖްގެ އެއްފަރާތެއްގައި ތިބިއިރު އެކި ކަންކަމާއި ބެހޭގޮތުން ވާހަަކަދެކެވެމުންދިޔައެވެ. މައިންނަށްވާތީ ބޮޑަށް ކުދިންގެ ވާހަކަތައް ދެކެވެމުންދިޔައިރު ހިސާބަކަށް ބާކީވެފައި ހުރި ރިހާނާއެވެ. ކުދިންގެ މައުޞޫއުއަކީ ރިހާނާ މާގަޔާނުވާ މައުޞޫއަކަށް ވީނަމަވެސް އެކަން ދެއްކުމެއްނެތި ބައެއްފަހަރު އެ ވާހަކަތަކުގައި ބައިވެރިވަމުންދިޔައެވެ.

ކަނަކަށްވާގޮތަށް ބެހެއްޓިފައިވާ މޭޒުގަައި އަލްހާން، އިޝާރު އަދި އައްމާރު އިށީދެލައިގެން ތިބިއިރު މިވަގުތު އައްމާރު އާއި އިޝާރުގެ ނަޒަރުހުއްޓިފައިވަނީ ތަންކޮޅެއް ދުރުގައި މިކްޔާލްއާއި ވާހަކަދައްކަން ހުރި ހައިޒަލްއަށެވެ.

“އެއީތަ؟” ހައިޒަލްއަށް އިޝާރާތްކޮށްލަމުން އައްމާރު އަހާލިއިރު އަލްހާން ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ފުރަތަމަ ފެނިފައިވެސް އަހަންނަށް ހީވެއްޖެ… ހައިރާންވީވަރުން ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން މިހުރީ… ކުރިން ފެނުނުއިރާއި ހާދަ ތަފާތޭ މިހާރު… ވާނީވެސް އެހެންތާ އޭރު އެކުއްޖާ ނުލާހިކު ކުޑަވިއްޔަ… ޔޫކޭއިން އައިފަހުން އަދި ކިރިޔާ މިފެނުނީ…” އިޝާރު ހައިރާންވެފައި އިނދެ ވާހަކަދެއްކިނަމަވެސް ވަކި ހިސާބަކުން ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން ހިނިތުންވެލިއެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ފާޅުވި ނުތަނަވަސްކަމުގެ އަސަރުތައް އިޝާރު ފޮރުވާލީ ނުހަނު މޮޅަށެވެ.

އޭރު އައްމާރު ހައިޒަލްއާއި ދިމާލަށް ބަލަހައްޓައިގެން އިނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލް ފެނުމާއިއެކު އޭނަގެ ހިތަށް އައި ވާހަކަތަކަށް ދުލާއި ހަމަޔަށް ގެންނަން ބޭނުންވީއިރު އައްމާރު ހަނުހުރީ މިއުފާވެރި ރޭ އުދާސްކަމެއް އުފެދިގެންދާނޭފަދަ ކަމަކަށް ތަންދޭން ބޭނުންނުވާތީއެވެ.

ހަފްލާ ކުރިއަށް ދިޔަވަގުތު ތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސެކިއުރިޓީ މުވައްޒަފުން ހަރަކާތްތެރިވަމުންދިޔައެވެ. ނައިނާ ހޯލްގައި ހިނގަމުންދިޔަ ކަންތައް އެންމެ ގާތުން ދެކެންހުރެފައި ހޯލްއިން ނިކުންނަން ހިނގައިގަތީ ސެކިއުރިޓީ ޑިޕާރޓްމެންޓްގެ ކޯލްއެއް އައުމުންނެވެ. ތަނުގެ ހަލަބޮލިކަމާއި މިޔުޒިކްގެ ސަބަބުން އެތަނުގައި ހުރެގެން ވާހަކަދައްކަން އުނދަގޫވާނެއަތީއެވެ.

