ޑައިރީ 1
ކޮންމެ މީހަކަށް ވެސް އުފާވެރި ކަމާއި ހިތާމަ ވެރިކަން އާދެއެވެ . އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތް ވެސް ނޭންގެއެވެ . ނަމަވެސް ހިތާމަ ވެރި ކަމެއް ދިމާ ވެއްޖެ ނަމަ އެ މީހަކީ ދުނިޔެ މަތީގައި ވަރަށް ވެސް އެކަނި ވެރިއެކެވެ . އެއްވެސް މީހެއްގެ އަޅާލުމެއް ނެއް މީހެއް ކަހަލަ އެވެ . އަދި ދުނިޔެ މަތިން ފޫހި ކުރުވައެވެ . މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކޮށްފައިވާ ވާހަކައެކެވެ . މި ވާހަކައިން އިބްރަތެއް ހާސިލް ކޮށް ރަގަޅު ގޮތުގައި އުޅުން ރަގަޅުވާނެއެވެ .
*******************************************************
” 15 ޑިސެމްބަރ 1997 ( ހޯމަ ) ދުވަހަކީ އަހަރެން ގެ އާއިލާ އަށް ވަރަށް ވެސް އުފާވެރި ދުވަހަކަށެވެ . އެއީ އަލަތު ދަރިޔެއް އެ ކުޑަ އާއިލާ އަށް ލިބުނީމައެވެ . އެކި ފަރާތް ފަރާތުން އެ އުފާވެރި ހަފްލާގައި ބައިވެރި ވެގެން ދިޔައެވެ / އެކަކު އަތުން އަނެ ކަކު އަތުން އަހަރެން އުފުލާ ހަދައެވެ .
އަހަރެން މަންމަ ބުނާ ގޮތުން އަހަރެން އުފަން ވީއިރު ވެސްް އަހަރެންނަކީ ވަރަށް ވެސް ހަމުގެ ކުލަ އަލި ކުއްޖެއް ކަމަށެވެ .އެކި މީސް މީހުން އަހަރެންގެ މަންމަ ކިޔައެވެ . މިއީ ހަމަ ކަލޭ ދަރި އެއް ހެއްޔެވެ ؟ ކަލޭމެން 2 މީހުން ގެ ދަރި އެއް ހެއްޔެވެ . އަހަރުމެން ދުވަހަކުވެސް މިކަހަލަ ދޮން ކުއްޖަކުވެސް ނުދެކެމެވެ . ބުރު ސޫރަ ރީތި ކުއްޖެއް ނުދެކެމެވެ . ލޮލުގެ ކަޅި ރަވައި ގެ ކުލަ އަކީ މަޑު މުށި ކުލައެކެވެ . ބޮލުގައި ހުންނަ އިސްތަށި ހުންނަނީ މަޑު މުށި ކުލާގައެވެ .
ކޮންމެ ދުވަހަކުވެސް އަހަރެން ގެ މަންމަ ކާރިޔަށް ދެވެނީ ގާތް ގަޑަކަށް 3 ގަޑީ ރު ފަހުންނެއެވެ . ސަބަބަކަށް ވަނީ އަހަރެން އުރައިގެން އެހެން މީހުން ގެންގުޅެއެވެ . އަހަރެން މަންމަ ކާރީގައި އޮވެވެނީ އެންމެ 1 ގަޑީރެއެވެ . ދެން އެހެން މީހުން ގެ މުށުގައި އޮވެ ނިދޭ ތަން އާދެއެވެ . އެހެން މީހުންގެ ނާނާއިން ނިދެއެވެ .
އަހަރެން އާއިލާ ގައި ވެސް ހުންނަނީ އަހަރެން އެކަންޏެއެވެ . އިތުރު އެކަކު ވެސް ނުހުރެއެވެ . އެއްބަނޑު އެއްބަފާ ބޭބެ އަކު ވެސް ނުހުރެއެވެ . ކޮއްކޮ އެއްވެސް ނުހުރެއެވެ . އެހެން ކަމުން އަހަރެންނަށް އެ އެންމެން ގެ ލޯބި ލބޭތީ އަހަރެން ވަރަށް އުފާ ކުރަމެއެވެ .
އަހަރެންގެ އާއިލާ އަށް ކުއްލި ސިހުމެއް ގެނެއީ އަހަރެން ނަށް ފިޓް ޖެހުނީމައެވެ . ވާނުވާ ނޭންގިފައި އެއް ދިމާލަކަށް ބަލަން އޮވެވޭ ކަމެއެވެ . ނިދިން ހޭ ލެވޭއިރު ވެސް އޮންނަނީ އެހެން ވެފައެވެ. މިވަނީ ކީއްބާއެވެ . އަހަރެންގެ މަންމަ މާޔޫސް ކަންމަތީގައި އުޅެމުން ދެއެވެ . އެއް ގޮތެއް ހަދާފައި އަނެއް ގޮތެއް ހަދައި އުޅެއެވެ . އޭރު އަހަރެންގެ ބައްޕަ ގެ ލޮއިތްބެއް ނުލިބެއެވެ . ބައްޕަ އެއީ ނެން މީހެއް ކަހަލައެވެ . ދުނިޔޭގައި ހުއްޓަސް އެއީ ނެއް މީހެކެވެ .