އެއްފަރާތުގައި ބުއިންތައް ބަހައްޓާލެވިފައިވާ މޭޒު ކައިރީ ބުއިމެއް ހިފައިގެން ހުރި ރައިހާންގެ ނަަޒަރު އެވަގުތު ނައިނާއަށް ހުއްޓިފައިވީއިރު ނައިނާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ. ހަފްލާ ފެށުނީއްސުރެ ރައިހާންގެ ކަޅި އެޅުންތައް ނައިނާއާއި އަމާޒުވެފައިހުރިއިރު އޭނަ ހުރީ ނައިނާ އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެވެ.

ކަންފަތުގައިވާ މިކްގައި އަތްޖައްސާލައިގެން ހުރެ ކޯލަށް ޖަވާބުދެމުން ނައިނާ ކޯރިޑޯގެ އެއްފަރާތެއްގައިވާ ބެލްކަންޏަށް ނިކުމެލިއެވެ. އެހިސާބަށްވެސް ކޮންމެވެސް ވަރަކަށް މިޔުޒިކްގެ އަޑު އިވެމުންދިޔައެވެ. ނައިނާ ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން އެކޮޅުން ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދިނެވެ.

ފަނަރަ މިނެޓްގެ ދިގު ކޯލަކަށްފަހު ނައިނާ ބެލްކަނިން ނިކުންނަން ހިނގައިގަތްއިރު ރައިހާން އައިސް ބެލްކަނި ދޮރާއި އަރާހަމަވީއެވެ. ނައިނާ ބަލައިނުލާ ހިނގައިގަތްތަނުން ރައިހާންގެ ގައިގައި ލައިގަތްއިރު ރައިހާން ގަސްތުގައި އޭނަ އަތުގައި ހުރި ކޯކްތަށި ނައިނާގެ ގަޔަށް ވެރޭގޮތަށް އަރިކޮށްލީއެވެ. ތަށިން ފައިބައިގަތް ކޯކްތަކުން ނައިނާ ގަމީސް ތެމިގެން ދިޔައިރު ނައިނާ ރައިހާންއާއި ދިމާލަށް ބަލާލީ ހިތްހަމަނުޖެހިފައިހުރެއެވެ.

“ސޯ ސޮރީ… ތަށި އަތުން ކައްސާލީ…” ރައިހާންގެ ލޮލުން ފެނިލި ނުސިޔާނުކުލަވަރާއިއެކު އެހެން ބުނެލިގޮތުން ރައިހާން ގަސްތުގައި ނުބައި ޖެއްސުމެއްކޮށްލީކަން ނައިނާ ވަގުތުން ނަގައިގަތެވެ. ރައިހާންދެކެ ނޭނގޭފަދަ ރުޅިއެއް އާދެވުނުއިރު ނައިނާ އެއްޗެކޭ ބުނުމެއްނެތި ދުރަށް ހިނގައިގަތެވެ. އެވަގުތު ރައިހާން ނައިނާގެ އަތުގައި ހިފާ ގެނެސް ބެލްކަނި ދޮރަށް ތަތްކޮއްލިއިރު ނައިނާގެ ދެލޯބޮޑުވެގެންދިޔައެވެ. ވަގުތުން ރައިހާންގެ އަތްދަށުން ސަލާމަތްވާން ތެޅިގަނެވުނުއިރު ރައިހާން ދެއަތްވިއްދާލަމުން ނައިނާ އިތުރަށް ހައްޔަރުކޮށްލީއެވެ.

“ސަރ ލެޓްމީ ގޯރ…” ނައިނާ ރުޅިންގޮސް ފޯވިނަމަވެސް ރައިހާންއަކީ ކިހާވަރެއްގެ ބޭފުޅެއްކަން އިނގޭތީ ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

“ދިޔަނުދީފިއްޔާ… އަތުތެރެއިން ދާންވީނު… ހާދަ ޗާލޭ… އެއްފަހަރުން މޮޔަކޮށްލުވައިފި…” ރައިހާންގެ އިނގިލިތަކުން ނައިނާގެ އޮމާން މޫނުގައި ފިރުމާލުމާއިއެކު ނައިނާއަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ އެ އަަމަލާއި ނުރުހުންވެވުނުވަރުންނެވެ.

“ސަރ… މުވައްޒަފަކާއިމެދު ތިފަދަގޮތަކަށް އަމަލްތައް ބެހެއްޓުމަކީ ފިޔަވަޅު އެޅޭނޭކަމެއް…” ނައިނާގެ ޖުމްލަތަކުން ނައިނާ ހީކުރިގޮތާއި ހިލާފަށް ރައިހާންގެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އިރުކޮޅެއްވާންދެން ނައިނާގެ މޫނަށް ނަޒަރުހުއްޓައިލައިގެން ހުރުމަށްފަހު ހޭންފެށިގޮތުން ނައިނާއަށް މަޖާ އެއްޗެއް ބުނެވުނީހެން ހީވިއެވެ.

“ފިޔަވަޅޭ… ޑިއަރީ… ކާކު ފިޔަވަޅު އަޅާނީ… އަލްހާންތަ؟” ރައިހާން ނައިނާގެ މޫނަށް ނަޒަރު ހުއްޓާލަމުން ސުވާލުކޮށްލިއިރު އެ ލޮލުން ފެނިލީ ނުސިޔާނުކަމެވެ.

“އަހަރެން ބައްޕަ ނުރުހޭގޮތަށް ފިޔަވަޅެއް އަޅާލާކަށްވެސް އޭނައަށް ނުކެރޭނެ… އައްމާރުގެ މުުށުތެރޭ ރަނގަޅަށް ފިތިފައި ހުންނާނީ… ދެން ކޮން ކޮމްޕެނީއަކުންބާ ފިޔަވަޅު އަޅާނީ؟ އެހެންނޫނަސް އޭނަގެ ފިރިހެންދަރިވެސް އުޅެނީ ވަކި ރަނގަޅަކަށް ނޫނެއްނު…” ރައިހާންގެ އަޑުގައިވީ ބޮޑާކަމާއިއެކު ބާރުވެރި އާއިލާއަކުން އައިސްފައިހުރުމުން އެކަމާއިމެދު ފަޚުރުވެެރިވާވަރުވީ ހާމައަށެވެ. ނައިނާގެ ހިތުގައި ރައިހާންއާއިމެދު ފޫހިކަމެއް އުފެދުނުއިރު ހިތަށް އުނދަގޫވީ ހައިޒަލްއާއި ބެހޭގޮތުން އެފަދަ ބަސްތަކެއް ބުނެލުމުންނެވެ.

“ގަދަކަން ދައްކަން އުޅޭވަރަކަށް އަހަރެން އިތުރަށް ބޭނުންވާނީ…” ރައިހާންގެ ހޫނު ނޭވާތައް މަޑުމަޑުން ނައިނާގެ މޫނަށް އެޅެންފެށިއިރު ނައިނާ ދެލޯ މަރާ ބާރުކޮއްލިއެވެ. އެވަގުތު ނައިނާގެ އަތްމުށްކެވިގެން ދިޔައިރު ރައިހާންގެ މޫނުމަތީ އަތްދަމާލަން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. މިރޭގެ އިއްޒަތްތެރިޔާ އައްމާރުގެ ދަރިއެއްނޫންނަމަ އޭނަ ރައިހާންގެ މޫނުމަތީ އަތްދަމާލާނެތާ ކިތަންމެ އިރެކެވެ. އައްމާރުގައި ނުފޫޒްގަދަކަމާއިއެކު ރައިހާންގެ ގައިގައި އިނގިލިކުރި ޖައްސާލުމަކީވެސް އަމިއްލައަށް ހަލާކަށް ވެއްޓިގަތުންފަދަކަމެކެވެ.