ދުވަސް ތަކަކަށް ފަހު ވެސް އެކަން ރަގަޅުވެގެން ދިޔައެވެ . އަހަރެންގެ މަންމަ އެކަމަށް ﷲ އަށް ހަމްދު ކުރެއެވެ . އޭގެ ފަހުން އަހަރެންގެ ބައްޕަ ގެ ލޯބި ލިބެމުން ދެއެވެ . ރޯލާ ކޮންމެ ފަހަރަކު އަހަރެން އުރާލާ ހަދާލައެވެ .
އަހަރެން ފުރާ ވަރަށް އެޅުމުން އަހަރެންނަށް އެހެން މާހައުލަކަށް ނިކުމެވި އެހެން އެކުވެރިން ތަކެއް ލިބިގެން ދިޔައެވެ . އެކި ގޮތް ގޮތުން އަހަރެންނަށް ފުރައްސާރަ ކުރަމުން ދިޔައެވެ . ނަމަވެސް އަހަރެން އެކަން ކަމައިގެން ނޫޅެމެވެ .
2018 ވަނަ އަހަރަކީ އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ކޮށް ލި އަހަރެއެވެ . އެއީ އަހަރެން ނޭންގި ހުއްޓައި ހަޔާތަށް އައި އަންހެން ކުއްޖެއްގެ ސަބަބުންނެވެ . އަހަރެން އެ އަންހެން ކުއްޖާ އާ އެކު ވަރަށް ވެސް ލޯބިން އުޅެމުން ދިޔާމެއެވެ . އެކި ރޭ ރޭ އަހަރުމެން 2 މީހުން ހަދު ބަލަން ދަމެއެވެ . އަދި 2 މީހުން އެއްކޮށް ސަކަރާތް ޖަހަމެއެވެ . ވަރަށް ވެސް އުފަލުން އުޅެމުން ދިޔާމެއެވެ . ” .
ލުޔޫން އަށް ހަމަ ހޭވެރި ކަން ލިބުނީ ކޮޓަރިން ބޭރުން މީހަކު ގޮވާ އަޑަށެވެ . ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާ ފަތަށް ފާއްދާލިއެވެ . އަވަސް ވެ ގަތީ އެ ޑައިރީ ފޮރުވޭ ތޯއެވެ . އަދި ފޭދުނު ކަރުނަ ތައް ފުހެލެވޭ ތޯއެވެ . ކޮޓަރިން ބޭރުން އެ މީހަކު ގޮވަމުން ދެއެވެ . ކޮޓަރި ދޮރު ހުޅުވުމަށެވެ .
ލަރާ : އޭ ހާދާ ލަހޭ … ކޮން ކަމެއް ތި ކުރަނީ .. ދޮރު ހުޅުވަބަލަ . ތަޅުލައިގެން ކީއް ތި ކުރަނީ …..
ލުޔޫން : އާ ….. އާ …. މިހުޅުވަނީ …
ކޮޓަރި ހުޅުވާފިއެވެ . ލަރާ އާއި ލުޔޫން އަކީ ސްކޫލް ދުވަސް ވަރު އެއް ކިލާހެއްގައި އުޅުނު 2 އެކުވެރިންނެވެ . ސްކޫލް ވެސް ނިމިގެން ދިޔައީ އެއްކޮށެއެވެ . ލުޔޫން ގެ ހުރިހާ ވާހަކަ އެއް ކަހަލަ ގޮތަކަށް ލަރާ އަށް އިގެއެވެ އަދި މޫނަށް އަންނަ ކުލަ ވަރު ލަރާ ވަނީ ދަސް ކޮށްފައެވެ .
ކޮޓަރި އަށް ވަދެ ކޮޓަރި ތަޅުލުމަށް ފަހު ލަރާ ވާހަކަ ދައްކަން ފެށިއެވެ .
ލަރާ : ލުޔޫން ! ކަމެއް ގޯސް ވީ ތަ ؟
ލުޔޫން : އުހު … ކަމެއް ގޯހެއް ނުވޭ …
ލަރާ އަހަންނަށް ފޮރުވަން ނޫޅެބަލަ . ލުޔޫން ގެ ލޮލުން އެބަ ފާހަގަ ވޭ ކޮންމެ ވެސް ކަމެއް ސިއްރު ކުރަން އުޅޭ ކަން
2 ވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ
6 Comments!
Comments are closed.


varah reethi maashaa allah??….
when next part????
jiji ah v v faahaga kurevey venom long story eh vejjiyya haha nujehey gothah nimmaakan..Assu beynumaky reethi koh dheyha vaagothah story liyumehnun dhw…So correct ur mistakes nd go forward?
?
Haadha kurey?
Varah kure vaahaka eh
އޯސަމް ސްޓޯރީ މޭން?