ރައިހާން މަޑުމަޑު އަތް ފަހަތަށް ގެންދިޔުމަށްފަހު ނައިނާގެ އިސްތަށިގަނޑު ހައްޔަރުކޮށްފައިވާ ވޫލްކޮޅަށް ދަމާލުމާއިއެކު ނުކިޔަމަންތެރިކަމާއިއެކު އިސްތަށިގަނޑު ވިހުރިގެންދިޔައީ އެރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެމުންނެވެ. ފަން އިސްތަށިގަނޑުގެ ތެރެއިން ހިތުގެ ބައްޓަމަށްވާ މޫނު ފެންނަލެއް ރީތިކަމުން ރައިހާންވެސް މޮޔަވާގޮތްވިއެވެ. ރައިހާން އެދެމެދުގައިވީ ދުރުމިން ކުޑަކުރަންފެށިއިރު ނައިނާ ރައިހާންގެ މޭގައި އަތްއަޅާ ދުރުކުރަން މަސައްކަތްކުރިއެވެ. އެއާއިއެކު ރައިހާން އެއަތުގައި ހިފަހައްޓާލީ ނައިނާއަށް ގަދަނުދެއްކޭނޭ ފަދައިންނެވެ.

އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް އެ މަންޒަރު ފެނުމާއިއެކު އަތްމުށްކެވިގެން ދިޔައިރު ދެލޮލުން އަލިފާންކަނި ބުރާލިއެވެ. ދަތްތަކަށް ތަދުވާހާ ބާރަށް ދަތްކުނޑިވިކައިގަތްއިރު ބެލްކަންޏާއި ދިމާލަށް ދެވުނީ އުދުހިލައިފައި ކަހަލަގޮތަކަށެވެ.

ފިޔަވަޅުތަކެއްގެ އަޑުއިވުމާއިއެކު ރައިހާން ނައިނާއާއި ދުރުވެލަމުން ފަސްއެނބުރިބަލާލުމާއި މޫނުމައްޗަށް އެރި ގޮށްމުށުގެ އެތިފަހަރުގެ ބާރުކަމުން މޫނުމަތިން ކުދި ކޮކާ ބުރާލިހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައި)

Next

ތައުބާ…. [އެއްވަނަބައި]

Next
April 28, 2019

ތައުބާ…. [އެއްވަނަބައި]

Previews
April 28, 2019

އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައި)

78 Comments!

  1. jiji says:
    April 28, 2019 at 5:40 am

    Me first dhw?

    1. dhiraa wish says:
      April 28, 2019 at 9:45 am

      yeah

  2. Reeenn says:
    April 28, 2019 at 6:56 am

    Vv obi..Masha Allah…
    When next.cant wait??

    1. dhiraa wish says:
      April 30, 2019 at 2:39 pm

      insha allah miaduge vaguthehga… rashuga carrent netheema up nukurevigen miulhenee

  3. Laalu says:
    April 28, 2019 at 7:34 am

    V v v loabi ingey ha ha ha hw lovely…. Kuriy dhe prt ah comment nukurevuny busy kamun…. Dhiraa kyp it up ingey love…. V v v nice mi prt hama kiyaa hithun kiyaalevey…. Thankx thihaabusy koh ulhemun vx up kohdheythiy
    …. Ollways bst wishes frm me??????love ya….. ????????

    1. dhiraa wish says:
      April 28, 2019 at 10:19 am

      thnku

  4. Haii says:
    April 28, 2019 at 8:11 am

    Vvvvvv reethi mi part hama Vvvvvv reethi masha Allah…. ??????????????????

    1. dhiraa wish says:
      April 28, 2019 at 10:20 am

      thnku

  5. malu says:
    April 28, 2019 at 10:45 am

    faharee plx next part ves v avahah ip kohdhehcheyy .mi part ves hama v reethi .keep going like this .bless u .luv uh.

    1. dhiraa wish says:
      April 28, 2019 at 10:58 am

      heheheh thnku… insha allah vee enme avahakah up kohla deynan ingey…. luv u too drlin… miss vey v bodukoh

  6. Shambbx says:
    April 28, 2019 at 4:00 pm

    Alhe heheheheh love this part too dhiraa keep it up u got this as a talent n as a hobby love ur story

    1. dhiraa wish says:
      April 28, 2019 at 4:53 pm

      thnku

  7. . Gys says:
    April 28, 2019 at 4:15 pm

    When next part

    1. dhiraa wish says:
      April 28, 2019 at 4:55 pm

      insha allah tuesdayga

  8. Shambbx says:
    April 28, 2019 at 5:00 pm

    U r welcome dhiraa…I love ur stories ???????????❣❤️?????????❣❤️?????????????????❣❤️??

    1. dhiraa wish says:
      April 28, 2019 at 5:03 pm

      thnku

  9. jiji says:
    April 28, 2019 at 5:54 pm

    alhey Its sooooooo beautiful dhiraa????????????curiously waiting for a n3xt…ly

    1. dhiraa wish says:
      April 28, 2019 at 6:33 pm

      thnku

  10. Siyaa says:
    April 29, 2019 at 9:03 am

    Sorry last two part games comment nukurevuneema.. Mi part ves varah salhi love yuh dhiroo

    1. ishu says:
      April 29, 2019 at 12:39 pm

      Kon siyaa eh tah bodu muskulhiyeh maa young kudhinaa friend vaa hithun yhi ulheny enme rangalhuvaany e umurehge meeheh e umurehge meehakaa frnd veema.mee dhn kihaa bodu kame.aharn mee suya rashu meeheh.igey siyaa aslu namakee thiyehnoon siyaa aky fuvamulah meeheh 32 aharu but vvvvv sorry ekm siyaa maa kuda kudhin aa frnd vaa ulheythy bunely kts a advice from me dont ming igey siyaa dhn eh raseh ingenyaa buneveynun luv ya siyaa nuxu dhw vvv nice,?????❤❤❤❤???????sorry hehe its fun can siyaa u can be my friend.i want be friend of u luv u darla siya

    2. Dhira wish says:
      April 29, 2019 at 10:33 pm

      thankss siya.. comment nukuriyas kiyaaleema varah ufaa vehjje.. hope to see your comments on other parts

  11. In@ says:
    April 29, 2019 at 12:12 pm

    Dhiraa u made me think of my ☓… Im feeling a bit sad ?

    1. dhiraa wish says:
      April 29, 2019 at 3:44 pm

      ow so sry

  12. strange girl says:
    April 29, 2019 at 2:27 pm

    your the best writer ever….. this is the best story ever…. I’m a true fan i love ur story

    1. Dhiraa wish says:
      April 29, 2019 at 2:54 pm

      Dhiraa varah ufaa vehjje vaahaka ehaa kamu dhiyima.. ? thanks for your support.. its means a lot..

  13. Flower says:
    April 29, 2019 at 8:59 pm

    Wow.. just woww… dhiraa dhen hai ehen ulhenyaa naina kayaan ah dhee.. eyrun huhnaane j vefa

    1. dhiraa wish says:
      April 29, 2019 at 9:31 pm

      thnku.. dww… lets c naina hadanee kihineh tww

  14. Rash says:
    April 30, 2019 at 9:31 am

    Kn irun anew part

    1. Anonymous says:
      April 30, 2019 at 11:25 am

      Miadhu

    2. dhiraa wish says:
      April 30, 2019 at 2:40 pm

      insha allah miaduge vaguthehga

  15. Flower says:
    April 30, 2019 at 8:49 pm

    Dhiraa koba vaahaka? Cant wait ??♥️

    1. dhiraa wish says:
      April 30, 2019 at 9:34 pm

      vaahaka up kohfin.. i think they will publish it tonyyt

  16. Rash says:
    April 30, 2019 at 8:50 pm

    Kobaa

    1. dhiraa wish says:
      April 30, 2019 at 9:35 pm

      kwwcheh ?✌vaahaka up kohfin.. i thing mirey publish kuraane kahneinge

  17. Rash says:
    April 30, 2019 at 9:01 pm

    Avass

    1. dhiraa wish says:
      April 30, 2019 at 9:36 pm

      esfiya site is taking long time yaar

  18. Rana says:
    April 30, 2019 at 9:02 pm

    Waiting dhira

    1. dhiraa wish says:
      April 30, 2019 at 9:36 pm

      sry dear for taking lng time

  19. dhiraa wish says:
    April 30, 2019 at 9:40 pm

    dear readers
    i am sry for taking long time. as i told i have uploaded it today… aslu dhiraa huree last nyyt upload kuran bt dhiraamen rashuga carrent nulibeythaa 2 duvass vee.. 2 hr ah line akah carrent dookuranee. miadu mendurufahu kiriya masala slvkoh mulhi rashah current dinee thts the reason why i culdnt be able to upload it last nyyt. bt now i have sent it… i thing they will publish the stry to nyyt

    1. Flower says:
      April 30, 2019 at 10:06 pm

      Why dont you upload it again ?? cant wait to read ☹️

    2. dhiraa wish says:
      May 1, 2019 at 7:16 am

      dear i have uploaded it

    3. Shambbx says:
      May 1, 2019 at 9:05 pm

      Dhiraa kehtherikan neith kudhinnah kehtheri kamuge filaavalhu vaahakaeh ge gothuga neredheebala ??????????slow ey bunaairah dhiraa thibunanee kehtherivaan Ekam a manzareh nufeney dhw ?????????????❤️???❣?????????❤️????❣??????????????????

    4. dhiraa wish says:
      May 14, 2019 at 9:51 pm

      hehehehehehe. dww

  20. Rash says:
    May 1, 2019 at 8:48 am

    Adhivx neii laafaeh…..buneba avass kuraashey

    1. dhiraa wish says:
      May 1, 2019 at 5:45 pm

      insha allah wait for tonyyt i think mirey upvaane kahneinge

  21. Axee says:
    May 1, 2019 at 10:28 am

    ???????????????

    1. dhiraa wish says:
      May 1, 2019 at 6:09 pm

      dnt cry dear

  22. anaa says:
    May 1, 2019 at 1:27 pm

    kobaa tha ???

    1. dhiraa wish says:
      May 1, 2019 at 6:11 pm

      be patient

  23. lai says:
    May 1, 2019 at 1:27 pm

    next part whn ??

    1. dhiraa wish says:
      May 1, 2019 at 6:12 pm

      be patient

  24. Rash says:
    May 1, 2019 at 1:45 pm

    Dhw…..hamanidhi nulibey……vrhk kiyaa hithun

    1. dhiraa wish says:
      May 1, 2019 at 6:13 pm

      be patient

  25. tulip says:
    May 1, 2019 at 2:51 pm

    esfiya kudhin thankolheh avahah up kohlabala… mihaaru kiyaahithun hureveneekee noon… mihaaru mi site ah vaahaka thah ahna leh laskamun fooohivey eba…

    1. dhiraa wish says:
      May 1, 2019 at 6:14 pm

      true….

  26. Axee says:
    May 1, 2019 at 2:59 pm

    Buneba avas kuraashey ?????

    1. dhiraa wish says:
      May 1, 2019 at 6:15 pm

      be patient dear

  27. Anonymous says:
    May 1, 2019 at 5:40 pm

    ??????????????????????????????????????????????????????

    1. dhiraa wish says:
      May 1, 2019 at 6:15 pm

      dnt cry dear

  28. Fathun says:
    May 1, 2019 at 6:38 pm

    Can’t wait for the next part
    Just love this story
    Well done dear?♥️♥️

  29. Gurl says:
    May 1, 2019 at 8:18 pm

    Annaashey ma edhey, Maushooqa thiya ey,
    Saahibaa ey zavaajee, Mee hayaathey roashanee,
    Bunedheyshey ruhemey, Nunidhaa mi dhuniyeyn,
    Mihithuga vanee loaibeyy… bunelaashey Say Yes, Say Yes!Say Yeeeeeeees! alhe kobaatha vaahaka???

    1. dhiraa wish says:
      May 1, 2019 at 11:12 pm

      vaavaavaa keyaa baath hey??ugr its taking long time dw publish kuran vx?? mihaaru dhiraa vx foohivaan fashaifi emeehun publish kuran gina iru vaathee

  30. Haii says:
    May 1, 2019 at 8:49 pm

    Alhe kobaatha???????????????????????dhen mihaaru Alhugandu up veytho balaabalaa neyge lolun dhen kameh naaraanan dhen?????????????

    1. dhiraa wish says:
      May 1, 2019 at 11:13 pm

      be patient drlin

  31. Haii says:
    May 1, 2019 at 8:50 pm

    Lolun dhun kameh naaraany*******

    1. dhiraa wish says:
      May 1, 2019 at 11:14 pm

      ???

  32. Haii says:
    May 1, 2019 at 8:52 pm

    Dhen mihaaru mi esfiya ge meehun up kuraa leh haadha lahey

    1. dhiraa wish says:
      May 1, 2019 at 11:14 pm

      true……its boring cx they r taking so long

  33. Anonymous says:
    May 1, 2019 at 9:10 pm

    Alhey foohivehje esfiya mathin????????????

    1. dhiraa wish says:
      May 1, 2019 at 11:16 pm

      dwww?same here??

  34. Shambbx says:
    May 1, 2019 at 9:19 pm

    ?????????????????????????????mivaavaru bunedhey hiyy vey kalaayauh angaa hiyyveyy thiloaibah edhigen dhaahiyy vey …………………………………………………………………………………………….inthizaaruga hunnamey loabin …….why is it so much slow mifaharu dhiraa sissy alhe balaaladheeba keehveethw ????????????❣??????????❤️????❤️??????????❣????????????

    1. dhiraa wish says:
      May 1, 2019 at 11:17 pm

      vavava kiya baath hey??dhiraa ah kureveyne kameh nwwnaane ehnu?lets wait dw

  35. Axee says:
    May 1, 2019 at 10:09 pm

    Inthizaarugaa ?????alhe esfiya kudhin haadha laheyyyy avas plx ???????

    1. dhiraa wish says:
      May 1, 2019 at 11:17 pm

      be patient

  36. Koo says:
    May 1, 2019 at 11:02 pm

    Alhe Dhiraaa adhi vx up nuve. Koo Mihaaru kehtherikan kolhun lanii mioh geyn. N esfiya kudhin thi samaasa nukoh avas kohdhibaa ??????Dhiraaa Koo haizal mathin miss vany eyyyy ❤️❤️❤️❤️❤️

    1. dhiraa wish says:
      May 1, 2019 at 11:19 pm

      naina hunaane mihaaru iloshi fathi hifaigen.. mashal artga huri varu dahkaalafaane thihen haizal aa behenikoh

  37. Malaa says:
    May 1, 2019 at 11:29 pm

    Dhiraa vaahaka mail kohdheyn v nu. Its almost 24hrs now ??

    1. dhiraa wish says:
      May 1, 2019 at 11:37 pm

      dhira ves varah eba dheravey readers ehaa inthizaaru kuraa iru vaahaka up nuvaathee… dhira regular koh up mikuranee 7 pages… ee dhe dhuvahun eh dhuvahu… and ehaa bodu duration akah fahu ehaa kurukoh kiyuntherin kiyaalan jeheytheeves dhira eba varah dheraveyy…

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 23←


All Right Reserved!